އެއަރޕޯޓުން ނިކުތްގޮތަށް އެންމެ ފުރަތަމަވެސް ހަޔާ ހޯދާލީ އޭނާގެ ލޯބިވެރިޔާ ފާތިކްއެވެ. އެއްއަތުން ފޮށީގައި ހިފައިގެން ހުރެ އަނެއްއަތުން ލޮލުގައިވާ އަވިއައިނު ރީތިކޮށްލިއެވެ. ދެކޮޅު ހޯދާ ބަލަމުން ދިޔައީ އެއްވެސް ދިމާލަކުން ފާތިކް ފެނޭތޯއެވެ. އެތާ ހުންނަތާ ދިހަ މިނެޓްވީއިރުވެސް ފާތިކްގެ ހަބަރެއް ނުވުމުން މޫނު ކުނިކޮށްލަމުން ހަޔާ ހިނގައިގަތީ ޓެކްސީ ކިއު އާއި ދިމާއަށެވެ. އެހިސާބަށް ރަނގަޅަށް ނުދެވެނިސް ރަތްކުލައިގެ ކާރެއްގައި ފާތިކް އައިސް މަޑުކޮށްލީ ހަޔާގެ ކުރިމައްޗަށެވެ. ދޮރުގެ ލޯގަނޑު ތިރިކޮށްލަމުން ފާތިކް ހަޔާއަށް […]
އޭނާއަކަށް ނޭނގޭނެއެވެ. އަހަރެން އިންތިހާއަށް އޭނާދެކެ ލޯބިވިކަމެއް އޭނާއަކަށް ނޭނގޭނެއެވެ. މެންދަމުގެ އެހިތްޤައިމު ވަގުތު މޫދުގައި ނަގާ ކުދި ކުދި ރާޅުތަކަށް ބަލަންއިންއިރު އަހަރެންގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެބަސްތަކެވެ. އޭނައަކަށް ނޭނގޭނެއެވެ. ދެން ދުވަހަކުވެސް އޭނާއަކަށް ނޭނގޭނެއެވެ. ބީޗުގެ އެއްދިމާލުގައި ދިއްލިފައިވާ ލައިޓްގެ އަލީގައި ވަރަށް ސާފުކޮށް އެހިތްޤައިމު މަންޒަރު އަހަންނަށް ފެންނަމުން ދިޔައެވެ. އެވަގުތު ޖެހެމުންދިޔަ މަޑު މަޑު ލުއި ލުއި ވައިރޯޅިތަކާއި އެރީތި މަންޒަރުން އަހަރެންގެ ހިތަކަށް ކުޑަވެސް ހިތްހަމަޖެހުމެއް ނުލިބެއެވެ. އަހަރެންގެ […]
އައްސަލާމް އަލައިކުމް އެކުވެރި ކިޔުންތެރިން.. އަޅުގަނޑަށް ކިޔަނީ އާނިކާ… ލޯބިން ކިޔާ އުޅެނީ އަކީ… އަޅުގަނޑުގެ ފަރާތުން ތިހުރިހާ ކިޔުންތެރިންނަށްވެސް ކޮންމެ ދުވަހަކުވެސް ކުރުވާހަކައެއް ކިޔާލަން ލިބޭނެ އިންޝާﷲ.. ލޯތްބާއި ހިތާމަ އާއި އެކުލެވިގެންވާ އަސަރުންފުރިގެންވާ ވާހަކަތައް ކިޔާލަން ބޭނުންނަމަ އަޅުގަނޑުގެ ވާހަކަތައް ކިޔާލައްވާ.. އިންޝާﷲ ތިހުރިހާ ކިޔުންތެރިން ލޯބި ކުރާނެ ކަހަލަ ހިތްގައިމު ރީތި ވާހަަކަ ތަކެެއް ގެނެސްދެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން.. ވީމާ ތިއެންމެހާ ކިޔުންތެރިންވެސް އަޅުގަނޑުގެ މަސައްކަތަށް އެއްބާރުލުން ދީ ރަނގަޅުކުރަންޖެހޭ ކަމެއް އޮތް ނަމަ ބުނެލަ ދެއްވުން އެދެން.. ކުޑަ އިރުކޮޅެއްގެ ތެރޭގައި އަޅުގަނޑުގެ ފުރަތަމަ ވާހަކަ ” އޭނައަކަށް ނޭނގޭނެއެވެ.” އިންޝާﷲ އަޕްލޯޑްކޮށްލާނަމެވެ.