ލޯގަނޑުގެ ކުރިމަތީގައި އަހަރެން ހުއްޓި ހުރީމެވެ. އަހަރެންގެ ހިތް އެދެމުން ދިޔައީ އެ ލޯގަނޑު ތަޅާލާށެވެ. އަހަރެންގެ ސިފައަށް އަހަރެން ނަފުރަތު ކުރަމެވެ. ރުޅިއައިސްގެން ޑްރެސިންގް ޓޭބަލްގެ މަތީގައި އަހަންނަށް މުއްކެވި އަތުން ޖެހުނެވެ. މޭޒުމަތީގައި ހުރި ބައެއް ފުޅިތައް ވެއްޓި ތަޅައިގެން ވެސް ހިނގައްޖެއެވެ. ނަމަވެސް އެކަމާ ވިސްނާ ވަރަށް ވުރެ އަހަރެންގެ ސިކުނޑި ވަނީ ބަލިވެފައެވެ. މިއީ ކޮންމެ ދުވަހަކު އަހަރެން ސްކޫލުން އައިސް އުޅެންޖެހޭ ހާލެވެ. އަހަރެން ގޮސް އެނދުމައްޗަށް ވެއްޓިގަތީމެވެ. ރޮއި […]
“ލޯބިވާ މަންމައާއި ބައްޕައަށް.. ވެދުން ސަލާމަށްފަހު ލިޔަމެވެ. މަންމާއެވެ. ބައްޕާއެވެ. މިޝަކުވާތައް ކިޔުމަށްފަހު ދެރަވެ ކަރުނަ ނާޅާނެކަމަށް ހީކުރަމެވެ. މިއީ އެންމެ ދުވަހެއްގެ ޝަކުވާއެއްނޫނެވެ. މީގައި މިލިޔެލެވެނީ ސޯޅަ އަހަރު ދުވަހުގެ ތެރޭގައި މިދަރިފުޅުގެ ހިތުގައި އުފެދި އިތުރުވަމުން ދިޔަ ޝަކުވާތަކެވެ. ސޯޅަ އަހަރު ދުވަހުގެ ތެރޭ މިނިކަމެތި ހިތުގައި އެޅި ވޭނާއި ކެކުޅުންތަކެވެ. ޒަޚަމްވެފައިވާ ފާރުގަނޑުތަކުން ތޮރުފި ފަނާވަމުން ދިޔަ ނިކަމެތި ހިތުގެ އެންމެފަހުގެ ޝަކުވާތަކެވެ. އަޑުއަހާށެވެ. އަހަރެންގެ ދުލުން ނުކިޔުނު ކަމުގައިވީނަމަވެސް، މި ސިޓީގައިވާ […]
އަހަންނަށް އެނގެއެވެ. ކުށްވެރިއަކީ އަހަންނެވެ. އަހަރެން ޤަބޫލު ކުރަމެވެ. ޒިންމާ ނަގަންޖެހޭ ފަރާތަކީ އަހަންނެވެ. އަހަރެންގެ ދަރިފުޅެއް ނޫނެވެ. އެއީ މައުސޫމެކެވެ. އެދަރިފުޅުގެ އެއްވެސް ކުށެއް ނެތެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ. އެއީ އަހަންނަށް އުޅެވުނު ގޮތެވެ. ނުވިސްނުނީތީ ވީ ގޮތެވެ. އަހަރެންގެ މައިންބަފައިން އަހަންނަށް އަބަދުވެސް ވަރަށް ރަނގަޅެވެ. އަބަދުވެސް އެދުނީ އަހަންނަށް އެންމެ ރަނގަޅު ގޮތެވެ. ނަމަވެސް އަހަރެންގެ ހުޅުވެމުން އައި ސިކުނޑިއަށް އެކަން ގަބޫލެއް ނުކުރެވުނެވެ. އަހަރެން ކުރަން ބޭނުންވާ ކަންކަން މަންމަ […]