Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުފިލާނެ 24

BONDAY Level 210 Stories
July 10, 2015 3 Mins Read
17 Comments

ނިދިފައި އޮތް މައިޝާއަށް ހޭލެވުނުއިރު ކޮޓަރި ތެރޭގައި ރަސްކަން ކުރަމުންދަޔައީ މަޑު އޮރެންޖު ކުލައެކެވެ. ކުއިލްޓް ގައިމަތީގައި އަޅާލަމުން ފާޒިން އޮތް ފަރާތަށް އެނބުރުނު އިރު އެނދުގައި އޮތީ މައިޝާ އެކަންޏެވެ. އިރުކޮޅެއް ވަންދެން ވިސްނަން އޮވެފައި ތެދުވެގެންގޮސް ފާހާނައިގެ ދޮރުގައި ހިފާލިއިރު ފާހާނާގައިވެސް ފާޒިންއެއް ނެތެވެ. އެވަގުތު މައިޝާގެ ކަންފަތުގައި ޖެހިގެން ދިޔައީ އަންހެން ކުއްޖަކުގެ ހުނުމުގެ އަޑެވެ. ބެލްކަންޏަށް ނިކުންނަ ދޮރާއި ދިމާލަށް ހިނގައިގަތްއިރު މައިޝާގެ ހިތް ނެގި ނެގިފައި ޖެހެމުން ދިޔައެވެ. ދަމާލެވިފައިވާ ކުޑަ ދޮރުގެ ފޮތިގަނޑު ކަހާލުމާއެކު މައިޝާއަށް ފެނުނު މަންޒަރަކުން މައިޝާއަށް ފާޒިންގެ ނަމުން ގޮވާލެވުނުއިރު އެދެލޮލަށް ޖަމާވި ކަރުނަތައް އެކޯތާފަތްމައްޗައް އެއްވެސް ހިފެހެއްޓުމެއްނެތި ފައިބައިގަތެވެ.

މައިޝާ ހަޅޭލަވައިގަތް އަޑަށް ކައިރީގައި ނިދާފައި އޮތް ފާޒިންވެސް ދިޔައީ ސިއްސައިގެންނެވެ. އޭރު މައިޝާ ތެދުވެ ރޯންއިނެވެ.

” މައި ކިހިނެއްވީ..؟ ކީއްވެ ތިރޮނީ..؟ ” ފާޒިން ބޮކި ޖައްސާލުމުން ސިހިފައި މައިޝާ ފާޒިންއާއި ދިމާލަށް ބަލައިލިއިރު މައިޝާގެ ދެލޯވަނީ ބޮޑުވެފައެވެ. ހަމައެއާއެކު ބެލްކަންޏަށް ނިކުންނަ ދޮރާއި ދިމާލަށް މައިޝާ ބަލާލިއިރު ދޮރުވެސް ވަނީ ލައްޕާ ފޮތިގަނޑު ދަމާފައެވެ. އެފެނުނީ ހުވަފެނެއްކަން އެނގި މައިޝާގެ ހިތަށް ލިބުނީ ބަޔާންކުރަންދަތި ހިނިތުންވުމެކެވެ. އެހެންނަމަވެސް އެލޮލުން ފޭބި ކަރުނަތައް ހުއްޓުމަކަށް ނައައެވެ.

” ކިހިނެއްތަ ވީ..؟ ބިރުވެރި ހުވަފެނެއް ފެނުނީތަ..؟ ” މައިޝާ ފާޒިންގެ ކޮނޑުގައި ބޯއަޅައިލުމުން ފާޒިން މައިޝާގެ އިސްތަށިގަނޑު ރީތިކޮއްލަމުން ބުނެލިއެވެ. މައިޝާ ހަމައެކަނި ބޯޖަހާލީއެވެ. މާގިނަ އިރުތަކެއްނުވެ މައިޝާ ހަމައަކަށް އެޅުނެވެ. އެންމެ ފަހުން ފާޒިންއަށް ނިދުނުއިރު އިރުއަރަން ކައިރިވެއްޖެއެވެ.

ހެނދުނު ސައިބޮއިލައިގެން މައިޝާމެން ބޭރަށް ދިޔައިރު ޖޭންވެސް އެމީހުނާއެކު ދިޔައެވެ. ޖޭން ފެނުމުން މައޝާ ރޭގައި އޭނައަށް ފެނުނު ހުވަފެނުގެ މަތިން ހަދާންވިއެވެ. އެކަހަލަ އެއްޗިހި ހިތައް އަރުވައިގެން އޮވެ ނިދުމުން އެކަހަލަ ހުވަފެން ނުފެނިއެއް ނުދާނެއެވެ. މައިޝާ އޭނައަށް ފެނުނު ހުވަފެނުގެ ވާހަކަ ފާޒިންއަށްވެސް ކިޔައިނުދިނީ ފާޒިން އެކަމާ ހިތްހަމަ ނުޖެހިދާނެތީއެވެ.

ޕެރިހުގައި ދެދުވަސް މަޑުކުރިއިރު ފުރަތަމަ ދުވަސް އެއްކޮއްދުއްވާލީ ޕެރިސްގެ މައްޝޫރު ތަންތަން ބަލާލުމަށެވެ. ދެވަނަ ދުވަހު ފާޒިން ދިޔައީ މައިޝާ ގޮވައިގެން ސޮޕިންގް ކުރާށެވެ. ޖޭންގެ އެހީތެރިކަމާއެކު މައިޝާ ވަރަށް ގިނަ އެއްޗިހި ގަތެވެ. ކޮންމެ ހެދުމާކާއި ގުޅޭގޮތަށް ފައިވާނާ އެއްޗިހިވެސް މައިޝާ ގަތެވެ. ގިނައިންގަތީ ހުސް ހެދުމެވެ.

ހަފްތާއެއް ފަހުން ފާޒިންމެން މާލެ އައިއިރު އެމީހުންގެ އިސްތިގުބާލަށް އާމިރުއާއި ވަދީފާ ނޫން އެންމެން ގޮސް ތިއްބެވެ. އޭގެ އިތުރުން މިސްރާ އާއި މިޝާވެސް ގޮސް ތިއްބެވެ. ޓާމިނަލް ތެރެއިން ނިކުމެގެން އައި ފާޒިންއާއި މައިޝާ ފެނުމުން މިޝާ ދުވެފައިގޮސް ބައްދައިގަތްއިރު ހީވަނީ އެތައް އަހަރަކަށްފަހު ބައްދަލުވިހެންނެވެ. ގެއަށް އައިސް ފާޒިންމެން ނިދީ ދަތުރު ވަރުބަލިވެފައި ތިބިވަރުންނެވެ. މިސްރާމެންވެސް ފަހުން އަންނާނެ ކަމަށް ބުނެފައި ގެއަށް ދިޔައީއެވެ.

” ކާންދާންވީނު… ނިދިފައި ތިބީމަ ނުގޮވަން މިއިންނަނީ…! ” ކޮޓަރިން ނިކުތް މައިޝާއާއި ފާޒިން ފެނުމުން ވަދީފާ ބުނެލިއެވެ.

” މަންމަމެން ކޮންއިރަކުއައީ…؟ ” ފާޒިން އައިސް ގޮނޑިސެޓުގައި އިށީންނަމުންބުނެލިއެވެ.

” މިހާރު އިރުކޮޅެއް ވެއްޖެ… ” ބަދިގެއާއި ދިމާލަށް ހިނގައިގަންމުން ވަދީފާ ބުނެލިއެވެ. މައިޝާ ވަދީފާއާއެކު ބަދިގެއަށް ދިއުމުން އާމިރު ކައިރީގައި މަޑުކޮއްލައިގެން ފާޒިންއިނެވެ.

” ތިއްތީ ކޮބާތަ ފޮޓޯތަށް….! ” ކޮޓަރިން ނިކުތް ފައިހާއަށް ސިޓިންގްރޫމްގައި އިން ފާޒިން ފެނުމުން ބުނެލިއެވެ.

” ހުންނާނެ ފޮށީގައި… ތިއްތިބޭދައްތަ ކައިރީގައި ބުނެ ނަގާދޭށޭ…! ” ފާޒިން ޓީވީއަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ.

” ފައިހާ ދޮންބެމެންނަށްވެސް ކާން ގޮވާލަބަލަ….! ” ބަދިގެއިން ނިކުމެގެން އަންނަމުން ވަދީފާ ބުނެލިއެވެ. އެންމެންވެސް މަޑުކޮއްގެންތިބީ ފަޒީލްމެން އަންނާނެ އިރަކަށެވެ. މާގިނަ އިރުތަކެއް ނުވެ ފަޒީލްމެން އައުމުން އާއިލާ އެއްކޮއް ރޭގަނޑުގެ ކެއުމަށް އިންސާފް ކުރަން ފެއްޓިއެވެ.

މުނީރާމެންވެސް އެރޭ ފާޒިންމެންގެއަށް އައިސް ވަރަށް ގިނައިރުވަންދެން ތިއްބެވެ. މައިޝާމެން ނަގާފައި ހުރި ފޮޓޯތަށް ފެނިފައި މިސްރާމެންވެސް މޮޔަވެގެން އުޅުނެވެ. އެކި ތަންތަނާ ބެހޭގޮތުން މިޝާމެން އެކި ސުވާލްތައް ކުރަމުން ދިޔައިރު އެންމެންގެ މޫނުމަތިންވެސް ފެންނަން ހުރީ އުފާވެރިކަމެވެ. އެންމެންނަށްވެސް ހެވުނީ މައިޝާ ޕެރިސް ޓަވަރަށް ބަލަހައްޓައިގެން އަނގަހުޅުވިފައި ހުރި ފޮޓޯގަނޑު ފާޒިން ދައްކާލުމުންނެވެ. މައިޝާ އެންމެނަށް ސިއްރުން ފާޒިންގެ އަތުގައި ވިކައިގަތީ އެފޮޓޯގަނޑު އެކަކަށްވެސް ނުދައްކާނެކަމަށް ފާޒިން އެއްބަސްވެފައި އޮތުމުންނެވެ. އެރޭ މުނީރާމެން ގެއަށް ލައިދީފައި ފާޒިން ދިޔައީ ސިރާޖާއެކު ކޮފީއަކަށެވެ.

މައިޝާއަށް ހޭލެވުނީ ފަސްގަޑި ބައިވިއިރު ގަޑި އެލާމްވާން ފެށުމުންނެވެ. ގަޑި ނިއްވާލުމަށްފަހު ތެދުވެގެންގޮސް ފާހާނަޔަށް ވަންއިރު ފާޒިން ގަދަ ނިދީގައި ނިދާފައި އޮތެވެ. ފާހާނައިން ނިކުނެ ނަމާދުކޮއްލައިގެން ބޭރަށް ނިކުތްއިރު ވަދީފާ ގޭގެ ސިޓިންގު ރޫމްގައި ގުރުއާން ކިޔަވަންއިނެވެ.

” ދަރިފުޅާ…! ހާދަ އަވަހަކަށް ތިތެދުވީ…! އަނެއްކާ ކަމެއްވީތަ…؟ ” ކޮޓަރިން ނިކުތް މައިޝާ ފެނުމުން ވަދީފާ ބުނެލިއެވެ. މައިޝާ ކަމެއް ނުވާކަމަށް ބުނަމުން ގޮސް ގޭގެ ބޮޑު ދޮރު ހުޅުވާލާފައި ބޭރަށް ނިކުތުމުން ވަދީފާވެސް ކިޔަވަން އިން ހަތިމް ބާއްވާފައި މައިޝާގެ ފަހަތުން ބޭރަށް ނިކުތެވެ. މައިޝާގޮސް ފަތިހަށް ފޮޅިފައި ހުރި ފިނިފެންމާތަކުގައި ވަސްބަލަމުން ދިޔައެވެ. އިރުކޮޅަކުން އެތާގައި އޮތް ފެން ހޮޅިން ގަސްތަކަށް ފެންޖަހަންފެއްޓިއެވެ. އޭރުވެސް ގޭގެ ދޮރުމަތީގައި މައިޝާއަށް ބަލަހައްޓައިގެން ހިނިތުންވެފައި ވަދީފާ ހުއްޓެވެ.

” ކިހިނެއްވީ މަންމާ…؟ ” މައިޝާއަށް ބަހައްޓައިގެން ހުރި ވަދީފާ ފެނުމުން މައިޝާއަށް ބޭއިހްތިޔާރުގައި އަހައިލެވުނެވެ. ވަދީފާ ކަމެއްނުވޭ ބުނުމުގެ ގޮތުން ބޯހޫރުވާލާފައި އެތެރެއަށް ވަނުމުން ކުރިއަށްވުރެވެސް ފޯރި އަރުވާލާފައި މައިޝާ ގަސްތަކަށް ފެންޖަހަން ފެށިއެވެ. ގަސްތަށް ބަލަހައްޓާ މީހާ އައުމުން މައިޝާ އެތެރެއަށް ވަންއިރު ވަދީފާ ބަދިގެތެރޭގައި ރޮށިފިހަން ހުއްޓެވެ.

” ގެނެ އަހަރެންގެ އަތަށް…! ” މައިޝާގޮސް ވަދީފާގެ ކައިރީގައި ހުއްޓެމުންބުނެލިއެވެ. އެވަގުތު ފައިހާ ވަދީފާއަށް ގޮވާލުމުން މައިޝާގެ އަތަށް ރޮށި ފިހަންދީފައި ވަދީފާ ދިޔައީއެވެ. މައިޝާ ރޮށި ފިހަން ހުއްޓާ ސިފާވެސް އައިސް މައިޝާއާއި ރޮށިފިހެއުމުގައި ބައިވެރިވިއެވެ. ރޮށި ފިހެ ނިމުމުން މައިޝާ ގޮސް ކޮޓަރިއަށްވަތްއިރުވެސް ފާޒިން ގަދަ ނިދީގައި ނިދާފައި އޮތެވެ. މައިޝާގޮސް ފާޒިންގެ ކައިރީގައި އިށީނެވެ. ފާޒިންގެ މޫނުމައްޗައް ވެއްޓިފައި އޮތް އިސްތަށިކޮޅު ރަނގަޅު ކޮއްލުމުން ފާޒިން ލޯހުޅުވާލިއެވެ. ކައިރީގައި މައިޝާ އިނުމުން ފާޒިން މައިޝާގެނެސް ގަޔާލާ ބޮނޑިކޮއްލިއެވެ.

” ދެން ތެދުވޭ…! މިއަދު ޖެހޭނެ އޮފީހަށް ދާން….! ” މައިޝާ އެއޮތްގޮތަށް އޮވެ ވާހަކަ ދެއްކިއެވެ.

” އޮފީހަށް ދާހިތެއް ނުވޭ މިހާރަކު….! ” މައިޝާ ގަބޫލް ނުވާނެކަން އެނގިހުރެވެސް ފާޒިން އޭނަ ބޭނުންވާގޮތް ބުނެލިއެވެ.

” ގޮސްލާފަ އަންނަން ވިޔަސް މިއަދު ޖެހޭނެ އޮފީހަށް ދާން…! ” މައިޝާ ތެދުވެ އެނދުގައި އިށީނަމުން ބުނެލިއެވެ. މައިޝާ ކުރުނުކުރާނެ ކަން އެނގުމުން ފާޒިން ތެދުވެގެންގޮސް ފާހާނަޔަށް ވަނެވެ.

ދުވަސްތަށް ފާއިތުވަމުންގޮސް ހަމަސް ދުވަސް ފާއިތުގެންދިޔައީ ހީވެސް ނުކުރާ ބާރަށެވެ. ފަޒީލްމެން ފުރައިގެން އިންގުލެންޑަށް ދިޔައިރު ދިޔައީ ފައިހާވެސް ގޮވައިގެންނެވެ. ފައިހާއާއި މާލް ނެތުމުން ފޫހިކަން އިހްސާސް ކުރެވުނު ކަމުގައިވިޔަސް ކޮންމެ ދުވަހަކީވެސް މައިޝާގެ ހަޔާތަށް އަންނަ ވަރަށް އުފާވެރި ދުވަހެކެވެ. ނަމަވެސް ކޮންމެ އުސްގަނޑަކަށްފަހު އަޑިގަނޑެއް އަންނާނޭ ބުނާ ފަދައިން މައިޝާގެ އުފާވެރި ދިރުއުޅުން ހިތާމައިން ފޯވެގެން ދިޔައީ ހީވެސް ނުކޮއްހުއްޓާ ލިބުނު ހަބަރަކުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

BONDAY

Level 210 Stories

Other Articles

Previous

ހިތް ވިންދާނުލައި… (17)

Next

ހަތަރު އުދަރެސް (3)

Next
July 11, 2015

ހަތަރު އުދަރެސް (3)

Previews
July 10, 2015

ހިތް ވިންދާނުލައި… (17)

17 Comments!

  1. ihthu says:
    July 10, 2015 at 4:53 pm

    Mi part ves reethi vaane kamah hykuran…

  2. @£#¥ says:
    July 10, 2015 at 5:08 pm

    Hey i am first…. ithu vara reethi ingey mi part ves. Ene part v inthixaaru kuraana… thnks ithu…

  3. naushaa says:
    July 10, 2015 at 5:15 pm

    Vrh reethi

  4. muxy says:
    July 10, 2015 at 5:21 pm

    Kniraku next part….. Mi part salhi

  5. ihthu says:
    July 10, 2015 at 5:25 pm

    Next part sunday ge kurin up kohdhevey thw balaanan…

  6. Ruhu says:
    July 10, 2015 at 5:44 pm

    Varah salhi mi partves

  7. kanbulo says:
    July 10, 2015 at 6:03 pm

    Salhi

  8. Shabee says:
    July 10, 2015 at 6:08 pm

    Ey ithu maisha ge hayaathah adigandekey?? O my gosh… 😮 alhe haadha dheravaaney eyrun… but anyways itx grt…nxt prt thankolheh dhigu khdhehchey….nd thank u miburu avahah up khdhineemaa… 😀

    1. ihthu says:
      July 10, 2015 at 7:10 pm

      Mihaaru ves maisha ah lahka dhuvahu ufaluga ulhevihje ehnu dhw….

    2. shiaa says:
      July 11, 2015 at 3:12 pm

      ihthu hama j vany mai ufaluga ulheythy , hahaha

  9. naj says:
    July 10, 2015 at 6:42 pm

    Thanks ihtu…vv reethi

  10. Lali says:
    July 10, 2015 at 7:05 pm

    Dhn haadha kureyyyyy………ihthu dhigu koh genes dhyba

  11. jui says:
    July 10, 2015 at 11:41 pm

    nice… ekm dhn mihaa kuru nukohbba… plxxxxxxxxxx……… i beg you.. story dhigu kowww NULIYEVENNAMUN vaahaka liyun HUHTTALABA.. PLX

  12. jui says:
    July 10, 2015 at 11:41 pm

    :O

  13. LOVELUYTR says:
    July 10, 2015 at 11:42 pm

    😮

  14. jui says:
    July 10, 2015 at 11:44 pm

    oh please

  15. een says:
    July 11, 2015 at 12:19 am

    V Reethi story…..☺

Comments are closed.

Next Episodeހިތަކުން ނުފިލާނެ 25←


All Right Reserved!