އެރޭގެ ކެއުމަށް ނިކުންނަން ނުކެރިފައި އިންދާ އަރަމް އައިސް އެތެރެއަށް ވަދުނެވެ.”ހަޒާލޫ ފަނަރަ މިނެޓް ވަނީ، ބައްޕަމެން އެބަ ތިބި ހަޒާލް އަންނަންދެން ނުފަށާ..” އަރަމް ބުންޏެވެ.”ސޮރީ ނިދުނީ..” ކުޑަކޮށް މޫނުމަތި ރަނގަޅު ކޮށްލައިގެން އަރަމް އާއި އެކީ ހަޒާލް ހިނގައިގަތެވެ. ސިޑިން ފައިބައިގެން ކާގެއާއި ހަމައަށް ދެވުން އިރު އަރަމް ބުނިހެން އެންމެން ތިބީ އިންތިޒާރުގައެވެ. އޭނާ ދެކެން ބިރުގަތް ސޫރައެއް މޭޒު ދޮށަކުން ނުފެނުނެވެ. ފުދޭވަރަކަށް ހިތްހަމަ ޖެހިފައި ހަޒާލް ގޮނޑި ދަމާލަމުން އިށީނެވެ. […]
ކަރުނައިގެ ތެރެއިން އެ އަންހެން ކުއްޖާ ހަޅޭއްލަވައި ގަތް އިރު ލޭތައް ވަނީ މުޅި ގައިގައި ހޭކިފައެވެ. އަނިޔާވެރިކޮށް މަރާލާފައި އޮތް މީހާ ފެނުމާއި އެކު ބޮލަށް އެނބުރުން އަރާހެން ހީވިއެވެ. ބޮލާއި ކަރު ވަކިކޮށްލާފައި އޮތް އިރު ހަށިގަނޑުގައި ލައިގެން ހުރި އަންނައުނު ވަކިނުވާ ވަރަށް ގައިގައި ވަޅި ހަރާފައި، ވަޅިން އެމީހާގެ ލޯ ކޮނެލާފައި އޮތެވެ. ދެފަހަރު ރުއިން މަޑުޖައްސާލަން ބޭނުންވީ ހޭ ހުސް ވެދާނެހެން ހީވެގެންނެވެ. އެއްވަމުން ދިޔަ ފުލުހުންނާއި ކުޑަކުދިންގެ އިތުރުން […]
“ހަޒާލް އާ މެރީ ކުރަން މިއުޅެނީ.” ސީދާ ޒާހިރު އާއި ދިމާއަށް ބަލާލަމުން އަޒްޔާން ބުންޏެވެ. ދެލޯ ބޮޑުވި ގޮތަށް ހަޒާލްގެ ހަރަކާތް ވެސް ހުއްޓުނެވެ. ޒާހިރު ވެސް ހައިރާންވެގެން ދިޔައެވެ.”ކީކޭ؟!!..” ޒާހިރު އަންތަރީސްވިއެވެ. “ކުޅިވަރެއްތަ ތި ކުޅެނީ؟..” ހައިރާންވެފައި އިން ހަޒާލް އާއި ދިމަ ޒާހިރު ބަލާލިއެވެ. ★★★★★ ހަޒާލްގެ ފޯނަށް މެސެޖެއް އައި އަޑަށް ފޯނު ބަލާލިއެވެ.’މާހު‘ ޖަހާފައި އިން ނަންބަރެއް ފެނުމުން ހަޒާލްއަށް ފުންމައިގެން ތެދުވެވުނެވެ.”ލޯންގް ޓައިމް ނޯ ޓޯކް ބޭބް. ކިހިނެއްތަ؟.” […]