Skip to content
އެސްފިޔަ

(ޓްރެއިލަރ) ނުފިލާނޭ މިހިތަކުން

“ހަޒާލް އާ މެރީ ކުރަން މިއުޅެނީ.” ސީދާ ޒާހިރު އާއި ދިމާއަށް ބަލާލަމުން އަޒްޔާން ބުންޏެވެ. ދެލޯ ބޮޑުވި ގޮތަށް ހަޒާލްގެ ހަރަކާތް ވެސް ހުއްޓުނެވެ. ޒާހިރު ވެސް ހައިރާންވެގެން ދިޔައެވެ.”ކީކޭ؟!!..” ޒާހިރު އަންތަރީސްވިއެވެ. “ކުޅިވަރެއްތަ ތި ކުޅެނީ؟..” ހައިރާންވެފައި އިން ހަޒާލް އާއި ދިމަ ޒާހިރު ބަލާލިއެވެ.

★★★★★

ހަޒާލްގެ ފޯނަށް މެސެޖެއް އައި އަޑަށް ފޯނު ބަލާލިއެވެ.’މާހު‘ ޖަހާފައި އިން ނަންބަރެއް ފެނުމުން ހަޒާލްއަށް ފުންމައިގެން ތެދުވެވުނެވެ.”ލޯންގް ޓައިމް ނޯ ޓޯކް ބޭބް. ކިހިނެއްތަ؟.” އެ މެސެޖުން ހަޒާލްގެ ހިތް ލޯބިން ފުރުނެވެ.”މަހީން..” ހަޒާލްއަށް އެ ނަން މަޑުމަޑުން ކިޔާލެވުނެވެ. ޖަވާބުގައި ލިޔާނެ އެއްޗެއް ނޭނގިގެން ހަޒާލްއަށް އިނދެވުނެވެ.”އައި ނޯ ޔޫ ސޯ ދިސް. ބޭބީ ބޭނުން ނުވަނީތަ ވާހަކަ ދައްކަން؟. މީޓް ވާން ހިނގާ.” މަހީން ދެން ވެސް މެސެޖް ކުރިއެވެ.

★★★★★

“އަރަމް؟؟!!.” ހުސްކޮށް އޮތް ކޮޓަރިތެރެ ފެނުމުން އަޒްޔާން ހާސްވިއެވެ. އެނދު ކައިރީގައި އަރަމް ކިޔަން ގެންގުޅުނު ސްކޫލް ފޮތެއް ވެއްޓިފައި އޮތެވެ.

ސުމަކަށް ގޮސްފައިވާ ސިކުނޑިން އަޒްޔާންއަށް ސިފަވީ ފެންގަނޑު ތެރޭގައި ދިރުމެއްނެތި އެއްލާލައިވާ އިންސާނެއްގެ ހަށިގަނޑެވެ. ގައިމަތީގައި ދޮންކެޔޮ ގަހުގެ ފަތެއް އަޅާފައި އޮތް އިރު އެއްވެސް އަންނައުނެއް ނެތެވެ. އެ ކުޑަ އަނެއްހެން ކުއްޖާގެ މޫނު އޮތީ ހުދުވާން ފަށައިފައެވެ. ހަށިގަނޑު ވެސް ފާޑަކަށް ހުދުވެފައި ހުރި އިރު މޫނާއި އެވަގުތު ހަށިގަނޑުގެ ފެންނަން އޮތް އެކި ހިސާބުތަކުގައި ނޫފައިގަނެފައި ވާ ތަންތަން ރީތިކޮށް އިނގެން ހުއްޓެވެ.

★★★★★

 އަޒްޔާން ހަޒާލް އާއި ދިމާއަށް ކަޅި ޖަހާ ނުލައި ބަލަން ހުރީއެވެ. ހަޒާލްއަށް އެކަން ރޭކާލީ ހަމަޖެހިލި ފަހުންނެވެ. އެ ބެލުން ހަޒާލްގެ ހަށިގަނޑާއި ދިމާއަށް އަމާޒު ވެފައި، ބަލަން ހުރިގޮތުން އަޒްޔާންގެ ނިޔަތް ރަނގަޅު ނޫންކަން ވިސްނެން ހަޒާލްއަށް ވަގުތު ކޮޅެއް ނެގިއެވެ. ހަޒާލް ބިރުގަންނަން ގޮތްވީ ދެނެވެ. އެހެން މަޑުމަޑުން ހުއްޓަސް އަޒްޔާން ކުރާނެ ކަމެއް އިނގެނީއެއް ނޫނެވެ. އެގޮތުގައި ތިރީސް ސިކުންތު ފާއިތުވެ ދަނިކޮށް އަޒްޔާން ހަޒާލް އާއި ދިމާއަށް މިސްރާބު ޖެހިއެވެ. މީ ސަލާމަތްވާންވީ ވަގުތު ކަން ހަޒާލްގެ ސިކުނޑި އިންޒާރު ދިން ނަމަވެސް ހަޒާލްއަށް ތަނެއް ގުޑާ ނުލައި އިނދެވުނެވެ. ހިތަށް އެއްޗެއް އެރީ އަޒްޔާން އައިސް ހަޒާލްގެ ތުންފަތުގައި ބޮސް ދޭނެ ފެށުމުންނެވެ.

★★★★★

.”ޔުރޫ އަޒްޔާން އިޒް ގޮއިންގް ޓު ގެޓް އެ ޑިވޯރސް…”

★★★★★

އެމީހެއްގެ ވާހަކަ ފުރިހަމަ ނުކުރެވެނީސް ފާރުގައި ލެނގިލައިގެން ހުރި އަޒްޔާން ފެނުމުން އެންމެން ދެލޯ ބޮޑުކޮށްލިއެވެ. އަޒްޔާންގެ މޫނުން ފެންނަނީ ޖެހިލުންވާ ވަރުގެ ސީރިއަސް ކަމެވެ.”ހާދަ ލަހުންނޭ ދޯ އާދެވުނީ؟ ކޮއްކޮ މަރުވާން ކައިރި ވެއްޖެ.”

★★★★★

އަޒްޔާން ހިތް ހުއްޓުނު ކަމުގެ އިހްސާސް ކުރެވުނީ ޑޮކްޓަރުގެ އަނގައިން އެންމެ އަޑުއަހަން ބޭނުން ނުވި ޚަބަރު ލިބުނީމައެވެ. ކައިރީގައި ހުރީ ރިހަލްގެ ދެލޯ ވެސް ބޮޑުވިއެވެ.

★★★★★

“ހަޒާލް.. ނުބުނައްޗޭ މީހެއް ކައިރީ ބަޓް އަހަރެން އަރަމް ދެކެ ލޯބިވޭ.” ޔުރާން ބުންޏެވެ. ހަޒާލްއަށް އެކަން ސިއްރު ކުރުމުގެ ބޭނުމެއް ނެތްހެން ހީވެފައެވެ. ކަރުނައިގެ ތެރެއިން ހަޒާލް އަށް ހެވުނެވެ.

★★★★★

“ފައިހާ ލޯބި ވޭ ދޯ އަފޫ ދެކެ.” ހަޒާލް އެ ސުވާލު ކޮށްލުމާއި އެކު ފައިހާގެ ދެލޮލުގައި އެއްވެފައި ހުރި ކަރުނަތައް ފައިބައިގެން ދިޔައެވެ.”އަހަރެން ކިތަންމެ ލޯބިވިޔަސް އަފްކާން އަހަރެންގެ މީހަކަށް ނުހެދޭނެ.”

★★★★★

 

”ނުފިލާނޭ މިހިތަކުން“ ގެ ކުރިއަށް އޮތް އެޕިސޯޑް ތަކަށް އިންތިޒާރު ކޮށްލައްވާ!

Comments (2)

  1. Rain lover

    Omg besty besty besty, finally it’s here dhww, me first btw hehehehehe. Sorry hama nunidha miothii Nidhi naisge?? omg it’s so interesting bestyy, I can’t wait to read the first episode of ur story, uve improved a lot, love you girl ??❤️❤️❤️??????

  2. Firewolf Queen

    Mi story vrh reethi vaane hn heevey..
    Trailor vrh salhi Masha Allah ❤️
    Ekm names thakun girl or boy vaki kuran olhey ?? hihi don’t take it negatively..
    Anyways ur stories are the best ☺️?
    Looking forward
    Lysm

Comments are closed.