Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ހާފް ހިއުމަން -3

BamBoo Level 1
May 17, 2021 2 Mins Read
2 Comments

ކާހިތްކެނޑިފައިހުރުމުން ފޯނާއި ކުޅެލާނީއޭ ހިތާއައިސް އެދަށްޖެހިގަތެވެ. ވެފައިހުރި ލޮޑުކަން އިހުސާސްވީދެނެވެ. ފޯނުދުރުގައި ބޭއްވުމަށްފަހު ކައިރީގައިއޮތް ބާލިސްގަޔާއި ކައިރިކޮށްލިއެވެ. ނިދީގެ ފޮނިމީރުކަމުގެ ތެރެއަށް ޔަލްވީ ގެނބިގެންދިޔަގޮތްވެސް ނޭންގުނެވެ.

ޔަލްވީ ލޯހުޅުވާލިއިރު އޭނާއަށްހުރެވުނީ ފުންމިންނޭންގޭ މާސިންގާ ކަނޑެއްގެމެދުގައެވެ. ވަށައިގެން ބޮކިއަރަމުންދިޔައީ ތިޔަހެނެއްބަލާފައެއް ނޫނެވެ. ކުއްލިއަކަށް އޭނާގެ ފައިގާ ހިފާމީހަކު ތިރިއަށް ދަމާގަތެވެ. ފެނުގެ އަޑީގައި އަޑުގެބަދަލުގައި ނިކުތީ ބޮކިތަކެވެ. ތަންތަން ސާފުވަމުންދިޔަހެން އޭނާއަށްދުރުގައި ހުރި ރަންވިދުވަރު ސާފުވަމުންދިޔައެވެ. އެދިހުންގަދަވަމުންގޮސް އޭނާ ދެލޯމަރާލަންޖެހޭވަރުވިއެވެ. އިރުކޮޅެއްފަހުން ލޯހުޅުވާލިއިރު މިއަދު ފެނުނު މަހުލޫގު ހުރީ ސީދާ އޭނަގެކުރިމަތީގައެވެ. އޭނަގެ ލޮލުން އަލިފާންކަނިބުރަމުން ދިޔައެވެ. ކުއްލިއަކަށް ޔަލްވީކަރަށް ބާރުވަމުންދިޔައެވެ. އެއްޗެއްހިފަހައްޓައިގެންހުރި ކަމުގެ އިހުސާސްވަމުންދިޔަ ވަރަކަށް އެކުޑަ ހިތް ތެޅެމުންދިޔައެވެ. ކުއްލިއަކަށް އެމަހުލޫގު އަތުގެތެރެއިން އަލިގަނޑެއް ފޮނުވާލިއެވެ. އެއިން ރެކިގަތުމަށްޓަކައި ޔަލްވީ ދުރަށް ފީނައިގަތެވެ. އެއަލިގަނޑު އައި ގޮތަށްއައިސް ޖެހުނީ އޭނާގެ ބުރަކަށީގައެވެ. ވީތަދާއެކު ޔަލްވީއަށް ހަޅޭއްލަވައިގަނެ އެނދުމަތިން ފުންމައިގެން ތެދުވެވުނެވެ. އަތުގައިޖެހިފައި އެދާއިޖެހިގެން އިންކުޑަ މޭޒުމަތީ އިންތަށިވެއްޓި ތެޅުނެވެ. ޔަލްވީއަށް ހުވަފެނެއްކަން ރޭކާލީއަދިކިރިޔާއެވެ. ދެލޯ ތެމުނީ ގަތްބިރެއްގެ ސަބަބުންކަމެއް ނުވަތަ ފެނުނީ ހުވަފެނެއްކަން އިނގުނީމައިވީ އުފަލުންކަމެއް ނޭންގުނެވެ.

އަލަމާރިކައިރީގައި އިށީންދެ ކަކޫމަތީ ބޯއަޅައިގެންއޮވެ އޭނާ ހިތްފުރެންދެން ރޯލިއެވެ. ދެލޯފުހެލުމަށްފަހު ފަލަމަސްގަނޑާއި ދިމާލަށް ބަލާލެވުނީ ބޭއިޙްތިޔާރުގައެވެ. ސޯޓު ކޮަންމެސްވަރަކަށްކެހިފައި އިނުމުން ފެންނަމުންދިޔައީ އޭނާގެ ފަލަމަސްގަނޑުގައި ކަނޑައިގެންގޮސްފައި އިންތަނުގެ އެއްބައެވެ. ތޫނުއެއްޗަކުން ފައިގައި އެޅިފައި އިން ނިޝާންފެނި އެއީ ކިހިނެއްވެފައި އިން ލަކުނެއްތޯ ވިސްނަމުން ދިޔައެވެ. ލޭނަޔަސް ވަރަށްްފުނަށް ހަތަރުއިންޗި ދިގުމިނުގައި އިން ފާރުގަނޑުމަތީ އަތްހާކާލުމުން ދިލަތަދެއް ނަގަމުންދިޔައެވެ. ފެންޖެހުމުން އިތުރަށް އެފާރު ސަކަރާތްވެދާނެތީ މޫނުދޮއެލައިގެން އެއްޗެހި ބަދަލުކޮށްލައިގެން ނިކުތީ ހެނދުނު ނާސްތާކޮށްލުމަށެވެ. ބަދިގެ ފަރާތަށްދިޔައިރު މާހިލްއުޅެނީ މަހެއްކަނޑާށެވެ. ވާހިދާ ފުނޑާދައިކައިރީއިދެ މީރު މިރުސްގަނޑެއް ފުޑަމުންދިޔައެވެ.

“ދަރިފުޅާ ހާދަލަހުންނޭ ތި ހޭލީ. މަލަކްމެން އައި ދަރިފުޅު ހޯދަން. ދެންދޭ ސައިބޯން އެއޮތް އެގާރަޖަހަނީ.” ވާހިދާއަށް ޔަލްވީ ފެނިލުމާއެކުހެން ފުނޑުންހުއްޓާލިއެވެ. ލޮނުމެދުކޮޅު ޗިސްކޮށްލަމުން ކާގެއަށް އިޝާރާތްކޮށްލިއެވެ. ވަރުބަލި ހިނގުމެއްގައި ކާގެއަށްވަދެ އިށީންދެ ރޮއްޓާއި މަަސްހުނިކަމުންދިޔައެވެ. ދޭތެރެ ދޭތެރެއިން ފަލަމަސްގަނޑު ކަހާލެވެއެވެ. ކަހާލާކޮންމެ ފަހަރަކު ދިލަތަދެއްވަމުންދިިޔައެވެ.

“އޭނީ ކާންވެގެން މިހާރު. ދޭ ސައިބޯން ތިކުދިންވެސް” ވާހިދާ މީހަކާ ވާހަކަ ދައްކާ އަޑުއިވިގެން ޔަލްވީ ކާގެއިން ބޭރަށް ބޯދިއްކޮށްލިއެވެ. ލޫނާއާއި މަލަކްގެ އިތުރުން މަލަކްގެ ކޮއްކޮ މާހީ ހުރީ އައިހެވެ. ލޫނާގެ އަތުގައި އޮތްމަޖާތަށި ދައްކާލުމަށްފަހު އޭނާ ހަނާއަޅާލީ ޔަލްވީ އައުމަށެވެ. ގޮށި ޖަހާލުމަށްފަހު ޔަލްވީ  އެބައަންނަމޭ ބުނެ  މަލަކްމެންނާއެއްކޮށް ބޭރަށްދާން ނިކުތެވެ. އެދަނީކޮންތަނަކަށްކަން ވާހިދާއަށް އިގޭތީ އިތުރު ސުވާލެއް ނުކުރެއެވެ. ބައެއް ހުކުރުތަކުގައި މޫދަށް އެރިލުމަށް ޔަލްވީ ކުޑައިރުން ފެށިގެންވެސް ގޮސްއުޅެއެވެ.

މީސްމީހުންގޭގައި އިންދާފައި ހުރި ބޮޑެތިގަސްތަކުން ރަށުގެ ބޮޑެތި ފުޅާ މަގުތަކަށް ހިޔާއެޅިފައިއޮތެވެ. އެކުދިން މަގުގެ އެއްކައިރިން ހިގަމުންގޮސް ގޮނޑުދޮށަށްފޭބިއިރު ނަލަނަލަ ގޮނޑުދޮށުގައި ބައެއްކުޑަކުދިން މޫދަށްއެރިތިއްބެވެ.

މޫދަށް އެެރެންޖެހިލުންވެ ޔަލްވީ ހިޔަލުގައިހުރި ޖޯއްޔެއްގައި އިށީނެވެ. މާހީގެ ރައްޓެހިކުދިންކޮޅާއެކު ރާޅުޖަހާ ހިސާބުގައި ސަކަރާތްޖަހަން ތިބިތަން ބަލަން މަލަކްވެސް އިނީ ޖޯލީގައެވެ. އޭނާގެ އެންމެގާތްއެކުވެރިޔާއަށް އައި ބަދަލުފެނި ވީގޮތް އޮޅުންފިލުވާލާހިތްވިއެވެ. އެހެނަސް އަހާލާކަށް ނުކެރުނެވެ.

“ޔަލް. މިއަދު މޫދަށް ނޭރެނީތަ. ” ލޫނާއަށް ނީންދެވިގެން އަހާލީ ސީދާ ޔަލްވީގެ މޫނަށްބަލަންއިދެއެވެ. ފައިގެ ފަލަމަސްގަނޑަށް އެރިކެހުން ފިލުވަމުން ޔަލްވީ ވިސްނަމުންދިޔައީ މަލަކްމެން ކައިރި ބުނާނެ ގޮތަކާއި މެދުއެވެ. ބުނާނީ ކިހިނެއްހެއްޔެވެ. އެވާނީ ބޮޑު ޖޯކަކަށެވެ. އެދުވަހުވީ ކަމެއްގެ ވާހަކަ މީހެއްކައިރީގައި ނުބުނާންވެސް މިހުންނަނީ މަލަކްމެން އެނާއަކީ މޮޔައެއްކަމަށް ނިންމަފާނެތީއެވެ. އެވާހަަކަ އެކަކުވެސް ގަބޫލެއްނުކުރާނެވެ. މޫދަށް އެރެންކިތަންމެ ބޭނުންވިޔަސް އެދުވަހުގެ އެބިރުވެރި ހާދިސާ ހިތަށްސިފަވަމުންދިޔައެވެ.

“އޭ. ނޫނޭ އެހެނެއްނޫން. ކުޑަކޮށްވަރުބަލީ އެހެންވެ މޫދަށް އެރޭ ހިތެއްނުވޭ ހަމަ.” ޔަލްވީ އެއްޗެކޭ ނުބުނެ އިނުމުން މަލަކް ޔަލްވީގެ ކޮނޑުގައި ކޮއްޓާލިއެވެ. ލިބުނުހައިރާންކަމާއެކު މަލަކްއަށް ބަލައިލެވުނީ ލޫނާއަށެވެ. މިނޫނިއްޔާ ދުވަހަކުވެސް ޔަލްވީ މޫދަށްއެރެން ދެކޮޅުހަދާފައެއްނުވެއެވެ. ޔަގީނެވެ. ޔަލްވީކަމެއް އެބަ ސިއްރުކުރެއެވެ. އަބަދުވެސް ކޮންމެކަމެއްހެން ކިޔާދެމުންއައިސް މިކަމެއް މިނުކިޔާދެނީ ކީއްވެބާއެވެ. ދެކުދިންހެން ވިސްނަމުންދިޔަ ވަރަކަށް ކަމުގެ ސީރިއަސްކަން ނަގައިގަނެވެމުން ދިޔައެވެ.

”ޔަލް. ޔަލް ބޭނުންކަމެއް އަހަރެމެންނަށް ޝެއާރ ކުރެވޭނެ. ކޮށްފަ ހުންނަ އެންމެ މޮޔަކަންތަކާ ސީރިއަސް ކަންތައްވެސް ތިންމީހުން އަބަދުވެސް ޝެއާރ ކުރަމެއްނު.” މަލަކް ދައްކަމުންދިޔަ ވާހަކައަށް ލޫނާ ބޯޖަހަމުންދިޔައެވެ. އެހެނަސް ޔަލްވީ ދުރުބަލަހައްޓައިގެން އިނެވެ. ކަމެއްވިނަމަ ބުނާނަމޭ ބުނެ އިތުރަށް އެކުދިންދެރަ ނުކޮށްލުމަށްޓަކައި ޔަލްވީ ރާޅުފެންފަށުގަައި ތިބެލަންހިނގާށޭކިޔާ މާހީމެންނާއި ދިމާލަށް ހިގައިގަތެވެ. ޔަލްވީ މިނޫނަސް މަދުމަދުންނަމަވެސް ގެނބިފައި އެބަހުއްޓެވެ. ގެނބިގެންވީ ކަމެއްކަމަށް އެކުދިން ގަބޫލެއްނުކުރާނެއެވެ. އެހެންކޮންމެވެސް ސިއްރެއްއެބަވެއެވެ.

ޔަލްވީމެން މޫދުންއަރައިގެން އައިސް މަޑުހިގުމެއްގައި ގެއާއި ހަމައަށްދިޔައިރު އެކަކު އެކައްޗެކޭވެސް ނުކިޔައެވެ. މާހީކުޑަކޮށްވާހަކަ ދައްކާލާހަދައެވެ. މަލަކްއާއި ލޫނާ ތިބީ ބުނާނެ އެއްޗެއްނޭންގިފައެވެ. އެކުވެރިޔާގެ މިބަދަލުން ގައިމުވެސް ވަރަށްބޮޑުކަމެއް އޭނާގެ އުޅުމުން ބަދަލުވެއްޖެކަން އިހުސާސްވަމުންދިޔައެވެެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

BamBoo

Level 1

Other Articles

Previous

ޝަކުވާއޭ މިހިތުގައިވަނީ އަބަދުވެސް (ހަވަނަ ބައި)

Next

ނަފްރަތުން ވެވުނު ލޯބި 20

Next
May 17, 2021

ނަފްރަތުން ވެވުނު ލޯބި 20

Previews
May 17, 2021

ޝަކުވާއޭ މިހިތުގައިވަނީ އަބަދުވެސް (ހަވަނަ ބައި)

2 Comments!

  1. Annora says:
    May 17, 2021 at 10:45 pm

    masha allah v reethi mi story .. keep going dear ..when next❤️❤️

    1. BamBoo says:
      May 19, 2021 at 4:56 am

      shukuran. In Sha Allah miadhuge vaguthehgai up kollaanan. keep reading 🙂 hope u will like future parts as well <3

Comments are closed.

Next Episodeހާފް ހިއުމަން -4←


All Right Reserved!