Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 3 ފަހުބައި

Amsa Level 110 Stories
May 25, 2021 4 Mins Read
0 Comments

އައިމަން ޑައިރީއަށް ގެއްލިފައި އިންދާ މީހަކު ދޮރުގައި ޓަކިޖެހިއެވެ. އައިމަން ސިހިފައި ދޮރަށް ބަލާލިއެވެ. އަދި ޑައިރީ ބާލީސް ދަށަށް ލުމަށްފަހު ތެދުވެ ލޮލުގައިވާ ކަރުނަތަށް ފުހެލަމުން ދޮރާއިދިމާލަށް ހިނގާގަތެވެ. ދޮރު ހުޅުވާލިއިރު ދީނާާ ކޮތަޅުތަކެއްހިފައިގެން ދޮރުމަތީ ހުއްޓެވެ. ދީނާކޮޓަރިއަށް ވަދެގެން ގޮސް އެނދުގައި އިށީނެވެ. އައިމަން ވެސް ދީނާ ފަހަތުންގޮސް އެނދުގައި އިށީނެވެ. ދީނާ ސުވާލެއް ކޮށްލަންތަ؟ އާނއެކޭ ބުނުމުގެ ގޮތުން ދީނާ ބޯޖަހައިލިއެވެ. ދީނާ އަހަރެންދެކެ ލޯބިވޭތަ؟ އަހަރެންނާއި ކައިވެނިކުރީ ދީނާ ބޭނުންވެގެންތަ؟ ސުވާލަކަށްފަހު ސުވާލެއް އައިމަން ކުރަމުންދިޔައެވެ. އައިމަންގެ ހިތުތެރޭ އެނބުރެމުން ދިޔަ ބައެއް ސުވާލު ތަކުގެެ ޖަވާބު ދީނާގެ ޑައިރީން އައިމަންއަށް ލިބުނެވެ. ދީނާ އަހަންނާ ކައިވެނިކުރީ މައިންބަފައިން އެގޮތަށް ބޭނުންވުމުންތަ؟ އައިމަންގެ މިސުވާލުތަށް އައުމުން ދީނާ ވަރަށް ކަންބޮޑުވިއެވެ. އެއީ މީ ދީނާ އެކަހަލަ ސުވާލުތަކެއް ކުރިމަތިވެދާނެ ކަމަށް ތައްޔާރުވެގެން ހުރިވަގުތަކަށް ނުވާތީއެވެ. ދީނާ އެއްވެސް ޖަވާބެއް ނުދީ ތެދުވެގެން ގޮސް ފާޚާނާއަށް ވަނުމަށްފަހު އަހިސް އެނދުގައި އޮތް ބާލީސް އެއްފަރާތް ކޮށްލިއެވެ. އެވަގުތު ދީނާ އަށް ޑައިރީ އެތާ އޮތްތަން ފެނުމުން އައިމަންގެ މި ސުވާލުތަކެއްގެ ސިއްރަކީ ޑައިރީކަން އެނގުނެވެ.

ޖެހިގެން އައި ހަފްތާގެ ހުކުރުދުވަހެވެ. ދިނާއާއި ލަމްޚާ ކައިރި ފަޅުރަށަކަށް ދަތުރުދާން ނިންމިއެވެ. ހުރިހާކަމެއް ތައްޔާރުކުރުމަށްފަހު ދަތުރުދާން އުޅޭވާހަކަ އައިމަންކައިރީ ބުންޏެވެ. އަދި އައިމަންވެސް ދިޔުމަށް އެދުނެވެ. އައިމަން އެކަމަށް އެއްބަސްވިއެވެ. ދީނާ މެންް ދަތުރު ދާންފުރީ ގަޑިން ނުވައެއް ޖަހާއިރުއެވެ. ކައިރީގައި އޮތް ރަށެއްކަމުން މާގިނައިރެއް ނުވެ އެރަށަށް ދެވިއްޖެއެވެ. ރަށުތެރެބަލާލުމަށާއި ހިތްހަމަޖައްސާލުމުގެ ގޮތުން ހިނގާލުމަށްފަހު މެންދުރުގެ ކެއްކުމުގެ ކަންތަކާއިގެން އެންމެން އުޅެގަތެވެ. ކައްކާނިމިގެން މޫދަށް އެރިލާ ހެދުމަށްފަހު ކެއުމަށް އެނބުރިގަތެވެ. ކައިނިމިގެން އެކި މީހުން އެކިދިމާގައި އަރާމުކޮށްލުމަށް މަޑުކޮށްލިއެެވެ.

ދީނާ އަށް ލޮލުގައި އަޅާގަތީ ބީޗްގައި ފުޓްބޯޅަ ކުޅެންތިބި ޒުވާން ގުރޫޕެކެވެ. އެގުރޫޕުން ތަފާތު މޮޅުކުއްޖަކު ދީނާއަށް ފާހަގަވެގެން އެދިމާއަށް ދީނާ ބަލަންހުއްޓެވެ. ފުޓްބޯޅަ ކުޅެހިތްވީތަ؟ ސަމާސާ ރާގެއްގައި އައިމަން ދީނާ އާއި ސުވާލު ކޮށްލިއެވެ. އަދި އެވަގުތު ލަމްޚާވެސް އެތަނަށް އަހިސް މޫދަށް އެރެން ހިނގާށޭ ބުނަމުން ދީނާގެ އަތުގައި ހިފިއެވެ. ދިނާ މަޑުޖެހިލަމުން މިހާރު މޫދަށް އެރޭހިތްނެތްކަމުގައި ވަރަށް ފޫހި ރާގެއްގައި ބުންޏެވެ. ދީނާގެ މިޒާޖަށް ކުއްލިއަކަށް މިއައި ބަދަލުފެނިފައި އައިމަން ހައިރާންވިއެވެ. މިއަދު ދަތުރު އާއްސުރެންވެސް ދީނާ އުޅުނީ ވަރަށް މަޖާކޮށް ވަރަށް ސަކަރާތްޖެހުމުގައެވެ. އަދި އައިމަންނާވެސް ވަރަށް ސަކަރާތްޖަހާ ހެދިއެވެ. އަދި ދީނާ އައިމަންނާ ވާހަކަދައްކަމުން ދިޔައީވެސް ވަރަށްލޯބިން އޯގައިތެރިކަމާއި އެކުގައެވެ. މިކަމާ އައިމަން ހުރީ ވަރަށް އުފަލުންނެވެ.

ގަޑިން ދޭއްޖަހައިފިއެވެ. ދަތުރުގެ ހުރިހާބައިވެރިން މޫދުގައި އުޅުން އިރު ދީނާ އިނީ  ހޭޅިފަށުގައި ހުރި ގަސްތަކުގެ ހިޔަލުގައި އިށީނދެލައިގެންނެވެ. ހާދަ އެކަނިވެރި ކުއްޖެކޭ ދޯ! ދީނާ ސިއްސައިގެން ދިޔައީ ދީނާ ގެ ކަންފަތުގައި އެއަޑު ޖެހުމުންނެވެ. އެއީ ދީނާއަށް ދުވަހަކުވެސް އޮޅޭނެ އަޑެއްނޫނެވެ. ދީނާ ކުއްލިއަކަށް ފަހަތްބަލާލިއެވެ. ދީނާއަށް ހުރެވުނުތަންވެސް ނޭގުނެވެ. ދީނާ އަށް ހައިރާންކަން ލިބުނީ ކުރިމަތީ ހުރިމީހާ ފެނިފައެވެ. އެއީ ޔާނިޝްއެވެ. ދީނާގެ ފުރާނަފަދައިން ލޯބިވި ލޯބިވެރިޔާއެވެ. ދީނާ އައިމަންއާއި ލަމްޚާ ކޮބާތޯ ބަލާލިއެވެ. މި ދެމީހުން ފެންނަން ނެތުމުން އެތަނުން ދިޔުމަށްޓަކައި އަވަސް އަވަހަށް ދީނާ ހިނގާގެތެވެ. ޔާނިޝް ދީނާގެއަތުގައި ހިފެހެއްޓިއެވެ. ދީނާ އަހަންނަށް މަޢާފުކުރޭ. އަހަރެންނަށް ގަސްދުގަ ދީނާ އަށް ބޭވަފާތެރި ވީ. އަހަރެން ބޯޓްދަތުރުކުރަން ދެވުނު ހިސާބުން އަހަރެންގެ ވިސްނުންބަދަލުވި. އެނބުރި ރާއްޖެ ދާކަށް ބޭނުމެއްނުވި. އަަހަރެން ބޯޓަށް ދިޔައިރު ބޯޓް އޮތީ ޑޮކަށްލާފަ. އެކަމުގަ ދެތިންމަސް ހޭދަކުރަންޖެހުނު. އަހަރެން ރާއްޖެ ދާން ބޭނުންނުވާތީ ނުގޮސްވާނެ ގޮތެއްހޯދުމަށް ރަނގަޅު ފުރުސަތަކަށް އެދުވަސްތައްވި. އަހަރެން ބޯޓްގެ ޑިޔުޓީ ނިންމާލުމަށްފަު ރަށުތެރެއަށް ދާންފެށިން. މި ދިޔުމުގެ ތެރެއިން އެރަށުން ކުއްޖަކާ ރައްޓެހިވިން. އަދި ދުވަސްކޮޅަކު އެގޮތުގަ އުޅުމަށްފަހު ކައިވެނި ކުރަން ބޭނުންވާހަކަ ބުނިން. އެކުއްޖާވެސް އެގޮތައް އެއްބަސް ވުމުން ކައިވެނި ކުރިން. މިހެން ދުވަސްތައް ހޭދަކުރަމުން ގޮސް ބޯޓްގެ މަސައްކަތްނިމި ބޯޓް ފުރަންތައްޔާރުވެއްޖެ. ފުރަން ހަމަޖެހިފަ އޮތީ މެންދުރު ބާރަ ޖަހާ އިރު. އަހަރެން ބޯޓް ފުރުމުގެ ކުރިން ފަތިހު އެއްވެސް މީހަކަށްނޭނގި ބޯޓުން ފާބައިގެން ދިޔައީ އަންހެނުންގެޔަށް. ބޯޓް އަހަރެންނުލާ ފުރައިގެން ދިޔައީ. ދެތިން ދުވަސްފަހުން އަހަންނަށް ލިބުނީ ބޯޓް އަޑިޔަށް ދިޔަ ޚަބަރު. ބޯޓުން ސަލާމަތްވީ ދެމީހުން ކަމަށްވެސް ޚަބަރު ލިބުން. އެމީހުން ސަލާމަތްވީ އެ ބޯޓްގެ ފަހަތުން އައި ބޯޓަކަށް އަނެއްދުވަހު އެދެމީހުން ކަނޑުމަތިން ފެނިގެން ނެގުމުން.

އަހަރެން އުޅުނީ ވަރަށް ހިތްހަމަ ޖެހިގެން. މިގޮތުގަ އުޅެވުނީ ހައެއްކަ މަސްވަންދެން. އެހިސާބުން އަންހެނުންނަށް ބަދަލުތަކެއް އަންނަންފެށި. ބޭރުގަ އުޅޭވަގުތު ގިނަވާންފެށި. އަދި ގެޔަށް ނިދަންނާންނަ ރޭތަށް ގިނަވާންފެށި. ދެމީހުންގެ ޒުވާބާއި އަރާރުންވުން އިތުރުވެގެންދިޔަ. އަހަންނަށް ގޮތްހުސްވި. އެހިސާބުން އަހަރެން ހިތައް ދީނާ ގެ ޚިޔާލުތައް އަހިސް، އަހަރެންގެ ނަފްސް އަހަންނަށް މަލާމާތް ކުރަންފެށި. އަހަރެންދެކެ އެހާލޯބިވާ ލޯބިވެރިޔާއަށް ދެވުނު ހިތާމަ އެނބުރި އަހަންނާ ދިމާއަށް އައީ ކަމުގެ އިޙުސާސް ކުރެވެންފެށި. އަހަރެން ދީނާ އާއި ގުޅާން ބޭނުންވި ނަމަވެސް އެ ހިއްވަރެއް އަހަންނަކަށް ނުލިބުން. ދެން އަވަސްވެގަތީ ދިވެހިރާއްޖެއަށް ދެވޭނެ ގޮތެއް ހޯދަން. މިގޮތުން އަހަރެން ގޭކައިރި މީހަކާއި ވާހަކަދައްކައިގެން ވަޒީފާއެއް ހޯދުމުގެ މަސައްކަތްފެށިން. މާގިނަދުވަހެއްނުވެ ކައިރީގަހުރި ކުޑަވަޑާންގެޔަކުން ވަޒީފާއެއް ލިބުން. އަހަރެން ވަޒީފާއަށް ދާންފެށިން. ދެތިން މަސްދުވަހުގެ މަސައްކަތުން މާލެދެވޭވަރަށް ލާރިކޮޅެއްޖަމާވުމުން ވަޒީފާ ހޯދައިދިން މީހާ މެދުވެރިކޮށް މާލެދާން ޓިކެޓް ނެގިން އަދި އަންހެނުން ގޭގަ ނެތްވަގުތު ބަލާފަ ފުރަންތައްޔާރުވެގެން ގެއިން ނުކުތިން. ނަމަވެސް ފުރަން ދެދުވަސް އެއިރު އޮތް. އަހަރެން އެ ދެދުވަހު މަޑުކުރީ ވަޑާންގޭގަ. ދެދުވަސް ފަހުން މާލެ އަހިސް އަވަހަށް ރަށަށް އާދެވޭނެ ގޮތެއްބަލާ ރަށަށް އައިދެވުނީ މިއަދު ދިހައެއްޖަހާ އިރު. ރަށަށް އައުމަށްފަހު ފުރަތަމަވެސް ބެލީ ދީނާ ކޮބާތޯ، ދީނާ މިރަށަށް ދަތުރު އައިކަން އެނގިގެން ބަޔާކާއި އެކު މިރަށަށް މިއައީ.

ދީނާ އަހަންނަށް މަޢާފު ކުރޭ. އަވަހަށް ދެމީހުން ކައިވެނިކޮށްގެން އުފާވެރި ދިރިއުޅުމެއް، އަހަރުމެންގެ ޕުލ؛ޭން އާއި އެއްގޮތަށް ފަށަން އުޅޭ. އަހަންނަށް އެނގޭ ދީނާ އަހަރެން ދެކެ ލޯބިވާވަރު. ޔާނިޝް އަހަރެން ޔާނިޝް ދެކެ ވަރަށްލޯބިވިން. ނަމަވެސް އެއީ ތަންކޮޅެއް ކުރިން.  ޔާނިޝްއަށް ވަރަށްދިގު އިންތިޒާރެއް ކުރިން. ޔާނިޝް އަށްޓަކައި އަހަރެންގެ ލޮލުން ވަރަށް ކަރުނަ ބޭލިން. ޔާނިޝް އާއި އެކު އުފާވެރި ޒަވާޖީ ޙަޔާތެއްގެ ކުލަ ކުރެހުންތަކެއް ކުރެހިން. މިހާރު ޔާނިޝް ދައްކަންބޭނުން ހުރިހާ ވާހަކައެއް ދެއްކިއްޖެ ކަމަށް ހީކުރަން. އަހަންނަކަށް ދުވަހަކުވެސް ޔާނިޝް އަކަށް މަޢާފު ކުރެވޭނެހެނެއް ހިޔެއްނުވެ. އަހަރެން ވަރަށް ހައިރާންވެއްޖެ ޔާނިޝް ތިގޮތައް އަހަރެންގެ ކުރިމައްޗައް އަހިސް ތިވާހަކަތައް ތިހާފަސޭހައިން ދައްކާލީމަ. އަދި އަހަރެންކައިރީ މަޢާފަށް އެދެން ކެރުނީމަ.

މިހުރިހާވަހަކަ އެއްދެއްކި އިރު އައިމަން އާއި ލަމްޚާ ތަންކޮޅެއްދުރުގައި ދައްކާވާހަކަ އަޑުއިވޭ ހިސާބުގައި މަޑުކޮށްލައިގެން ތިއްބެވެ. މިދެމީހުން ތިބީ ދީނާ ގެ ފުރަގަހުގައި ކަމުން މިމީހުން ތިބިކަމެއް ދީނާއަކަށް ނޭނގެއެވެ. ދީނާ ދެއްކިވާހަކަތައް އަޑު އިވިފައި އައިމަން ވަރަށް އުފާވިއެވެ. އެއީ މިއަދަކީ އައިމަން އެންމެ ފުރަތަމަވެސް އަދި އެންމެފަހުންވެސް ލޯބިވި މީހާ އައިމަންގެ މީހެއްގެ ގޮތުގައި ލިބިއްޖެ ކަން ޔަގީންވިދުވަހެވެ. ސުކޫލްގައި ކިޔަވަން އުޅުނު އިރުން ފެށިގެން އައިމަން ދީނާ ދެކެ ލޯބިވެއެވެ. ދީނާގެ ފަސްފަހަތުން ހިނގައެވެ. އެހެންނަމަވެސް އެ ލޯބި ދީނާއަށް ހުށަ އަޅާކަށް ނުކެރުނެވެ. މިހެން ދުވަސްތައް ގުަނަމުން ދަނިކޮށް އައިމަންއަށް ފެނުނީ ޔާނިޝް ދީނާ އާއި ރައްޓެހިވިތަނެވެ. އެހިސާބުން އައިމަން ނިންމީ ދީނާ ނުލިބިއްޖެ ނަމަ އައިމަންގެ ދިރިއުޅުން ދީނާދެކެވާ ލޯބީގެ ހަނދާނުގައި އެކަނިވެރިކަމާއި އެކު ނިންމާލުމަށެވެ.

ދީނާގެ ވާހަކަތައް ނިމުނުތަނުން އައިމަންއާއި ލަމްޚާ އަހިސް އެދެމީހުންގެ ކައިރީ ހުއްޓުނެވެ. ދީނާއަށް އައިމަން ފެނުމާއި އެކު އައިމަންގެ ގައިގާ ބައްދާލިއެވެ. އަދި ބުންޏެވެ. މީ އަހަރެންގެ ލޯބިވާ އަހަރެންގެ ފިރިމީހާ. މީ އަހަރެން މީނަ ދެކެ ލޯބިނުވާކަން އެނގޭ އިރުވެސް އަހަރެންގެ ހުރިހާކަމަށް ފަރުވާ ބަހައްޓައިގެން އެއްވެސްކަމެއް އުނިނުކޮށް ކޮށްދިންމީހާ. މީ އަހަރެން ބޭނުންވާކަމެއް އަހަރެންގެ ހިތައްއަރުވާލާއިރަށް އަހަރެންނަށް ކޮށްދިންމީހާ. މީ މާތް އިންސާނެއް. މިކަހަލަ މާތް އިންސާނަކު ދޫކޮށްލައިފަ ތިކަހަލަ ކެހިވެރިޔަކުގެ ކައިރިޔަށް ދާނީ މޮޔައެއް ދޯ. އައިމަން އަށް ލިބިފައިވަނީ ދުވަހަކުވެސް ނުލިބޭކަހަލަ އުފާވެރި ކަމެކެވެ. އައިމަން ހިތަށްއެރިއެވެ. އިޚުލާސްތެރި ހިތަކުން މީހަކު ދެކެ ލޯބިވެވިއްޖެއްޔާ އެމީހަކު މާޔޫސް ވާން ހަމަ ނުޖެހެނީއެވެ.

މިއަދަށް ފަހު ދީނާއާއި އައިމަން އުޅެމުން އައީ ވަރަށް އުފާވެރި ދިރި އުޅުމެކެވެ. ދީނާވެސް އައިމަން ދެކެ ލޯބިވެއެވެ. އަދި ކުރިއާއި ތަފާތުކޮށް އައިމަންގެ ހުރިހާކަމަކަށް ފަރުވާބަހައްޓަންފެށިއެވެ. ދުވަސްތައް މާޒީވަމުންގޮސް މިދެމަފިރިންނަށް ދަރިޔަކުވެސް ލިބިއްޖެއެވެ. މިދެމަފިރިންގެ ޚަޔާތައް ވަނީ ބަހާރު މޫސުން ވެރިވެފަ ކަހަލައެވެ. ދަރިފުޅު އާނާން އާއިއެކު މިދެމަފިރިންގެ އުޅެމުންދަނީ ވަރަށް އުފާވެރި ދިރިއުޅުމެކެވެ.

ނިމުނީ.

 

Share Article

Follow Me Written By

Amsa

Level 110 Stories

Other Articles

Previous

ބޮޑު ޗުއްޓީ

Next

ތިޔަ ލޯތްބަށް އެދެމޭ 2 – 4

Next
May 25, 2021

ތިޔަ ލޯތްބަށް އެދެމޭ 2 – 4

Previews
May 25, 2021

ބޮޑު ޗުއްޓީ



All Right Reserved!