Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަންހެނަކަށް ވީތީ

babygurll Level 1
March 12, 2021 3 Mins Read
3 Comments

އަހަންނަށް އެނގެއެވެ. ކުށްވެރިއަކީ އަހަންނެވެ. އަހަރެން ޤަބޫލު ކުރަމެވެ. ޒިންމާ ނަގަންޖެހޭ ފަރާތަކީ އަހަންނެވެ. އަހަރެންގެ ދަރިފުޅެއް ނޫނެވެ. އެއީ މައުސޫމެކެވެ. އެދަރިފުޅުގެ އެއްވެސް ކުށެއް ނެތެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ. އެއީ އަހަންނަށް އުޅެވުނު ގޮތެވެ. ނުވިސްނުނީތީ ވީ ގޮތެވެ.

އަހަރެންގެ މައިންބަފައިން އަހަންނަށް އަބަދުވެސް ވަރަށް ރަނގަޅެވެ. އަބަދުވެސް އެދުނީ އަހަންނަށް އެންމެ ރަނގަޅު ގޮތެވެ. ނަމަވެސް އަހަރެންގެ ހުޅުވެމުން އައި ސިކުނޑިއަށް އެކަން ގަބޫލެއް ނުކުރެވުނެވެ. އަހަރެން ކުރަން ބޭނުންވާ ކަންކަން މަންމަ މަނާ ކުރާތީ އަހަރެން ވަރަށް ފޫހިވިއެވެ.

ފުރާވަރަށް އެޅުމާއެކު މަންމަ އަހަރެން ގެންގުޅުނީ ވަރަށް ބަލައިގެންނެވެ. އަންހެން ކުއްޖަކަށްވީތީ އެއްވެސް މިނިވަންކަމެއް ނެތެވެ. ތާކަށް ދާން ޖެހެނީ މަންމަ ކައިރި ބުނެފައެވެ. ގިނަ އިރަކު ބޭރަކު ނޫޅެވެއެވެ. އަހަންނަކީ ބޮޑުވަމުންއައި ޒަމާނީ އަންހެން ކުއްޖެއް ކަމުން، މަންމަގެ އެގޮތެއް އަހަންނަށް އެއްގޮތަކަށް ކަމަކު ނުދިޔައެވެ. މަންމަގެ އެހުންނަނީ އެންމެ ކުރީގެ ބޯދާ، ކަޓު ހިޔާލެވެ.އަހަރެމެން އުމުރުގެ އެހެން އަންހެން ކުދިން ބިޓުންވެސް ނެގިއެވެ. އެމީހުންނާއެކީ އެކަހެރި ހިސާބުތަކަށް މީޓު ކުރަންވެސްދެއެވެ. އަހަންނަށް މިހުރިހާ ކަމެއް މަނާ ކުރަނީ އަހަރެންގެ މަންމައެވެ. ކީއްވެ ހެއްޔެވެ. ހަމަ އަހަންނަށްވީމާ މަނާވާންވީ ކީއްވެ ހެއްޔެވެ. އަހަރެންގެ އިހުސާސްތައް ދެނެގަންނަން މަންމައަކަށް ނޭނގެއެވެ.

މަންމަގެ އުނދަގޫ މާ ބޮޑުވާން ފެށުމުން އަހަރެން ބޭރަށް ދާންފެށީ މަންމައާއި ސިއްރުން ވަގަށެވެ. ގުޅާފާނެތީ ފޯނުވެސް ގޭގައި ބާއްވާފައެވެ. ކުއްޖަކާ ރައްޓެހިވި ވާހަކަވެސް ނުބުނަމެވެ. އެކަކަށްވެސް ނޭނގޭނެހެން ސިއްރުން ތަންތަނަށް ގޮސް އުޅެން މާ ފައްކަލެވެ. ރޭގަނޑުގެ އަނދިރީގައި ސަމާސާކުރުން އެއީ އަހަރެން އެންމެ ކުރާހިތްވި ކަމެވެ.

ހަނދުވަރު ދޭ ރެއެކެވެ. އަހަރެން އިނީ ރަށުގެ އަނެއް ފަޅީގައި ހުރި ހިލަ ތަކުގައި އަހަރެން ރައްޓެހިވެގެން އުޅޭ ރަޔާން އާއެކު ސަކަރާތް ޖެހުމުގައެވެ. ގޭގައި ފޯނު ބާއްވާފައި ނިކުމެވުނީތީ މަންމަ އަހަރެން ހޯދަން އަންނާނެކަމެއް އަހަރެން ހިޔެއްވެސް ނުކުރަމެވެ. އާއެކެވެ. މަންމަ އަހަރެން ރެޑުހޭންޑުކޮށް އަތުލައިގަތެވެ. އެއީ ގެއަށް ތޫފާނެއް އައި ރެއެކެވެ. އަހަރެން ކުޑަވަންދެން އަހަންނަށް ބެވިއެވެ. ގޭގައި ބަންދު ކުރިއެވެ. ފޯނުވެސް އަތުލިއެވެ. އަހަރެން ވަރަށް ރުއިމެވެ. އަދި އެހާމެ ރުޅިވެސް އައެވެ.

އަހަރެން މަންމަ ދައްކާ އެއްވެސް ވާހަކައެއް އަޑު އަހާކަށް ބޭނުމެއް ނުވިއެވެ. އަބަދުވެސް އިންނަނީ ރުޅި މޫނު ހަދައިގެން ތުންދަމަގެންނެވެ. ނަމަވެސް މަންމަ އަބަދުވެސް ނަސޭހަތްދޭނެއެވެ.ތިއީ ދަރިފުޅަށް އަދި ނުވިސްނޭތީ ވާގޮތެއް ކަމަށް މަންމަ ބުންޏެވެ. ވިސްނެންފެށީމާ މަންމަ މިކަންތައް ކުރަނީ ރަނގަޅަށްކަން އެނގޭނޭ ކަމަށްވެސް ބުންޏެވެ. އަދި ރައްޓެހިންނެއްވެސް އަބަދަކު ނުތިބޭނޭ ކަމަށާއި، ބޮޑު ކަމެއްވީމާ އަޅާލަން ތިބޭނީ ހަމަ އާއިލާ ކަމަށްވެސް މަންމަ ބުންޏެވެ. އަހަރެން އެކަމަށް ކުރީ އިންކާރެވެ.އަހަންނަށްނާމެދު ތިޔަ ވަރަށް ވިސްނާނަމަ މިއަދު އަހަރެން ހުންނާނީ އުފަލުން ކަމަށް އަހަރެން ބުނީމެވެ.

ގޭބަންދުން ސަލާމަތްވުމުންވެސް އަހަރެން އުޅުނީ ހަމަ ކުރިންވެސް އުޅުންގޮތަށެވެ. މަންމަގެ ވާހަކަތަކަށް އަޅާ ކަހާވެސް ނުލަމެވެ. އަހަންނަށް ހަމަ އެންމެ ރަނގަޅުބަޔަކީ އަހަރެންގެ ރައްޓެހިންނެވެ.  އެއްފިރިހެނެއް ކައިރިން އަނެއްފިރިހެނެއް ކައިރިން ދުވެލަ ދުވެލާ މަޖާ ނެގުމުގައި އަހަންނާއި އަހަރެންގެ ރައްޓެހިން އުޅުނީމެވެ.

އަހަރެން ހީކުރި ގޮތާ ޚިލާފަށް، އުމުރުން އަށާރަ އަހަރުވުމުންވެސް އަހަރެން ބޭނުންވި މިނިވަން ކަމެއް އަހަންނަކަށް ނުލިބުނެވެ.އެއީ އަހަންނަށް ކެތްކުރެވޭވަރު ކަމަކަށް ނުވިއެވެ. އަހަރެންގެ ގަޓު ހުރިކަން އަންގާލަން އަހަރެން ބޭނުންވިއެވެ. އަހަރެން މަންމައާއި ޒުވާބު ކުރީމެވެ. އަރާރުންވީމެވެ. އަހަރެން އުޅޭނެ ގޮތެއް އެނގޭނީ އަހަންނަށް ކަމަށް ބުނީމެވެ. މަންމައާއި މުޅި އާއިލާއާވެސް އަހަރެން ގުޅުން ކެނޑީމެވެ. ގެއިން ނުކުމެގެން ރައްޓެއްސަކާއެކު މާލެ ބަދަލުވީމެވެ. ރައްޓެއްސެއްގެ ކައިރިއަށެވެ.

ހަގީގީ ދިރިއުޅުން ފެށުނީ އެހިސާބުންނެވެ. އަހަރެން ބޭނުންވި މިނިވަންކަން އަހަންނަށް ލިބުނެވެ. އަހަރެން އުޅުނީ މުޅިން އެހެން ދުނިޔެއެއްގައި ވަރަށް ހިތްހަމަ ޖެހިގެންނެވެ. އަހަރެންގެ ކޮޓަރިއަށް ފިރިހެނުން ވައްދައިގެން އަހަރެން ބޭނުން ގޮތަކަށް އުޅުމުގެ މިނިވަންކަން އަހަންނަށް އޮވެއެވެ. އެއީ އަހަރެންނަށް ވަރަށްވެސް ފުރިހަމަ ދިރިއުޅުމަކަށް ވިއެވެ.

ބަހާރު މޫސުން މާ ގިނަ ދުވަހަކަށް ދެމިގެންނެއް ނުދިޔައެވެ. އަހަންނަށް އުނދަގޫތަކެއްވާން ފެށިއެވެ. ބޯއަނބުރާ ހޮޑު ލެވި ވަރުބަލިވާން ފެށިއެވެ. ޑޮކްޓަރަށް ދެއްކުމުން ލިބުނު ހަބަރަކުން މޭގަނޑު ހީވީ އަނގަޔަށް އައިހެންނެވެ. އަހަރެން ބަލިވެ އިނީއެވެ. ކުއްޖާގެ ބައްޕައަކީ ކާކު ކަމެއްވެސް އަހަންނަކަށް ނޭނގެއެވެ.ނަތީޖާއެއްގެ ގޮތުން އަހަރެން ޖެހުނީ އެގެއިން ނުކުމެގެންދާށެވެ. ދާނެ އިތުރު ތަނެއް ނެތުމުގެ ސަބަބުން ދާން ޖެހުނީ ރަށަށެވެ.

އެލަދުވެރި ހާލުގައިވެސް އަހަރެންގެ މަންމަ އަހަރެން ގަބޫލު ކުރިއެވެ. ދުނިޔޭގެ މަލާމަތް ރައްދުވީ ހިނދު އަހަރެންގެ އައްޑަނައަކަށްވީ އަހަރެންގެ މަންމައެވެ. ހުރިހާ ކަމެއްގައި އެހީތެރިވެ އަޅާލީ އަހަރެންގެ އެލޮބުވެތި މަންމައެވެ. އަހަރެން އެންމެ ނަފުރަތުކުރި މަންމައެވެ.

މިހާރު އަހަރެންގެ ދަރިފުޅު އެއަންނަނީ ބޮޑުވަމުންނެވެ. ނަމަވެސް އަހަރެން ކުރި ކުށެއްގެ ސަބަބުން އެ މައުސޫމު ކުއްޖާފުޅު އުފުލަންޖެހޭ ހިތާމަ މިއަދު މާބޮޑެވެ. ޒިނޭގެ ދަރިއަކަށްވީތީ މުޖުތަމައުގެ ފަރާތުން އެކުއްޖާއަށް ލިބޭ ކެކުޅުންތައް ގިނައެވެ.މިހާރު އަހަންނަށް ވިސްނެއެވެ. އެދުވަހު މަންމަ ދެއްކި ހުރިހާ ވާހަކައެއް ރަނގަޅެވެ. މައިންބަފައިން ދަރިންނަކަށް ދުވަހަކުވެސް ދެރަގޮތެއް ނޭދޭނެއެވެ.އަހަރެންގެ މަންމަ ފަދައިން ހިތްވަރުގަދަ އަންހެނަކަށްވެ އަހަރެންގެ ދަރިފުޅުގެ ދިފާއުގައި އަހަރެން ނުކުންނާނަމެވެ. އެދަރިފުޅަށް އެންމެ ރަނގަޅު މުސްތަގުބަލް އަހަރެން ހޯދާދޭނަމެވެ. މައިންބަފައިންނާއި އާއިލާއަށްވުރެ މާތް މަތިވެރި ގުޅުމެއް ނެތެވެ.

-ނިމުނީ-

*ނޯޓު: މީ އަޅުގަނޑު ލިޔާ އެންމެ ފުރަތަަމަ ވާހަކަ ކަމުން މި ވާހަކައިގައި ކުށް ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

 

Share Article

Follow Me Written By

babygurll

Level 1

Other Articles

Previous

ލޯބިވާ ވަރު ކަލާޔަށް އަންގައިދެމޭ 6

Next

ވާން އެދެމޭ ގާތުގާ (7)

Next
March 12, 2021

ވާން އެދެމޭ ގާތުގާ (7)

Previews
March 12, 2021

ލޯބިވާ ވަރު ކަލާޔަށް އަންގައިދެމޭ 6

3 Comments!

  1. YEOJA says:
    March 12, 2021 at 6:02 pm

    Masha Allah vrh reethi mi vaahaka❤️❤️??
    Furathama vaahaka aa balaafaa vrh reethi❤️❤️❤️❤️??
    Vrh iburaitheri vaahaka eh mee vxx ❤️❤️
    Adhi vxx babygurll ge ehn vaahaka akah wait ❤️❤️❤️kuran ❤️❤️?
    Stay safe ❤️❤️??

  2. redlailacrose says:
    March 12, 2021 at 7:17 pm

    Nice story ??? first stry aa balaf ur work is really good ??u have the talent dear ??keep going like this ???learn from ur mistakes ???never step down ?? my best wishes are with you،??gud luck writing next episodes ??

  3. redlailacrose says:
    March 12, 2021 at 7:18 pm

    Could you please comment on my storys ???? it means a lot to me ???

Comments are closed.



All Right Reserved!