Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ބަދު ނަސީބުގެ ހިޔަނި އެޅުމުން (17)

Dheem&Eekku Level 410 Stories100 Login500 Login
March 19, 2021 5 Mins Read
1 Comment

އާދައިގެ ވަރަކަށް ހިނގަމުން ދިޔަ ޔީޝާއަށް މީހަކު ފަހަތުް އަންނަހެން ހީވެގެން ފަހަތް ބަޅާލި ވަގުތު ސިހިގެން ދިޔައެވެ. އަޒާން އައިސް ކައިރީ ހުންނާނ ކަމަކަށް ޔީޝާ ހިޔެއް ނުކުރެއެވެ. އަޒާން ބަލަހައްޓައިގެން ހުރިގޮތުން ޔީޝާއަށް އުނދަގޫވިއެވެ. އެތަނުގައި ނުހުރުމަށް އަވަހަށް ހިނގާތް ވަގުތު އަޒާން ޔީޝާގެ އަތުގައި ހިފާ ދަމައިގަތެވެ. ކުއްލިއަކަށް އަޒާް އެހެން ހެދުމުން ޔީާގެ އަރި އަޅާލާފަައި އަތުގައި ހރި ކޮތަޅުތައް ދޫވެގެން ދިޔައެވެ. ވެގެން އުޅޭގޮތެއް ނޭނގިފައި ހުއްޓަ އަޒާް އޭނާގެ އަތުގައި ހިފާ ދަމަމުން ގެންދިޔައީ ޖެހިގެން ހުރި ހަނި ގޯޅިއަށެވެ.

ސަލާމަތަށް އެދި ހަޅޭ ލަވައި ގަންނަން އަނގަ ހުޅުވާލިތަނާ އަޒާން ޔީޝާގެ އަނގަމަތީ އަތް އަޅާ ބާރު ކޮއްލިއެވެ. އަދި ޔީޝާގެ ބަލިކަށި ހަށިގަނޑުގައި ޖެއްސި ގަތުމާއެކު ފާރާލައި ފިތިގެން ދިޔައެވެ. އަޒާންގެ އަމަލު ހުރިގޮތުން ޔީޝާ ބިރުގަތެވެ.

“ޔީޝާ ހީކުރީތަ ދާނިޝްއާ ރައްޓެހިވީމަ އަހަރެންގެ ކައިރިން ސަލާމަތް ވެވިދާނެއޭ.. އަހަރެން ބޭނުން އެއްޗެއް އަހަރެން ގަދަކަމުންވެސް ހޯދާނަން” ވައި އަޑުން ޔީޝާގެ ކަންފަތް ބުޑުގައި އަޒާން އެހެން ބުނުމުން އަޒާން އޭނާގެ ފަރާތުން ބޭނުންވެގެން އުޅޭ ކަމެއް ޔީޝާއަށް ދެނެގަނެވުނެވެ. އަޒާންގެ މުށުތެރެއިން ސަލާމަތް ވުމަށް ޔީޝާ އަޒާންގެ އަތުގައި ދަތް އެޅިއެވެ. ޔީޝާގެ ތޫނު ދަތްތަށް އަޒާންގެ އަތުގެ މަސްގަނޑަށް ވަދެގެން ދިޔަވަގުތު އެރި ދިލަ ތަދަކުން އަޒާންއަށް ހަޅޭ ލަވައި ގަނެފައި ޔީޝާގެ ގައިގައި އަޅާ ކޮއްޕާލެވުނެވެ. ޔީޝާ އަރި އަޅާލާފައި ބިންމައްޗަށް ވެއްޓުނެވެ. އަވަހަށް އެތަނުން ދުރަށް ދިޔުމަށް ތެދުވަންނަން އުޅެނިކޮށް ޔީޝާގެ މޫނުމައްޗަށް އެރީ ހޫނު އެތިފަހަރެކެވެ. އަޒާންގެ  ބޮޑު އަތްތިލައިގެ ރަތް ތަތްގަނޑެއް ޔީޝާގެ މޫނުމަތީގައި ފަވާލިއެވެ. މޫނުމަތިން އަރައިގަތް ދިލައިން ޔީޝާގެ ދެލޯ ފެންކަޅިވިއެވެ.

“ބުނެވިއްޖެ ދޯ ބުނާގޮތް ހަދާށޭ. ގަދަ ދެއްކިވަރަކަށް އަނިޔާވެސް އަދި ހުރިހާ ދެރައެއްވެސް ލިބޭނީ ޔީޝާއަށް.. ބަސްއަހައިގެން އަހަރެން ބުނާގޮތަށް ކަންތައް ކޮއްފިއްޔާ ޔީޝާއަށް ރަނގަޅުވާނީ” އަޒާން އެހެން ބުނެފައި ޔީޝާގެ ދެއަތް ފުރަގަހަށް ލައި ފިއްތާލިއެވެ. ނަމަވެސް ޔީޝާއަށް ފަސޭހަކަމާއެކު އަޒާންގެ އަތް ފޮޅުވާލެވުނެވެ. އަޒާން ނުވިސްނަ ހުއްޓާ ޔީޝާ އޭނާގެ މޫނުމަތީ ޖެހިއެވެ. ޔީޝާ ޖެހިލެ ބާރުކަމުން އަޒާން ބިންމައްޗަށް ވެއްޓުނެވެ. ފުރުސަތުގެ ބޭނުން ހިފާ ޔީޝާ އަވަހަށް ދުއްވައިގަތެވެ. ބިންމައްޗައް ވެއްޓިފައި އޮތް ކޮތަޅުތައް ހިފައިގެން މީހުން ގިނަ މަގަކާ ދިމާއަށް މިސްރާބު ޖެހިއެވެ.

ޔީޝާގެ ނަސީބު ރަނގަޅީ ކަންނޭނގެއެވެ. ގެ ހުންނަ މަގަށް އެޅީރު ފުދޭވަރަކަށް މީހުން މަގުގައި އުޅެއެވެ. ކަންމަތީގައި ހުރި ކުޑަ ފިހާރަ ކައިރީވެސް ފިރިހެން ކުދިންތަކެއް އެމީހުންގެ ވާހަކައިގައި ތިއްބެވެ. މަގުގައި މީހުން ތިބިތަން ފެނުނު ކަމުގައިވިއަސް ޔީޝާގެ ހިތަކަށް ހަމަ ޖެހުމެއް ނުލިބުނެވެ. ހީވަނީ މިހާރުވެސް އޭނާއާ ފާރަލަމުން މީހަކު ފަހަތުން އަންނަ ހެނެވެ. އިރު އިރުކޮޅާ ފަހަތް ބަލާލެވެނީ އެހެންވެއެވެ.

ގޭގެ ދޮރާ ހަމައަށް އާދެވުމުން ޔީޝާއަށް ފަހަތް ބަލާލެވުނީ އަޒާން އޭނާގެ ފަހަތުން އާދޭތޯއެވެ. ނަމަވެސް މަގަގުން އަޒާންއެއް ނުފެނުނެވެ. ހަމަ ޖެހުމުގެ ނޭވާއެއް ލަމުން ދުރަށް ނަޒަރު ހިންގާލި ވަގުތު ގަސްތަކުގެ ހިޔަނިން އަނދިރިވެފައި އޮތް ހިސާބުގައި ހުއްޓި ހުރި ފިރިހެނަކު އޭނާއަށް ފެނުނެވެ. އެއީ ކުރީރޭ ފެނުު ފިރިހެން މީހާކަން ޔީޝާއަށް ޔަގީންވިއެވެ. އެމީހާ ކަޅި ޖަހާނުލާ ބަލަހައްޓައިގެން ހުރުމުން ޔީޝާ އިތުރަށް އަޅައެއް ނުލައެވެ. އަވަހަށް ގެޔަށް ދާން އެނބުރުނު ވަގުތު ކުރިމަތީގައި ހުރި މީހާގައިގައި ލައިގަތެވެ.

ސޮރީއޭ ބުނެފައި އެމީހާއާ ދިމާއަށް ބަލާލިވަގުތު ޔީޝާގެ ދެލޯ ބޮޑުވިއެވެ. ބޭއިޚްތިޔާރުގައި ފަހަތަށް ބަލާލެވުނީ އޭރު އަނދިރީގެ ތެރޭގައި ހުރި މީހާ އަދިވެސް ހުރިތޯއެވެ. ނަމަވެސް އެމީހާއެއް ނެތެވެ. އެމީހާ އެތާ ހުންނާނެ ގޮތެއްވެސް ޔީޝާއަކަށް ނޭނގުނެވެ. ކުރިމަތީގައިވެސް މިހުރީ އެމީހާ ވިއްޔާއެވެ. އެކަކަށް ދެތަނަކު ނުހުރެވޭނެ ނޫންހެއްޔެވެ. އަނެއްކާ އެއީ ޔީޝާއަށް ހީވި ގޮތެއް ބާއޭ އޭނާ ހިތަށް އެރިއެވެ.

“ކޯއްޗެއް ތި ހޯދަނީ.. ޔީޝާ ؟” އެމީހާގެ ބަރު އަޑު ޔީޝާގެ ކަންފަތުގައި ޖެހުނެވެ. އެމީހާ އެހެން އެހުމުން ޔީޝާ ސިހުނެވެ. އެމީހާއަށް އޭނާގެ ނަން އެނގުނީ ކިހިނެއް ހެއްޔެވެ.

“އެއްޗެއް ނޫން.. ކިހިނެއް މަގޭ ނަން އެނގުނީ؟” ޔީޝާ ބޯހުރާލަމުން އެހެން އެހިއިރު ހިތުގައި ގޮތް ނޭނގޭ ބިރެއް އުފެދުނެވެ.

“އަހަންނަށް ޔީޝާ އެނގޭ.. މަށަށް ކިޔަނީ ޒަބޫރިޝް” އެމީހާ އެހެން ބުނެފައި ހިނގައި ގަތެވެ. ޔީޝާ ހައިރާންވެފައި ހުރެވުނެވެ. އެމީހާއަށް އެކިޔަނީ ހާދަ ފާޑެއްގެ ނަމެކެވެ.

“ޒަބޫރިޝް..؟” ޔީޝާއަށް އެނަން ތަކުރާރު ކޮއްލެވުނީ އޭނާގެ ސިކުނޑީގެ ކޮންމެވެސް ހިސާބެއްގައި ކޮށާލުމުންނެވެ. އެއީ ކުރިން އޭނާއަށް އިވިފައިވާ ނަމެއްކަން އޭނާގެ ހިތް ބުނެލިއެވެ. ނަމަވެސް އެއީ ކޮންއިރަކު ކޮންތާކުންް އޭނާއަށް އިވުނު ނަމެއްކަމެއް ބުނާކަށް ނޭނގުނެވެ. އެ ހިޔާލުތަކެއްގައި ހުއްޓާ ޔީޝާ ސިހުނީ ދޮރާށިން ބެރަށް ނުކުތް ދާނިޝްގެ އަޑުއިވިފައެވެ.

“ޔީޝް ކާކާ ތިވާހަކަ ދައްކަނީ؟” ދާނިޝް އަހާލިއެވެ.

“އެން..؟ އެޔޮށް ދިޔަ މީހަޔާ މިވާހަކަ ދެއްކީ” ޔީޝާ ފަހަތަށް އިޝާރާތް ކޮއްލަމުން ބުނެލިއެވެ.

“ކާކު؟ އެތާކު ނެތޭނުން މީހެއް؟” ދާނިޝް އެހެން ބުނުމުން ޔީޝާ ފަހަތް ބަލާލިއެވެ. ތެދެކެވެ. އެތަނަކު އެމީހާއެއް ނެތެވެ. މިހާ އަވަހަށް އެމީހާ އެވަނީ ކޮންތާކަށް ހެއްޔެވެ. އެކަމާ ބެހޭގޮތުން ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓާ ވާހަކަ ދެއްކީ ދާނިޝް އެވެ.

“ޔީޝް.. ކިހިނެއްވެފަ މިހުރީ މޫނު މައްޗަށް..؟ މީހަކު ޖެހީތަ؟” ޔީޝާގެ ދޮން މޫނުގައި ރަތް ވެފައި ހުރިތަނުގައި ފިރުމާލަމުން ދާނިޝް އެހީ ހާސްވެފައި ހުރެއެވެ.

“ކަމެއް ނުވޭ؟” ދާނިޝްގެ އަތް ފޮޅުވާލަމުން ޔީޝާ އެހެން ބުނީ އަޒާންގެ ވާހަކަ ދައްކަން ބޭނުން ނުވެގެނެވެ. ދާނިޝްއަށް އެކަން ސިއްރުކުރަން ބޭނުން ނުވިއަސް އެވަގުތު އެވާހަކަ ދައްކާކަށް ޔީޝާ ބޭނުމެއް ނުވިއެވެ.

“ކަމެއް ނުވާނަމަ މިހެން ހުންނާނެތަ.. ބުނޭ ކާކު ޔީޝާގެ މޫނުމަތީ ޖެހީ؟ ކަކުހޭ؟” ދާނިޝްގެ އަޑު ކުރިއަށްވުރެ ބަރުވިއެވެ.

“ބުނެފީމެއްނު ކަމެއް ނުވެއޭ؟” ޔީޝާވެސް އެހެން ބުނީ ބާރަށެވެ. އަދި އިތުރަށް ދާނިޝް އެއްޗެކޭ ބުނުމަށް ފުރުސަތެއް ނުދީ ޔީޝާ އެތެރެއަށް ވަނެވެ.

“ޔީޝާ.. މަޑުކޮއްބަލަ” ދާނިޝް ޔީޝާގެ ފަހަތުން ބަރު ފިޔަވަޅުގައި ހިނގަގަތެވެ. ނަމަވެސް ދާނިޝްއަށް ސިޑިން މައްޗަށް އެރި ދޮރާ ހަމަވިތަނާ ބާރު އަޑުފައްގަނޑާއެކު ޔީޝާ ދޮރު ޖަހާފިއެވެ.

“ޔީޝާ.. މި ދޮރުހުޅުވަބަލަ… ނުކުމެބަލަ ޔީޝާ” ދާނިޝް ދެފަހަރަކު ދޮރުގައި ޖަހާލާފައި ގޮވާލިއެވެ. ނަމަވެސް ޔީޝާ ދޮރެއް ނުހުޅުވިއެވެ. ޔީޝާ ކަންތައް ކުރިގޮތުން ދާނިޝް ހިތްހަމައެއް ނުޖެހުނެވެ. ސިޑިން ފާބަން ދަމުން އެތަނުގައި ހުރި ހުސް ފޮށިގަނޑުގައި ފަން ޖެހިއެވެ. ހީވާގޮތުން ދާނިޝް އައިސްފައި ހުރި ރުޅިގަނޑު އެ ފޮށިގަނޑަށް ބާލުވާލީ ހެނެވެ.

ދާނިޝް ދިޔައީކަން ޔަގީންވުމުން ޔީޝާ ދޮރު ހުޅުވާލިއެވެ. ތިރިއަށް ނަޒަރު ހިންގާލިއިރު ބާރު ހިނގުމުގައި އެތެރެއަށް ވަދެގެން ދިޔަ ދާނިޝް ޔީޝާއަށް ފެނުނެވެ. ދާނިޝް މިރޭ އެދިޔައީ ވަރަށް ރުޅި އައިސްގެންކަން ޔީޝާއަށް އެނގުނެވެ. ޔީޝާގެ ހިތުގައި ރިހުމެއް އުފެދުނެވެ.

އެރޭގެ ނިދިން ޔީޝާ ވަނީ މަހްރޫމްވެފައެވެ. މިއަދު ދިމާވި ހާދިސާ ޔީޝާގެ ލޮލު ކުރިމަތީ ސިފަވަމުން ދިޔައެވެ. އަޒާންގެ ކައިރިން ސަލާމަތް ނުވެވިއްޖެނަމަ މިރޭ އޭނާއަށްވާނެ ގޮތެއްވެސް ނޭނގެއެވެ. އެފަދަކަމެއް ޔީޝާއަށް ދިމާވެއްޖެ ނަމަ މުޅި ރަށަށް ފަލީހަތް ވާނެއެވެ. މަންމަމެންގެ އަގުވެސް ވެއްޓޭނެއެވެ. ދާނިޝްވެސް އޭނާ ދޫކޮއްލާނެއެވެ.

އަޒާންގެ ސަބަބުން ޔީޝާއާ ދަނީޝްގެ ދެމެދު އޮތް ގުޅުން ކިލަނބު ވެދާނެތީ ޔީޝާ ބިރުގަންނަނީއެވެ. ދާނިޝް ޔީޝާގެ ބަސް ގަބޫލު ކުރާނެކަން އޭނާއަށް ޔަގީންވިކަމުގައި ވިޔަސް މިރޭ ދާނިޝް ރުޅިއައުމުން ޔީޝާ ދެރަވިއެވެ.

ޔީޝާއެކޭ އެއްފަދައިން ދާނިޝް އަށްވެސް އޮތީ ނުނިދިފައެވެ. އެނދުގެ ފަޑީގައި ބުރަކަށި ޖައްސާލައިގެން އޮތް އިރު އޭނާއަށް އިރުއިރުކޮޅާ އަތް މުއްކަވާލެވެއެވެ. ދާނިޝް އޭނާއަށް ވާހުރިހާ ކަމެއް ޔީޝާއަށް ހިއްސާ ކުރަމުން ދާއިރުވެސް ޔީޝާ އޭނާއަށް ކަންކަން ސިއްރުކުރާތީ ދާނިޝްގެ ހިތުގައި ޝަކުވާ އުފެދުނެވެ. ޔީޝާއާ ރައްޓެހިވިފަހުން އެފަދަ ކަމެއް ދިމާވި ފުރަތަަ ފަހަރުކަމުން ދާނިޝް ޔީޝާއަށް މާފްުކުރާނެއެވެ. ނަމަވެސް ޔީޝާ އަމިއްލައަށް ވާހަކަ ދައްކަން އައުމުން ނޫނީ ދާނިޝް ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ.

އެސްފިޔަ ޖަހާލާހާ އަވަހަށް ދެދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. އެރޭގެ ހަމަނުޖެހުމަށްފަހު ޔީޝާއާ ދެމީހުން އަދިވެސް ވާހަކައެއް ނުދައްކައެވެ. ބޯމަތިވެފައި ހުރި އެސައިމެންޓުތަށް ނިންމަން އުޅުމުން ދާނިޝްއާ ވަހަކަ ދައްކާލާނެ ފުރުސަތެއްވެސް ނުލިބުނީއެވެ. އެހެންޔާމުން ހެނދުނު އިރުއަރާތަނުން މެސެޖު ކުރާ ދާނިޝްވެސް މެސެޖެއް ނުކުރެއެވެ. ދާނިޝް އަދިވެސް އެހުންނަނީ އެކަމާ ރުޅިއައިސްކަން ޔީޝާއަށް އެނގެޔެވެ.

ރޭގަނޑެވެ. ދާނިޝް ނަމާދުން އަންނާނެ އިރަކަށް އިންތިޒާރުގައި ޔީޝާ އޮތީ ޖޯލިފަތީގައެވެ. ސަލާމްދިން އަޑު އިވުމާއެކު އިރު އިރުކޮޅާ ދާނިޝް އާދޭތޯ މަގުގެކޮޅަށް ބަލާލެވެއެވެ.

ގެއާދިމާއަށް ހިނގަމުން ދިޔަ ދާނިޝްއަށް ޖޯލިފަތި ކައިރީ ކޮޅަށް ހުރި ޔީޝާ ފެނުނެވެ. ނަމަވެސް މަޑުކުރުމެއްނެތި ދާނިޝް ހިނގާގަތީ ދޮރާއްޓާ ދިމާއަށެވެ. ޔީޝާ ކައިރީ މަޑުކުރާކަށް ދާނިޝް ނޫޅެއެވެ. ނަހުވާންވެސް މޫނަށް ވައްތަރެއް ޖައްސާލަމުން ދެމީހުނަށް ބަލާލިއެވެ. ނަމަވެސް އަނގައިން ނުބުނީ ރައްޓެހިވެގެން އުޅޭ ދެމީހުން ދޭތެރޭ ޖެހޭ މައްސަލަ ތަކުގެތެރެއަށް ނުވަންނަންވެގެނެވެ. ދާނިޝްއަށް ވުރެ ކުރިން ނަހުވާން އެތެރެއަށް ވަނެވެ.

“ދާނިޝް” ޔީޝާގެ އަޑު އިވުމުން ދާނިޝް މަޑުކުރަން ބޭނުންވިއެވެ. ނަމަވެސް އޭނާގެ ހިތް އެކަމަށް ހުރަސް އަޅަން ފެށުމުން މަޑުނުކޮށް ކުރިއަށް ދިޔައެވެ.

“ދާނިޝް މަޑުކޮއްބަލަ” މުލައްދަނޑީގައި ޔީޝާގެ ފިނި އަތްތިލައިން ހިފާލުމުން ދާނިޝްއަށް ހުއްޓެން މަޖުބޫރުވިއެވެ.

“އަހަރެން ވާހަކައެއް ދައްކާލަން ބޭނުން.. މިރޭ ބިޒީތަ؟” ޔީޝާ އެހެން އެހުމުން ދާނިޝް މަގުގެ ދެފަރާތް ބަލާލާފައި އެރަށު ފުއްޓަރަށް ދެވެން އޮންނަ މަގާ ދިމާއަށް ހިނގާގަތެވެ. ޔީޝާވެސް ދާނިޝްއާ އެއްހަމައެއްގައި ހުރެ ހިނގަމުން ދިޔައެވެ.

ފުއްޓަރާ ކައިރި ވަރަކަށް ބޮޑެތި ރާޅުތަށް އެއްގަމަށް ބިންދަމުން ދާ އަޑު ގަދަވަމުން ދިޔައެވެ. ރެއަކީ ކަޅުފޮއެ ރެއެއްނަމަވެސް އެހިސާބުގައި ދިއްލާފައި ހުރި ބޮކީގެ ފަނޑު އަލިކަމެއް މުޅި ހިސާބަށްވަނީ ވެރިވެފައެވެ. ހަވީރުފިންޏަށް ނުކުމެ އުޅޭ މީހުން އިށީންނަން ހަދާފައި ހުރި ބުރުތަކުން ބުރެއްގައި ދާނިޝް އިށީނުމުން ޔީޝާވެސް އައިސް އިށީނެވެ. 15 ވަރަކަށް މިނެޓު ވަންދެން ދެމީހުުން ވާހަކަ ނުދައްކާ ތިއްބެވެ. ޖެހެމުން ދިޔަ ފިނި ވައިރޯޅީގެ ސަބަބުން ޔީޝާ ހީގަންނަ ގޮތްވިއެވެ. މިހާރު ނޭފަތުގެ ކޮޅުވެސް އޮތީ ރަތްވެފައެވެ.

“ދާނިޝް އަހަންނަކަށް މާފެއް ނުކުރާނަންތަ؟” ތަނަށް ވެރިވެފައި އޮތް ހަމަހިމޭން ކަން ނަގާލީ ޔީޝާއެވެ.

“ކޮން ކަމަކަށް؟” ދުރު ބަލަމުން ދާނިޝް އަހާލިއެވެ.

“އަހަންނަށް އެނގޭ ދާނިޝް ތިހުރީ އަހަރެން ކަންތަށް ކުރިގޮތުން ހިތްހަމަ ނުޖެހިފަކަން.. އަހަރެން އެވަގުތު އެގޮތަށް ކަންތަށް ކުރެވުނީ އެންމެ ރަނގަޅަށް ނޫންކަންވެސް އަހަންނަށް އެނގޭ” ޔީޝާ ދާނިޝްގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“އަހަރެން ޔީޝާދެކެ ރުޅިއަކުން ނޫން މިހުރީ.. އެކަމު ޔީޝް އަހަންނަށް ކަންތަށް ޝެއާ ނުކުރާތީ ވަރަށް ދެރަވެފަ މި  ހުރީ.. ޔީޝް އަހަންނަށް ޓްރަސްޓު ނުކުރާކަން އަހަންނަށް މިހާރު އެނގޭ” ދާނިޝް ޔީޝާގެ އަތް ދުރު ކޮއްލަމުން ކޮޅަށް ތެދުވެ ރާޅު ބީއްސާ ހިސާބަށް ޖެހިލިއެވެ.

“ސޮރީ ދާނިޝް.. އަހަރެން ދާނިޝްއަށް އިތުބާރު ނުކުރާތީކީ ނޫން.. އެކަމު އެރޭ އަހަރެން މާ ހާސްވެފަ ހުރީމަ ބޭނުންވީ އެކަނި ވެލަން..” ދާނިޝް ފަހަތުން ހިނގާގަންނަމުން ޔީޝާ ބުނެލިއެވެ.

“ޔީޝްއަށް އެނގޭތަ އެރޭ އަހަރެން ހާސްވެފަ ހުރި ވަރު.. ވީގޮތެއްނުބުނެ ޔީޝް ދިޔައީމަ އަހަންނަށް އެރޭ ހަމަ ނިދިވެސް ނުލިބުނު..” ޔީޝާއާ ކުރިމަތިލަމުން ދާނިޝް އެހެން ބުނުމުން ޔީޝާ ކުއްވެރިއެއްހެން އިސްޖަހާލިއެވެ.

“ދެން ބުނެބަލަ.. ކާކު ޔީޝްގެ މޫނުމަތީ ޖެހީ؟ އެރޭ ކިހިނެއްތަ ވީ؟” ޔީޝާގެ މޫނުގައި ދެއަތުން ހިފާލަމުން ދާނިޝް އެހިއެވެ. ދާނިޝް އޭނާދެކެ ރުޅި ނާންނަކަން އެނގުމުން ޔީޝާގެ ހިތަށް ހަމަޖެހުން ލިބުނެވެ. އަަދި އެރޭ އަޒާން ކަންތަށް ކުރިގޮތް ތަފްސީލުކޮށް ދާނިޝްއަށް ކިޔައިދިނެވެ.

“ތިވަރު ކަމެއްވީރު ޔީޝް އަހަަރެން ކައިރީ އަވަހަށް ބުނަން ވާނެއްނު.. އަހަންނަށް އޭރުވެސް ޝައްކުވިޔޭ އަޒާންގެ ކަންތަށް ހުންނަ ގޮތުން.. ޔީޝް މީގެ ފަހުން އަޒާންއާ ވާހަކަ ނުދައްކާތި.. ރޭގަނޑު އެކަނިި ބޭރަށްވެސް ނުދާތި.. އަފާ އަންނަންދެން ޔީޝް ކޮލެޖަށް ގެންގޮސްދީ ބަލައިވެސް ދާނީ އަހަރެން.. އޯކޭ؟” ޔީޝާގެނެސް ގާތް ކޮއްލަމުން ދާނިޝް ބުނެލިއެވެ. ޔީޝާވެސް ބޯޖަހާލަމުން ދާނިޝްގެ މެދުހަށީގައި ބައްދާލިއެވެ.

“މީގެ ފަހުން އަހަންނަށް އެއްވެސް ކަމެއް ސިއްރު ނުކުރާތި އިނގޭ.. ޔީޝްއަށް ކަމެއް ވެއްޖެއްޔާ އަހަރެން ދެރަވާނެ ވަރު ޔީޝްއަށް އެނގޭނުން” ދާނިޝް އެހެން ބުނެފައި ޔީޝާގެ އަތުގައި ހިފާލިއެވެ. އަދި ގެއާ ދިމާއަށް ހިނގާގަތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dheem&Eekku

Level 410 Stories100 Login500 Login

Other Articles

Previous

ލޯބިވެރިޔެއް ތިނޫނީ މަށެއް ނޭދެމޭ 5

Next

ނޭދެމޭ ވަކިވުމެއް 50

Next
March 20, 2021

ނޭދެމޭ ވަކިވުމެއް 50

Previews
March 19, 2021

ލޯބިވެރިޔެއް ތިނޫނީ މަށެއް ނޭދެމޭ 5

One Comment

  1. shambbx says:
    March 21, 2021 at 6:05 pm

    this is so epic varah salhi mi vaahaka thah mi story genesfa inn goii ehvana eyh bunaany sham mi vaahaka kiyaa hithun meege nibey hama ah dhaane vaguthakah mi wait kurany

Comments are closed.

Next Episodeބަދު ނަސީބުގެ ހިޔަނި އެޅުމުން (18)←


All Right Reserved!