މޫދުގައި ކުޅެން ތިބި ކުދިންނާ ދިމާއަށް ބަލަހައްޓައިގެން އިން ހީންގެ މޫނުމަތިން ފެންނަމުން ދިޔައި ހިތްހަމަޖެހުމުގެ އަސަރުތަކެވެ. ތުންފަތްމަތީގައި ވަނީ ލުއިލުއި ހިނިތުންވުމެކެވެ. ދިގު ފަން އިސްތަށިގަނޑު ވަޔާ ވިހުރުވެމަުން ދިޔައިރު ބަލާލަން ކިތަންމެހާވެސް ރީއްޗެވެ. “ހީން” މި އަޑަށް ހީން ފަހަތް ބަލާލީ ގޮވަނީ ކާކުތޯ ބަލާލުމުގެ މަގްސަދުގައެވެ. ދުރުން އަންނަ ދިލްޝަދު ފެނުމުން ހީން ހީލިއެވެ. ދިލްޝަދު އަކީ ހީން އުުޅެމުންދާ ގޭގެ ވެރި މީހާއެވެ. މެދު އުމުރުގެ މި އަންހެން މީހާ އަކީ […]