Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

2 -ނުފިލާނޭ މިހިތަކުން

Aii Level 1
July 5, 2022 5 Mins Read
0 Comments

އެރޭގެ ކެއުމަށް ނިކުންނަން ނުކެރިފައި އިންދާ އަރަމް އައިސް އެތެރެއަށް ވަދުނެވެ.”ހަޒާލޫ ފަނަރަ މިނެޓް ވަނީ، ބައްޕަމެން އެބަ ތިބި ހަޒާލް އަންނަންދެން ނުފަށާ..” އަރަމް ބުންޏެވެ.”ސޮރީ ނިދުނީ..” ކުޑަކޮށް މޫނުމަތި ރަނގަޅު ކޮށްލައިގެން އަރަމް އާއި އެކީ ހަޒާލް ހިނގައިގަތެވެ. ސިޑިން ފައިބައިގެން ކާގެއާއި ހަމައަށް ދެވުން އިރު އަރަމް ބުނިހެން އެންމެން ތިބީ އިންތިޒާރުގައެވެ. އޭނާ ދެކެން ބިރުގަތް ސޫރައެއް މޭޒު ދޮށަކުން ނުފެނުނެވެ. ފުދޭވަރަކަށް ހިތްހަމަ ޖެހިފައި ހަޒާލް ގޮނޑި ދަމާލަމުން އިށީނެވެ. އެވަގުތު ކާގޭގެ ދޮރު ކުރިމައްޗަށް އެރި މީހަކާއި އެކީ އެންމެންގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ.”އަޒްޔާން!..” އާޒިފާގެ އަޑުން ހަޒާލް ސިހުނެވެ.

 

**2 ވަނަ ޕާޓު**

 

ހަޒާލް ދެލޯ ބޮޑުވެގެން ދިޔައީ އެ ސޫރަ ފެނުމުންނެވެ.”އާޔ-..” އަޒްޔާންގެ އަނގައިގައި ބަސް އޮއްވާ ޒާހިރު ތެދުވެ މޭޒުގައި ޖެހިޖެހީނުން ހީވީ ކަޅުކުލައިގެ ބިއްލޫރި ހުރި މޭޒު ތަޅައިގެން ދިޔަ ހެންނެވެ.”އެންމެ ބަހެއް ވެސް ތި އަނގައިން ބޭރު ކޮށްގެން ނުވާނެ!..” ޒާހިރުގެ އެ ކުއްލި ރުޅިގަނޑު ފެނުމުން އަރަމް ވިރިގެން ފޭބިއެވެ. އެތަނުގައި ތިބި އެންމެންގެ މޫނުމަތިން ކަންބޮޑުވުން ފެނުނެވެ. ހަޒާލް އިނީ ޖެހި ބުދެއްހެން ވާނުވާ ނޭނގިފައެވެ. “ޒާހިރު..” ހަޒާލް އިންކަން ހަނދާން ކުރަމުން އާޒިފާ ޒާހިރުގެ އަތުގައި ހިފާ ބާރު ކޮށްލިއެވެ. ކުޑަ އިރުކޮޅަކު ބަލަން ހުރެފައި އަޒްޔާންއަށް އައުމަށް ގޮނޑިއަށް އިޝާރާތް ކުރިއެވެ.

 

ކެއުމުގެ ތެރޭގައި އިތުރު ވާހަކައެއް ނުދެކެވެއެވެ. ހަޒާލް ހީކޮށްގެން ހުރީ ޒާހިރު ރުޅި އެރުވުމުން އަޒްޔާން އިންނާނީ ދެރަވެފައި ކަމަށެވެ. އެކަމަކު މޫނުމަތިން އެކަހަލަ އަސަރެއް ނުފެނެއެވެ. އެންމެން ތިބީ އަމިއްލަ ވިސްނުމަކަށް ގެއްލިފައެވެ. ކައި ނިންމައިގެން ހަޒާލް ތެދުވެގެން ދާން ހިނގައިގަތެވެ. އެންމެން ގެ ނަޒަރު ތަކުގެ ތެރެއިން އަޒްޔާންގެ ނުރުހުން ވެފައިވާ މޫނު ފެނުމުން ހަޒާލް ވަރަށް ދެރަވިއެވެ. މިގޭގައި އުޅޭތީ ބޮޑު މައްސަލައެއް ކުރިމަތި ވަނީއޭ ހިތަށް އެރިއެވެ.”އަވަހަށް ނިދައްޗޭ އިނގޭ. މިއަދު ވަރަށް ބޮލުގަ ރިއްސާފަ އުޅުނެއްނު؟..” ހަޒާލްގެ ނުތަނަވަސްކަން ފިލުވައިދިނުމުގެ ގޮތުން އާޒިފާ ބުންޏެވެ. އެކަމުން ވެސް އަޒްޔާން ރުޅިވެރި ކަމާއި އެކީ މަންމައަށް ބަލާލިތަން ހަޒާލްއަށް ސާފުކޮށް ފެނުނެވެ. އެއްޗެއް ބުނަން ނުކެރުމުން ބޯ ޖަހާލާފައި އެތަނުން ނިކުތީއެވެ.

 

ހަޒާލް ނިކުތް ގަޑީގައި ޒާހިރު އަޒްޔާން އާއި މުޚާތަބު ކުރިއަޑު އިވުނެވެ.”ދެވަނަ ފަހަރަށް ބުނަން ނުޖެއްސިއްޔާ ރަނގަޅު. އޭނަ ކުރިމަތީގަ ތިކަހަލަ ގޮތަކަށް ނޫޅޭ އަޒްޔާން.” މިފަހަރު ޒާހިރުގެ އަޑު ތަންކޮޅެއް މައިތިރި އެވެ. ފުރަތަމަ ކޮޅު އަރަމް އާއި އަފްކާންގެ އިތުރުން އާޒިފާގެ ޝަކުވާ ވެސް ޒާހިރު އަށް ލިބުނެވެ. އެކަމަކު އެކުއްޖާއަށް މީހެއްގެ އެހީތެރިކަމަށް ބޭނުންވެފައިވާ މިންވަރު ވަރަށް ބުނެދިނުމުން އެއްބަސްވީއެވެ.

 

އިތުރަށް މަޑު ނުކޮށް ހަޒާލް އެތެރެއަށް ވަނެވެ. އޭނަ އަކީ ކަންކަމާއި އަވަހަށް ހާސްވެ ދެރަވާ ކުއްޖަކަށް ވެފައި ކިތަންމެ ކުޑަ ކަމަކަށް ވެސް އެއް ގަޑިއިރު ދެގަޑިއިރު ވަންދެން ވިސްނަން އިންނަ ކުއްޖެކެވެ. އެރޭ ހިނގި ކަންތަކާއި މެދު ވިސްނާލުމުން ހަޒާލްއަށް އިހުސާސް ކުރެވުނީ ކުށްވެރި ކަމެވެ. ހުރިހާ މައްސަލައެއް މި ޖެހެނީ ހަޒާލްގެ ސަބަބުން ކަމަށް ހީކުރެވުނެވެ.

 

އެހެންކަމުން އަނެއް ދުވަހު އިރު އެރީއްސުރެ ފަށައިގެން ހަޒާލް އޮތީ ކޮޓަރިން ނުނިކުމެއެވެ. މިފަހަރު ވެސް އަރަމް ހަޒާލް ބަލައި އައެވެ. ދައްކާނެ އުޒުރެއް ނޭނގިގެން އެންމެފަހުން ހަޒާލް އަރަމް ފަހަތުން ދިޔައެއެވެ. ރޭގައި ހިނގި އެއްވެސް ކަމެއްގެ އަސަރެއް މިއަދު ނެތެވެ. ސައިބޮއިގެން ޓީވީ ބަލަން ވެގެން ހަޒާލް ނިކުތް އިރު އަޒްޔާން އިނީ މެކްބުކް ހިފައިގެންނެވެ. ޒާހިރު އާއި އާޒިފާ އޮފީހަށް ގޮސްފައެވެ. ގޭގައި ނޯކަރުން ފިޔަވައި މީހަކު ނޫޅުނީ އަރަމް އާއި އަފްކާން ވެސް ސްކޫލަށް ގޮސްފައި ވުމުންނެވެ. އިށީންނަން ނުކެރިފައި އަނބުރާ ދާން ހިނގައިގަތް ވަގުތު އަޒްޔާން ވާހަކަ ދެއްކިއެވެ. “ކުރަން އައި ކަމެއް ކޮށްފަ ދޭ. ޓީވީން އެހުރީ ހުޅުވާފަ. އަހަރެން މިތާ އިނަސް ބިރު ގަންނަނީތަ.”

 

ހަޒާލް ނުތަނަވަސްވިއެވެ.”ނު..ނޫން އޯކޭ ވާނެ..” ހިސާބަކަށް އުނދަގޫ ވެފައި ހަޒާލް ސިޑިން އަރަން ހިނގައިގަތެވެ.”ވާހަކައެއް ދައްކަންށޭ.. އަޑެއް ނާހާނަން؟؟..” އަޒްޔާން ބުންޏެވެ. ހައިރާންވެފައި ހަޒާލް ބަލާލިއެވެ.”ހޫމް؟..” ވަކިން ހުރި ސޯފާގައި ހަޒާލް އިށީނެވެ.”ބުނާ ކަމެއް ކުރަން ކެރިދާނެތަ؟..” ސުވާލު އެހި ގޮތުން ހަޒާލް އަށް އެހާ ކަމަކު ނުދިޔަ އެވެ.”ކޮން ކަމެއްކަން އިނގުނީމަ..” ހަޒާލް ޖަވާބު ދިނެވެ.”ނޭނގުނަސް.. އަހަރެންގެ ރޫމަށް ޗޭންޖް ވެވިދާނެތަ؟ މިބުނީ ތި ރޫމް ދޫކޮށްފަ..” އަޒްޔާން އެހި ވާހަކައިން ހަޒާލް ދިޔައީ އެއްލިގެންނެވެ.”އެކަމަކު…”

 

“މައްސަލައެއް ނޫނޭ އެއީ. އަހަރެން ގިނަ ވަގުތު ގޭގައި ނޫޅޭނެ، ހަޒާލް މައްސަލައެއް އޮތަސް ނެތަސް އަހަރެން ބޭނުން..” ފާޑަކަށް އަޒްޔާން ހަރުކަށި ވިއެވެ.”ނޯ ޕްލީޒް.. ކިހިނެއް ގާރލް އަކާ ބޯއި އަކާ އެހެން މެރީ ނުކޮށް..” ހަޒާލް ކިޔަން އުޅުން އެތި އަޒްޔާން ހުއްޓުވިއެވެ.”މެރީ ކުރަން ވީއޭތަ ތި ބުނަނީ؟..އެންމެ ރަނގަޅު، އަހަރެން ބައްޕަ އާ ތިވާހަކަ ދައްކާނަން..” އަޒްޔާން ތެދުވެގެން ދާން ހިނގައިގަތެވެ. އަޒްޔާން އެހެން ބުނީ ސަމާސާއަކަށް ކަމަށް ހީކޮށް ހަޒާލްއަށް ވެސް އެހާ އަޅައެއް ނުލެވުނެވެ.

 

އެހެނަސް ހަޒާލް އުންމީދު ކޮށްގެން ނެތް ގޮތަކަށް އެރޭގެ ކެއުމުގެ ތެރެއިން އަޒްޔާން އެވާހަކަ ފެށިއެވެ.”ހަޒާލް އާ މެރީ ކުރަން މިއުޅެނީ.” ސީދާ ޒާހިރު އާއި ދިމާއަށް ބަލާލަމުން އަޒްޔާން ބުންޏެވެ. ދެލޯ ބޮޑުވި ގޮތަށް ހަޒާލްގެ ހަރަކާތް ވެސް ހުއްޓުނެވެ. ޒާހިރު ވެސް ހައިރާންވެގެން ދިޔައެވެ.”ކީކޭ؟!!..” ޒާހިރު އަންތަރީސްވިއެވެ .”ހޫމް.. ބައްޕައަށް ވެސް އިނގޭނެ ކަންނޭނގެ ހިތްހަމަ ނުޖެހެނީ ކީއްވެކަން.. އެ މައްސަލަ ހައްލު ކުރަން ވެގެން މިއުޅެނީ..” ކާން އިން ތައްޓާއި ދުރުވެލަމުން އަޒްޔާން ފިނި ގޮތަކަށް ބުންޏެވެ.”ކުޅިވަރެއްތަ ތި ކުޅެނީ؟..” ހައިރާންވެފައި އިން ހަޒާލް އާއި ދިމަ ޒާހިރު ބަލާލިއެވެ.

 

“އޭނަ ކައިރީ ބައްޕަ ކައިރީ ބުނާނެ ވާހަކަ ބުނީމަ މިއަދު ހެނދުނު ޖަވާބެއް ނުދިން އެހެންވެ ހުރިހާ ކަމެއް ހަމަޖެއްސަން މިއުޅެނީ..” އަޒްޔާން އިނީ ހަމަޖެހިފައެވެ.”ކީއްކުރަންތަ ތިއުޅެނީ އަޒްޔާން!!..” ޒާހިރު ހިތްހަމަ ނުޖެހުނެވެ.”ސޯ ހަރ އެއްޗެހި ނުލާ..” އަޒްޔާން ދުލުން ބޭރުވި ޖުމްލައިން ހަޒާލް ބޭނުންވީ ބިން ފަޅާފައި އަޑިއަށް ދިއުމަށެވެ. އާޒިފާ އާއި އަރަމް އަދި އަފްކާން ދެލޯ ބޮޑުވި އިރު ޒާހިރުގެ ބަސްހުއްޓުނެވެ.”ބައްޕައަށް އިނގޭނެ ކެމެރާއެއް އިންނަކަން.. ރޭގަ ޓީވީއާ ކަނެކްޓް ކޮށްފަ ހުއްޓަ ފެންވަރައިގެން ނިކުތީ..” އަޒްޔާން ތަފްސީލް ދިނެވެ.

 

ދެލޮލަށް ކަރުނަތައް ގިނަވި ގަޑީގައި ހަޒާލްއަށް އިސްޖެހުނެވެ. އަރަމް އަނގައިގައި އަތް އެޅި ގޮތަށް ހަޒާލް އާއި ދިމަ ބަލާލިއެވެ. ހިސާބަކަށް ދޮންބެ އާއި މެދު ނުރުހުން ވެސް ވިއެވެ. މަސައްކަތް ކުރަން ތިބި ނޯކަރުން ވެސް ތިބީ ހައިރާންވެފައެވެ. އެހާ ހިސާބުން މީހަކު އަނގައިން ނުބުނެ ތިބެގެން ކެއުން ކުރިއަށް ދިޔައިރު ހަޒާލް އިނީ ކާ ހިތް ނުވެފައެވެ. ނިދަން ދަނީ ކަމަށް ބުނެ އެންމެފަހުން ހަޒާލް އެތަނުން ދިޔައީ އެންމެންގެ ހިމޭންކަމުން ލަދުންނެވެ.”އަޒްޔާން ކަންތައްތައް މާ މައްޗަށް ތި ދަނީ! ބުނިން އެ ކެމެރާ ނަގަން އަޒްޔާން ކައިރީގަ! ކީއްވެ ނުނެގުނީ؟!..” ޒާހިރު އަޒްޔާން އާއި މުޚާތަބު ކުރިއެވެ.

 

ގެންފައިވާ ލަދެއްގެ ބޮޑުކަމުން ހަޒާލްއަށް ކިޔާ އެއްޗެއް އަޑު އަހަން ނުހުރެވުނެވެ. ކޮޓަރިއަށް ވަންނަން މިސްރާބު ޖަހާފައި ވެސް ކެމެރާ ހުންނާނެ ކަން އިނގުމުން މޫޑް ސަކަރާތް ވިއެވެ. އަޒްޔާން އަށް އޭނަ އާ ހެދި އުނދަގޫ ވިޔަސް ކޮން ކަމެއް ހެއްޔެވެ؟ އަންހެން ކުއްޖަކު އުޅޭ ކޮޓަރިއަކަށް ކެމެރާ ލައިގެން އުޅޭ އިރު ރިޕޯޓް ނުކުރިއްޔާ ދެރައެވެ. ކޮޓަރިއަށް ނުވަދެ ހުޅުވެން ހުރި ބެލްކަނީއަށް ހަޒާލް ނިކުތެވެ. އޭރު ހަޒާލްގެ ދެލޯ ވަނީ ނިދިން ބަރުވެފައެވެ. މި ނުދަންނަ ގޭގައި އޭނަ ވަކި އުޅެނީވެސް ކިހިނެއް ހެއްޔެވެ؟ އައިތާ މާ ގިނަ ދުވަހެއް ނުވެ މައްސަލަތައް ޖެހެން ފެށީއެވެ.

 

ނިދި ޖެހެން އުޅެނިކޮށް ކައިރިން މީހެއްގެ ހިލަން ވެގެން ހަޒާލް ފަހަތް ބަލާލިއެވެ. އޭރު އަޒްޔާން ހުރީ އައިހެވެ.”އަހަރެން ކޮޓަރިއަށް އަންނާނަން؟..” ހަޒާލް ކައިރީގައި އަޒްޔާން އެހިއެވެ. ވީ ފޫހިން ހަޒާލް ބޭނުންވީ އަޒްޔާން އާއި ދިމާއަށް ހަޅޭއްލަވައި ގަތުމަށެވެ. އެހެނަސް އެކަން ހުއްޓުވީ، މިހުރެވުނީ އަމިއްލަ ގޭގައި ނޫން ކަން އިނގުމުންނެވެ.”އަހަރެން ނިދާނީ ޒާހިރުބެ ދިން ކޮޓަރީގަ! އެހެން ނޫނަސް އަރަމް ތިހެން އެހި ނަމަ އެއްބަސް ވާނަން އެކަމަކު ފިރިހެނަކާއި އެކީ ނުހުރެވޭނެ.” ނުރުހިފައި ވެސް ހަޒާލް ތެދު ހެދިއެވެ.

 

“އެއީ؟ އަހަރެން ނިދާނީ ސޯފާގަ، ކީއްކުރަން ހާސް ވަނީ؟ އަހަރެން ނޫޅެން ހަޒާލް ކައިލާކަށް..އަވަސް ކޮށްގެން އާދޭ.” ފަހު ތަންކޮޅު އަމުރުގެ ރާގަކަށް ބުނެލާފައި އަޒްޔާން ދިޔައެވެ. އަރަމް އާދޭތޯ ދުޢާ ކުރަން ހުއްޓައި އަޒްޔާން ލޯ އަޅާލާފައި ކޮޓަރިއަށް ވަނެވެ. ގޮތްހުސްވެފައި ހަޒާލް އަމިއްލަ ކޮޓަރިއަށް ވަނީ އަޒްޔާން ބުންނަސް އެތަނަކަށް ދާން ބޭނުން ނުވެގެންނެވެ. ކޮޓަރިއަށް ވަދެފައި ހަޒާލް އެއްކޮށް އަނދިރި ކޮށްލީ އަޒްޔާންއަށް ޖެއްސުމަށެވެ. ވަރަށް ހާލުން ފާޚާނާ އާއި ހިސާބަށް ދެވުން އިރު ހަޒާލް ހުރީ ބޮލަށް އުނދަގޫ ވެފައެވެ. އެކަމަކު މިގޮތް ވެސް އަޒްޔާން އާއި އެކީ އުޅުމަށް ވުރެ ރަނގަޅެވެ.

 

އެވަގުތު ދޮރު ހުޅުވާލާފައި ވަތް ނޯކަރު މީހާ ހަޒާލް އަށް ގޮވާލިއެވެ . އަންހެނަކަށް ވިޔަސް ޓަކި ވެސް ނުޖަހާ ހުޅުވީތީ ހަޒާލްގެ ހިތުގައި ފޫހިކަން އުފެދުނެވެ.”ހޯދަން މި އައީ..” އެމީހާ ވާހަކަ ދެއްކިއެވެ. އެވަގުތު އެމީހާ ފަހަތުން އަޒްޔާން ވެސް އެތެރެއަށް ވަނެވެ.”މުޅި އުމުރަށް މިހެންތަ ދެން އުޅޭނީ؟.” އަނދިރި ކުރެވިފައިވާ ކޮޓަރިއަށް ބަލާލަމުން އަޒްޔާން އެހިއެވެ.”އެ ކެމެރާ ނެގީމަ ވީނުން؟ ކޮންހާ ސަކަރާތެއް ތި ޖަހަނީ މިހާރު!..” ހަޒާލްއަށް ވާހަކަ ދެއްކުނީ ރުޅިއައިސްފައެވެ.”ހަޒާލް ކައިރީގަ މި ރޫމް އަށް އަންނަން ބުނެފީމެއްނު! އެހެން ނޫނީ ނިދާފަ އޮއްވަ ވެސް ވަންނާނަން ދެން!..” އެ އަނދިރީގެ ތެރޭގައި ފަސޭހަ ކަމާއި އެކީ އަޒްޔާން ހިނގާލާފައި އައެވެ.

 

“ޔަގީންތަ ހަމަ އަހަރެންގެ ކޮޓަރިއަށް ނިދަން ނާންނާނެ ކަން.” ނުރައްކާތެރި ދަރަޖައަކަށް ކައިރި ވުމަށްފަހު އަޒްޔާން ދެލޯ ހަނިކޮށްލިއެވެ. ފާޚާނާގެ ކުޑަ ކުޑަކޮށް ހުޅުވިފައި ހުރި ދޮރުން އަޒްޔާންގެ މޫނަށް އެޅިފައިވާ ހުދު އަލިން އެކަން އިނގޭ ވަރެވެ. އެއްޗެއް ނުބުނެވިފައި ހުާއްޓައި އަޒްޔާން އުޅުނީ ހަޒާލް ބިރުން އުޅުނު ކަންތައް ކުރުމަށެވެ. އެހެނަސް ތެޅިގަނެފައި ދުރުވި ގަޑީގައި ފައި ކަހާލައިގެން ފާޚާނާ ތެރެއަށް ވެއްޓުނެވެ. އެވަގުތު މަޑުމަޑުން ހެދެމުން އައި ލޭ ކޯރު ފެނުމުން އަޒްޔާން ނޯކަރު މީހާއަށް ގޮވާލިއެވެ. އޭރު ހަޒާލްގެ ދެލޯ އޮތީ މެރިފައެވެ. ވެއްޓުނު އިރު ކަށިތަކަށް ގޮތެއް ވި އަޑު އިވުމުން ކުޑަ އަނިޔާއެއް ނުލިބޭނެހެން އަޒްޔާންއަށް ޔަގީންވިއެވެ.”ބޭސް ކޮށްގެން ހަނދާންކޮށް އަހަރެންގެ ކޮޓަރިއަށް ގެންގޮސް އެނދުގަ ބާއްވާތި!. ހިއެއް ނުކުރަން މެންޓަލް ކުއްޖެއް ކަމަކަށް.”

– ނުނިމޭ –

Share Article

Follow Me Written By

Aii

Level 1

Other Articles

Previous

ވަރުދާ 14

Next

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 5

Next
July 5, 2022

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 5

Previews
July 5, 2022

ވަރުދާ 14



All Right Reserved!