އަހަރެންގެ ކެއްތެރިކަން ކޮޅުންލިއެވެ. ލުޔޫނާ ދެކެ އަންނަމުން ދިޔަ ރުޅިގަނޑު ފަޅައިގެން ދިޔަ ކަހަލައެވެ. ބޭނުން ވީ ލުޔޫނާގެ މޫނު ނޮޅާލުމަށެވެ. ނަމަވެސް އަތުގެ ހަމަލާއެއް ނުދެމެވެ. އަހަރެންވެސް ލުޔޫނާ ފަދައިން ބަހުގެ ހަމަލާ ދިނީމެވެ. “މުޑުދާރޭ ؟… ހަމަގައިމު ވެސް އަހަރެން މިހުރީ ސާފު ތާހިރުކޮށް ދެން ކޮން މުޑުދާރެކޭ ތި ކިޔަނީ” އަހަރެން ލުޔޫނާ ބުނި ވާހަކައަށް ރައްދު ދިނުމުން އެންމެން ހަމަހިމޭންވިއެވެ. ދުވަހަކުވެސް ލުޔޫނާ ބުނި ބަހަށް ރައްދުދޭ ޖޫން މިއަދު ރައްދު […]
ކުރިމަތީގައި ހުރި ލޯގަނޑުން ފެންނަމުން ދިޔަ އަހަރެންގެ ސޫރައަށް ބަލަން އިނީމެވެ. މޫނުގެ އެއް ފަޅި އެއްކޮށް ވަނީ ދުޅަވެފައެވެ. ދެލޯ ރަތްވެފަ ވާއިރު ލޮލުން ކަރުނަ ނުހިކެއެވެ. އަތުގެ އެކި ތަންތަން ވަނީ ނޫފާގަނެފައެވެ. ކޮޅަށް ހުންނާނެ ވަރު ނެތުމުން އަހަރެން އިނީ ލޯގަނޑު ކުރިމަތީގައި އިށީނދެގެނެވެ. މުޅި ކޮޓަރީގައި އަހަރެންގެ ގިސްލުމުގެ އަޑު ރަސްކަން ކުރަމުން ދިޔައެވެ. އަހަރެންނަކީ ބިކުރުވެރިއެކެވެ. ނަމަވެސް މުޅި ރަށުތެރޭގައި ދެކެވެމުން އެދަނީ އަހަރެންގެ ވާހަކައެވެ. އެއްވެސް ހެއްކެއްނެތިއެވެ. މިވަގުތު […]
މަންމަގެ ދެލޯ ބޮޑުވެގެން ދިޔަ މަންޒަރު އަހަރެންނަށް އަނދިރިކަމުގެ ތެރެއިން ފެނުނެވެ. ކުރިޔަށް ފިޔަވަޅެއް އަޅެން ނޭނގިފަ ހުރި އަހަރެންގެ މަންމައަށް ގޮވައިލީމެވެ. އެއާއެކު މަންމަ ސުވާލު ކުރީ އެއީ ކާކު ބުނި އެއްޗެއް ކަމާމެދުއެވެ. “އެކަހަލަ އެއްޗެހިން ނުކިޔައްޗެ… އެއީ ހަޑި ކަމެއް” މަގުމަތީގައި ހުރެ އަހަރެންނަށް ނަސޭހަތް ދެމުން މަންމަ ކުރިއަށް ހިނގައިގަތެވެ. އެ ރޭގައި އަހަރެން ވަރަށް ހަމަޖެހިލައިގެން ނިދާލީމެވެ. އާ ދުވަހަކަށް އިރު އެރީއެވެ. ނަމަވެސް މިޔަދު އަހަރެން ފެންކުޅި ކުޅޭކަށް […]
ނޯޓު : މި ވާހަކަ އަކީ ހަގީގީ ވާހަކައެއް ނަމަވެސް ނަމާއީ އުމުރު އެ ވަނީ ބަދަލު ކުރެވިފައެވެ. ކިޔުންތެރިންނަށް މި ވާހަކަ ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ. ޙަޔާތުގެ ވަކި ހިސާބަކުން ކޮންމެ މީހަކު ވެސް އިމްތިހާނުތަކާ ކުރިމަތިލާން ޖެހޭނެއެވެ. އެކިމީހުންނަށް ދިމާވާނީ އެކި ކަންކަމެވެ. އަހަރެންނަށް ވެސް ކުރިމަތިލާން ޖެހުނެވެ. އުމުރުން 9 އަހަރުގައެވެ. ރަނގަޅު ރަހުމަތްތެރިން ހިޔާރުކުރުމުގެ ބަދަލުގައި ގޯސް ރަހުމަތްތެރިން އިޙްތިޔާރު ކުރުމުންނެވެ. “ޒިނޭ” ފިޤުހުވެރިންގެ އިޞްޠިލާޙުގައި ޒިނޭއަކީ ޝަރުޢީ ކައިވެންޏަކާ […]