Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ހާފް ހިއުމަން -4

BamBoo Level 1
May 19, 2021 2 Mins Read
0 Comments

ޔަލްވީމެން މޫދުންއަރައިގެން އައިސް މަޑުހިގުމެއްގައި ގެއާއި ހަމައަށްދިޔައިރު އެކަކު އެކައްޗެކޭވެސް ނުކިޔައެވެ. މާހީކުޑަކޮށްވާހަކަ ދައްކާލާހަދައެވެ. މަލަކްއާއި ލޫނާ ތިބީ ބުނާނެ އެއްޗެއްނޭންގިފައެވެ. އެކުވެރިޔާގެ މިބަދަލުން ގައިމުވެސް ވަރަށްބޮޑުކަމެއް އޭނާގެ އުޅުމުން ބަދަލުވެއްޖެކަން އިހުސާސްވަމުންދިޔައެވެެ.

ޔަލްވީ ކޮޓަރިއަށްވަދެ ތުވާއްޔެއް ހިފައިގެން ފާހާނައަށްވަނެވެ. ފެންމާގަނޑު ދޫކޮށްލުމާއެކުހެން ހަޅޭއްލަވައިގަނެވިއްޖެއެވެ. ފަލަމަސްގަނޑަށްއެރި ތޫނުތަދާއެކު އޭނާހުރިތަނަށްތިރިވިއެވެ. އޭރުވެސް ފެންމާގަނޑު ދޫކޮށްލާފައިހުރުމުން މުޅިގައިތެމެމުންދިޔައެވެ. ވަމުންދިޔަތަދާއެކު އޭނާއަށް ދެލޯފިއްތާލާ ބާރުކޮށްލެވުނެވެ. މުޅިގައިން ވަރުދޫވާކަމުގެ އިހުސާސްވަމުންދިޔައެވެ. ޝަވަރ ނިއްވާލުމަށް މަސެއްކަތް ކުރަމުންދިޔަނަމަވެސް ކާމިޔާބެއްނުވިއެވެ. އަތްކައްސަމުންދިޔައެވެ. ވަމުންދިޔަ ތަދުން ދެލޯފުސްވާހެންވެސް ހީވިއެވެ. މާގަނޑު ނިއްވާލުމާއެކުހެން އޭނާ ބިންމައްޗަށް ދެމުނެވެ. ގައިގެ ވަރުހުސްވެފައި އޮތުމުން ދެންމިމަރުވަނީއޭ ހިތަށްއަރަމުންދިޔައެވެ.

އިރުކޮޅެއްފަހެވެ. ގައިގަ ހިފާފައިހުރި ފެންތިކިތައްއޮބި ޔަލްވީއަށް ހޭވެރިކަންވީއިރު އޭނާއޮތީ ފާހަނަތެރޭގައިއެވެ. އިސްތަށިގަނޑުވެސްހިކި ދެންމެ ފެންވެރިހެންވެސް ހީނުވެއެވެ. ފަލަމަސްގަނޑުގެ ފާރުގަނޑު ކަހަމުން ތުވާލިގައިގަ އޮޅާލިއެވެ. ދިލަތަދެއްހުއްޓަސް މިހާރު އިހުވަރެއްނޫނެވެ. ދޫހަރުވާޅަކާއި އަތްދިގު ޓީޝާޓެއްލައިގެން ބަދިގެފަޅިއަށްނިކުތެވެ. ވާހިދާއަށް ކުޑަވެސް އެހީއެއްވެދިނުމަށެވެ.

ޔަލްވީމެންގޭގައި ބަދިގެއާއި ސިޓިންރޫމްބައި ހުންނަނީ ވަކިންނެވެ. ބަދިގެއާއިޖެހިގެން ކާގެހުރިއިރު އެއާއި ޖެހިގެން ގުދަންބަޔާއި ވަޅުކޮޓަރިއެއްހުރެއެވެ. ސިޓިންރޫމްބައިގައި ބޮޑު ހަތަރުކޮޓަރިހުރެއެވެ. ބަދިގެ ކުރިމަތީގައި ބޮޑުޖަނބުރޯލުގަހަކާއި ފޭރުގަހެއްހުރެއެވެ. މުޅިތަނަށްހިޔާ އެޅިފައި އޮތުމުން ނުހަނު ހިތްގައިމެވެ.

ހުކުރުނަމާދުން ނިމިގެން ގެއަށްއައި މާހިލްއަށާއި އާބިރުއަށް ބަދިގެ ފަރާތުންދުވަމުންދިޔަ ވަހާއެކު ބަނޑުފުރިއަރަމުންދިޔައެވެ. ދެފިރިހެނުންމެ އަވަސްވެގަތީ އެއްޗެއް ބަނޑަށްލުމަށެވެ. ބަދިގެފަރާތުގައި ޔަލްވީއާއި ވާހިދާނުހަނު ބިސީކޮށް އުޅޭތަންފެނެއެވެ.

އަލަމާރިންނެގި ކެރެޓްސަޓަނިކޮޅާއި ޖޫސްޖަގު މޭޒުމަތީގައި ބަހައްޓުމަށްފަހު ޔަލްވީ ހިންދެމިލިއިރުހުރީ ނުހަނު ވަރުބަލިވެފައެވެ. އާބިރުމެން އައިސް ކާގޭދޮރުމައްޗަށްއެރިއިރު ކާމޭޒުމަތި ފުރިފައިވީ ދަހިވާކަހަލަ ގޮތަކަށެވެ. ކެޔޮބަތާއި ގަރުދިޔައެވެ. ފިހުނުމަހާއި ފިހުނު ލޮނުމެދެވެ. ތެލުލިފަތާއި ދެވައްތަރެއްގެ ސަޓަނިއެވެ. ފުނޑިމިރުހާއި ކޮށާފައިހުރި ފިޔަލާއި ތޮޅިމިރުހެވެ. ޕިރިނީއާއި ޖޫހެވެ. އާބިރު އަންހެންވެރިންނަށް ތައުރީފުކުރަމުން ކެއުމަށް އިންސާފުކުރަންފެށިއެވެ. ޔަލްވީއާއި ވާހިދާވެސް ފިރިހެންވެރިންނާއެކީ ކެއުމައްޓަކައި ގޮނޑިދަމާލުމަށްފަހު އިށީނެވެ. ދޭތެރެ ދޭތެރެއިން ކެހުންއިތުރުވާހެން ޔަލްވީއަށް ހީވަމުންދިޔައެވެ. އެންމެފަހުން ނީންދެވިގެން ނިކަން ބާރަށް ކަހައިގަނެވުނެވެ. ހަންގަނޑު އިރައިގެންދިޔުމުން ވާކަހަލަތަދެއް ޔަލްވީއަށް އިހުސާސްވުމާއެކު އެބައަންނަމޭބުނެ ކާގެއިން ނިކުންނަންދިޔައެވެ.

“އާބިރު ޔަލްވީއަށް ބަދަލުތަކެއް އައިހެންހީވޭތަ. އެފަޅުރަށުންއައި ގޮތަށް ނިކަންތަފާތު ޔަލްވީގެ އުޅުން. މާހިލް އެރަށުން ޔަލްވީއަށްކަމެއްދިމާވިތަ.” ވާހިދާ ފިހުނުމަސްކޮޅަކުން ކަށިނައްޓުވަންއިދެފައި މާހިލްކައިރި އަހާލި ސުވާލުން މާހިލް އަނގައަށްލީ ބަތްސުވާ ދިރުވާލަންވެސް ނޭންގިފައި އިނެވެ. ބޯހޫރާލުމަށްފަހު ނޫނެކޭ ބުނެވުނީ އިހްތިޔާރަކާއި ނުލައެވެ. އިތުރަށް އެއްޗެކޭ މަންމަކިޔާފާނެތީ ރަނގަޅަށް ތަށިހުސްނުކޮށް ކާގެއިން ނިކުތެވެ. އަވަހަށް ފޯނުނަގާ ކޮންމެވެސް މީހަކަށް މެސެޖެއްކޮށްލިއެވެ.

ލޯގަނޑުކުރިމަތީހުރި ޔަލްވީހުރީ ވަރަށްކަންތައްބޮޑުވެފައެވެ. ފައިގެ ފަލަމަސްގަނޑު ފެންނާނެހެން ހަރުވާލު ކަހާލައިގެން އެފާރުގަނޑަށް ބަލަހައްޓައިގެން އޭނާހުއްޓެވެ. ފާރުގަނޑުގެ ހަންގަނޑު މިހާރު އޮތީވީދިފައިއެވެ. ހަންކޮޅު އެލިފައި އޮތްއިރު ލޭނާންނާތީ އަޖައިބުވެފައި ޔަލްވީ ހުއްޓެވެ. އެނާއަށް ކަހާލެވުނީ ތަންކޮޅެއްބޮޑަށެވެ. މިވަރު މިވީ އެހެންވެގެންނެވެ. ފާރުގަނޑު ދޮވެލަން ހިތަށްއަރާފައިވެސް ބިރުގަތީ ވާނެ ތަދު އިހުސާސް ކޮށްލެވުމުންނެވެ. އެހެންވާންވީ ކީއްވެހެއްޔެވެ. ފެންވަރާއިރު އެތަދުއަންނަންވީ ކީއްވެހެއްޔެވެ. މިއަދު މޫދަށްއެރި ތިބިއިރު ނުވިތަދެއް ވަޅުފެންޖެހުނީމައި އެވަނީ ކީއްވެހެއްޔެވެ. ޔަލްވީ ވިސްނިވަރަކަށް ސިކުނޑި ސުމަކަށް ދަމުންދިޔައެވެ. ފޮތިކޮޅެއް އައްސާލައި ބާރުކޮށް އެތަންބައްދާލިއެވެ. އެއަށްފަހު ހަރުވާޅު ތިރިކޮށްލައި ހިގައިލިއެވެ. މީވާ އަޖައިބެކެވެ. ހިނގުމަކުންވެސް ތަދެއް އަރަނީއެއް ނޫނެވެ.

އިރުއޮއްސި ކަޅުވިލާތަކުން އުޑުމަތި ފޮރުވާލާ ވައިގަދަވަމުންދިޔައެވެ. ރޭގަނޑު ނުވައެއްނުޖަހަނިސް މީހުންތައް ގެއަށްވަދެ ގޭތެރޭ ކަންކަމުގައި ތިއްބެވެ. އެއްބަޔަކު ޓީވީއަޅުވައިގެން މިރޭގެ މިތޫފާނާބެހޭ އިތުރު މައުލޫމާތު ހޯދަމުންދިޔައެވެ. އެގޮތުން އާބިރުއާއި ވަހީދާވެސް ތިބީ ޓީވީއަޅުވާލައިގެންނެވެ. ކައިނިމި މީރުކޮށް ދުފާލައިގެން ޓީވީއަށް ގެއްލިފައިތިބިއިރު މާހިލް އާއި ޔަލްވީ އުޅެނީ ކޮޓަރީގައެވެ. މަޑުހާކެރީގެ އަޑު ޓިނުތަކުގައި ޖެހެމުންދާއިރު ކިޔާހިތްފަސޭހަ އަޑާއިހެދި ޔަލްވީ ނިދިއަންނަމުންދިޔައެވެ. ވިއްސާރަ އިތުރަށް ބޯކޮށްލާނަމަ އޭނާއަށް ނިދަންހާދަ ފަސޭހަވާނެއެވެ.

ފޯނާއި ކުޅެލައި  މަލަކްމެން ތިންކުދިންގެ ވައިބާރ ގުރޫޕު ބަލާލިއިރު ޔަލްވީ އެކުދިންގެ ހާލާއި މެދު ހަމްދަރުދީވިއެވެ. އެކި ގޮތްގޮތުން އެކުދިންނަށް ޔަލްވީއަށް ވެގެން އުޅޭގޮތުގެ ވާހަކަ ކިޔާދިނުމަށް އެދިފައިވެއެވެ. ކޮންމެފަދަ ހާލެއްގައިވެސް ޔަލްވީއަށް އެހީވާނެކަމަށާއި އެކުވެރިކަމަށް ބުރުއަރާފާނެ ކަމެއް އެކަކުވެސް ނުކުރާނެކަމަށްވެސް ލިޔެފައި އޮތެވެ. ޔަލްވީ ނުހަނު ދެރަވެ އެކަމާ ވިސްނާލަންއޮތެވެ. ބުނަންވީބާއެވެ. ބުނަންބޭނުމެވެ. އެހެނަސް އޭނާއަށް ފަސްޖެހެވެނީއެވެ.

ނިދިޖެހުނުތަނާއެކުހެން ޔަލްވީއަށް ހޭލެވުނީ ފަޔަށްކުއްލިއަކަށްއެރި ބަޔާންކުރަން ނޭންގޭތަދާއެކުހެންނެވެ. ހީވީ އެއްހާސް ހިނިއެއްފަހަރާ އޭނާގެ ފައިގެ ފަލަމަސްގަނޑުގައި ދަތްއެޅިހެންނެވެ. ނިކަންއަވަހަށް ކައިރީގައި އިން ސްވިޗުޖައްސާލައި ހުދުބޮކި ދިއްލާލިއެވެ. ފައިގައި އޮޅާފައިއޮތް ފޮތިގަނޑު ހޫރުވާލުމާއެކުހެން ޔަލްވީ ބިރުންރޫރޫ އަޅައިގަތެވެ. މިވަނީ ކިހިނެއްކަމެއް ނޭންގި މުޅިމީހާ ހުދުވެ ފަލަމަސްގަނޑުގެ ފާރުގަނޑާއި ދިމާލަށް ކަޅިނުޖަހާ ބަހައްޓައިގެން ހުރެވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

BamBoo

Level 1

Other Articles

Previous

އަންނަންދެން ހުންނާނަން ލޯބިން 36

Next

އެކުއްޖާ 2 – 33 & 34

Next
May 19, 2021

އެކުއްޖާ 2 – 33 & 34

Previews
May 19, 2021

އަންނަންދެން ހުންނާނަން ލޯބިން 36



All Right Reserved!