Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ހިރާސް 23

Annora Level 610 Stories100 Login100 Comments100 Stories
April 21, 2021 5 Mins Read
5 Comments

އެއާ އެކު އިޒާންގެ ސިކްސް ޕެކްސް އެބްސް ހާމަވިއެވެ. އެ ކަސްރަތީ ހަށިގަޑު ފެނި  އޭރު ލިވިޔާގެ ދެލޯ ވަނީ ބޮޑުވެފައެވެ. ” އޯހް .. ގޯޑް އަނެއްކާ ކީކޭތަ މަށައް މިބުނެވުނީ .. އޭނަ ޓީޝާޓް ވިއްޔަ އެ ބޭލީ .. އަހަރެން ލަދުން ހަލާކު… ހަމަ އަނގަގަދަ މިތުރު މަށަކީ މި.. ” ލިވިޔާގެ އަމިއްލަ މޮޔަކަން ހިތައް އަރާފައި އޭނާ އަށް ދެލޯ މަރައިލެވުނެވެ. އޭނާ ވަގުތުން އިސްދޮށައް ޖަހައިލިއެވެ.   އިޒާން ޓީޝާޓް ދިއްކޮންގެން ހުރިގޮތައް ހުރުމުން މަޑުމަޑުން ލިވިޔާ އޭގައި ހިފާލި އެވެ. އިޒާން ޓީޝާޓާއި އެއްކޮން ލިވިޔާގެ އަތުގައި ހިފާ ގާތަށް ދަމާލިއިރު ވެސް ލިވިޔާ ހުރީ އިސްދޮށައް ޖަހައިގެންނެވެ. އޭރު ލިވިޔާގެ މޭ ނެގިނެގިފައި ޖެހެއެވެ.

****

މަޑުމަޑުން ލިވިޔާއައިސް ތަތްވީ އިޒާންގެ ތަނަވަސް މޭމަތީގައިއެވެ.  އިޒާންގެ ހަށިގަނޑުގެ ހޫނުކަން އިހްސާސްވެ ލިވިޔާގެ ހަށިގަނޑުގައިވާހާ ލޯއްޔެއް ކޮޅައްޖެހުނެވެ. އޭނާގެ ހިތްތެޅޭލެއް ބާރުކަމުން އިޒާންއަށް ވެސް އެއަޑު ނީވި ނުދާނެކަން އޭނާއަށް ސައްކެވެ. ދެ މީހުން ގެ އިސްކޮޅުގައި ބޮޑު ތަފާތެއް  ވެއެވެ. އިޒާން އިސްކޮޅުން ދިގުވެފައި ލިވިޔާ އަރަނީ އިޒާންގެ ކޮނޑުން މައްޗައް ކިރިޔާއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔަ ވަގުތު ހީވީ ލިވިޔާގެ ހަށިގަނޑުގަ ވާހާ ލެޔެއް އެދޮން މޫނާއި ކޯތާފަތައް އެރިހެންނެވެ. ލިވިޔާގެ މުޅިމޫނު ވަނީ ރަތްވެފައެވެ.

ލިވިޔާގެ ލޯބި މޫނު ފެނި އިޒާންގެ ހިއްސުތައް ދިޔައީ ހޭލަމުންނެވެ. އެ މޫނުގެ ދެފަރާތުގައި  އިޒާންގެ ފިރިހެންވަންތަ ދެއަތުން އިހްތިޔާރެއްނެތި ހިފައިލެވުނެވެ.  ލިވިޔާގެ ހިތުގެ ތެޅުން އެހިނދު ކުރިޔަށްވުރެން ބާރުވިއެވެ. އޭނާ ވަގުތުން އިސްޖަހާލީ އިޒާންގެ ލޮލަށް އިތުރަށް ބަލަން ކެތްނުވުމުންނެވެ. އިޒާންގެ ދެލޮލުގައިވަނީ މަސްތުކަމެވެ.  އެ ހިތް ލިވިޔާއަށް ބޭނުންވެފައިވާ ވަރު ހަމައެކަނި އެދެލޮލުންވެސް ހާމަވެއެވެ. އިޒާން އަށް އެ ފިރިހެންވަންތަ ދެއަތުން ލިވިޔާގެ ހިމަ އުނަގަނޑުގައި އަތް އަޅުވާލެވުނެވެ. ” ޒަ..ޒާން ..” ލިވިޔާގެ ދެތުންފަތް ފޫ އަޅުވާލައިފާ ނުކުންއިރު އޭނާގެ އަތްފައި ފިނިވެގެން ގޮސް ހީވަނީ އައިސްކިއުބެއް ހެންނެވެ. “ހޫމް..މިހެން ލައިކް ނުވަނީތަ..” އިޒާންގެ އަޑަށް ލާނެއްކަން ވެރިވިއެވެ.

“ނު..ނު..ނޫން.. ކެން އައި ގޯ” ވިސްނައި ނުލާ އަނެއްކާ ވެސް ލިވިޔާގެ އަނގައިން ބޭރުވީ ކިހާވަރެއްގެ ބަހެއް ކަން އޭނާއަށް ފަހުމްވީ އިޒާން އެއްމިޔަކަނުން ހިނިތުންވެލީމައެވެ. “..ނޫން ނުއެއް ދެވޭނެ އެހާ ފަސޭހަޔަކުން.. އޯހް ޔޫ މީން ޔޫ ލައިކް.. އޯކޭ ލެޓްސް ކޮންޓިނިއު ..” އިޒާން   ލާނެއް ގޮތަކަށް ބުނެލިއިރު ގަން ލަދުން ލިވިޔާ އަށް ހުރެވުނީ ކުރާނެކަމެއް ނީނގިފައެވެ. އެންމެފަހުން ކެތްނުވެގެން ލިވިޔާ އިޒާންގެ ގައިގާ ބައްދާލެވުނީ އިތުރަށް އިޒާންގެ މޫނަށް ބަލަން ކެތްނުވީމައެވެ. ނަމަވެސް މިފަހަރުވެސް މިކުރެވުނީ އޭނާ ފަހުން ލަދުގަންނަން ޖެހޭ ވަރު ކަމެކެވެ. އެކަން ވިސްނިގެން ދެލޯވެސް މަރައިލެވުނެވެ. އަވަސް އަވަހަށް ދުރަށް ދާން އުޅެނިކޮން އިޒާން ކޮށްލީ ހީވެސް ނުކުރާ ވަރުގެ ކަމެކެވެ.

***

“އަޅެ ދެން މީހަކު ރުޅިއެއް ނާންނާނެތަ.. މިހާރު އެއޮތް ދިހައެއް ޖަހަނީ އޭ.. އަހަރެމެން މިތަނައް ފިލްމް ބަލަން އައިސްފިން ނުވައެއް ނުޖަހަނީސް …” ކައިވަން އިނީ ރުޅިއައިސްގެން ފަޅާގެންދާވަރުވެފައެވެ. ” ދެން ކައި ލޯބި ރުޅި ނާދެބަ.. އެހެންވެސް ވާނެއޭ ރޯމީ އެން ޖޫލީ ޖެހުނީމަ …” އިޒާންމެން ލަސްވުމުން ރުޅިގަދަވެފައި ތިބިނަމަވެސް ޒައުލް އަންހެން އަޑު ނެރެގެން ވާހަކަ ދައްކަން ފެށިގޮތުން ކައިވަން ފިޔަވައި އެންމެންގެ ގާތައް ހިނިއައެވެ. ” ކިހާ ވަރަކަށްތަ ބުނާނި މަށައް ކައި ނުކިޔާށޭ.. އައެމް ނޮޓް ކައި .. ޖަސްޓް ކައިވަން…” ކައިވަން ޢާއި ދިމާލަށް ކައި އޭ ކިޔާއ ކޮންމެ މީހަކު ގޮވިޔަސް އޭނާ ރުޅިއާދެއެވެ. އެންމެ ކުޑަމިނުން ކުލްސޫމާއާއި ޒުހޫރަށްވެސް ލޯބިން ވެސް ކައިވަންއަށް އެ ނަމުން  ގޮވާނުހެދެއެވެ. “ހަމަ އަހަރެމެން ނަމުން ހަޑިވެ ހަމުން ކަޅުވެ އަހަރެމެން އެ ނަމުން ގޮވީމަ ރުޅި އަންނަނީ.. ޔޫމީ ، ކައި ޢޭ ގޮވާއިރަށް ހުންނާނެ ހަމަޖެހިފަ ..” ޒީހާންވެސް ކައިވަން އާ ދިމާލަށް ސޯފާއިން ކުޝަންއެއް ނަގާ އެއްލިއެވެ. އޭރު ޔަޒަކްއާއި ޒައުލްވެސް ޒީހާން އާއި ބައިވެރިވެ ހީގަނެފިއެވެ.

އެވަގުތު ކައިވަން އަށް ވެސް ޔޫމީން އާއި ދިމާލަށް ބަލައިލެވުނެވެ. ކައިވަން ބަލަހައްޓާއިގެން އިންގޮތުން ޔޫމީން ލަދުގަންނަ ގޮތްވިއެވެ. އަވަސް އަވަހަށް އިސްތޮށައް ޖެހިއެވެ. އެހެން އިނދެ އިނދެފައި  އަދިވެސް ކައިވަން ބަލާހެން ހީވެގެން ބަލާލި އިރު ހަމަ އެއިން ގޮތައް ކައިވަން  ބަލަހައްޓައިގެން އިނެވެ. ބަސްބުނާހާ ސިކުންތުކޮޅެއްގެ ތެރޭގައި ޔޫމީންގެ މުޅި މޫނު ރަތްވިއެވެ. ” އަންނާނަން ފެން ބޮއެގެން..” ލަދުގަންވަރުން ޔޫމީން ބޭނުންވީ އެތަނުން ދާށެވެ.

” މަ އަންނާނަން އެ ދެމީހުން ކޮބާތޯ ގޮސްފަ..” ޔޫމީން ދިޔަތަން ބަލަން އިނދެފައި ޔަޒަކް ބުނެލިއެވެ. ” ހޫމް ތި ދާމީހާ ހޯދަން އަހަރެމެން ދިޔުމުގެ ކުރިން އާދެވޭތޯ ބަލާތި..” ދެފަރާތައް ބޯހޫރައިލަމުން ޒައުލް ބުނެލިއެވެ. ” މަ މިދަނީ ނިދަން.. ވަރަށް ނިދިއައިސްފި ..” ޒީހާން އާފުރިލަމުން ބުނެލި ބަހަށް ޒައުލް ބޯ ޖަހައިލިއެވެ.

މަޑުމަޑުން ލަވައެއް ކިޔަމުން ގޮސް އިޒާންގެ ކޮޓަރީގެ ދޮރާއި ހަމައަށް އަރާފައި ޔަޒަކް ހުއްޓުނީ އެތެރެއިން އެއްވެސް އަޑެއް ބަޑެއް ނީވުމުންނެވެ. “އެކަކުވެސް ނޫޅެނީ ބަ” މަޑުމަޑުން ދޮރު ހުޅުވާލި ޔަޒަކަށް ފެނުނު މަންޒަރުން ދެލޯ ބޮޑުކޮށްލާފައި އަނގައިން ބޭރުވާން އުޅުން އަޑު ހިންދާލީ ގަދަކަމުންނެވެ. އަވަސް އަވަހަށް ފޯނު ނަގާފައި ކެމެރާގައި  އެ މަންޒަރު ރައްކާކޮށްލިއެވެ.

**

އިޒާން ލިވިޔާގެ މޫނާއި އޭނާގެ މޫނު ދުރުކޮށްލިއިރު ދެމީހުންގެ ތުންފަތުގެ ކުލަ ވަނީ އިހުނައްވުރެން ގަދަވެފައެވެ. އިޒާން މަޑުމަޑުން ލިވިޔާގެ ތުންފަތުގައި އިނގިލި ޖައްސާލި އިރު ލިވިޔާއަށް ވެސް އެ މޫނަށް ބަލައިލެވުނެވެ. އިޒާން ދޮރަށް ނަޒަރެއް ދެވުމާއި އެކު ހެން ސިއްރުވެރިގޮތަކަށް ހީލިއެވެ.

ކުއްލިޔަކަށް ދެމީހުންނަށް ދުރަށް ޖެހިލެވުނީ ދޮރުގައި ޓަކި ދިން އަޑު އިވިފައެވެ. އިޒާން އަތުގައި އޮތް ޓީޝާޓް ލާން ނޫޅުނީ އެތާގައި ހުރީ ޔަޒަކް ކަން އޭނާއަށް އިނގޭތީ އެވެ. ” ދަނީ.. ” ލަދުން ރަތްވެފައި ހުރި ލިވިޔާ ފުރުސަތުގެ ބޭނުން ހިފާ އަވަހަށް ނުކުންނަން ދިޔައެވެ. ޔަޒަކް ފެނި ހިނިތުންވުމެއް ދީފައި ގައި ހުރި ބާރެއްލާފައި ދުވެފައި އެރިގޮތައް އެރީ ކައިވަންމެންގެ އެޕާޓްމަންޓައްށެވެ. ސަބަބަކީ އެތާގައި ޔޫމީން ހުންނާނެކަން އެނާއަށް އިނގޭތީ އެވެ. ވަން އިރު ސޯފާގައި ޔޫމީންއަށް ނިދިފައިވި އިރު ވަކިން އިން ސޯފާއެއްގައި ކައިވަން އޮތީ ހެޑްސެޓް އަޅައިގެން ގޭމްކުޅޭށެވެ. ” ހޫމް އާދެވިއްޖެ ދޯ..” ކައިވަން ދެލޯ ހަނިކޮށްލަމުން ބުނެލިގޮތުން ލިވިޔާގެ ގާތަށް ހިނިއައެވެ.  އެވާހަކަ ފަހުން ދައްކަން ނިންމާ ލިވިޔާ އަވަސް ވެގަތީ ޔޫމީންއަށް ގޮވުމަށެވެ. ހައެއްކަ ފަހަރު ގޮވިފަހުންވެސް އޭނާ ނުހޭލިއެވެ. ކައިވަން ވެސް ގޮވަ ގޮވާފައި އެންމެ ފަހުން ހުއްޓާލިއެވެ. އެއީ އާދައެވެ. ނިދާފަ އޮއްވާ ޔޫމީން ހޭލުއްވުމަކީ ބޮޑު ވޭނެކެވެ.

އެންމެފަހުން ލިވިޔާ ގޮސް ޔާސިރް ކައިރިގައި ބުނެފައި ވަނީ ނިދުމަށެވެ. ނިދަން އުޅެ އުޅެ ނިދޭގޮތެއް ނުވިއެވެ. އެނދުގައި ދެފަރާތައް އެނބުރި އެނބުރި އޮންނަތާ ގަޑިއިރެއް ވަނީއެވެ. ބާލީހުގައި ބައްދާލައިގެން އޮތްއިރު މިރޭ ވީ ކަނތަކާއި ލަދުގަނެފައި އޮތްވަރު އެ މޫނުމަތިން ފާޅުވެއެވެ. ” މައި ފަސްޓް ކިސް” ބާލީހުގައި ކުރިޔަށްވުރެން ބާރަށް ބައްދާލަމުން ލޯބިގޮތަކަށް ލިވިޔާ ހީލިއެވެ.

***

ޔަޒަކް ކޮޓަރިޔަށް ވަދެފައި ނުލަފާ ވައްތަރަކަށް ހީލިއެވެ. ” ކިސް ކުރީ އޯ މީހަކު އަލަށް…ބުރޯ..ކައެ ގަދަ ކޮށްފި… އެންމެ މަޑުން ހުންނަކަމަށް އެންމެން ދައުވާ ކުރާ ސޮރުގެ ޑެވިލިޝް ބައި ވެސް ފެނިއްޖެ ..” ޔަޒަކް ވާހަކަ ދެއްކި ގޮތުން އިޒާންގެ ގާތައް ހިނިވެސް އައެވެ.  “ހެހެ.. ދެން އޭނާ ނީނގެ މަ ކުރިމައްޗައް އަރާނެ ކަމެއް ވެސް..އޭނ ހިނގާބެ ކޮފީ އެއް ބޯން..ކަލޭ މަދެކެ ރުޅިއެއް ނާދޭތަ.. ކަލޭ ކޮއްކޮއާއި މަށާ” އިޒާން އަލަމާރިން ޓީޝާޓެއް ނަގަމުން އެދުނެވެ.  “ހޫމް ހޫމް ..ކަލޭ ކޮފީ ބޭނުން ވޭތަ.. ކަލޭ ބޯނެ އެހެން އެއްޗިސް ވެސް ހުރޭނު ދޯ.. އެން ކާކު ބުނީ މަރުޅި އަންނާނޭ.. މަށައް އިނގެޔޭ މާކުރިން ވެސް ކަލޭއަށް ލިވީ ފެނުނީމަ ވާގޮތް…” ޔަޒަކް އަނެއްކާ ވެސް ބުނެލިއެވެ. ” ކޫލެސްޓް ބްރަދާ އެން ބެސްޓް ފްރެންޑް އެވާރ.. ކަލޭ ދޯ .. އެ ނުލިބޭނެ ދޯ އަބަދަކު ..” ހީގަންނަމުން އިޒާން ، ޔަޒަކްގެ ގައިގާ ބައްދާލިއެވެ. ޔަޒަކްވެސް ހިނިތުންވަމުން އިޒާންގެ ބުރަކަށިގައި ޖަހާ؛ލިއެވެ. އެއަށްފަހު ތަފާތު ވާހަކައިގައި ތިބެ ދެމީހުން އެކުގައި  ޓެރަސްއަށް ނުކުތެވެ.

***

އިޒާން އަށް ނުފެނި ލިވިޔާއަށް ދެދުވަސް ވަންދެން އުޅެވުނެވެ. ލިވިޔާގެ ކުރިމައްޗަށް އަރަން އިޒާން އަށް ކިތަންމެ ފުރުސަތެއް ލިބުނަސް ލިވިޔާ ލަދުގަނެފައި ހުރިވަރުން އޭނާއަށް ވަގުތު ދިނުމަށް ގަސްތުގައި ދުރުން ހުންނަނީ އެވެ.

އާދައިގެ މަތިން ދުވަހެކެވެ. މިއަދުވެސް ލިވިޔާ އިނީ ސޫލުން ދީފައިވި ފިލާވަޅުތައް ނިންމުމަށްފަހު އުނދޯލީގައި ވާހަކަ ފޮތެއް ކިޔާލުމަށެވެ.  ފޮތައް ގެއްލިފައި އިން ވަރުން އިތުރު މީހެއްގެ ނުރައްކާތެރި ނަޒަރު އޭނާ އަށް ހުއްޓިފައިވާ ކަމެއް ލިވިޔާއަށް ކުޑަކޮންވެސް ނީނގެއެވެ.

**

އުނދޯލީގައި އިން ލިވިޔާ އަށް އަމާޒް ވެފައި، ބާރަވަނަ ފަންގިފިލާގެ ޓެރެސް ރެއިލިންގްގައި އަތް އަޅާލައިގެން އަލާނިޔަލްގެ ނަޒަރްގައިވަނީ މަކަރްވެރިކަމާއި ނުރައްކާތެރިކަމެވެ. އަލާނިޔަލް ލާފައިވި ކަޅުކުލައިގެ ހޫޑީ އިން ބޯނިވާކޮށްގެން ހުރި އަތުގައިވި ސިގިރޭޓުން އިރުކޮޅާކާ ފަޒާގެ ތެރެއަށް ދުން ބުރުވާލައެވެ. އޭނާ އެހެން ހުއްޓާ ފަހަތުން ފިޔަވަޅުތަކެއްގެ ހިލަންވިއެވެ. ނަމަވެސް ފަސް އެނބުރުމުގެ ކުރިން އަލާނިޔަލް ގެ މޫނަށް ހިނިތުންވުމެއް ވެރިވިއެވެ. “ޑިފީ… މަންމަގެ ދަރިފުޅު.. އާފްޓާ ފައިވް އިޔާޒް މިފެނުނީ .. މިސްޑް  ..” ތަބިކައްޓާއި ހަމައަށް އަރާ ކަޅުކުލައިގެ ހެދުމެއްގައި ހުރި ކެރާ އޭނާގެ ގެ މޫނު ނިވާކުރެވިފައި ކަޅުކުލައިގެ ތުނި ވެއިލް ރަނަގަޅުކުރަމުން ވާހަކަ ދެއްކިއިރު އެއަޑުގައިވީ ދެއްކުންތެރިކަމެވެ. ވެއިލްގެ ތެރެއިން ވެސް އޭނާގެ ތުންފަތުގައި ޖައްސާފަ ހުރި ގަދަ ރަތްކުލަ ދިޔައީ ފެންނަމުންނެވެ. ކެރާގެ އެ ދެއްކުންތެރިކަން އެލަން އަށް އިހްސާސް ވާނި ކިހިނަކުން ހެއްޔެވެ. އޭނާގެ މަންމައަށްޓަކައި އޭނާ އެހުންނަނީ ފުރާނަ ވެސް ދުއްވާލަން ފަސްނުޖެހޭ ހިސާބުގައެވެ.

“މިސްޑް ޔޫ ޓޫ މޯމް..” އެލަން ހިނިތުންވުމެއް ވެރިކުރަމުން ކެރާގެ ގައިގާ ދެއަތުން ވަށައިލިއެވެ. “ދަރިފުޅާ މިހާރު އެބަ މާ ގިނަ ދުވަސް ވޭ .. އޭނަގެ އުމުރުން ބާރަ ވަންދެންނު މަޑުކުރީ .. މަންމަ އަށް ހީވަނީ މިހާރު އެކަން ކުރަންވީހެން … މާ ދިގު ދަންމަ ދަންމަ ތިބެވިއްޖެ… އެމީހުން ކައިރިން ބަދާލް ހިފާފަ ނޫނީ މަންމަ އަށް ހަމަޖެހިނުލެވޭނެ ” ކެރާ އަލާނިޔަލް  ގެންގުޅުން ސިގަރޭޓް ފޮށިން ސިގަރޭޓެއް ނަގާ ރޯކޮށްލަމުން ބުނެލިއެވެ. އޭރު އަލާނިޔަލް ގެންގުޅުން ފިލްޓާ އެއްލާލުމަށްފަހު އާ އެއްޗެއް ނަގާ ރޯކޮށްލިއެވެ. ” ޑޯންޓް ވޮރީ މޯމް… އަހަރެން ގަސްތެއް ނުކުރަން އޭނާއަށް ބާރަވަންދެން މަޑުކުރާކަށް .. މަންމައަށް އިންސާފް ހޯދާދޭނަން މަންމަ ހީކުރާ ވަރަށް ވުރެންވެސް އަވަހަށް.. މަންމާ..  އިޒާން އާއި އޭނާ އާއި ގަނޑެއް ގަންނަހެން އަހަންނަށް ހީވަނީ” އަލާނިޔަލް ވާހަކަ ދައްކަމުން ގޮސް އެންމެ ފަހު ޖުމްލަ ބޭރު ކޮށްލި އިރު އެ އަޑުފުދޭވަރަކަށް ބާރެވެ.

“ވާޓް .. ” ކެރާގެ  ދެލޯ އޭރު ވަނީ ބޮޑުވެފައެވެ.  އޭރު އޭނާ ރުޅި ގަދަވެގެން ގޮސް ކެކެނީއެވެ. “ހޫމް ..މޯމް އަ ނީޑް ޓައިމް… ބަޓް ނޮޓް މަޗް.. އައި ޖަސްޓް ވޮނަ ކޮމްލީޓް ސަމް އޮފް މައި ތިންގްސް..” އެލަން ކެރާއަށް ފުރަގަސް ދެމުން ބުނެލިއިރު އެލަންގެ ހިތް ތެޅެން ފެށީ ކެރާ ދެން ކުރި ސުވާލުންނެވެ.” ކޮން ކަމެއް… ބުނެބަލަ … މަންމަ ކައިރީގަ ނުބުނެވޭ ވަރުގެ ކޮންކަމެއް ތަ އޮތީ”

“ޑޮންޓް ވޮރީ.. އިޓަ ވޯޒް ޖަސްޓް … އޫމް ލައިކް..” ބުނާނެ އެއްޗެއް ނީނގުމުން އާގަންނަމުން ކަހަލަ ގޮތަކަށް އަލާނިޔަލް ބުނެލިއެވެ. ” އޯކޭ… ބަޓް އެއް ވެސް އަންހެން ކުއްޖަކާ ގުޅުމެއް ބާއްވައިގެންނުވާނެ ލައިކް އައި ސެއިޑް ބިފޯރ..” ހަރުކަށިކަމާއި އިންޒާރު ދޭފަދައިން  ބުނެލިއިރު ކެރާގެ މޫނުމަތީގައި ވަނީ ކަމެއް ދެނެގަންނަން އުޅޭފަދަ އަސަރުތަކެކެވެ.  އަލާނިޔަލް އަށް ހިންދިރުވާލެވުނީ އޭނާ ބޭޒާރު ވަނީއޭ ހީވުމުންނެވެ،، ” އޯކޭ .. ކެން އައި ގޯ ނައު..” ކެރާ ބޯޖަހާލުމުން އަލާނިޔަލް މިސްރާބް ޖެހިއިރު އެނާގެ ހިތް ތެޅެމުންދިޔައީ ވަކި ވަރެއް ބަލާފަކަނޫނެވެ.

“ސޮރީ މޯމް … އައި ލަވް ހާ ސޯޗް.. އައި ކާންޓް ލޫޒް ހާ… އައިމް ސޮރީ ” އަލާނިޔަލް ނުކުމެގެން ދިޔައިރު އެ ބަސްތައް ވަނީ ހިތުގައިއެވެ.

****

(ނުނިމޭ)

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annora

Level 610 Stories100 Login100 Comments100 Stories

Weaving tales that linger long after the last page.🤍 Turning imagination into unforgettable stories.🤍 Every story is a journey; come take a trip with me.🤍 Capturing the magic in everyday moments.🤍 Crafting narratives that touch the heart and mind. 🤍 🤍🤍🤍

Other Articles

Previous

ޝަކުވާއޭ މިހިތުގައިވަނީ އަބަދުވެސް… (އެއްވަނަ ބައި)

Next

އެ ގޭތެރެއިން – 1

Next
April 21, 2021

އެ ގޭތެރެއިން – 1

Previews
April 21, 2021

ޝަކުވާއޭ މިހިތުގައިވަނީ އަބަދުވެސް… (އެއްވަނަ ބައި)

5 Comments!

  1. Reeen says:
    April 21, 2021 at 7:52 pm

    Wow ? hama speechless ?❤ Maasha Allah !! ? Ahahhah.. enmme fahun izaan ge kanthah falhaa erii dhw ? Omg.. he kissed her ?? hehe.. what !? alaaniyal love livii ?? Vrh foohive mi ulheyy keraa gandu dheke.. ugh ? livee ge kn kusheh ovegen eyna ge dhuvas dhuhvaalan massakaiy kuranii.. huh.. loabkee gadhakamun vevey ehcheh nooney keraa.. ? annora ! e keraa gandah rangalhu bondi eh dheythi ! ryn inthizaaru kuraanan e dhuvahakah ?? when next ? dhn in bayah inthizaarukuran ?? lyssm.. stay safe.. ❤??

    1. Annora says:
      April 23, 2021 at 8:44 am

      awwnnn hehe..yh keraa v bad dw.. izaan kudakon naughty velaafa minpart ga heheh…awnn thanks gurll .. ysh ysh ysh keep waiting ..next part insha allah soon ❤️❤️❤️ im so happy dear ge support fenifa..it means a lot ..seriously gurl.. thankyouuuuu loabiii ❤️❤️❤️

  2. s.n.o.w.f.l.a.k.e Maash says:
    April 22, 2021 at 4:37 pm

    Varah reethi Maasha Allah and vaahaka up kuran buni dhuvahah up kureema vara ufaa vejje???dhen vaaney kihinehbaa ???when next.? Curiously waiting for the next part ??
    Stay safe ?
    Tc?
    LYSSM ???

    1. Annora says:
      April 23, 2021 at 8:47 am

      yshhhh thankyouuu loabii ❤️❤️❤️ lets see dw kihineh thw vany heheh…insha allah soon ..keep waiting ❤️❤️❤️lysm n stay safe

  3. Annora says:
    April 23, 2021 at 8:41 am

    salaam..here is the 23rd episode.. i have submitted this episode Tuesday .. bt they upload it wdnesday… thank you all for this loving support… ilysm guys… mi part ga mistakes thah vx huredhaane .. ahgadu check nuhla up kohlevuny.. sorry fo that..mi part vx kamudhiya kamah unmeedhu kuran… next will be on soon ..insha allah ..❤️❤️❤️❤️❤️stay safe dears & stay home ❤️❤️❤️

Comments are closed.

Next Episodeހިރާސް 24←


All Right Reserved!