Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އަންނަންދެން ހުންނާނަން ލޯބިން 39

Shyyyms
Shyyyms Level 510 Stories100 Login100 Comments100 Stories
May 22, 2021 5 Mins Read
3 Comments

ތާރާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އޭރު ވެސް ވަދެގެން އައި ޒުވާނާ އަކަށް ތާރާއެއް ނުފެނެއެވެ. ތާރާގެ ހިތުގައި އުދާސްތައް އުފެދެމުން ދިޔައެވެ. އެތައް ހާސް ޝަކުވާއެއް އެ ހިތުގައި ވިއެވެ. އެ ދެލޮލަށް އެތައް ސަތޭކަ ކަރުނަތިކި ތަކެއް އެއްވިއެވެ. ނަމަވެސް ހިތްވަރު ކޮށްފައި އެ ކަރުނަތައް ދެލޮލުން ބޭރުވިޔަކަ ނުދިނެވެ.

“ދި ޑޮކް އިޒް ގޮނާ ޗެކް ދި ޖެންޑާ.” ޒީނާ ވަރަށް އުފަލުން އެ ޒުވާނާގާތު ބުންޏެވެ.

“ރިއަލީ؟ ދެޓްސް ގްރޭޓް! އައި ހޯޕް ދި ބޭބީ އިޒް އެ ގާލް ލައިކް ޔޫ. ވިތު ޔުއާ ޕްރެޓީ ފޭސް އެން އައިޒް!” އެ ޒުވާނާ ވެސް އުފަވިއެވެ. “އޮހް ހަޝް! އައި ވޯންޓް އެ ބޯއި ލައިކް ހިޒް ޑޭޑް.” ޒީނާ ރައްދުގައި ބުންޏެވެ. “ބަޓް ޔޫ އާ މޯ ބިއުޓިފުލް. އައި ވޯންޓް އެ ލިޓްލް ޕްރިންސެސް.” އެ ޒުވާނާ ކުޑަކުއްޖެއްހެން ތުންކޮޅު އޫކޮށްލުމުން ޒީނާ ހޭން ފެށިއެވެ.

 

އެ ޒުވާނާ ‘ޕްރިންސެސް’ އޭ ބުނުމުން ތާރާގެ ހިތަށް އިތުރަށް ތަދުވިއެވެ.

 

“ވަޓް އާ ވީ ވެއިޓިން ފޯ؟ ހިނގާ އަވަސް ކުރަން.” އެ ޒުވާނާ ހީލަމުން ތާރާއަށް ބަލައިލިއެވެ. އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަނގަ ކުޑަކޮށް ހުޅުވުނެވެ. ބަސް ހުއްޓިފައި ހުރި ކަހަލައެވެ.

ނަމަވެސް ތާރާ ބަލައިލީ ޒީނާއާއި ދިމާއަށެވެ. “ލެޓްސް ސްޓާޓް.” ހިތުގައި އަޅަމުން ދިޔަ ވޭނަށް ކެތް ކުރެވޭތޯ ބަލަމުން ތާރާ ވާހަކަ ދެއްކިއެވެ. އަދި ޒީނާ ގާތު ކަންތައް ކުރަންވީ ގޮތް ކިޔާދިނެވެ. ތާރާ އޭނާގެ މަސައްކަތް ފެށި އިރުވެސް ކިޔާންގެ ދެލޯ އަމާޒުވެފައިވަނީ ތާރާއަށް ކަން ތާރާއަށް އިޙްސާސްވިއެވެ. ނަމަވެސް އެންމެ ފަހަރަކު ވެސް ކިޔާނާއި ދިމާއަށް ބަލައެއް ނުލައެވެ.

 

ކިޔާން އާ ދިރިއުޅުމެއް ފަށައިގެން ކުރިއަށް ދާ ކަން އެނގުމުން ތާރާގެ ހިތަށް ލިބެމުން ދިޔައީ ބަޔާންކުރަން ނޭނގޭހާ ބޮޑު ވޭނެކެވެ. ކިޔާނަކީ މިއަދު އެހެން މީހެއްގެ ޙައްޤެއްކަން އެނގި އޭނާގެ ހިތް މެދުން އިރައިގެން ދިޔަ ފަދައެވެ. ކިޔާނަކީ މިއަދު އެހެން މީހެއްގެ ފިރިއެކެވެ. މާ ގިނަ މަސްތަކެއް ނުވެ ތުއްތު ފުރާނައެއްގެ ބައްޕައަކަށް އޭނާ ވާނެއެވެ. ފުރަތަމަ އީމާއެވެ. މިހާރު ޒީނާއެވެ.

ތާރާ ކިޔާންގެ އިންތިޒާރުގައި އިނދެ ދުވަސްތައް ގުނިއިރު ކިޔާން އާ ދިރިއުޅުމެއް ފެށީއެވެ. މުސްތަޤުބަލާއިގެން ކުރިއަށް ދަނީއެވެ. އޭރު ތާރާއަށް އަދި މިހުރެވުނީ މާ ފަހުގައެވެ. މާ ބޮޑަށް ވެސް ފަހަތުގައެވެ. އެންމެފަހުން ކިޔާނާއި އޭނާ އާއި ދެމެދުގަ ބޮޑު ފާރެއްވެސް އެޅުނީއެވެ. ޒީނާ އާއި އެދެމީހުންނަށް ލިބެން އުޅޭ ދަރިފުޅެވެ. ނަމަވެސް ތާރާގެ ހިތުގައި ޙަސަދަވެރިކަމެއް ނުވެއެވެ. ވީ ވޭނާއި ޝަކުވާއެވެ. އުދާސްތަކާއި ހިތްދަތި ކަމެވެ.

 

“އިޓްސް އެ ގާލް. ކޮންގްޖުލޭޝަންސް. ޔޫއާ ގޮއިންޓު ހޭވް އެ ބޭބީ ގާލް.” ތާރާ ހިނިތުންވުމެއް ޒީނާއަށް ދީނެވެ. އެވަގުތު ކިޔާނާއި ޒީނާގެ މޫނުމަތި އުޖާލާ ވެގެން ދިޔަ މަންޒަރު ފެނުނެވެ. “އައިމް ސޯ ހެޕީ، ޒީ. އިޓްސް ގޮނާ ބީ އެ ބޭބީ ޒީނާ. ޝީ އިޒް ގޮނާ ބީ މައި ލިޓްލް ޕްރިންސެސް.” ކިޔާން ވާހަކަ ދެއްކި އިރު އުފަލުން ރޮވެނީއެވެ. ޒީނާގެ ލޮލުން ވެސް ކަރުނަ ފައިބަމުން ދިޔައެވެ. ކިޔާން ގުދުވެލާފައި ޒީނާގެ ނިތަށް ބޮސް ދިނެވެ. “އައި ލަވް ޔޫ ސޯ މަޗް، ޒީ.”

“ލަވް ޔޫ ޓޫ، ކުޑަކުޑަ ބޭބީގަނޑު.” ޒީނާ ކިޔާންގެ ބޮލުގައި އަތް ހާކާލަމުން ހޭން ފެށިއެވެ. “ޒީ! ބޮލުގަ އަތް ނުލާބަ!” ކިޔާން ތުން އޫކޮށްލިއެވެ.

 

ތާރާ ދެލޯ މަރާލައި ގަދަކަމުން ހިނިތުން ވެލިއެވެ. އޭނާގެ ހިތް އެތައް މަރަކުން މަރުވަމުން ދިޔައެވެ. އެތައް ހަންޖަރުތަކެއް އެއްފަހަރާ ހެރެމުން ދިޔައެވެ.

ނިމިގެން ދަމުން ވެސް ދެމީހުން ދިޔައީ އަތުގުޅާލައިގެނެވެ. އެ ދެމީހުންގެ ދިޔުމާއިއެކު ތާރާއަށް ހުރި ތަނަށް ތިރިވެވުނެވެ. އަދި މޫނުމަތީގައި އަތް އަޅައި ރޮއެގަނެވުނެވެ. އޭނާގެ ބަދުނަސީބު ކަމެވެ.

އޭނާގެ ކުށަކީ ކޮބައި ހެއްޔެވެ؟ ކިޔާންދެކެ ލޯބިވުން ހެއްޔެވެ؟ ކިޔާން ސަލާމަތް ކުރުމަށްޓަކައި އަމިއްލަ ނަފްސު އަނދަވަޅަކަށް ވައްޓާލިންެއްޔެވެ؟ ނުވަތަ 6 އަހަރު ވަންދެން ކިޔާނަށް އިންތިޒާރު ކުރުން ހެއްޔެވެ؟ ކިޔާންގެ ލޯތްބަށް އަދިވެސް އެދެވުން ހެއްޔެވެ؟

ކިޔާން އޭނާ ދެކެ ލޯބިވާ ކަމަށް ބުނާ އަޑު އެހުމަށް އޭނާގެ ހިތްވަނީ ބޭގަރާރު ވެފައެވެ. ކިޔާން ކުރިންހެން އަދިވެސް އެއްފަހަރު އޭނާއަށް ‘ޕްރިންސެސް’ އޭ ކިޔާއަޑު އަހާލުމަށް އެ ހިތް ވަނީ ކެތްމަދުވެފައެވެ. ނަމަވެސް އެއީ ދެން ދުވަހަކުވެސް ވާނެ ކަމެއް ނޫނެވެ. ކިޔާންގެ ލޯބިވެރި އަކީ މިހާރު އެހެން މީހެކެވެ. ޒީނާއެވެ. ކިޔާންގެ ފުރާނައަކީ ކިޔާނަށް ލިބެން އުޅޭ ދަރިފުޅެވެ.

 

ތާރާ ސިއްސައިގެން ދިޔައީ އޭނާގެ ކޮޓަރީގައި ޓަކި ދިން އަޑަށެވެ. ދެލޯ ފުހެލުމަށް ފަހު ނޭފަތް ދަމާލަމުން ތާރާ ތެދުވެ ދޮރު ކައިރިއަށް ދިޔައެވެ. އަދި ދޮރު ހުޅުވާލިއެވެ. ކުރިމަތީ ހުރި ކިޔާން ފެނިފައި އޭނާގެ މެޔަށް ފިނިވިއެވެ. ކިޔާން އަތުގައި އޮތް ފޯނުން ނަޒަރު ވަކި ކޮށްލައި ތާރާއަށް ބަލައިލިއެވެ. އޭނާ މަދު ސިކުންތު ކޮޅެއް ވަންދެން ތާރާއަށް ބަލަހައްޓައިގެން ހުއްޓެވެ. ތާރާ އެއްބުމަ އަރުވަލީ ކަމަކުހޭ އަހާ ކަހަލަ ގޮތަކަށެވެ. އަނގަ ހުޅުވައިފިނަމަ އޭނާގެ ހިތުގައި ވާ ޝަކުވާތައް ކިޔާންގެ ކުރިމައްޗަށް ބަންޑުން ކޮށްލެވިދާނެތީއެވެ.

“ޒީގެ ފައިލު ބާއްވާފައި ދެވުނީ. އެ ބަލާ މިއައީ.” ކިޔާން ބުންޏެވެ. ތާރާ ބޯ ޖަހާލުމަށް ފަހު އޭނާގެ މޭޒުމަތީގައި ފައިލު އޮތް ފައިލެއް ކިޔާން އަތަށް ދިނެވެ. ރަނގަޅަށް ނުވިސްނާ ހުރެއެވެ. ކިޔާން ފައިލަށް ބަލައިލުމަށްފަހު ދެބުމަ ގޮށްޖަހާލިއެވެ.

“ޕޮލިސް ސްޓޭޝަން؟ ތާރާ ރައްޔާން؟” އޭގައިވާ ލިޔުންކޮޅު ކިޔާން ކިޔާލިއެވެ. ތާރާގެ ދެލޯ ބޮޑުވިއެވެ. ވަގުތުން އެ ފައިލު ކިޔާން އަތުން ޖަހައިގަތެވެ. އަދި އޭތި މޭޒު މައްޗަށް ލާފައި ޒީނާގެ ފައިލު ހޯދަން ފެށިއެވެ. އެންމެފަހުން އެ ފައިލު ފެނުނީ ޒީނާ އިން ގޮނޑީގައި އިންދައެވެ. އެހެންކަމުން އޭތި ކިޔާން އަތަށް ދީފައި ކިޔާނަސް އެއްޗެއް ބުނުމުގެ ފުރުޞަތެއް ނުދީ މޫނުމައްޗަށް ދޮރު ޖެހިއެވެ.

 

އިރުކޮޅެއްވަންދެން ބޮލުގައި ހިފަހައްޓާލައިގެން ތާރާ ހުއްޓެވެ. އެއީ އޭނާގެ ބޮލުގައި ރިއްސަން ފެށުމުންނެވެ. ނަމަވެސް ހިތްވަރު ކޮށްފައި ދެން ހުރި ބަލިމީހުން ވެސް ބަލައި ނިންމާލިއެވެ.

އޭރު ގަޑިން 9 ޖަހަން 15 މިނަޓު އިނެވެ. އެހެންކަމުން އަވަހަށް ދަބަސް ކޮނޑުގައި އަޅުވާލައިގެން ކޮޓަރިން ނުކުތެވެ. ސައިން އައުޓް ކުރުމަށްފަހު ތާރާ ހޮސްޕިޓަލުން ނުކުތް އިރު އީމާން ސައިކަލުގައި އޭނާ ބަލައި އައިސް އިނެވެ. އެހެންކަމުން ސައިކަލުގައި އެމީހުން މޫންލައިޓްގެއަށް ދިޔައެވެ.

 

ދެމީހުން ގެއަށް ވަންއިރު ގޭގައި އެންމެން ތިއްބެވެ. އެންމެ ފުރަތަމަ ވެސް ތާރާގެ ލޮލުގައި އަޅައިގަތީ ސޯފާގައި އިން ޒީނާ އާއި ކިޔާނެވެ. ޒީނާ ގާތު ޔުކްތާ އިނެވެ. ދެމީހުން ވަރަށް ފޯރީގައި ވާހަކަ ދައްކަމުން ދިޔައެވެ.

ތާރާއަށް ވެފައި ހުރިގޮތް އީމާނަށް ފެނުނެވެ. އެހެންކަމުން ތާރާގެ ގައިގައި ބައްދާލިއެވެ. “އައި ޑިޑްންޓް ނޯ ހީ ވޯޒް ބްރިންގިން އެ ގާލް. ތާ ބަލައި ދިޔައިރު އޭނާ ނާދެ. އައިމް ސޯ ސޮރީ ރާރާ. ޕްލީޒް ޑޯންޓް ބީ ސޭޑް.” އީމާން މަޑުމަޑުން ތާރާއަށް ބުންޏެވެ. ތާރާ އީމާންގެ މޭގައި އޭނާގެ މޫނު ފޮރުވާލިއެވެ. އެ މަންޒަރު ވަރަށް ސާފުކޮށް ކިޔަނަށާއި ދެން ތިބި އެންމެނަށް ފެނުނެވެ.

“އިޓް ހާޓްސް ސޯ މަޗް. އޮހް ގޯޑް. އައިމް ސޯ ވީކް.” ތާރާ މަޑުމަޑުން އީމާނަށް ބުންޏެވެ. އީމާން ތާރާގެ ބޮލުގައި ފިރުމައިލިއެވެ. “ޔޫ އާ ނޮޓް ވީކް، ރާރާ. ޔޫ އާ ދިމޮސްޓް ސްޓްރޯންގް ގާލް އައި ހޭވް އެވާ މެޓް. ނޯވަން އަދާ ދޭން ﷲ ކޭން ޑްރޭގް ޔޫ ޑައުން. ކަމް އޮން. ޔޫ ކޭން ޑޫ ދިސް.” އީމާން ތާރާ ދުރުކޮށްލިއެވެ. “ޓޭކް އެ ޑީޕް ބްރެތު.” އީމާން ބުނިގޮތަށް ތާރާ ފުން ނޭވާއެއް ލުމަށްފަހު ދޫކޮށްލިއެވެ. “އާ ޔޫ ރެޑީ ނައު؟”

“އައި ޑޯންޓް ނޯ.” ތާރާ މަޑުމަޑުން ބުނެލިއެވެ. “ތާ. ރިމެމްބާ ވަޓް އައި ސެއިޑް. ނޯވަން ކޭން ޑްރޭގް ޔޫ ޑައުން.” އީމާން ބުންޏެވެ. ތާރާ އަނެއްކާވެސް ފުންނޭވާއެއްލިއެވެ.

“އޯކޭ. އައިމް ރެޑީ ނައު.” ތާރާ އެހެން ބުނެފައި އީމާނާއި އެކު އެތެރެއަށް ވަނެވެ. އޭރު ކިޔާން ނޫން އެންމެން ހުރީ ބަލަހައްޓައިގެންނެވެ. ކިޔާން އިނީ ޓީވީއަށް ބަލަހައްޓައިގެނެވެ.

 

“ޑޮކްޓަރ ތާރާ؟” ޒީނާ ހައިރާންވެފައި އަހާލެވުނެވެ. “ހާއި، ޒީނާ.” ތާރާ ހިނިތުންވެލިއެވެ. “ވެއިޓް. ޔޫ ނޯ އީޗް އަދާ؟” އީކަނަށް އަހާލެވުނެވެ. “ޔާ. ޝީ ވޯޒް މައި ޑޮކް ޓުޑޭ. ޔޫ ގާއިސް ނޯ ހާ ޓޫ؟” ޒީނާ އެއްސެވެ.

“ޔާ. ޝީ އިޒް މައިން އެން އީކްގެ ކަޒިން.” ޔުކްތާ ބުންޏެވެ. “ޝީ އިޒް ކައިގެ ސިސްޓާ. ޝީ ލިވްސް ހިޔާ. އިން ދިސް ހައުސް.” ސަނަމް ބުންޏެވެ. ސަނަމް ހުރީ ކުޑަކޮށް ހިތްހަމަނުޖެހިފައެވެ. ކިޔާން ތާރާ ކުރިމައްޗަށް އެހެން އަންހެންކުއްޖަކު ގޮވައިގެން އައުމުންނެވެ.

“އޮހް. ކޫލް. ދެޓްސް ޔުއާ ބީއެފް؟” ޒީނާ އަހާލިއެވެ. “ނޯ. ހީ އިޒް މައި…” ތާރާއަށް ބުނެވުމުގެ ކުރިން އީމާން ވާހަކަ ދައްކަން ފެށިއެވެ. “ޔެޕް. އައިމް ހާ ބޯއި ފްރެންޑް އެން ފިއުޗާ ހަބީ.” އީމާން ހީލިއެވެ. ތާރާ ދެލޯ ހަނިކޮށްލާފައި އީމަނާއި ދިމާއަށް ބަލައިލިއެވެ. “ވަޓް؟” އީމާން ތާރާ އާއި ދިމާއަށް ބަލައިލިއެވެ.

“ޔޫ ފޫލިޝް އިޑިއަޓް!” ތާރާ އީމާންގެ ބޮލުގައި ތަޅައިގަތެވެ. “އައުޗް! ސްޓޮޕް އެބިއުޒިން މައި ހެޑް، ރާރާ!”

“އޮހް. އެން ޒީނާ. އިންނު އިޒް ނޮޓް މައި ބީއެފް. އައިމް ސިންގަލް. އެން ދިސް ޖަރކް ހިޔާ އިޒް މައި ބްރެއިން ލެސް ބެސްޓް ފްރެންޑް.” ތާރާ ޒީނާއަށް ބުނެލިއެވެ. ކިޔާން ފިޔަވާ ހުރިހާ އެންމެން ހޭންފެށިއެވެ.

އީމާން އަސްލު އެހެން ހެދީ ތާރާ ހެއްވާލާށެވެ. އެކަން ކާމިޔާބު ވުމުން އުފަވިއެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާ ދެރަވެފައި ހުންނަތަން ދެކޭކަށ އޭނާ ނޭދެއެވެ.

“ސޯ ވަޓްސް ދިސް ގެޓް ޓުގެދާ އެބައުޓް؟ ވެޔާ އިޒް މައި ފުޑް؟ އައިމް ހަންގްރީ!” ތާރާ އެއްސެވެ. “ސާބަސް ކޭމާޓަށް. އާދޭ އެންމެން ކާން.” ޔުކްތާ އެހެން ބުނުމުން އެންމެން އެއްކޮށް ކާގެއަށް ދިޔައެވެ. މޭޒުމަތީގައި ޕިއްޒާ، ބާގާ ކަހަލަ އެއްޗެހި ހުއްޓެވެ. އެންމެން އެއްކޮށް ކެއުމާއިގެން ކުރިއަށް ދިޔައެވެ. އެކި ވާހަކައިގައި ތިބެއެވެ. އެ ހުރިހާ އިރެއްގައި ވީރާ، ސަނަމް، ކައިލާން އަދި އީމާންގެ ކަމަކަށް ވީ ތާރާ ހެއްވުމެވެ. ތާރާ ކިޔާނާއި މެދު ވިސްނިޔަ ނުދިނުމަށެވެ.

 

“އޯކޭ. ސޯ… ގާއިސް! ވީ ހޭވް ސަމްތިން ޓު ޝެއާ ވިތު ޔޫ ގާއިސް.” އީކަން އެހެން ބުނުމުން އެންމެން ބަލައިލިއެވެ. އީކަން އިނީ ޔުކްތާގެ އަތުގައި ހިފާލައިގެނެވެ. “އައި އޭމް…” ޔުކްތާ އަށް ނުބުނެވެނީސް ތާރާ ހަޅޭއްލަވައިގަތެވެ.

“އޯހް މައި ގޯޑް!!! ޔޫ އާ ޕްރެގޯ؟ އައި ނިއު އިޓް! އައިމް ގޮނާ ބީ އޭން އާންޓް!”

“ވޭ ޓު ރޫން އިޓް ތާ.” ޔުކްތާ ތުން އަނބުރާލިއެވެ. “ވަޓް؟” ތާރާ އަހާލިއެވެ. “އައި ވޯންޓެޑް ޓު ބީ ދި ވަން ޓު އެނައުންސް އިޓް. މީ އެން އީކް އީވެން ފައުޓް އެބައުޓް ކާކުތޯ އެނައުންސް ކުރާނީ. އައި ވޮން އެން އައި ވޯޒް ގޮނާ ސޭ. އެން ޔޫ ސްޓޯލް އިޓް!” ޔުކްތާ މޫނުމަތިން ގޮތެއް ހަދާލިއެވެ. “އޫޕްސް؟ އައި ވޯޒް ޓޫ އެކްސައިޓެޑް.” ތާރާ ބުންޏެވެ. “ކިތައް މަންތުސް؟” ތާރާ އެއްސެވެ. “ދޮޅު މަސް އަދި.” އީކަން ހީލިއެވެ.

ކުއްލިއަކަށް ތާރާގެ ހަނދާނަށް އައީ ކިޔާނާއި ޒީނާއެވެ. 4 ވަރަކަށް މަސްތެރޭ ކިޔާން ބައްޕައަކަށް ވާނޭ ކަމެވެ. ނަމަވެސް އެ ޙިޔާލު އެއްފަރާތަށް ކޮށްލައި ޔުކްތާމެންގެ އުފަލުގައި ބައިވެރިވިއެވެ.

 

❤️❤️❤️❤️❤️❤️

Hope you guys liked this part. ❤️☺️

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Shyyyms
Follow Me Written By

Shyyyms

Level 510 Stories100 Login100 Comments100 Stories

21-year-old author of the stories that hurt.🥀 Writing psychological tales of betrayal, silenced truths, and the wreckage of "love." ⚖️Trauma, Revenge, & the Journey to Justice. Because sometimes, the ones who should trust you the most are the ones who let you burn.

Other Articles

Previous

ލޯބި….އެގާރަވަނަބައި

Next

ދޫކޮށްނުލާނަމޭ ކަލާ 2 – 1

Next
May 22, 2021

ދޫކޮށްނުލާނަމޭ ކަލާ 2 – 1

Previews
May 21, 2021

ލޯބި….އެގާރަވަނަބައި

3 Comments!

  1. Naa says:
    May 22, 2021 at 1:22 pm

    Oh yesssyyyyy
    Ma buny mennu kiyaan ey eii
    Naa ah heevany kiyaan ah majubooreh kurimathy veehen
    Or Kiyaan beynun vee kanneyge thaara ge hadhaanun dhuruve dhiriulhumaigen kuri ah dhaan , It’s because kiyaan dhekey gothuga thaara kiyaan ah cheat kuryy
    Anyway mi part v v v Reethi
    Looking forward for the nexttt?
    Take care ??✌

  2. Rainberry says:
    May 22, 2021 at 2:06 pm

    Wow. Vvvv nice. Curiously waiting for a new part

  3. @ngles says:
    May 24, 2021 at 8:05 am

    Whn next I’m curiously waiting for the next… This is the best story ever …. Love your stories Shai good luck ❤️❤️❤️❤️❤️???

Comments are closed.

Next Episodeއަންނަންދެން ހުންނާނަން ލޯބިން 40←


All Right Reserved!