Skip to content
އެސްފިޔަ

salanghae

ފަތިހުގެ ހަމަހިމޭން ހތްްގައިމުވަގުތުކޮޅަށް މަރުހަބާ ކިޔަމުން އުޑުމަތިން ފައުޅުވި ފަޖުރުތަރީގެ ވިދުމާއިއެކު، ރަށުގެ ދެކުނުފަރާތުގައި ތެޅިގަލާއި އުވައިން އިމާރާތްކޯށް ފުޅިބަށްތިތަކުން ޒީނަތްތެރިކޯށްފައިވާ ރަށުގެ ހުކުރު މިސްކިތުން ގޮވަންފެށި ފަތިސްނަމާދުގ ބިންގީގެ އަޑު މުޅިރަށުތެރޭގެއި ގުގުމާލައިފިއެވެ. ދޫނިސޫފާސޫފިތަށް އެސޮރުމެންގެ ހާލިތަކުން ނިކުމެ ދުވާލުގެ ހަލަބޮލިކަމުގެެތެރެއިށް ގެއްލެން ފަށައިފިއެވެ. އާދައިެމަތިން މިއަދުވެސް އަހަރެންނަިށް ހެލެވުނީ ކުކުޅު ހާތަކުގެ ރީތި ނަލަ ގޮވާލުމުންނެވެ. ކުޑަދޮރުން ފުރޭނިގެެން ކޮޓަރިތެރެއިށް ވަންނަމުންދިޔަ އިރުގެ ރަންދޯދިތަކުން ރިށްކާތެރިވުމަށް މޫނުމިތ އަިތްއަޅައިގެން ފާހާނާއާއި ދިމާލަށް  މިސްރާބުޖެހީމެވެ.

ދަތްއުނގުޅާ މޫނުދޮވެގެން ލޮލުން ނިދިފިލުވަން ދެލޯއުނގުޅަމުން ނިދާހެދުމުގައި ސިޓިންރޫމަށްދާން ހިނގައިގަތީ އާދައިގެމަތިން ގޭގެއި އެކަކުވެސް ނުއުޅޭނެކަން އަހަންނަށް އިނގޭތީއެވެ. އެހެންދުވަހެކޭވެސް އެއްފަދައިން މިއަދުވެސް މަންމަޔާއި ބައްޕަ އަހަރެންގެއިނތިޒާރުގައި މަޑުކުރުމެއްނެތި އޮފީހަށްދިޔައީކަން އަހަންއިގޭތީއެވެ. އުމުރުން އެންމެތިން އަހަރުން ފެށިގެން މިއަދާއިހަމަޔަށް އައި އިރު މަންމަޔާއި ބައްޕަޔާދިމަވަނީ މަހަކުއެއްފަހަރުކަހަލަގޮތަކަށެވެ. ހެނދުނުހޭލާއިރު މަންމަމެން ގެއިކުނުތިބެއެވެ. ވާނީ އޮފީހަށް ގޮހެވެ. ރޭގަނޑު ގެއަށް އަންނަނީ އަހަރެން ނިދާފަހުންނަވެ.  ކިތެންމެ ފަހުނނިދއެއްކަމަކު މަންމަމެންނަކާ ދިމަލުއްނުވެއެވެ. ކިތެންމެ ކުރިން ހޭލިއެއްކަމަކުވެސް ދިމަލެއްނުވެއެވެ. ހަމައެކަނި ދިމާވނީ ކޮންމެ މަހަކު އެއްފަހަރު މަންމަމެން ގަވާއިދުން ރޯސްވޯލްއިން ދޭކެއުމުންނެވެ. އެދުވަހަކީ ކޮންމެމަހަކު އަހަންނަށް ލިބޭ އީދެއްފަދަ ދުވަހެކެވެ. ވާހަކަނުދެއްކިއެއްކަމަކު މަންމަމެން ފެނުމަކީވެސް އަހަންނަށް ލިބޭ ވަރށް ބޮދުއުފަލުކެވެ. މިއަދަކީ އަހަންނަށް އަށާރަ އަހަރުއަހަރުވާ ދުވަހެވެ.އަހަރެންގެ އުފަން ދެވަހެވެ. މަންމަމެނަށް މިޙާއްސަދުވަސް ހަދާން ހުންނާނެ ބާވެއޭ…..

އަހަރެންގެ ހިތިށް މިއަރާފައިބަމުންދިޔަ ސުވާލުގެ،ޖަވާބާމެދުގެއްލިފައިހުރިވަރުން ސިޓިނަރޫމަށްއާދެވުނީ ކޮންއިރަކުކަމެއްވެސް އަހަންނަކަށްނޭނގެއެވެ. އަހަރެންގެ ސިކުނޑިތެރޭގައި ކެކެމުންދިޔަ މިހިޔާލ ީފޮލައިނ ްބޭރަށްނިކުމެވުނީ ހިނގަމުން ހިނގަމުންގޮސް ފާރުގައި ބޯގެހުމުންނެވެ. ވީތަދުން ދެލޯމަރާލެވުނެވެ. އައި ރުޅީގައި ހިތަށް އެރި ހުރިހާއެއްޗެއް އަޑުގެނެތްތަނަށް ކިޔާލެވުނެވެ. ދެބުމަގޮއްޖަހައިގެންހުރެ އަތުގެ އިނގިލިތަތް ނިއްކުރީގައި ހިންގާލިވަގުތު ހިތުންުރުޅިވެރިކަން ފިލައިގެންގޮސް ހާސްކަމާއި ބިރުވެރިކަން ހިތަށް ވެރިވީ އަތުގެއިނގިލިތަކަށް ފިނިވުމުންނެވެ. “އަނެއްކާ އަހަރެންގެ ބޯ ފަޅައިގެން ދިޔައީބާ…..އަޅޭ..!!!! ދެންކިހިނެތް ހަދާނީ. މަންމަޔަށް އިނގިއްޖެޔާ ޔޯ!!!!؟؟؟ އޭރުން އަހަރެން ބަލަން ބޭބީސިޓާއެއް ކަންނޭނގެ ގެންނީ! ނޯ ނޯ ނޯ ނޯ!!! އައި ކާންޓް ލެޓްދިސް ހެޕަން… އެކަމު މަބުންޔޭ ކިޔާފަ މަންމަ މަ ބުނާގޮތެއް ހަދާނެތަ!! ބޭބީސިޓާ އަކަށްވުރެ މާރަނގަޅުވާނެ އެކަނި ހައުންޓެޑް ގެއެއްގަ ސެންޗުއަރީއެއް އުޅެންޖެހުނަސް… އާހް…. ދިސިސް އާލް ޔޮރް ފޯލްޓް…!! ހަމަ މިހާގިނަ ފާރުނުލާ ގެއެއަ ނޭޅެނީތަ؟؟!! 4ފާރާ ފުރާޅަކާލީމަ ނިމުނީއެއް ނޫންތަ…. ހަމަ ޖެހޭތަ ޕާރްފެކްޓް ލަވް ސޯރީ އެއގައިހީރޯޯ ހިރޮއިންގެ ދޭތެރެއަށް ތާރްޑް ޕާރސަންއަށްވެގެން ވަންންހެން މަށާ ބަދިޖެއާ ދޭތެރެއަށް ވަންނަން….!!!!! ސްޕޮއިލަރް އޮފް ދި އިއަރް….. ވިލަން….އާރމ،، ވަޓްއެލްސް!!!؟؟؟؟؟؟؟؟” “ތާރޑް ޕަރސަން” އަހަރެންގެ ހިތުތެރެއަށް ހިނދުކޮޅެއް ކުރިން ވެރިވެގަތް ރުޅިވެރިކަން ހަމަޔަކަށް އެޅުނީ ފާރާއި ކުރަމުންދިޔަ ބަހުގެ ހަމަލައިގެ މެދުތެރެއިން އަހަރެންގެ ކަންފަރުގައި ގުގުމާލި އާސޯހުކުރުވާފަދަ އަޑެއްގެ ސަބަބުންނެވެ. ” އެ ކާކު؟!! އަހަރެންގެ އަޑެއް އެހާބަރެއް ނުވާނެ! ގޭގަ މިވާގުތެ އެއްވެސް މީހަކު އުޅުގެން ނުވާނެ!! އޯހް މައި ގޯޑް!!! އަނެއްކާ ގޭގަ  މާގިނައިރު އިނީމާ މަގޭގެ އަޑަށް ބައްޔެއް ޖެހުނީތަ؟؟؟އޯރ ،، ގެއަށް ވަގެއަ ވަނީތަ؟؟ ނޯވޭ!!! ބައްޕަގެ  ސެކިއުރިޓީ އެއަށްވުރެ ވަރެގަދަވާނެ…. ދެޓްމީންސް……… ޝިޓް ޝިޓް ޝިޓް…. ބައްަޕަ ގެއަށް އައީތަ އަނެއްކާ؟؟؟؟ މަދެއްކި ހުރިހާ ވާހަކައެއް އަޑުއިވުނީބާ؟؟؟؟؟އޯހް ނޯ…… ޖަސް ބީ ކެށުއަލް ލައިކް ނަތިން ހެޕަންޑް” އަހަރެންގެ ހިތުގައި އެވަގުތުއެަެތަށް ސުވާލެއް އަރާފައިބަމުން ދިޔައެވެ. ހާސްކަން ދެގުނަވެގެން ދިޔައީ ބައްޕަ ހުރިކަމުގެ ހިޔާލުންނެވެ. ހިތުގައި އެވަގުތު އުފެދުނު ޝައްކު ފިލވުުމުގެ ނިޔަތުގާ ތެޅި ތެޅި އޮތް ހިތަކާއިއެކު ދެފިޔަވަޅު ކުރިޔަށް އަޅާލީމެވެ. ހިން ދިރުވާލުމަށްފަހު ދެފަހަރަކު ކަރުކެހިލީމެވެ. އަދި އަހަރެންގެ އެންމެރީތި އަޑުންް ބައްޕައަށް ގޮވާލީމެވެ.” ޑަޑާ؟ އިޒް ދެޓް ޔޫ؟” އެޔާއި އެކު އަހަރެންގެ ކަންފަތާއި ދާދި ކައިރިން ްއެއްކަލަ އަޑުން ޖަވާބުދިނެވެ.”ވަޓް؟ ޑަޑާ؟ ސީިއަސްލީ؟ ޑޫ އައި ލުކްލައިކް އަ ޑޭޑް ޓުޔޫ؟ އަދިވެސް ތި ލޯލެއް ނުހުޅުޅުވާނަންތަ؟ ތި ލޯ ހުޅުވބަލަ!!”

ާިުއަހަރެން އަދިވެސް ލޯމަރައިގެން ހުރިކަން އިހުސާސް ވި ވަގުތު ކުއްލިޔަކަށް ލޯހުޅުވާލީމެވެ. އެއާއިއެކު އަހަރެންގެ ލޯބޮދުވެގެން ދިޔައެވެ. އަނގަ ތަށްމިނަށް ހުޅުވިގެން ދިޔައެވެ. އަތްފައި ފިނިވެ ނިހކުރިން އޮއްދާ ހިއްލަނ ފަށައިފިއެވެ. ހިތުގެތެޅުން 3ގުނައަވަސް ވެއްޖެއެވެ. ދެފައިން ވާގިދުވާހެން ހީވާން ފަށައިފިއެވެ. މިއި މީގެ ކުރިން ދުވަހަކުވެސް އަހަންނަށްވީގޮތެއްނޫނެވެ. އަހަރެންގެ ކުރިމަތިން އެފެންނަނީވެސް އަހަރެން ދުވަހަކު ދެކުނުފަދަ ސޫރައެއްނޫނެވެ……………….

[ނުނިމޭ].

Comments (4)

  1. Hama ahaalee

    Alhe saranghae eh noon tha??

  2. Tic toc

    Mi vx vaahAka.. dhivessekey bunan vx ladhu.. suruhy vx letinnun.. vaahaka liyaa myhunnah vx huthuru.. kan kuran neyngennaa geyga ove bea

  3. Jaeminie

    Its not latin… @tic toc.. Its korean word… Salanghae means Person dhivehin nama myheh… Maybe people ah ves vedhaane i am not so sure…. Anyways latin in liyunakas liyun theringe namah huthuru vaakah nujehe eh nun since rajjei ge baeh myhunah onanh thivehives neygifaa… Ehen nunas vaahakai ge namai vaahaka liyaane gob egeyny liyun theriyaa ah ehenu… Maybe liyun theriyaaa aky kfan eh vyma liyaa vaaahakai ga use kurun ekashee gen vey korean word eh… I it was u 2…??? JUST BEING REALITY???

    BY THE WAY VAAHAKA REEETHI VAAANE KAMAH UMEEEDHU KURAN SINCE NAME IS ALSO NICE… ???

    1. BELLA10
      Jaeminie

      thank u jaeminie..:) that is really encouraging and i’ll try my best not to disappoint u….i’ll be mindful of my mistakes and will try to improve….:):):);)

Comments are closed.