އަހަރެންގެ ނަމަކީ ތަމަަންނާ އެވެ. އަހަރެންނަކީ މާލެއިން އުތުރުގެ ރާއްޖޭގެ ނިސްބަތުން ބޮޑު އާބާދީއެއް އޮންނަރަށަކަށް ނިސްބަތްވާ މީހެކެވެ. އަހަރެން ވަރަށް ކުޑައިރު އަހަރެންގެ މަންމަ ނިޔާވެއްޖެއެވެ. މައްމައަށް ލިބުނީ އަހަރެން އެކަންޔެވެ. ބައްޕަ އުޅެނީ އެހެންމީހަކާ އިނދެގެންނެވެ. އެއް އަންހެންކުއްޖަކާ ދެ ފިރެހެންކުދިން ލިބިފައިވެއެވެ. އެމީހުނާއި އަހަރެންނަކާ މާބޮޑު ގުޅުމެއް ނޯވެއެވެ. އެއީ ދޮންމަންމަ އެގޮތްބޭނުންނުވާތީއެވެ. އަހަރެންވެސް ގުޅުން ބާއްވާކަށް ނުވެސްއުޅެމެވެ.އަހަރެންގެ އާއިލާ އަކީ ރަށުގެ ނިސްބަތުން ތަނަވަސް އާއިލާއެކެވެ.ނަމަވެސް […]