އުމުރަށް އެކުގައި 1
ފަތިސް ނަމާދު ބަންގީގެ އަޑަށް ނިދާފައޮތް މައިރާ އައް ހޭލެވުނެވެ. ކޮންމެދުވަހަކު ނަމާދަށް ހޭލާތީ މައިރާއަށް އެއީ އެހާ އުނދަގޫ ކަމެއް ނޫނެވެ. އެނދުން ތެދުވެ ވުޟޫ ކޮށްގެން އައި އިރު އެނދުމަތީގައި އިން މާއިން ފެނިފައި މައިރާ ދިއައީ ސިއްސައިގެންނެވެ.” ދޮންބެ މިއަދު ހާދަ އަވަހަކަށް ހޭލީ، ތީ އެހެންނޫނީ ފެން އެއްޗެއް ނާޅަނީސް ހޭލާ މީހެއް ނޫން”. މައިރާ ތުންގަނޑު އޫކޮށްލިއެވެ. އެއީ ކޮންމެދުވަހަކު މާއިން ގަޔަށް ފެން އެޅުމަކީ މައިރާއަށް ވަރަށް މަޖާކަމަކަށްވާތީއެވެ.
ނަމަވެސް މިއަދު އެ ފުރުސަތު ނުލިބުމުން މައިރާ އިނީ ރުޅި އައިއްސައެވެ. “ދައިތަ ގަނޑު މިއަދު އޯލެވެލް ފަހު ޓެސްޓު ވީމަ އުނދަގޫ ކުރަން މި އައީ” މާއިން ވަރަށް ނޫން ކަމަށް ހަދާލާފައި އެހެން ބުންޏަސް މައިރާއަށް އޭގައި ފޮރުވިފައިވާ މާނަ އިނގުނެވެ. “އޯހހ… ދޮންބެ ފާސް ނުވާތީވެ އަހަރެން ވެސް ފާސްވިއަ ނުދޭން ދޯ” މައިރާ އެހެން ބުނުމާއި އެކު މާއިންގެ އަނގަ ބަންދުވި އެވެ. މާއިން ބޯ ކަހަމުން ދިޔަތަން ބަލަން ހުރެފައި މައިރާ އަވަސްވެގަތީ ނަމާދު ކުރާށެވެ. ނަމާދުކޮށް ނިމިގެން ތާޒާވެލައިގެން މައިރާ ފޮތް ކިޔަން ފެށިއެވެ. ފަނަރަ މިނެޓު ފޮތް ކިޔާފައި އޭނާ ދިޔައީ ބަދިގޭގައި ސައި ހަދަން ހުރި ފައިޒާ އަށް އަތްގާތް ކޮށްދޭށެވެ.
**********
“ޝައިލް.. ޝިއާ… މީވާ ދަރިންތަކެއް މަށަށް ލިބިފައި، މިއަދު އޯލެވެލް ފަހު ޓެސްޓު އަދިވެސް ނޭންގޭ ޝިއާ ހޭލިކަމެއް” ކުދިކިޔަމުން ޝަޒިއްޔާ ބަދިގެއިން ނުކުތީ ރޮށި ފިހަން ހުރި ދޭފަތް ހިފައި ގެންނެވެ. ކިތަންމެ ތަނަވަސްކަން ލިބިފައި ވިޔަސް ޝަޒިއްޔާ ގޭގައި ނޯކަރުން ބަހައްޓާކަށް އެއްބަހެއް ނުވިއެވެ. އެއީ އޭރުން ހުރިހައި އެންމެން މާ ކަންނެތް ވާނެތީއެވެ. “މަންމާ އަހަރެން ހޭލައިފީމޭ، ދޮންބެ އަދިވެސް ނުހޭލަ” ސިޑިން ފައިބަމުން ޝިއާ ބުނެލި އެވެ. “ޝިއާ ދޭބަލަ ދޮންބެއަށް ގޮވަން” ޝަޒިއްޔާ އެހެން ބުނުމުން ފޫހި ގޮތަކަށް ލައްބައޭ ބުނެފައި އެނބުރި އައި ދިމާލަށް ދިޔައެވެ. ޝިއާ އާއި ޝައިލްގެ ކޮޓަރި ހުންނަނީ ޖެހިފައިވެ. “ދޮންބޭ..ދޮންބޭ ދެން ހޭލަބަލަ ނިދަންމިޔަރާ” ޝިއާ ދޮރުގައި ގޮންމުއްކަވަފައި ޖަހަމުން ގޮވަންފެށިއެވެ. ” ޕިސް ޕިސް ޝިއާ، އަހަރެން ހޭލައިފިމޭ” ދޮރު ހުޅުވާފައި ބޭރަށް ނުކުމެ ޝައިލް ޝިއާގެ ފަން އިސްތަށިގަނޑަށް ދަމަން ފެށިއެވެ.”ދޮންބެ ގަނޑާ މައި ހެއާރ ސްޓައިލް”ޝިއާ ހަޅޭއްލަވައިގަތެވެ. “ހޫން އެއްކަލަ ރުޅިގަނޑު އައީއެ، ދެން ފެންނާނީ މަގޭ ނޮޅާލާތަން” ޝައިލް ޝިއާއަށް މަލާމާތް ކޮށްލާފައި ދުއްވައިގަތެވެ. ޝައިލް އަދި ޝިއާއަކީވެސް ގުދުރަތުން ރީތި ސިފަތަކެއް ލިބިފައިވާ ވާ ދެކުދިންނެވެ. ޝިއާ ރުޅި އައިއްސަ ތިރިއަށް ފޭބި އިރު ޝަޒިއްޔާ ހުރީ ސައި ހަދާފައެވެ. “ޝިއާ އާދެ ސައިބޯން،ދޮންބެއައް ގޮވަން ދިޔަ ކުއްޖާތީ.. ދޮންބެ މިހާރު ސައިބޮއެ ނިމުނީއެ”ޝަޒިއްޔާ ބުނެލިއެވެ. “އަހަރެން ސުކޫލުން އައިއްސަ ސައިބޯނީ،ދޮންބޭ އާދެބަ އަހަރެން ސުކޫލަށް ލައިދޭން” ޝިއާ އެހެން ބުނުމުން ޝައިލް އާނއެކޭ ބުނެފައި ހިނގައިގަތެވެ.
************
” ދޮންބެ ހިނގާބަލަ އަހަރެން ސުކޫލަށް ލައިދޭން.” މައިރާ ސައިބޮއެ ނިމިގެން ބުނެލިއެވެ. “ކޮބާ މިއަދު ސަނާ” މާއިން ދާން މަސައްކަތައް އެހެން އެހިއެވެ. “ސަނާ ގުޅާފަ ބުނި މިއަދު ކަޒިންއެއް ގެއަށް ގޮއްސަޔޯ ދެވޭނީ އެހެންވެ އަހަރެން ބުނިން އަހަރެން ދާނީ ދޮންބެޔާ އެއްކޮށޭ.” މައިރާ މިއަދު ފޮތް ކިޔަން އިންދާ ސަނާ ގުޅާފައި ދެއްކި ވާހަކަތައް ކިޔައިދިނެވެ. “ހިނގަދާން” މައިރާއެހެން ބުނުމުން މާއިން މަޑުމަޑުން ހިނގާފައި ދިޔައެވެ. ސަނާ ނާންނަ ވާހަކަ ބުނުމުން މާއިން އަށް ވީ ކިހިނެއްކަން އިނގޭނީ ހެއްދެވި ފަރާތައް ށެވެ.ސަނާ އަކީ މައިރާގެ ވަރަށް ގާތް ރަހުމަތްތެރިއެކެވެ. ހަމައެހެންމެ ސަނާ އަކީ މާއިން ގެ ލޯބިވެރިޔާ އެވެ. ނަމަވެސް އަދިއަދަށް ވެސް މާއިން އަކަށް އެ ވާހަކަ ސަނާ ކައިރީ ބުނާކަށް ނުކެރެއެވެ. އެއީ ސަނާ މާއިންގެ ލޯތްބަށް އިންކާރުކޮށްފާނެ ކަމުގެ ބިރު އޮތުމުންނެވެ. އަދި ކޮއްކޮގެ އެންމެ ގާތް އެކުވެރިޔާއަށް އެކަހަލަ ނަޒަރަކުން ދެކުނީތީ މައިރާ ރުޅިއައިސް ދާނެތީ ވެސް މެއެވެ.
މާއިން އާއި ޝައިލް އަށް ސުކޫލު ދޮށަށް ސައިކަލު ހުއްޓުނީ އެއްފަހަރާ އެވެ. “މައިރާ” ޝިއާ ގޮވާލި އަޑަށް މައިރާ ޝިއާ އާއި ދިމާއަށް ބަލައިލި އެވެ. މައިރާ އާއި ޝިއާއަކީ ގާތް ނޫނަސް އެކުވެރިންނެވެ.”މައިރާ” ޝައިލްއަށް ހިތާހިތުން އެނަން ކިޔާލެވުނު އިރު ޝައިލްގެ ތުންފަތަށް ރީތި ހިނިތުންވުމެއް ވެރިވިއެވެ. މައިރާއަށް ޝައިލް އާ ދިމާލަށް ބަލަން ހުރެވުނީ ނޭންގުމެއްގެ ތެރޭގައެވެ. ޝައިލް ލައިގެން ހުރި ގަދަ ނޫ ކުލައިގެ ޓީޝާޓުގެ މަތިން ކަޅު ކުލައިގެ ޖެކެޓެއް ލައިގެން ހުރި އިރު އެ ކަޅުކަން ގަދަ އިސްތަށިގަނޑާ ވަރަށް ގުޅެއެވެ. ލައިގެން ހުރި އައިސް ބްލޫ ކުލައިގެ ޖިންސުން އެކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދެއެވެ. އަދި އަޅާލާފައި ހުރި އަވި އައިން އެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ޝައިލްއަށް ވެސް މައިރާއާއި ދިމާލައް ބަލައިލެވުނެވެ. މައިރާ ހުރީ ސުކޫލު ޔުނީފޯމް ލައިގެންނެވެ. މޫނުމަތީގައި ލުއި މޭކަޕެއް ކޮށްފައި ވާއިރު އެ ރީތި ފަން ބްލޮންޑް އިސްތަށިގަނޑާ ނުހަނު ގުޅެއެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވެފައި ހުރިއިރު ޝިއާ ކަރުކެހެލި އަޑައް ދެމީހުން ދިޔައީ ސިއްސައިގެންނެވެ. އެއާއި އެކު ޝިއާ އާއި މާއިން އެއްފަހަރާ ހިނިގަނޑު ޖަހާލިއެވެ. މައިރާ ލަދުން ގޮސް ސުކޫލު ހޯލް ތެރެއަށް ވަދެ ގޮނޑީގައި އިށީނެވެ. ޝިއާ ވެސް ގޮސް މައިރާ ކައިރީގައި އިށީނެވެ. އަދި ގަޑި ޖެހެން ފަސް މިނެޓު ވަރު އޮތުމުން ޝިއާ ފެށީ މައިރާއަށް އުނދަގޫ ކުރާށެވެ. “ޝައިލް ކިހިނެއް ވަނީ” ޝިއާ މިހެން ބުނީ ހަމައެކަނި މައިރާއަށް އަޑު އިވޭ ވަރަށެވެ. އެއީ ކުލާސް އަންހެން ކުދިން ޝައިލްއޭ ބުންޏަސް ހޭބަލި ވާނެއެވެ. ” ކާކޭ؟” ” މުޙަންމަދު ޝައިލް ޢަލީ.. މައި މަދާރސް އޮންލީ ސަން އެންޑް މައި އޮންލީ ބްރޯ” ޝިއާމިހެން ބުނުމާއި އެކު މައިރާ ގެ ދޮން މޫނު ޖަންބަކަށް ވުރެވެސް ރަތް ވިއެވެ. މައިރާ ސަލާމަތް ކޮށްދިނީ ކުލާހައް ވަދެގެން އައި ޓީޗަރެވެ. މައިދު އޮތީ މެކްސް ޓެސްޓު ކަމުން މައިރާ ހުރީ ވަރަށް ބިރުންނެވެ. ޓެސްޓު ނިންމާފައި ޝިއާ އާއި މައިރާ ގެއަށް ދިޔައީ އެއްކޮށެވެ. އެމީހުންނާއި އެއްކޮށް ސަނާވެސް ދިޔައެވެ.ޝިއާ ގެ ކަމަކީ މައިރާއާއި ޝައިލް އަޅުވާކިޔުމެވެ. ސަނާވެސް ދޭތެރެ ދޭތެރެއިން މައިރާއަށް އުނދަގޫކޮށްލައެވެ. ސަނާ އަކީ އެހާ ވާހަކަ ގިނަ ކުއްޖެއް ނޫނެވެ. ނަމަވެސް ހިތައް އަރައިފިއްޔާ އަނގަގަދަ މިތުރަކަށް ދުލެއް ނުކުރާނެއެވެ. މައިރާ އަދި ޝިއާ ގެ އެއް މިޒާޖެއް ހުންނާތީ ދެ ކުދިން ވަނީ ވަރަށް ގާތް އެކުވެރިންނަށް ވެފައެވެ. ދެމީހުންގެ ގެ ހުންނަނީ ދެ ގޯޅިއެއްގަ ކަމުން ދެމީހުން ދެ ދިމާލަށް މިސްރާބު ޖެހިއެވެ. ނަމަވެސް ސަނާ އާއި މައިރާ ދިޔައީ އެއްކޮށެވެ
ގެއައް ވަން މައިރާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ސޯފާއަށް ވެއްޓިގަނެގެން އޮތް މާއިންއެވެ. “މަންމާ އިނގޭތަ މި މައިރާ މިހާ އަވަހަށް މަށަށް ޅިޔަނެއް ހޯދައިފި.” މާއިންއަޑުގެ ނެއްތަނަށް ހަޅޭއް ލަވައިގަތެވެ.” ދޮންބޭ” މައިރާގެ މޫނުމައްޗަށް އެރި ކުލަވަރު ބަލަންހުރި މާއިންއަށް ހިނިގަނޑު ހިފަހައްޓަން ވީ އުނދަގޫ ކަމަކަށެވެ. މާއިން ހިނިގަނޑު ފަޅާލުމައިއެކު ވީ ކީއްކަން މައިރާއަށް ރެއަކާލިއެވެ.”ދައިތަ ގަނޑު ބިރުގަތީތަ، ހެހެ.. މަންމަ އޯކޭ ވާނެ އެންޑް މަންމަ ވީ ފިހާރައަށް ގޮއްސަ.” މާއިން ވާހަކަ ނިމުނުއިރު މައިރާ ހުރީ ރުޅިއައިސް ރަތް ވެފައެވެ. “އޭ އަހަރެންނާއި ދިމާލައް ދައިތަ ގަނޑު ނުކިޔާތި.. ފޮނި ހަސަނު” މައިރާ އެހެން ބުނެފައި ކޮޓަރިއަށް ވަދެ ތަޅުލާފައި ސަނާ އާއި ޝިއާއަށް ގުޅިއެވެ. ތިންމީހުން ހަވީރު ހިނގާ ލަން ދާން ބުނެފައި ފޯނު ކޯލު ކުރުކޮށްލީ ބަންގިގޮވީމައެވެ.
ޝިއާ މައިރާއާއި ވާހަކަ ދައްކާ ނިންމާފައި ނަމާދު ކޮށްގެން ބޭރަށް ނުކުތްއިރު ގޭގައި މީހަކު ނޫޅޭތީ އޭނާ މިސްރާބު ޖެހީ ގޭ ފުޅައް ތެރޭގައި ހުންނަ ކުޑަ ހަޓައްށެވެ. ބޭރަށް ނުކުތްއިރު ހަޓުގައި ޝައިލް އިންތަން ފެނުމުން ޝިއާ ބޭނުންވީ ޝައިލްއަށް އުނދަގޫ ކުރާށެވެ.”މައިރާ…” ޝިއާ ހަޅޭއްލަވަގަން އަޑަށް ޝައިލް އަށް ގެއައް ވަންނަ ގޭޓާދިމާއައް ބަލައިލެވުނީ ކުއްލިއަކަށެވެ. ޝިއާއަށް މިތަން ފެނި ޕަކަޕަކަ ލާފަ ހޭން ފެށުނެވެ. ޝައިލް މޫނުމައްޗަށް ގޮތެއް ހަދާލިއެވެ. ” އޯ މައި ބްރޯ އިޒް އިން ލަވް.. މިޖެހުނީ ބޮނޑިބަތް ކައްކަން” ޝިއާ ވަރަށް ފޮނި ވެލާފައި ބުންޏެވެ. ” ޝިއާ އައި އީވެން ޑޯންޓް ނޯ ހޫ އިޒް ޝީ”ޝައިލް ދޮގެއް ހަދާލިއެވެ. ހަގީގަތުގައި އެއީ ދޮގެއްވެސް ނޫނެވެ. ޝައިލް މައިރާ ފެނުނީ އަދި މިއަދެވެ. ނަމަވެސް މައިރާ ފެނުމުން ޝައިލްގެ ހިތުގައި ތަފާތު ވިންދެއް ޖަހާލިކަން ޝައިލްއަށް އިހުސާސް ވިއެވެ.. މީގެ ތިން އަހަރު ކުރިން ޝައިލް ލަންޑަންއަށް އޭނާގެ އެންމެ ގާތް އެކުވެރިޔާ ނާއިޝްއާއި އެކު ކިޔަވަން ދިޔަ ގޮތައް ޝައިލް އެނބުރި ރާއްޖެ އައީ މީގެ ދެ ހަފްތާ ވަރު ކުރިންނެވެ. ” އެހެންތަ.. ތިކަމެއް ދެން އިނގިދާނެތާ” ޝިއާ ޝައިލް އާއި ދިމާލަށް ތޫނު ނަޒަރަކުން ބަލައިލާފައި އެތަނުން ދާން ހިނގައިގަތެވެ. ” ދޮންބޭ..ހަވީރު އަހަރެން މައިރާ މެން ގެއަށް ލާ ދެއްޗެ.” ދިއުމުގެ ކުރިން ޝިއާ އެހެންބުނެލިއެވެ.”އެއީ ކީތްކުރަން” ” މައިރާ ބުނީ ހަވީރު ރަސްފަންނަށް ގޮސްލަން” ޝައިލް ހޫން އަޅުވާލުމުން ޝިއާ ދިޔައީ ކޮޓަރިއަށް ރެޑީވާންށެވެ.
ހަވީރު ރީތި ވެގެން ތިން ކުދިން މިސްރާބުޖެހީ ރަސްފަންނާ ދިމާއަށެވެ. “އަހަރެން އެބަ އަންނަން ޖޫގޯ ގަނެގެން” ޝިއާ ތިން މީހުންނަށް ޖޫގޯ ގަންނަން ދިޔައެވެ.
ތިންމީހުން މަޑުމަޑުން ހިނގާފައި ގޮސް ސިމެންތި ގޮނޑިއެއްގައި އިށީނެވެ. ސަނާ އާއި ޝިއާ ވާހަކައިގައި އިން އިރު މައިރާ އިނީ ޝައިލް އާއި މެދު ވިސްނާށެވެ. މީގެ ކުރިންވެސް މައިރާއަށް ފިރިހެން ކުދިން ރީތި ވެފައި އެކަމަށް ތައުރީފް ކުރެވިފައިވެއެވެ. ނަމަވެސް ‘ލޯބި’ މި ބަހަކީ މައިރާ އެންމެ ނަފުރަތު ކުރާ އެއް ބަހެވެ. އެއީ ސުކޫލުގައި ކުދިން ބިޓު ކަޓައިގެން ރޯވަރު މައިރާއަށް ފެނިފައި ވާތީއާއި އެކު މައިރާއަށް އަދި އަދަށް ފިރިހެން ކުއްޖަކު ދެކެ ލޯބި ވެވިފައި ނުވާތީއެވެ. ނަމަވެސް ޝައިލް ފެނުމުން މައިރާގެ ހިތުގައި ޖަހަން ފެށީ ތަފާތު ވިންދެކެވެ. “މައިރާ” ސަނާ ގޮވާލި އަޑަށް މައިރާ ސިހިފައި ދެ މީހުންގެ މޫނަށް ބަލައިލި އެވެ. “ކީކޭ” އަބަދު ވާހަކަ ހުސްނުވާ ކުއްޖާ މަޑުން ޖަވާބު ދިނުމުން ސަނާއަށް ކަމެއް ގޯސް ވެއްޖެ ކަން އިނގުނެވެ. “މައީ އާ ޔޫ އޯލްރައިޓް” ސަނާ ކޮށްލީ ސުވާލެކެވެ. “ހްމްމް” މައިރާ މިފަހަރުވެސް ޖަވާބު ދިނީ ކިރިއާ އެ ދެމީހުންނަށް އަޑުއިވޭ ވަރަށެވެ. ޝިއާ ވެސް ވާނުވާގައި މައިރާއާއި ދިމާލަށް ބަލަހައްޓައިގެންއިނެވެ. އެ ކުޑަ ވަގުތު ކޮޅުގައި ޝިއާއަށް ވެސް މައިރާގެ މިޒާޖު އެނގުނެވެ. އެހެންކަމުން އެހާ މަޑުން ޖަވާބު ދިނީ ކަމެއް ގޯސް ވީމަކަން ޝިއާއަށް އެނގުނެވެ. “މައިރާ ކޮން ދޮގެއް، އަހަރެންނަށް އިނގޭ މައިރާ ރަނގަޅު ނޫންކަން، މައިރާއަށް އަހަރެންނަކަށް ދޮގެއް ނުހެދޭނެ، ވީ އާ ބެސްޓްފްރެންޑްސް ރައިޓް.” ސަނާ އެހެން ބުނުމުން މައިރާ ވެސް ނިންމީ ސަނާއަށް ކިޔައި ދޭށެވެ. ނު ކިޔައި ދެނީސް އެ ބޯ ހަރު މަންޖެ ދުލެއްވެސް ނުކުރާނެއެވެ. ” ސަނާ.. ސަނާއަށް ވެސް އިނގޭނެ އައި ޑޯންޓް ލައިކް ބޯއިސް… އެކަމު ޝައިލް ފެނުމުން އަހަރެންނަށް ވީ އެހެން ގޮތެއް….އައި ތިންކް އައި ލައިކް ހިމް،…ޝިއާ އޯކޭތަ” މައިރާ ޝިއާއަށް ބަލައިލީ ޝިއާ މައިރާ ދެކެ ރުޅިއައިސް ދާނެތީ އެވެ. ” އަފްކޯރޒް، އަހަރެން ކީއްވެ އޯކޭ ނުވާންވީ އެންޑް ދޮންބެ އަކަށް މައިރާއަށް ވުރެ ރަނގަޅު ލައިފް ޕާރޓްނާއެއް ނުލިބޭނެ.” ޝިއާ އެހެން ބުނުމުން މައިރާ ހިންހަމޖެހުނެވެ. “ވާވް އަހަރެމެންގެ މައިރާ ވެސް ބޮޑުވެއްޖެޔޭ ދޯ.. ތި ޖެހުނީ ތި ޝައިލްއެއް ހޯދާކަށްނު” ސަނާ ވަރަށް ވެލާފައި އެހެން ބުނެލިއެވެ.” އޭ ކަލޭމެން އަނެއްކާ ޝައިލް ކައިރީ ނުބުނާތި” މައިރާ އަނެއްކާ ސީރިއެސް ވެލާފައި ބުންޏެވެ. “ވައި ނޮޓް”ޝިއާ އާއި ސަނާއަށް އެއްފަހަރާ ބުނެވުނެވެ.
ނުނިމޭ…
