Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ހިރާސް 18

Annora Level 610 Stories100 Login100 Comments100 Stories
March 18, 2021 13 Mins Read
2 Comments

ލަވާލްގެންގޮސް ތުއްތު ކުއްޖާ އައްޒާމްގެ އަތައް ލައްވާލަ ދިންވަގުތު ވަގުތު އައްޒާމްއަށް ލޯބިން ފުރިގެންވާފަދަ ނަޒަރަކުން އެތުއްތު ކުއްޖާއަށް ބަލައިލެވުނެވެ. “ބޭބޭ ނަމެއް ހޯދާފަތަ އޮންނާނީ ކުރިން…” ޔާސިރް އަހައިލުމުން އައްޒާމް ބޯޖަހައިލިއެވެ.  “..އަލާނިޔަލް.. ދަރިފުޅާ އިޒާން ..ދަރިފުޅުގެ ކޮއްކޮ ..ބަލާ..އަލާނިޔަލް.” ޔާސިރުގެ އުރުގައިން އިޒާންގެ ކޯތާފަތައް ބޮސްދިނުމަށްފަހު، މަޑު މަޑުން އަތުގައިވާ ތުއްތުކުއްޖާގެ މޫނުކޮޅުގައި ހިފާލަމުން އައްޒާމް ބުނެލިއެވެ.

***

” ޒާން ..ބަލާ ..ދޫނިޔަށް ނިއު ބޭބީ ކޮއްކި އެއް ލިބުނީ …” ޔާސިރުގެ އަތުން އިޒާން ނަގަމުން ޔަމްހާ ލޯބިން ފުރިގެންވިފަދައިން އިޒާންގެ ގައިގާ ބައްދާލަމުން އިޒާންގެ ބަނޑުކޮއްޓާލިއެވެ. ހިނގަނޑެއް ޖަހާލަމުން އޭނާގެ ތުއްތު ބަހުރުވައިން އެއްޗިސްތަކެއް ޔަމްހާއާއި ދިމާލަށް ކިޔާލިއެވެ. ޔަމްހާއަށް މަޖާވެގެން އަނެއްކާވެސް އެހެން ހަދާލުމުން އިޒާން ހަމަ އެގޮތައް އެއްޗިސްތަކެއް ކިޔާލިއެވެ. އެއާއެކު އެންމެންގެ ހުނުމުގެ އަޑު ގޭގައި ހަރުލިއެވެ. އެމަންޒަރު ކުޑަ ދޮރުން ބަލަންހުރި ކެރާގެ ދެލޮލުން އަލިފާންކަނި ބުރައިލިއެވެ. ” މިއަދު އުފަލުން ހީލާ..އެކަމު ތީގެ ތެރެއިން އެކަކަށްވެސް އުފަލަކުން ނޫޅެވޭނެ މާގިނަ ދުވަހަކު … އަހަރެން ހުއްޓާލާނީ ބަދަލްހިފާފަ…ޔެސީ..ޔޫ އާ މައިން” ބޮޑުވަމުން އަންނަ ލަވާލް ގެ ބަޑަށް ބަލާލަމުން ކެރާ އޭނާގެވިހަ ހިނިތުންވުމާއެކު ބުނެލިއެވެ. އިސާހިތަކު ވިދުވަރެއްހާ ހަލުވިކޮން އޭނާ އައިބްވިއެވެ.

***

ދުވަސްތައް މާޒީ އާއި އެކުވަމުން ގޮސް ލަވާލްގެ ބަޑައް ނުވަމަސް ވެއްޖެއެވެ. އޭނާ ފެންނާނީ ނުހަނު ބަރުހެލިކޮންނެވެ. މާބަނޑުވުމުން އެ މޫނައް ކުޑަ ފުއްކަމެއްވަނީ ވެރިވެފައެވެ.

ނަމަވެސް ލަވާލް މާބަނޑުވުމުން އެހެންކަހަލަ ގޮތެއްވާންފެށިއެވެ. މޭދަށުން ފޮޅުތަކެއް ނަގާ ދަށްބަނޑު ކަހަންފެށީ އިންތިހާއަށެވެ. ނަމަވެސް ޔާސިރުއަށް އެކަމުގެ އަސްލު އިނގޭތީ އޭނާ އަމިއްލަ ބޭހެއް ތައްޔާރުކޮށްގެން ލަވާލްއަށް ބޯންދިނެވެ.  ފޮޅުތައް ރަނގަޅުވިނަމަވެސް ކެހުމަކަށް ބަދަލެއްނައެވެ. އެކަން ރަނގަޅުވާނީ ވިހެއުމުންކަން ޔާސިރުއަށް އިނގެއެވެ. ލަވާލް އަށް ވެސް ހަގީގަތް އިނގޭތީ މާބޮޑުކަމަކަށް ނުހަދައެވެ.

 

ލަވާލް އިނީ ސިޓިންގްރޫމުގައި އިޒާން އާއި އަލާނިޔަލް ގޮވައިގެންނެވެ. މިއަދަކީ އިޒާން އަށް ދެއަހަރު ފުރޭ ދުވަސްކަމުން ކުޑަ ޕާޓީއެއް ބޭއްވުމަށް ޔާސިރްއާއި އައްޒާމްއަދި އެމީހުންގެ ދެތިން ރަހްމަތްތެރިން ދިޔައީ  ގޭތެރެ ޒީނެތްތެރިކުރަމުންނެވެ. ޔަމްހާ ވެސް ލަވާލް އަށް ޖޫސްތައްޓެއް ގިރާލައިގެން އައިސް ބޯންދޭން އުޅުނެވެ. އެއީ ޔަމްހާގެ އާދައެވެ. އަބަދުވެސް ކޮންމެވެސް ކަހަލަ ކާއެއްޗެއް ކާންދޭނެއެވެ. ނޫނީ ތަންތަން މަސާޖުކޮށްދީ ހަދާނެއެވެ. ޔަމްހާ އުޅޭގޮތުން ލަވާލް ، ސެވީނާގެ މަތިން ހަނދާންވެ ރޮވެއެވެ. އެފަދަކޮންމެވަގުތެއްގައި ޔާސިރު އޭނާގެ ގާތުގައި ހޭހަން ކުރަން ހުރެއެވެ. ޔާސިރްފަދަ އޯގާތެރި ލޯބިވެތި ފިރިޔެއް ލިބުމުން ލަވާލް އެކަމާއި އަބަދުވެސް ހެއްދެވި ފަރާތައް ސުކުރު ކުރެއެވެ. ޔާސިރް ޑިއުޓީގައި ނޫޅޭ ގަޑިއެއްވެއްޖެންމަ އަބަދުވެސް ވާނީ ލަޥާލް އާއި އެކުގައެވެ.

ނުވަމަހުގެ އަލާނިޔަލް އުރާލަމުން ތެދުވަންނަން އުޅެނިކޮން ލަވާލްގެ ބަޑަށް ތޫނު ތަދެއް އެރިއެވެ. ” މަންމާ …އާހް”  ލަވާލް މަޑުމަޑުން ސޯފާގައި އިއްތާލިއިރު ވާ ތަދުން ކެތްނުވިއެވެ. ލަވާލްގެ އަޑައް ޔާސިރު ވިދާލި ވިދުވަރެއްހެން އައެވެ. އޭރު ލަވާލްގެ ބަޑުގައި އަޅަމުންދާ ވޭނައް ކެތްނުވެގެން ތެޅެމުން ދިޔައެވެ. ޑޮކްޓަރުންނަމަވެސް ޔާސިރުއާއި އައްޒާމްހުރީ ނުހަނު ހާސްވެފައެވެ. ނަމަވެސް ޔާސިރް އެމްބިއުލޭންސްއަށް ގުޅިއެވެ. އަދި ގޭތެރެއިން ދެވެން ހުރި ފަރުވާ ދޭންފެށިއެވެ.

ޔަމްހާއައިސް އެމްބިއުލޭންސް އައިސްފި ކަމަށް ބުނުމުން ޔާސިރު ، ލަވާލް އޭނާގެ އަތްދަނޑިމައްޗައް ލައިގެން ގެންގޮސް ސްޓްރެޗާގައި ބާއްވައިލިއެވެ. ލަވާލް ކެތްނުވެގެން އޭރުވެސް ތެޅެމުން ދިޔައެވެ.

ޒެންޓްރެސް ހޮސްޕިޓަލްގެ ވިއްސާ ކޮޓަރިޔަކަށް ލަވާލް ވެއްދުނެވެ. އައްޒާމް ވެސް ހާސްނުވުމަށް ބުނެ ޔަމްހާއަށް އަށް ގުޅާލީ އިޒާންއާއި އަލާނިޔަލްގެ ހާލު ބަލާލަންވެގެންނެވެ.

ޔާސިރު ވިއްސާކޮޓަރި ބޭރުގައި މަޑުކޮށްގެން ހުރި އެހިސާބުގައިވެސް ވަނީ އޭނާ އެކަންޏެވެ. އޭނާ ޖެހިގެން ހުރި  ކޮޓަރިން އެހިނދު ކޮންމެވެސް މީހަކު ނުކުތެވެ. ބަލައިލި އިރު ފިރިހެނެކެވެ. އޭނާގެ އަތުގައި ހުސްފުޅިއެއް އޮތެވެ. ކޮންމެވެސް މީހަކަށް ގުޅައިގެން ހުރިއިރު އެމޫނުމަތީގައިވި ހާސްކަން ޔާސިރްއަކަށް ސިއްރެއް ނުވިއެވެ.

“އަހަރެން އަތުގައި ލާރި ވެސް ފުދޭވަރަކަށް މަދުން ހުރީ ..އެކަމަކު އޭނާ ނުވާނެ ދޯ އެހެންހަދާކަށް..އަންހެނުން ވިހޭ ދެންމެ އެ… އެއްމާބަނޑު ދެ ފިރިހެންކުދިން..” އޭނާ އެއްފަރާތެއްގައި ހުރި ޑަސްޓްބިން އަށް އަތުގައި އޮތް ފުޅި ލަމުން އެއް އަރިމަތީގައި ޖަހާފައިވާ ގޮނޑިތަކުން ގޮނޑިއެއްގައި ޖައްސާލިއެވެ.

” އާނ.. ކީކޭ ބުނާނީ…ނުވާނެ އެންނު ގެއިން ނެރޭކަށް ..އަހަރެމެން އެއްވެސް ކުށެއް ނުކުރަން…އޭނާ ބުނަނީ އަހަރެންގެ ނަންމައްޗަށް މާލޭގައި ހުރި ގޯތި މަންމަ ރަޖިސްޓްރީ ކުރުމުން ދެން މިތާގަ ހުންނާނެކަމެއް ނެތޭ.. އަހަރެންގެ ކޯސް ވެސް ނުނިމެ …އެއްބަޑު ބޭބެ އަށްވެ ހުރެ އޭނާ އަޅެ ކިހިނެތް އެކަންތައް ކުރީ… ” އޭނާ ވާހަކަ ދައްކަމުންދިޔައިރު ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލިއެވެ. ދިވެހިން ވާހަކަ ދެއްކުމުން އޭނާއަކީ ދިވެއްސެއް ކަން ޔާސިރް އަށް އިނގުނެވެ.. އޭނަގެ ވާހަކަތައް އަޑުއިވިފައި ޔާސިރު ދެރަވިއެވެ. އޭނާއާއި ވާހަކަ ދައްކާލާނަމޭ ހިތާއޭނާގެ ކައިރިޔައް ދިޔައެވެ.

“އަންހެނުން ވިހައިގެންތަ” ޔާސިރު އޭނާގާތު އިށީންނަމުން ބުނެލިއެވެ. މީހަކު ދިވެހިން އޭނާއާއި ވާހަކަ ދެއްކުމުން އިސް އުފުލައިބަލައިލިއެވެ.. ހިތްހެޔޮގޮތަކަށް ހިނިތުންވެލައިފައި އޭނާ ބޯޖަހައިލިއެވެ. “އަހަރެން އަންހެނުންވެސް ވިހަން ވައްދާފަ.. ދެންމެ އަނެއްކާ ނަރުހަކު ނުކުމެފައި ބުނެފި ސިޒޭރިއަން އޭ ހަދަން ޖެހޭނީ…އަހަންނަށް ޔާސިރު ކިޔަނީ…ކޮންނަމެއް ކިޔަނީ” ޔާސިރު ހިނިތުންވެލަމުން ބުނެލިއެވެ. ” އެހެންތަ …އަހަރެންގެ އަންހެނުން ވެސް ސިޒޭރިއަން ހެދީ..ޓްވިންސްއެއް…ޒުހޫރު ކިޔަނީ” ޒުހޫރު ބުނެލިއެވެ. ދެމީހުން ވާހަކަ ދައްކަމުން އިސާހިތަކު އެކުވެރިވިއެވެ. އެތައް ވާހަކަ އެއް ދެއްކިއެވެ. އެމީހުން ވާހަކަ ދައްކަނިކޮން އައްޒާމް ވެސް އައެވެ. އައްޒާމްއާއި ވެސް ޒުހޫރު އެކުވެރިވިއެވެ.

“ކޮންތާކު ހުންނަނީ ޒުހޫރު” ޔާސިރުގެ ސުޥާލާއިއެކު ޒުހޫރުގެ މޫނުގެ ކުލަ ބަދަލުވިއެވެ. މޮޅިވެރިކަން އެމޫނު ވަށައިލިއެވެ. “އަހަރެން އަންހެނުންނާއި އެކު މިކޮޅައް އައީ އަހަރެންނަށް ކޯސް ލިބުމުން .. މިކޮޅުގަ ހުރީ …އެއްބަނޑު އެއްބަފާ  ބޭބެ ތައިމޫރު ގެ ގޭގަ…އޭނާ އަހަންނާއި އަހަރެންގެ އަންހެނުން ކުލްސޫމާ ނެރެލީ .. އެވެސް އަންހެނުން ބަނޑުގަ ރިހިރިހި އިންދާ..މަންމަ އަހަރެންގެ ނަންމައްޗައް މާލޭގަ ހުންނަ ގޭ ރަޖިސްޓްރީ ކުރީމަ.. އޭނާ އެގޭ ހުރިތާގަ ހޮސްޕިޓަލެއްހަދަންވެގެންނޯ.. އަހރެންގެ މަންމަ ހުންނާނެ މިކޮޅުގަ ވެސް ގެޔެއް.. މިކޮޅުގަ ހުރި ގޭ އޭނާއަށް ދިނީވެސް.. އެކަމު ވެސް ހިތް ނުފުރިގެން ކަންނޭނގެ ..މިކޮޅުގަ ހުރިތަނުގަ އޭނާ ބޭނުން ގޮތެއް ހަމަ ހެދޭނެ ދޯ..އަނެއްކާ ބީރައްޓެހި ތަނަކަށް އެކަނިން އަހަރެމެން ދޫކޮށްލީ އޭނާ އެ…” ޒުހޫރު ކިޔައިދިނެވެ. އެރު އޭނާގެ ދެލޮލުން ވަނީ ކަރުނައައިސްފައެވެ.

މިޒަމާނުގައި ނުލަފާ މީހުންވެސް އުޅޭތާއޭ ޔާސިރުގެ ހިތައް އެރި އެވެ. އެމީހުންގެ ވާހަކަ އަހަން ހުރި އައްޒާމް ވެސް އައިސް އިށީނެވެ. ” އަހަރެމެންގެޔަށް ބަދަލުވާން ވީނު…ކޯސް ނިއްމާފައި ރަށައް ދެވޭނެއޭރުން.. ކިތަންމެ ދުވަހެއް ވަންދެން ހުއްޓަސް އަހަރެން ނުނަގާން ރުފިޔާއެއް …” އައްޒާމް ބުނެލި އެއްޗަކުން ޒުހޫރުގެ މޫނައް އުފާވެރިކަން ވަނެވެ. ނަމަވެސް އޭނާގެ  ބޭބެ ތައިމޫރު ހެދި ގޮތްމަތިން ހަނދާން ވެގެން ފަސްޖެހޭގޮތްވިއެވެ. މިއަދި ހިލޭ ބައެކެވެ. އެއްބަޑު އެއްބަފާ ބޭބެ ހަދާލިގޮތް އޭނާގެ ހިތަކުން ފިލާގެނެއްނުދާނެއެވެ.

” ކަމޯން …އަހަރެމެންނަކީ މުސްލިމުން އެކަކު އަނެކަކަށް އެހީވާން ދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައި ވަނީ…ގެޔައް ދޫކޮށްލީމަ ދާނީ އަހަރެމެންގެޔަށް…” ޔާސިރު ، ޒުހޫރުގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“މާތް ﷲ ޔާސިރު އަދި އައްޒާމްގެ މުދަލުގައި ބަރަކާތް ލައްވާށި..” ޒުހޫރު ވަރަށް އުފަލާއި އެކު އެއްބަސް ވީ އެތަކެއް ފަހަރު އެދެބެންނަށް ސުކުރު އަދާކުރުމަށްފަހުއެވެ.

ތިން މީހުން ވާހަކައިގައި ތިއްބައި ނަރުސް ކުއްޖާ ކޮޓަރިން ބޭރަށް ނުކުމެ ޔާސިރުއަށް ގޮވައިލިއެވެ. ” ޕޭޝެންޓް ވިހައިފި… ބޯއި އެއް.. އަދި އިރުކޮޅެއް ވާނެ ނެރެލަން… ބޭބީގެ ސާމާނުތައް ބޭނުންވޭ ..” ނަރުސް ހަމަ ބުނެލުމާއެކު ޔާސިރު އަތުގައި އިން ވަށިގަނޑު ހަވާލްކޮށްލިއެވެ. ” އަލްހަމްދުލިﷲ” ޔާސިރުގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. އަންހެންކުއްޖަކަށް ނުވީތީ އޭނާއަށް ހަމަޖެހުމެއްލިބުނެވެ. އަންހެންކުއްޖެއް ކިތަންމެ ބޭނުންވިޔަސް ކެރާގެ ސަބަބުން އޭނާއަށް ވަނީ އެކަމާއި ވިސްނަންޖެހިފައެވެ.

އިރުގަނޑެއްފަހުން ނަރުސްކުއްޖާ ނުކުމެ  ތުއްތު ދަރިފުޅު ފޮތިކޮޅަކަށްލާ ނިވާކޮށްލައިގެން ގެނެސް ޔާސިރްގެ އަތުތެރެއަށް ލައިދިންވަގުތު އެކުރެވުނު އިހްސާސަކީ އޭނައަށް ދުލަކުން ގަލަމަކުން ބަޔާންކޮށްދެވޭނެ ފަދަ އިހްސާސް އެއްނޫނެވެ. އުފާވެރިކަމުގެ ކަރުތައް އެލޮލުން ފާޅުވެފައިވަނީ އިންތިހާ އަށެވެ. ޔާސިރުގެ ލޮލުގެ މިޔަކަނުން އުފަވެރިކަމުގެ ސައިލާބެއް އޮހެލިއެވެ.

ޔާސިރުއަށް ތުއްތު ދަރިފުޅު ވައްތައްރުވީ ލަވާލްއާއެވެ. ލަވާލްގެ ހުދުދޮންކަމާއި  މުށިކުލައިގެ ކަޅިއެވެ. ފަންފަން އިސްތަށިކޮޅުގައި ޔާސިރުގެ އަތްބީއްސާލި ވަގުތު އެރަތް ތުންކޮޅު ދަމާލަމުން ލޯބިކޮތަކަށް ހީލުމުން ޔާސިރުއަށް ވެސް ހެވުނެވެ. ” ކޮބާ ކިޔާނެ ނަމެއް ކަނޑައެޅިންތަ” އައްޒާމް ބުނެލުމުން ޔާސިރު ބޯޖަހައިލިއެވެ. ” ޔަޒަކް” އައްޒަމްއެކޭ އެއްފަދައިން ޒުހޫރު ވެސް އެނަން ރިތިކަމައް ބުނެލިއެވެ. އެދުވަހު ޒުހޫރުމެން ދޫކޮށްލުމުން އައްޒާމްމެންގެޔައް ބަދަލްވިއެވެ. އެމީހުންނަށް އައްޒާމް ވަނީ އެގޭގެ ފަސްވަނަ ފަންގިފިލާ ބޭނުންދުވަހެއްވަންދެން އުޅެންދީފައެވެ.

އޭގެ ދެތިން ދުވަސްފަހު ލަވާލް ވެސް ދޫކޮށްލި އެވެ.

ދޫކޮށްލި ދުވަހުގެ  ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ޔަޒަކްއާއި ލަވާލްއަށް ނިދިފައި އޮތުމުން ޔާސިރް ފާހާނާއަށް ވަދެލީ ފެންވަރާލުމުގެ ބޭނުމުގައެވެ. އޭނާއަށް ސިހުމެއް ލިބުނީ މޫނު ދޮންނަ ތަށި މަތީގައި ބާއްވައިލާފައިވި ކަރުދާސްކޮޅެއް ފެނިއެވެ. “ޔެސީ..ޔެސީ.ޔެސީ..މިފަހަރު ފިރިހެން ދަރިއެއް ދޯ…. އަހަރެން އިންތިޒާރު ކުރާނަން ޔެސީގެ އަންހެން ދަރިއަކަށް …އަހަރުމެން ނަސްލުގެ…އެއީކަލޭގެ  ބަރުބާދީގެ ފެށުން ކަމަށް ހީކޮށްލާ….އަހަރެންނަށް ދެރަ ދީފަ އެހެން އަންހެނަކާއި އިނުމުގެ ހިތި ދައްކާނަން ..ކެރާ” އެ ކަރުދާސް ކޮޅު ކިޔާ ނިމުނުއިރު އޭނާގެދެއަތް މުއްކަވާލެވުނެވެ. “އަހަރެންނަކަށް ގަބޫލެއް ނުކުރެވޭ  ކެރާ އާއި ނުއިނުން އެއީ ކެރާއަށް ދެވުން އަނިޔާއެއް ކަމަކަށް ..އަހަރެން ކިހިނެތް ލޯބިނުވާ މީހަކާއި އިންނާނީ..ކެރާ ދެކެ އަހަރެން ކުޑަކޮންވެސް ލޯތްބެއް ނުވޭ… އަހަރެން މަންމަ މަރާލައިފަ ކެރާ ތިހުންނަނީ..އަހަންނަށް ހީވަނީ އަހަރެން ކަންނޭގެ ކެރާގެ ފަރާތުން ބަދަލް ހިފަން ވީ….ހަނދާންކުރާތި ކެރާ ..އަހަރެން މަންމަ މަރާލީމަ އޭގެ ބަދަލް އަހަރެން ހިފާނަން..ބައްޕަ އަށް އެހެންހަދާފަ ޒިރާސްއަކަށް ވެސްއެހެންނެއް ނުހުރެވޭނެ ހަމަޖެހިލާގެނެއް..ބަދަލްހިފާނަން   ..އިންޝާﷲ …ބަދަލްހިފާނަން ” އަމިއްލަ ނަފްސަށް އިވޭވަރަށް ޔާސިރު ވާހަކަ ދެއްކިއެވެ. ނަމަވެސް ހިތުގައި ވަނީ ބިރުވެރިކަން އުފެދިފައިވެ.

އެވަގުތު ޔާސިރުގެ ސިކުނޑިގައި މީގެ އެނބުރިގަތީ މީގެ ކުޑައިރުކޮޅާކު އޭނާގެ ރަޙްމަތްތެރިޔެއް އައިސް ދިން ހަބަރެވެ.

….

“ޔެސީ ..ޔެސީ.. އިނގޭތަމާ ޔެސީއަށް މާ ހެޔޮއެދިގެން އެއުޅޭ މުސްކުޅިޔަކީ ކާކުކަން.. އެއީ ކެރާގެ ބައްޕަ..” ޔާސިރުގެ ރަހްމަތެރިޔާ މާއިސް ބުނެލިއެވެ. “އަހަރެންނަށް އިނގިއްޖެ އަހަރެއްހާ ދުވަސްކުރިން..” ޔާސިރު ބެލްކޮނީގެ ރެއިންގައި އަތްއަޅުވާލަމުންބުނެލިއެވެ.

“އެވާހަކަ އެއްނޫނޭ.. އޭނާއެއީ ހަމަ އެ ޒިރާސް… އަހަރެމެން ނަސްލުގެ އަނިޔާވެރި ވެރިޔާ..ޔާސިރުގެ ބައްޕަ ހަމްދޫން އަކީ އަހަރެމެންގެ ކުރީގެ ވެރިޔާ.. އެހާ ހިތްހެޔޮ އޯގާތެރި ވެރިއެއް އެއީ…އެ ނުބައި ޒިރާސް ޔާސިރުގެ ބައްޕަ ނުކުރާ ކުށެއްގައި ބައްދާ ޖަލަށް ލާފައި ވެރިކަމުން ދުރުކުރުވީ..އަދިވެސް ހަމްދޫންބެ އެހުރި ޖަލުގައި…. އެއީ ހަމަ އެ ޒިރާސް..އޭނާގެ ސިފަ ބަދަލްކޮށްގެން މުސްކުޅިއެއްގެ ސިފަ ޖެހިގެން މާހެޔޮއެދިގެން ޔާސިރްއާއި އަދި އައްޒާމްއާއި އަޅާލީ ކެރާ، ޔާސިރްދެކެ ލޯބިވާތީ ކެރާއަށް ޔާސިރް ހޯދާދޭން.. ނަމަވެސް ޔާސިރު ލަވާ އާއި ކައިވެނިކުރީ.. އެހެންވެ މިހާރު އޭނާ އެއުޅެނީ ޔާސިރުގެ ފަރާތުންބަދަލް ހިފަން.. މިހާރު އެނާ އެހުރީ ވެރިޔަކަށް …އަނިޔާވެރިކަން ހައްދުފަހަނަ އަޅާފަ ޒިރާސް ހުންނަނީ .. އެތާގައި ޔާސިރު ނޫޅޭތީ ނޭނގެނީ ..” މާއިސް ދައްކަމުންދިޔަ ވާހަކަ ތަކުން ޔާސިރު އަށް ބަލައިލެވުނެވެ.

“މާއިސް..އެކަމަކު އެ ޒިރާސް ތަ އެއީ ހަމަ..އަހަރެންގެ ބައްޕައަށް އަނިޔާވެރިވި ޒިރާސްތަ އެއީ..”

“މާއިސް.. އިނގޭތަ..އަހަރެމެންނަކަށް ނީނގޭ އަހަރެމެން ބައްޕަ ދުނިޔޭގައި ހުރިކަމެއް …ބޭބެ ވެސް އަހަރެން ވެސް ކުޑައިރު އެއީ ..މަންމަ ވެސް ޔަމްހާއަށް ބަޑުބޮޑުއިރު.. ޒިރާސް ގެ އަންހެނުން ސިފްރީނާ އާއި ބެހުނިއްޔޭ ކިޔާފައި ބައްޕަ ޖަލަށް ލީ .. ބައްޕަގެ ސިފަ ޖެހިގެން ސިފްރީނާގެ ކައިރީގައި އެރޭ އުޅުނީ ވެސް ޒިރާސް ކަމަށްވަނީ.. މަންމަގެ ދެލޮލުން އެހުރިހާކަމެއް ދުށީ…މަންމަ އަހަރެމެންނަށް ކިޔައިދިނީ … ވެރިކަމުގެ ދަހިވެތިކަމުގައި ބައްޕަގެބޮލުގައި ބަދުނާމު އަޅުވާފައި ބައްޕަ ޖަލަށް ލީ އަހަރެމެން ކުރިމަތީގައި އެހާ އިހާނެތިކޮން… ބައްޕަ ވެރިކަމުންވެސް ބޭރުކޮށްލީ އެތަކެއް އަނިޔާއެއް ދީފަ އެވެސް ބައްޕަގެ ކުށެއްނެތި.. ..އެދުވަހުގެ ފަހުން ބައްޕަ ނުދެކެން އަހަރެމެންނެއް.. އޭގެ ހަފްތާއެއްފަހުން ޒިރާސްގެ ފާރަވެރިއެއް އައިސް ބުނީ ބައްޕަ މަރުވިވާހަކަ.. އަދި އެ ސަހަރުގައި އަހަރެމެންނަށް ތިބެވެން ނެތްވާހަކަ …އަހަރުމެން އެ ސަހަރުން ވެސް ބޭރުކޮށްލީ ..އަހަރުމެން އެތާގައި ނޫޅުނިއްޔެއްނޫން ..އެތަނުންބޭރުކޮށްލީމަ އަހަރެމެންނަށް ނުތިބެވިގެން އައީ …އެހެންވެ މިތަނައް އައީ …” ޔާސިރުގެ ވާހަކަ ނިމުނުތަނާހެން އައްޒާމް ކައިރިގައި ހުރިތަން ފެނުނެވެ.

“މާއިސް ދެންމެ ތިބުނީ ހަމަތެދެއްތަ.. އަހަރެންމެންގެ ބައްޕަ މަރުނުވޭތަ.” އައްޒާމް އަވަސްއަވަހަސް އަހައިލިއިރު ކެތްތެރިކަން ކުޑަވެފައިވިވަރު އޭނާގެ މޫނުމަތިން ހާމަވެއެވެ.

“އާނ.. ޒިރާސް ދޮގު ހަދައިގެން އެއުޅެނީ.. އަހަރެން ގެ ބައްޕަ އެއީ ޒިރާސް ގެ އިސްފާރަވެރިއެއް ..އެކަމު އެމީހުންހާ ރަހުމް ކުޑައެއްނުވާނެ އަހަރެންގެ ބައްޕައެއް… އަހަރެންގެ ބައްޕަ އެއި ހަމްދޫނުބެ އޮތް ޖަލަށް ކޮންމެ ދުވަހަކު ކާން ގެންދާ މީހާ.. ޖެހުނު ނުރައްކާތެރި ބައްޔެއްގައި ބައްޕަ ނިޔާވުމުން މިހާރު އަހަރެން ބައްޕަގެ ޑިއުޓީ މިއަދާކުރަނީ.. މިބުނީ ހަމްދޫން ބެޔަށް ކާންގެންދަނީ މިހާރު އަހަރެންނޭ..” އިވިގެންދިޔަ ވާހަކަ ތަކުން އައްޒާމްއާއި ޔާސިރު ތިބީ ވަރުގަދަ ސޮކެއްގައެވެ.

“މާތްﷲ ގަންދީ ހުވާ ތެދު އެއީ.. އަހަރެން މިވާހަކަ ކުއްލިޔަކަށް މިބުނަން ޖެހުނީ ހަމްދޫނުބެ އެހެން ޖަލަކަށް ބަދަލްކުރަންއުޅޭ ހަބަރު އަހަންނަށް ލިބިފައިވާތީ، ދެން ހަމްދޫނުބެޔާ ބައްދަލު ނުވެދާނެތީ…” ދެރަވެލާފައި މާއިސް ބުނެލި ވާހަކައަކީ ހަގީގަތެއްކަން އެދެބެންނަށް ޔަގީންވިއެވެ.ހަމްދޫން އާއި ބައްދަލުކޮށްދޭން އައްޒާމްއާއި ޔާސިރު އާދޭހާއިއެކު އެދުނެވެ. ނަމަވެސް މާއިސް އަށް ވެސް އެ ނުރައްކާތެރި ނުބައި ނުލަފާ މީހުންނާއި ދެކޮޅަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށް އެނާ ބުނެލީ ދެރަވެލާފައެވެ. އެވާހަކަ ހުދު އައްޒާމާއި ޔާސިރަށް ވެސް ގަބޫލްކުރެވެއެވެ. ނަމަވެސް ހަމްދޫނު ހޯދުން އެދެބެން ހުއްޓާނުލާ ހޯދާނެއެވެ.  “އިންސާނުންގެ ތެރޭގައި އެހާ އާދައިގެ ގޮތަކަށް މުސްކުޅި ދެމަފިރިންނަށް ހެދިގެން ސިފަބަދަލްކޮށްގެން އަދި އެވެސް އަހަރެމެންނަށް ހެޔޮއެދިގެން އުޅުންއިރު އަހަންނަށް ހަމަ އެއްގޮތަކަށް ވެސް ނޭނގެ…އަހަރެންގެ މަންމަގެ ފުރާނަ ދުއްވާލީ ކެރާ..ބައްޕައަށް އެ ހާލު ޖެއްސީ ޒިރާސް އާއި ސިފްރީނާ…މިހާރު އެއުޅެނީ އަހަރެމެންގެ ދަރިންގެ ހަޔާތާ ކުޅެން..އަހަރެން ހުއްޓާލާނީ ރަނގަޅަށްވެސް ބަދަލް ހިފާފަ..” ޔާސިރު ވަނީ ރުޅީއައިސްގެން އަތުންފައިން ގޯސްހެދޭ ހިސާބުގައިއެވެ.

“އެ ޒިރާސް ކަން އަހަންނަށް ވެސް އިނގުނީ ކެރާގެ ހަގީގަތް އިނގުނު ދުވަހު އެތަނުން.. އޭރު އެވާހަކަ އަހަރެން ނުބުނެ އިހައް މަޑުކޮށްލީ އޭނާގެ ޕްލޭނަކީ ކޮބާކަން ނޭނގޭތީ އެހުރިހާ ކަމެއް ދެނެގަންނަން ވެގެން.. ޔެސީ.. ޔެސީ ހިތައް ނާރުވާތި އަނދިރީގަ ބަހައްޓަނީއޭ… އެ ވާހަކަ އެކަނި އަހަރެން ޔެސީއަށް ސިއްރުކުރީ ..މިހާރު އެކަންވެސް ތިއިނގުނީ ” ސަކުވާގެ ނަޒަރަކުން ޔާސިރު ބަލާލުމުން އަވަސްއަވަހަށް އައްޒާމް ޔާސިރުގެ އަތުގައި ހިފާލިއެވެ.

“ކެރާގެ އަމިއްލަ ދުލުން އިއުތިރާފް ވީ މަންމަ މަރާލިކަން .. އަހަރެންގެ މަންމައާއި ބައްޕަޔަށްއެހެންހަދާފަ ލާހިކެއްނޫން ކެރާ އާއި ޒިރާސް އާއި ސިފްރީނާ ސަލާމަތްވާކަށް.. ލަވާގެ މައިންބަފައިންވެސް މަރާލީ ކެރާ.. އަހަރެން އަހަރެންގެ ބައްޕަ ސަލާމަތް ކުރާނަން އަދި އެމިހުންގެ ފުށުން ބަދަލްވެސް ހިފާނަން…. ބަދަލް ހިފާނަން ..ބަދަލް ހިފާފަ ހުއްޓާލާނީ.. އަހަރެންގެ ދިރިއުޅުން ހަލާކު ކޮށްލާފަ އެހެނެއް ނުހުރެވޭނެ.” އައްޒާމްގެ އަޑުގައި ވެސްވަނީ ބަދަލް ހިފުމުގެ ޖޯޝެވެ. “އަހަރެން އެހީވާނަން އަހަރެންނަށް ވާ ވަރުގެ ކޮންމެ ކަމެއްގަ..” މާއިސްވެސް އައްޒާމްގެ ކޮނޑުގައި އަތްޖަހާލަމުން ޔާސިރުގެ އަތުގައި ހިފާލިއެވެ. އެދެބެން މާއިސްއަށް ބަލާލީ ސުކުރުވެރިކަމާއެކުއެވެ.

….

އެހިޔާލުގައި ހުރެ ފެންވަރާލައިގެން ނުކުންއިރު މީހާ ހުރީ ތަންކޮޅެއް ހަމަޖެހިލާފައެވެ.

 

ދުވަސްތައް މާޒީވަމުން ދިޔައީ އެއް ބަޔެއްގެ ހަޔާތް ރޯޝަންކުރުވާ އަނެއްބައެއްގެ ހަޔާތައް ޒަލްޒަލާތައް ގެންނަމުންނެވެ.

ޒުހޫރު ޢާއި ކުލްސޫމާގެ ދެބެން ޒައުލް އާއި ޒީހާން އާއެކު އައްޒާމް މެންގޭގައި އުޅެމުންދިޔައެވެ. އެގޮތުން ޔަމްހާ އަދި ލަވާލް އާ ކުލްސޫމާ ގާތް މިތުރުނަށް ވިއެވެ. އައްޒާމްއާއި ޔާސިރްއާއި ޒުހޫރު ހީވަނީ އެއްބަޑުއެއްބަފާ ތިންބެއިން ހެންނެވެ. އައްޒާމްއާއި ޔާސިރް ، ޒުހޫރުއާއި މެދު އެހާވެސް ބޮޑު ގުޅުމެއް އުފެދިގެންދިޔައެވެ.

އިޒާން އާއި އަލާނިޔަލް އާއި ޔަޒަކް އަދި ޒުހޫރު ޢާއި ކުލްސޫމާގެ ދެބެން ޒައުލް އާއި ޒީހާން ބޮޑުވަމުން އައީ އެކު އެކީގައެވެ. އުފަވެރިކަމާއި އެކުވެރިކަމާއެކު އެވެ.

އެގޮތުން އެފަސްކުދިންގެ މެދުގައިވެސް ވަރަށް ގާތް ގުޅުމެއް އުފެދިގެން ދިޔައެވެ.

ހާއްސަކޮން އިޒާންއާއި ޔަޒަކް އަދި ޒައުލް އެވެ . އެތިން ކުދިން “ބެސްޓް ފްރެންޑްސް” އަށް ވިއެވެ. އެކުގައި އުޅެމުންގޮސް ހުރިހާ ކުދިންވެސް ބޮޑުވާން ފަށައިފިއެވެ.

އިޒާން އަލާނިޔަލް ދެކެ ވެސް އިންތިހާ އަށް ލޯބިވެއެވެ. ހަމަ އެފަދައިން އަލާނިޔަލް ވެސް އިޒާންދެކެ އިންތިހާއަށް ލޯބިވެއެވެ. އެކަކު އަނެކަކާއި އެތައް ކަމެއް ހިއްސާކުރެއެވެ. އަލާނިޔަލްގެ ނަން ދިގުކަމުން ކިޔަން އުނދަގުލޭ ބުނެ އިޒާން މުހާތަބު ކުރަނީ “ޑިފީ”ގެ ނަމުންނެވެ. އިޒާންގެ ސަބަބުން އެހެންމީހުންނަށް ވެސް އަލާނިޔަލް އާއި އެނަމުން މުހާތަބު ކުރެވި އެ ނަންވަނީ ހަރުލާފައެވެ. އެދެބެން އެކަކު އަނެކަކު ދެކެވާ ލޯބި ފެނި އައްޒާމް ހުންނަނީ ނުހަނު އުފަލުންނެވެ.

**********

8 އަހަރުފަހުން

އެތައް ދުވަސްތަކެއް މަސްއަރުތަކަކަށްވެ މަސްއަރުތައް އަހަރުތަކަކަށް ބަދަލް ވެގެން ގޮސްފިއެވެ.

ކުލްސޫމާ، އެނާއާއި ޒުހޫރުގެ ތިންވަނަ ދަރިފުޅަށް ބަލިވެއިނެވެ. އެއާއުކު ގޭގެ އެންމެންނަށް އިތުރު އުފާވެރިކަމެއް ލިބުނެވެ. ދުވަސްފުރާ އޭނާ ވިހެއީ މިފަހަރުވެސް ފިރިހެން ކުއްޖެކެވެ. އެދަރިފުޅަށް އެމީހުން ކައިވަން ކިއެވެ. ކައިވަން ލިބުމާއެކު ހުރިހާ ކުދިވެރިން ކަމަކީ ކައިވަން އުރުމެވެ.

ޒުހޫރުމެން ދެމަފިރިންގެ ކައިވަން އަށް ނުވަ މަސްވީ ދުވަހު ޔާސިރުއާއި ލަވާލްއަށް ވެސް އުފާވެރި ހަބަރެއް  ލިބުނެވެ. ލަވާލް އަށް ދެވަނަ  ދަރިޔަކު ލިބެން އުޅެނީއެވެ. އުފާވިޔަސް އެންމެންގެ ހިތްތަކުގައި ނުތަނަވަސްކަން ވަނީ ވަށަލެވިފައެވެ. ޒުހޫރުއަށް ވެސް ޔާސިރްމެންގެ ހަގީގަތް އިނގެއެވެ. ނަމަވެސް ކުލްސޫމާއަށް އެކަން ސިއްރު ކޮށްފައިވަނީ އޭނާގެ މިޒާޖްގެސަބަބުން  އެކަން ބަލައިގަންނަން އުނދަގު ވާނެތީއެވެ.

 

މިފަހަރު މާބަނޑުވިފަހު ލަވާލްއަށް އަބަދުވެސް ފިކުރު ކުރެވެނީ އެވެ. ކެރާގެ ހަމަލާ ބަނޑުގައިވާ ދަރިފުޅައް އަތުވެއްޖެނަމަ އޭނާގެ ހިތްހަލާކުވެދާނެއެވެ.

ޔަޒަކްއާއި އިޒާން އަދި އަލާނިޔަލްއަށް ސުކޫލުންދީފައިވި ފިލާވަޅުތައް ނިއްމާދިނުމުގައި އަވަދިނެތި އިން ލަވާލް ކޮޅައް ތެދުވިތަނާ އަނބުރައިގަންނަ ގޮތްވެގެން ސޯފާގައި އަތްލަން އުޅުނެވެ. ނަމަވެސް އޭނާގެ މޫނުމައްޗަށް އަނދިރިވެ  ދެން ވީ ގޮތް އޭނާއަކަށް ނީނގެއެވެ.

ޔާސިރު އާއި ޔަމްހާ، ލަވާލް ގޮވައިގެން ހޮސްޕިޓަލްއަށް ދިޔައެވެ.   ލަވާލްގެ އެތައް ބައިވަރު ޓެސްޓްތަކެއް ހެދުމަށްފަހު  ޑޮކްޓަރުން ދިޔުމުން ނިދިފައި އޮތް ލަވާލްއަށްބަލައިލަމުން އެ ނާޒުކު އަތުގައި ޔާސިރް ބޮސްދިނީ ވަރަށް ލޯބިންނެވެ. ލަވާލްގެ ދޮންމޫނުމަތީގައިވަނީ ވަރުބަލިކަމުގެ އަސަރެވެ. އެ މަންޒަރު ފެނި ޔާސިރުގެ ހިތައް ތަދުވިއެވެ. އިރުކޮޅެއްފަހުން ލަވާލް މަޑުމަޑުން ލޯ ހުޅުވާލި ވަގުތުވީ ނަތީޖާ ހިފައިގެން ޑޮކްޓަރު ވެސް ރޫމް ތެރެއަށް ވަން ވަގުތެވެ.  ލަވާލް ގެ ބޮލުގައި ފިރުމަލަމުން ނަތީޖާ ކިހިނެތްތޯ ޑޮކްޓަރުގާތު ޔާސިރު އަހައިލުމުން އެ މޫނުމަތީގައި ވި ނުތަނަވަސް ކަން ހާމަވެއެވެ.

” ޑޯންޓް ވޮރީ…މާ ބޮޑަށް ލޭ ދަށްވެގެން އަނބުރައިގަތީ ..ހަށިގަނޑަށް ވަރުޖެހޭ ފައިދާ ހުރި ކާނާ ކެއުން ގިނަ ކުރޭ..އެކަމް މިހެން މާގިނައިން ވާންވެއްޖެނަމަ ބަނޑުގައިވާ ޓޫ ބޭބީސް އަށް އޭގެ ނޭދެވޭ އަސަރު ކުރާނެ..ކަންކަމާ މާބޮޑަށް ވިސްނާ ފިކުރު ކުރިޔަ ނުދޭތި..އުފާކޮށްދީފަ ބަހައްޓަން މަސައްކަތް ކުރާތި ..” ޑޮކްޓަރު ބުނެލިއެވެ. ” އޭނ..ޓޫ ބޭބީސް ” ލަޥާލް އާއި ޔާސިރައް އެކު އެކީގައި ބުނެލެވުނެވެ. “ޔާހ.. އިޓްސް އަ ޓްވިން ގާލްސް” ޑޮކްޓާރުގެ ބަހުން އެތަނައް ހީވީ ކުޑަ ވަރެއްގެ ބިން ހެލުމެއް އައި ހެންނެވެ.  ޑޮކްޓަރު ނުކުމެގެން ދިޔައިރު ވެސް  ތިންމީހުން ގަބްވެފައި ތިއްބެވެ. އިސާހިތަކު ތަނުގައި ގުގުމާލީ ލަވާލްގެ ރުއިމުގެ އަޑެވެ.

ބޮލޫގެ އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހާލައިގެން ގިސްލަމުންދިޔަ ލަވާލްފެނީ ޔާސިރްއަށް ވެސް ރޮވުނެވެ. ޔާސިރުގެ ދެއަތުގެ ތެރޭގައި ލަވާލް ފޮރުވާލި އެ ކަރުނަތައްދެކެން ކެތްނުވީމައެވެ. ދެމީހުންބައްދާލައިގެން އެގޮތުގައި ތިބިއިރު އެ މަންޒަރުފެނި ޔަމްހާގެ ހިތައް ވެސް ދިޔައީ އަސަރު ކުރަމުންނެވެ. އޭނާ ވެސް ހުރީ ރޮވިފައެވެ.

“ޔެސީ ..އޭނާ..އޭނަ އަހަރެންގެ ދަރިފުޅު މަރާލާނެ…އަހރ..” ރޮމުން ދިޔަ ލަވާލް އަށް ވާހަކަ ދެއްކުނީ ކިރިޔަ ކިރިޔާއެވެ. “ޝޫޝް..ޝޫ..އަހަރެން މިހުރީނު ..ކެރާ އަކަށް ނުކުރެވޭނެ އެއްކަމެއްވެސް އިންޝާﷲ …ހުއްޓާލަ ބޭބީސް އާއި މެދު ފަރުވާ ކުޑަ ނުކުރައްޗޭ ލަވް… އަހަރެން މިހުރީނު..ދުވަހަކުވެސް ނުދާނަން ދޫކޮށްލާފަ …އިންޝާﷲ އައިލް ނެވާ ލީވް ޔޫ އެލޯން” ލަވާލްގެ ނިތުގައި ބޮސްދިނުމަށްފަހު ގަޔާލާ ބޮނޑިކޮށްލިއެވެ. ޔަމްހާ އެދެމީހުންނަށް ފުރުސަތު ދިނުމަށްފަހު ބޭރަށް ނުކުތެވެ.

***

ގެޔަށް ދޫކޮށްލުމުން ޔާސިރުއާއި ޔަމްހާ ، ލަވާލް ގޮވައިގެން ގެޔަށް އައެވެ. އެދުވަހުގެ ފަހުން ލަވާލްގެ އުޅުމަށް ނުހަނު ބޮޑުބަދަލެއް އައެވެ. އެމޫނުމަތިން ހިނިތުންވުމެއްގެ އަސަރު ފެންނަނީ ހާލަކުން ފަހަރަކުއެވެ. އެއީ ވެސް ކުދިވެރިންނާއި އެކު އުޅޭވަގުތު އެވެ. މީހާ ނެގިމަޑުވެފަ ހުންނަނީ މަދެއްކޮންނޫނެވެ. ކެރާގެ ހަމަލާއަކުން ބަނޑުގައިވާ ތުއްތު ދެފުރާނައަށް ނުރައްކަލެއް އަތުވެދާނެތީ އެކަމާއި އެނާއަށް އަބަދު ވިސްނާ ފިކުރު ކުރެވެނީ އެވެ. ހޮސްޕިޓަލުން ޗުއްޓީ ނަގައިގެން ޔާސިރުވެސް ހުރިހާ ވަގުތެއްހެން ހޭދަކުރަނީ ލަވާލްގެ ކާރީގައެވެ. ލަވާލް ހިތްހަމަޖައްސާލުވާފައި ބެހެއްޓުމަށް އޭނާއަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރެއެވެ. ޔަމްހާއާއި އައްޒާމް އަދި ޒުހޫރު ވެސް ބަލަނީ ކުދިވެރިން ގާތުގައި ލަވާލް އަބަދުވެސް ބެހެއްޓުމެވެ. ސަބަބަކީ ލަވާލް ހިނިތުންވެފައި ހުންނަނީ ހަމައެކަނި އެވަގުތުކަމަށް ވާތީއެވެ. ކުލްސޫމާއަށްވެސް ލަވާލްގެ ބަދަލްވުމުގެ އަސްލު ނޭގުނަސް އޭނާއަށް ވީވަރަކުން ލަވާލްއަށް އެހީވެއެވެ.

ދުވަސްތައް މާޒީ އާއިއެކު ވަމުން ގޮސް ލަވާލްގެ ބަނޑަށް ނުވަމަސް ފުރި ވިހަންވި ވަގުތު އަތުވެއްޖެއެވެ. އޭނާގެ ބަނޑުގައި ރިއްސަންފެށީ މެންދުރުގެ ވަގުތުއެވެ. ކުދިވެރިން ކައިރިގައި ޒުހޫރުމެން ދެމަފިރިން ބައިތިއްބުވާފައި ޔާސިރުއާއި އެކު އައްޒާމް އާއި ޔަމްހާ  ވެސް ލަވާލް ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ.

ބަނޑުގައި އަޅަމުންދިޔަ ވޭނަށް ވުރެން ލަވާލްގެ ހިތުގައި އުފެދިފައިވި ބިރުވެރިކަން ވަނީ އިންތިހާއަށް ވުރެން ބޮޑުވެފައެވެ. އެނާއަށް ބޮޑަށް ރޮވުނީވެސް އެހެންވެއެވެ. ލޭބަރރޫމަށް ވެއްދިގަޑިގައި ވެސް ޔާސިރުގެ އަތުން ލަވާލްގެ އަތްނައްޓުވަން ޖެހުނީ ގަދަކަމުންނެވެ. “ޑޯންޓް ކްރޮއި ބޭބީ.. އިންޝާﷲ އިޓް ވިލް ބީ އޯލްރައިޓް.. ” ޔާސިރު އެންމެފަހު ވަގުތު ވެސް ލަވާލްއަށް ހިތްވަރުކުރުމަށް ބުންޏެވެ. އެންމެ ފަހުން ޔާސިރު ވެސް ލޭބާރ ރޫމް ތެރެއަށްވަނީ ލަވާލް ރޯވަރުން އެތަން ބަލަން ކެތްނުވީމައެވެ.

ޔަމްހާ އާއި އައްޒާމް ލޭބަރޫމް ދޮރުމަތީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުންނަތާ ގަޑިއިރެއްފަހުން ޔާސިރް ނުކުތެވެ. ލަސް ފިޔަވަޅުތަކެއްގައި ހުރެ އޭނާ އެއްއަރިމަތީގައި ޖަހާފައިހުރި ގޮނޑިތަކުން ގޮނޑިއެއްގައި ޖައްސާލިއެވެ. އެއަށްފަހު ފަލަމަސްގަނޑުގައި އުޅަބޯށި ވިއްދާލައިގެން ދެއަތްތިލަ އިން އެ މޫނު ފޮރުވާލިއެވެ.

ޔާސިރުގެ އަމަލްތައް ހުރިގޮތުން އެތެރޭގައި ހިނގީ އާދައިގެ ކަމެއްނޫނެ ޔަމްހާއާއި އައްޒާމްގެ ހިތްބުނަން ފެށިއެވެ. އެހިތަކުގައިވި ބިރުވެރިކަން އެތަން ގުނައެއް، ޔާސިރުގެ އެއަމަލުން މަތިވިއެވެ.

“ޔެސީ.. ކިހިނެތް ވީ.. ކޮބާ. ލަވާ..” އައްޒާމް ، ޔާސިރުގެ ގާތުގައި އިށީންދެލަމުން އަހައިލިއެވެ. “ބޭބޭ .. އަހެރެންގެ ހަގު ދަރި އަހަރެންގެ އަތުން ބީވެދާނެ އިސާހިތަކު” ޔާސިރުގެ އަޑުން ޔަމްހާ އާއި އައްޒާމްއަށް އެކަކު އަނެކަކުގެ މޫނަށްބަލައިލެވުނެވެ. “ޔާސިރްބޭ…ކިކޭ ތިކިޔަނީ..ކިހިނެތް ވީ.. ވީ ގޮތެއް ބުނީމައޭ އަހަރެމެންނަށް ވެސް ކަމެއް ކުރެވޭނީ.. ބުނެބަލަ އަޅެ..” ޔާސިރުގެ ރުއިމުގެ އަޑު އިވިލުމުން މަޑުންހުރި ޔަމްހާގެ ކެތްތެރިކަން ވެސް ކޮޅުންލިއެވެ.

“މާއިސް.. އަހަރެން ވަންނަން ދިޔަތަނާއައިސް ބުނީ ބައްޕަ ގެންގޮސްފިޔޭ ޒިރާސްގެ އަނިޔާވެރިކަން އެންމެ ބޮޑު ޖަލު މިރިޔަން އަށް .. އެ ޖަލަށް ގެންދިޔަ މީހަކު ނެތް ސަލާމަތްވެފައެއް..ބޭބެއަށް ވެސް އިނގެއެންނު… އަހަރެމެންނަށް މިއަދު މިވަނީ މަޖުބޫރުވެފަ އެމީހުން ބުނާ ގޮތައް ހަދަން .. އަހަރެންގެ ދެ ދަރިންގެ ތެރެއިން އެއް ދަރިވެސް އަހަރެމެންގެ ނަސްލަށް ވެއްޖެނަމަ ކެރާ އެ ދަރިއަކަށް ކޮންމެ ފަދަ އަނިޔާއެއްވެސް ދީފާނެ ..އަހަރެމެންނަށް ނޯޓް ތަކުގެ ޒަރިއްޔާއިން އެތައް އިންޒާރެއް އޭނާ ވަނީ ދީފާ..ޔަޒަކުއަށް ބަނޑުބޮޑު އިރު ލަޥާއުޅުނީ ކިހާ ހާލެއްގަ…އޭރު ޔަޒަކު ވާނީ އަހަރެމެންގެ ނަސްލަށް ކަން އިނގުނު އުފަން ނުވަނީސްވެސް އެހެންވެ.. މިފަހަރު ނުވޭ އެކަހަލަ އުނދަގުލެއް..އެހެންވެ އަހަރެންގެ ހިތް ބިރުގަނެފަ ހުރީ..މިއަދު ޔަގީން މިވީ..” ޔާސިރުއަށް ގިސްލެވެންފެށުނެއެވެ. އައްޒާމްއާއި ޔަމްހާވެސް ތިބީ ހަނދާނެ ގޮތެއް ނުވިސްނިފައެވެ. ފެންކަޅި ވެފައިވާ ލޯތަކުން ބަލަހައްޓައިގެން ހުރީ ދެންވާނީ ކިހިނެތްބާއޭ ބުނާފަދައިންނެވެ.

“ދެއަންހެން ކުދިން .. ބޮޑު ކުއްޖާ ހިއުމަން އެއް ..ބަޓް ލިލް ވަން ..ލައިކް އަސް.. އައި ފީލް ސޮރީ ފޯ މައި ކިޑްސް..” ޔާސިރުގެ ވާހަކަ އިވި އައްޒާމްއާއި ޔަމްހާއަށް ދެލޯބޮޑުކޮށްލެވުނެވެ. ދެން  ކުރާނެ ކަމެއް ނެތްތާއެވެ. ޔާސިރުއާއި ލަވާލްގެ އެންމެ ހަގު ކުއްޖާއެއީ އެމީހުންގެ ނަސްލެވެ.

***

ލަވާލް އާއި ދެކުދިން އޭގެ އަނެއް ދުވަހު ގެޔަށްދޫކޮށްލިއެވެ. ލަވާލްއާއި ޔާސިރުގެ ހިތުގައިވަނީ ގަދަ އަޒުމެކެވެ. ކޮންމެފަދަ ގުރުބާނީއެއްވެގެން ނަމަވެސް އެމީހުންގެ ކުދިންތައް ސަލާމަތް ކުރާނެއެވެ.

ހޮސްޕިޓަލުންއައިސް އެއްވެސް މީހެއް ކެރާގެ ވާހަކައެއް ނުދައްކައެވެ. ނަމަވެސް އެންމެންގެ ހިތްތައްވެސްވަނި ބިރުވެރިކަމުން ފުރިފައެވެ. އެންމެންވެސް ބެލީ ނުހަނު ހަމަޖެހޭ ވީހާވެސް އުފާވެރި މާހައުލެއް ގޭތެރޭގައި ބެހެއްޓޭތޯއެވެ.

“ކޮން ނަމެއް ކިޔާނީ ކިޑްސްއަށް.. ” އެދުމަތީގައި ނިންދަވާފައި އޮތް ދެކުދިންނަށް ބަލައިލަމުން ޔާސިރު ބުނެލިއެވެ. އޭރު ދެންތިބި މީހުންނާއި ކުދިވެރިންވެސް އަލަށް ލިބުނު ދެމެހެމާނުންނަށް ބަލަބަލާފައި ވައްތަރު ކިޔަންފެށިއެވެ. “ދޮންތި އަށް ކިޔާނީ ޔޫމީން..ޔެސީ ޗޫސްކުރޭ ކޮއްކޮ އަށް ކިޔާނެ ނަމެއް..” ލަވާލް  ބުނެލިއެވެ. “ކޮއްކިއަށް ކިޔާނީ ލިވިޔާ” ޔާސިރުގެ އަޑުން ލަވާލްއަށްހީލެވުނެވެ.

ޔޫމީން ވެސް ލިވިޔާ އަށް ވެސް ލިބިފައިވަނީ ޔާސިރުގެ އެސްތެޓިކް ފެހިކުލައިގެ ލޮލެވެ. އަދި ދެކުދިންގެވެސް ވަނީ  ލަވާލްގެ ދޮންކަމާއި “ޑިމްޕަލް ލިބިފައިވެއެވެ. ނަމަވެސް ލަވާލްއާއި ބޮޑަށް ވައްތަރީ ޔޫމީންއެވެ. ލިވިޔާ ވައްތަރީ ޔާސިރްއާއެވެ. ލިވިޔާއަކީ ޔާސިރުގެ ނަސްލަށް ވުމުން ކަމަށް ވެސް ވެދާނެއެވެ.

ދުވަސްތައް ހަލުވިކަމާއެކު ގޮސް ލިވިޔާއާއި ޔޫމީންއަށް ހަތްދުވަސްވީދުވަހެވެ.

އެނދުގައިވާ ޔޫމީންއާއި ލިވިޔާ އަށް ނިދިފައި ވުމުން އެންމެންވެސް ތިބީ ކޮޓަރީގެ އެކިހިސާބުތަކުގައި ވާހަކަ އެކިވާހަކަތަކުގައެވެ.. ކުއްލިޔަކަށް ސިހިގެންދިޔައީ ލިވިޔާގެ ރުއިމުގެ އަޑަށެވެ.  ލަވާލްގޮސް އަވަހަށް އެކުއްޖާ މަސަލަސް ކުރަން ފެށިއެވެ. ނަމަވެސް އެކުއްޖާގެ ރުއިމަކަށް ބަދަލެއްނައެވެ. ނަސީބަކުން ޔޫމީން ނުހޭލައެވެ. ލަވާލް ،ލިވިޔާ ގޮވައިގެން ބޭރަށް ނުކުތެވެ. އިރުކޮޅެއްފަހުން  ލިވިޔާ ހުއްޓުމަކަށް އައެވެ. އެހިނދު ކުދިވެރިން ފަހަރަކު ކުއްޖެއް ލިވިޔާ އުރުމަށްޓަކައި އަތްދިއްކުރަންފެށިއެވެ.

ހުރިހާ ކުދިންނަށްވެސް ވަނީ ގޮތްގޮތް އިނގޭވަރު ބޮޑުވެފައެވެ. އޭރު އިޒާން އަށް ނުވަ އަހަރެވެ. އަލާނިޔަލް އަށް އަތްއަހަރެވެ. ޔަޒަކު އަދި ޒައުލާއި ޒީހާނަށް ހަތްއަހަރެވެ.

ހުރިހާ ކުދިން ލިވިޔާ އުރަން އުޅުން އިރުވެސް އަލާނިޔަލް ހުރީ ދުރުގައެވެ.  އިޒާންގެލޮލުގައި އަޅައިގަތީ އަލާނިޔަލް ޖީބައްލީ ޕްލާސްޓިކް މުއްގަނޑެއްލާފައި ކުޑަ ވަޅިއެކެވެ. ނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދިނީ އެއި ކުޅޭކުޅޭ އެއްޗަކަށްވެސް ވެދާނެތީއެވެ. އެކުދިން އެތަނައް އައީ ކައިވަން ގޮވައިގެން ކައިވަންގެ ކުޅޭ އެއްޗިސް ކައިރިގަ ތިބެފަ ވިއްޔާއެވެ.

ޔަޒަކު، ލިވިޔާ އުރައިގެން މާގިނަ އިރުވާން ފެށުމުން ހުރިހާ ކުދިން މައްސަލަ ޖައްސަން ފެށިއެވެ. “އަޅުގަނޑު ކޮއްކޮއެއްވީމާ އަޅުގަނޑަށް ގިނައިރު ލިބޭނެ” ޔަޒަކް ގެ ޖުމްލައިން ހުރިހާ ކުދިން ދެލޯ އަޅައިލަމުން ޔަޒަކް އެކަނި ކޮއްކޮއެއްނޫނެ ކިޔަންފެށިއެވެ. ކުދިވެރިންގެ މި ޒުވާބުފެނި ބޮޑެތިމީހުންގެ ގާތައްވެސް ތިބީ ހިނިއައެވެ. އެންމެފަހުން ކުލްސޫމާގޮސް ފަހަރަކު ކުއްޖެއްގެ އުނގަށް ލިވިޔާ ލައިދޭންފެށިއެވެ.

ފަހަރަކު ކުއްޖެއް އުރުމަށްފަހު އިޒާންއަށް ޖެހުނެވެ. އިޒާން، ލިވިޔާ އުގައްލައިގެން އިނދެ  ލިވިޔާގެ އިނގިލިތަކާއި ކުޅެލިއެވެ. އެހެން އިނދެ އިޒާން ހީލިއެވެ. އެވަގުތު ގާތުގައި ހުރި ޔަމްހާ، ލޯމަރައިލާފައި ލޯ ހުޅުވާލިއިރު އެމޫނުމަތީގައިވީ މައުނަވީ  ހިނިތުންވުމެކެވެ.

އިޒާން އުރައިގެން އިނދެފައި ކުއްލިސިހުމެއް ލިބުނީ ލިވިޔާ އަނެއްކާވެސް ރޯންފެށުމުންނެވެ. ވީގޮތެއް ނީނގި ލިވިޔާ އެހާ ކުޑަ ކުއްޖަކު ބާރަށް ރޯންފެށުމުން އެންމެނަށްވެސް ލިބުނީ ސިހުމެކެވެ. އެންމެ ގާތުގައި ވި އައްޒާމް އަވަސްއަވަހަށް އެ ކުއްޖާއަށް އަނިޔާއެއްވެފަތޯ ބަލަމުންދިޔައެވެ.

“ޑެޑީ..އަޅުގަނޑު ނުކުރަން އެއްވެސް ކަމެއް..” އިޒާން ހުރީ ދެރަވެފައެވެ. “ދޫނީ..އިނގެޔޭ ކުޑަމަންމަ އަށް ދޫނި އަތުން ނޫންކަން ..” ލަވާލް އިޒާން ގެ ކޮލުގައިފިރުމާލަމުން ބުނެލިއެވެ.

އައްޒާމް އަށް ލިވިޔާގެ އުޅަބޯށިކައިރިން ޒަހަމްކޮޅެއް ފެނުނީ އެގޮތްމިގޮތައް ބަލަމުން ދަނިކޮންނެވެ. އައްޒާމްއެކޭ އެއްފަދައިން ޔާސިރްއާއި ލަވާލްއަށް ވެސް ލިބިގެންދިޔައީ ވަރުގަދަ ސޮކެކެވެ. ތުއްތު ލިވިޔާގެ އުޅަބޯށިކައިރިގައި ވަނި ކަފައިގެން ގޮސްފައެވެ. ބަލާބެލުމަށް ހަމަހީވަނީ މީހަކު އެ ތުއްތު ކުއްޖާގެ ގައިގާ ވަޅިން އަޅާފައިވާހެންނެވެ. އެމަންޒަރުފެނި އެންމެންގެ ލޯތައް ބޮޑުވެގެންދިޔައެވެ.

“އެއްވެސް ކުއްޖެއް ގެންގުޅުނިންތަ ތޫނު އެއްޗެއް ” ޒުހޫރު ފަހަރަކު ކުއްޖެއްގެ މޫނަށް ބަލައިލަމުން ބުނެލިއެވެ. ފަހަރަކު ކުއްޖެއްގެ މޫނަށް ބަލަމުން ގޮސް ކުލްސޫމާގެ ބުރުގަލުގައި ވެސް ޕިނެއްފަދަ އެއްޗެއް ހެރޭހެން އިންތޯ ބެލިއެވެ. ސަބަބަކީ ހުރިހާ ކުދިންގެ އުނގަށް ލައިދިނީ ކުލްސޫމާ ކަމުގައިވާތީއެވެ. ނަމަވެސް ކުލްސޫމާ އަޅާފައި ހުރީ ދެމޭފޮތީގެ ވައްބުރުގާއެއްކަމުން އެއަކު ޕިނެއް ނެތެވެ. ހުރިހާ ކުދި ވެރިންގެ ކައިރީގައި އެހުމުން އެކަކު ވެސް ތޫނު އެއްޗެއް ގެންގުޅުން ކަމަކަށް އެއްބަހެއްނުވިއެވެ. “ހިނގާ ޗެކް ކުރަން ” ލިވިޔާގެ އަތުގައި  ބޭސްއެލުމަށް އުޅުނު ޔާސިރަށް ބަލައިލުމަށްފަހު އިޒާން ބުނެލިއެވެ. އިޒާން އެހެން ބުނުމުން އެކަކު އަނެކަކަށް އަނެކާގެ މޫނަށް ބަލައިލެވުނެވެ. ” ނޫނޭ ޒާން .. ބޮޑުބެ ބިލީވް ޔޫ އޭ.. އިނގޭ.. އިނގެޔޭ ޒާންގެ ފަރާތުން ނޫންކަން ލިވީއަށް ހާޓް ވީ…އެވާނީ ކުޑަ މަންމަ ނިޔަފަތި ނުކަނޑާ ލިވީ އުރީކަމަށް” ޔާސިރު އައިސް އިޒާންގެ ބޮލުގައި ފިރުމާލަމުންބުނެލި ވާހަކަ އިވި ލަވާލްއަށް ދެލޯ ބޮޑުކޮށްލެވުނެއެވެ.  އޭރު ދެންތިބި މީހުންގެ ގާތަށްވެސް ހުރީ ހިނިއައިސްފައެވެ.

” އެކަމަކު ވެސް އަޅުގަޑު ބޭނުން އެހެންކުދިންވެސް އަދި އަޅުގަނޑުވެސް ޗެކް ކުރަން ..އޭރުންނެއްނު އެކުއްޖަކަށް އިނގޭނީ ދެ މީގަ ފަހުން ތޫނު އެއްޗިސް ހިފާގެން ނުވާނެ ކަން ކޮއްކޮ މެން އުރާކަށް ..” އިޒާން ވިސްނޭ މީހަކު ހެން ބުނެލިއެވެ. އޭރު އެނާގެ ނަޒަރު ހުރި އިސް ޖަހައިލާގެން ހުރި އަލާނިޔަލްއަށް ހުއްޓިފައެވެ. އެހެންޏާ އަލާނިޔަލްއަކީ އެގޮތަށް މަޑުން ހުންނަ ކުއްޖެއްނޫނެވެ. މިއަދު އަލާނިޔަލް ހުންނަނީ ނެގިމަޑުވެފައެވެ. ކޮންމެވެސްކަމަކާއި ބިރުން ހުރި ހެންވެސް ހީވެއެވެ. މޫނުމަތިގައިވި ނަފްރަތު ވެސް އިޒާން އަށް ފުރަތަމަ ފަހަރަށް ފާހަގަ ކުރެވުނެވެ.  އެހެންޏާ އަލާނިޔަލް އަބަދުވެސް ހިނިތުންވެފައި ކޮންމެ މީހަކާއިވެސް ވާހަކަ ދައްކަނީ ހިތްހެޔޮ ކަމާއެކުއެވެ. ނަމަވެސް މިއަދު އެނާ ތަފާތެވެ. ފާހަގަ ކުރެވޭހާ ތަފާތެވެ. އިޒާން ވިސްނަމުންދިޔައީ އެކަމާއެވެ.

“އަޅުގަނޑުމެންނަށް ޓްރަސްޓް ނެތީތޯ..” ޔަމްހާ ޗެކްކުރަން އުޅުމުން އަލާނިޔަލް ބުނެލިއެވެ. އެހެންޏާ އެއަޑުގައި ހުންނަ މަޑުމައިތިރިކަމުގެ ބަދަލުގައި މިއަދުވީ ހަރުކަށިކަމެވެ. ޔަމްހާވެސް އެއަޑުން ސިހިއްޖެއެވެ.

“ނޫނޭ ..ނޫނޭ..”ޔަމްހާއަށް އަވަސްއަވަހަށް ބުނެލެވުނެވެ. “އެހެން ވިއްޔާ އަޅުގަޑު ދަނީ ..ހޯމްވޯކްސް އެބަހުރި ” އަލާނިޔަލް އެތަނުން ދިޔުމަށް ހިނގައިގަތީ  އެންމެން ހައިރާން ކޮށްލާފައެވެ.

އެމަޑުމައިތިރި ބަސްއަހާ ކުއްޖާއަށް މިއަދު ވެފަ އެހުރީ ކިހިނެތްބާއޭ އެތަނުން ކޮންމެ މީހެއްގެ ހިތައްވެސް ދިޔައީ އަރަމުންނެވެ.

“ޑިފީގެ މޫޑު ނެތީ ކަންނޭގެ” ޔާސިރު އެހެންބުނެލުމުން އައްޒާމް އަވަސްވެގަތީ އަލާނިޔަލް ރުއްސުމަށް ދިޔުމަށެވެ. ” ޑޭޑް ..ޑިފީ މޫޑް ގެއްލޭއިރަށް ބޭނުންވާނީ އެކަނިވާން..” އިޒާންގެ ވާހަކަ އެހުމަށްފަހު އައްޒާމް ދެފިކުރެއްގައި ހުރެ ޖައްސާލީ ސޯފާގައި އެވެ. އޭނާގެ ގާތުގައި ޔާސިރުވެސް އައިސް ޖައްސާލިއިރު އެމޫނުތަކުގައިވާ ނުތަނަވަސް ކަން އިޒާންގެ ޅަ އެހެނަސް ތޫނުފިލި ސިކުނޑުއަށް ނަގައިގަނެވުނެވެ.

އެދުވަހު ފުރަތަމަ ފަހަރަށް ކަމެއް ދެނެގަތުމުގެ ސައުގު އިޒާންގެ ހިތުގައި އުފެދިގެން ދިޔައެވެ.

“ޔެސީ..އަހަންނަށް ހީވަނީ ކެރާގެ ހަމަލާއެއްހެން.. ޔޫމީއަށް ވުރެން ބޮޑަށް ލިވީއަށް ރައްކާތެރި ވާން ޖެހޭނެ.. ބިކޯޒް ޔޫމީ އަކީ ލަވާ ކަހަލަ ހިޔުމަން އެއް .. އެހެންވެ ޔޫމީ އަކަށް ނެތް ނުރައްކަލެއް އިރާދްކުރެއްވިއްޔާ.. އެކަމަކު ލިވީ އަހަރުމެން ނަސްލަށް ވީމަ އެބަޖެހޭ  ވަރަށް ރައްކާތެރިވާން ..އަބަދުވެސް ލިވީ ގާތު މީހަކު ހުންނަން ޖެހޭ .. ލިވީ އަށް ހަމަލާއެއް އައިސްފާނެ .. ” އައްޒާމް ޔާސިރުގެ އަތުގައި ހިފާލަމުން ދެއްކި ވާހަކަ ޔާސިރު އަޑުއަހަމުންދިޔައެވެ . ” އާނ ..ބޭބެ.. އަހަރެން ވިސްނާ ވިސްނާ މޮޔަވެދާނެ ކަންނެގެ މިހެން އުޅެނިކޮން.. “އަމިއްލަ ހާލަތާއި މެދު ދެރަވެ ވިސްނިވަރަކަށް އެލޮލުން ނިރާލަމުންދިޔަ ކަރުނަ ތިކިތައް އިތުރުވިއެވެ.

“ދެރަ ނުވޭ ޔެސީ.. އަހަރެމެން އެންމެން މިތިބީ ޔެސީ އާއެކު..” އައްޒާމް ، ޔާސިރުގެ އަތައް ބާރުކޮށްލަމުން ބުނެލިއެވެ.

އިވިދިޔަ ވާހަކަ ތަކުން ފެންބޯން ހުރި އިޒާން ކޮށިއަރައިގަތެވެ. ނަމުގައި ފެންބޯން ހުރިނަމަވެސް  އެމީހުން ދެއްކި ހުރިހާ ވާހަކައެއް އިޒާންއަށްއަޑު އިވުނެވެ. އޭނާގެ ދެލޯ ހުރީ ބޮޑުވެފައެވެ. ކުލްސޫމާއައިސް އިޒާންގެ ބުރަކަށިގައި ދެތިންފަހަރު މަޑުމަޑުން ޖަހާލުމުން ހަމަޔަކަށް އެޅިލިއެވެ.

“ކެރާ..އަނެއްކާ މަންމަ..” އިޒާން އަމިއްލަ ނަފްސަށް އިވޭވަރަށް ބުނެލިއެވެ.

އައްޒާމް އާއި ޔާސިރް ގޮވަގޮވަ އޮއްވާ ،އެވަގުތު ހިތައް ވެރިވި ހިޔާލަކުން އިޒާން މިސްރާބް ޖެހި މައްޗަށެވެ. އަލާނިޔަލްގެ ކޮޓަރިއަށެވެ. އޭރު ކުރިމަތިވަމުން އައި ބޯ ވިލާގަނޑުގެ ހިލަމެއް އެފަކީރަކަށް އިހްސާސް ނުވެއެވެ.

…

(ނުނިމޭ)

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annora

Level 610 Stories100 Login100 Comments100 Stories

Weaving tales that linger long after the last page.🤍 Turning imagination into unforgettable stories.🤍 Every story is a journey; come take a trip with me.🤍 Capturing the magic in everyday moments.🤍 Crafting narratives that touch the heart and mind. 🤍 🤍🤍🤍

Other Articles

Previous

ނިކަން ލޯބިން-14

Next

ބޭވަފާތެރިވުމުން ޔާރާ – 7

Next
March 18, 2021

ބޭވަފާތެރިވުމުން ޔާރާ – 7

Previews
March 18, 2021

ނިކަން ލޯބިން-14

2 Comments!

  1. nonamewriter says:
    March 18, 2021 at 11:49 am

    Mi story dhe faharu kiyaifin varah reethi ❤️❤️

  2. Annora says:
    March 18, 2021 at 9:49 pm

    salaam dear all readers ♡ ♥.. here is part 18 of hiraas.. i hope you all will like this part too .. next part insha allah soon ♡ ♥?❤?

Comments are closed.

Next Episodeހިރާސް 19←


All Right Reserved!