Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އެކުއްޖާ 2 – 27

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
April 16, 2021 8 Mins Read
3 Comments

* ވާރޭ ކޯޓް ލައިގެން ވާރޭތެރޭގައި ބުރެއް ޖަހަން ވެގެން ނުކުތް އިޒްކާންއަށް ސައިކަލު މަޑުކޮށްލެވުނެވެ. ފެނުނު މަންޒަރަކުންނެވެ. “މާމަ ދިން ކުޑަ..” އިޒްކާންއަށް ބުނެވުނެވެ. މާ ދުރުން ކުޑައެއްގެ ހިޔަލުގެ ދަށުގައި ހުރި ކުއްޖާގެ މޫނު ނުފެންނާތީ އިޒްކާން އަވަހަށް ދުއްވާލީ އެކުއްޖާ އާއި އަރާ ހަމަވޭތޯއެވެ. ޝައްކެއްވެސް ނެތެވެ. އެއީ މީގެ އަހަރުތަކެއް ކުރިން އިޒްކާންގެ މާމަ ދުނިޔެއަށް އަލްވަދާއު ކިޔުމުގެ ކުރިން މާމަ އޭނާއަށް ހާއްސަކޮށް ހަދައިދިން ކުޑައެކެވެ. ކިތަންމެ ދުވަސް ވިޔަސް އިޒްކާންގެ ދެލޮލަށް އެ ކުޑައެއް އޮޅުވައެއް ނުލެވޭނެއެވެ. ސައިކަލުގެ ސްޕީޑް އިޒްކާން ބާރު ކޮށްލީ އެ ކުޑައިގެ ވެރި ފަރާތުގެ މޫނު ދުށުމަށް ހިތް އެދޭތީއެވެ. *

ކޮޓަރީގައި ހޫރީން އިނީ އޭނާގެ ލެޕްޓޮޕާއި ފޯނުގެ އިތުރުން އިކުވާންގެ ލެޕްޓޮޕްވެސް ހިފައިގެންނެވެ. އޭނާގެ ލެޕްޓޮޕަށް ހާރޑް ޑްރައިވް ޖަހައިގެން ހޫރީން އިނީ ފަރުވާތެރިކަމާއި އެކީގައި ފުޓޭޖްތައް ބަލާށެވެ. އެންމެފަހުން މައިކޭކްސް ކެފޭގައި ހުރި ސީސީޓީވީ އިން ލިބުނު ފުޓޭޖަށް ބަލަން ހުރެ ހޫރީންއަށް ނިޔަފަތިވެސް ކެވެމުން ދިޔައެވެ. ނޭވާތައް އަވަސް ވެފައިވާއިރު މިފަހަރު އިރާދަކުރެއްވިއްޔާ މައިހާ ފޮރުވި މީހާގެ މޫނު ފެންނާނެ ކަމުގެ އުންމީދު އޮތުމުންނެވެ.

ކުއްލިއަކަށް ސްކްރީނަށް އެރި ހިޔަނި ފެނި ހޫރީންގެ ސީރިއަސްކަން ދަރަޖައެއް މައްޗަށް ޖެހިލިއެވެ. ”ހުދާ..” އެމީހަކު ކައިރިވެލުމުން އެއީ ކާކުކަން ހޫރީންއަށް އެނގުނެވެ. ހުދާ މައިކޭކްސް ކެފޭ ތެރެއަށް ވަދެ ބަޓަރ ކޭކް ސްލައިސްއެއް ގަނެގެން ބޭރަށް ނުކުތެވެ. ހޫރީން ގަޑިއަށް ބަލާލިއެވެ. ހުދާ މައިކޭކްސް ކެފޭ އިން ނުކުތް އިރު ދިހައެއް ޖަހަން ބާކީ ހުރީ ސޯޅަ މިނެޓެވެ. ދެން ފެނުނު މަންޒަރުން ހޫރީންއަށް ހީވީ އޭނާގެ ހިތުގައި ހިފާ މީހަކު ފިތާލި ހެންނެވެ. ވަގުތުން ބަލަން ހުރި ފުޓޭޖް ޕޯސް ކޮށްލިގޮތަށް އެނދަށް އަރާ ބާލީސްތެރޭ މޫނު ފޮރުވާލެވުނެވެ. އެރީތި ދެލޮލުން ހޯސްލާފައި ކަރުނަތައް އޮހިގަތެވެ.

“އޭތް..!!” ފަހަތުން މީހަކު ގޮވާލި އަޑަށް ނީޝަލްއަށް ބަލާލެވުނެވެ. އޭރު ބާރު ދުވެލީގައި އައިސް އޭނާ އާއި އަރާ ހަމަ ކުރި އިޒްކާން ފެނިފައި ނީޝަލްއަށް ހިނިތުންވެވުނެވެ. “އިޒްކާން..” ކުޑައިގައި ހިފާއްޓައިގެން ހުރި ނީޝަލް ފެނިފައި އިޒްކާން ދިޔައީ އެއްލިގެންނެވެ. ސައިކަލުން ފައިބަން އުޅެނިކޮށް ފެންގަނޑަކަށް އެރި ކައްސާލިއެވެ. “ބަލައިގެން ބަލައިގެން..” ނީޝަލް އަވަހަށް އިޒްކާންގެ މުލައްދަނޑީގައި ހިފިއެވެ. “ހާދަ ހާސްވެފައި..” އިޒްކާންގެ މޫނަށް ބަލާލާފައި ނީޝަލް އެހެން އަހާލީ އެއްބުމަ އަރުވާލަމުންނެވެ.

“ނީޝް.. ތި ކުޑަ..” އިޒްކާން ނީޝަލްގެ އަތުގައި ހިފާ ކުޑަ ނަގަން އުޅުނެވެ. ނީޝަލްގެ އަތުން ކުޑަ ދޫވުމާއި އެކީގައި އިޒްކާންއަށް ނުހިފޭއްޓެނީސް ކުޑަ ވަޔާއި އެކީގައި އުދުހިގަތެވެ. “ޑޭމް އިޓް..” ނީޝަލް ތެމެން ފެށުމާއި އެކީގައި އިޒްކާން އަވަހަށް އޭނާގެ ވިއްސާރަކޯޓު ބާލާފައި ނީޝަލްއަށް ދިނެވެ. އަދި ކުޑަ ފަހަތުން ދުއްވައިގަތީ ނީޝަލް ހައިރާންކަމުގެ ތެރޭގައި ގެނބެން ދޫކޮށްލާފައެވެ. “މި ވީ ކިހިނެތް..؟” ނީޝަލް އޭނާ ގެއިން ނުކުތް ބޭނުން މަތިން ހަނނދާންނެތި އިޒްކާންގެ ފަހަތުން ދުއްވައިގަނެވުނެވެ.

“ދޮން.. ދޮ.. ދޮންބެ..” ފުޓޭޖް ޕޯސްކޮށްލާފައި ވާއިރު ހުދާގެ ނޭފަތާއި އަނގަމަތި ނިވާވާނެހެން ރުމާ ކޮޅެއް ކަހަލަ އެއްޗެއް ޖައްސާލައިގެން އެހުރި މީހަކީ ހަމަ ހިޔާންއެވެ. އަބަދާއި އަބަދު ޖެއްސުން ކޮށް އުޅޭ ހިޔާންއެވެ. އަމިއަލަ ފުރާނަ ފަދައިން ހޫރީން ލޯބިވާ ދޮންބެއެވެ.

“މި.. ނޫން މިހެންނެއް ނުވާނެ.. ދިސް އިޒް އަ ލައި.. ނުވާނެ.. ދޮންބެ އަކީ އެކަހަލަ މީހެއް ނޫން..” ހޫރީންއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ބާލީސް މޫނުގައި އަޅާ ބާރުކޮށްލިގޮތަށް އަޑުކޮޅަށް ރޮއިގަނެވުނީވެސް އެހެންވެއެވެ. ގަބޫލުކުރަން ދައްޗެވެ. ނަމަވެސް ފުޓޭޖްގައި ފެންނަން އެހުރީ ހަމަ ހިޔާންއެވެ. އެ މޫނު ހޫރީންއަށް އޮޅުވާލެވުމަކީ ނާދިރު ކަމެކެވެ. އެގޮތަށް ފަސްވަރަކަށް މިނެޓް އޮވެފައި ހޫރީން ދެލޯ ފުހެލަން ވެގެން ތެދުވިގަޑީގައި އަދި އިތުރު ކަމެއް ފާހަގަވިއެވެ.

ވާރޭގައި ތެމިލައިގެން ރޫހާން ކުރިއަށް ދިޔައެވެ. މިއަދަކީ އޭނާއަށް ޚާއްސަ ދުވަހެކެވެ. “ޖުލައި ނައިންޓީން..” ރޫހާން ވައި އަޑުން ކިޔާލިއެވެ. އޭނާއަށް ނީޝަލް ދެކެ ލޯބިވެވުނުކަން ޔަގީންވީ ތާރީޚެވެ. ދިގުވަމުން ދިޔަ އިސްތަށިގަނޑުގައި ހަރުލަމުން ދިޔަ މުތީތަކެއް ފަދަ ފެންތިކިތައް ރޫހާން ފޮޅާލިއެވެ. އަދި ލައިގެން ހުރި ސޮފްޓް މެޓީރިއަލް ކެރެޓްގެ ޖީބަށް އަތް ޖަހާލިއެވެ.
”ވޮޗް އައުޓް…!” ބާރަކަށް ދުވެފައި އައި އިޒްކާން ލައިގަތީ ރޫހާންގެ ގައިގައެވެ. ދެމީހުން ދެދިމާލަށް ވިއްސައިގެން ދިޔައެވެ. ވެލިގަނޑުގައި ހެދިފައިވާ ފެންގަނޑު ދެފަރާތަށް ބުރުއްސައިގެން ދިޔައީ ދެ މީހުން ގޮސް އޭގެ މެދަށް ޖެހުމުންނެވެ. ވަޔާ އައި ކުޑަ ރޫހާންގެ ގައިމައްޗަށް ވެއްޓުނެވެ.

“ބޮޑު ކަމެއްނު..؟ ބަލައިގެން އުޅެބަލަ..” ކުޑައިގެ އަތްގަނޑުގައި ހިފާ ތެދުވި ރޫހާން ރުންކުރުގޮތަކަށް ހަޅޭއްލަވައިގަތެވެ. މާފަށް އެދެންވެގެން ތެދުވި އިޒްކާންއަށް ރޫހާންގެ މޫނަށް ބަލާލެވުނެވެ. ކޮންމެވެސް ވަރަކަށް ވެލި ތަތްލަވާފައިވާ އިޒްކާންގެ މޫނަށް ރޫހާންގެ ނަޒަރު ވެސް ހުއްޓުނެވެ. އިޒްކާންގެ މޫނު ފެނުމުން މޫޑު ގޯސްވެފައިވާ ރޫހާންގެ މޫޑު އިތުރަށް ގޯސްވިއެވެ. ބުމަ ގޮށްޖަހާލާފައި ރުޅިވެރި ބެލުމެއް ރޫހާން އިޒްކާންއަށް ހަދިޔާ ކުރިއެވެ.

“ކަލޭތަ..؟” އިޒްކާން ފޫހި ގޮތަކަށް އެއްސެވެ. ރޫހާން އެދުވަހު އަތިރިމަތީގައި އޭނާގެ މޫނުމަތީގައި ވިހެލިމަތި އިޒްކާންގެ ހަނދާނުގައި އަދިވެސް ތާޒާކަންމަތީ ހަރުލާފައި ވެއެވެ. ނީޝަލް ދުވަމުން އައިސް އެ ދެމީހުންގެ މެދުގައި ކަހަލަ ގޮތަކަށް ހުއްޓުނެވެ. “ކުޑަ.. މަގޭ ކުޑަ..” ނޭވާ ހުސްވެފައިވާ ރާގަކަށް ނީޝަލް ރޫހާން އާއި ދިމާލަށް އަތް ދިއްކޮށްލިއެވެ. އެ ދޭށޭ ބުނަންވެގެންނެވެ. ވިއްސާރަކޯޓް އެއްކޮށް ނުލާ ހުރުމުގެ ސަބަބުން ނީޝަލްގެ އިސްތަށިގަނޑު ވަނީ ހިސާބަކަށް ތެމިފައެވެ. ރޫހާންގެ ކަތި ނަޒަރު ނީޝަލްގެ މޫނަށް ހުއްޓުނެވެ. ތެމިފައިވާ އެސްފިޔަތައް ހިމާޔާތް ކުރަމުން ގެންދިޔަ އެ ފެހިކުލައެއްގެ ދެލޯ ފެނިފައި ރޫހާން ހިންދިރުވާލިއެވެ. އެ ހހިތް އާދަޔާޚިލާފަށް ތެޅިލައިގެން ދިޔައިރު ރޫހާންގެ ހިތުގެ ކޮންމެ ނާރަކަށް ލޮޅުމެއް އެރިހެން ހީވިއެވެ.

“އަޑެއް ނީވޭތަ..؟ ތި އޭނަ އަތަށް ދީބަލަ..” ރޫހާން އެހުރިގޮތަށް ކަޅިވެސް ޖަހާ ނުލާ ނީޝަލްގެ މޫނުމައްޗަށް ބަލަން ހުރުމުން އިޒްކާންގެ ގާތަށް އެންމެ ފަހުން ރުޅިއައެވެ. ކުއްލިއެއް ޖަހާ ރޫހާންގެ އަތުން ކުޑަ ދަމައިގަތް ގޮތަށް އިޒްކާން އެ ނީޝަލްގެ އަތަށް ލައިދިނެވެ. އިޒްކާންގެ އަތް ނީޝަލްގެ ގަނޑުފެންގަނޑެއްފަދަ އަތުގައި ބީހުނެވެ. “މިތަނުން ދާން ހިނގާ..” ނީޝަލް ގަޔާއި ކައިރިކޮށްލާފައި އިޒްކާން ކުރިއަށް ހިނގައިގަތެވެ.

އަދި ވާރޭގެ ތެރޭ ތެމެން ހުރި ރޫހާންއަށް ބަލާލާފައި އިޒްކާން ނީޝަލް އިތުރަށް ގަޔާ ކައިރިކޮށްލިއެވެ. އިޒްކާން އެހެން ހެދީ ހަމަ ގަސްތުގައެވެ. ނީޝަލް އެއީ ހަމައެކަނި އިޒްކާންގެ ހައްގެއްކަން ރޫހާންއަށް އަންގާލަދޭންވެގެންނެވެ. ރޫހާން އާއި ދިމާލަށް ކަޅި އަޅާލާފައި އިޒްކާން ކުޑަ އަޅައިގެން ކުރިއަށް ހިނގައިގަތެވެ. ނީޝަލްއަށް ހިނިތުންވެވުނެވެ. “އައި ނޯ ހީ ލައިކްސް މީ ދެޓް ވޭ.. އެކަމަކު އިޒްކާން އަދިވެސް.. އަހަރެންގެ ގާތު އެވާހަކަ ނުބުނަނީ ކީއްވެ..؟ ނޫނީ އަހަރެން އެވާހަކަ ބުނަންވީތަ..؟” އިޒްކާންގެ ގަޔާ ބޮނޑި ވެލައިގެން ހުރެ ނީޝަލްއަށް ވިސްނެމުން ގެންދިޔައެވެ.

މިރުސް ގަނެގެން ނީޝަލް ގެއާއި ހަމައަށް ފޯރަންދެން އިޒްކާންވެސް ފަހަތުން އައެވެ. އެގާރަ ޖަހަން އުޅެނީއެވެ. ނީޝަލް ތެމިފައި ހުރުމުން ޒިވީން ހާސްވިއެވެ. “ކިހިނެތްވީ އަނެއްކާ..؟” ޒިވީން އުނދުން ނިއްވާލާފައި އައިސް ނީޝަލް އާއި އަރާ ހަމަކުރިއެވެ. “ތެމުނީ ކުޑަކޮށް..” ނީޝަލް ދިނީ ކުރު ޖަވާބެކެވެ. “ތިއްތައަށް ކޮންމެ ދުވަހަކު ވެސް މިކުއްޖާ ފެނޭ.. އެކަމަކު އަދިވެސް ނަމެއް ނުބުނަމެއްނު ދޯ..؟” އިޒްކާންގެ މޫނަށް ބަލާލާފައި ޒިވީން ބުންޏެވެ. “މީ.. ތިއްތައަށް އިނގޭތަ ބައްޕަގެ ފްރެންޑް ލިޔާން ބޭބެ..؟” ނީޝަލް އެހި ސުވާލުން ޒިވީން ހައިރާންވިއެވެ. “އާނ އިނގޭ.. ރަނާގެ ފިރިމީހާގެ ވާހަކަ ދޯ ތި ބުނީ..؟” ޒިވީން އިޒްކާންގެ މޫނަށް ފުން ނަޒަރެއް ދޫކޮށްލިއެވެ.

“އާނ.. މީ ލިޔާން ބޭބެގެ ދަރިފުޅު.. އެންޑް ނީޝްގެ ވަރަށް ކްލޯޒް ފްރެންޑެއް.. އިޒްކާން..” ނީޝަލް ބުނެލިއެވެ. “ވައްތަރު ގޮތެއް އެބަ ހުރި..” ޒިވީން ހީނލިއެވެ. އަދި ބަދިގެއަށް ވަންނަން ދިޔައެވެ.

“އެގަޑީ ކޯޗެކޭ ބުނަން އުޅުނީ..” ނީޝަލް އެއްސެވެ. އިޒްކާން އޭނާގެ ކުޑައޭ ކިޔައިގެން ކޮންމެވެސް އެއްޗެކޭ ބުނަން އުޅުނުމަތިން ހަނދާން ވުމުންނެވެ. “ތީ އަހަރެންގެ މާމަގެ ކުޑައެއް..” އިޒްކާން އެ ކުޑައަށް ރަނގަޅަށް ބަލާލާފައި ބުންޏެވެ. “ވަޓް..؟” ނީޝަލްއަށް ގަބޫލު ކުރަން ދަތިވިއެވެ. ފާޑަކަށް ހީނލެވުނީވެސް އިޒްކާން ސަމާސާކުރަނީއޭ ހިތާއެވެ.

“އަސްލުވެސްއޭ..” އިޒްކާން ކުޑަ ހުޅުވާލި ގަޑީގައި އޭގައި ހަރުލާފައިވާ ފެންތިކިތައް ފޮޅައިގެން ދިޔައެވެ. އެއިން ފެންތިއްކެއްގެ ހަމަލާ އައުމުގެ ކުރިން ނީޝަލް ލޯމަރާ މޫނުމަތީގައި އަތް އެޅިއެވެ.

“ބަލާބަލަ..” އިޒްކާން ކޮނޑުގައި ކޮށްޓާލުމުން ނީޝަލް ކުޑައަށް ބަލާލިއެވެ. އޭރު ކުޑައިގެ އެއް ފަރާތެއްގައި ކުޑަ ކުރެހުމެއް ހުއްޓެވެ. މުސްކުޅި ވައްތަރެއް ޖަހާ އަންހެނަކާއި ކުޑަ ފިރިހެން ކުއްޖެއް އަތު ގުޅާލައިގެން ހުރި މަންޒަރެވެ. އަދި އެ ދެމީހުންގެ ކައިރީ ތިރީގައި “އިޒީ އެންޑް މާމަ” އޭ ރީތި އަކުރުތަކަކުން ޖަހާލާފައި ހުއްޓެވެ. “އަހަރެން އެގާރަ އަހަރުގައި ކުރި ކަމެއް ތިއީ.. މާމަ އަހަރެންނަށް މި ކުޑަ ދިން ދުވަހު..” އިޒްކާން ބުންޏެވެ. އެވަގުތު މާމަ މަތިން ހަނދާންވެ އިޒްކާންގެ އަޑު ބެދޭ ގޮތްވިއެވެ.

“މަންމަ ބުނި މީ އަހަރެން ކުޑައިރު ކުއްޖެއް ދިން އެއްޗެކޭ..” ނީޝަލް ބުނެލިއެވެ. “އަހަރެންގެ މާމަ ނިޔާވީ ފްރާންސްގައި..” އިޒްކާން ހަނދާންކޮށްލިއެވެ. ކުއްލިއަށް ކަމެއް އެނގުނު ފަދައިން ދެ މީހުންނަށް ދެމީހުންގެ މޫނަށް ބަލާލެވުނެވެ. “ޝަލްކޮއްކޮ.. ނީޝަލް.. އިޓްސް ޔޫ ދޯ..؟؟” އިޒްކާން ހުރީ ދެމިޔަކަނުން ސޮނި ފައިބާވަރުވެފައެވެ. “މަށާ އިޒްކާން ކުރިން ދިމާވި..؟” ނީޝަލްގެ ހަނދާނަށް އެ ކަން އަންނަގޮތެއް ނުވިއެވެ. ހަނދާން ކުރަން އުޅުމުން ބޮލުގައި ރިހެން ފެށިއެވެ. ނީޝަލްއަށް ބޮލުގައި އަތް އަޅާލެވުނެވެ.

“އަހަރެން ހަނދާނެއް ނުވޭ..” ނީޝަލް ބޮލުގައި އަތް އަޅައިގެން ހުރެ ބުނެލިއެވެ. ”އެކަމަކު އަހަރެން އަދިވެސް އެ ހަނދާންވޭ.. އަހަރެންގެ މާމަ ނިޔާވި ދުވަސް ކަމަށް ވާތީ..” އިޒްކާން ބުނެލިއެވެ. “އެދުވަހު ކޮންމެވެސް އަންހެނެއް ނީޝް ފަހަތުން ދާން އުޅުނެއްނު..؟ ނީޝް ރޮމުން ރޮމުން ދުއްވައިގަތީމަ..؟” އިޒްކާން ހަނދާން އާކޮށްދެވޭތޯ ބެއްޔެވެ. “އަންހެނެކޭ..؟” ނީޝަލް އެއްބުމަ އަރުވާލެވުނެވެ. “އާނއެކޭ.. އަންހެނެއް.. ޑަރކް ބްރައުން ކުލައިގެ ކުރު އިސްތަށިގަނޑެއް ހުންނާނީ.. ބްލެކް ބިއުޓީއެއް..” އިޒްކާން އޭނާ ހަނދާން ހުރި ގޮތަކަށް ސިފަ ކޮށްދިނެވެ. “ކޮންމެވެސް ނަމެއް ވެސް ކީ.. މާއްތަ ކަންނޭނގެ..” އިޒްކާން އެހެން ބުނުމާއި އެކީ ސިހިފައި ނީޝަލް އިޒްކާންގެ މޫނަށް ބަލާލިއެވެ.

“މާއްތައޭ..؟” ސިއްރެއް ބުނާ ފަދައިން ނީޝަލް އެއްސެވެ. “އާނ.. ދެން މަ އެދުވަހު ނީޝް ފަހަތުން ދިޔައީ.. ވާރޭ ވެހޭތީ މަ ނީޝް އަތަށް ކުޑަ ދިނީ.. ބަލިވެދާނޭ ކިޔާފަ.. ދެން އޭގެ ފަހުން ކޮންމެވެސް ފިރިހެން ކުއްޖެއް އައީ..” އިޒްކާން ކިޔައިދެމުން ގެންދިޔަ ވާހަކަ އަޑުއަހަން ނީޝަލްއަށް ހުރެވުނީ އަޖައިބުވެފައެވެ. ގައިމުވެސް އޭނާ އެއިން އެއްވެސް ކަމެއް މަތިން ހަނދާނެއް ނެތެވެ. “ހަމަ އަހަރެމެންނާއި އެއް އޭޖު ކުއްޖެއް ހެން ހީވަނީ.. އޭނައާއި އެކީ ނީޝް ދިޔައީ ދާން ޖެހިއްޖެއޭ ކިޔާފައި.. ދެން ޖެހިގެން އޮތް ހަފްތާގައި މަންމަމެންނާއި އެކީގައި ރާއްޖެ އައީ..” އިޒްކާން ވީހާވެސް ކުރުކޮށް ކިޔާދެވޭތޯ ބެއްޔެވެ.

“ހަމަ އެއްގޮތަކަށްވެސް ހަނދާނެއް ނުވޭ.. ހަމައެކަނި ހަނދާން ވަނީ މަންމަ މި ކުޑަ ދިނީ ފިރިހެން ކުއްޖެކޭ ބުނި މަތިން އެކަނި..” ނީޝަލް ބުނެލިއެވެ. އިޒްކާން ފާޑަކަށް ނީޝަލްގެ މޫނަށް ބަލާލިއެވެ. “ކީއްވެގެންތަ ނީޝަލް ކުރީގެ ވާހަކަ ދައްކަންޏާ އަބަދު މަންމަ ބުންޏޭ ކިޔައިގެން ވާހަކަ ދައްކަނީ؟” އިޒްކާން އެންމެ ބޮޑަށް އަޅައިގަތީ އެތަންކޮޅުގައެވެ. ނަމަވެސް އެ ސުވާލު ނުކޮށް އިޒްކާން ބޯ ކަހާލާފައި ހިނިތުންވެލިއެވެ.

“އިޒްކާން ގެއަށް ދާން ނުވޭ..؟ ދެން އިރުކޮޅަކުން ހުކުރަށް ދާން ޖެހޭނެއްނު..؟” ޒިވީން ގަޑި ބަލާލާފައި ބުނެލިއެވެ. އިޒްކާން ބޯ ކަހާލާފައި ގެއިން ނުކުންނަން ހިނގައިގަތެވެ. ޒިވީން ދުރަށް ހިނގައިގަތުމުން އިޒްކާން ނީޝަލްއަށް ގޮވާލިއެވެ. ހޭންގަރ އެއްގައި އަޅުވާފައި ހުރި ތުވާއްޔެއް ނަގާ އިސްތަށިގަނޑު ހިއްކަން ހުރެފައި ނީޝަލް ފަހަތް ބަލާލިއެވެ.

“އަމް.. މިރޭ މަށާއި އެކީ ހިނގާލަން ދާނަންތަ..؟” އަހަން ނާހަން ހުރެފައި އިޒްކާން އެހެން އެހީ ލަދަކާއި ހުރެ ތަދެއް ނުފިލާނެކަން އިނގޭތީއެވެ. ނީޝަލްގެ މޫނު މަލެއްހެން ފޮޅިގެން ދިޔައެވެ. އެ މޫނު މަތި އުޖާލާވީވަރުން ނީޝަލް އުފާވީ ވަރު އަންގައިދެއެވެ. ނުތަނަވަސްވެފައި ހުރި އިޒްކާންގެ ތުންފަތްމައްޗަށްވެސް ހިނިތުންވުމެއް ވެރިވާން އިރެއް ނުނެގިއެވެ. “ތިބުނީ އާނއެކޭތަ..؟” އިޒްކާން އެއްސެވެ. “ޔެސް.. އޮފްކޯޒް.. ޝުއަރ ޝުއަރ..” އެކި ގޮތްގޮތަށް ނީޝަލްއަށް އެއްބަސްވެވުނެވެ. ނުވިތާކަށް ފްރެންޗް ބަހުން ވެސް އާނއެކޭ ބުނެވުނެވެ.

“މިރޭ އަށްގަޑި ބަޔަށް ރެޑީ ވާތި.. ބަލާ އަންނާނަން..” އިޒްކާން ނުކުމެގެން ދަމުން ބުނެލީ ނީޝަލް އުފަލުން ގޮސް އުދުހިގަންނަން ބޭނުންވިވަރުގެ ވާހަކައެކެވެ. އަވަހަށް ބޯޖަހާލާފައި ދޮރު ލެއްޕިގޮތަށް ނީޝަލްއަށް ދޮރުގައި ލެނގިލެވުނެވެ. އޭރު ޓެން އައިސް ނީޝަލް އާއި އަރާ ހަމަ ކުރިއއެވެ. ނީޝަލްގެ ފައި ވަށާ ބުރެއް އަޅާލުމުން ނީޝަލް ޓެން އުރާލިއެވެ. އަދި ޓެން އުރާލައިގެން ހުރެ ވަށައިގެން އެނބުރި ނަށާލެވުނީވެސް ވެފައި ހުރި އުފަލެއްގެ ބޮޑު ކަމުންނެވެ.

ހޫރީން ގޮސް އަލުން ލެޕްޓޮޕް ކުރިމަތީ އިށީނެވެ. “އެތަނުގައި ހުދާ ކައިރީ އެހުރީ ދޮންބެ އެކަންޏެއް ނޫން..” ލެޕްޓޮޕް ސްކްރީނާއި މޫނު ގާތް ކޮށްލާފައި ހޫރީންއަށް ބުނެވުނެވެ. އޭރު ހޫޑީއެއް ލައިގެން ހިޔާންގެ ގާތުގައި އިތުރު މީހެއް ހުއްޓެވެ. އެމީހާގެ މޫނު އެހާ ސާފު ނުވާތީ ހޫރީން އެބައި ކްރޮޕް ކޮށްލާފައި ޒޫމް އިން ކޮށްލިއެވެ.

“އައިހަމް..” ހޫރީންއަށް ބުނެވުނެވެ. “ނޫނީ.. އެއީ ފައިލަމްތަ..؟” ހޫޑީއަކުން އެމީހާގެ އިސްތަށިގަނޑު ނިވާވެފައިވާތީ ހޫރީންއަށް އެއީ ފައިލަމްތޯ ނުވަތަ އައިހަމްތޯ ޔަގީން ކުރާކަށް ނޭނގުނެވެ. ހޫޑީ އަޅައިގެން ނުހުރި ނަމަ އެއީ ކާކުކަން ހޫރީންއަށް ވަގުތުން ދެނެގަނެވުނީހެވެ. ފައިލަމްގެ ދިގު އިސްތަށިގަނޑެއް ހުންނައިރު އައިހަމްގެ ބޯ ފުދޭވަރަކަށް ކުރުކޮށް ކޮށާލާފައި ހުންނާތީއެވެ. “މިޖެހުނީ އަނެއް ކަންތައް..” ހޫރީންގެ ބޯ ހާސްވިއެވެ. އެއްކޮޅުން ހިޔާންއެވެ. އަނެއްކޮޅުން އޭނާ އެންމެ ލޯބިވާ ފަރާތެވެ. އައިހަމްއެވެ. “އެއީ އައިހަމްއަށް ވެއްޖެނަމަ…..” ހޫރީންއަށް އިނގިލީގައި ދަތްއެޅުނެވެ. “ނޫން.. ޖަސްޓް ނޫން.. މިހެން މިކަން ވާންޖެހުނީ ކީއްވެގެންތަ…” ހޫރީންއަށް ޝަކުވާ ކުރެވުނެވެ.

އާހިލް އާއި އައިހަމް އިނީ މައި ކޭކްސް ކެފޭ ތެރޭގައެވެ. “އިޒްކާންގެ ހަބަރެއް ވިތަ..؟” އައިހަމް އެއްސެވެ. “ނޫން.. މަށަށް ޔަގީން އެ ސޮރު އެ ނުވެސް ބަލާކަން.. ވަރުގަދަ މީހެއް..” އާހިލް އެކްސް އެލް ދަޅުން ކޯވަރެއް ބޯލަމުން ބުންޏެވެ. “ކަޑައޭ.. ވަރަށް ކަޑަ..” އައިހަމް ބޯ ހޫރާލިއެވެ. އަދި ގަޑި ބަލާލިއެވެ. “ހުކުރަށް ދާގަޑި ކައިރިވަނީ..” އައިހަމް ތެދުވިއެވެ. “ކަލޭވެސް ހާދަ ސޯލިހޭ ދޯ މިހާރު ހިޔާން އާއި ދުރުވިފަހުން..” އާހިލް ބުނެލިއެވެ. “މަ އަސްލު އެހާ ޝައުގެއް ނުހުރޭ އޭނަ އެ ކުރާ ކަންކަމަކަށް.. ތާހިރު ރަނގަޅު ކަމެއް ނަމަ ދެން އޯކޭ ދޯ.. އެކަމަކު އެއީ ވަރަށް މުޑުދާރު ކަމެއް ޓު ބީ ހޮނެސްޓް.. އެހެންވެ މަ ދުރު..” އައިހަމް އޭނާ ދެކޭގޮތް ހާމަކުރިއެވެ.

“ދޮގެއް ވާ ނޫން.. އަހަރެމެން އެންމެން މީ އަސްލު ހާދަ އެއްކޮށް އުޅުނު ބައެކޭ.. މިހާރު ބައިބައި ވެއްޖެ.. ފައިލަމާއި ހިޔާން.. މަށާއި ކަލޭ.. އިޒްކާން އެކަނިމާއެކަނި.. ހަނދާންވޭތަ އަހަރުން އެންމެން އެއްކޮށް މޫދަށް ދާމަތި..؟” އާހިލް އެއްސެވެ. އައިހަމް ހިނިގަނޑެއް ޖަހާލިއެވެ. “އިޒްކާން އެ ހުންނަނީ އަނދިރީގައި.. ކަންކަން ވެ ނިމިދާއިރުވެސް އެސޮރަކަށް ނޭނގޭ..” އައިހަމް ބުނެލިއެވެ. “ދޮގެއްނޫން.. ހިޔާންއަށް އޭނަ ހާދަ ވަރަކަށޭ އެ އިތުބާރު ކުރަނީ..” އާހިލްވެސް އެއްބަސްވި ކަން ދައްކާލަން ބޯ ޖަހާލިއެވެ. “ދެން ނައްޓާލަން ހިނގާ.. ހަނދާން ކުރާތި.. މިރޭ ސީދާ ހަތްގަޑި ބަޔަށް ކަލޭ ގެންނަ ޓޯޗަކާއި ގެންނަ ބޮމެއް ހިފައިގެން މިތަނުން މަށާއި ދިމާ ކުރާތި.. ހުދާ އާއި ރައުލާ އަދި އެ މައިހާއެއްވެސް ސަލާމަތް ކުރެވޭނީ މިރޭ..” އައިހަމް އަނެއްކާ ވެސް ހަނދާން ކޮށްދިނެވެ. “އޯކޭ މަ ދާނަން..” އާހިލް ނުކުންނަން ހިނގައިގަތެވެ.

“ހޫރީން…؟” ނީޝަލް އަވަހަށް ހޫރީންއަށް ގުޅިއެވެ. ”މަ މިހުރީ ތިގޭ ބޭރުގައި..” ހޫރީން އެހެން ބުނުމުން ނީޝަލް ހައިރާންވިއެވެ. ”މިގޭ ބޭރުގައި..؟ ކީއްވެ..؟” ނީޝަލް އެއްސެވެ. “ފިހާރައަކަށް ގޮސް ގެއަށް ދަނިކޮށް ތި ގުޅީ..” ހޫރީންގެ އަޑުގައިވީ ކުރަކިކަން ނީޝަލްއަށް ފާހަގަވިއެވެ. “ހޫރީން ކަމެއް ހިނގީތަ..؟” ނީޝަލްއަށް ދެކޮޅު ދެކޮޅަށް ހިނގެން ފެށުނެވެ. “ތިގެއަށް ވަންނަންތަ..؟ އެއްޗެއް ދައްކަންވެފަ އެބައޮތް..” ފުޓޭޖްތަކުން ފެނުނު ކަންތައްތައް ހޫރީން ނީޝަލްއަށް ސިއްރުކުރަން ބޭނުމެއް ނުވިއެވެ.

“އާނ އާދޭ..” ފޯނު ކަނޑާލިގޮތަށް ނީޝަލް އަވަސްވެގަތީ ގޭގެ ދޮރު ހުޅުވަން ދާށެވެ. ހޫރީން އެ ގެއަށް ވަތްގޮތަށް ނީޝަލްގެ އަތުގައި ހިފާ ސޯފާގައި ބޭންދިއެވެ. “މި ބަލާބަލަ..” ހޫރީން ފޯނަށް އެޅި ފުޓޭޖް ޕްލޭ ކުރިއެވެ. ފަރުވާތެރިކަމާއި އެކީގައި ނީޝަލް އެއަށް ބަލަން ފެށިއެވެ.

“އެއީ…” ކުއްލިއަކަށް ހިޔާން ފެނުމުން ނީޝަލް ދިޔައީ އެއްލިގެންނެވެ. ދެލޯ ދެފަހަރަކު އުނގުޅާލަން ވެސް ޖެހުނެވެ. އަމިއްލަ ލޯ އޭނާއަށް ދޮގު މަންޒަރުތަކެއް ދައްކަނީކަމމަށް ހިތާއެވެ. ”އެއީ ހޫރީންގެ ދޮންބެއެއްނޫންތަ..؟” ނީޝަލްގެ ދެލޯ ހީވަނީ ލުނބޯއެއް ހެންނެވެ. ބޮޑު ކޮށްލާފައި ހުރި ވަރުންނެވެ. “މަގޭ ދޮންބެ އެކަންޏެއް ނޫން.. ބަލާބަލަ..” ހޫރީން ދެން ދައްކާލީ ހިޔާންގެ ގާތުގައި ހުރި މީހާއެވެ. “އެމީހުންގެ ފްރެންޑެއް ދޯ އެއީ.. ޓްވިންސް ދެކުދިން..؟” ވާހަކަ ނުދެއްކި ކަމަކު ކޮލެޖް ތެރެއިން ފެނިފައިވާތީ ނީޝަލް ހަނދާންވިއެވެ.

“އާނ.. ފައިލަމް ނޫނީ… އައިހަމް..” ހޫރީން އައިހަމްގެ ނަން ބުނެލިއިރު އެ އަޑުގައި ފޮރުވިފައިވަނީ ވޭނެވެ. އެއީ އައިހަމްއަށް ވެދާނެތީ ހޫރީންގެ ހިތް ބިރުގަންނަނީ އެހެނެއް ބަލާފައެއްނޫނެވެ. “އާނ.. އެކަމަކު އެދެމީހުން ތެރެއިން ކާކު..؟” ނީޝަލް އެއްސެވެ. “ތި މަށަކަށްވެސް ނޭނގޭ..” ހޫރީން ފޯނު ޖީބަށް ލިއެވެ. “އަސްލުވެސް އެ ކޭސް ސޯލްވްކޮށް ނިންމާލެވޭތޯ ދޯ ތި އުޅެނީ..؟” ނީޝަލް އެއްސެވެ. “އާނ.. އެކަމަކު.. ހިޔެއްވެސް ނުކުރަން ދޮންބެއަށް ވާނެކަމަކަށް.. ބަޔަކު ދޮންބެއަށް އެކަން ކުރަން ފޯސް ކުރީ ކަމަށް ވާނީ..” ދިމާ ކުރިމަތީގައި ތެދު ހަގީގަތް ފެންނަން އޮތް ކަމުގައި ވިޔަސް ހޫރީން އެ ބަލައިގަންނާކަށް ބޭނުމެއް ނުވިއެވެ.

“ވެދާނެ..” ނީޝަލްވެސް އެއީ ހަގީގަތެއް ކަމަށް އެއްބަސްވާކަށް ބޭނުމެއް ނުވިއެވެ. ”ދޮންބެ އާއި އެކީ އެހުރީ އައިހަމް ނޫނީ ފައިލަމް.. އެކަމުގައި އިޒްކާން އަދި އެ އާހިލް ވެސް އުޅެންޏާ..؟” ހޫރީން ދެން ބުނެލީ ނީޝަލް ނުވެސް ވިސްނާ އޮތް ކަމެކެވެ. “ރިއަލީ..؟؟ ހިޔާން ތިކަހަލަ ކަމެއް ނުކުރާނެ.. ވަކިން އިޒްކާން… އޭނަ އެކަހަލަ އެއްވެސް ކަމެއްގައި ބައިވެރިވާން ޚިޔާލެއް ވެސް ނުކުރާނެ..” ނީޝަލް ވަގުތުން ދެބަސްވިއެވެ. އެހިތުގައި އިޒްކާން އާއި ދޭތެރޭ އެވަރުގެ ޔަގީންކަން އޮތެވެ.

“ހޫމް މަށަށްވެސް ގަބޫލެއް ނުކުރެވެޔޭ.. އެކަމަކު އިނޮސެންޓްކޮށް އުޅޭ މީހާ ގިލްޓީވާ ފަހަރުތައްވެސް ވެސް ދެން މަދެއްނޫނެއްނު..؟ މަވެސް ނެތޭ މަގޭ ދޮންބެއަށް ފާރަލާ ހިތެއް.. އެކަމަކު އިން ޓްރުތް.. އާއިލާ މެންބަރަކަށްވިޔަސް ގިލްޓީ ނަމަ….! އެމީހަކަށް ޖެހޭނީ ދެން ހުކުމް ހިންގަންތާ…” ހޫރީން ބުނެލިއެވެ. “ހޫރީން ފާރަލާބަލަ..! އެނގޭނެ އޭރުން ކާކުތޯ ގިލްޓީއީ ނޫނީ ގިލްޓީ ނޫނީ..” ނީޝަލް ބުނެލިއެވެ. ހޫރީން ބޯ ޖަހާލާފައި ނުކުތެވެ. ދަނިއްޔޭ ބުނަމުންނެވެ.

“އޯހް ޑާން އިޓް..” ނީޝަލް ބޮލުގައި ޖަހާލިއެވެ. އޭނާ ހޫރީންއަށް ގުޅީ ވެސް އއޭނާ މިރޭ އިޒްކާން އާއި އެކީ ބޭރަށް ދާކަން އަންގާލަދޭން ވެގެންނެވެ. ނަމަވެސް މިރެއަކީ ނީޝަލްއަށް ނުރައްކާތެރިކަމުން ފުރިގެންވީ ރެއެއްކަން އެނގުނުނަމައެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

އެއްވެސް ކުއްޖަކު ބާކީ ނުކުރަމާ!!

Next

އެހަނދާން

Next
April 17, 2021

އެހަނދާން

Previews
April 16, 2021

އެއްވެސް ކުއްޖަކު ބާކީ ނުކުރަމާ!!

3 Comments!

  1. Lailac Baby says:
    April 16, 2021 at 10:40 pm

    Nice???

  2. sahoo says:
    April 17, 2021 at 10:53 am

    Wow very nice keeping it up waiting for the next part.

  3. s.n.o.w.f.l.a.k.e Maash says:
    April 17, 2021 at 3:58 pm

    Varah reethi maasha Allah ???dhen vaany kihinehbaa??neesh ah anehkaa kihineh vaanry??? alhey aiham menah hudhaa men salaamah kureveyneybaa.
    Yooon next part kon iraku? Varah curious kohlaafa nimmaaley thi??? avahah dhen in part up koh dhehchey?tc?Lyssm yooon

Comments are closed.

Next Episodeއެކުއްޖާ 2 – 28←


All Right Reserved!