Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

އެދުވަހުގައި….

AHAREN Level 110 Stories
March 25, 2022 3 Mins Read
6 Comments

ނޯޓް: މިއީ ޚިޔާލީ ވާހަކައެކެވެ. މިވާހަކަ އަކީ ކިޔުންތެރިންނަށް ޢިބުރަތްތެރި، ކަމުދާ ވާހަކައަކަށް ވާނެކަމަށް އުންމީދުކުރަމެވެ.?

ގިނަ މީހުންނަކީ ފޮތެއްގެ ދޮށުގައި ދެ ގަޑި އިރު ވެސް ހޭދަކުރަން އުނދަގޫ މީހުންނެވެ. ނަމަވެސް ފޯނާއި ލެޕްޓޮޕް ފަދަ ތަކެތި ސައްވިސް ގަޑިއިރު ވަންދެން ބޭނުންކުރަން ލިބިއްޖެނަމަ ބޭނުން ކުރާނެ މީހުންނެވެ. އަހަރެން ވެސް ވީ އެކަހަލަ މީހަކަށެވެ. ފޮތެއްގެ ދޮށުގައި އިންނަން ހިތަށް އެރިކަމުގައި ވިޔަސް އަހަރެން އާފޫރޭނެއެވެ. އެހާ ވެސް ފޮތް ދޮށުގައި އިންނަން އަހަރެން ފޫހިވެއެވެ.

ދުވަސްވަރަކީ އަހަރެންގެ ގުރޭޑު އަށެއްގެ ފަހު އިމްތިޙާނުތައް އޮތް ދުވަސްވަރެވެ. ސަބަބެއް ނޭނގެއެވެ. އެކަމަކު އެ ދުވަސްވަރުގައި ފޯނާ ގާތްވެވޭލެއް މާ ބޮޑުވެއެވެ. ފޮތެއްގެ ދޮށަށް ދާންޖެހޭނެތީވެ، ކުޅެވެން އޮތްހާ ވަގުތެއްގައި އަހަރެން ކުޅެން ބޭނުންވީ ކަންނޭނގެއެވެ. ޢަޞުރު ނަމާދު ބަންގީގެ އަޑު އިވުނެވެ. ނަމަވެސް އަހަރެން އަޅައެއް ނުލަމެވެ. “ދަރިފުޅާ ޝިޔާމު! ތި ނަމާދު ކޮށްގެން ދޭބަލަ ފޮތެއްގެ ދޮށަށް، މާދަން އެބަ އޮތެއްނު ހިސާބު އިމްތިޙާނު.” އަހަރެންގެ މަންމަ ބުނެލިއެވެ. އަވަސް އަވަހައް އަހަރެން އާނއެކޭ ބުނީމެވެ. އެއީ އަހަރެންގެ އާދައެވެ. މަންމައާއި ޒުވާބުކުރަން ޖެހިދާނެތީވެ އާނއެކޭ ބުނެލަނީއެވެ. ނަމަވެސް އެ ކަންކަން ކުރަން ހިތަށް ވެސް ނާރައެވެ. ދުވަސްތައް ފާއިތުވަމުން ގޮސް އެ އަހަރުގެ އިމްތިޙާނުތައް ނިމި ނަތީޖާ ދެއްކި ދުވަހެވެ. ދިވެއްސާއި އިނގިރޭސި ފިޔަވާ އަހަރެން ފާސްވި އެންމެ މާއްދާއެއްވެސް ނެތެވެ. އަހަރެންގެ މަންމަ އަހަންނަށް ވަރަށް ނަސޭހަތް ދިނެވެ. އަހަރެން އެއިން ކޮންމެ ވާހަކައަކަށް ބޯޖަހާލީމެވެ. އަޑު އިވުނީތީއެއްނޫނެވެ. އަވަހަށް އެތަނުން ދާން ބޭނުންވީތީއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އަހަރެން ގުރޭޑް ނުވައެއްގެ އިމްތިޙާނުތައްވެސް ހަދާ ނިންމާލީމެވެ. ލިބުނު ކުރި އެރުމެއް ނެތެވެ. އޭގެ އަނެއް އަހަރު އޮތް ‘މޮކް’ އިމްތިޙާނުން ވެސް އަހަރެން ފާސްވީ އެންމެ ތިން މާއްދާއިންނެވެ. އަމިއްލަ ދަރިފުޅުގެ މުސްތަޤުބަލާއި މެދު ވިސްނާ އަހަރެންގެ މަންމަ ފާސްނުވާ ހުރިހާ މާއްދާއަކަށް ފައިސާ ދިނުމަށްފަހު އަހަރެން ‘އޯ ލެވެލް’ އިމްތިޙާނުގައި ބައިވެރި ކުރުވިއެވެ. ވީ އެއްގޮތެއްވެސް ނެތެވެ. ފާސްވީ ދިވެހިންނާއި އިސްލާމުންނެވެ. އެވެސް އަމިއްލަ ނަފްސަށް މަޖުބޫރުކޮށްގެން ‘ގުރެޖުއޭޓް’ ވުމަށްޓަކައި ކިޔެވި ކިޔެވުމެކެވެ. ދެން ހުރި އެކައްޗަކުން ފާސް ނުވިއަސް އަހަރެން ހިތްހަމަ ޖެހުނެވެ. ދެން އިތުރަށް ކިޔަވާކަށް ނުޖެހޭނެއެއް ނޫން ހެއްޔެވެ؟.

ދެ އަހަރު އޭގެ ފަހުން ފާއިތު ވެއްޖެއެވެ. އަހަރެންގެ މަންމަ ވަރަށް ބޮޑަށް ބަލިވިއެވެ. ހެދި ޓެސްޓުތަކުން އެނގުނު ގޮތުގައި މަންމައަށް ހުރީ ސިނކުޑީގެ ކެންސަރު ޖެހިފައިއެވެ. ވަޒީފާއެއް ހޯދަން އަހަންނަށް މަޖުބޫރުވީ ދެނެވެ. ދުނިޔެ މަތިން އެންމެ ލޯބިވާ މީހާ އަހަރެން ދޫކޮށް ގޮސްދާނެ ކަމުގެ ބިރައްޓަކައެވެ. ނަމަވެސް ވަޒީފާއެއް އަހަންނަކަށް ނުލިބުނެވެ. ލިބޭނީވެސް ރަނގަޅު ނަތީޖާއެއް އޮތް ނަމަތާއެވެ. ދެ މަސް ފާއިތުވިއިރު ވެސް އަހަންނަށް ވަޒީފާއެއް ނުލިބުނެވެ. ފަރުވާ ނުލިބުމުގެ ސަބަބުން އަހަރެންގެ މަންމަ އަހަރެން ދޫކޮށް މި އަނިޔާވެރި ދުނިޔެއަށް އަލްވާދާޢު ކިޔައިފިއެވެ. ހަޤީޤަތުގައި ވެސް އަހަރެން ދެރަވެއްޖެއެވެ. ކިޔެވުމަށް އަހަރެން ފުރުސަތެއް ލިބޭތޯ ބެލީމެވެ. ‘ސްކޮލާރޝިޕް’ އެއް ވެސް ނުލިބުނެވެ. ކިޔަވަން ދެވޭނީ ވެސް ލޯ ލާރިއެއް އަތަށް އަރައިގެން ނޫން ހެއްޔެވެ؟.

އެދުވަހު އަހަރެން މަގުމަތީގައި ހިނގަމުން ފިޔައީ ވަރަށް ފޫހިވެފައި ހުރެއެވެ. އަހަރެން ގޮސް މީހެއްގެ ގައިގައި ލައިގަތެވެ. އެއީ މެދު ޢުމުރެއްގެ ކޯޓު ފަޓުލޫނު ލައިފައި ހުރި ފިރިހެނެކެވެ. އަހަރެން މައާފަށް އެދުނީމެވެ. ކޮނޑުގައި ޖަހާލުމަށްފަހު އެމީހާ އަހަރެންގެ ކައިރީގައި ހިތްހަމަނުޖެހިފައި ހުރީ ކިހިނެއްވެގެންތޯ އަހާލިއެވެ. އަހަރެންގެ ހާލަތު އެ މީހާއަށް ކިޔައިދިނީ ވަކި އަހަންނަށް އެހީއެއް ލިބޭތޯ އެއްނޫނެވެ. ނަމަވެސް ހިތުގައިވާ ހައިޖާނުގަނޑަށް ލުޔެއް ލިބޭތޯއެވެ. އެމީހާ ވަރަށް ވިސްނަން ހުރެފައި އަހަންނަށް ބުނެލިއެވެ. “އަހަރެން އެކޮޔަށް ކޮންމެ މަހަކު 1000 ރުފިޔާ ދޭނަން. އެކޮޔެ ކޮށްދޭންވީ ކަމަކީ ކޮންމެ ދުވަހަކު ފަސް ފަހަރު ޚާލިސް ކަމާއި އެކު ނަމާދު ޤާއިމު ކުރަންވީ.” އަހަރެމެން އަވަހައް އެއްބަސްވީމެވެ. މިއޮއް ހުރިހާ ދުވަހު އަހަރެން އުޅުނީ އެކުވެރިއެއްގެ އެހީގައެވެ. އަބަދު އޭނާ އެއްވެސް ނުހުންނާނެއެއް ނޫން ހެއްޔެވެ.؟

ބަރާބަރަށް ނަމާދުކުރުން ފުރަތަމަވެސް އަހަންނަށްވީ ވޭނަކަށެވެ. ނަމަވެސް އެކަމަށް އަހަރެން ހޭނުނެވެ. ނަމަވެސް އަހަރެން ނަމާދުކުރީ ކުރާހިތަކުން ނޫނެވެ. އެކަން ބަދާލުވީ މިސްކިތުގައި އެއް ދުވަހު ދިން ދަރުހެއް ގެ ސަބަބުންނެވެ. އޭގެ ފަހުން އަހަރެން ހުރިހާ ނަމާދެއް ވެސް ކުރަނީ ކުރާހިތުން އެކަމާއި ވެގެންނެވެ. އެކަމުގެ އަސަރު އަހަރެންގެ ދިރިއުޅުމުން ވެސް ކުރަން ފަށަިފިއެވެ.

20 އަހަރު ވީއިރު އަހަންނަށް ވަޒީފާއެއް ލިބުނެވެ. ރަނގަޅު އުޖޫރައަކާއިއެކުއެވެ. އޭގެ ދެ އަހަރު ފަހުން އަހަރެން ކިޔަވަން ރާއްޖެ އިން ބޭރަށް ފުރީމެވެ. ބަރާބަރު ހަތް އަހަރު ކިޔެވުމުގައި ހޭދަ ކުރީމެވެ.

ބަލާބަލާށެވެ. މިއަދު އަހަންނަކީ ‘އަރކިޓެކްޗަރިން’ ގެ ދާއިރާއިން ކުރި އަރައި ގޮސްފައިވާ މީހެކެވެ. ލޯބި ދެކުދިންގެ ބައްޕައެވެ. އޮޅިގެން ނަމަވެސް އަހަންނަށް ކައިވެނި ކުރެވުނީ އެދުވަހު އަހަންނަށް އެހީވި މީހާގެ އަންހެން ދަރިފުޅާއިއެވެ. އެދުވަހު އެމީހާ ކޮށްދިން ކަންތަކުގެ ބަދަލުގައި އަހަރެން އޭނާގެ ދަރިފުޅު ރަނގަޅަށް ބަލައިދިނުމަށް ވަޢުދުވީމެވެ. އުމުރުގައިވެސް އުންމީދު ނުކުރާ ފަދަ ކާމިޔާބެއް އަހަންނަށް ލިބުނެވެ.

އެކުވެރިންނޭ! މާތް ﷲ ގެ މަގުން އެއްކިބާވެފައިވާ މީހުންނަށް ކާމިޔާބު ލިބުމެއް ނުވެއެވެ. މިއަދު އަޅުގަނޑުމެންނަކީ ފަސް ވަގުތު ނަމާދަށް ވެސް އަރައިނުލެވޭހާ މަގު ގެއްލިފައިވާ މީހުންނެވެ. އެ ބަންގީގެ ކަލިމަތަކުގެ ތެރެއިން “ފަލާޙާއި ކާމިޔާބު ލިބިގަތުމަށް އަންނާށޭ” ބުނާ އަޑު ވެސް މިހާރު އަޅުގަނޑުމެންނަށް ނުއިވޭ ފަދައެވެ. އަހަރެންނަށް އެހީވިގޮތަށް އެހީވާނެ އިންސާނަކު ކޮންމެ މީހެއްގެ ދިރިއުޅުމުގައި ނުލައްވާނެއެވެ. ނަމަވެސް އަހަރެމެން ވާންވީ، އެކަލާނގެ މަގުން އެއްކިބައިވެ ނުވެ ހުރެ، ދިރިއުޅުމުގެ ނައުގައި ދަތުރުކުރާ ބަޔަކަށެވެ. ކުރިން ކިޔެވި އެއްޗެއްގެ ފައިދާ މެނުވީ ނުކުރެއެވެ. އެދުވަހު ކުރިޢަމަލެއްގެ ފައިދާ ނޫނީ ނުކުރާނެއެވެ. އެހެންވީމާ އަޅުގަނޑުމެން ވާންވީ މިއަދަށްޓަކައި ނުވަތަ މާދަމާއަށްޓަކައި ގިނަ ގިނަ އިން ހެޔޮ އަމަލު ކުރާ ބަޔަކަށެވެ. އަހަރެންގެ ދިރިއުޅުމުގެ ވާހަކައިން ތިޔަ އެކުވެރިންގެ ދިރިއުޅުން އިސްލާހުކުރާށެވެ.

-ނިމުނި-

ވާހަކަ ކަމުދިޔަ ބޭފުޅުންނަށް: ޝުކުރިއްޔާ

ވާހަކަ ކަމުނުދާ ބޭފުޅުންނަށް: ވާހަކަ ވިދާޅު ވީތީ ޝުކުރިއްޔާ

ވާހަކަ އިތުރަށް ރަނގަޅު ކުރަން ބޭނުންވާ ބޭފުޅުންނަށް: ކޮމެންޓު ކޮށްލައްވާ

 

ޝުކުރިއްޔާ ?

Share Article

Follow Me Written By

AHAREN

Level 110 Stories

STORIES ARE JUST ANOTHER IMAGINARY WORLD FULL OF EMOTIONS. ✌️✌️ =AhArEn=

Other Articles

Previous

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (44)

Next

ލޯތްބައް އެދެމޭ 1

Next
March 26, 2022

ލޯތްބައް އެދެމޭ 1

Previews
March 24, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (44)

6 Comments!

  1. Elly says:
    March 25, 2022 at 4:17 pm

    Good ????

    1. AHAREN says:
      March 25, 2022 at 7:31 pm

      Thank you☺️??

  2. Angry says:
    March 25, 2022 at 11:09 pm

    v.reethi iburayy theri vaahaka eh
    ithuru vaahaka akah inthizaaru kuran

    1. AHAREN says:
      March 26, 2022 at 7:28 pm

      Shukuriyya “Angry” ???
      Insha Allah adhi alhugandu vaahaka eh kiyaalan libeyne ?

  3. sunflower girlll says:
    March 26, 2022 at 12:40 pm

    v reethi …masha allah
    kee[ it up

  4. 艾拉Pony says:
    March 26, 2022 at 1:12 pm

    My god. I never thought you are so talented. You hid your talent for years my friend. Good job. Its really good. I like it. ❤️❤️❤️

    I. B. A

Comments are closed.



All Right Reserved!