Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ހިރާސް 22

Annora Level 610 Stories100 Login100 Comments100 Stories
April 18, 2021 7 Mins Read
6 Comments

“މަންމާ….ޔޫމީ” ޒީވާ ވާހަކަ ދައްކަން މަސައްކަތް ކުރިނަމަވެސް ނޭފަތާއި އެކު އަނގައިން ލޭގަނޑު އޮހޮރިގަން އިރު  ހެޔަށް ގޮތްގޮތްވާންފެށި އެވެ. “ޒަ..ޒާން..އި.ޒާ..ން އަ..މް ސޮރީ …” ދެލޯމެރެމެން ދިޔަ ވަގުތު އޭނާއާއި ދިމާލަށް ދުވެފައި  އައި ތިން ފިރިހެނުން ފެނުނެވެ. އޭނާގެ ހޭވެރިކަން ފިލާ ގޮސް އެތަނަށް ދެމުން އިރު އެ ހަށިގަނޑުގައި އެއްވެސް ކަމެއް ނެތެވެ.

***

(ބާރަ އަހަރު ކުރިން )

ލަވާލް އާއި ޔާސިރް އަށް ލިވިޔާ އާއި ޔޫމީން ލިބުންފަހުން އަލާނިޔަލްގެ އުޅުމުން ބަދަލްތައް ދިޔައީ ފެންނަމުންނެވެ. ބަސްމަދުވެފައި ހުންނައިރު އަނގައިން ބަހެއް ބުނެލުމަކީ ނާދިރްކަމަކަށްވިއެވެ. ނަމަވެސް އެކަމާއި އަޅާނުލާ ތިބެނީ ކިޔާކިޔާވެސް އަލާނިޔަލް އެއުޅުން ބަދަލް ނުކުރާތީ ބޮޑުވާން ފެށުމުން އައި ބަދަލެއް ކަމުގައި ދެކިފައެވެ. އޭނާ އުޅެނީ އެންމެންނާއި ވެސް އެކަހެރިވެގެންނެވެ. އިޒާން އަދި ޔަޒަކް އާއި ވެސް އަނގައިން ބުނެނުލައެވެ. އޭނާގެ ސަމާލްކަން ހަމައެކަނި ހުއްޓިފައިވަނީ ލިވިޔާއަށެވެ. ނަމަވެސް ލިވިޔާ އަކާއި ވެސް އަގައިންނެއް ނުބުނެއެވެ. އަލާނިޔަލްގެ ލޮލުން ލިވިޔާއަށް ބަލަހައްޓައިގެން ހުންނަ ނަޒަރުގައި ވަނީ ތަފާތު އަސަރެކެވެ. ލޯތްބެއްނޫނެވެ. އެއީ މަކަރުވެރިކަމެވެ. އަނިޔާވެރިކަމެވެ.  އެ ނަޒަރު ފާހަގަ ވަނީ ހަމައެކަނި އިޒާން އަށްށެވެ. އަބަދާއި އަބަދު އިޒާންގެ ހިތްތެޅިލަތެޅިލާ ހުންނަނީ މިސަބަބާއި ހުރެއެވެ.

ދުވަސްތައް ހަލުވި ކަމާއެކު ދައުރުވަމުން ދެއެވެ. އަލާނިޔަލް ފިޔަވައި އަނެއް ހުރިހާ ކުދިން ވަރަށް އެކުވެރިއެވެ. ނަމަވެސް އަލާނިޔަލް އުޅެނީ ވަކިންނެވެ. އެކަހެރިވެގެންނެވެ. މީހަކު ކައިރިޔަށް ދިޔަސް ހަޅޭޢްލަވައިގަނެފައި ދަނީ ދުރަށެވެ.  ހުރިހާ އެންމެން ޖެހިލުން ވެފައި ތިބިނަމަވެސް ލިވިޔާ އެއާއި ތަފާތެވެ. ލިވިޔާގެ ކިބައިގައި ޖެހިލުންވުން ނުފެނެއެވެ.  އޭނާ އަލާނިޔަލް އާއި ވެސް ރަހުމަތްތެރިވާން ބޭނުންވެއެވެ. އެހެންކަމުން އޭނާގެ ފަހަތުން ދާން އުޅެއެވެ. ވާހަކަ ދައްކަން މަސައްކަތް ކުރެއެވެ. ނަމަވެސް ޔޫމީން އާއި ޔަޒަކް ކޮންމެ ފަހަރަކު އޭނާ ހިފަހައްޓައެވެ. ލިވިޔާ އަހާ އަހާ ވެސް ސަބަބެއް ނުބުނެއެވެ.

ދުވަސްތައް ހަލުވި ކަމާއެކު ދައުރުވަމުންގޮސް ލިވިޔާ އަށް އަދި ޔޫމީން އަށް ވެސް އެގާރަ އަހަރު ފުރިއްޖެއެވެ. އޭރު އިޒާން އަށް އެކާވީސް އަހަރެވެ. އަލާނިޔަލްއަށް ވިހި އަހަރެވެ. ޔަޒަކްއާއި ޒައުލް އާއި ޒީހާން އަށް ނަވާރަ އަހަރެވެ.  ކައިވަން އަށް ބާރަ އަހަރެވެ.

އުމުރުން އެގާރަ އަހަރުވެފައި ވި ޔޫމީން އާއި ލިވިޔާ ފެންނަނީ މީހަކު ހިތް ގުޑައިގެންދާހާ ލޯބިކޮންނެވެ. ހާއްސަކޮން ލިވިޔާގެ ގައިގާ އަޅާއިގަންނަ ގޮތެއް ހުރެއެވެ. ޔޫމީންއަށް ވުރެން ތަންކޮޅެއް އިސްކޮޅުން ކުރުވެފައި އަދި ލިބިފައިވަނީ ބޮޑު ލޮލަކާއި ދިގު އެސްފިޔަތަކެކެވެ. އެކަމުގެ ސަބަބުން އޭނާ ފެންނަނީ ނުހަނު ލޯބިކޮންނެވެ.  ދެކުދިންގެ ފަން އިސްތަށިގަނޑާއި  ލޮލުގައިވަނީ އެސްތެޓިކް ފެހިކުލައެވެ. ދެކުދިން އެހާ ވައްތަރެއް ނޫނަސް ދެކުދިންނަށް ވެސް ޔާސިރްގެ ފަރާތުން ކޮލަށް އެޅޭ  އަޑިކޮޅުވަނީ ވާރުތަކޮށްފައެވެ. ލަވާލް އާއި ބޮޑަށް ވައްތަރީ ޔޫމީން އެވެ. ލިވިޔާ ވައްތަރީ ޔާސިރްއާއެވެ. ހިމަ ތޮޅިކޮން ހުރިނަމަވެސް ހިކިވެގެން ހަޑިވާވަރެއްނޫނެވެ.  އެ ކުދިން ބޮޑެތިވަމުން އައި އިރު ލަވާލް އާއި ޔާސިރްގެ ހުރިހާ ސަމާލްކަމެއް އެކުދިންނަށް ވަނީހުއްޓިފައެވެ. ހާއްސަކޮން ލިވިޔާއަށެވެ. ކޮންމެވަގުތެއްގައިވެސް ލިވިޔާއަށް ހާއްސަ ސަމާލްކަމެއް އެމީހުން ދިޔައި ދެމުންނެވެ. ގިނަކަންކަން ލަވާލް އާއި ޔާސިރް ދިޔައީ ލިވިޔާ އަށް މަނާކުރަމުންމުންނެވެ. ނަމަވެސް  ޔޫމީންގެ ކޮންމެ އެދުމަކަށް އެމީހުން އިޖާބަދޭތީ ލިވިޔާ އެކަމާއި ސަކުވާކުރެއެވެ. ދެރަވެގެން އެ ވާހަކަ އަހައެވެ. ލިވިޔާ ދެރަ ވެފަ ހުންނާތީ ޔާސިރްމެން ވެސް ތިބެނީ ދެރަވެފައެވެ. ސުކޫލާއި ޓިއުޝަން އަދި އިތުރު ކުލާސްތަކަށް ފިޔަވައި ލިވިޔާއަށް ގެއިން ބޭރަށް ނުކުތުމަކީ މަނާކަމަކެވެ. ބޭރަށް ދިޔަނަމަވެސް ލިވިޔާއަށް ބޭރަށް ދެވެނީ ގޭގެ ކޮންމެވެސް ބޮޑުމީހަކާއިއެކުއެވެ.  ގޭގެ އެހެންކުދިންނަށްވެސް ލިވިޔާ ބޭރަށް ގެންދިޔުން އޮންނަނީ މަނާކޮށްފައެވެ.

އެކަންކަމުގެ ސަބަބުން ބޮޑުވަމުން އައި ލިވިޔާ އެކަނިވެރިކަން އިޙްސާސްކުރެވެމުން ދިޔަލެއް މަދެއް ނޫނެވެ. މިހުރިހާ މަންޒަރެއް ފެންނަމުންދިޔައީ ދިޔައީ ލިވިޔާއަށް ކުޑަވެސް ގެއްލުމެއް ލިބިދާނެކަމަށް ވިސްނައިގެން ހުރި އިޒާންއަށެވެ. ލިވިޔާގެ ނަން އިޒާންގެ ހިތުގައި ބިންވަޅު ނެނގުނީ އިޒާންއަށް ނުވެސް އިނގި ހުއްޓައެވެ. ލިވިޔާ އަށް ނޭނގޭނެހެން ލިވިޔާގެ ހުރިހާ ކަމެއް އެންމެ ގާތުން ބަލަމުންދިޔައީ އިޒާންއެވެ. އަނެއްކޮޅުން އަލާނިޔަލްގެ އަމަލްތަކަށްވެސް އިޒާން ފާރަވެރިވެއެވެ. އަލާނިޔަލް ހުންނަނީ އިޒާންގެ ސަބަބުން އޭނާ ބޭނުންވާ ގޮތައް ކަންތައް ނުދާތީ އަބަދުމެ ރުޅިގަދަވެފައެވެ.

އިޒާން އާއި ލިވިޔާގެ އޮންނަނީ އާދަޔާއި ހިލާފް ގުޅުމެކެވެ. އެހެން ކުދިންނާއި ނުހަނު ހަމަޖެހިލާގެން ވާހަކަ ދެއްކިނަމަވެސް އިޒާން އާއި ވާހަކަ ދައްކަން ލިވިޔާ ޖެހިލުންވެއެވެ. އޭނާއަށް އެންމެ މަދުންފެންނަނީ ވެސް އިޒާން އެވެ. އިޒާންގެ ފިރިހެންވަންތަ މޫނު ފެންނަ ކޮންމެ ފަހަރަކު ލިވިޔާއަށް ދިޔައީ ބުނެދޭން ނޭނގޭފަދަ ގޮތްތަކެއްވަމުންނެވެ. އެ މަޑުރަތް ކުލައިގެ ތުންފަތާއި އެ ސިއްރުވެރި ގަދަ އަޅިކުލައިގެ ލޮލުގައި ވަނީ ކޮންމެ އަންހެންކުއްޖަކުވެސް މޮޔަވެދާނެފަދަ ޖާދުލެކެވެ. އޭނާގެ ކަނދުރާއާއި ހަމަޔަށް އަރާ މަޑުރާޅުބާނީ ކަމެއް ހުރި ފަން އިސްތަށިގަނޑު އެއީ ލިވިޔާއަށް އެންމެ ކަމުދާ ސިފައެވެ.  އެ އާދަޔާއި ހިލާފް  “ވެމްޕަޔަރިޝް ލުކް” އެޅަ ހިތުގައި ވަނީ ބިންވަޅު ނެގިފައެވެ. ލިވިޔާ ތަންކޮޅެއް ކުޑައިރު އިޒާން އާއި ވާހަކަ ދެއްކިޔަސް މިހާރު އެ ހިތްވަރު ކުރާކަށް އޭނާއަކަށް ނުކެރެއެވެ. އަލާނިޔަލް ހާ ދުރު ނުވިޔަސް އިޒާން ވެސް ވަކި ކައިރިއެއްނޫނެވެ. އިޒާން އަކީ ކުޑައިރުވެސް އެހާ މީހުންނާއި ވާހަކަ ދައްކާ ކުއްޖެއްނޫނެވެ. އޭނާ އަނގަހުޅުވާލާނީ ޔަޒަކް އާއި ޒައުލް އާއި އެއްތަން ވީމައެވެ.  އަބަދުވެސް އިޒާންއާ ވާހަކަ ދައްކާހިތް ވިޔަސް ލިވިޔާއަށް ނުކެރެނީއެވެ. ލިވިޔާ ވެސް ގިނަ ވަގުތު ހޭދަކުރަނި ޔޫމީން އާއި ކައިވަން އާއިއެކުއެވެ.

އާދައިގެ މަތިން ދުވަހެކެވެ. ހަރީފް މޫސުމުގެ ދުވަސްތައް ކަމުން ގަސްތަކުގެ ކުރިތައް ވަނީ މުޅި އޮރެންޖާއި ރަތުގެ އެކި ކުލަތަކުން ފަވާލެވިފައިއެވެ. ބިންގަނޑުގައިވެސް އެކުލަތަކުގެ ފަތްތައް ނެތް  ހަމަ އެންމެ ތަންކޮޅެއްވެސް ނެތެވެ.

ލިވިޔާ އިނީ އޭނާ އާންމުކޮން އިންނަ އުނދޯލީގައި ވާހަކަ ފޮތެއް ކިޔާލުމުގައެވެ. އެ އުނދޮއްޔަކީ އޭނާގެ ބޮޑުބެ އައްޒާމް، އެންމެ ފަހުން ބައްދަލް ކުރި  އެގާރަ ވަނަ އުފަންދުވަހު ޔޫމީންއާއި ލިވިޔާއަށް އުފަންދުވަހުގެ ހަދިޔާއަކަށް ގެނެސްދީފައިވި ހަދިޔާއެކެވެ. ލަކުޑިކުލައިގަ އިން އެ އުނދޯލި ރީތި ޑިޒައިންތަކަކުން ފަރުމާ ކުރެވިފައި ވާއިރު ސާހީގޮތްގަނޑެއް އޭގައިވެއެވެ. ޔޫމީންއަށް ވެސް އެއުނދޯލި ވަރަށް ކަމުދިޔައެވެ.

އެހިސާބުގަނޑުގައި  އުނދޯލީގައި ތިބޭ މީހުންނަށް ހިޔާ އެޅޭހެން ހުރި ބޮޑު ވޯލްނަޓް ގަހުން ޖެހެމުންދިޔަ ފިނިވައިން ހައްޓަށް އަރާމް ލިއްބައިދެއެވެ. ސުކޫލުން އައި ގޮތައް ދީފައި ހުރި ފިލާވަޅުތައް ނިންމުމަށްފަހު ލިވިޔާ އިނީ ނުހަނު ހަމަޖެހިލައިގެންނެވެ. އަޅިފުސް ކުލައިގެ ޖީންސާއި މަޑު ފިޔާތޮށިކުލައިގެ ސްވެޓާ އެއްގައި އިން ލިވިޔާގެ ލޯބިކަން ފެންނަ މީހަކު އާޝޯހްވެދާހާވެއެވެ. އޭނާގެ ކަޅުކުލައިގެ ފަންފަން އިސްތަށިގަނޑު ވައަތްފަރާތުން ގެނެސް ކޮނޑުމައްޗަށް ވަނީ ދޫކޮށްލާފައެވެ.

ކޮލެޖުން ނިމިގެން ގެޔަށް އައިސްވަން އިޒާން ގެ ދެލޮލުގައި އެންމެ ފުރަތަމަވެސް އަޅާއިގަތީ އޭނާގެ ހިތުގެ މަލިކާއެވެ. އުނދޯލީގައި ނުހަނު ހަމަޖެހިލައިގެން ވާހަކަ ފޮތެއް ކިޔަން އިން ލިވިޔާއެވެ.  އޭނާގެ ހިތުގައި ބިންވަޅުނެގިފައި އެ ރީތި ސޫރަ ފެނި މިފަހަރުވެސް އެ ހިތް ތެޅިލިއެވެ. ކުރަން އައި ކަންތައް ވެސް އޭނާ ހުރީ ހަނދާން ނެތިފައިއެވެ.

ފާހާނާއަކަށް ދާން ނުހުރެވިގެންނޭ ބުނެ ދުވަމުން ،ޔަޒަކް އާއި ޒައުލްއަށްވުރެން ކުރިން ގެޔަށް ވަން އިޒާން ހުއްޓުން އަރާފަ ހުރުމުން ފަހަތުން އައި ޔަޒަކް އާއި ޒައުލް ހައިރާންވެފައި ހުރެ އައެވެ. “މީނައަށް ހުރި ގޮތަށް ހުރެ ލެވުނީ ތަ..” ޒައުލް ބުނެލި ވާހަކައިން ޔަޒަކް ގާތަށް ހިނިއައެވެ. “ވެދާނެ ..” ޔަޒަކްގެ ގާ ތަށް އިތުރަށް ހިނިއައީ އިޒާން ހުއްޓުން އަރާފަ ހުރި ސަބަބު އެނގުމުންނެވެ.   “ކަލޯ އެ ސޮރަށް ހުރިގޮތަށް ހުރެ ލެވުނަސް ނޭނގޭނެތާ ދޯ.. އެހުރީ އިޝްގުގަ ޖެހިފަ އޭ..” ބާރަށް ހެމުން ޔަޒަކް ދައްކާލީ ލިވިޔާއެވެ. ޒައުލްއަށް ވެސް ވާނުވާ އެނގުމުން ހެވުނެވެ. އިޒާން ނުބުނި ކަމުގައިވިޔަސް ޔަޒަކް އާއި ޒައުލްއަށް އެމީހުންގެ އެންމެ ގާތް އެކުވެރިޔާގެ ހާލަތު އެނގެއެވެ. ލިވިޔާ ފެންނައިރު އެމޫނު މަތީގައިވަނީ ލޯބި ނޫން އިތުރު އެއްޗެއް ނޫނެވެ.

އުމުރުގެ ފަރަގަކީ ޔަޒަކް ގަބޫލް ކުރާ އެއްޗެއްނޫނެވެ. އުމުރުގައި ބޮޑު ފަރަގެއް ހުރި ނަމަވެސް އިޒާން އަކީ ލިވިޔާއަށް އެންމެ އެކަށީގެންވާ ބައިވެރިޔާކަން ޔަޒަކް ގަބޫލްކުރެއެވެ. އޭނާގެ ކޮއްކޮއަށް އިޒާންފަދަ ބައިވެރިޔެއް ލިބުމަކީ ޔަޒަކްގެ ދުއާއެވެ. ލިވިޔާ އެކޭ އެއްފަދައިން ޔޫމީންއަށް ވެސް އޭނާ އެދެނީ  އެފަދަ ރަނގަޅު ބައިވެރިއެއް ލިބުމެވެ.

އިޒާންއަށް ހޭވެރިކަން ވީ ޔަޒަކްއާއި ޒައުލް އާއި މި ފާހާނާ ހެއްޔޭ ކިޔާ ދިމާކޮށްލުމުންނެވެ. ވަގުތުން ލަދުގަންވަރުން، ނުހިފެހެއްޓޭނޭ ލެވެނީއޭ  މިދަނީ އޭ ކިޔާފައި ވައިރޯޅިއެއްހާ ބާރަށް ދުވެގޮސް ގެޔަށް ވަނެވެ.

އެ މަންޒަރު ފެނި ގެޔަށް ވަންނަން އައި ކައިވަން އާއި ޔޫމީންގެ ގާތަށް ވެސް ހިނިއައެވެ. އޭރު ދެން ތިބި މީހުންވެސް ހެނީއެވެ. އެހުރިހާ ކަމެއް ވީ އިރުވެސް ލިވިޔާއަށް ވަށާއިގެން ހިނގަމުންދާ ކަންކަމުގެ ހިލަމެއް ނުވެއެވެ. އެއަށްވުރެން ބޮޑަށް އޭނާ އިނީ އަތުގައި އޮއްވާހަކަ ފޮތައް ގެއްލިފައެވެ.

” އަޅެ މީނި ކުއްޖެއް ދޯ .. އެ ފޮތެއް ހިފައިގެން އިނިއްޔާ މީހަކު މަރުވިޔަސް ނޭނގޭނެ.. ” ޔޫމީން އައި ގޮތަށް އައިސް ލިވިޔާގެ އަތުން ވާހަކަ ފޮތް އަތުލިއެވެ. “އެ ހޭ.. ނޯ…ން ން..” ސިއްސައިގެން ގޮސްފައި ލިވިޔާއަށް ހަޅޭއްލަވައި ގަނެވުނެވުނެވެ. ” ހޫމް ވާހަކަ އެއްގައި އަތްލާފިއްޔާ ނީނގޭ ދޯ މީހަކު ގޮވިއަސް… ކިހާ އިރެއް މިހާރު..” ކައިވަން ވެސް ހަށަން ބަދެލަމުން ބުނެލިއިރު ލިވިޔާ އަށް އަމިއްލަ ދެކަންފަތުގައި އަތްލަމުން ސޮރީއޭ ބުނެލެވުނެވެ. ކައިވަން ، ލިވިޔާ އާއި ޔޫމީން އަށް ވުރެން އެއް އަހަރު ދޮއްޓެވެ. ނަމަވެސް އުމުރުގެ މާބޮޑު ތަފާތެއް ނެތުމުން ތިންކުދިންވެސް އުޅެނީ އެކު އެކީގައެވެ.

ހާއްސަކޮން ޔޫމީން އާއި އާއި ކައިވަން އެކުއެކީގައި ހޭދަކުރާ ވަގުތު ގިނައެވެ. ބައެއްފަހަރު ޔޫމީންއަށް ހާއްސަ ގޮތެއް ކައިވަން ބަހައްޓާހެން ވެސް ލިވިޔާ އަށް ހީވެއެވެ. އެކަމާ މަދުމަދުން ދިމާވެސް ކުރެއެވެ. ނަމަވެސް އެދެމީހުންގެ ކޫސަނި ޒުވާބުތައް ބޮޑުކަމުން  އެދެމީހުން އެކަކު އަނެކަކާއި ގަޔާވެދާނެ ކަމަށް ލިވިޔާގެ ހިތް އަނެއްބައި ފަހަރު ދެކޮޅެވެ.

އެދުވަހު ތިން ކުދިން އުޅުނީ ޕޮޕްކޯން ހަދައިގެން ބިރުވެރި ފިލްމެއް  ބެލުމަށެވެ. އެމީހުން ކަމެއް ކުރަން އުޅޭކަން އެނގުމުން ޔަޒަކް އުޅުނީ ވެސް އެދުނީ އެހަތަރުމީހުން ވެސް ބައިވެރިކުރުމަށެވެ. ވަރަށް ނުކުރަން އުޅެފައި އެންމެ ފަހުން ޔޫމީން އެމީހުން ބައިވެރިކުރިއެވެ. ކައިވަންމެންގެ އެޕާޓްމެންޓް ގެ ސިޓިންރޫމުގައި   ލިވިޔާ އާއި ޔޫމީން އަދި ކައިވަން ގެ އިތުރުން ޔަޒަކް އާއި ޒައުލް އަދި ޒީހާން ތިބީ އިޒާން ނައިސްގެން ނުފެށިފައެވެ.

“އަޅެ ދެން ޒާންބެ ދެން ޖެހޭތަ އެހާ ލަސް ވާން.. އަހަރެމެން އެކަނި އުޅުންނަމަ މިހާރު މި ނިމޭހާ އިރު ވެއްޖެ ..”ޔޫމީން އިނީ އިޒާން ނައިސްގެން ރުޅިގަދަ ވެފައެވެ. ” ކާކު ބުނީ އެމީހުން ކައިރިގަ އަންނާށޭ… މިހާރު މިއޮތް ޕޮޕްކޯނު  ވެސް ހުސްވަނީ ..” ކައިވަން އިނީ ޔޫމީން ދެކެ ރުޅިއައިސްފައެވެ. ޔޫމީން އިނދެފައި ވަގުތުން ލޯ އަޅާލިއެވެ. ” ހޫމް .. ހޫމް.. އެއްކަލަ ދެމީހުން…  ލިވީ ދޭބަ ޒާން ކޮބާތޯ ..” ޔަޒަކް ވަރަށް ހިނިއައިސްފައި އިނދެ ބުނެލިއެވެ. ” ވައި .. މީ..” ލިވިޔާއަށް ސުވާލް ކޮށްލެވުނެވެ. “ދޭބަ ދޭބަ ދޯ .. ” ޔޫމީންގެ މޫޑްވެސް ވަގުތުން ބަދަލްވެ ފާޑަކަށް ހިނިއައިސްފައި އިނެވެ. “އޯކޭ ފައިން..” ތުން ދަމާލައިގެން ހުރެ ހިނގައިގަންއިރު އޭނާގެ ހިތް ތެޅިލިއެވެ.

މަޑުމަޑުން ގޮސް އިޒާންގެ ކޮޓަރީގައި ޓަކި ޖަހައިލިއެވެ. “ޒާން.. ” ލިވިޔާ މަޑުމަޑުން ގޮވާލިއެވެ. ” އޯހޮ ވެއިޓް.. އަހަރެންނަށް ވުރެން ބޮޑިއްޔާ ބޭބެ ދޯ ކިޔަން ޖެހޭނީ… އޯ ގޯޑް ..އިޓްސް ޑިފިކަލްޓް ބޭބެ ކިޔަން ..ބެ.. ބޭބެ. ބޭބޭ..” މަޑު މަޑުން ބަނޑަށް އިވޭވަރަށް ވާހަކަ ދައްކަމުން ގޮސް އެންމެ ފަހުން އަޑު ހަރުކޮށް ބޭބެ އޭ ކިޔާފައި ދޮރުގައި ޖަހައިފިއެވެ.

އެވަގުތު ވީ އެތެރޭގައި ހުރި އިޒާން ބޭރަށް ނުކުންނަން ދޮރު ހުޅުވާލި ވަގުތަށެވެ. އޭނާ ސިއްސައިގެން ގޮސް ތެލިގަންގޮތުން އަތުގައި އޮތް ޗޮކްލެޓް ވެއްޓުނީ ލައިފައި ހުރި ހުދު ޓީޝާޓަށެވެ. ” ޝި* ..” އިޒާންގެ އަނގައިން ބޭ އިހްތިޔާރުގައި ބޭރުވިއެވެ. އޭނާ މޫނަށް ރުޅިވެރިކަން ވެރިވާން ސިކުންތުކޮޅެއް ނުނެގިއެވެ.  އޭރު ލިވިޔާ އަނގަމަތީގައި އަތް އަޅައިގެން ހުރި އިރު ހުރީ ދެލޯ ވެސް ބޮޑުވެފައި އެވެ. ކިތަންމެ ޖެހިލުން ކުޑަވެފައި އުޅުނަސް އިޒާންގެ ކުރިމަތީގައި އޭނާ ބަލިކަށިވަނީ އަޖާއިބެއްފަދަ ގޮތަކަށެވެ.  “ސޮ..ސޮރީ.. ގަސްތު..ގަ..ނު.ނޫން..” ލިވިޔާއަށް ވެފައި ހުރި ވަރުން އިޒާންގެ ރުޅި ވަގުތުން ފިލައިގެން ދިޔައެވެ. އެ ރީތި މޫނުގައި ފިރުމާލަން ބެނުންވިއެވެ. ނަމަވެސް މިފަދަ ވަގުތެއްގައި އެކަހަލަ ކަމެއް ކުރުމަކީ މާ ހަމަޖެހޭ ކަމެއް ނޫން ކަމަށް އިޒާންގެ އަމިއްލަ ހިތައް ވިސްނައިދިނެވެ. “އޫމް..  ސޮރީ ފީލް ވަންޏާ މި ޓީޝާޓް ހަމަ މިހާރު ދޮވެދީ … ” އިޒާން ، ލިވިޔާގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. އޭރު އިޒާންގެ މޫނުމަތީގައިވަނީ ލާނެތްކަމެވެ. ލިވިޔާ އިސްތޮށައް ޖަހާގެން ހުރުމުން އެ މަންޒަރު ނުފެނުނީއެވެ.

“އޯކޭ..” އަނގަމަތިން އަތް ނަގަމުން ކިރިޔާ ބަނޑަށް އިވޭ ވަރަށް ލިވިޔާ ބުނެލިއެވެ. އިޒާން އައުމަށް އަތުން އިޝާރާތްކޮށްލުމުން އޭނާގެ ފަހަތުން އެ ކޮޓަރިއަށް ވަންނަން ދިޔަ ލިވިޔާގެ ހިތްހީވީ އޭގެ މަގާމުން ނެއްޓިގެން ހިނގައިދާނެ ހެންނެވެ.

އިޒާންގެ ފަހަތުން ކޮޓަރިޔަށް ލިވިޔާއަށް ލިބުނީ ހައިރާންކަމެކެވެ. ކޮންމެ ދިމާލަކުން ވެސް ފެންނަނި ސާފްތާހިރްކަމާއި ތަރުތީބްކަމެވެ. އޭނާ އަދި އިޒާންގެ ކޮޓަރިޔަށް އެވަނީ އަލަށެވެ. އަލާނިޔަލް ނޫން ގޭގެ އެހެން ފިރިހެންކުދިންގެ ކޮޓަރިތަކަށް ވެސް އޭނާ ވަނެވެ. ނަމަވެސް މިހާ ސާފްތާހިރްކޮން އޮތް ކޮޓަރިއެއް އޭނާ އަށް ނުދެކެއެވެ. ކައިވަން އާއި ޔަޒަކް އަދި ޒައުލް އަދި ޒީހާންގެ ކޮޓަރީގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިޔާއެވެ. އެއްޗިހިތައް އެތަން މިތައް އުކާފައި އޮންނައިރު ލަވާލް އާއި ކުލްސޫމާއަށް ސާފްކުރާހާ ކޮޅުން ނުލައެވެ. ލިވިޔާއަށް އަޅާކިޔާލެވުނެވެ. އޭނާގެ ހިތުގެ އަޑިން އިޒާންއަށް ތައުރީފްކޮށްލެވުނެވެ.

ލިވިޔާ ވަށައިގެން އެނބުރި އެނބުރިފައި ބަލަންފެށިގޮތުން އިޒާން ގާތަށް ހިނިއައިސްފައި ހުއްޓެވެ. އެ މައުސޫމް މޫނަށް ގެއލިފައި އިޒާންއަށް ވެސް ހުރެވުނީއެވެ.  ހިތްއެދޭ ބައިވެރިޔާއާއި އެކަހެރިތަނެއްގައި ހުރެވެމުން އިޒާން އަށް ވަނި ބަޔާން ކުރަން ދަތި އުފަލެއް ލިބިފައެވެ. ” ހޭއި.. ބަލާ ނުނިމޭތަ އަދިވެސް..” އިޒާން ހަށަން ބަނދެލަމުން އޭނާ ރަތް ތުންފަތުގައި ދަތް އަޅާލަމުން ބުނެލިއިރު އެ މޫނު މަތީގައި ލާނެއްކަން ވެސް ވިއެވެ. އިޒާންގެ އަޑަށް ލިވިޔާއަށް ވެސް ހޭވެރިކަން ވެއްޖެއެވެ. އިޒާންގެ ތޫނު ނަޒަރު އޭނާއަށް ހުއްޓިފައިވީތަން ފެނި ވަގުތުން  އަތްފައި ފިނިވެ ލިވިޔާގެ ދޮންމޫނައް ބަސްބުނާހާ ސިކުންތުކޮޅެއްގެ ތެރޭގައި ރަތްކުލަ ފާއްދާލިއެވެ. ލިވިޔާއަށް ވެގެންދިޔަ ގޮތް އިޒާންއަށް ސިއްރެއް ނުވިއެވެ. އެ މޫނުގައި ބީހިލަން އިޒާންގެ ހިތް އެދެންފެށިއެވެ. އޭނާގެ އެކާވީސް އަހަރު ވީ ހަޔާތުގައި ދުވަހުވެސް އަންހެން ކުއްޖެއް ފެނިގެން ނުވާގޮތްތަކެއް ލިވިޔާ ފެންނަ ކޮންމެފަހަރަކު ވެގެންދެއެވެ. އިސްޖަހާލައިގެން ހުރެ އިސްއުފުލާލި ލިވިޔާއަށް އިޒާންގެ ފިރިހެންވަންތަ ކަމަށް ހިތުގެ އަޑިން ތައުރިފްކޮށްލެވުނެވެ. ކަނދުރާއާއި ހަމައަށް އަންނަ އިސްތަށިގަނޑު މިރޭ ވަނީ ޖެލްލައި ކުދަކޮން ހިއްލާލައިފައެވެ. އެކަމުގެ ސަބަބުން ކުޑަކޮން ފެންނަނީ ތަފާތުކޮންނެވެ. ނަމަވެސް އެ ރީތި ކަމަކަށް ބަދަލެއް ނާދެއެވެ. އެ ގަދަ އަޅިކުލައިގެ ލޮލުގައިވަނީ ސިއްރުވެރިކަމެވެ. މަޑުރަތް ތުންފަތުގައިވަނީ ބަލާފޫހި ނުވާފަދަ ރީތިކަމެކެވެ. ކަޅު ސްކިނީ އަޚާއި އަތްކުރު ޕްލެއިން ހުދު ޓީޝާޓް ގައިހުރި އިޒާންގެ  އެ ފިރިހެންވަންތަކަމަށް ތައުރިފްކޮށްކޮށް ކޮޅުންނުލާނެއެވެ.

“ޔާ ..ހިނގާ ޓޮއިލެޓަށް ދޮވެދޭނަން ..” ހޭވެރިކަން ވުމުން އަވަސްއަވަހަށް ވާހަކަ ދައްކަން ފެށި އިރު ބުނެވުނު އެތި ފަހުމް ވީ ދެނެވެ. ވަގުތުން އަނގަމަތީގައި އޭނާއަށް އަނގަމަތީގައި އަތްއެޅުނެވެ. އޭރު އިޒާން ވެސް އެއްމިޔަކަނުން ހެވިފައި ހުއްޓެވެ. ” އޯ މައި..” ލިވިޔާއަށް އަމިއްލަ ބޮލުގައި އަތުން ޖަހާލެވުނެވެ. އިޒާން ގާތަށް ކުރިޔަށްވުރެން ވެސް ބޮޑަށް ހިނިއައެވެ. ” ޔާ.. ހިނގާ ..” އިޒާން، ލިވިޔާގެ އަތުގައި ހިފައިލާގެން ފާހާނާއަށް މިސްރާބް ޖެހިއެވެ.

” ނޫން .. ނު.. ނޫން..  ޓީޝާޓް ގެނޭ.. ” ލިވިޔާ އަވަސް އަވަހަށް ބުނެލިއެވެ. “އޯހް ޔޫ ވޮންނަ ޓީޝާޓް ރައިޓް …. އޯކޭ ” އިޒާން ވަގުތުން ހުއްޓިފައި ބަސްބުނާހާ ސިކުންތު ކޮޅެއްގެ ތެރޭގައި އޭނާ ގެ ޓީޝާޓް ދަމައިގަނެފައި ލިވިޔާގެ އަތަށް ދިއްކޮށްލިއެވެ.

އެއާ އެކު އިޒާންގެ ސިކްސް ޕެކްސް އެބްސް ހާމަވިއެވެ. އެ ކަސްރަތީ ހަށިގަޑު ފެނި  އޭރު ލިވިޔާގެ ދެލޯ ވަނީ ބޮޑުވެފައެވެ. ” އޯހް .. ގޯޑް އަނެއްކާ ކީކޭތަ މަށައް މިބުނެވުނީ .. އޭނަ ޓީޝާޓް ވިއްޔަ އެ ބޭލީ .. އަހަރެން ލަދުން ހަލާކު… ހަމަ އަނގަގަދަ މިތުރު މަށަކީ މި.. ” ލިވިޔާގެ އަމިއްލަ މޮޔަކަން ހިތައް އަރާފައި އޭނާ އަށް ދެލޯ މަރައިލެވުނެވެ. އޭނާ ވަގުތުން އިސްދޮށައް ޖަހައިލިއެވެ.   އިޒާން ޓީޝާޓް ދިއްކޮންގެން ހުރިގޮތައް ހުރުމުން މަޑުމަޑުން ލިވިޔާ އޭގައި ހިފާލި އެވެ. އިޒާން ޓީޝާޓާއި އެއްކޮން ލިވިޔާގެ އަތުގައި ހިފާ ގާތަށް ދަމާލިއިރު ވެސް ލިވިޔާ ހުރީ އިސްދޮށައް ޖަހައިގެންނެވެ. އޭރު ލިވިޔާގެ މޭ ނެގިނެގިފައި ޖެހެއެވެ.

****

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annora

Level 610 Stories100 Login100 Comments100 Stories

Weaving tales that linger long after the last page.🤍 Turning imagination into unforgettable stories.🤍 Every story is a journey; come take a trip with me.🤍 Capturing the magic in everyday moments.🤍 Crafting narratives that touch the heart and mind. 🤍 🤍🤍🤍

Other Articles

Previous

ލޯބި 4

LOABI ALUN 2
Next

ލޯބިން އަލުން 2

Next
LOABI ALUN 2
April 18, 2021

ލޯބިން އަލުން 2

Previews
April 18, 2021

ލޯބި 4

6 Comments!

  1. Annora says:
    April 18, 2021 at 4:55 pm

    salaam dear readers .. first of all i apologies .. avahah up kohdheyn bunevifa las v ma v bodah sorry .. i got really bxy ..im so sorry .. next part insha allah mihaa las nuvaane . i will upload before this up-coming wednesday insha allah..
    HAPPY RAMADAN KAREEM TO ALL..
    STAY SAFE & STAY HOME ..LUV U ALL

  2. s.n.o.w.f.l.a.k.e Maash says:
    April 18, 2021 at 7:54 pm

    Wow Varah reethi Maasha Allah ??? so romantic ???its ok Annora. Avahah next part up koh dhehchey ? this is my favorite story ???kiyaa nimun iruves neygey, heevaney story therey ulhevunuhen? Izaan ves haadha laanethey dhwww???waiting 4 the next part curiously ? stay safe and Ramadan kareem to u too? Lyssm

    1. Annora says:
      April 19, 2021 at 6:44 pm

      thank youuu dearrr maaashh..❤️❤️❤️❤️.v happy vehje maash ge comment kiyaafa …. it means alot dear …. dear ge favorite story ah mi vaahaka vegendhiya ee ma maa bodah vx happyyy … ❤️❤️❤️thanks a lot thi dhey support … ly gurll…❤️❤️❤️❤️

  3. ♕♕Princess♕♕ says:
    April 18, 2021 at 9:02 pm

    OMG ? ? Woowwwwwwwww ??I have being waiting for this part so long ??even Dho it didn’t take much time but for me it so late ????cuz I love ur stories so much ? ? ? ? ? can’t wait for the next part ? ? good luck ??stay safe

    1. Annora says:
      April 19, 2021 at 6:47 pm

      yeyy ❤️❤️im so happy to see this comment ❤️❤️vv happy dear ah mi part thihaa bodah kamudhiya eema ❤️❤️❤️awwn next balaanan v avahah upp kohladheveythw ….once again thank you sweetheart ❤️❤️❤️❤️ stay safe gurll❤️ lysm❤️❤️

  4. Reeen says:
    April 19, 2021 at 8:25 pm

    Heyy Annora! Long time no see dhw.. Vrh vrh reethi mibaivx ?♥️ kurin baithakuga cmnt eh nukohlevunas hama baraabarah kiyan ?..nd keevve mihaaru vhk . com ah mihaaru vhk up nukuranii ? ? i rlly love the cover ?? its ur talent ?? Maasha Allah ❤️?.. alheyy! livee baby ?? vrh curious ? waiting for the next part sweetie ?? love youuu ?
    ss
    sh
    tc

Comments are closed.

Next Episodeހިރާސް 23←


All Right Reserved!