Skip to content
އެސްފިޔަ

ބޭނުމޭ އިޝްގާ…! (1)

ރަތާއި އޮރެންޖު ކުލައިގެ ވިލާތަކުން މުޅި އުދަރެސް ބައްދާލާފައި ވީއިރު ފެނުން ތޮޅެލި އިރުގެ ރަން ދޯދިތަކުން މަޑުމަޑުން މުޅި ހިސާބު ވިރުވައިލި ރަންގަނޑެއްހެން އަލި ކުރަމުން ދިޔައެވެ. ފަތިހުގެ ވަގުތައް ގޮވާ ހައުތަކާއި ކޮވެލީގެ އަޑުން ހިތްތަކަށް އުފާވެރިކަން ގެނެސްދެމުން އެދަނީ އިތުރަށް މަންޒަރު ފުރިހަމަ ކޮށްދެމުންނެވެ. އެއާއެކު މަގުމަތީގައި ހޭލަ މޭލަ ވަމުންދާ މީހުން ގިނަވަމުން ދިޔައެވެ. މަސްވެރިންނާއި މަގު ކުނިކަހަން ނުކުންނަ މުރާލި އަންހެނުންނެވެ. ގޮނޑުދޮށަށް މަސްހިފަންދާ ޅަފުރައިގެ ކުދިންނެވެ.
” ދަރިފުޅާ ސޮފާ. ހަފީޒާ. ކޮބައިތަ އެމަންޖެ؟ މިއަދު ނުހޭލަނީތަ؟ ޕިސް.ޕިސް މީ ވާ ކުއްޖެއް.؟” އެދުމަތީގައި ގަދަޔަށް ނިދާފައި އޮތް ސޮފާ ފެނުމާއެކު ހާލިދަށް ޗޮކެއް ކަނޑާލެވުނެވެ. ހާލިދުގެ އަޑަށް މައިގެ ތެރޭގައި ހުރި އުނދޯންޔެއްގައި ގުޑުގުޑާ ދަމަން އިން ހަފީޒާވެސް ދެފަރާތައް ބޯހޫރާލަމުން ތެދުވީ އަނެއްކާވެސް ސޮފާއަށް ގޮވާށެވެ.
” ސޮފާ. ސޮފާ. ދެން ހޭލަބަލަ ދަރިފުޅާ. މާމަ އެވަރަށް ގޮވާފައި ދިޔައީމަވެސް ދަރިފުޅު ތިޔަ އޮންނަނީ. ދެން ތެދުވަން އުޅޭ. މިހާރު ޖަނާ އެކަނި ހުރިހާ ކަމެއްކޮށް ނިންމަނީ އެ. ތިހާ ފުޅަވެގެން ކިހިނެއް މީހަކާ އިދެނގެންވެސް އުޅޭނީ. ނިކަން ޖަނާއަށް ބަލާބަލަ. އެ ފަކީރު އެކަނި ގޭގެ ހުރިހާ ކަމެއް އެކުރަނީ. މާމަ ގޮވާކަށް ނުޖެހޭ. އަމިއްލައަށް ފަތިސް ނަމާދަށް ހޭލާގޮތައް އެއުޅެނީ. ދެން ތެދުވޭ. ” ނިދާފައިއޮތް ސޮފާގެ ދެކޮލުގައި މަޑުމަޑުން ޖަހާލަމުން ހަފީޒާ ސޮފާ ހޭލާތޯ މަސައްކަތް ކުރިއެވެ. އެހެނަސް ސޮފާ އަގައިން އަޑެއް ލައްވާލަމުން ބާލީހުގައި މޫނު ފޮރުވާލީއެވެ. އެއާއެކު ހަފީޒާ ރުޅި އަންނަ ގޮތް ވިއެވެ. ކުއްލިއަކަށް ބާލިސް ދަމައިގަންނަމުން ތަންކޮޅެއް ބާރަށް ހަފީޒާ ސޮފާއަށް ގޮވާލުމާއެކު ސޮފާ ފުންމައިގެން ތެދުވެއްޖެއެވެ.
” އަޅެ މާމާ. ނަމާދު ނުކުރެވޭތީއޭ ނުތެދުވީ. އެހެންނޫނަސް ޖަނާ އައި ފަހުން މާމަމެނަށް އަޅުގަނޑު ކައްކާ އެއްޗެހި މީރެއްވެސް ނުވޭ ވިއްޔަ. ގޯތި ކުނި ކެހިޔަސް ޖަނާ އަލުން ކަހާނެ. ތެލި ތަށި ދޮވުނަސް އަލުން ދޮންނާނެ. އަހަރެން ކުރާ އެއްކަމެއްވެސް ރަނގަޅެއް ނުވޭ. ދެން ކީއްކުރަން ތެދުވަންވީ. ” ސޮފާ ބޯކަހާލަމުން ހަފީޒާއާ ދިމާއަށް ބަލާލުމާއެކު އަނެއްކާވެސް ދެލޯ މަރާލިއެވެ.
” ބަލަ ދަރިފުޅު ފަރުވާތެރިވެ ރަނގަޅަށް ނުކުރާތީއެއްނު ޖަނާ އަލުން ކުރަނީ. ކައްކާ އެއްޗެހީގައި ރަހަޔަކުން ރަހަޔެއް ނުލާނެ. ކުނި ކަހަނީ މަތި މަތިން. ތެލި ތަށި ދޮންނަނީވެސް އެއްފަޅިން. ކާއެއްޗެހި ރަނގަޅަށް ނުފިލާތާ އޯމޯވެސް ނުފިލާ. ދަރިފުޅު ރަނގަޅަށް ކަންތައްތައް ނުކުރާތީއޭ ޖަނާ އެކަންތައްތައް އަލުން ކުރަނީ.. ނިކަން ތެދުވެ ޖަނާ ފުރުމުގެ ކުރިން ރަނގަޅަށް ކަންތައް ކުރަން ދަސްކޮށްބަލަ. ޖަނާ އަށްވުރެ ދަރިފުޅު ދޮށި. އެކަމަކު އަދިވެސް ދަރިފުޅު ތިއުޅެނީ ކުޑަކުއްޖެއްހެން..” ހަފީޒާ ސޮފާއަށް ވިސްނައި ދެވޭތޯ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ކޮންމެ ފަހަރެކޭ އެއްގޮތަށް މިފަހަރުވެސް ސޮފާ ހަފީޒާގެ ބަސްތަކަށް ދިނީ ބީރު ކަންފަތެކެވެ.
” މާމަމެނަށް އަބަދުވެސް ރަނގަޅުވާނީ ޖަނާ. އަހަރެން ކުރާ އެއްވެސް ކަމެއް މާމަމެނަށް ދުވަހަކުވެސް ރަނގަޅުވިތަ؟ އެހެންނޫނަސް ގޭތެރޭ ކަންތައް ކޮށްގެނެއް ނޫނޭ މިޒަމާނުގަ މީހުން މީހުނާ އިންނަނީ. މާމައަކަށް ނޭނގޭނެ. މުއްސަނދި ފިރިހެނަކާ އިނީމަ ނުޖެހޭނެ ކޮންމެހެން ގޭތެރޭ މަސައްކަތް ކުރާކަށް. ދުވާލު ހަތަރުދަމު ޖަނާ އުޅޭހެން އުޅެން ވެއްޖެނަމަ އަހަރެންވެސް ހުންނާނީ ޖަނާހެން ކަންނޭނގެ. ފަލަކޮށް، މޫނުމަތީގައި އެއްވެސް ތާޒާ ކަމެއް ނެތި. އަހަރެން ހިތަށް އަރާ ޖަނާ އެއީ ހަމަ އަހަރެންގެ ކޮއްކޮއެއް ބާއޭވެސް. ކިތަންމެ ފަހަރަކު ބުނެވިއްޖެ ޑައެޓް ކުރާށޭވެސް. ޖޮގިންއަށް ދާށޭވެސް. އެކަމަކު ކީއްކުރާނީ. އަހަރެން ދައްކާ ވާހަކައެއް އޭނަ އަޑެއް ނާހާނެވިއްޔަ.” ސޮފާ ވިސްނާނުލާ ދެއްކުނު ވާހަކައިން އެ ދެލޮލުގައިވި ނިދި ވަގުތުން ފިލާގޮސް ރަނގަޅަށްވެސް ހޭލެވިއްޖެއެވެ. އޭރު ހަފީޒާ ދެބުމަ ގޮށްޖަހައިލައިގެން ސޮފާގެ މޫނަށް ބަލަންއިނީ ހައިރާންވެހުރެއެވެ. އެ ބަލި ސިކުނޑީގައި އެއްފަހަރާ އެތައް ސުވާލެއް އުފެދެމުންދިޔައެވެ. ކަންބޮޑުވެފައި ހަފީޒާއަށް ބަލަހައްޓައިގެންއިން ސޮފާ އިތުރަށް ހާސްވީ ދޮރުމަތީގައި ޖޯޑެއް އަތަށް ލައިގެން ހުއްޓުން އަރާފައިހުރި ޖަނާ ފެނިފައެވެ. ސޮފާގެ އެ ހާސްކަންފެނި ހަފީޒާއަށްވެސް ފަސްއެނބުރި ބަލާލެވުނެވެ.
ލޮލަށް ޖަމާވެފައިހުރި ބޮޑެތި ކަރުނަތިކިތައް ހިންދާލުމަށް ދެތިންފަހަރު އެސްފިޔަ ޖަހާލަމުން ޖަނާ ހިނިތުން ވެލަމުން ކޮޓަރިތެރެއަށް ވަނެވެ. އެއާއެކު މުޅި ކޮޓަރި ތެރޭގައި ކޮފީގެ މީރުވަސް ހިފާލިއެވެ. އަވަސް ހިނގުމެއްގައި ގޮސް އެނދު ކައިރީހުރި ކުޑަ މޭޒުމަތީ ޖޯޑު ބަހައްޓާލިއެވެ.
” މާމާ. ސައި ހުންނާނެ ހަދާފައި. ހިނގާ ސައިބޯން. ކާފަވެސް އެބައިން މިހާރު ސައިބޯން. ދޮންތަ ހޭލި ވާހަކަ ކާފަ ބުނީމަ މިއައީ ކޮފީ ހިފައިން. ” ޖަނާ އިސްޖެހިފައިހުރެ ހަފީޒާ ކައިރީ ސައިބޯން ދިއުމަށް ބުނި އިރު އެއަޑުގައި ވި ތުރުތުރުން ސޮފާ ދެއްކި ވާހަކަތައް ޖަނާއަށް އަޑުއިވުނުކަން ރަނގަޅަށްވެސް ހާމަވެގެން ދިޔައެވެ. ހަފީޒާ ޖަނާގެ ބޮލުން ފެށިގެން ފަޔާ ހަމައަށް ވަރަށް ރަނގަޅަށް ބަލާލިއެވެ.
” ޖަނާ ފަލަތަ؟ މާމައަކަށް ނޭނގެ ސޮފާއަށް ޖަނާ ފަލަވި ގޮތެއް. ކިހާ ލޯބިތަ މި މަންޖެ. ގައިމުވެސް މާމައަކަށް ޖަނާ ފަލައެއް ނޫން. ސޮފާގެ ތިޔަ ވިސްނުމަކީ ކޮންތާކުން އައި އެއްޗެއްތަ؟ ބަލަ ތި ހީކުރާހާ މުއްސަނދި މީހުނެއް ނޫޅެއޭ މިހާރަކު. ކަމެއް ދަސްވެފަ އޮތުމަކުން އަދި ގެއްލުމެއް ނެތެއްނު. މާމައަކަށް ނޭނގެ ދަރިފުޅު ޖަނާއަށް ތިހާ ނަފްރަތު ކުރަނީ ކީއްވެ ކަމެއް. ގައިމު އެކެއްގެ ދަރިން ވިއްޔަ. ” ހަފީޒާ ޖަނާގެ އަތުގައި ހިފާ އޭނާގެ ދާދި ގާތުގައި ބައިންދަމުން ޖަނާގެ ބޮލުގަ ފިރުމަމުން ދިޔައީ ވަރަށްވެސް އަސަރާއެކުގައެވެ. ހަމައެވަގުތު ތުއްތު ކުއްޖަކު ފަދައިން ހަފީޒާގެ އުނގުގާ ބޯއަޅާލަމުން ޖަނާ ރޯން ފެށިއެވެ. ސޮފާ ކަންބޮޑުވެފައި އެނދުން ތެދުވިއެވެ.
އެނދުމަތީގައި ނިދާފައި އޮތް ފިރިހެންވަންތަ ސޫރައާ ދިމާއަށް ލޮބުވެތިގޮތަކަށް ބަލަން ހުރި ޒުހާގެ މޫނުމަތީގައިވަނީ ލަދުވެތި ހިނިތުންވުމެކެވެ. ނިދިފައި އޮތް އިރުވެސް އެ މޫނުގައިވަނީ ހިނިތުންވުމެކެވެ. މޫނުމައްޗަށް ވެއްޓިފައިވާ ފަން އިސްތަށިކޮޅު ދުރަށް ޖައްސާލުމަށް ކިތަންމެ ހިތް އެދުނަސް އެކަން ކުރަން އޭނާ ޖެހިލުންވިއެވެ. އިރު އިރުކޮޅާ އޭނާގެ ނަޒަރު އެ ހިތްގައިމު ތުންފަތަށް ހުއްޓެމުންދިޔައެވެ.
“ޝިނާން ” ޒުހާ ވައި އަޑަކުން ގޮވާލިއެވެ. މަޑު މަޑުން އެމޫނު ޝިނާންގެ މޫނާ ކައިރި ކޮށްލެވުނީ އެއްވެސް އިޙުތިޔާރަކާ ނުލައެވެ. މީހެއްގެ އިޙުސާސްވުމާއެކު ޝިނާން ލޯހުޅުވާލި ވަގުތު ޒުހާ އެހާގާތުން ފެނުމާއެކީ ފުންމައިގެން ތެދުވިއެވެ. ނުވިސްނާ ހުރި ޒުހާވެސް ދިޔައީ ސިއްސައިގެނެވެ. ހީވީ ވައްކަމެއް ކުރަނިކޮށް ފަޅާ އެރިހެނެވެ. ޝިނާންއަށް ފަޟީހަތްވީހެނެވެ. އެވަގުތު ދެލޯ ބޮޑުކޮށްގެން ޒުހާއާ ދިމާއަށް ބަލަހައްޓައިގެން އިން ޝިނާން ފެނި ޒުހާ ހާސްވެ ފިނިވިއެވެ.
” މީ… މީ …. ސަލީމައްތަ ބުނެގެން… ސައި.. ބޯން..” ކުރެވެން އުޅުނު މޮޔަ ކަންތަކާމެދު ލަދުގަތްވަރުން ޒުހާއަށް ވާހަކަ ދައްކަންވެސް އުނދަގޫވިއެވެ. ޒުހާގެ ޖުމްލަ ނުނިމެނީސް ޝިނާން ބޯ ޖަހާލީ ފުންނޭވާއެއް ދޫކޮށްލަމުންނެވެ. ޒުހާ އަވަސް އަވަހަށް އެނދުން ތެދުވެ ހިނގައިގަތީ ޝިނާންގެ ކުރިމަތިން އަވަހަށް ފިލާށެވެ.
” މަޑުކޮށްބަލަ. މިހާ ހެނދުނާ ޒުހާ މިގޭގަ ކީއްކުރަނީ؟ އެވެސް މި ކޮޓަރީގަ؟ އަހަރެން އައި ޙަބަރު ޒުހާއަށް މިހާ އަވަހަށް އެންގީ ކާކު؟” ޝިނާން ދެބުމަ ގޮށް ޖަހައިގެން ހުރެ ޒުހާއާ ސުވާލަކަށްފަހު ސުވާލެއް ކުރަމުން ދިޔައެވެ. ހާސްވެފައި ހުރި ޒުހާ ހުއްޓުންއަރާފައިހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ.
“ރީން… ބުނީ” އިސްޖެހިފައިހުރި ޒުހާ ހުރީ ބިރުގަނެ ފިނިވެ ކަންބޮޑުވެފައެވެ.
ކަންބޮޑުވެފައިހުރި ސޮފާ ދެއަތް ދެއަތާ އުނގުޅަމުން ޖަނާ ރުއްސަން ބުނާނެ އެއްޗަކާމެދު ވިސްނަމުން ދިޔައެވެ. ޖަނާ ރުޅި ހަދައިފިއްޔާ ހުރިހާ ގެއްލުމެއް ލިބޭނީ ހުދު ސޮފާއަށްކަން ސޮފާއަށް ވިސްނޭ ކަހަލައެވެ. ޖަނާގެ ކައިރީ މުށިތަކުމަތީ ކުޑަކަކޫ ޖަހާލަމުން ސޮފާ ޖަނާގެ ބޮލުގައި ފިރުމަންފެށިއެވެ.
” މާމަ ދައްކާ ވާހަކަ. އަހަރެން ޖަނާއަށް ރަނގަޅަކަށޭ މިހެން މިކިޔަނީ. ބޭބީ އެއްހެން ނުރޮއެބަލަ. ދޮންތަ ޖަނާ ދެރަ ކޮށްލަން ބުނި އެއްޗެއް ނޫނޭ އެއީ. އެކަމަކު ޖަނާ އަމިއްލައަށްވެސް ވިސްނާލަބަ. މާމައަށް ޖަނާ ފެޓް ނުވިއަސް އައި އެމް ޝުއަރ ޖަނާ ފެޓްކަން. ޖަނާ ދޮންކޮށް ހުންނާތީ މާމައަށް ލޯބިހެން ހީވަނީ. އެހެންވެއޭ މި ކިޔަނީ ޖޮގިންއަށް ދާށޭ. މި ހުރިހާ ދުވަހު މާލޭގަ އުޅެފަ އައި އިރުވެސް ޖަނާއަށް އެއްވެސް ބަދަލެއް ނައިވިއްޔަ. މާލެ ދިޔުމުގެ ކުރިން ހިކެލީމަ މާލެ ދާ ތަނުން ބިޓެއްވެސް ލިބިދާނެއެއްނު. ” ސޮފާ ވިހަ ގޮތަކަށްހިނިއައިސްފައި އިނދެ ދައްކަމުންދިޔަ ވާހަކަތަކުން ޖަނާއަށް ހައްތަހާ ބޮޑަށް ރޮވެންފެށުނެވެ.
” މާތް ކަލާނގެ ރަސްކަންފުޅަށްޓަކައި ސޮފާ މި ކުއްޖާއާ ނުބެހިބަލަ. ދަރިފުޅު ހުއްޓާލާ. ސޮފާ ކޮންމެ އެއްޗެއް ކިޔަސް ދަރިފުޅު ތި ހުންނަނީ ދަރިފުޅު މަންމަ ހުންނަހެން. ލޯބިކޮށް. ސޮފާ އުނގުޅާ ކަހަލަ ކުރީމު ކުރީމާ ފާޑު ފާޑުގެ ކުލަ އުނގުޅައިން ބޭރު ފުށުން ރީތި ވެވިދާނެ. މީހާގެ ހުރިހާވެސް އެއްޗަކީ އެމީހެއްގެ އުޅުމާ އަޙުލާގު ” ހަފީޒާ ޖަނާއަށް ވިސްނައި ދެވޭތޯ މަސައްކަތް ކުރިއެވެ. ޖަނާ ބޯ ހިއްލާލަމުން ކަރުނުން ފުސްވެފައިވާ ދެލޮލުން ސޮފާއަށް ބަލާލިއެވެ.
” ކީއްވެތަ އަބަދު ދޮންތަ އަޅުގަނޑަށް ދެރަ ބަސް ބުނަނީ. ” ޖަނާ ލޯ ފޮހެލަމުން ތުން ދަމާލިއެވެ.
” މާމަ ބުނާނެ އަދިވެސް އަޅުގަނޑޭ ކުޑަކުއްޖެއްހެން އުޅެނީ. މިހާރު ކާކުތަ ބޭބީ ވެގެން މިއުޅެނީ. ” ސޮފާ ހޭންފެށިއެވެ. ޖަނާ ރުޅި މޫނު ދައްކަމުން ބާރު ފިޔަވަޅުގައި އެ ކޮޓަރިން ނުކުތެވެ. ހަފީޒާ ސޮފާއާ ދިމާއަށް ބަލާލާފައި ދެފަރާތަށް ބޯ ހޫރާލިއެވެ. އަދި ހިނގައިގަތީ ކާގޭގަ އިން އޭނާގެ ފިރިމީހާގެ ގާތަށް ދާށެވެ.
ހަފީޒާއާއި ހާލިދަށް ލިބުނު ކުދިންގެ ތެރެއިން ހަފީޒާ ކައިރީ އުޅެމުން ދިޔައީ ހަމައެކަނި އަމީނާއެވެ. އެހެންކުދިންނާ ހިލާފަށް އަމީނާ އޭނާގެ މައިންބަފައިން ދޫކޮށްލާފައި ދާކަށް ހިތެއް ނޭދުނެވެ. މީހަކާ އިނުމަށްފަހުވެސް އަމީނާ ދިރިއުޅުނީ އެގޭގައެވެ. ހަފީޒާ ކައިރީގައެވެ. ސޮފާއާއި ޖަނާ ލިބުނީވެސް ހަމަ އެގޭގައި ހަފީޒާ ކައިރީ އުޅެނިކޮށެވެ. އެހެނަސް ޖަނާއަށް އެއްމަސް ވީތާ ކައިރީ އަމީނާގެ ފިރިމީހާ އަލީ އަމީނާ ވަރިކޮށް ދިޔުންވީ އަމީނާގެ ދިރިއުޅުމަށް އިންގިލާބެއް ގެނުވި ކަމަކަށެވެ.
ސޮފާއާއި ޖަނާގެ މިޒާޖު އުޑާ ބިމާހާ ތަފާތެވެ. ކޮންމެ ކަމެއްގައި ސޮފާ ސަކުވާ ކުރާއިރު ޖަނާ ހަފީޒާމެން ކުރިމަތީ އުފްވެސް ނުބުނާނެއެވެ. ފުރާވަރަށް އެރިއިރު ކޮންމެ ކަމެއްގައިވެސް އަމީނާގެ ފަހަތުގައި ޖަނާވިއްދާފައި ހުންނައިރު ސޮފާގެ ހުރިހާ ސަމާލުކަމެއް ހުއްޓެމުން ދިޔައީ އޭނާގެ ރީތި ކަމަށެވެ. ދެކެމުންދިޔަ ހުވަފެނަކީ އަރާމު ދިރިއުޅުމެކެވެ. ސޮފާ ދެކޭ ގޮތުގައި މުއްސަދި ފިރިހެން ކުއްޖަކު އަތުއަޅުވާލެވުމުން އެއޮތީ އަރާމު ދިރިއުޅުމެއް ހޯދިފައެވެ. އޭނާގެ ދިރިއުޅުމުގެ މުރާދަކީވެސް އެއީއެވެ.
” ޒުހާ. މީގެ ފަހުން ކޮންމެ މީހަކު ބުނިކަމުގާ ވިޔަސް މި ކޮޓަރިއަށް ނުވަންނައްޗޭ! އަހަރެން އެހާ ހިތް ހަމަ ޖެހޭ ކަމެއް ނޫން އަހަރެންގެ ކޮޓަރިއަށް ހިލޭ އަންހެނުން ވަނުމަކީ. ” ޝިނާން ހިތްހަމަނުޖެހިފައި ބުނެލިއެވެ.
” ސޮރީ! އަހަރެން މިގެއަށް އައި ތަނާ ބޮއްތަ ބުނީމަ ޝިނާންއަށް ގޮވަން ވަދެވުނީ. ދެން ފަހަރަކުން އެހެނެއް ނުވާނެ. ” ޒުހާ ފިނިވެފައިވާ އަޑަކުން ބުނެލިއެވެ. ޒުހާ ފެނުމުން ޝިނާން އުފާ ނުވާކަން އެނގުމުން މާޔޫސްވާގޮތްވިއެވެ. އެވަގުތު ކޮޓަރި ދޮރު ހުޅުވާލާފައި ވަތް ޖަނާ ފެށި ޝިނާން ސިހުނެވެ. ހާސްވެފައި އޭނާއަށް ބަލާލެވުނީ ޒުހާއާ ދިމާއަށެވެ. ޖަނާ ޒުހާއަށް ބަލައިލުމެއްނެތި އެއައި ގޮތަށް އައިސް އެނދުމައްޗަށް އަރާ ދެފައި ވަށް ކޮށްލިއެވެ.
” ޖަނާ އެއީ ހިލޭ އަންހެނެއް ނޫންތަ؟ ” ޒުހާ ހައިރާންވެފައި ޖަނާއާ ދިމާއަށް އިރުކޮޅަކު ބަލަން ހުރެފަ ޝިނާންގެ ގާތަށް ޖެހިލާފައި ސިއްރުން ބުނެލިއެވެ. ހިތި ގޮތަކަށް ހިނިތުންވެލުމަށްފަހު އިތުރަށް މަޑުކުރުމެއްވެސްނެތި ޒުހާ ނުކުމެގެން ދިޔައީއެވެ. ޝިނާން ފުން ނޭވާއެއް ބޭރުކޮށްލަމުން ޖަނާ ކައިރިއަށް ޖެހިލިއެވެ.
” އަސްތާ! ބަލާބަ މިހިރަ ޑަކް ތުންގަނޑެއް. ކޮންކަމަކާތަ ބޭބީ ތުން ދަމަނީމި. ” ޝިނާން ޖަނާގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން ރުއިމުގެ ސަބަބުން ރަތްވެފައިވި އެ ރީތި ދެލޮލަށް ބަލާލަމުން ސަމާސާ ކޮށްލިއެވެ
” ޑިމްޕީ. އަޅެ ބުނެބަ އަޅުގަނޑު ފަލަ ތަ؟ ބަލާލަން ހުތުރުތަ؟ އަޅުގަނޑަށް އެނގޭ ޑިމްޕީ ދޮގެއް ނަހަދާނެކަން. ” ޖަނާ އެނދުން ތެދުވެ ޝިނާން ކުރިމަތީ ފަރިގޮތަކަށް ހުއްޓިލަމުން އަހާލިއެވެ.
” ކާކު ބުނީ ޖަންނަ ފަލައޭ. ގައިމުވެސް ޖަންނަ ހަނޑޫ ބަސްތާއަކަށް ވުރެ ލުއިވާނެ. މިހާ ހެނދުނާ ތިއައީ އެއެއް އަހަންތަ؟ އަހަރެން ލައްވާ ތައުރީފު ކުރުވަންތަ؟ އަހަރެން ހީކުރީ އަހަރެން އަންނަ ވާހަކަ ބުނީއްސުރެ ނުފެނިގެން ކެތްމަދު ވެފަ ހުރީމަ ކަމަށް ތިއައީ. ” ޝިނާން ދެރަވެފައިހުރި ކަމަށް ހެދުނެވެ. އެވަގުތު ޖަނާ ހިނިއައިސްފައި ޝިނާންގެ ކޮޑުގައި މަޑުމަޑުން ޖަހާލިއެވެ. ޝިނާން ތަދުވި ކަމަށް ހެދެމުން އަޑެއް ލައްވާލިއެވެ.
” ދެން ހެވޭ! އެންޑް ޕްލީޒް. މަށަށް ބޭބީ ނުކިޔަށްޗޭ ދެން ! މިހާރު 19 އަހަރު ވެއްޖެ.”
” އެކަމަކުވެސް ހެޔޮ. ތީ ހަމަ ބޭބީ އެއް. މައި ބޭބީ ގާރލް. ހެ ހެ ހެ. ބޮޑު ކުދިން ސުކޫލަކަށް ނުދާނެ.” ޝިނާން ސަމާސާ ކުރަމުންގޮސް ޖަނާގެ ބޮލުގައި އައްސާފައި އިން ހުޅިގަނޑު މޮހާލިއެވެ.
” ސުކޫލަކަށް ނުދަމެއްނު. ކޮލެޖެއް ނުކިޔާނެދޯ ސުކޫލަކަށް. ވެއިޓް އަ މިނެޓް.. ދެންމެ މި ކޮޓަރިން އެ ދިއައީ ޒުހާ ދޯ! ސީރިއަސްލީ! އަޅެ އަޅުގަނޑު ކައިރީ ކޮންއިރަކުން ބުނަންކަމަށް ތި ހުންނަނީ. އެކަމަކު މީ ޑިމްޕީގެ ބެސްޓީއޯ!.. ޔޫ ނޯޓީ ބޯއި..” ޖަނާ ހުނުން ހުއްޓާލާފައި ޝިނާންއާ ދިމާއަށް ބަލާލީ ދެލޯ ބޮޑުކޮށްލަމުންނެވެ. (ނުނިމޭ)

Comments (37)

  1. Aimin

    Assalam Alaikum.
    So here’s the first part of the story. Hope mistakes highlight kohdheyne kamah. In sha Allah next part in feshigen miyah vure dhigukoh genesdheynan. Ummeedhu kuran kamudhaane kamah. ?

  2. unique

    aslu heekuri varah vure nice ingey n plx daily upkohdheveythw balahchey……. story vvvvv reethi

    1. Aimin
      unique

      Thankyou dear? In sha Allah try kuraanan ingey

  3. Pinky shifoo

    Wow ❤️❤️❤️… V v reethi ???… Heevey v reethi vaane henn ???… Sifakurunthah adhi v v v reethi ??????… Eagerly waiting for the next part ???… Keep it up Aimin

    1. Aimin
      Pinky shifoo

      Thankyou ?

  4. Nafoo

    Story varah varah varah rythi….masha Allah.. Daily koh up kohladheythi…??????

    1. Aimin
      Nafoo

      Thankyou dear? in sha allah try kuraanan

  5. Fai

    Vaahaka kiyan beynun avahah up kohdeynekamah ummedhukura ????????????

    1. Aimin
      Fai

      In sha Allah ?

  6. Bunny

    Paragraph vakin bahahtabala.. varah olhey dhn.. story reethi vaanehen heevey

    1. Kitty ❤️
      Bunny

      Spaceeh dheefa ehn meehge bai fasheema reethi vaane balaalan n kiyaalan faseyha vaane ☺️

    2. Aimin
      Bunny

      Thanks Bunny.

  7. Aimin

    Thankyou kitty. Ewaru visnaa nulevifa e iny. Comp in liyefa inyma. In sha Allah next part ga rangalhu kohlaanan. ?

  8. Fathun

    V v reethi mistory..v v interesting….keep it up…when next part

    1. Aimin
      Fathun

      Thankyou ?

  9. lotus

    Wow… v reethi mi story.. v kiyaa hivvejje.. just askin.. who is who in the covr pic of the story

    1. Aimin
      lotus

      Thankyou lotus?
      Thats Jana and Shinan dear. I chose the main two characters ?

  10. Nunama

    First part is nice I hope other parts also will be nice and please upload all the parts fast I am waiting ?

    1. Aimin
      Nunama

      Thanks Nunama?
      In sha Allah I will try my best ?

  11. Shinaasha?

    Vaahaka hama v habeys???????khiyaa hithun hama khiyaali vv furihama??i loved it ❤❤ and the boy name SHINAAN …shin ❤❤?mi name fenunima adhi khiyaa hihvy … Paragraph kohlima adhu maa reethi vaane igey ekam vaahaka v salhi …. Unmeedhu kuran mivaahaka nimendhen khiyaa lan libeyne khamah ??and plxx regularly up kurevey tho balahchey igey busy noonih yaa eyrun dhow readers khiyaa hih vaani … Best of luck aimin… Keep it up❤?❤?❤ waiting for the next part ???

    1. Aimin
      Shinaasha?

      Thankyou dear ??? in sha Allah daily up kureveytho v try kuraanan

  12. Friends

    Masha allah stry v salhi .
    E bahuri kuda koh typing mistake jehefa ekan ragalhu kohlahchey .and up kurumu ge kurin kiyaalaafa up kohlaa .
    Waiting 4 nw part…
    #stry kiyaa man#

    1. Aimin
      Friends

      Thankyou

  13. Sana

    Wow varah reethi???
    When next part?

    1. Aimin
      Sana

      Thankyou. Next part in sha allah mirey up kohla dheveytho try kuraanan

  14. Aphro grl

    “Thihaa fulhavegen” mi kyvve kongothakah visnaafa bunefain baheh kameh neyngunu.. a ge badhaluga “kanneiy” mi bas beynun kurinama rythivys. Feshun v rythi. Vaahakaige kuriyah huri baithakah inthixaaru kuraanan?

    1. Aimin
      Aphro grl

      Aslu maa bodah kanneiy v ma meehun bune ulhey ehen. Ehenve egothah genevifa einy. Thankyou ?story reethi v ma

  15. Shafa

    Masha Allah❤❤❤vv reethi mi partvs…hope u will upload the story daily…keep going and waiting for a new part?????

    1. Aimin
      Shafa

      Thankyou shafa ?

  16. Siya

    V v v reethi mi part vex when next part waiting ❤

    1. Aimin
      Siya

      Thankyou dear. ?

  17. lotus

    Kobaa tha nxt prt…

    1. Aimin
      lotus

      Mirey kohladheynan. In sha Allah.

  18. lotus

    Pls pls avaha up kolladheeba

  19. axoo

    Its really beautiful…trailer ekani kiyaaleema ves ingunu vaahaka varah reethi vaane kan..masha allah u have the talent..cant wait for the next part..??❤❤

  20. lotus

    Koba tha nxt prt… avaha up kolladheeba… v kiyaa hithun meenee

  21. Naju

    Plz daily up kohdhybr I’m v interesting n I ? this story

Comments are closed.