Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަމަޖާ

ވަގު

AHAREN Level 110 Stories
March 24, 2022 3 Mins Read
2 Comments

*ނޯޓު: މީ އަޅުގަނޑު މީ ވެބްސައިޓުގައި ޝާޢިއު ކުރާ ފުރަތަމަ ވާހަކައެވެ. އެހެންކަމުން މި ވާހަކައިގައި ކުށް ހުރުން އެކަށީގެންވެއެވެ. ވާހަކަ ކަމުދާނެ ކަމަށް އުންމީދުކުރަމެވެ.

 

ބަންގީގެ އަޑު ފަޒާގައި ގުގުމަމުން ދިޔައެވެ. ފަސީހު ގިފިއްޔަށް ވަދެ ވުޟޫ ކޮށްގެން ފަތިސް ނަމާދަށް ދިޔައެވެ. ފަތިސް ނަމާދު ކޮށްގެން ގެއަށް އައިއިރު އުޑުގައި ހުރީ މަޑު ދަނބުކުލައެކެވެ. އިރު އަރަންއުޅޭކަން އަންގާކަހަލައެވެ.

ފަސީހު ގޭގެ މައި ދޮރުން އެތެރެއަށް ވަންނަން ދިމާކުރި ވަގުތު، އެހެރަ ނިކުންނަނީ ފަސީހުގެ ދުޝްމަނުކަން ޔަޤީނެވެ. ދެލޮލަށް ހުރީ މިރުސްއެޅިފައި ވިއްޔާއެވެ. އެ މަންޒަރު އެސޮރަށް ފެނުނީ ތޯއްޗެކެވެ. ދެނެކާވާ ދެނެއްނެތެވެ. އެހެރަ ދުއްވައިގަތީ ޕާރކު ކޮށްފައިވާ ސައިކަލާއި ދިމާލަށެވެ. ދެން ފެނުނީ ދުއްވާލިތަނެވެ. ފަސީހު ވެސް ބަލާކަށް ނުހުރެ ސައިކަލަށް އަރާ ދުއްވާލިއެވެ.

ދެ ސައިކަލު ދުއްވަމުން ދިޔަ އިރު ފަސީހު ގޮވާލިއެވެ. “އޭ! ކޯއްޗެއް ވަގަށް ނަގައިގެން ތި ދަނީ؟” އެ ސޮރަށް އެ ބުނި އެއްޗެއް އަޑު އިވުނު ހެނެއް ހިއެއް ނުވެއެވެ. އޭނާގެ ދުއްވުން ވީ ބާރެވެ. އެކަމުގެ ސަބަބުން ފަސީހުގެ ރުޅި އާސްމާނަށް އެރިއެވެ.

ދުއްވަމުން ދިޔަ ސައިކަލު، ދެން އަޅާލީ ދިގު މަގަކަށެވެ. މަގުގެ މެދެއްހާ ހިސާބުން، ކިހިނެއް އައި މީހެއް ކަމެއް ނޭނގެއެވެ. އެ މީހާ ހުރީ މަގު މެދުގައެވެ. އެހެންގޮތަކަށް ބުނާނަމަ ދެ ސައިކަލުގެ ކުރިމަތީގައެވެ. ކުރިމަތީ ދުއްވަން އިން ސޮރު ރެކިގަތުމުން ފަސީހުއަށް އެ އަންހެން މީހާ ފެނުނެވެ. އެއްވަރުވެ ދެ މޮޔައިންނެވެ. އަންހެން މީހާ ދެ ކަންފަތުގައި އަތް އެޅުމަށް ފަހު ހަޅޭތްލަވައިގަތެވެ. ފަހަތުން ފަސީހު ވެސް ހަޅޭތްލަވައިގަތީއެވެ. އޭނާއަށް ރެކިގަނެވުނީ ކިރިޔާއެވެ.

ދެން ފެނުނީ އެއަށްވުރެ ނުބައި މަންޒަރެކެވެ. ސަފުހަދާފައި އެ ހުރީ އަވީލާންވެގެން އަތުރާފައިވާ ވަޅޯ މަސްތަކެކެވެ. އެ ކުޅަދާނަ ސޮރު އެ އެއްޗެހިން ރެކިގަތް ނަމަވެސް ފަސީހުއަށް އެވަރުވެސް ނުވިއެވެ. ހުރިހާ ވަޅޯމަސް ތަކެއް ވިއްސާލުމަށްފަހު، އޭނަ ދުއްވުން ބާރު ކޮށްލި ކޮށްލީނުން، ސައިކަލުގެ ބާރު އޭނާގެ އަތުން ދޫވިއެވެ. ސިކުނޑީގައި ތެތް ކަމެއް ނެތީކަމެއް ނޫނީ އޭގެ ބޭނުން ނުކުރަނީ ކަމެއް ޔަޤީނެއް ނޫނެވެ. ސައިކަލުން ފުންމާލާކަށް ވެސް އެ މޮޔަ ސިކުނޑިއަށް ނުވިސްނުނެވެ.

ދެ ސައިކަލު ޖެހުނު ވަގުތު، ފަސީހުމެން ދެ މީހުން ދިޔައީ ވިއްސަގެންނެވެ. ދެ މީހުން ވެސް ދެ ރުކެއްގައި ޖެހި މައިތިރިވިއެވެ.

ރަށުގެ މަގުތަކުން އިވެންފެށީ ސައިރަންގެ ބޮލަށް އުނދަގޫ ކުރާ އަޑެވެ. އެ ގޮސް ހޮސްޕިޓަލަށް ހުއްޓުމާއިއެކު އޭގެއިން ނެރުނީ ފަސީހު ނޫން ދެވަނަ މީހެއް ނޫނެވެ. އެ އެމްބިއުލެންސް ދުއްވާލުމާއިއެކު ފަހަތުގައި އޮތް އެމްބިއުލެންސް ކުރިޔަށް ޖެހިލާ ‘ވަގު’ ސޮރު ނެރުނެވެ.

ދެ މީހުންނަށް ވެސް ލޯ ހުޅުވާލެވުނީ އެކުއެކީގައެވެ. މުޅިތަން ވަށާ ދެ ލޯ ވެސް ހޯދާލި އިރު ކައިރީގައި ނަރުސް ނޫން އެހެން މީހަކު ނެތެވެ. ދެ އެނދު އޮތީ ޖެހިޖެހިގެންނެވެ. ދެން މި ޖެހުނީ ދެން އޮތް ހަ ކަންތަކާއެވެ. ފުންމައިގެން ތެދުވި ގޮތުން ނަރުސް ކުއްޖާ ވެސް ސިހުނެވެ. “ކަލޭ؟!؟” އަޑުގެ ނެތްތަނަށް ދެ މީހުން ހަލޭތްލަވައިގަތް އިރު ހޮސްޕިޓަލަށް ވެސް ގުޑުން އަރާނެކަން ޔަޤީނެވެ. ‘އައިވީ’ އަކާ ‘އައިވީ’ އެކެވެ. އެ ތެދުވީ ކޯޅެންކަން ޔަޤީން ވަނީ އެހެރަ ބަލާލާ ބަލާލުމަކުންނެވެ.

“ވަގު! ކޯއްޗެއް ނަގައިގެން މަގޭ ގެއިން ނުކުތީ؟”. ” ޤާތިލު! މަ ކީއްކުރީ؟ ކަލޭ މަ މަރާލަން ތި އުޅެނީ؟” އެ ސޮރުގެ އަޑުވެސް ވަކި މަޑެއް ނުވިއެވެ. “ޤާތިލޭ؟ ކާކު މަރައިލައިގެން ތި އުޅެނީ؟ މަ މީ ކަލޭހެން ފާފަ ނުކުރެވިގެން ދުވާ މީހެއް ނޫނޭ!” ފަސީހު ވެސް ބުނެފިއެވެ. “މަށާ ދިމާލަށް ފާފަ ކުރެއޭ ތިކިޔަނީ ކޮން ޙައްޤެއް އޮވެގެން؟ މަ މަގޭ ބުޅާ ހޯދަން ތާކު ހުރީ ގެ އަކަށް ވަނީމަތަ؟ އެއީ ފާފައަކަށް ވާނަމަ އެކަން ކުރެވިއްޖެ!” މި ފަހަރުވެސް އަޑު މަޑެއް ނުވިއެވެ. “ބަލާބަލަ ހުރި ނުބައި ކަން! ކުށް ކުރެވުނީމަ އެއަށް ފަސް އަޅާ، ޒަމްޒަމް ފެން އެޅިލެއް ޠާހިރެއްނު! ނުވިތާކަށް އެ ކުށްވެސް އެ އެޅުވީ ބުޅަލެއްގައޭ! ހުރި ވައްތަރުން ވެސް އެނގޭ ކަލޭތީ ވަގެއްކަން! ކޮބާ ކަލޭގެ ލަދު ހަޔާތް؟ އެ؟ އަޅެ އެވެސް ސީނު ކަރައިގާ ވަޅުލީތަ؟” ފަސީހު ވެސް އެ ބުނީ ދޮގެއް ނޫނެވެ. އެ ސޮރު ލައިގެން ހުރީ ކަޅު ފަޓުލޫނަކާއި، ކަޅުކުލައިގެ ހުޑީއެއްގެ އިތުރުން ހަމަ އެކުލައިގެ މާސްކެކެވެ. “ބަލަ މިގޮތަށް ހުންނަ ކޮންމެ މީހަކީ ވެސް އެހެންވީރުން ވަގެއްނު؟”. ވާނުވާ ރެއަކާލި މީހަކަށް ހަމައެކަނި ހުރީ ނަރުސް ކުއްޖާއެވެ. ދެ މީހުން މަތަ ނުވުމުން އެންމެ ފަހުން އޭނާއަށް ޖެހުނީ އޭނާގެ ހަތިޔާރުގައި ހިފާށެވެ. ހިސާބު އެންމެން ދަންނަ އޭނާގެ ތޫލި ހަޅޭކެވެ. ދެ މީހުން ވެސް މައިތިރިވީ އެހިސާބުންނެވެ. އޭރު ނަރުސް ކުއްޖާ ހުރީ މާނޭވާލެވިފައެވެ. ހަޅޭތްލަވައިގަތުމުން ވަރުބަލިވީ ތޯއްޗެކެވެ. “ކަލޭމެން ދެމީހުން ހަމަތަ؟” އެ ނަރުސް ކުރި ސުވާލުން އެ ދެ މީހުންގެ ވެސް ބުމަ ގޮށް ޖެހުނެވެ. ” މަ ކިޔައިދެންތަ ވާނުވާ؟ މިހާރު ތި ވީގޮތަކީ ރަޒީމު ފަސީހުގެ ގެއަށް ވަންނަން ޖެހުނީ އޭނާގެ ބުޅާ އެ ގެ އަށް ވަނީމަ. ދެން ކަލޭ ފެނުނީމަ އޭނާ ހީކުރީ ކަލޭ ތި އުޅެނީ އޭނާ މަރާލަންކަމަށް. ދެން ދެ މީހުން ވެސް ދުއްވީއެއްނު…ދެން ވީ އެކްސިޑެންޓެއްނު. ނަސީބެއްނު އެހެންމީހަކަށް ގެއްލުމެއް ނުވާކަން!” ނަރުސް ކުއްޖާ ހަޅޭތްލަވަމުން އަތުގެ އިޝާރާތުން އެކަންތައްތައް ދައްކަމުން ފަސީހުމެންނަށް އެ ހާދިސާ ކިޔައިދެމުން ދިޔަވަރަކަށް އެ ދެމީހުންގެ މޫނުގައިވާ ގޮށް މޮހި، ކަނާއަތުން ބޯ ކަހަންފެށުނެވެ. އެކަކު އަނެކަކަށް ބަލާލުމުން ދެ މީހުންގެ ހިނިގަނޑު ވެސް ފަޅައިގެން ހިނގައްޖެއެވެ.

(ނިމުނީ)

 

ވާހަކަ ކަމުދިޔަ ބޭފުޅުންނަށް: ޝުކުރިއްޔާ

ވާހަކަ ކަމުނުދާ ބޭފުޅުންނަށް: ވާހަކަ ވިދާޅު ވީތީ ޝުކުރިއްޔާ

ވާހަކަ އިތުރަށް ރަނގަޅު ކުރަން ބޭނުންވާ ބޭފުޅުންނަށް: ކޮމެންޓު ކޮށްލައްވާ

 

ޝުކުރިއްޔާ ?

Share Article

Follow Me Written By

AHAREN

Level 110 Stories

STORIES ARE JUST ANOTHER IMAGINARY WORLD FULL OF EMOTIONS. ✌️✌️ =AhArEn=

Other Articles

Previous

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (43)

Next

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (44)

Next
March 24, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (44)

Previews
March 23, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (43)

2 Comments!

  1. Firewolf Queen says:
    March 24, 2022 at 9:58 pm

    Vaahaka kamudhiyaeema comment kureveytha? ??
    Anyways mi vhk hama best ?
    Mashaa ﷲ vrh reethi
    Keep going ❤️

  2. Angry says:
    March 25, 2022 at 11:22 pm

    Varah reethi majaa vaahaka eh varah kamudhey

Comments are closed.



All Right Reserved!