ކައިރާގެ ހިތް އާދަޔާ ޚިލާފަށް ބާރަށް ތެޅެމުން ދިޔައީ އޭނާ އިސްވެ ވާހަކަ ދައްކާނެ ކަމަށް ހީކޮށް ބުނެލާނެ އެއްޗެއްގެ އިންތިޒާރުގައި ހުންނަން ޖެހުމުންނެވެ. ކުރިމަތީގައި އޭނައާ ދިމާލަށް ކަޅިޖަހައިނުލައި ބަލަމުން ދިޔަ އަންހެންކުއްޖާއަށް އަޔާން ބަލާލިއެވެ. މޫނުމަތީގައި ދަންނަ މީހެއްގެ ވައްތަރު ޖަހަމުން ގެންދާތީވެ އަޔާންވެސް ރަނގަޅަށް ބަލަމުން ގެންދިޔައެވެ. ބޮޑަށް ސިކުނޑިއަށް ވާންކޮށްލަމުން އޭނާ ދެލޯ ހަނިކޮށްލިއެވެ. އެއީ ކައިރާކަން އެނގުމުން އޭނާއަށް ހިންދިރުވާލެވުނެވެ. ބުރުގާ އަޅައި ދިގު ހެދުން ލާފައި ހުރުމުން އޭނާއަށް […]
” އަނހަ. މަންމާ ވަދޭ ވަދޭ.” ފަރީދާއަށް ބަލާލަމުން އާސިފާ ހިނިތުންވެލިއެވެ. އާސިފާއަކީ ފަރީދާގެ ދަރިފުޅު ރަމީޒްގެ އަންހެނުންނެވެ. ” މިއީ ކައިރާ ތަ؟. ބޮޑުވެއްޖެއޭ ދޯ މިހާރު” ކައިރާގެ އަތުގައި ހިފައިލަމުން އާސިފާ ވާހަކަދެއްކިއެވެ. އިސްއުފުލާލަމުން ކައިރާ ހިނިތުންވެލިއެވެ. ” އެލީޝާ ކޮބާ؟ އެމަންޖެ ލޮލުން ނުދެކޭތާ އެތައް އަހަރެއްވެދާނެ. އަދިވެސް ރާއްޖެ އަންނާކަށް ނުޅޭތަ؟” ފަރީދާ އޭނާގެ މާމަދަރިފުޅު އެލީޝާ ކޮބައިތޯ އަހާލިއެވެ. ” މަންމާ! އެލީޝާ އަދި ދެ އަހަރު އެކޮޅުގަ ނަގާނެ […]
ހިނދުކޮޅަކަށް ވުރެ ހިނދުކޮޅެއް ވައި ބާރު ވަމުން ދިޔައެވެ. ޖެހޭގަދަ ވަޔަށް ކެތްނުވެގެން ބައެއް ގަސްތައް މުލުންލުހި މަގުމައްޗަށް ވެއްޓިފައިވެއެވެ. ނަގާ ބޯމަތިވެފައިވާ ކަޅުވިލާތަކުން ދެންމެ ދެންމެ ވާރޭ އޮއްސާލަފާނެހެން ހީވެއެވެ. ދޭތެރެއަށް ވިދާލާ ވިދުވަރާއެކު އުޑު އިރައިގެންދާފަދަ އަޑަކުން އިވިގެންދާ ބާރު ގުގުރިއާއެކު ގޭގެއިން ކުޑަކުދިން ރޮއިގަންނަ އަޑު އިވެއެވެ. މި ތޫފާނީ ރޭގައި ވެސް އާސަހާރާތެރޭ މީހުންގަނޑު ކޮޅުކޮޅުމައްޗަށް ހިނގާބިގާވެ އުޅޭތަން ފެނެއެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަނީ އަގުބޮޑު އެއްޗެއް ބީވެ ދިޔުމުން […]
އޭއަޙާއެވެ. ކުޑަ ހިނދުކޮޅަކަށް ކެތްކޮށްލާށެވެ. މިއީ ދުނިޔެއެވެ. ނެތިފަނާވެދާނޭ ދުނިޔެއެވެ. މިއީ ދާޢިމީ ގޮވައްޗެއް ނޫނެވެ. އެއްވެސް ހިތާމައެއް، އެއްވެސް އުފަލެއް މިތާނގައި ދާއިމަށް ދެމި ނޯންނާނެވެ. އުފަލާއި އަރާމަށްފަހު ވޭނާއި ކެކުޅުންވެސް ވާނޭކަން ޤަބޫލުކުރާށެވެ. އެއީ ދުނިޔޭގެ ހަޤީޤަތެެވެ. މި ހަޤީޤަތް ޤަބޫލުނުކުރާހާ ހިނދަކު ތިބާގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ﷲ ގެ މިންވަރުފުޅަށް އިމާންވާށެވެ. އެކަލާނގެ އުފަލާއިއެކު ހިތާމަ ލެއްވީ މި ދުނިޔޭގެ އަވައިގައި ތިބާ ނުޖެއްސެވުމަށްޓަކައެވެ. މިއީ ކެހިވެރިކަމުން ފުރިފައިވާ ތަނެކަން ހަނދުމަކޮށްދިނުމަށެވެ. […]
އިރާ ތިއުޅެނީ ކުއްޖަކާ ރައޓެހިވެގެންތަ؟ ކޮންމެ ރެއަކު ކައިރާއާއެކު އެއުޅެނީ ކޮންކުއްޖެއް؟” ކައިރާގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީންނަމުން ފަރީދާކޮށްލި ސުވާލުން އަނގަޔަށްލި ކާއެތިކޮޅުވެސް ސައިފޮދަކާ ނުލައި ދިރުވުންވީ އުނދަގޫ ކަމަކަށެވެ. ފަރީދާ މާފާޑަކަށް ހުންނަނީ މިވާހަކައެއ އަހަންތާއެވެ. ދެމީހުންގެ ދެމެދުގައި އޮތީ ހަމައެކަނި އެކުވެރިކަމުގެ ގުޅުންކަން ކައިރާ އަންގައިލުމުން ފަރީދާގެ ހިތުގައި އުފެދިފައިވާ ޝައްކު ފިލައިގެން ދިޔައީ ކައިރާގެ މޫނުގައި އެކަހަލަ އެއްވެސް ކުލަވަރެއް ނެތީމައެވެ. ބައެއްފަހަރު މީހާ ބުނާ ބަސްތަކަށްވުރެ އެމީހާގެ މޫނުގެ ކުލަވަރާއި […]
ދެން ފްރެންޑްސް ދޯ. މަގޭ ކޮއްކޮ އީނާއާއެކު އުޅޭނީ. އޯހް. އެންމެ މުހިއްމު ތަންކޮޅުދޯ. ޝީއިސް ސިންގަލް. ފުރިހަމަ ނަމަކީ އާމިނަތު ކައިރާ އަފީފް. އުޅޭނީ ހޮސްޕިޓަލްގެ ވައަތްފަރާތު ހުންނަ ގޭގަ. ދެން ފޯން ނަންބަރ..” ” ހޯހޯހޯ. ކާމް ޑައުން ބުރޯ. ބްރީތް. ބްރީތް. ތިހާވަރު ވާކަށް އަދި ނުވެޔޭ.” ރީހާން އެއްނޭވާއިން ހުރިހާ ވާހަކަތަކެއް ދައްކަންފެށުމުން ނާއިކް ހިނިއަންނަ ގޮތްވިއެވެ. ” ހުއް. ކިޔައިދޭންޖެހޭނެނު. ތިއޮތީ ހިތްކިޔައިފަ ވިއްޔާ” ރީހާން އަދިވެސް ބެލީ ނާއިކްއާ […]
ފަތިހުގެ ހަމަހިމޭންކަން މުޅި މާހައުލަށް ވެރިވެފައިވާއިރު ހާލާއި ކޮވެލީގެ އަޑު ދޭތެރެއަކުން އިވިލައެވެ. ގަސްތަކާއި ރުއްތައް ދެއަތަށް ހެލިލާއިރު ޖެހޭ މަޑު ވައިރޯޅިތަކުން ސިކުނޑިތަކާއި ނަފްސުތަކަށް ފިނިކަން ލިބޭހާވެއެވެ. އިރު ދުނިޔެ މައްޗަށް ފައުޅުވުމުގެ ވަގުތު ކުޑަތަން ވެފައިވާކަމުގެ ހެކިތައް އުޑުމަތިން ފެނި ބިންގަނޑު އަލިވަމުން ދިޔައެވެ. ވިސްނާފިކުރު ކުރާ މީހަކަށް ޤުދުރަތުގެ އަޖާއިބުތަކާއި މެދު ފިކުރުކުރެވޭނެއެވެ. ކުޅަދުންވަންތަކަމުގެ ހެކިތަކާއި ޢަޒަލިއްޔަ ޤާނޫނުގެ ފުރިހަމަކަމެވެ. އާދުވަހަކަށް އިރުއަރައި އެއިރުއޮއްސި އެދުވަސް މާޒީއާއި އެކުވެދެއެވެ. ބައެއްގެ ހިތްތަކަށް […]