Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އަންނަންދެން ހުންނާނަން ލޯބިން 36

Shyyyms
Shyyyms Level 510 Stories100 Login100 Comments100 Stories
May 19, 2021 5 Mins Read
3 Comments

“މަ ޖައިލަމަށް ގުޅާފިން ވަރަށް. ފޯނު ނުނަގާތީ މިގެއަށް މިއައީ.” ކިޔާންގެ އަޑުން އެކަނިވެސް އޭނާ ހުރީ ހިތްހަމަނުޖެހިފައިކަން އެނގުނެވެ. އެހެން ބުނެފައި ކިޔާން ނިކުމެގެން ދިޔައީއެވެ.

“ޝިޓް. އެބަ އަންނަން.” ޖައިލަމް އާއި އީކަން އެހެން ބުނެފައި ދުވެފައި ކިޔާން ފަހަތުން ނިކުމެގެން ދިޔައިރު ތާރާ އިނީ ގަބުއާރާފައެވެ. ކިޔާން ނިކުމެގެން އެ ދިޔައީ އޭނާ އެތާ ހުރުމުން ރުޅިއައިސްގެންކަން އެނގުމުން އޭނާގެ ކުޑަކުޑަ ހިތުގައި ރިއްސާލިއެވެ.

 

“ކިޔާން! ޔާން! ބުރޯ އޭ ވެއިޓް! އިޓްސް ނޮޓް ވަޓް ޔޫ ތިންކް!” ޖައިލަމް ކިޔާންގެ ކޮނޑުގައި ހިފައި ހުއްޓުވިއެވެ. “ދެން ވަޓް އިޒް އިޓް؟ ހަހް؟” ކިޔާން އައި ރުޅީގައި ސުވާލު ކުރިއެވެ. “އަހަރެމެން ބޭނުންވީ ތާ އާ އަލުން ގުޅުން ބާއްވަން. ޔޫ އޯލްރެޑީ ނޯ ދެޓް. ބަޓް ދި ރީޒަން ވައި ވީ ޑިޑްންޓް އިންވައިޓް ޔޫ މިއަދު އިޒް ބިޖޯޒް ޔާންއަށް ހާޓް ނުކުރަން ވެގެން.” އީކަން ކިޔައިދިނެވެ.

“ޔޫ ތޯޓް އައި ވިލް ގެޓް ހާޓް އޭނާ އާ އެއްތަނެއްގައި ހުންނަން؟ ނޯ. އައި ވޯންޓް. އައި ޑޯންޓް ކެއާ އެނީމޯ. ޝީ ކާންޓް ހާޓް މީ އެނީމޯ. ޑޫ ޔޫ ނޯ ވައި؟ ބިކޯޒް އަހަރެން އޭނާ ދެކެ ލޯތްބެއް ނުވޭ މިހާރަކު. ނުވެސް ވާނަން ދެނެއް. ސޯ އިފް ޔޫ ތިންކް އައި ކާންޓް ހޭންޑަލް އިޓް، ޔޫ އާ ޑެމްން ރޯންގް.” ކިޔާން ބުމަ އަރުވާލަމުން ބުންޏެވެ. އޭނާ އެބުނީ ރޯ ބުހުތާންދޮގެކެވެ. އޭނާގެ ހިތުގައި އަދިވެސް ތާރާގެ ނަން ފެވިފައި ވެއެވެ. އެ މޫނުމަތި ކަނޑާ ނެގިފައިވެއެވެ. ހިތުގެ އެންމެ ފުނުގައެވެ. ދުވަހަކުވެސް ފުހެ ނުލެވޭނެ ވަރަށެވެ.

……

 

ތާރާ އިސްދަށަށް ޖަހައިގެން އިނެވެ. ކިޔާން އޭނާދެކެ ނަފްރަތު ކުރާވަރު އެނގި އޭނާގެ ހިތުގައި އަޅަމުން ދިޔަ ވޭން ދެގުނަ އިތުރުވިއެވެ.

“ތާ… ޔޫ އޯކޭ؟” ސަމާ އަހާލިއެވެ. ތާރާ ސަމާއަށް ބަލައިލިއެވެ. އަދި މަސްނޫޢީ ހިނިތުންވުމެއްވެލިއެވެ. “ޔަޕް. އައިމް ފަ*ން އޯވްސަމް! ނެވާ ބީން ބެޓާ.”

“ތާ…” ޔުކްތާ ބުނަން އުޅުނު ވާހަކަ ހުއްޓުވާލީ ތާރާއެވެ. “ރިއަލީ! އައިމް ފައިން. ވައި ޝުޑްންޓް އައި ބީ؟” ތާރާ ޔުކްތާއަށް ބަލައިލިއެވެ. އޭނާގެ ދެލޮލުގައިވީ ވޭން ފެނިފައި ޔުކްތާ އާއި ސަމާ އެވާހަކަ ހުއްޓާލިއެވެ.

……

 

“ޔާން. އިޓްސް އޯލްރައިޓް. ޔޫ ޑޯންޓް ހޭވް ޓު ލައި ޓު އަސް.” އީކަން ދެރަވިއެވެ. “އައިމް ނޮޓް ލައިން.” ކިޔާން ރައްދުގައި ބުންޏެވެ. “އޯލްރައިޓް. ހިނގާ ދާން.” ޖައިލަމް ގެއަށް ވަންނަން ހިނގައިގަތެވެ. ދެން ކިޔާން އާއި އީކަން ވެސް އޭނާގެ ފަހަތުން ގޮސް ވަނެވެ.

 

ކިޔާން ވަނުމުން ތާރާ ބަލައިލިއެވެ. ކިޔާން ވަދެގެން އައިސް އީކަން މެނާއި އެކު އިށީންއިރުވެސް ތާރާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. އޭގެ ބަދަލުގައި ކިޔާން ތާރާއަށް ބަލައިވެސް ނުލިއެވެ. އޭނާއަށް ތާރާ ބަލާކަން އެނގުނެވެ. ތާރާ އާއި ދިމާއަށް ބަލައިލާ ހިނިތުންވެލަން ބޭނުންވިއެވެ. ނަމަވެސް ކަންތައް ކުރީ އެއާ ދިމާ އިދިކޮޅަށެވެ. ކިޔާން ތާރާ އާއި ދިމާއަށް ބަލައިލާ އެއްބުމަ އަރުވާލީ ހިތްހަމަނުޖެހުން ދައްކަމުންނެވެ. ނަމަވެސް ތާރާ ދުރަށް ބަލައެއް ނުލައެވެ.

ތާރާ ބަލަމުން ދިޔައީ ކިޔާން އޭނާ ދެކެ އަދިވެސް ލޯބިވާ ކަމުގެ އެއްވެސް އަސަރެއް ނުވަތަ ހެއްކެއް ފެނޭތޯއެވެ. ނަމަވެސް އެއިން އެއްވެސް އެއްޗެއް ނުފެނުމުން މާޔޫސްކަމާއިއެކު މޫނު އަނބުރާލިއެވެ. ތާރާގެ މޫނުމައްޗަށް އައި ބަދަލު ފެނިފައި ކިޔާންގެ ސިކުނޑީގައި ސުވާލު މާކެއް އުފެދުނެވެ.

އެންމެން ސަކަރާތާއިގެން ކުރިއަށް ދިޔައެވެ. ތާރާ އާއި ކިޔާން ވެސްމެއެވެ. އެހެން އުޅުން އިރު ދެމީހުން ވެސް އުޅުނީ އެކަކު އަނެކަކާ ދުރުދުރުންނެވެ. ނަމަވެސް އިރުއިރުކޮޅާ އަނެކާ ނުބަލާ ގަނޑީގައި އަނެކާ އާއި ދިމާއަށް ބަލައިލާނެއެވެ. މިފަހަރުވެސް މިކަންކަން އެންމެބޮޑަށް ފާހަގަކުރެވުނީ ޖައިލަމަށެވެ. އެއާއެކު ޖައިލަމްގެ ހިތުގައި ކޮންމެވެސް ވަރެއްގެ އުންމީދެއްގެ އާ ވެގެން ދިޔައެވެ.

 

ތާރާ ކާގެއަށް ދިޔައީ ގަނެގެން ގެނައި ބަޓާ ޕޮޕްކޯން އަޅާފއި ހުރި ކޮތަޅުތައް ބަލައެވެ. އޭނާ ވަންއިރު ކިޔާން ފެން ބޯން އެތާނގައި ހުއްޓެވެ. ދެމީހުނަށް އެކަކު އަނެކަކު ފެނުމުން ހަރަކާތްތަކަށް މަޑުޖެހުމެއް އައެވެ. އެކަކު އަނެކަކުގެ ލޮލާއި ލޯ ސީދާ ވެގެން ދިޔަ ހިނދު ހިތުގެ ވިންދު އަވަސްވިއެވެ. ކިޔާން މަޑުމަޑުން އޭނާގެ އަތުގައި ހުރި ފެން ފުޅި ތިރިކޮށްލިއެވެ. އޭރު ވެސް އޭނާގެ ނަޒަރު ތާރާ އާއި ވަކި ނުވެއެވެ.

ދެމީހުން ވެސް ސިއްސައިގެން ދިޔައީ އެތަނަށް ވީރާ ވަދެގެން އައީމައެވެ. ވަގުތުން އެއްވެސް ކަމެއް ނުވާ ކަމަށް އެކްޓު ކުރަން ފެށިއެވެ. ވީރާ އައި ގޮތަށް އައިސް އެތާ އިން ގޮނޑިއެއްގައި އިށީން އިރު ދެމީހުނަށް ވެސް އޭނާގެ މޫނުމަތި ސާފުކޮށެއް ނުފެނެއެވެ.

 

“އާ އެހެންޏަ. މީހަކު ހައިރާން ނުވެއްޖެއްޔާ ދެރަ. އޭނާ ސިކުނޑީގައި އިނީ ސިކުނޑިއެއް ވެސް ނޫން ތޯއްޗެއް!” ވީރާ ކުސްތަޅަން ފެށްޓިއެވެ. އޭރު އޭނާ ހުރީ ރުޅިއައިސް ރަތްވެފައެވެ. ކިޔާން ވީރާ އާއި ދިމާއަށް ބަލައިލީ ވާނުވާ ނޭނގިފައެވެ.

“މިހާރު ކިހިނެއް ވީ؟” ތާރާ ވީރާ ގާތު އަހާލިއެވެ. “ވީ ކިހިނެއް ހެއްޔޭ؟! ކޮންކަމެއް ނުވަނީ؟!” ވީރާ ދެލޯ ބޮޑު ކޮށްލާފައި ބުންޏެވެ. “ފޯ ގޮޑްސް ސޭކް ވީ! ޖަސްޓް ޓެލް މީ ވަޓް ހެޕެންޑް ދިސް ޓައިމް!” ތާރާ ހަޅޭއްލަވައިގަތެވެ. “ހާހް! އެނގެން ބޭނުންތަ؟ ބަލައިބަލަ މަ މޫނަށް!” ވީރާ ތާރާ އާއި ދިމާއަށް ބަލައިލިއެވެ. ވަގުތުން މުޅި ތަން ހިމޭންވިއެވެ.

ދެން ފެނިގެން ދިޔައީ ކިޔާންގެ އަނގައިގައި ހުރި ފެންތައް މުޅިތަނަށް ބުރުއްސާލިތަނެވެ.ކޮށި އަރައިގެން މޭގައި ތަޅަން ފެށި ތަނެވެ. އޭރު ތާރާ ހުރީ ދެލޯ ބޮޑުކޮށްލައިގެން ވީރާ އާއި ދިމާއަށް ބަލަހައްޓައިގެންނެވެ.

“ހައު ޑޫ އައި ލުކް؟!” ވީރާ ފޭކް ހިނިތުންވުމެއް ތާރާ އަށް ރައްދު ކުރިއެވެ. “އަހްމް.. އަމްމްމް… ވީ.. ޔޫ ލުކް ބިއުޓިފުލް. އަ.. އޯވްސް..ސަމް.” ތާރާ ހިތްދިރުވާލިއެވެ. “އޮހް ޔާ؟ އައި ލުކް ބިއުޓިފުލް؟! އައި ނޯ ދެޓް!” ވީރާ ހަޅޭއްލަވައިގަތް އިރު ކަންފަތުން ދުން އަރާކަހަލައެވެ. އޭރު ކިޔާންވެސް ހަމައަކަށް އެޅިއްޖެއެވެ.

“ވޯވް. ދި ފަ* ހެޕެންޑް ޓު ޔުއާ ފޭސް؟” ކިޔާން ހެމުން އަހާލިއެވެ. “ކައިލާން ހެޕެންޑް!” ވީރާ އަނެއްކާވެސް ހަޅޭއްލަވައިގަތެވެ.

ވީރާ ކިޔާނާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓައި ތާރާ ސިއްރު ސިއްރުން އޭނާގެ ފޯނު ނަގައި ވީރާގެ ފޮޓޯއެއް ނަގާލިއެވެ. ނަމަވެސް ފްލޭޝް ކެނޑުމާއިއެކު ވީރާ ތާރާ އާއި ދިމާއަށް ބަލައިލިއެވެ. “ވަ… ޔޫ ބީޗްޗްޗްޗްޗްޗް!”

ތާރާ ހޭންފެށީ ދެނެވެ. “އޮހް މައި ގޯޑް! ދިސް އިޒް ހިލޭރިއަސް! ވީ! އޮހް މައި މައި! އައި ލަވް ޔުއާ ނިއު މޭކްއަޕް!”

ވީރާގެ މޫނުމަތީގައި ހުރީ އެކި ކުލަކުލައިން މޭކަޕް ކޮށްފައެވެ. އޭނާގެ ތުންފަތާއި ނޭފަތާއި ދޭތެރޭގައި މުށިކުލައިގެ އައިލައިނާ އިން މަތިމަހެއް ކުރުހާފައި އިން އިރު، އޭނާގެ ލޯ ވަށައިގެން 1 އިންޗި ބައި ވަރު އެއްކޮށް ކަޅު ކުލަ ޖައްސާފައި ހުއްޓެވެ. އޭނާގެ ނޭފަތް މަތީގައި ނޫ ކުލައިގެ ތިކި ތަކެއް ޖަހާފައި ހުރިއިރު އޭނާގެ ތިރީ ތުންފަތުގައި ފެހި ކުލަ ޖައްސާފައި ހުއްޓެވެ. މަތީ ތުންފަތް ހުރީ ހުރިގޮތަށެވެ. އޭނާގެ ކޮލުގައި ތަރިތަކެއް ކުރުހާފައި ހުއްޓެވެ. ނަމަވެސް ތާރާ އަށާއި ކިޔާނަށް އެންމެ މަޖާވީ ވީރާގެ ދަތްޕިލައިގެ ފުރަތަމަ ދެ ދަތުގައި ކަޅުކުލަ ހުރުމުންނެވެ.

“ޔާ. އައި ނޯ ދެޓް ޔޫ ލަވް މައި މޭކަޕް.” ވީރާ ލޯ އަޅާލިއެވެ. އެވަގުތު އެތަނަށް ކައިލާން ވަދެގެން އައެވެ.

 

“ހެލޯ މައި ޑިއަރެސްޓް އެލޯވެރާ. އޯވް މޭން! ޔޫ ލުކް ހޮޓް ވިތު ދެޓް މޭކަޕް.” ކައިލާން ހިނިގަނޑެއް ޖަހާލިއެވެ. ދެން ފެނުނީ ވީރާ ކިޔާންގެ އަތުގައި ހުރި ފެން ފުޅި އަތުލައި ކައިލާންގެ މޫނުމައްޗަށް ޖެހިތަނެވެ.

“އޯވް މޯން! ޔޫ ލުކް ސޯ އަގްލީ!” ވީރާ އެހެން ބުނެފައި ކާގެއިން ނިކުމެގެން ދިޔައެވެ. ކައިލާން އައި ރުޅީގައި ވީރާ ފަހަތުން ދުއްވައިގަތެވެ.

 

އަނެއްކާވެސް ކިޔާނާއި ތާރާ އެކަނިވިއެވެ. ދެމީހުން ވެސް ތިބީ ހަދަންވީގޮތެއް ނޭނގިފައެވެ. އެހެންކަމުން އެކަކު އަނެކަކަށް ނުބަލަން މަސައްކަތް ކުރަމުން ދިޔައެވެ. މިފަހަރު އެ ހަމަހިމޭންކަން ނައްތާލީ ތާރާފެ ފޯނަށް އައި ކޯލެކެވެ. ތާރާ ކިޔާނާއި ދިމާއަށް ބަލައިލާފައި އޭނާގެ ފޯނު، ލައިގެން ހުރި ޖިންސުގެ ޖީބުން ނަގައި ގުޅަނީ ކާކުތޯ ބެއްޔެވެ. އަދި ނަގައި ކަންފަތުގައި ޖެއްސެވެ. “ހަލޯ؟”

އެކޮޅުން ވާހަކަ ދެއްކީ އެލެކްސެވެ. “ހޭ. އާ ޔޫ އެލޯން؟” “ވެއިޓް.” ތާރާ ކާގެއިން ނުކުތެވެ. އަދި އެއްވެސް މީހަކަށް އަޑުނީވޭނެ ހިސާބަށް ދިޔައެވެ. “ޔެސް. އައިމް އެލޯން ނައު.”

“އޯކޭ. ރީހަން!” އެލެކްސް ރީހަނަށް ގޮވާލި އަޑު އިވުނެވެ. އިރުކޮޅެއް ފަހުން ރީހަން ފޯނު އަތުލައި ތާރާ އާއި ވާހަކަ ދައްކަން ފެށްޓެވެ. “އޯކޭ. ސޯ ތާ. އަހަރެމެން ހޯދައިފިން މޫންލައިޓްގޭގަ އަލިފާން ރޯކޮށްލީ ކޮންބައެއްކަން. އަދި ލޮކޭޝަން އެއް ނުހޯދޭ. ބަޓް ޔޫ މައިޓް ވޯންޓް ޓު ސީ މި މީހުންގެ ފޭސެސް. ވީ އޯލްސޯ ހޮޓް އެމީހުންނާ ބެހޭ މަޢުލޫމާތު ކޮޅެއް.”

“ރައިޓް. ކޮން އިރަކު ދާންވީ؟” ތާރާ އެއްސެވެ. “ހުމްމްމްމް… އެރައުންޑް ޓޫ ޕީއެމް ގަ ޕޮލިސް ސްޓޭޝަނަށް އާދޭ.” ރީހަން ބުންޏެވެ. “އޯކޭ. ތޭންކްސް އެ ލޮޓް. ބާއި.” ތާރާ ފޯނު ބޭއްވިއެވެ. އޭރު އޭނާގެ ދެލޮލުން ފެނިގެން ދިޔައީ ކެރޭކަމެވެ. ގައިމުވެސް މިފަހަރު އިންސާފު ހޯދައިދީފައި ނޫނީ އޭނާ ހުއްޓައެއް ނޫލާނެއެވެ.

 

ތާރާ އަނބުރާ ކާގެއަށް ދިޔައިރު ކިޔާން އޭނާގެ ބޮލުގައި ހިފަހައްޓައިގެން ހުރި ތަން ފެނުނެވެ. އޭރު ކިޔާން ދިޔައީ މާނޭވާ ލަމުން ކަން އެނގުމުން ހާސްވިއެވެ.

~~~~~»«»«~~~~~

 

ފާއިތުވުމުން ދިޔަ ކޮންމެ ދުވަހެއްގެ ތެރޭގައި ނާޔާ އާއި އަކުރަމްގެ ގުޅުން ދިޔައީ ބަދަހިވަމުންނެވެ. ދެމީހުންގެ މެދުގައި ވަރުގަދަ އެކުވެރިކަމެއް އުފެދިގެން ދިޔައިރު ނާޔާ ހިތުގައި އަކުރަމަށް ޓަކައި އިޙްސާސްތަކެއް އުފެދެމުން ދިޔައެވެ. އަކުރަމްގެ ޙާލު ތޯއެވެ؟އަކުރަމްގެ ހިތުގައި ތާރާގެ ނަން ފުހެވި ނާޔާގެ ނަން ދިޔައީ ފެވެމުން ކުލަ ޖެހެމުންނެވެ. ނަމަވެސް ދެމީހުން އެކަކު އަނެކަކަށްޓަކައި ހިތުގައިވީ އިޙްސާސްތައް ދިޔައީ ސިއްރުކުރަމުންނެވެ. އެކުވެރިކަމަށް ބުރޫ އަރާފާނެތީއެވެ.

ދެމީހުންގެ އެކުވެރިކަމަކީ ބޮޑު ސިއްރެކެވެ. ނޫރާމެންނަށް ނޭނގޭ ސިއްރެކެވެ. އެހެންކަމުން ދެމީހުން ވާހަކަ ދައްކައި، ބައްދަލުކޮށް ހަދަނީ ނޫރާމެންނަށް ސިއްރުންނެވެ. ނަމަވެސް ދެމީހުންނަށް ނޭނގޭ ކަމަކީ ނޫރާއަށް ކަމެއް ޝައްކުވެފައިވާ ކަމެވެ. ދެމީހުންގެ ދިރިއުޅުމަށް ބަޔާން ކުރަން ނޭނގޭ ވަރުގެ ބިޔަ ތޫފާނެއް އަރަން އުޅޭ ކަމެވެ.

 

އާދައިގެ މަތިން މިއަދުވެސް ނާޔާ އާއި އަކުރަމް ބައްދަލުކުރީ ނޫރާ އާއި ޝައިލާ ވަޒީފާއަށް ގޮސް، މައިލާ ސްކޫލަށް ދިޔުމުންނެވެ. ދެމީހުން ހީހީފައި ސަކަރާތް ޖަހަމުން ދިޔައީ ޙިޔާލެއް ފިކުރެއް ނެތިއެވެ. އެމީހުންނަށް އަމިއްލަ ދުނިޔެއެއްގައި އުޅެވޭފަދައެވެ.

“އަކޫ، ދަނީ ކޮން ދުވަހަކުން؟” ނާޔާ އަހާލިއެވެ. “އަހަރެން ނުގޮސްގެންތަ މިހާރު ތިއުޅެނީ؟” އަކުރަމް ޖެއްސުމަށް އަހާލިއެވެ. “ދެން އެހެނެއް ނޫން ދޯ. ހަމަ އަހާލީއޭ.” ނާޔާ ހީލިއެވެ.

“ހަހަ. 2 މަންތުސް އަދި މިކޮޅުގަ ވާނެ ކަންނެ. ސީދާ ނޭނގޭ ބުނާކަށެއް. ޔޫ ނޯ މަށާ އެއްކޮށް މި ކޮޅަށް އައެއްނު ސޮރެއް؟ މި ބުނީ އާމިރު ވާހަކަ. އެ ސޮރު މިރަށު މަންޖެއެއް ފަހަތުން އަޅައިގަނެގެން އަހަރެން ގާތު ބުނީ 2 މަންތުސްވަތު މަޑުކޮށްލަން ހިނގާށޯ.” އަކުރަމް ހިނިގަނޑެއް ޖަހާލިއެވެ.

“ހަހަ. އެހެން ދޯ؟” ނާޔާ ވެސް ހީލިއެވެ. “ނާ؟” އަކުރަމް ނާޔާގެ މޫނަށް ބަލައިލިއެވެ. އޭރު އޭނާގެ ހިތުގައި އެތަކެއް ޖަޒުބާތުތަކެއް ދިޔައީ އުފެދެމުންނެވެ. “ހުމްމް؟” ނާޔާ ހޫން އަޅުވާލިއެވެ. “އަހަރެން ވާހަކައެއް ބުނަންތަ؟” އަކުރަމް އެހެން ބުނުމުން ނާޔާ ބަލައިލިއެވެ.

އެވަގުތު އަކުރަމް އޭނާއަށް ބަލަހައްޓައިގެން އިން ގޮތުން މޫނުމައްޗަށް ޖަންބުކުލަ ވެރިވެގެން ދިޔައެވެ. އަދި ރަކި ހިނިތުންވުމެއް އޭނާގެ ތުންފަތްމައްޗަށް ވެރިވިއެވެ.

“ނާ، ވިލް ޔޫ ބީ މައި…”

❤️❤️❤️❤️❤️

Hope you guys like this part ☺️☺️

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Shyyyms
Follow Me Written By

Shyyyms

Level 510 Stories100 Login100 Comments100 Stories

21-year-old author of the stories that hurt.🥀 Writing psychological tales of betrayal, silenced truths, and the wreckage of "love." ⚖️Trauma, Revenge, & the Journey to Justice. Because sometimes, the ones who should trust you the most are the ones who let you burn.

Other Articles

Previous

ވަރުދާ-2

Next

ހާފް ހިއުމަން -4

Next
May 19, 2021

ހާފް ހިއުމަން -4

Previews
May 19, 2021

ވަރުދާ-2

3 Comments!

  1. Rainberry says:
    May 19, 2021 at 1:57 pm

    Alheyyy. Haadha reecheey. Kudakoh avahah up kuraa nama dhoaa. Vvvv reethi. Waiting, waiting, waiting for the next beautiful part. Hope u upload it soon ❤️❤️❤️❤️

  2. StoryyQuyyn says:
    May 19, 2021 at 4:12 pm

    wow mi part vx hama great.. waiting 4 next part curiously

  3. Nayaa Nayaa says:
    May 21, 2021 at 11:11 am

    Hey sisooo… we met again dhw.. long time no talk dhw dear… hehe… mee kaakukan sis ah ingeyne vrh rangalhah… name badhalu vefa inas mee hama sis dhanna kujjeh… thankolheh kurinvx sis ge stry ah cmnt uri kujjeh… handhaan veytha liyam aa ekkoh sis aa talk kuri ennu kujjeh dhw… S akurakun name fesheynee… mihaaru engijje dhw… hehe… happy to meet u again… stry hama vrh habbu kuriya dhaaleh ingey… keep it up…. will always support u darl… lyssssssssmm.. i missed u shaiii…..

Comments are closed.

Next Episodeއަންނަންދެން ހުންނާނަން ލޯބިން 37←


All Right Reserved!