Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

(salanghae….(5

BELLA10 Level 1
May 30, 2020 3 Mins Read
0 Comments

މޭޒުމަތީގައި ބައިންދާފައި އިން ގަޑީގެ ސޯނާގެ އަޑަށް އެނދުމަތީގައި ހަމަޖެހިލައިގެން އޮށޯވެ އޮތް ރަޔާންއަށް ފުނަމައިގެން ތެދުވެ ގަޑިއަށް ބަލައިލިއެވެ. ކަމަކުދާކައްނެތޭ، ގަޑިން 7 ޖަހަނީއެވެ. ފުރަތަމަ ދުވަހެއްކަމަކު ސުކޫލައް ގަޑިޖެހިގެން ދާކައްބޭނުމެއް ނުވިއެވެ. ދުވެފައިގޮސް އަލަމާރީގެ ދެދޮރުފަތް ހުޅުވާލިއެވެ. ރަޔާންގެ އިންތިޒާރުގައި ކޮޑުގައި އެލިލައިގެން ކެންމަދުވެފައި އިން ޔުނީފޯމު ހިފައިގެން އަވަސްވެގަތީ ސުކޫލަށްދާން ތައްޔާރުވާށެވެ.

ސުކޫލުގޭޓާ އަރާހަމަވުމުން، އަތުގައި އޮތް ގަޑިއަށް ނަޒަރެއް ދިނެވެ. އަދިކިރިޔާ 7:10 ވީއެވެ. ރަނގަބީލުޖެހުނާއި ދޭތެރޭ އެހާގިނައިރެއް ނެތްކަމުގއިަވިޔަސް ބޭރުގައި އިންތިޒާރުކުރާކަށް ރަޔާން ބޭނުމެއްނުވިއެވެ. ގޭޓުގެ ދެފަރާތައް ނަޒަރުހިންގާލުމައްފަހު ހުޅުވާކައި ހުރި ގޭޓުގެ އެތެރެއިނ ވަދެގެންދިޔައެވެ. ސުކޫލު ކޮންޕައުންޑުތެރޭ ކުލާސް ރޫމްތައް ހުރި ބިލްޑިންގު ކުރިމަތިން ރަަޔާންގެ ކުލާސް ފެނޭތޯ ދެބުރުޖަހާލިއެވެ. ގްރައުންޑް ފްލޯގައިހުރި ހުރި ކުލާސްރޫމްތަކުތެރޭ ރަޔާންގެ ކުލާސްރޫމް ނެތްކަން ޔަގީން ވުމުން ދެނަ މިސްރާބުޖެހީ ދެވަނަބުރިޔަށެވެ. ފުޅާ ސިޑިބަރިތައް ހުރަސް ކޮއްފައި ދެވަނަބުރިށް އެރުމާއިއެކު އަވަސްވެގަތީ ކުލާސްރޫމް ފެނޭތޯއެވެ. ނަމްބޯޑަށް ބަލަހައްޓައިގެން ހުރެ ހިނގަމުން ހިނގަމުންގޯސް އެންމެ ފަހު ކުލާހާ އަރާހަމަވުމާއި އެކު ރަޔާންގެ މޫނު އެއްކޮން އުޖާލާވެގެން ދިއައެވެ. ޖީބުގައި އޮތް ފޯނުނަގާ  ކުލާހު ނަމާ ނަންބޯޑާ ޔަގީން ކުރިއެވެ.

ދުރު ފިޔަވަޅު ތަކެއް އަޅަމުން އެތެރެއައް ވަންނަން ހިނގައިގެތް ރަޔާން ގެ ފިޔަވަޅުތައް ހުއްޓުނީ ފުންމާލަން ތައްޔާރައް ދޮރުކަނީގައި އަތް އަޅައިގެން ހުރި އަންހެން ކުއްޖާފެނިފައެވެ. ރަޔާންގެ ހިތް ކުއްލިއަކައް ނުތަނަވަސް ވެގެންދިއައެވެ. އެކިކަހަލަ ނުބައިހިޔާލުތައް ހިތައްވަންނަން ފެށިއެވެ. “އަނެއްކާ މިކުއްޖާ މިއުޅެނީ ކީއްކުރަންބާ؟…ސޫސައިޑް! އެކަމު ސުކޫލުގަ ކާކު ސޫސައިޑް ކުރާނީ؟!! ކީއްވެ؟” ހިތައް އަރާފައިބަމުންދިޔަ އެތަކެއް ސުވާލުތަކެއް އެއްފަރާތް ކޮއްލަމުން ރަޔާނަށް ހާއްސަކުރެވިފައި އިން ޑެސްކާއި ދިމާލައް މިސްރާބުޖެހިއެވެ.

ދޮރުކަނީގައި ހިފިގޮތައް ގަނޑުވެފައި އަހަންނަށް ހުރެވުނެވެ. އިރުކޮޅެއްކުރިން ކުލާހު ބޭރުން އިވިގެން ދިޔަ ފިޔަވަޅުގެ އަޑު ދޮރާހަމާލައް އައިސް ފަނޑުވެގެން ދިޔައަޑު އަހަންނަށް އިވުނެވެ. ހަތަރު އުދަރެސް ފެނުޖެހުނު ކަހަލައެވެ. ހިތް ތެޅެމުން ދިޔަލެއް އަވަސްކަމުން ދެންމެ ދެންމެ ހުއްޓިދާނެހެން ހީވެެއެވެ. ފަހަތުގައި ހުރީ ކަކުތޯ ބަލައިލަން ކިތަންމެ ބޭނުންވިޔަސް ފަހަތައް އެނބުރޭކަސެއް ނުކެރުނެވެ. ކޮންމެ ފަދަމީހަކައްވެސް ވެދާނެވެ. އަނެއްކާ ޕްރިންސިޕަލައް ވެއްޖިޔާ އަހަރެންގެ ދުވަސްދިޔައީއެވެ.

ކުޑަދޮރުގެ އަނެއްފަރާތު ފާރުބުރި މަތީ ނޭވާ ހިފަހައްޓައިގެން އެންމެން ތިއްބެވެ. ފިޔަވަލުގެ އަދު ކެނދުމާއިއެކުު ލައުރާ އަހަރެންގެ ޓައީގައި ހިފާ ދަމައިގަތެވެ. އަހަންނަށް ހިޔާލީދުނިޔެއިން ބެރައްނިކުމެވުނީ ނެވާލާން އުނދގުވާން ފެށީމައެވެ. ރަޔާން ޑެސްކާދިމާލަށް ހިނގައިގަތީ އެވަގުތެވެ. ކަރުގައި ބާރުވެފައި އިން ޓައީ ދޫކުރަމުންދިޔަވަގުތު އަހަރެން ކޮށިއެރިއެވެ. ކެއްސަމުން ކެއްސަމުންގޮސް އަހަރެން ވެއްޓުނީ ރަޔާންކުރިމައްޗަށެވެ. އުޑަފައިން އިށީދެގެން އިންއިރު އަހަރެންގެ ނަޒަރު ހުއްޓިފައިހުރީ ރަޔާން އަރައިގެން ހުރިބޫޓަސެވެ. ކުރިންތާކުން ފެނިފައިހުރި ބޫޓެއްހެން އަހަންނަށް ހީވެގެންނެވެ. އެކަމަކު ކޮންތާކުންކަމެއް ހަނދާނެއްނުވެއެވެ.

ނަމވެސް ބޫޓާ މެދު ވިސްނުމުގެ ބަދަލުގައި އަހަންނަށް އިސްކަންދެވުނީ އަމިއްލަ ރައްކާތިރިކަމަށެވެ. ކުރިމަތިގައި ހުރީ ކާކުތޯ ޔަގީން ކުރުމުގެ ބަދަލުގައި އަހަރެން އަވަސް ވެގަތީ ސަލާމަތީ އުކުޅު ތަކައިގެންނެވެ. ” ސާ..ސާރް ، އައި ކެން އެކްސްޕްލެއިން. ވީގޮަތަކީ ސާރްއަށް ވެސް އިނގެއެއްނު އަޅުގަނޑުމެންގެ ވީކްލީ އެގްޒާމްތަށް މިއަން ހަފްތާއިން ފެށީގެން ފަށާކަން ، ސޯ އައިވޯސް ޖަސްް ޕަލޭނިންގް ޓު ކަމް އާރްލީ އެން ރިވައިޒް އަލިޓލް ބިޓް އެވްރިޑޭ ސޯ ޔުނޯ ، އައި ކެން ސްކޯބެޓަރް، ސާރް އަށްވެސް އިނގެއެއްނު ހައު އިންޕީޓަންޓް ދިސް އެގްޒާމްސް އާރް، އެގްޒާމްސް އިން ރަނގަޅު ނަތީޖާާ ހޯދައިފިޔާ ، ޓާމް ޓެސްޓުންވެސް ރަނގަޅު ނަތީޖާާ ލިބޭނެ، ޓާމް ޓެސްޓުންވެސް ރަނގަޅު ނަތީޖާާ ލިބިއްޖެޔާ ، އޭއެސް އެގްޒާމްސް އިން ރަނގަޅު ނަތީޖާާ ލިބޭނެ ، އޭއެސް އެގްޒާމްސް އިން ރަނގަޅު ނަތީޖާާ ލިބިއްޖެޔާ ސްކޫލަށް ރީތިންވެސް ލިބޭނެ……” ތެޅި ތެޅި އޮތް ހިތަކާ އެކީ ، އެއްނެވާ އަކުން ހުރިހާ އެއްޗެއް ކިޔާލެވުނެވެ.

ކުރިމަތިގައި އިސްދަށަށް ޖަހައިގެން އިން އަންހެން ކުއްޖާ އެއް ނޭވާ އަކުން ކިޔާލި ބަނދި އަޑުއަހަން ރަޔާން ހުރީ ބަނޑަށް ހީލަ ހީލަ އެވެ. ތުންފަތް މަތީ ކުޅެލަ ކުޅެލާ އިން ހިނިތުންވުން އިތުރަށް ބޮޑުވީ ، މިއަދު ގޭތެރެއިން ދިމާވި އަންހެން ކުއްޖާގެ މަތިން ހަދާން ވެފައެވެ.

ވަކި ޖަވާބެއް ނައިސް ގިނައިރުވުމުން އަހންނަށް ހަތަރު އުދަރެސް ފެނުޖެހުނެ ހެން ހީވިއެވެ. އަނެއްކާ ޕްރިންސިޕްލް މާ ބޮޑަށް ރުޅި އައީ ބާވެ؟ އަހަރެންގެ ދުވަސް ހަމަ ޔަގީނުންވެސް މިއަދު ދާނެކަން ޔަގީނަވާން ފެށުމުން ކުއްލިޔަކަށް ފުންމައިގެން ތެދުވުނެވެ. އިއްތިފާގުން އެވަގުތު ވީ ރަޔާންވެސްް ގުދުވެލި ވަގުތަށެވެ.

ދެލޯ މަރައިގެން ހުރެ ފުނމާަލިލެއް ބާރުކަނުމް އަހަރެންގެ ބޮލުން ރަޔާންގެ އަނގަމަތީގައި ޖެހުނީ ނާހަމަ މަޑަކުން ނޫނެވެ. ވީތަދުން އަނގަމަތީގައި އަތް އަޅައިގެން ފަހަތަށް ވެއްޓެން ދިޔަ ރަޔާން މަތަވީ ކައިރިގައި ހުރި މޭޒެއްގައި ޖެހިފައެވެ. މޭޒުމަތީ ކުޑަކޮން އިށީނދެ ހަމޖެެހިލުމަށްފަހު އަނގަމަތިން އަތް ނަގާ އކުރިމަތީ ހުރި ކުއްޖާ އާއިދިމަ ބަލައިލިއެވެ.

ބޮލުގައި އަތް އަޅަގެން ކުޑަ ކުއްޖެއްހެން ތުންދަމައިގެން ހުރެފައި ، ޕްރިންސިޕްލް މަތިން ހަނދާން ވެގެން ، އަހަރެން ދެދޮ ކުއްލިޔަކަށް ހުޅުވާލެވުނު ވަގުތު ކުރިމަތީ ކުރިމަތީ ހުރި މީހާފެނި ސިހިފައި އަރިއަޅާލިއެވެ. އަހަންނަށް އަނެއްކާވެސް ދެލޯ މަރާ ތަގުޑި ކޮށްލެވުނެވެ. ވެއްޓުމުން ވާނެ ތަދު އިހުސާސްވެފައެވެ. މިމަންޒަރު ބަލަން ހުރި ރަޔާން ހުށިޔާރުކަމާއެކީ އަހަރެންގެ އުނަގަނޑުގައި އަތް ވަށާލާފައި އޭނާއި ކައިރިކޮށްލަމުން އަނެއްކާވެސް މޭޒުގައި އަތްވިއްދާލައިގެން އިށީނެވެ.

މިއަދު ހެދުނުގެ ހާދިސާ ހަނދާންވެފައި އަހަރެން އެއްވެސް ވަރަކަށް ލޯހުވާކަށް ބޭނުމެއް ނުވިއެވެ. އެއީ އެއްގޮތަކަށްވެސް ރަޔާންދެެކެ ރުޅިއައިސް ފޫހިވާތީކީއެއް ނޫނެވެ. ބޭއިހިތިޔާރުގައި އެ ދެލޮލުގެ ތެރެއަށް ގެެނބިގެން ދާނެއޭތީއެވެ. ނޭނގި ހުރެ ކޮންމެފަދަ އެއްޗެކޭވެސް ބުނެވިދާނެތީއެވެ. ނަމަވެސް ހިތާދެކޮޅަށް އަހަންނަށް ދެލޯހުޅުވަން މަޖުބޫރުވީ ރަޔާން އަހަރެންގެ ގައިން ދުކަށްނުލާ ގިންއިރުވާތީއެވެ. މަޑު މަޑުން ، ޕެނިކް މޯޑްގައިއޮތް ހިތް އަތަށް ލައިގެން ހުރެ އަހަރެން ދެލޯހުޅުވާލީމެވެ. ފުރަތަމަވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ ރަޔާންގެ ހަލާކުވެފައިވާ ފުންފަތެވެ. ބޮޑުވަރު ނުވިއެއްކަމަކު އޭނާގެ ދެތުންފަތުގެ ކަނާތްފަޅިން ހަލާކުވެފައި ހުރިތަންތަނުން ލޭ ހިލިފައިވެއެވެ. ހީވަނީ ދެންމެ މީހެއްގެ ގައިން ލޭބޮއެގެން އައިސް ހުރި ވެންޕަޔަރެއްހެންނެވެ.

ގަސްތުގައި ކުރިކަމެތް ނޫން ކަމަށް ވިޔަސް އަހަރެންގެ ފަރާތުން މީހަކަށް އަނިޔާއެއް ލިބުނުކަން އެނގުމުން ހިތް މިލާ މޯޅިވިއެވެ. ” އޯ މައި ގޯޑް ، އައިމް ސޯ ސޯ ސޯ ސޮރީ ، އަޅެ ހާދަ ބޮޑަކްށޭ ހަލާކުވެފަ އެއިނީ” ރަޔާންގެ ފރިިހެން ވަންތަ މޫނުގައި ދެއަތުން ހިފާ ކައިކޮށްލަމުން އެއް ފައްޗަކަށް އަހަރެން ސޮރީގެ ހާރު އަމުނާލީމެވެ. ދެލޯ ކާއްޓަކަށް ހަދައިގެން އަހަންނާއި ދިމަ ބަލަހަޓައުގެން ހުރި ރަޔާންއަށް އެއްވެސް ފަރުވަލެއް ނުދީ އަހަރެން ރަޔާންގެ މޫނު އަހަރެންގެ ލޮލާއި ކައިރިކޮށްލިއެވެ. އަހަރެން އޭނާގެ ހަލާކުވެފައި އިން ތުނަފަތަށް ބަލަމުންދިޔައީ ޑޮކްޓަރެއ ބަލިމީހާގެ ޒަލަމ،ްތަކަށް ބަލާހެންނެވެ. އިރުކޮކު އެހެން ބަލަން ހުރުމަށް ފަހު ރަޔާންގެ ތުންފަތުގައި ބޭއިހްތިޔާރުގައި އިނގިލި ޖަައްސާލެވުނެވެ. ލިބުނު ޒަހަމް ކުޑައެއްކަމަކު ނަގާދިލަ ކުޑައެއްނޫނެވެ. ރަޔާން ކުޑަކޮން ހޯސް އަޅުވާލުމަށްފަހު ދެލޯމަރާލީ ވީ ތަދުނަނެވެ. ނަމަވެސް އަނެއްކާވެސް ލޯހުޅުވާލީ އަހަރެން ވާހަކަދެއްކި އަޑަށްކަން ޔަގީނެވެ. ” ވަރަށް ތަދުވޭ ދޯއެބަ. ޑޯންޓަ ވޮރީ،  މިހެން ހެދީމައި ތަދުކުޑަވާނެ، އަަހަރެން ކުޑައިރު ތަންތަން ހަލާކުވީމަ ދައްތަ ހަދާނެ މިހެން ” ކުޑައިރުގެ ހަދާންތަށް ބޮލުތެރެއަށް ރަސްކަންކުރުމުގެ ފުރުސަޓު ދީފައި އަހަރެން ރަޔާންގެ އަނަގަމަތީގައި، ރަޔާންގެ ދަބަހުން ނެގި ފެންފުޅި ޖައްސާލިއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ފުޅިނަގާ އަހަރެން އޭނާގެ ތުނަފަތަށް ފުމެލީމެވެ. އަހަރެންގެ ފަރާތުން މީހަކަށް ލިބުނު ގެއްލުމުގެ ބަދަލުގައި އެހީތެރިވުމުގެ ގޮތުނަނެެވެ.

ރަޔާން ހުރިގަތަށް ހުރީ އެސްފިޔަ ގަހަން ހަނދާން ނެތިފަ ޖުރިކަހަލަ ގަތށެވ. ކުއްލިޔަކަށް ދެކުދިންނަށް ސިހިފައި ކުޑަދޮރުތަކާ ދިމަާލަށް ބަލަިލިއެވެ. އޭރު ގިނަބައެއްގެ ކަރުކރހުމުގެ އަޑު ފަޒަގައި ގުގުމާލާފައެވެ.

 

(ނުނިމޭ)

 

އިއުލާން : މި ބައި ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ލަހުން އަޕަކޮށް ލެވުނީތީ  ވ ވ ވ ވ ބޮޑަށްސޮރީ

ް

 

 

 

Share Article

Follow Me Written By

BELLA10

Level 1

Other Articles

Previous

ލޯ ފޮހެލާދޭށެ މަގޭ 20

Next

އިޙްނާ (10)

Next
May 31, 2020

އިޙްނާ (10)

Previews
May 30, 2020

ލޯ ފޮހެލާދޭށެ މަގޭ 20



All Right Reserved!