Skip to content
އެސްފިޔަ

ބޭނުމޭ އިޝްގާ…(ޓްރެއިލާރ)

ކުލަކުލައިގެ ބޮކިތަކާއި ލޭސްފޮތި އަދި ގިނަ އަދަދެއްގެ މާމެލާމެލި ބޭނުންކޮށްގެން ޒީނަތްތެރި ކޮށްފައިވާ މާހައުލުގެ މެދުގައި ބަހައްޓާފައިވާ މޭޒުދޮށުގައި މަޑު ފިޔާތޮށި ކުލައިން ޖަރީ ކުރެވިފައިވި ކައިވެނީގެ ހެދުމުގައި އިން ޖަނާގެ ތުންފަތުގައިވި ލަދުވެތި ހިނިތުންވުން އެ ދޮން ކޯތާފަތުންވެސް ފާޅުވާން ހުއްޓެވެ. އެހެނަސް ޖަނާއާ ޖެހިޖެހިގެން އިން ޝަބާންގެ މޫނުގައިވަނީ މުޅިން ތަފާތު އަސަރުތަކެކެވެ. އިރުއިރުކޮޅާ ދަތްކުނޑި ވިކާލާ ދެދަތްޕިލަ ބާރުކޮށްލާނެއެވެ. އަތް މުށްކެވިފައި ވީއިރު އެ މޫނުން އެއްވެސް އުފާވެރިކަމެއް ފާޅެއް ނުވެއެވެ.
…………………………………………………………………………..
އައިސްފައިހުރި ރުޅީގައި ޝަބާން އޭނާގެ މުށްކެވިފައިވާ އަތުން ފާރުގައި ތިން ހަތަރު ފަހަރު ޖެހުމާއެކީ ޖަނާ ސިހިފައި ފަހަތަށް ފިޔަވަޅެއް އެޅިއެވެ. ހަމަ އެސިކުންތުގައި ޝަބާން ޖަނާގެ ގަތާފައިވާ އިސްތަށިގަނޑު އަތަށް އޮޅާލައި ބާރުކޮށްލިއެވެ. ގަނެފައިވާ ބިރެއްގެ ސަބަބުން ޖަނާއަށް ރޮވެން ފެށުނެވެ. ކިތަންމެ ތަދުވިނަމަވެސް އަޑު ބޭރުކުރާކަށް ނުކެރުނެވެ. ހެދުމުގެ ކަރާ ފަސްބަޔަށް ދިގުކޮށްއޮތް ރޭނދާގަނޑު ގުޅުވުމަށް ޖަހާފައިވާ ޕިންތަކަށް ބާރުވެ އަތުގެ ކޮނޑަށާއި ބުރަކަށްޓަށް ހެރެމުން ދިޔުމުން މަޑު އާޙެއް ނުކުތުމާއެކު ޝަބާން ވަގުތުން ޖަނާ ކޮށްޕާލީ ކައިވެނީގެ ރެއަށްޓަކައި ތައްޔާރުކޮށްފައިވާ އެނދުގެ މައްޗަށެވެ.
…………………………………………………………………………..
” ތީ މީހަކު އިނދެގެން އުޅޭވަރު މީހެއްތަ؟ މަށަށް ޖެހިފައި މިއޮތީ ކިހާ ވަރުގަދަ ބަ* އެއް. މަ ހިތަށް އަރާ މިވަރު ކުރާއިރުވެސް މީއްޗަކު ދާން ނޫޅެނީ ކީއްވެބާއޭ! ބަލަ ޝަބާން ދުވަހަކުވެސް ކަލޭ ބޭނުން ވެގެނެއް ނޫޅޭނެއޭ. އަދި ބުނެފިއެއްނު ބަނޑުބޮޑޭ.. ހުއް! ކަލޭ ދަރިއެއް ޝަބާން ބޭނުމެއް ނުވާނެ. ” ސޮފާ ހަޅޭލަވައިގަތެވެ.
” އެއެއް ބުނާނީ ދޮންތަ އެއް ނޫން.” ޖަނާ ޝަބާންއަށް އުއްމީދުން ފުރިގެންވީ ގޮތަކަށް ބަލާލިއެވެ.

…………………………………………………………………………..

“ހުއްޓާލާ ދަރިފުޅާ. މާމަ ހީކުރީ މިހާ ދުވަސްވީމަ ދަރިފުޅު ހޭނޭނެ ކަމަށް. މިހާރުވެސް ދަރިފުޅު އަދިވެސް އޭރެކޭ އެއްގޮތަށް އެކަމާ އެބަ ހިތާމަކުރެ. މާމައަށް ކީއްވެތަ ނުވިސްނުނީ. ދަރިފުޅަށް އައިއްސަ ހުރި ބަދަލުވެސް މި މާމައަކަށް ނޭނގުނު. ކިހާ ދުވަހެއް މިވަނީ ތިހެން އުޅޭތާ. ދެން ހުއްޓާލާ. ދަރިފުޅުގެ އެންމެ ކަރުނަ ތިއްކަކީވެސް މި މާމައަށް ވަރަށް އަގު ބޮޑު އެއްޗެއް. ދެން ހުއްޓާލާ. ” ހަފީޒާ ޖަނާގެ ބުރަކަށީގައި ފިރުމަމުން ހިތްވަރު ދެމުން ދިޔައެވެ.
” މާމާ އަހަރެން މަސައްކަތް ކުރަމޭ ހަނދާނުން ފުހެލެވޭތޯ. އެކަމަކު އަހަންނަށް އެކަމެއް ނުވިއޭ . ސިކުނޑި އެއްބަސް ވިޔަސް އަހަރެންގެ ހިތް އެކަމަކަށް އެއްބަހެއް ނުކިއޭ މާމާ. އަހަރެން ދެން ކިހިނެއްތަ ހަދާނީ. ލޯބި ވެވުމުގެ ކުރިން އަހަންނަށް ލޯތްބަކީ މިހާ ވޭންގަދަ އެއްޗެއްކަން އެނގުނު ނަމަ. އަހަރެންގެ ކިޔެވުން ހަލާކުވެ ދިރިއުޅުމުގެ މަގުސަދުވެސް ގެއްލުނީ. އަހަރެން މިހާ ބަލިކަށި މީހަކަށްވީ ހަމަ އެ ލޯބީގެ ސަބަބުން. ހުރިހާ ކަމެއް އެނގޭއިރުވެސް އަހަންނަށް އަހަރެންގެ ހިތަށް އަމިއްލަ ބާރެއް ނުފޯރުވޭ. އަހަރެންގެ ކުށަކީ ކޮބާތަ މާމާ. ” ޖަނާއަށް ގިސްލެވެމުން ދިޔައެވެ.
…………………………………………………………………………..
ބަދިގެ ފަރާތުގައި ބަހައްޓާފައި ހުރި ޖޯލިފަތީގައި ހުސްގަޔާ ހަމައެކަނި ސޯޓެއް ލައިގެން އިން ޝިނާން ފުންމައިގެން ތެދުވިއެވެ. ހީވީ އޭނާ އިންތިޒާރު ކުރަމުންވެސް ދިޔައީ ޖަނާ އަންނާނޭ އިރަކަށްހެނެވެ. ޖަނާގެ ދެފައި ވަގުތުން ބިމުގައި ތަތްވި ކަހަލައެވެ. ޝިނާން ވަރަށް ރަނގަޅަށް ޖަނާއަށް ބަލާލިއެވެ. ރުއިމުގެ ސަބަބުން ރަތްވެފައިވާ ދެލޮލާއި އޭނާގެ ލޯ އަމާޒު ވުމާއެކީ ޖަނާ އިސްޖަހާލިއެވެ.
” ޖަންނަ.. އަދިވެސް އަހަންނަށް ޖަވާބެއް ދޭކަށް ނުވޭތަ. އަދި ކިހާ ދުވަހެއް ބޭނުންވޭ؟ އިންތިޒާރުގައި އަހަރެން މިހިރަ ހަލާކުވަނީ. އަހަރެންގެ މި ބަސްނާހާ ހިތް މަޑަކުން ނޯވޭ. ވަރަށް ލޯބިވޭ. އިންތިޒާރު މި ކުރަނީ ކެތްވާތީއެއް ނޫން. ފަސް އަހަރު މިވީ. ދެންވެސް އިންތިޒާރު ކުރާނަން. ޖަންނަ.. ” ޝިނާން ލޯބިން ފުރިގެންވީ ގޮތަކަށް ޖަނާގެ ދެއަތުގައި ހިފާލިއެވެ. އެވަގުތު ޖަނާގެ ލޮލުން ވެއްޓުނު ކަރުނަތިކި ޖެހުނީ އޭނާގެ އަތުގައެވެ.
*********************************************
އޮފީހުން ނިމިގެން އެޕާރޓްމަންޓަށް ވަދެގެން އައި ޝަބާންގެ ފިޔަވަޅު ހުއްޓުނީ އޭނާ އެކޮޓަރިއަކަށް ވަނުން މަނާ ކޮށްފައިވާ ކޮޓަރީގެ ދޮރު ހުޅުވިފައި ހުރުމުގެ ސަބަބުންނެވެ. އިސާހިތަކު އޭނާގެ ލޭ ހޫނުވެ މޫނުމަތި ރަތް ވީ އައި ގަދަ ރުޅީގެ ސަބަބުންނެވެ. ބަރު ފިޔަވަޅު ތަކެއް އަޅަމުން ކޮޓަރިއަށް ވަދެވުނު ގޮތްވެސް ނޭނގެއެވެ. އޭރު އޭނާގެ ފަސް އަހަރަށް ދާ ކުޑަ ކުޑަ އިމްޝާ ރީތިވާ މޭޒު ކައިރީ އިނދެ ލިޕްސްޓިކް ޖައްސަމުން ދިޔައެވެ.
” އިމްޝާ… ” ޝަބާން ހަޅޭ ލަވައިގަތެވެ.

Comments (24)

  1. lotus

    Seems intersting…. kon irakun kiyaalan libeynee… bst of luck for the story???

    1. Aimin
      lotus

      Thankyou dear? In sha Allah 20th April vaa friday ga up kohla dheynan.

  2. Muzu

    heevanee v reethi vaane hen ☺☺ good luck

    1. Aimin
      Muzu

      Thankyou dear ?

  3. Shafa

    Reethi vaanehen heevany..gud luck…waiting?❤???

    1. Aimin
      Shafa

      Thankyou?

  4. Fai

    New story eh dho reethi vaanehen heevany good luck ❤❤❤❤????????????????

    1. Aimin
      Fai

      Thankyou Fai?

  5. Pinky shifoo

    Heevey v v v reethi vaane ???… Waiting for your story ???… Best of luck ???

    1. Aimin
      Pinky shifoo

      Thankyou shifoo ?

  6. Fathun

    V reethi vaane hen heevey. Kon dhuvasdhuvahehga up kohdheynee ..konmedhuvahakutha… vaahaka nimendhen up kurahchhey..v v interesting

    1. Aimin
      Fathun

      In sha Allah story nimendhen up kohlaanan. Adhi dhuvas thakeh kadaeh naalhan. In sha Allah v try kuraanan komme dhuvahaku up kohdheveytho. Thankyou ?

  7. Xxxx

    Woowww.. Interesting trailer..❤️

    1. Aimin
      Xxxx

      Thank you ?

  8. Nu Xu

    Heevey v reethi vaanehen…❤❤❤? Trailer v furihama… ???Waitin waitin…???

    1. Aimin
      Nu Xu

      Thankyou ?

  9. Shinaash@?

    Waiting⌚⌚??

    1. Aimin
      Shinaash@?

      Thankyou ?

  10. Sana

    Varah salhi feshun
    Hope varah reethi story akah vaane kamah ???
    Best of luck ❤❤❤❤❤❤

    1. Aimin
      Sana

      Thankyou ?

  11. Shiman

    Feshun varah reethi .Nice story akah vaaneh kama hykuran..Best of luck❤❤❤

    1. Aimin
      Shiman

      Thankyou ?

  12. maan

    varah reethi story akha vatharu,

  13. axoo

    Varah interesting..kiyaalan kehmadhu vefa mi iny..????

Comments are closed.