ތަމަންނާ- 1
އަހަރެންގެ ނަމަކީ ތަމަަންނާ އެވެ. އަހަރެންނަކީ މާލެއިން އުތުރުގެ ރާއްޖޭގެ ނިސްބަތުން ބޮޑު އާބާދީއެއް އޮންނަރަށަކަށް ނިސްބަތްވާ މީހެކެވެ. އަހަރެން ވަރަށް ކުޑައިރު އަހަރެންގެ މަންމަ ނިޔާވެއްޖެއެވެ. މައްމައަށް ލިބުނީ އަހަރެން އެކަންޔެވެ. ބައްޕަ އުޅެނީ އެހެންމީހަކާ އިނދެގެންނެވެ. އެއް އަންހެންކުއްޖަކާ ދެ ފިރެހެންކުދިން ލިބިފައިވެއެވެ. އެމީހުނާއި އަހަރެންނަކާ މާބޮޑު ގުޅުމެއް ނޯވެއެވެ. އެއީ ދޮންމަންމަ އެގޮތްބޭނުންނުވާތީއެވެ. އަހަރެންވެސް ގުޅުން ބާއްވާކަށް ނުވެސްއުޅެމެވެ.އަހަރެންގެ އާއިލާ އަކީ ރަށުގެ ނިސްބަތުން ތަނަވަސް އާއިލާއެކެވެ.ނަމަވެސް އަހަރެންނަށް އެކަމަކުން ވާ އެއްވެސް ފައިދާއެއްނެތެވެ. އަހަރެންކަނީ ވަކިން ކައްކާގެނެވެ. އެ އާއިލާ އާއި އެއްކޮށް ކައިގެން އުޅެން އެމީހުން ޤަބޫލު ނުވާތީއެވެ. ދުވަސްތައް މާޒީއާއި އެކުވަމުން ގޮސް ތައުލީމީ ފުރަތަމަ މަރުހަލާ ގުރޭޑް ދިހައެއ ނިިމިއްޖެއެވެ. ދުވަސްކޮޅަކު މަޑުކޮށްލުމަށްފަހު މާލެ ދާން ގަސްތުކޮށް ބައްޕަ ގެ ހުއްދައަށް އެދެފީމެވެ. އެއްވެސް ދެކޮޅު ހެދުމަކާއި ނުލާ ހުއްދަދީފިއެވެ. އިތުރު އެއްވެސް ވާހަކައެއް ނުދައްކައެވެ.އަހަރެންވެސް އިތުރު އެއްޗެއް ނުބުނެ ބޭރަށް ނުކުމެއްޖައީމެވެ. މާލެދާން ހުއްދަލިބުނަސް މާލެގޮއްސަ ވަންނާނެ ތަނެއްނެތުމުން ތަނެއްހޯދުމުގެ ނިޔަތުގައެވެ. އަހަރެން ކިޔަވަމުން ދިޔައިރު ދަށްކުލާސް ތަކުގެ ކުދިންނަށް ޓިޔުސަަން ދިނުމުގެ މަސައްކަތް ކުރެވިފައިވުމުން ކައިރި ހިސާބުގަނޑުގެ މީހުންނާއި އަހަރެނާއި ދެމެދު ވަރަށްގާތް ގުޅުމެއް އުފެދިފައިވާތީ މާލެ ގޮއްސަހުންނާނެ ތަނެއް ހޯދުން މާއުނދަގޫ ކަމަކަށްނުވިއެވެ. ހުނަނާނެ ތަނެއްހަމަޖެހުމުން މާލެ ދާނެ ދުވަހެއް ނިންމާ ދަތުރަށް ތައްޔާރުވުމުގެ މަސައްކަތް ފެށި އިރު މާލެގޮއްސަ ކުރާނީ ކޮންކަމެއްކަމެއް އަދިވެސް ނުނިންމެއެވެ.
މާލެދާން ފުރާފީމެވެ. ފުރީ ރޭނގަޑު ހަތެއްޖަހާއިރެވެ. އުޑުމަތި ސާފު ކަނޑުމަޑު ރީތި ރެއެއްކަމުން ހަމަޖެހިލައިގެން ނިދާލުމުގެ ބޭނުމުގައި ތަންމަތި އަޅައިފައި ހަމަޖެހިލައިފީމެވެ. ނިދޭގޮތެއްނުވިއެވެ.މާލެ ގޮއްސަކުރާނެކަމަކާއި ދޭތެރެ ވިސްނެންފަށައިފިއެވެ. މިއީ މީގެ ކުރިން އެއްވެސްވަރަކަށް ވިސްނިކަމެއްނޫނެވެ. ޔަގީނުންވެސް އެނގޭ އެއްކަމަކީ އަވަސްގޮތަކުން ވަޒީފާއެއްހޯދަން ޖެހޭނެކަމެވެ. ހުންނަގެޔަށް ލާރިދޭންޖެހޭތީ އެވެ. މިކަހަލަ ޚިޔާލު ތަކެއްގަ އޮއްވާ ނިދިއްޖެއެވެ. ދަތުރަކީ ބާރަވަރަކަށް ގަޑި އިރުގެ ދަތުރެކެވެ. ހޭލެވުނީ އަޑުގަދަވެގެނެވެ. ލޯހުޅުވާލެވުނު އިރު މާލޭ ފަޅަށް ބޯޓް ވަންނަނީއެވެ. ތެދުވެގެން ތިރިޔަށްފާބާ މޫނު ދޮވެލައިގެން ބޯޓުން ފާބަން ތައްޔާރު ވެލައިފީމެވެ.
ބޯޓުންފޭބުމާއިއެކު ވަރަށްފަސޭހައިން ކާރެއްލިބިއްޖެއެވެ. ކާރަށް އެރުމަށްފަހު ދާންވީ އެޑްރެސް ޑްރައިވަރ ކައިރީ ބުނުމުން ދެެތިން ގޯޅި އެއްއަޅައިލުމަށްފަހު ގެއެއްގެ ދޮރުމައްޗައް ކާރު މަޑުކޮށްލައިފިއެވެ. ގޭގައި ނަންބޯޑު ފެންނަންނެތުމުން ޔަގީން ކޮށްލުމުގެ ގޮތުން މީހަމަ އެގެތޯ ޑްރައިވަރު ކައިރީ އަހާލާފީމެވެ.ޑްރައިވަރ ހިނިތުންވުމަކާއި އެކު ބޯޖަހައިލިއެވެ. ކާރުން ފާބައިގެން ވަރަށް ޖެހިލުންވެ ހުރެ ގެޔަށް ވަދެފީމެވެ. ކުރިމަތިން ހުރި ދޮރުގައި ބެލްއެއް ހަރުކޮށްފަ ހުރުމުން ބެލްއަށް ފިތާލާފީމެވެ. އިރުކޮޅެއްވީ އިރުވެސް މީހަކު ނުނިކުތެވެ. ވަރަށް ބިރު ގަނެއްޖެއެވެ. މީ ހަމަ އެގެ ބާއޭ ހިތާ ހިތާ ކިޔާލެވުނެވެ. ފޮށި ހުރި ތަނުގައި ބެހެއްޓުމަށްފަހު ކާރު އޮތްތޯ ބަލާލަން ބޭރަށް ނުކުންނަން ދޮރޯށި ހުޅުވާލި ތަނުން ފަހަތުން މީހަކު ކީއްކުރާ ކުއްޖެއްތޯ އަހައިލި އަޑަށް ސިއްސައިގެން ގޮސް ފަހަތްބަލާލި އިރު މެދު އުމުރުގެ ފިރެހެނެއް ގޭގެ ދޮރުމަތީގައި ހުއްޓެވެ. އަހަރެންނަށް އެވަގުތު ބުނާނެ އެއްޗެއް ނޭގިގެން ހުއްޓާ ދެވަނަފަހަރަށް ކީއްކުރާ ކުއްޖެއްތޯ އަހައިފިއެވެ. އެމީހަކީ ދުވަހަކުވެސް އަހަރެންނަށް ފެނިފައިވާ މީހެއްނޫންކަމުން ވަރަށްޖެހިލުންވެ ހުރެ އެގޭގެ ނަންބުނެފައި މީ އެގެތޯ އަހައިލައިފީމެވެ. އެމީހައި އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ.
އަހަރެން- ނީންތަ އުޅެނީ މިގޭގަތޯ؟ ގޭމީހާ- އާން. ތީކޮންކުއްޖެއް؟ ކީއްކުރަން ތިއައީ؟ އަހަރެން- އަޅުގަނޑަށް ކިޔަނީ ތަމަންނާ. އަޅުގަނޑު މީ މިގޭގަ އުޅެން އާ ކުއްޖެއް. ނީންތައަށް ގޮވާލަދެއްވަފާނަންތޯ؟ ގޭމީހާ- ނީނާ ވީ އޮފީހުގަ. ވަދޭ އެތެރެއަށް.
އެމީހާ ފޮށި ހިފައިގެން އެތެރެއަށް ވަންނަން ހިނގާގަތުމުން އަހަރެންވެސް އެތެރެއަށް ވަދެފީމެވެ. ވަނުމުން އަހަރެން ގާތު ސޯފާ ގައި އިށީނުމަށް ބުނުމަށްފަހު ކުރިމަތިން ހުރި ދޮރެއް ހޫޅުވާލާފައި އެތެރެއަށް ވަދެއްޖެއެވެ. އިރުކޮޅަކުން ނުކުތީ ފޯން ކަންފަތުގައި ޖަހައިގެނެވެ. އަހިސް ސޯފާގައި އިށީދެއްޖެއެވެ.
ގޭމީހާ- ނީނާ ނުނަގަ ފޯނެއް. އަޅުގަނޑަށް ކިޔަނީ ރިޔާޒު. ނީނާ އެއީ އަޅުގަނޑުގެ އަންހެނުން. ތީ ނީނާ ގެ ރަށުކުއްޖެއްތަ؟ ނީނާ ތިމާގެ ކުއްޖެއްތަ؟ އަހަރެން- ހޫމް
މިހެން ބުނި ތަނުން ރިޔާޒު ފޯން ރިންގުވާން ފެށިއެވެ. ފޯނުނެގުމަށްފަހު ތަމަންނާ ރަށުން އާސްއެބައިނޭ ބުނެފަ އިތުރު އެއްޗެއްނުބުނެ ފޯނުކަންފަތުގައި ޖަހައިގެން އިރުކޮޅަކު އިނުމަށް ފަހު ފޯނު ބާއްވާފިއެވެ.
———-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

