ލަސްލަހުން ދުރުކޮށްލި އެސްފިޔަތަކުގެ ތެރެއިން ކުޑަދޮރު ކައިރީ ހެލިލަހެލިލާ ހުރި ލޭސް ފޮތިގަނޑަށް އެޅިފައިވާ އިރުގެ ފުރަތަމަ ދޯދިތައް ފެނުނެވެ. މަޑުކަމުން ފުށްކަފަކޮޅެއް ފަދަ ތަންމަތީގައި އޮވެފައި ޒާނަ ފުރޮޅިލިއެވެ. އެވަގުތު އެނދާއި ދިމާ މަތީގައި ސީލިންގްގައި ހަރުކޮށްފައިވާ ވިންޑްޗައިމްގެ މިއުޒިކީ އަޑުއިވިފައި އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ކަންނެތްގޮތަކަށް ދެލޯމަރާ ތަގުޅިކޮށްލުމަށްފަހު އަނެއްކާވެސް ހުޅުވާލާފައި ޒާނަ ތެދުވިގޮތަށް ތިރީގައި ބަހައްޓާފައި ހުރި މަޑު ފައިވާނަށް ދެފައި ކޮށްޕާލައިގެން ގޮސް އެނދުގެ ބޯ ލާކޮޅުގައި […]