Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ނުފިލާނޭ މިހިތަކުން – 1

Aii Level 1
July 1, 2022 4 Mins Read
0 Comments

ކަރުނައިގެ ތެރެއިން އެ އަންހެން ކުއްޖާ ހަޅޭއްލަވައި ގަތް އިރު ލޭތައް ވަނީ މުޅި ގައިގައި ހޭކިފައެވެ. އަނިޔާވެރިކޮށް މަރާލާފައި އޮތް މީހާ ފެނުމާއި އެކު ބޮލަށް އެނބުރުން އަރާހެން ހީވިއެވެ. ބޮލާއި ކަރު ވަކިކޮށްލާފައި އޮތް އިރު ހަށިގަނޑުގައި ލައިގެން ހުރި އަންނައުނު ވަކިނުވާ ވަރަށް ގައިގައި ވަޅި ހަރާފައި، ވަޅިން އެމީހާގެ ލޯ ކޮނެލާފައި އޮތެވެ. ދެފަހަރު ރުއިން މަޑުޖައްސާލަން ބޭނުންވީ ހޭ ހުސް ވެދާނެހެން ހީވެގެންނެވެ. އެއްވަމުން ދިޔަ ފުލުހުންނާއި ކުޑަކުދިންގެ އިތުރުން ގިނަ ބައެއްގެ ނަޒަރު އެ އަންހެން ކުއްޖާއަށް ހުއްޓެމުން ދިޔައިރު ބައެއް އަންހެނުން ހޭނެތިގެން ކައިރީގައި ހުންނަ މީހެއްގެ އަތަށް ވެއްޓެމުން ދިޔައެވެ.އެ އަންހެން ކުއްޖާ އެތަނުން ނެރުން އިރު ކިތަންމެ ހިތްވަރު ކުރިޔަސް ހޭނެތިއްޖެ އެވެ. އަންހެން ފުލުސް މީހެއް އެކުއްޖާ ގޮވައިގެން ދުރަށް ދިޔައިރު އެހިސާބު ފުލުހުން ބަންދު ކޮށްފިއެވެ.

 

★★★

 

ހަޒާލް އަށް ދެލޯ ހުޅުވާލެވުނެވެ. އޮވެވުނީ ހޮސްޕިޓަލްގައި ކަން އިނގުނީ ދެނެވެ. އެކުއްޖާ އެއްޗެއް ނުބުނެ އިނުމުން ނަރުސް ކުއްޖާ ދެތިން ސުވާލު ކުރިއެވެ. އެހެނަސް ޖަވާބެއް ނުދިނުމުން މާޔޫސް ވެފައި އެތަނުން ނިކުތެވެ.”ޝޮކަށް ފަހު ޓައިމް ބޭނުން ވާނެ.. ހަޒާލްއަށް އަދި ވާހަކައެއް ނުދެއްކޭނެ..” ނަރުސް ކުއްޖާ އެ ޕްރައިވެޓް ރޫމްގެ ބޭރުގައި ހުރި މެދުއުމުރުގެ ފިރިހެން މީހާ އާއި ވާހަކަ ދެއްކިއެވެ. އެއްބަސް ވުމުގެ ގޮތުން ބޯ ޖަހާލުމާއި އެކު ނަރުސް ދިޔައެވެ.”ހަޒާލް..” ލަސްލަހުން ދޮރު ހުޅުވާލަމުން އެމީހާ ވާހަކަ ދެއްކިއެވެ. ދޮރާއި ދިމާއަށް ބެލުމެއް ނެތި ހަޒާލް އިނުމުން އެމީހާ ފުން ނޭވާއެއް ދޫކޮށްލިއެވެ.”ޒާހިރު..” އެވަގުތު ވަންނަން ފިޔަވަޅު ނެގި އެމީހާ ފަހަތް ބަލާލި އިރު ހަޒާލްގެ ޑޮކްޓަރ ބޭރުގައި މަޑުކޮށްލައިގެން ހުއްޓެވެ.

 

★★★

 

ގޭގެ އެތެރެއަށް ވަންނަން ނެގި ފިޔަވަޅާއި އެކީ ހަޒާލްއަށް އިހުސާސް ވީ ހިތްހަމަޖެހުމެވެ. ނޭނގި ހުރެ ހިނިތުންވެވުނެވެ. ތަނަވަސް ސިޓިންގް ރޫމްގެ ދިގު ސޯފާތަކުގައި އެއްމާބަނޑު ދެކުދިންނާއި ޒާހިރު މެން އުމުރުގެ އަންހެނެއް އިނެވެ. އެދެކުދިން އެއްގޮތް ކަމުން ހަޒާލް ދެލޯ ވިދާލީ ހައިރާންކަމުންނެވެ. އަރަމް އާއި އަފްކާންގެ ހަމައެކަނި އަންހެން ސިފަތަކާއި ފިރިހެން ވަންތަ ސިފަތަކުން ތަފާތުކަން އެކަންޏެވެ.”ޓްވިންސް..” ވައި އަޑުން ހަޒާލް ކިޔާލި އަޑު ޒާހިރަށް އިވުނެވެ.”އަވަހަށް ވަދޭ ޒާލް..” ޒާހިރު ހިނިތުންވެލިއެވެ.”މީ އަހަރެމެންގެ ގެ. ހަޒާލް ބޭނުން ގޮތަކަށް މިގޭގަ އުޅެންވީ ހަމަ. މިގޭގެ ކޮޓަރިތައް ހުންނާނީ މަތީގަ. ކޮޓަރިތަކުގެ ބެލްކަނީ ފިޔަވައި އަދި ސިޑިން އަރާއިރު ވެސް ފެންނަން ހުންނާނެ ބެލްކަނީއެއް. ތިރީގަ ބަދިގެއާ ސިޓިންގް ރޫމް.”

 

ޒާހިރު އެދުމުގެ މަތިން ތާޒާ ވެލަން ވެގެން ހަޒާލް ސިޑިން މައްޗަށް އަރައިގެން ދިޔައެވެ. މިއީ އަމިއްލަ ގެ ކަމުގައި ބަލައިގެން އުޅޭށޭ ބުނެފައެވެ. ފުދޭވަރަކަށް އިރު ދަތުރު ކޮށްފައި އައުމުން ހިސާބަކަށް ވަރުބަލިވެފައި ހުއްޓެވެ. އެއް ކައިރިން ފެންނަން ހުރި އާޒިފާ އާއި ޒާހިރުގެ ކޮޓަރި ފިޔަވައި ކުރިމަތިން ފެނުނު ހަތަރު ކޮޓަރީގެ ސަބަބުން ހަޒާލް ނުތަނަވަސްވިއެވެ. މިގޭގަ ކިތައް ކުދިން އުޅޭނެ ބާއޭ ހިތަށް އެރިއެވެ. މާ ގިނައިރު ހުންނަން ފެށުމުން ނުތަނަވަސްކަން ބޮޑުވާތީ ހަޒާލް ކޮޓަރިއެއް ކައިރިއަށް ޖެހިލިއެވެ. “މިހުރީ ހަޒާލްގެ ރޫމް..” އެވަގުތު އެ ކޮޓަރި އައި އަރާ ހަމަކުރި އަރަމް ވާހަކަ ދެއްކިއެވެ. ދޮރު ހުޅުވާލުމާއި އެކު ހަޒާލްގެ ހުރިހާ ނުތަނަވަސްކަމެއް ފިލާ ދިޔަ އެވެ.

 

ހުދާއި މަޑު ފެހި ކުލައެއްގެ ފަރުނީޗަރުތައް ހުރުމުން ބަލާލަން ވަރަށް ފަސޭހައެވެ. އަންހެން ކުއްޖަކަށް ބޭނުންވާނެ އެންމެ މުހިންމު އެއްޗެހި ވެސް ހަމަކޮށްފައި ހުއްޓެވެ. ސީއީއޯ އެއްގެ ގެއެއް ފެންވަރު ދަށްވާނެ ކަމަށް ހީކުރެވުނީތީ ހަޒާލްއަށް ހެވުނެވެ. ދެލޮލަށް ބަރުވެފައި ވާތީ ހަޒާލް ފާޚާނާއަށް ވަދެ ތާޒާ ވެލައިގެން އެނދުގައި އޮށޯތް އިރު ހަމަ ރަނގަޅަށް ވެސް ނިދި ޖެހިއްޖެއެވެ. އެހެނަސް ކުއްލިއަކަށް ނިދި ފިލައިގެން ދިޔައީ ސިކުނޑިއަށް މަންޒަރު ކުރެވުނު އެއްޗެއްގެ ސަބަބުންނެވެ. އެއާއި އެކު ނޭވާލާން އުނދަގޫވެ މެއަށް ބާރުވާ ކަމުގެ އިހުސާސް ކުރެވުނެވެ.

 

ހަމައަކަށް އެޅޭތޯ ހަޒާލް ކޮޅަށް ތެދުވުމުން ވެސް ވަމުން ދިޔަ އުނދަގޫތައް ގަދަވުން ނޫން ކަމެއް ނުވިއެވެ.މޭގައި އަތް އަޅައިގެން އެކަނި ހުރެ ވަރަށް ގިނައިރު ވަންދެން ރުޔެވެ. ފަހުން ވިސްނި ވަރު ގިނަ ކަމުން ހަޒާލްގެ ބޮލަށް އެނބުރުން އަރައިގެން ހޭނެތުނީއެވެ. ޒާހިރަށް އެ ހަބަރު ލިބުނީ އަރަމްގެ ފަރާތުންނެވެ.

 

★★★

 

ޒުވާނާ ފުން ނޭވާއެއް ލާފައި ފަހަތް ބަލާލީ އޭނާ އަތުން ޖެހިފައި އެއްޗެއް ވެއްޓުނުހެން ހީވެގެންނެވެ. އެވަގުތު އޭނާ މީގެ އަހަރުތަކެއްކުރިން ގެންގުޅުނު އައިޕެޑް އޮތީ އަތުން ޖެހިފައި ވެއްޓިފައެވެ. އަވަސް އަރުވާލައިގެން ނަގަން ހިފުނީ ހުޅުވާ ސްވިޗް ގެއެވެ. ހިސާބަކަށް އައިޕެޑް ދެކެ ނުރުހުންވެފައި އޭތި ލާން އުޅެނިކޮށް ލައިވް ކޮށް ފެންނަމުން ދިޔަ މަންޒަރުން ހަރަކާތްތައް ލަސްވި އެވެ. ކެމެރާ އިން ފެންނަމުން ދިޔައީ އަންހެން ކުއްޖަކު އެނދުގައި އޮވެ ރޯ މަންޒަރެވެ. އެ ޒުވާނާގެ ދެލޯ ފުރުނީ ހައިރާންކަމުންނެވެ. އެސްފިޔަ ޖަހާލަމުން އެ ޒުވާނާ އައިޕެޑް ކަބަޑު ތެރެއަށް ލިއެވެ.

 

★★★

 

“ހަޒާލް..” ތާޒާ ވެލައިގެން ކޮޓަރީގައި އޮށޯވެ އޮއްވައި އަރަމް ދޮރު ހުޅުވާލިއެވެ.”ކިހިނެއްތަ؟..” ވީގޮތް ނޭނގުނަސް އަރަމް ހުރީ ދެރަވެފައެވެ.”ރަނގަޅު.. ނުނިދަންތަ؟..” ހަޒާލް އެހިއެވެ.”ހޫމް އަދި ނުނިދަން.. ރޭގަ ވީހެން ހަޒާލްއަށް ވެދާނެތީ..” އަރަމް ވާހަކަ ދެއްކިއެވެ.”އޯހ.. އަމް ނުވާނެ އިރާދަކުރެއްވިޔާ.. އަރަމް ދޭ ނިދާލަން..” އަރަމް އަކީ ގްރޭޑް އެގާރައިގައި ކިޔަވާ ކުއްޖަކަށް ވެފައި ސްކޫލަށް ދާން ޖެހޭނެތީ ހަޒާލް ބުންޏެވެ. އެންމެ ރަނގަޅޭ ބުނެފައި އަރަމް ނުކުމެގެން ދިއުމުން ހަޒާލް ފުން ނޭވާއެއް ލިއެވެ. އެރޭ ރަނގަޅަށް ނިދާލެވޭނެހެން ޔަޤީން ވަނީއެވެ.

 

ހެނދުނު ސައި ބޮއިގެން ހަޒާލް އަލުން ކޮޓަރިއަށް ވަންނަން އައީ ވަކި މަޤްޞަދެއް ނެތިއެވެ. އެހެނަސް އަރަމް ކައިރިއަށް ވަދެ ކުޑަކޮށް މި މާޙައުލަށް އާ ނުވާން ހަޒާލް ބޭނުންވިއެވެ. ކުޑަ ހިނިތުންވުމެއްގައި ފެންނަން ހުރި ކޮޓަރިތަކުން ކޮޓަރިއަކަށް ހަޒާލް މިސްރާބު ޖެހިއެވެ. އެގަޑީއި ޓަކި ދޭން ވެސް ހަޒާލް ހަނދާން ނެތުނެވެ. ހުޅުވައިގެން މާ ދުރަށް ނުދެވޭނީސް ފިރިހެން ބޮޑީ ސްޕްރޭ އެއްގެ ވަސް ހަޒާލްގެ ނޭފަތުގައި ހިފިއެވެ.

 

އެވަގުތު ފާޚާނާއިން ނުކުމެގެން އިސްތަށިގަނޑުގެ ކަރާއި ދިމަ ކުޑަ ތުވާއްޔަކުން ފުހެމުން އައި ފިރިހެންވަންތަ ޒުވާނާގެ ނަޒަރު ވެސް ހަޒާލްއަށް ހުއްޓިގެން ދިޔައެވެ. ލިބުނު ޝޮކުގެ ސަބަބުންނާއި ނުތަނަވަސްކަމުގެ ސަބަބުން ހަޒާލްއަށް އެއްޗެއް ނުބުނެވިފައި ހުރެވުނެވެ. އެ ޒުވާނާގެ ފިނި ނަޒަރުގެ ސަބަބުން އިތުރަށް އުނދަގޫ ވެފައެވެ.

 

ހިތްހަމަ ނުޖެހިފައި ކޮޓަރި ކައިރިއަށް އައި އަފްކާން އަށް އެ މަންޒަރު ފެނުމުން އަނބުރާލާފައި އައި ކޮޅަށް ހިނގައިގަތެވެ. ބައްޕަ އޭނާގެ ސަމާލުކަމަށް ގެނެސްފައި ވަނީ ހަޒާލްއަށް އެއްވެސް ކަހަަލަ ބޮޑު ނުތަނަވަސް ކަމެއް ނުވަތަ ހިތުގައި ޖެހޭ ފަދަ ކަމެއް ދިމާ ވިޔަ ނުދިނުމަށް ވީ ވަރަކުން މަސައްކަތް ކުރުމަށެވެ.”އަރަމް ދޮންބެ ރޫމްގަ އެބަ ހުރި..” އަރަމްގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި އަފްކާން ވާހަކަ ދެއްކިއެވެ.

 

“އޯ އެމް… ހީ އިޒް ގޮނަ ކިލް ހަރ..” އަރަމް ފުންމައިގެން ތެދުވެގެން ދުއްވައިގަތެވެ.”ހަ..ޒާލް..” މާނޭވާ ލަމުން އަރަމް ގޮވާލި އަޑަށް ހަޒާލް ފަހަތަށް އެނބުރުނެވެ. އޭރު އަރަމް އާއި އަފްކާން ދޮރުމަތީގައި ތިއްބެވެ. އެ ޒުވާނާއަށް ބެލުމެއްނެތި ހަޒާލް ނިކުމެގެން އަރަމް މެން ކައިރިއަށް އައެވެ.

 

“އެއީ ދޮންބެ، ހަޒާލް.. ހީވަނީ ޔޫ ނީޑް ސަމް ޓައިމް ޓު ގެޓް ޓު ނޯ ހިމް..ކުރިން ނުބުނެވުނީތީ ވަރަށް ބޮޑަށް ސޮރީ..” ހަޒާލް ކައިރީގައި ހުރެގެން އަރަމް މަޢާފަށް އެދުނެވެ. އެ ބުނާ ދޮންބެއެއް މި ދެ ދުވަހު އެ ގޭތެރެއިން ފެނިފައެއް ނުވެއެވެ. ޖިންނި އެއް ކަންނޭނގެއެވެ.”އިޓްސް އޯކޭ.. ދަނީ..” ހަޒާލް ލުއިކޮށް ހީނލަމުން އޭނާގެ ކޮޓަރިއަށް ވަނެވެ. އެ ޒުވާނާ އާއި މެދު ހިތުގައި ބިރުވެރިކަން އުފެދުނީ ކީއްވެ ކަމެއް ނޭނގެއެވެ.

 

އެރޭގެ ކެއުމަށް ނިކުންނަން ނުކެރިފައި އިންދާ އަރަމް އައިސް އެތެރެއަށް ވަދުނެވެ.”ހަޒާލޫ ފަނަރަ މިނެޓް ވަނީ، ބައްޕަމެން އެބަ ތިބި ހަޒާލް އަންނަންދެން ނުފަށާ..” އަރަމް ބުންޏެވެ.”ސޮރީ ނިދުނީ..” ކުޑަކޮށް މޫނުމަތި ރަނގަޅު ކޮށްލައިގެން އަރަމް އާއި އެކީ ހަޒާލް ހިނގައިގަތެވެ. ސިޑިން ފައިބައިގެން ކާގެއާއި ހަމައަށް ދެވުން އިރު އަރަމް ބުނިހެން އެންމެން ތިބީ އިންތިޒާރުގައެވެ. އޭނާ ދެކެން ބިރުގަތް ސޫރައެއް މޭޒު ދޮށަކުން ނުފެނުނެވެ. ފުދޭވަރަކަށް ހިތްހަމަ ޖެހިފައި ހަޒާލް ގޮނޑި ދަމާލަމުން އިށީނެވެ. އެވަގުތު ކާގޭގެ ދޮރު ކުރިމައްޗަށް އެރި މީހަކާއި އެކީ އެންމެންގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ.”އަޒްޔާން!..” އާޒިފާގެ އަޑުން ހަޒާލް ސިހުނެވެ.

– ނުނިމޭ-

Share Article

Follow Me Written By

Aii

Level 1

Other Articles

Previous

ބޭވަފާތެރި ވުމުން ޔާރާ 21، 22 އަދި 23 ވަނަބައި

Next

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 3

Next
July 1, 2022

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 3

Previews
July 1, 2022

ބޭވަފާތެރި ވުމުން ޔާރާ 21، 22 އަދި 23 ވަނަބައި



All Right Reserved!