Skip to content
އެސްފިޔަ

[2]…..salanghae

ވަށައިގެންވަނީ ބޯ ޖަންގަށްޔެވެ. ބޯކޮންހެދިފައި އޮތް ބިޔަގަސްތަކުގެ މެދުގައި އިން ކުޑަ ކުޑަ ގަހެއްގެ     ގޮފިގަނޑެއްގެ މާތީގައި ރަޔާން އޮށޯވެ އޮތީ ދިގުކޮން ހެދިފައި އޮތް ބިޔަ ދިއްގާ ގަހެއްގެ އޮފިގަނޑުގެ       ކުރީގައި، ތަނޑި ދިގުކޮން ކޯނި ކޯންޏަށް ފަޅާފައި ހުރި ފަތްތަށް، ހިނދު ހިނދުކޮޅާ ޖެހެމުންދާ ވައިރޯޅިއާއި ނަށަމުންިދާއިރު، އުޑުމަތީ ރަނިކަން ނުރަމުންދިޔަ ހަނދުގެ އަލިކަން ފަތްތަކުގެ ދޭތެރެއިން ފުރޭނިގެން އަންނަ     ހިތްގައިމު މަންޒަރުބަލަން އާސޯހުވެފައެވެ. ހުރިހާ ފިކުރަކާއި ދުރުވެ ހިތްހަމަޖެހިގެންނެވެ. މާގިނައިރެއްނުވެއެވެ. ކުއްލިއަކަށް ބިންގަނޑު ހެލެން ފަށައިފިއެވެ.   ޖަންގަލީގައި ހެދިފައި ހުރި ހުރިހާ ގަހެއް، އެއްފަހަރ އަޑިއަށް ދާންފަށައިފިއެވެ. ބިރުވެރިކަމާއި ހާސްކަން ހިތަށް  ވެރިވާން ފަށައިފިއެވެ. ގަހުން ފޭބޭތޯ އެތަށް މަސަތްކަތެއްކުރަމުން ދިޔައީމެވެ. ނަމަވެސް ފޭބޭގޮތެއް ނުވިއެވެ.  ފައިއަޅާ ކޮންމެ ގޮފިގަނޑެއް އެތެރެއަށްވަދެގެން ދަނީއެވެ. އަތް އަޅާ ކޮންމެތާކުން ގޮފިތަށް ގެއްލެވެ. ހަތަރު އުދަރެސް ފެނުޖެހުނުކަހަލައެވެ.  ފައިބޭނެ އެއްވެސް ގޮތެއް ނުފެނުމުން އެންމެފަހުން ގަހުންފުންމާލަން ރަޔާން ނިންމިއެވެ. ނަމަވެސް ގަހުން  ދެއަތާއި ދެފައި ދޫކޮއލިވަގުތު ގަހުގެ އެންމެކުރިން ނިކުތް ގޮފިތަށް އޭނާ ވަށާލިއެވެ. ގަހާއި ރަޔާންގެ ހަށިގަނޑާއި  ގޮފިތަކާލާ ތަތްކޮއްލިއެވެ. ގޮތް ހުސްވިކަން ރަޔާން އަށް އެނގުނުވަގުތު ކަރުގަހުރިބާރުލާފައި ހަޅޭތް ލަވައި ގަނެވުނެވެ.  އޭނާ މިހާރު މިއޮތް އެއްކޮން އަޑިއަށް ދަނީއެވެ. އަތުގައި ހުރިހުރިހާ ބާރެއްލާްފައި މަށްޗަށް އެރޭތޯ ވަރަށް މަސަތްކަތް ކުރީމެވެ. އެކަމުވެސް މަށްޗަށްއެރޭ ގޮތެއް ނުވެއެވެ. ހިނދަކަށް ވުރެ ހިނދެއް އަޑިއަށް ދަމުން ދަމުންގޮސް އެންމެފަހުންގޮސް  ބޯވެސް އަޑިޔަށް ދާންފަށައިފިއެވެ. ނޭވާހާސްވާން ފަށައިފިއެވެ. އަތްފައިން ވާގިދޫވާން ފަށައިފިއެވެ ަް

ސައިޑް ޓޭބަލް މަތީގައި އިން މޭޒުމަތީގަޑީގެ ސޯނާގެ އަޑށް ރަޔާން އަށްކުއްލިއަކަށް ހޭލެވުނެވެ.  ފުންމައިގެން ތެދުވެ ސައިޑް ޓޭބަލްމަތީގައި މަތިޖަހާފައި އިން ފެންތަށި އެއްނޭވާއިން އެތެރެއަށް ދަމާލިއެވެ.  ފުންނޭވާތަކެއް  ލަމުން ތެދުވެ މޫނާއި ކަރުދަށުގައި ހުރިދާފުހެމުން ތުވާލިހިފައިގެން ކޮޓރިން ނިކުމެގެން  ދިޔައީ ކޮޓަރިޔާއި  ވަކިން ތިރީބައިގަހުންނަ ފާހާނާއަށެވެ. ސިޑިންތިރިޔަށް ފައިބަމުން ދިޔަވަގުތު ރޭގަ ބައްޕަ ދެއްކިވާހަކަތަށް     ހަދާންވިއެވެ. ” ދަރިފުޅާ!!! ބައްޕަމެން މިހާުރުމިއޮތް މުސްކުޅިވެ ގައިން ބާރުދަނީ… ދުވަސްކޮޅަކުން ބައްޕަ    ވަޒީފާއިން  ރިޓާޔަޑް ވާނެ… ބައްޕަ އުމުރުހަޔާުތު މަސަތްކަތްކޮއްގެން ބިނާކުރި ބިސްނަޒް ކުރިއެރުވުމަކީ       ދަރިފުޅާއި ދަރިފުޅުގެ ބޭބެގެ ޒިންމާއެއް!! ބައްޕަނެތް ދުނިޔެއެތްގައި މަންމަޔާއި ކޮއްކޮގެ ޒިންމާނަގަންތިބި       ބަޔަކީ ހަމަ ދަރިފުޅުމެން… އެމީހުން އުފަލުގައި ގެންގުޅުނަދިނުމަކީ ދަރިފުޅަށް ބައްޕަ ކުރާ ވަސިއްޔަތެއް..     ބައްޕަޔަށް އިނގޭ މިހެން ބުނާއިރުގަ ބައްޕަނުބުންޔަސް، ދަރިފުޅުއެކަން ކުރާނެކަން!!! އެކަމުވެސް ބައްޕަ      ހާސްވަނީ ދަރިފުޅުކިޔަވާނިމުމުގެ ކުރިން ބިޒްނަޒް ފްލޮޕް ވެއްޖެޔާ ދެންދަރިފުޅުމެނަށް ވާނެގޮތަކާއިމެދު… ކޔެިވުން މެދުކަންޑާލާށެކޭ ނޫން އިނގޭ ބައްޕަް މިބުނީ..   އެކަމު….. ވީހާވެސް އަވަހަކަށް ދިިރިއުޅުމެއްފަށާށޭ މިބުނީ..!! އަދި އެއްވާހަކަ.. މާދަމައިން ފެށިގެން ދަރިފުޅު  ހުންނާނީ ޖާހަރުބެމެނގޭގަ. ޖާހަރުބެޔަކީ ބައްޕަގެ ވަރަށް ގާތް އެކުވުރިއެއް، އަދި އެބޭބެ ބުނީ އެގޭ ކޮޓރިއެއް  ހުސްކޮން ހުރިވާހަކަޔާ ރާން ބޭނުމިއްޔާ އެގޭގަ އުޅެވޭނެ ވާހަކަ.. ބައްޕަ ބުނިން އާއެކޭ… މަޢާފްކުރާތި ދަރިފުޅާ     ވާހަކަ ނުދަށްކާ މިކަހަލަ ނިންމުމެއް ނިންމީތީ. އެކަމު ބައްޕަޔަށް ފެންނަ އެންމެ ރަނގަޅު ގޮތަކީ އެއީ.. އެހެންވީމަ ދަރިފުޅު ހިންމަޖެހެންޔާ މާދަަމައިންފެށިގެން އެގޭގަ  އުޅެންވީ.. އާން އަދި އެއްކަން ހަދާން ނެތުނީބުނަން، އެގޭގައި ހަމައެކަނި 2 ކޮޓަރީގަ ފާހާނާ ހުންނާނީ ،އެ 2 ކޮޓަރީގަ މީހުން އުޅޭނެ އެހެންވީމަ ބާކީ ކޮޓަރިތަކުގަ އުޅޭ މީހުން ބޭނުންކުރަން ތިރީގަ ފާހާނާ ވަކިން ހުންނާނީ އިނގޭ!!!؟؟ ”

ފާހާނާއަށް ވަދެ ފެންވަރައިގެން ހުސްތުވާލީގަ ރަޔާން ބޭރަށް ނުކުތީ އެވަގުތު ގޭގައި މީހުން ނޫޅޭނެ  ވާހަކަ ގެދައްކަން އައި މީހާ ބުނީމައި އެކަމުގެ އުންމީދުގައެވެ. ރަޔާންގެ ފަންއިސްތަށި ގަންޑުގައިވިދަމުންދިޔަ  ތާޒާ ފެންތިކިތަށް ބުރުވަމުން ބޯހޫރަމުން ހިނގަނމުން ދަނިކޮން އޭނާގެ ފިޔަވަޅުތަށް މަޑުޖެހުނީ      މީހަކުއައިސް އޭނާގެ މޭމަތީގައި ޖެހުމުންނެވެ. ކާކުތޯ ޔަގީންކުރަން އޭނާ ބަލައިލިއެވެ. އޭނާގެ ކުރިމަތީގައި ހުރީ އޭނާ އާއި ދާދިއެއް އުމުރެއުއްގެ ޒުވާން ރީތި އަންހެން ކުއްޖެކެވެ. އެއަންހެންކުއްޖާ ހުރީ ދެލޯ މަރައިގެންނެވެ. ރަޔާން މިކުއްޖާޔާ  ދިމަ ރަނގަޅަށް ބަލައިލިއެވެ. ބޮލުން ފެށިގެން ފަޔަށެވެ. ހަމުގެ ކުލަ އަލިވެފަ ބޮލުގައި ހޭވިފައި އޮތް ފަންދިގު  އިސްތަށގނޑުގެ ކުލަ ކަޅެވެ.’ލައިކް ސނޯވައިޓް’… އޭނަ ހިތާހިތުން ކިޔާލިއެވެ.މޫނުގެ ބައްޓަން ވަށްވެފާ ރީއްޗެވެ. ލޯ ބޮޑުވެފާ އެސްފިޔަތަށް އެހާމެ ދިގެވެ. ހިތިފަތު ބުމައެކެވެ. ތުންފަތުން ލޭ ހިލޭކަހަލައެވެ. މި   އަންހެންކުއްޖާގެ   ރީތިކަމަށް ހިތާ ހިތުން ތައުރީފުގެ އެތަށްބަސްތަކޭއް ހިތަށް އަރާފައިބަމުން ދިޔައެވެ. ލައިގެންހުރި ގަމީހާއި ސޯޓުން ދެންމެ ނީދާހޭލައިގެން އައިކަން ރަޔާން     އަށް އެނގުނެވެ.

ރަޔާން ވާހަކަދަށްކަން އަނގަފުޅާ ކުރިވަގުތު މި އަންހެންކުއްޖާ ކިޔާލި ބަސްތަކުން އޭނާ ތަރިބުރައިގެން       ދިޔައެވެ. ދެވަނަސިކުންތު އޭނާ  އުޅުނުގޮތުނަ ހިނިއައެވެ. ރަޔާން ގެ މޭމަތީގައި ގެހުމުން ތެއްވި އޭނާގެ ނިއްކުރީގައި އަތްޖަށްސައިގެން  އުޅުނުގޮތް ފެނި ރަޔާން ހިނިގަނޑު ހިފަހަށްޓާލަިގެން ހުއްޓެވެ. އެންމެ ފަހުން އެއްޗެކޭ ނުބުނެ ނުހުރެވިގެން  ފާރުކަމާހިތާ އޭނާ އާއި ކުރަމުން ދިޔަ ބަހުގެ ހަމަލާތަކަށް ރަށްދެއްދިނެވެ. ކިޔަމުންދިޔަ ޖުމްލަ ނިންމައިދިނީ ރަޔާންގެ އަޑުއިވުމުން އޭނާ އެޖެހުނީ ފާރުގާނޫންކަން އޭނާއަށް އިނގޭނެ ކަމަށެވެ.  ނަމަވެސް ދެން އެކުއްޖާ ކަންތަށްކުރިގޮތުން ރަޔާންއަށް ހިނިގަނޑު ހިފަހައްޓަން ދަތިވާންފެށިއެވެ. މީ ކޮންކަހަލަ  ކުއްޖެއްބާވެއޭ…….

ޖާހަރުބެޔާ ވާހަކަދަށްކަމުން އޭނާ ކުރިޔަން ފިޔަވަޅު އެޅުމާއިއެކު ރަޔާން އާއި ދާދި ކައިރިއަށް އާދެވުނެވެ.މޫނު   ޖެހޭނުޖެޙޭ ހިސާބުހުރެގެން ވާހަކަދައްކަމުން ގެންދިޔައެވެ. ބަނޑަށް ހީ ހީ ރަޔާން ދުވަސް ދާވަރުވުމުން ރަޔާން  އަނެއްކާވެސް ރަށްދުދިނެވެ. “ޑަޑާ!! ރިއަލީ؟؟ ޑޫ އައި ލުކް ލައިކަ ޑޭޑް ޓުޔޫ؟؟؟  އަދިވެސް ލޯމަރަުގެންތަ ތިހުންނަނީ!!  ތި ލޯ ހުޅުވަބަލަ ދޯ!!؟!”

……………………………………………………………………………………………………………………………………..

އަހަރެން އަދިވެސް ލޯ މަރައިގެން ހުރިކަން އިހުސާސްވުމުން ކުއްލިޔަކަށް ދެލޯ ހުޅުވާލީމެވެ.  އެވަގުތު އަހަރެންގެ މޫނާ ދާދި ކައިރީގައި ހުރި މީހާ ފެނި އަހަރެންގެ ލޯ ކާއްޓެއްހާ ބޮޑުވިއެވެ.          ހިތުގެ ތެޅުން 3 ގުނައިތުރުވެގެން ދިޔައެވެ. އަތްފައި ފިނިވެ ފައިން ވާގިދޫވާން ފަށައިފިއެވެ.           ހަމަ އެވަގުތު  އަހަރެންް އުކުނޑި ކޮއްޓަންފަށައިފިއެވެ. މިއީ އަހަރެން މާބޮޑަށް ހާސްވާންފެށީމަ ވާ ގޮތެވެ.  މިގޮތަށް އަހަރެން ކުރިން އުނކުނޑި ކޮއްޓަނީ ހަމައެކަނި ސްކޫލް އިމްތިހާން ތަކުގެ ކުރިން ނެވެ.  ނަމަވެސް ފުރަތަމަފަހަރު މީހަކު ފެނިގެން އަހަންނަށް މިހެންވީތީ އަހަރެންވެސް ހައިރާން ވިއެވެ.              ރަޔާން އަހަރެންގެ ފައިން ފެށިގެން ބޮލަށް ދެފަހަރަކު ނަޒަރުހިންގާލިއެވެ.                       ދެރަނުވާން އަހަރެންވެސް އޭނާ ބޮލުން ފެށިގެން ފަޔަށް ނަޒަރުހިންގާލި ވަގުތު އަހަރެންގެ                 ދެކޯ ޓޮމާޓޯއެއްހާ ރަތްވެގެން ދިޔައެވެ. ހަމައެކަނި ތުވާތްޔެއް ހުރިއިރު ރަޔާންގެ ކަސްރަތީހަށިގަނު             ދާދި ކައިރިން ފެންނަންހުއްޓެވެ. ކޮނޑާއަ ހަމާލަށް ދިގުކޮށްފައި ހުރި އޭނާގެ ފަން ދިގު އިސްތަށި         ގަނޑުގަޔާއި މޭމަތީގައި ވިދަ ވިދާ ހުރި ތާޒާ ފެންތިކިތަކުން ދެންމެ ފާހާނާއިން ފެންވަރައިގެންއައިކަން        އަހަންނަށް އަންދާޒާކޮށް ލެވުނެވެ. އަސްތަށިތަކުގެ ކުރީގައި ކުޅިލަ ކުޅެލާހުރި ފެންތިކިތަށް ހިނދު          ހިނދުކޮޅާ މޫނުމަށްޗަށް ފައިބައިގެން އަންނަތަން ބަލަހައްޓައިގެން އަހަންނަށް ހުރެވުނެވެ. އަހަރެންގެ        މޫނުމަށްޗަށް އަރާފައިބަމުންދިޔަ ކުލަވަރުތަށް ބަލަން ރަޔާން ކަޅިޔަކިށްޖަހައިނުލާ ބަލަހައްޓައިގެން           އިރުކޮޅަކު ހުރެވުނެވެ. ފަހަތުން މީހަކު ވާހަކަދެއްކި ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި އަޑަށް ކުއްލިޔަކަށް ދެމީހުން ދުރުވެލިއެވެ…………. ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުު

[ނުނިމޭ]

Comments (10)

  1. Anonymous

    What is this… moya eh liyaa vaahaka eh thoahche.. liyan neyngunas ulheythi.. boa kos

  2. Wonder

    Hi dear. This part is really nice but I can’t see some parts of it. Hope u will correct it. Curiously waiting for the next part of the story. Hope u will submit the story until the end. Gud luck with the story?❤

    1. BELLA10
      Wonder

      thank u wonder.. that’s really encouraging.. nimenden submit kureveythoa balaanan:):):)

  3. Kiki.

    Kaaku liyeba oiy vaahaka eh Miyakee

    1. BELLA10
      Kiki.

      i’ll try my best to made next part more interesting for u… sorry to disappoint u in this part and thank u for reading my story…:);):)

  4. Anonymous

    Nice…when is the next part….???
    Waiting?????
    If you guys find this story boring then don’t read it and don’t comment unnecessarily…????
    If I sounds rude than forgive me.. ☹️☹️☹️☹️

    1. BELLA10
      Anonymous

      thnk u Anonymous.. next part v avahah upkohlaanan… keep waiting:):):) and it doesn’t sound rude… not for me;)

  5. BELLA10

    thank u Anonymous for reading my story and wording ur opinion.. my readers opinion means lot to me. its ok if vaahak nukiyas bt don’t judge my story by the title only.. I knw I’ve made several mistakes in this part and i’ll be mindful of them while i’m working at the next…:) i’ll my best to make my story enjoyable and interesting for my viewers….:):)

  6. Meee

    Kaaku liyefa oiy Moya vaahaka eh miyakee

  7. one of ur fans,,,,

    I really like this story.. bt typos ginakan faahaga kurevey.. next time when you type remember to proofread your writing before you submit..ok… and I knw writting takes a lot of time and effort,, so don’t feel bad even if you don’t get the kind of feedbacks you want…. just cheer up and end what you have started, don’t stop in the middlle.. I really look forward to your story.. good luck… btw judging by the title I guess your a k fan.. in that case..’fighting’….

Comments are closed.