Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަލްމާ

Aminath Naeesha Level 1
September 20, 2023 2 Mins Read
5 Comments

ހާލަތަކީ ކިތަންމެ އަވަހަކަށްވެސް ބަދަލު ވެދާނެ އެއްޗެކެވެ. ތަޤްދީރުގެ މޮޅެތި ރޭވުންތައް ހުއްޓުވުމުގެ ބާރު ލިބިފައިވާ އެއްވެސް ފަރާތެއް ދުނިޔޭގައި ނުވެއެވެ. އާނއެކެވެ. ނަމަވެސް އަހަރެންގެ ހިތަށް އަރައެވެ. އެ ރީތި މޫނުގައި ފިރުމާލުމަށް އަދިވެސް އެއްފަހަރު ލިބޭނެ ނަމައެވެ. ހަޔާތުގެ ބަހާރު މޫސުމުގެ ހޭދަކުރި އެ އުފާވެރި ވަގުތުތައް އަލުން އަންނާނެ ނަމައެވެ. ނަމަވެސް އެ މާޒީގެ ރަން ހަނދާންތައް ފިޔަވައި މިހާރު އަހަރެންގެ އަތަކު އެއްވެސް އެއްޗެއް ނެތެވެ. އަހަރެންގެ މި ދިރިއުޅުން އުމުރަށް ބަދަލު ކޮށްލީ ކުޑަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. މިކަމާމެދު ވިސްނަން އަހަރެން އިންދާ ކުއްލިއަކަށް އަހަރެން ވަށާލީ މާޒީގެ ޞަފުޙާ ތަކެވެ.

އަހަރެންނާއި އަލްމާއާއި ފުރަތަމަ ފަހަރަށް ވެސް ބައްދަލުވީ ވޯކްޝޮޕެއްގައި ރާއްޖޭތެރެއަށް ދިޔަ ދަތުރެއްގައެވެ. އަލްމާ އަކީ ރާއްޖޭތެރޭ ރަށެއްގެ ކުއްޖެކެވެ. އަލްމާ އަކީ ބަލައިލަން ރީތި ހެދިހުރި ހަށިގަނޑެއްގެ ވެރިއެކެވެ. އަލްމާއަށް ލިބިފައިވަނީ ލަކެއް ނެތް ސާފު އޮމާން ދޮން މޫނެކެވެ. ތަރިތަކެއްހެން ފިޔަޖަހާ އަލިގަދަ ދެ ލޮލެވެ. މުތީތަކެއް ފަދަ ދަތްޕިލައެކެވެ. ސާދާ މޫނެކެވެ. ރަތްވިލާ ދަޅައިގެ ކުލައަރާ ދެ ކޯތާފަތެވެ. ފަރިވެފައިވާ ފިނިފެންމަލެއް ފަދަ ދެ ތުންފަތެވެ. ކަޅުކުލަ ގަދަ ފަން އިސްތަށިގަނޑެކެވެ. ބުނާނީ ވެސް ކީކޭހެއްޔެވެ ؟ އަލްމާ ފެނުނު ފުރަތަމަ ދުވަހުން ފެށިގެން އަހަރެންގެ ހިތް އަލްމާއަށް އެދި ގޮވައެވެ. އެ ރީތި ކަމުގެ ސަބަބުން މުޅި ކައުނުވެސް ވިދާލާ ކަހަލައެވެ.

ދުވަސްތައް ފާއިތުވަމުން ދަނީއެވެ. އަހަރެންނާއި އަލްމާއާއި ލޯބީގެ ގޮތުން ގުޅުނީމެވެ. މާ ގިނަ ދުވަސްތަކެއް ނުވަނީސް ކައިވެނި ކުރެވުނެވެ. އެހެންމީހުންނެކޭ އެއްގޮތަށް އުފާވެރި ދިރިއުޅުމެއް އުޅޭށެވެ. ފާގަތި މުސްތަގްބަލެއްގެ ފޮނި އުންމީދުގައެވެ. އެތަކެއް ފޮނި ހުވަފެންތަކެއް ދެކުމަށެވެ. އަހަރެންގެ ހަޔާތަށް އަލްމާ ފަދަ މާތް ލޮބުވެތި އަންބަކު އައުން ވެގެން ދިޔައީ ދިރިއުޅުމަށް ބަހާރު މޫސުން ގެނެސްދިން ކަމަކަށެވެ. ހަރުލާފައިވާ މާތް އިސްލާމް ދީނުގެ ސިފަތަކާއި އަލްމާގެ ރީތިކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ. މީހުން ބުނާތީ އަޑުއަހަމެވެ. ޞޯލިހު އަންބަކީ ދުނިޔޭގައި ޖަވާހިރަށްވުރެވެސް އަގުބޮޑު އެއްޗެކެވެ. އަލްމާ އަހަރެންގެ ހަޔާތަށް އައުމުން އެއްވެސް ޝައްކެއްނެތި އަހަރެން މިކަން ޤަބޫލުކުރަމެވެ.

އަހަރެންގެ ދިރިއުޅުމަށް އެތަކެއް އުފާވެރި ދުވަސްތަކެއް އައެވެ. ނަމަވެސް މިއަދާ ހުރިހާ ދުވަސްތަކެއް ތަފާތެވެ. ސަބަބު އެނގޭހެއްޔެވެ ؟ މިއަދަކީ އަހަރެންގެ ހަޔާތަށް އެންމެ އުފާވެރި ޚަބަރު ލިބުނު ދުވަހެވެ. އަހަރެން ބައްޕައަކަށް ވާން އުޅެނީއެވެ. އެވަގުތު އަހަރެންނަށް ހީވީ ދުނިޔޭގައިވާހާ އުފަލެއް އައިސް އަހަރެންގެ އުނގުތެރެއަށް ޖަމާވިހެންނެވެ. ކޮންމެ އަކަސް ދެން އަހަރެންނަށް އިންތިޒާރު ކުރެވުނީ އެ ތުއްތު ފުރާނަ ފެންނާނެ ދުވަހަކަށެވެ. ބައްޕާއޭ ކިޔާ ގޮވާލާނެ ދުވަހަކަށެވެ. ނަމަވެސް ތަޤްދީރުގައި ކަންތައްތައް ވާނެ ގޮތް އެނގޭނީވެސް ފަހެ ކާކަށްހެއްޔެވެ ؟ ދުވަސްތައް ހަފްތާތަކަކަށް ، ހަފްތާތައް މަސްތަކަކަށް ވެއްޖެއެވެ. މިހާރު އަލްމާގެ ބަނޑަށް ވަނީ ނުވަމަސް ފުރެން ކައިރި ވެފައެވެ. ހަށިގަނޑާ ގުޅޭވަރެއްގެ ބަނޑާއިއެކު އަލްމާގެ ރީތިކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ.

މެންދަމުން އަލިވެ ތިނެއް ޖެހީއެވެ. އަލްމާގެ ބަނޑުގައި ރިއްސަން ފެށިއެވެ. އަވަސްވާ ގޮތަށް ހޮސްޕިޓަލަށް ގެންދެވުނެވެ. އަލްމާ ވިހެއި ފަތިހުގެ ފަޖުރުލީ ވަގުތުގައެވެ. ލިބުނީ ލޯބިލޯބި އަންހެން ކުއްޖެކެވެ. އަހަރެންގެ އަތަށް އެ ލޯބިލޯބި ދަރިފުޅު ދިނެވެ. އަލްމާ އެކޭ ކުޑަވެސް ތަފާތެއް ނެތެވެ. ނަރުސް ކުއްޖާ އައިސް ބުންޏެވެ. އަލްމާ އެބަ ގޮވައެވެ. ދަރިފުޅު އަހަރެންގެ މަންމަ އަތަށް ދީފައި އަލްމާގެ ގާތަށް ދިޔުމަށް އަހަރެން ހިނގައިގަތީމެވެ. އަހަރެންނަށް އަލްމާ އޮތް ކޮޓަރިއަށް ވަދެވުނީ އަލްމާގެ އެންމެ ފަހު ނޭވާ މި ދުނިޔެއަށް އަލްވަދާއު ކީ ހިނދުގައެވެ. އަހަރެންނަށް އަލްމާ އޭ ކިޔާ ވަރަށް ބާރަށް ހަޅޭއް ލަވައިގަނެވުނެވެ. އަލްމާ މި ދުނިޔެއިން ވަކިވެގެން އެ ދިޔައީ އަލްމާގެ ހަނދާނެއް ދޫކޮށްފައެވެ. އަހަރެން އެ ދަރިފުޅަށް ރަނގަޅު ތަރުބިއްޔަތެއް ދީ ބަލާ ބޮޑުކުރާނަމެވެ.

އަހަރެންނަށް ހިޔާލީ ދުނިޔެއިން ބޭރަށް ނިކުމެވުނީ މަންމަ އައިސް އަހަރެންނަށް ގޮވާލި އަޑަށެވެ. އަލްމާއަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި ދުޢާ ކުރީމެވެ. މީ އަހަރެންގެ ކުލަނުވި ހަޔާތުގެ ކަޅު ޞަފުޙާ ތަކެވެ. މާޒީވި އެ ދުވަސް ތަކެވެ. މީ އަހަރެންގެ ތަޤުދީރެވެ. މިއަދު އަހަރެންގެ ދިރިއުޅުމުގައި އެ ދުވަސްތަކަކީ ހަމައެކަނި ހަނދާންތަކެކެވެ.

 

=ނިމުނީ=

Share Article

Follow Me Written By

Aminath Naeesha

Level 1

Other Articles

Previous

ލޯބީގެ ކުރި ދަތުރު 5

Next

ޔާރާ އަހާށޭ 17 (ފަހުބައި)

Next
September 20, 2023

ޔާރާ އަހާށޭ 17 (ފަހުބައި)

Previews
September 20, 2023

ލޯބީގެ ކުރި ދަތުރު 5

5 Comments!

  1. Zee says:
    September 20, 2023 at 2:31 pm

    WoW!!! ☺️
    Maasha’Allah rythi story eh 😊

    1. Aminath Naeesha Aminath Naeesha says:
      September 20, 2023 at 3:58 pm

      Thanks

  2. Anonymous says:
    September 20, 2023 at 10:48 pm

    Wh

  3. Ur bestie 😁 says:
    September 23, 2023 at 1:54 pm

    V reethi vhk. Maasha Allah. Dhigu vaahaka eh liyan veenun. 💓🤍💓🤍💓🤍💓🤍💓

    1. Aminath Naeesha Aminath Naeesha says:
      October 5, 2023 at 6:02 pm

      insha’Allah, dhigu vaahaka eh liyefa publish kuraanan.. inthizaaru kollaa ♥️

Comments are closed.



All Right Reserved!