Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މިހިތް އެބަ ތެޅޭ ހަމަ ކަލާއަށް ހުވާ -1

Axx Level 110 Stories
September 21, 2015 4 Mins Read
21 Comments

މޫދުގައި ކުޅެން ތިބި ކުދިންނާ ދިމާއަށް ބަލަހައްޓައިގެން އިން ހީންގެ މޫނުމަތިން ފެންނަމުން ދިޔައި ހިތްހަމަޖެހުމުގެ އަސަރުތަކެވެ. ތުންފަތްމަތީގައި ވަނީ ލުއިލުއި ހިނިތުންވުމެކެވެ. ދިގު ފަން އިސްތަށިގަނޑު ވަޔާ ވިހުރުވެމަުން ދިޔައިރު ބަލާލަން ކިތަންމެހާވެސް ރީއްޗެވެ.
“ހީން” މި އަޑަށް ހީން ފަހަތް ބަލާލީ ގޮވަނީ ކާކުތޯ ބަލާލުމުގެ މަގްސަދުގައެވެ. ދުރުން އަންނަ ދިލްޝަދު ފެނުމުން ހީން ހީލިއެވެ. ދިލްޝަދު އަކީ ހީން އުުޅެމުންދާ ގޭގެ ވެރި މީހާއެވެ. މެދު އުމުރުގެ މި އަންހެން މީހާ އަކީ މީހުންނަށް ވަރަށްވެސް ހިތްހެޔޮ މީހެކެވެ. ހީން އަކި ދިލްޝާދުގެ ގޭގައި ކުއްޔަށް ކޮަޓަރި އެއް ހިފައިގެން އުޅޭ ކުއްޖެކެވެ. ސިއްޙީ މަރުކަޒުގައި ނަރުހެއްގެ ވަޒީފާ އަދާކުރަމުންދާ ހީން އެ ރަށުގައި އުޅެތާ އަދި މިވީ އެންމެ ހަ މަހެވެ. ދިލްޝާދު އެގޭގައި ހީން ގެންގުޅެމުންދަނީ އަމިއްލަ ދަރިއެއް ފަދައިންނެވެ.
“ދައްތަ މިތާ ކީއްކުރަނީ” ތެދުވެ އަތުގައި ހުރި ވެލިތައް ފޮޅާލަމުން ހީން އަހާލިއެވެ.
“ދައްތަ މި އައީ ހީން އާ ވަރަށް ބޮޑު ވާހަކައެއް ދައްކާލަން ވެގެން…” ދިލްޝާދުގެ މޫނުމަތިން ފެންނަން ހުރި ކުލަވަރުން ހީން ކަންބޮޑުވިއެވެ. ދިލްޝާދުގެ ފަހަތުން ގޮސް ގަސްދޮށުގައި ހުރި ޖޯލިފަތިގައި އިށީނީ ވީ ކިހިނެއްތޯ އޮޅުންފިލުވުމުގެ މަގްސަދުގައެވެ.
“އަކްޝަމް” މި ނަން ބުނެލުމާއެކު ދިލްޝާދުގެ މޫނުމަތިން ކުރިއަށް ވުރެވެސް ބޮޑަށް ކަންބޮޑުވުން ފެނިގެން ދިޔައެެވެ. އަކްޝަމް އަކީ ދިލްޝާދުގެ ހުރި އެންމެ ފިރިހެން ދަރިފުޅެވެ. މާލޭގައި ވަޒީފާ އަދާކުރަމުންދާ އަކްޝަމް އަކީ ޖިމް އިންސްޓްރަކްޓަރ އެކެވެ.
“އަކްޝަމް އުޅެނީ ދޮން ކުއްޖަކާ އިންނަން ވެެގެން” ދިލްޝާދު ދެރަވެލާފައި ބުންޏެވެ.
“ދޮން ކުއްޖެކޭ….” ސުވާލުގެ ނަޒަރަކުން ދިލްޝާދު އަށް ބަލާލަމުން ހީން އަހާލިވެ.
ދިލްޝާާދު ހީން އަށް އިތުރަށް އޮޅުންފިލުވައި ދިނެވެ. އަކްޝަމް ޖަރުމަން ކުއްޖަކާ އިންނަން ވެގެން އުޅޭ ވާހަކައެވެ. އަކްޝަމް އަށް ރަށުން ވަޒީފާ ލިބިގެން ރަށައް އަންނަން އުޅޭ ވާހަކައާއި އަންނައިރު ދިލްޝާދު ރުއްސުމަށްޓަކާ އެ ކުއްޖަވެސް ގޮވައިގެން އަންނަ ވާހަކައެވެ. ދިލްޝާދުގެ ވާހަކަތައް އަޑުއަހަމުން ދިޔައިރު ހީން އަށް އަކްޝަމްއާ ދޭތެރޭގައި ވިސްނާލެވުނެވެ. ދުވަހަކުވެސް ދެކެފައިނުވާ އަކްޝަމް އަކީ ދިލްޝާދުގެ މުޅި ދިރިއުޅުމެވެ. ދިލްޝާދު ކިޔައިދީފައި ހުރި ވާހަކަތަކުން ދިލްޝާދު އަކްޝަމް ބަލާބޮޑުކުރީ ވަރަށް ހާލުގައެވެ. ފިރިމީހާ ވަރިކުރުމަށް ފަހު ދިލްޝާދު ވަރަށް އެކަނިވެރި ވިއެވެ. އެކި ގޮތްގޮތުން ހޯދި ފައިސާކޮޅު ބޭނުންކުރީ އަކްޝަމް އަށް ރަނގަޅުގޮތް ހޯދާދިނުމުގައެވެ. ވީއިރު އަކްޝަމްއަށް އެކަން ނުވިސްނެނީ ކީއްވެބާއޭ ހީން ގެ ހިތަށް އަރައެވެ. ދުރަށް ބަލަހައްޓައިގެން އިން ހީން ކުއްލިއަކަށް ދިލްޝާދުއާ ދިމާއަށް ބަލާލީ ދިލްޝާދު ބުނެލި އެއްޗަކުންނެވެ.
“ދައްތަ ބޭނުން ވަނީ އަކްޝަމްއާ ހީން ކައިވެނި ކުރަން” ދިލްޝާދުގެ މި ޖުމްލައިން ހީންގެ ނިތަށް ރޫއަރާލިއެވެ. ހީން އަށް ވީގޮތް ފެނިފައި ދިލްޝާދު ބާރަށް ހޭން ފެށިއެވެ. ކުރީ ސަމާސާއެއްކަން އެނގުމުން ދިލްޝާދުއާ އެއްބައިވުމުގެ ގޮތުން ހީންވެސް ހޭންފެށިއެވެ. ހެމުން ދިޔަ ހީންއަށް ދިލްޝާދު އަށް ވަރަށް ފުންކޮށް ބަލާލިއެވެ. ދިލްޝާދުއާ އެއްކޮށް މިވީ ހަމަސް ތެރޭގައި އެންމެ ފަހަރަކުވެސް ހީން އޭނާގެ ހަޔާތާއި ބެހޭގޮތުން އެއްވެސް ވާހަކައެއްް ނުދައްކައެވެ. ހީންގެ އާއިލާ ވީ ކޮންތާކުކަމެއް އަދި ކޮން ރަށެއް ކަމެއްވެސް ހީން ދިލްޝާދު ކައިރިއަކު ނުބުނެއެވެ. އެނގޭހާވެސް އެއްޗަކީ ހީން އެ ގެއަށް އައިސް ހުންނަން ފެށިފަހުން ދިލްޝާދުގެ އެކަނިވެރިކަން ފިލާކަމެވެ. ހީންގެ މާޒީއާ ބެހޭގޮތުން ދިލްޝާދު އެތައް ފަހަރަކު ހީންއާ ސުވާލު ކުރިއެވެ. ނަމަވެސް ޖަވާބުގައި މައުސޫމް ކަމުން ފުރިގެންވާ ހިނިތުންވުމެއް ނޫނީ ނުލިބެއެވެ.
ހީން ކޮޓަރިއަށް ވަންއިރު އިރުއޮއްސި އަނދިރި ވެއްޖެއެވެ. އަނދިރިކަން ވެރިވެފައވާ ކޮޓަރިއަށް އަލިކަމެއް ގެެންނާކަށް ހީން ނޫޅުނެވެ. އޭގެ ބަދަލުގައި އެނދުމަތީގައި އުއްޑުން އޮށޯވެލައި ބަނޑުމަތީގައި ދެއަތް ބާއްވާލިއެވެ. ލޮލުގެ އެއްކަނުން ކަރުނަ ފޭދިގެން އައިސް ކަރުނަ ތިއްކެއް ވެއްޓުނެވެ. ދެ ތުންފަތް ފޫ އަޅުވާލާފައި ނިކުތީ މަޑުމަޑު އާހް އެކެވެ. ދެލޯ މަރާލައިގެން އެ އޮތް ގޮތަށް އޮއްވާ ހީން އަށް ނިދުނީއެވެ. ހޭލެވުނީ ކައިރީގައި އޮތް ފޯނުން އެލާމް ވާ އަޑަށެވެ. ސިއްސައިގެން ގޮސް ތެދުވެ ގަޑި ބަލާލިއިރު ބާރަ ޖަހަން ކައިރި ވަނީއެވެ. އަވަސް އަވަހަށް ތެދުވެ ތުވާލި ހިފައިގެން ފާހަނައަށް ވަނީ ޑިއުޓީއަށް ދާ ގަޑިގެހެން ކައިރި ވާތީއެވެ. ތަތްޔާރުވެގެން ނިކުތްއިރު ދލްޝާދު ސޯފާގައި ޓީވީ ބަލަން އިނެވެ.
“ހީން ނުކައިތަ ޑިއުޓީއަށް ދާން ތިއުޅެނީ” ކޮޓަރިން ނިކުމެގެެން އަންނަ ހީންއަށް ބަލާލަމުން ދިލްޝާދު އަހާލިއެވެ.
“އާނ ދައްތާ މިހާރުވެސް މާ ލަސް ވެއްޖެ. އެތަނަށް ގޮސް ކޮންމެސް އެއްޗެއް ކާލާނީ.. ދައްތަވެސް ދެން ނިދަން އުޅޭ” މިހެން ބުނެ ހީން ދިލްޝާދުއަށް ހީލުމަށްފަހު ގެއިން ނިކުންނަން ހިނގައިގަތެވެ.
ސިއްޙީ މަރުކަޒަށް ވަންއިރު މެންދުރުފަހު ޑިއުޓީ ކުދިން ޑިއުޓީ ގެ އެންމެ ފަހު މަސައްކަތްތައް ކުރަމުން ދަނީއެވެ. ހީން ގޮސް ވަރޑް އަށް ވަންއިރު އެންމެން ވަރަށް އަވަސް އަރުވާލާފައި އުޅޭތަން ފެނެއެވެ.
“ނާދު… ކިހިނެއްވެގެންތަ މިއުޅެނީ..” ކައުންޓަރާ ކައިރިވެލާފައި ހީން އަަހާލިއެވެ.
“ކުޑަކުއްޖަކު އެކްސިޑެންޓް ވެގެން މިއުޅެނީ. ކޭސް އާ ހަވާލުވެ ހުރީ ޑޮކްޓަރ ޝާނިމް.. އޭނަގެ އެހީތެރިއަކަށް މިވަގުތު ހުރީ ލަޔާލް. ލަޔާލް ޑިއުޓީ ނިމޭ ގަޑިއަށް ވީމަ ދެން ޑޮކްޓަރ ގެ ދަށުން ހުންނާނީ ހީން. އެހެންވީމަ މި އިންޖެކްޝަންތައް ހިފައިގެން އެތަނަށް ގޮސް ލަޔާލް މިކޮޅަށް ފޮނުވާލާ…” ޑިއުޓީ އިންޗާޖް ނާދިޔާގެ އަމުރަށް ކިޔަމަން ވުމުގެ ގޮތުން ހީން އަވަހަށް މަސައްކަތާ ހަވާލުވިއެވެ.
އެ ކުއްޖާގެ ބޮލަށް މާބޮޑެު ގެއްލުމެއް ނުލިބުނަސް އެއް އަތް ވަނީ ބިންދައިގެން ގޮއްސައެވެ. އަދި ހަށިގަނޑުގެ އެކި ތަންތަން ވަނީ މަށައިގެން ގޮއްސައެވެ. ހީން އެންއމެ ހައިރާންވީ އެކުއްޖާ ކައިރީގައި އާއިލާގެ އެއްވެސް މީހެއް ނެތުމުންނެވެ.
“ޑޮކްޓަރ މިކުއްޖާގެ ފެމިލީ…..” ހީން ބުނަން އުޅުނެވެ. ނަމަވެސް ބުނަން އުޅުނު ބަސް ހީން ހުއްޓާލީ އެ ސުވާލަށް ޝާނިމް ޖަވާބު ދިނުމުންނެވެ.
“މި ކުއްޖާ މިތަނަށް ގެނައީ ނުވެސް ދަންނަ ފަރާތަކުން… މިވަގުތު ވެއްޖެ އިތުރު ބޭސް ތަކެއް ނަގަން ގޮސް.. އޭނަ ގެންނަ ދެ އިންޖެކްޝަން ޖަހާލައްޗޭ.. މިހާރު އެއޮތީ ނިދާ އިންޖެކްޝަނެއް ޖަހާފަ.. ހޭލާފަ ތަދުވާތީ އުޅެންޏާ އަހަންނަށް ގުޅާ.. މަރުކަޒުގެ ފަރާތުން މިހާރުދަނީ އާއިލާ މީހުންނާ ގުޅަން މަސައްކަތްކުރަމުން.. ދެން ގޮސްލީ..” ޝާނިމް ހީންއަށް ހީލުމަށް ފަހު އަވަސް ފިޔަވަޅުތަކެއްގައި ގޮސް ވަރޑުން ނިކުތެވެ. ހީން އިރުކޮޅަކު އެ ކުއްޖާއާ ދިމާއަށް ބަލަން ހުރުމަށް ފަހު ކައުންޓަރާ ދިމާއަށް ދާން ހިނގައިގަތެވެ. ނަމަވެސް ކަންފަތުގައި ޖެހުނު އަޑަކުން ހީން އަށް ހުއްޓެވުނެވެ. މީހާ ފިނިވެ މޫނު ހުދު ކަފަކޮޅަކަށް ވިއެވެ.
“އާމިލް މަގޭ ދަރި..” ބާރަށް ރޮމުން ތެޅިފޮޅެމުން އަންނަ އަންހެނެއް ހީންއަށް ފެނުނެވެ. އެމީހާ އައިސް މަޑުކޮށްލީ އެކްސިޑެންޓް ވެފައި އޮތް ކުއްޖާ ކައިރިއަށެވެ. ހީން ހުއްޓުން އެރީ އެމީހާ އުޅޭގޮތް ފެނިގެނެއް ނޫނެވެ. ނަމަވެސް އިވުނު ނަމެއްގެ ސަބަބުންނެވެ. “އާމިލް” އެނަން ހީންގެ ކަންފަތުގައި ގުގުމާލާފައިވެެއެވެ. ލޮލުން ކަރުނަ ފާއްދާލީ އެއްވެސް އިހްތިޔާރަކާ ނުލައެވެ. އަވަހަށް ގޮސް ފާހާނައަށް ވަދެ ދޮރުޖެހީ މީހަކަށް ފެނިދާނެތީއެވެ.
ދޮރުގައި ލެގިލެވުމާއެކު ހީން އަށް ދެލޯ މަރާލެވުނެވެ. އެވަގުތު އެސްފިޔަތަކުން ފޭދިގެން އައި ކަރުނަ ތިއްކެއް ކޯތާފަތް ހުރަސް ކޮށް ވެއްޓުނެވެ. ހީން ބޭނުންނުވިޔަސް ހީންގެ ހިޔާލުތައް މާކުރިއަށް ދަތުރުކުރަން ފެށިއެވެ.
އާމިލްގެ އަތުގައި ހިފާލައިގެން ހީން ހިނގަމުން ދިޔައީވަރަށް ހިތްހަމަޖެހިގެން ހުރެއެވެ. ކުރިމަތިން ބޮޑު ލޮރީއެއް އަންނަތަން ފެނެއެވެ. ލޮރީ ހީން މެން ތިބި ހިސާބާއި ވަރަށް ކައިރިވެފާ ވަނިކޮށް އާމިލް ކުއްލިއަކަށް ހީން އެ ދިމާއަށް ކޮށްޕާލިއެވެ. އަދި އެހާމެ އަވަހަށް އތުގާހިފާ ގާތަށް ދަމާލިއެވެ. ހީންއަށް ތޫލި އަޑަކުން ހަޅޭއްލަވާ ގަނެވުނެވެ. މަގުމަތީގައި ތިބީ އެންމެންގެ ލޯތައް ހީން އަށް އަމާޒުވިއެެވެ.
އާމީލް މަޖާވެފައި ހުރެގެން ހެމުން ގެންދިޔައިރު ހީން ހުރީ ރުޅިއައިސްގެން ހަލާކުވާވަރު ވެފައެވެ.
“އާމިލްގެ ތިސަމާާސާގެ ސަބަބުން މަށަށް ގޮތެއްވި ނަމަޔޯ” ހީން މިހެން ބުނުމަށްފަހު އާމިލްގ އަތް ފޮޅުވާލާފައި ބާރަށް ހިނގަންފެށިއެވެ. އާމިލް ގޮވަގޮވާވެސް ނުހުއްޓުނެވެ. އެންމެފަހުން އާމިލް ބާރަށް ހިނގާފައި ފަހަތުން ގޮސް ވަރަށް ބާރަށް ހީންގެ ގައިގާ ބައްދާލިއެވެ.
“އާމިލް ޕްލީޒް މީހުން އެބަ ބަލައޭ… ލީވްމީ” ލަދުގެންފައި ހުރެ ހީން ބުނެލިއެވެ.
“އައިޑޯންޓް ކެއަރ” ވައި އަޑުން ހީންގެ ކަންފަތް ދޮށުގައި އާމިލް ބުނެލިއެވެ.
“ހީންއަށް ހީވޭތަ އަހަރެން ހީންއަށް ގޮޮތެއް ހަދާފާނެހެން… ތީ އަހަރެންގެ މުޅި ދިރިއުޅުން… މަގޭ ފުރާނަ… ހީން އަށް ކުރިމަތިވާ ކަމެއް ވެއްޖިއްޔާ ޖެހޭނީ އެންމެ ފުރަތަމަ މަށާ ކުރިމަތިލާން” އާމިލްގެ ޖުމްލަތަކުން ހީންގެ ހިތް ފުރިގެން ބަންޑުންވިއެވެ. ހީންގެ ރުޅި ފިނިވިކަން އެނގުމުން އާމިލް ވަރަށް ލޯބިން ހީންގެ ބަނޑުގައި ކޮށްޓާލިއެވެ. އަދި ހީން ތެޅިގެންފައި ހީލުމުން އާމިލް ހީން އަތްދަނޑިމައްޗަށް ލައިގެން ސަލްޓަންޕާރކް ތެރެއަށް ވަދެގެން ދިޔައިރު މަގުމަތީގައި އެދެމީހުންނަށް ބަލަހައްޓައިގެން ތިބި މީހުންނަށް ފަރުވާލެއް ނުބަހައްޓައެވެ.
ސިއްސައިގެން ގޮސް ހީންއަށް ދެލޯ ހުޅުވާލިއެވެ. އެއަށްފަހު ކަންތައްވެގެންދިޔަ ގޮތް ހީން ހަނދާންކުރަން ބޭނުންނުވީ ކަހަލައެވެ. މީހާ ހަމައަކަށް އަޅުވާލުމަށް އެތް އަތުން މޭގައި އަތް ޖައްސާލުމަށްފަހު ފަޒާގެ ތެރެއަށް ފުން ނޭވާއެއް ދޫކޮށްލިއެވެ. ލޮލުން އައިއްސަ ހުރި ކަރުނަތައް އަތުގައި ޓިޝޫއިން ފޮހެލުމަށްފަހު ކުޑަކޮށް މޫނުދޮވެލީ ހީން ކަމަކާ މާޔުސްވެފައިވާކަން އެހެން މީޙަކަށް އެނގުނަ ނުދިނުމަށެވެ. ހީން ފާހާނާއިން ނުކުތްއިރު ކުޑަކުޑަ އާމިލްގެ އެނދުކައިރީގައި އަންހެންމީހާއާއި ވާހަކަދައްކަން ފުރަގަސްދީގެން ފިރިހެނަކު ހުއްޓެވެ. އެމީހާގެ އަތުގައި އޮތް ބޭސްކޮތަޅެއް ފެނުމުން އެއީ އާމިލް ހޮސްޕިޓަލަސް ގެނައި މީހާކަން ހީން އަށް އެނގުނެވެ. ހިނގާލާފައި ކުރިއަށް ޖެހިލާ އެމީހާއާއި ދެތިން ފިޔަވަޅު ފަހަތަށް ކައިރީގައި ހުއްޓުނެވެ.
“ސްކިއުޒް މީ…. އިންޖެކްޝަންތައް” ހީން އަޑާއެކު އެމީހާ ފަހަތަށް އެނބުރި ބަލާލިއެވެ. އެވަގުތު ހީންގެ ދެލޯ ބޮޑުވެ ދެއަތް ދެއަތާއި މޮޑެޔން ފެށުނެވެ. ނޭވާ އަވަސްވެ ދާހިއްލަން ފެށިއެވެ.
“ހީން” އެމީހާގެ އަނގައިގެތެރެއިން މަޑުުމަޑުން ހީންގެ ނަން ބޭރުުވުމާއިއެކު ކުރިއަށް ވުރެ ވެސް ބޮޑަށް ހީންއަށް ދެލޯ ބޮޑުކޮށްލެވުނެވެ.

ނުނިމޭ

Share Article

Follow Me Written By

Axx

Level 110 Stories

Reading stories is my hobby and writing stories is my passion

Other Articles

Previous

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 11

Next

ހިތަކުން ހަމަ ނުފިލާނޭ…

Next
September 21, 2015

ހިތަކުން ހަމަ ނުފިލާނޭ…

Previews
September 20, 2015

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 11

21 Comments!

  1. Ary says:
    September 21, 2015 at 12:18 am

    Warah reethi…keep up the gd work

  2. MD says:
    September 21, 2015 at 12:42 am

    Its awesome axx..cant wait to read next part..plx do upload soon..n kyp it up 🙂 ..

  3. luvna says:
    September 21, 2015 at 6:07 am

    nice. waiting for the next part..
    when r u gonna upload next part???

    1. axx says:
      September 21, 2015 at 8:02 am

      Soon.. in sha allah

  4. saanthi says:
    September 21, 2015 at 7:59 am

    kome meehaku reechey bunaairu miliyaa vaahaka thakugaa kuh ginakamun bo govaavaru vey

  5. Ryn says:
    September 21, 2015 at 8:14 am

    varah salhi…. waiting for the next part 🙂

  6. Crazi says:
    September 21, 2015 at 9:31 am

    Vrh shalhi…umeedh kuran daily update koh dheyne kamah

  7. X@a says:
    September 21, 2015 at 9:49 am

    V reethi……avahah up kurahchey

  8. sharu says:
    September 21, 2015 at 9:51 am

    Vv salhi waitin 4 nxt part

  9. marry says:
    September 21, 2015 at 12:33 pm

    New writerrh tha?
    Goheh nun
    Bst of luck

  10. Entre your name says:
    September 21, 2015 at 1:37 pm

    AXX mi stry ah kiya name change kohlab eba feney kudakoh alhaa gatumeh name ga ebahuri mihih hama telhey HAMA kalayah huvaa…mihen inumuge badhaluga mihih eba telhey kalaa ah hama huvaa..mi gotah ma nyc kan neyge n easy dhw kiyaalan ves..anyways vr nyc vaahaka..keep it up..n dnt tnk abt whtevr i said its up to u..n whn next part☺

  11. Shau says:
    September 21, 2015 at 3:00 pm

    Vrh reethi vaane hen heevanii mi story! Waiting to read the nxt part!

  12. sofoo says:
    September 21, 2015 at 3:15 pm

    Vara salhi …..avaha up kolachay

  13. Anonymous says:
    September 21, 2015 at 4:00 pm

    Reethiii vaane hen heevey
    . ekamaku Heen ah mihenneh nukiyaane. Heenah mihen kiyaanee.
    Jumlathah hama jehsumuga v baivaru kuh ebahuri.. Dhen faharakun Ethan than ragalhu kuraane kamah ummeedh kuran.. Kaamiyaabah edhen…

  14. Axx says:
    September 21, 2015 at 4:20 pm

    Thanks everyone.. nd anonymous mistake thah kiyaaladheyn v nu. Eyrah dhw waki wakin rangalhu kureweynyves. btw thanks for the compliment 🙂

    1. Anonymous says:
      September 21, 2015 at 5:31 pm

      Misaalakah Heenaa eky.. heen aa eky ey liyuneema nubai vey.. Heenah.. Heen ah eh noon..
      Baeh liyuntheriyaa gaathu ragalhu goi bunedhineema ves ragalhu nukuraakan hithaamayaa eky faahaga kohlan.. Heekuran AXX when nuhadhaane kamah

  15. Girl says:
    September 21, 2015 at 5:48 pm

    VVVVVVVVVV reethi………..unmeedhu kuran 2 vana bai avaha upload kuraane kamah

  16. Uniaa says:
    September 21, 2015 at 6:11 pm

    Yuniaa ah ehves mistake eg nufenunu… liyun ves baraabaru.. ekam liye ninmaafa chek kurin tha?

  17. Aishaa says:
    September 21, 2015 at 11:50 pm

    Varah reethi…ehen nama vs Aishaa ah vs kusheh faahaga kurevunu…ey…

    Aksham akee Dhilshaadhuge huri enme firihen dharifulheve….mihen liyumuge badhalugaa…Akshamakee Dhilshaadhuge huri hama ekani firihen dharifulheve……migothah liyuneema rangalhuvaany….mee Aishaa ah fenna goiy…..unmeedhu kuran kuri ah oiy thanugaa rangalhu kuraane kamah….

    Varah varah varah reethi vaahaka…..waiting 4 the nxt prt
    🙂 🙂

  18. alma says:
    September 22, 2015 at 8:21 am

    varah reethi

  19. Suha says:
    September 23, 2015 at 10:07 pm

    Keep up the good work v. Reethi mi vaahaka ves

Comments are closed.


All Right Reserved!