މާހިން އެނބުރިލުމާއެކު އެ އަންހެން ކުއްޖާ އޭނާގެ އަތުން އިޝާރާތްތަކެއް ދައްކައިލިއެވެ. ވާނުވާގައި ހުރި މާހިންއަށް އެކިޔަނީ ކީކޭ ކަމެއް ނޭނގުނެވެ. އެންމެ ފަހުން އެ އަންހެން ކުއްޖާ އޭނާގެ އަތް ދަބަސް ތެރޭގައި އޮތް ކުޑަ ނޯޓު ފޮތަކާއި ގަލަމެއް ނެގުމަށްފަހު އޭގައި އެއްޗެއް ލިޔެފައި ދައްކައިލިއެވެ. “ޝުކުރިއްޔާ.. ކޮންމެވެސް ދުވަހަކުން ތި ކޮށްދިން ހެޔޮ ކަމުގެ ބަދަލު ދެވޭތޯ މަސައްކަތް ކުރާނަން…” ކުއްލިއަކަށް މާހިންގެ ނަޒަރު އެ އަންހެން ކުއްޖާގެ މޫނާއި އަމާޒުވެލިއެވެ. އޭރު […]
ލަދުވެތި، ނިޔަނެތި އަންހެން ކުއްޖެއްގެ ސިފަ އެންމެ ފުރަތަމަ ދުވަހު ވެސް ސުމާގެ ކިބައިން އޭނާއަށް ފާހަގަވިއެވެ. މަޑު މަޑުން އޭނާގެ ތުންފަތުގައި ކުޅެފައިވި ހިނިތުންވުން ފޭދިގެން ދިޔައެވެ. ސުމާގެ ހަނދާންތައް އެހިތް ވަށައިލުމުންނެވެ. ހުރިތަނަށް މީހާ ތިރިވިއިރު ދެއަތުގެ ތެރޭގައި އޭނާގެ ދުނިޔޭ ހިފަހައްޓައިލެވިފައިވެއެވެ. ދެލޮލުން ކަރުނަ ދޭދޭ ހާލު އޭނާ އެދަރިފުޅު މެޔާއިލައި ބޮނޑިކޮށްލިއެވެ. މަރައިލި ދެލޮލާއެކު މާޒީގެ މަންޒަރުތައް ސިކުނޑި ވަށައިލާކަށް ވަގުތު ކޮޅެއް ވެސް ނުނެގިއެވެ. އެއްވެސް ވަރަކަށް ދެކޮޅު ހެދުމަށް […]
މަންމަގެ މޫނަށް ބަލަންހުރި މާހިންއަށް ފާޑަކަށް ހީނލެވުނެވެ. އޭނާ އެންމެ ބޭނުންވި ދުވަހު އޭނާގެ ގާތުގައި މަންމަ ނުހުރެ މިހާރު ކޮން އާދޭހެއް ކުރާކަށް ހެއްޔޭ އޭނާގެ ހިތަށް އެރިއެވެ. މަޑު މަޑުން ކުރިއަށް އަޅައިލި ފިޔަވަޅުގެ މިސްރާބު ހުރީ ގޭތެރެއަށް ވަންނާށެވެ. ބޮޑު ކޮޓަރީގެ ސޯފާތަކާއި ހަމަވުމުން ފެނުނު މަންޒަރަކުން އޭނާގެ ލޭ ކެކިގެން ދިޔައެވެ. ދެއަތް މުއްކަވާލެވުނެވެ. ބާރު ބާރަށް އޭނާ ހިނގައިގަތީ ސޯފާތަކުގެ މެދުގައި އޭނާގެ ދަރިފުޅު އުރައިލައިގެން އިން އޭނާގެ ބައްޕަ […]
ކިޔުންތެރިންގެ ސަމާލުކަމަށް…. އަޅުގަނޑުގެ އިމްތިހާނު ދުވަސްވަރު ކައިރިވަމުން އަންނަމުން ދިޔުމުގެ ސަބަބުން “މައާފު އެދެމޭ…” މި ވާހަކަ ލިޔުން ކުޑަ ދުވަސް ކޮޅަކަށް އަޅުގަނޑު މަޑުޖައްސާލަން ކަމުގައި ދެންނެވީމެވެ. މާތް ﷲ އިރާދަކުރެއްވިއްޔާ މި ވާހަކައިގަ ހަތަރު ވަނަ އެޕިސޯޑާއެކު އަޅުގަނޑު ތިޔަ ކިޔުންތެރިންނާއި ޑިސެމްބަރު މަހު ބައްދަލުކޮށްލާނަމެވެ. ތިޔަ ދެއްވާ ހިއްވަރަށް ނިހާޔަތަށް ޝުކުރު އަދާކުރަމެވެ. =AhArEn= *މި ވާހަކައިގަ ކަން ވާނެ ގޮތާއިމެދު ހިތަށް އަރަނީ ކީކޭ ހެއްޔެވެ؟. ކޮމެންޓް ކޮށްލައްވާށެވެ. 😊😊
ދެލޮލުން ހުއްޓުމެއްނެތި ފައިބަމުން ދިޔަ ކަރުނަތަކާއެކު މާހިންގެ ދެތުންފަތުން ފޫއަޅުވާލީ އޭނާ އެމީހަކަށް ޓަކައި އެތަކެއް ކަރުނައެއް އޮހޮރަމުންދާ، އެހިތުގެ ހިތްހަމަޖެހުމާއި ގުޅިފައިވާ މީހާގެ ނަމެވެ. ********** ތުއްތު ތުއްތު ސުހާ ނިންދެވުމަށް ޓަކައި އެ ކުއްޖާ އުރައިގެން މާހާ ދިޔައީ ކޮޓަރީގެ ދެކޮޅަށް ހިނގަމުންނެވެ. އޭރު އެ ތަނަވަސް ކޮޓަރީގެ ބެހެއްޓިފައި ހުރި ސޯފާ ގޮނޑިތަކުން ގޮނޑިއަކަށް ހަށިގަނޑު ދޫކޮށްލައިގެން މާހިން އޮތީ ދެލޯ މަރައިގެންނެވެ. ނިދާފައި ނޫންކަން ހެކިދެނީ އިރު އިރު ކޮޅާ އޭނާގެ […]
ގޭގެ ޓީވީއިން އާދަމް ނާޝިދުގެ ކޯޓު އަޑުހެއުން އަޑުއަހަން އިން މާހިންގެ އަތުގައި އޮތް ރިމޯޓު، އޭނާ ޓީވީއާއި ދިމާލަށް އެއްލިއެވެ. ރިމޯޓު ޖެހުނު ވަގުތު ބާރު އަޑުފަށްގަނޑާއެކު ޓީވީ ތަޅައިގެން ދިޔައެވެ. އެއާއެކު މާހިންގެ މަގަތުގައި ނިދާފައި އޮތް އެންމެ ދެއަހަރުގެ ސުހާއަށް ހޭލެވުނެވެ. ތެޅިގަނެފައި އެ ތުއްތު ފުރާނަ ހިމާޔަތަށް އެދި ރޯންފެށިއެވެ. ނަމަވެސް ޙާލަތާއި ވަގުތުގެ ގޮތުން މާހިން ވަނީ އެއްވެސް ކަމެއް ކުރަން ނުކުޅެދިފައެވެ. ސުހާގެ ރުއިމުގެ އަޑު ވެސް އޭނާއަށް […]
بسم الله الرحمن الرحيم *މި ވާހަކަ ކިޔުންތެރިންނަށް ކަމުދާނެކަމަށް އުންމީދު ކުރަމެވެ. ހަމަ ހިމޭން މާޙައުލެކެވެ. ދުރުން ގޮވާލާ ކޮވެއްޔެއްގެ އަޑު ނޫނީ ނީވެއެވެ. ފަތިހުގެ އެ ހިތްގައިމު ވަގުތު ގޭގެ ބޭރުގައި ބަހައްޓާފައި ހުރި ޖޯލިތަކުން ޖޯއްޔަކަށް ހަށިގަނޑު ދޫކޮށްލައިގެން ޒުވާނަކު އޮތެވެ. އެއްއަތުގައި ސިނގިރޭޓު ބުރިއެއް އޮތްއިރު އޭނާގެ އަނގައިން ދިޔައީ ދުންތައް ނެރެމުންނެވެ. އެއްވެސް ފައިދާއެއް ނެތް، ހުސް ގެއްލުމުން ފުރިފައިވާ އެއްޗެއްކަން އެނގި ހުރެ ވެސް، އޭނާ އޭގެ […]
*މިވާހަކަ އަކީ ކިޔުންތެރިންނަށް ޢިބުރަތެއް ލިބިދޭ ކަމުދާ ވާހަކައަކަށް ވާނޭ ކަމަށް އުންމީދުކުރަމެވެ. ? ދިވެހިންނަކީ ފިސާރި ކަންކަމަށް ފާޑު ކިޔަން ދަންނަ ބައެކެވެ. ނަމަވެސް ދިވެހިންގެ ތެރޭގައި ވެސް މިކަންކަމާއި ދުރު މީހުން އުޅެއެވެ. ފާޑުކިޔާ މީހުން ފާޑު ކިޔާއިރު، ދެން ތިބޭ މީހުން އަޅާވެސް ނުލާނެއެވެ. އަހަރެންނަކީ ނިކަން އަވަހަށް މީހުން ބުނާ އެއްޗެއް ސިކުނޑިއަށް ނަގާ މީހެކެވެ. ގިނަވާނީ މީހުން ބުނާ ރަނގަޅު ތަކެއްޗަށް ވުރެން މީހުން ފާޑުކިޔުމަށް ނުވަތަ ގޯސް ގޮތަކަށް […]
ނޯޓް: މިއީ ޚިޔާލީ ވާހަކައެކެވެ. މިވާހަކަ އަކީ ކިޔުންތެރިންނަށް ޢިބުރަތްތެރި، ކަމުދާ ވާހަކައަކަށް ވާނެކަމަށް އުންމީދުކުރަމެވެ.? ގިނަ މީހުންނަކީ ފޮތެއްގެ ދޮށުގައި ދެ ގަޑި އިރު ވެސް ހޭދަކުރަން އުނދަގޫ މީހުންނެވެ. ނަމަވެސް ފޯނާއި ލެޕްޓޮޕް ފަދަ ތަކެތި ސައްވިސް ގަޑިއިރު ވަންދެން ބޭނުންކުރަން ލިބިއްޖެނަމަ ބޭނުން ކުރާނެ މީހުންނެވެ. އަހަރެން ވެސް ވީ އެކަހަލަ މީހަކަށެވެ. ފޮތެއްގެ ދޮށުގައި އިންނަން ހިތަށް އެރިކަމުގައި ވިޔަސް އަހަރެން އާފޫރޭނެއެވެ. އެހާ ވެސް ފޮތް ދޮށުގައި އިންނަން އަހަރެން […]