މުޅި މާހައުލުގައި ވަނީ ޖަލްސާއަށް ހާޒިރުވެފައިވާ އެންމެންގެ އަތްތިލަބަޑީގެ ތަރުހީބުގެ އަޑެވެ. ސްޓޭޖުމަތީގައި ހުއްޓިލައިގެން އަހަރެން ހުރިއިރު އަހަރެންގެ ހިތުގައި ވަނީ އުފާވެރިކަމާއި ފަޚުރުވެރި ކަމެވެ. މީ އަހަރެންގެ އެންމެ ޅަދުވަހުން ފެށިގެން ކުރަމުން އައި ބުރަ މަސައްކަތުގެ ފޮނި ނަތީޖާއެވެ. މައިންބަފައިން އަހަރެންނަށްޓަކައިވީ ޤުރުބާނީގެ އަގެވެ. އަހަރެންނަށް އިނާމު ދިން ވަގުތު ޖަލްސާގެ ހުރިހާ ބައިވެރިންގެ ނަޒަރު ހުއްޓިފައިވަނީ އަހަރެންނަށެވެ. އެ ރޭގެ ޖަލްސާ ނިންމާލުމަށްފަހު އެނބުރި ގެއަށް ދިޔައީމެވެ. ގޭތެރޭގައިވެސް ވަނީ އަހަރެންނަށް ލިބުނު […]
ގަބުރުސްތާނުން ނުކުމެގެން ދާންޖެހުނީ އަހަރެންގެ ހުރިހާ އުންމީދެއް ވަޅުލާފައެވެ. އެކުގައި އެ ހޭދަކުރި އުފާވެރި ދުވަސްތަކުގެ ރަން ހަނދާންތައް ފިޔަވައި އިތުރު އެހެން އެއްވެސް އެއްޗެއް އަހަރެންގެ އަތަކު ނެތެވެ. ހާލަތަކީ ކިތަންމެ އަވަހަކަށްވެސް ބަދަލު ވެދާނެ އެއްޗެކެވެ. އާނއެކެވެ. ތަގުދީރުގެ މޮޅެތި ރޭވުންތައް ހުއްޓުވުމުގެ ބާރު ލިބިފައިވާ ހަމައެކަކުވެސް މި ދުނިޔޭގައި ނުވެއެވެ. އަހަރުމެންނަށް އޮތީ މިންވަރު ކުރައްވާ ގޮތަށް ޝުކުރު ކުރުމެވެ. ނަމަވެސް އަހަރެންގެ ހިތަށް އަރައެވެ. އެ ތަނަވަސް ހަށިގަނޑުގައި ބައްދާލާނެ ފުރުސަތު […]
ގޭ ބޮޑު ދޮރާށި ހުޅުވާލުމާއެކު ފެނުނު މަންޒަރުން އަހަރެންގެ ހިތް ކުދިކުދި ވި ކަހަލައެވެ. ނަގަން އުޅުނު ފިޔަވަޅު މަޑުޖެހި، ފެންނަމުން ދިޔަ މަންޒަރު އަހަންނަށް ގަބޫލު ކުރަން ދަތިވިއެވެ. އަހަރެންގެ ކޯތާފަތްމަތީ ހުއްޓުމެއް ނެތި ކަރުނައިގެ ރޮނގުތައް ދެމެމުން ދިޔައެވެ. އަހަރެން އެންމެ ދެކެން ބޭނުންވާ ދުވަސް ދެން އަހަރެންނާ ބައްދަލު ނުވާނެކަން އަހަރެންނަށް އެވަގުތު އެނގުނެވެ. ގޭ ހޯލު ތެރޭގައި ގާތްތިމާގެ މީހުންނާއި ބައެއް ރަހުމަތްތެރިން ހޭލަމޭލަ ވަމުން ދިޔައެވެ. ލޮލުން އޮހޮރެމުން ދިއަ […]
ހާލަތަކީ ކިތަންމެ އަވަހަކަށްވެސް ބަދަލު ވެދާނެ އެއްޗެކެވެ. ތަޤްދީރުގެ މޮޅެތި ރޭވުންތައް ހުއްޓުވުމުގެ ބާރު ލިބިފައިވާ އެއްވެސް ފަރާތެއް ދުނިޔޭގައި ނުވެއެވެ. އާނއެކެވެ. ނަމަވެސް އަހަރެންގެ ހިތަށް އަރައެވެ. އެ ރީތި މޫނުގައި ފިރުމާލުމަށް އަދިވެސް އެއްފަހަރު ލިބޭނެ ނަމައެވެ. ހަޔާތުގެ ބަހާރު މޫސުމުގެ ހޭދަކުރި އެ އުފާވެރި ވަގުތުތައް އަލުން އަންނާނެ ނަމައެވެ. ނަމަވެސް އެ މާޒީގެ ރަން ހަނދާންތައް ފިޔަވައި މިހާރު އަހަރެންގެ އަތަކު އެއްވެސް އެއްޗެއް ނެތެވެ. އަހަރެންގެ މި ދިރިއުޅުން އުމުރަށް […]