*”ދޮންބެ.. ފޯނުނަގާބަލަ” “ކީތް ވި” މައިރާ ފަހަތުން އައި ޝިއާ ސުވާލުކޮށްލިއެވެ. ދޮންބެ ފޯނެއް ނުނެގި” މައިރާ މިހެން ބުނީ ވަރަށް މާޔޫސްވެފައެވެ. އެއީ އޭނާ ހިނގާފައި ގެއައްދާން ޖެހޭތީއެވެ.”ލިފްޓެއް ބޭނުން ތަ” ދުރުން އިވުނު ފިރިހެން އަޑުން މައިރާ އިސްޖަހާލިއެވެ. އެމީހަކާއި އެކު ކިތަންމެ މަދު ވަގުތެއް ހޭދަވިޔަސް މައިރާއަށް އެ އަޑެއް ނޯޅޭނެއެވެ.* އެ އަޑަކީ ޝައިލް ނޫން އިތުރު މީހެއްގެ އަޑެއް ނޫނެވެ.” ދޮންބެ ދޭބަ މައިރާ ގެއަށް ލައިދޭން” ޝިއާ […]
*”ވާވް އަހަރެމެންގެ މައިރާ ވެސް ބޮޑުވެއްޖެޔޭ ދޯ.. ތި ޖެހުނީ ތި ޝައިލްއެއް ހޯދާކަށްނު” ސަނާ ވަރަށް ވެލާފައި އެހެން ބުނެލިއެވެ.” އޭ ކަލޭމެން އަނެއްކާ ޝައިލް ކައިރި ނުބުނާތި” މައިރާ އަނެއްކާ ސީރިއެސް ވެލާފައި ބުންޏެވެ. “ވައި ނޮޓް”ޝިއާ އާއި ސަނާއަށް އެއްފަހަރާ ބުނެވުނެވެ.* “އަދި ނޭންގޭ އެންނު ޝައިލްގެ ލައިފްގައި އެހެން ކުއްޖެއް ނެއްކަމެއް، އޭ ޝިއާ އިއްޗެއް ހިތައް ނާރުވަ ކަމެއް ކޮށްދިބަލަ” މައިރާ ސީރިއެސްކޮށް ވާހަކަ ދައްކަން ފަށާފައިވެސް ވާހަކަ ނިމުނުއިރު […]
ފަތިސް ނަމާދު ބަންގީގެ އަޑަށް ނިދާފައޮތް މައިރާ އައް ހޭލެވުނެވެ. ކޮންމެދުވަހަކު ނަމާދަށް ހޭލާތީ މައިރާއަށް އެއީ އެހާ އުނދަގޫ ކަމެއް ނޫނެވެ. އެނދުން ތެދުވެ ވުޟޫ ކޮށްގެން އައި އިރު އެނދުމަތީގައި އިން މާއިން ފެނިފައި މައިރާ ދިއައީ ސިއްސައިގެންނެވެ.” ދޮންބެ މިއަދު ހާދަ އަވަހަކަށް ހޭލީ، ތީ އެހެންނޫނީ ފެން އެއްޗެއް ނާޅަނީސް ހޭލާ މީހެއް ނޫން”. މައިރާ ތުންގަނޑު އޫކޮށްލިއެވެ. އެއީ ކޮންމެދުވަހަކު މާއިން ގަޔަށް ފެން އެޅުމަކީ މައިރާއަށް ވަރަށް މަޖާކަމަކަށްވާތީއެވެ. […]