Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނިކަން ލޯބިން -30

SomeOne Level 210 Stories
April 1, 2021 5 Mins Read
2 Comments

” ކީކޭ ޑޮކްޓަރު ބުނީ” އަހަރެންގެ ސުވާލާއެކު މުޅިތަނަށް ވެރިވީ ހިމޭންކަމެވެ. އިޖާޒް އެއްވެސް އެއްޗެއް ނުބުނެއެވެ. އަހަރެންގެ ގައިގައި އިހުނަށްވުރެ ބާރަށް ބައްދާލިއެވެ.

“ކަމެއް ގޯހީތަ؟” އަހަރެން އިޖާޒްއާއި ވީ ފަރާތަށް އެނބުރުނީމެވެ. އިޖާޒްގެ ލޮލުން ފެން ފާއްދާލިއެވެ. އީރާ ދުނިޔެއަށް އައިދުވަހު އިޖާޒް ރުއީ އުފަލުންނެވެ. އެކަމަކު އެރޭ އެދެލޮލުން އަހަރެންނަށްފެނުނީ ހިތާމައެވެ.

” ނެކްސްޓް މަންތް އޮޕަރޭޝަންއަށް ރެޑީވާށޯ ބުނީ. ދެވަނަ ޓާމް ބަންދުވެސް ވާނެ އެއްނު އޭރުން ދާންވީ ކަންނޭގެ. މާދަން މަންމަ މެންނާ ވާހަކަ ދައްކާނަން” އަހަރެން އިސްވެ އިޖާޒް ގައިގައި ބައްދާލީ އޭނާ އަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.

“އާޔާ. އަސްލު އަހަރެން ވަރަށް ބިރުގަނޭ.” މަޑުމަޑުން އިޖާޒް އަހަރެން ކަންފަތްދަށުގައި ބުނެލިއެވެ.

“ﷲ ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ. އިޖާޒް އެހާ ހިތްވަރު ދެރަކުރީމަ އަހަރެންނާ އީރާއަށް ކިހިނެއްވާނީ. ޔޫ ވިލް ހޭވް ޓު ގިވް އަ ފައިޓް. އަހަރެންނާ އީރާއަށްޓަކާ.”

“އެހެންވިއަސް ހަމަ ބިރުގަންނަނީ. އަހަރެން ރަނގަޅުވެގެން އަންނަންދެން އާޔާ އަހަރެންނަށް އިންތިޒާރުކުރާނަންދޯ”އިޖާޒް ގެ އަޑުގައިވެސް މަޑުމަޑު ތުރުތުރެއް ހުއްޓެވެ.

” އިޖާޒް ރަނގަޅުވާނީ އަހަރެންނާ އީރާ ކައިރީހުރެގެން. ﷲގެ އިރާދަފުޅުން އިޖާޒް އެއްކޮށް ރަނގަޅުވަންދެން އަހަރެންނާ އީރާ ހުންނާނީ އިޖާޒް ކައިރީ. އެންމެ ފަޅި ސިކުންތަކަށްވެސް އިޖާޒް އެކަނިވިޔަކަ ނުދޭނަން. އަހަރެންނަށް ވެދެވުނު އެންމެ ފުރިހަމައަށް އިޖާޒް އަށް އަހަރެން ޚިދުމަތްކޮށްދޭނަން”

އެރޭގެ ބޮޑުބައި ހޭދަވީ އިޖާޒްއަށް ހިތްވަރު ދިނުމުގައެވެ. ކައިވެނިކޮށްގެން 3 އަހަރު ވާން ކައިރިވެފައިވީއިރު އިޖާޒް މިހާ ދެރަވެފައި ހުއްޓައި އަހަރެން ނުދެކެމެވެ. އަހަރެންގެ ހިތަށްވެސް އުނދަގޫވިއެވެ.

ޖެހިގެން އައި ދުވަހު ދެ އާއިލާ އެކުގައި އިޖާޒް އޮޕަރޭޝަންއަށް ދިޔުމާއި ގުޅޭގޮތުން ވާހަކަ ދެއްކީމެވެ. އެކޮޅުގައި މަދުވެގެން މަސް ދުވަސް ވާނޭ ކަމަށް ޑޮކްޓަރުވަނީ ބުނެފައެވެ. އެހެންކަމުން އަހަރެމެން ނިންމީ އެންމެން އެކީ ގޮސް އޮޕަރޭޝަންގެ ކަންކަން ނިމި އިޖާޒް ގެއަށް ދޫކޮށްލުމުން އަހަރެންގެ މަންމަމެން އެނބުރި އައުމަށެވެ. ދުވަސްކޮޅުގެ ގޮތުން ބައްޕަގެ ވިޔަފާރިއާއި ހަވާލުވާން ދޮންދައްތައަށްވެސް ނާދެވޭނެކަމަށްބުނުމުން ބައްޕަ ގަސްތުކުރީ ވިޔަފާރީގެ ކަންކަން ބެލެހެއްޓުން ލައިތްއާއި ހަވާލުކުރުމަށެވެ. މިވީ އަހަރެއް ތެރޭގައި ބައްޕަ އިތުބާރުކުރާ ވަރަށް ގާތް މީހަކަށް ލައިތްވިއެވެ.

ދެން ހޭދަވެގެން ދިޔަ ދުވަސްތަކުގައިވެސް އަހަރެންނާއި ލައިތް މާގިނައިން ވާހަކަ ދައްކާ ނަހަދަމެވެ. ނަމަވެސް ކޮންމެހެން ވާހަކަ ދައްކަން ޖެހިއްޖެ ހާލަތެއްގައި ވާހަކަ ދައްކާ ހަދަމެވެ. އީރާ ގޮވައިގެން ދުއްވާލަން ދިޔުމާއި ކުޅެ ހަދައެވެ. ލައިތްވެފައިވަނީ އީރާވެސް މާ ގަޔާ ވާ މީހަކަށެވެ.

ދުވަސްތައް ފާއިތުވެގެން ދިޔައީ ލޯމަރާލޯހުޅުވާލާހާ އަވަސްމިނުގައެވެ. އިޖާޒް އޮޕަރޭޗަން ކުރުމަށް ދާންޖެހޭ ދުވަސް އައިސް ޖެހުމާއިއެކު  އެންމެންނާ ސަލާމްކޮށް އަހަރެމެންދެ މީހުންނާއި މައިންބަފައިން އަދި އީރާ އެއްކޮށް އިންޑިޔާއަށް ފުރީ ޖުލައި މަހުގެ ފުރަތަމަ ހަފްތާގައެވެ. އޭރު އަހަރެމެންގެ ކައިވެންޏަށް 3 އަހަރުވާން ކުޑަ ދުވަސްކޮޅަކަށް ވެއްޖެއެވެ. އަހަރެމެން އިންޑިޔާއަށް މި ފަހަރަރު ދިޔައީ އެއްމަސްދުވަހަށް ހޮސްޕިޓަލް ކައިރިން ގެއެއް ކުއްޔަށް ހިފައިގެންނެވެ. އޮޕަރޭޝަން ނިންމާލުމަށްފަހުވެސް އެތަނުގައި ދުވަސްތަކޮޅަކަށް އުޅެން ޖެހޭނެތީ ދެ މީހުންގެ އާއިލާއަށްވެސް އެންމެ ރަނގަޅުގޮތަކަށް ފެނުނީ އީރާ ވެސް ކުޅެ ހަދާލެވޭކަހަލަ ޖާގައޮތް ގެއެއް ނެގުމަށެވެ.

އިންޑިޔާއަށް ދިޔަތާ ދެވަނައަށް ވީ ދުވަހު ޓެސްޓްތައް ހެދުމަށްފަހު 3 ދުވަސް ފަހުން އެޑްމިޓްވުމަށް ޑޮކްޓަރު ލަފާ ދިނެވެ. އެހެންކަމުން އަހަރެމެން ނިންމީ އިންޑިޔާގެ ރީތި ހިސާބުތައް ބަލާލަން ދަތުރުކޮށްލާށެވެ.   ނަމަވެސް އަހަރެމެންނަށް ލިބުނީ ދެ ދުވަސް ކަމުން އަހަރެމެން ނިންމީ ޑޮމެސްޓިކް ފްލައިޓް އެއް ނަގައިގެން އިންޑިޔާގެ ފަރުބަދަމަތީ އަވަށެއް ބަލާލުމަށް ދިޔުމަށެވެ. ޤުދުރަތީ ރީތިކަން ލިބިފައިވާ އެތަނަކީ ހިތްގައިމުކަމުގެ މިސާލެކެވެ. ވާދީތަކާއި ކޯރުތަކުގައި ކިލަނބުކަމެއް ނެތް އިރު ފެހިކަން ގަދަ ވިނަގަސްތަކުން ޖަރީވެލާފައިވެއެވެ. ދުވާލުގެ ވަގުތުގައި ތަންތަން ބަލަން އުޅުމަށްފަހު ރޭގަނޑު ގެ ހިތްޤައިމު ވަގުތުގައި ޤުދުރަތީ ރީތިކަމުގެ ތެރޭގައި އަލަތު ލޯބިވެރިންހެން ތަރި ބާލަމުން ދިޔައީމެވެ.ގިނަވަގުތު އީރާ ގެންގުޅެނީ ކޮންމެވެސް އެއް މާމައެއްކަމުން އަހަރެންނާއި އިޖާޒް އަށް ވަރަށް ގިނަ ހުސްވަގުތުތައް ލިބުނެވެ. ދެމީހުން އެކުގައި ހޭދަކުރެވުނު ވަގުތުތަކުގައި އަހަރެން އިޖާޒްއަށް ހިތްވަރުދެމުން ގެންދިޔައީމެވެ. އެތަނުގައި ހޭދަކުރެވުނު 2 ދުވަހަކީ އަހަރެމެންގެ ދެ މީހުންގެ  ގުޅުން އިތުރަށް ބަދަހިވި ދުވަސްތަކެކެވެ.

ދަތުރު ނިންމާލާފައި އެނބުރި އައުމަށްފަހު އިޖާޒް ހޮސްޕިޓަލްގައި އެޑްމިޓްކުރެވުނެވެ. އަހަރެމެންނަށް ވަގުތު ދިނުމުގެ ގޮތުން އަހަރެން އެކަނި ހޮސްޕިޓަލްގައި މަޑުކުރުމަށްފަހު އެންމެން ގެއަށްދިޔައީ ފަތިހުއައުމަށެވެ. އޮޕަރޭޝަންކުރަން ވައްދަން އޮތީ ހެނދުނު 8 ޖަހާއިރުއެވެ. އެރޭ ޑޮކްޓަރު އައިސް  އޮޕަރޭޝަންއާއި ގުޅޭގޮތުން ހުރިހާ މައުލޫމާތެއް ސާފުކޮށްދެއްވިއެވެ. ޢާންމުކޮށް އޮޕަރޭޝަން އަށް ހޭދަވާނީ 9-6 ގަޑި އިރުކަމާއި އޮޕަރޭޝަން ނިމުމުން ހޭ އަރަން ދެން އައިސީޔޫގައި ބާއްވާނޭކަމުގައި ބުނެދިނެވެ. ޢާންމުގޮތެއްގައި ގަޑިއެއްހާއިރު ތެރޭގައި ހޭއަރާނެކަމާއި ހުރިހާ ކަމެއް ރަނގަޅަށްގޮސްފިނަމަ 24 ގަޑިއިރުތެރޭގައި ކޮޓަރިއަށް ބަދަލުކޮށްދޭނެކަމުގައި ބުނެދިނެވެ. އަދި ހަފްތާއެއްހާދުވަހު ހޮސްޕިޓަލްގައި ބޭއްވުމަށްފަހު ގެއަށް ދޫކޮށްލާނޭ ކަމުގައިވެސް ބުނެދިނެވެ. ހަމަ އެއާއިއެކު އޮޕަރޭޝަންގައި މަދުން ނަމަވެސް ދިމާވެދާނޭ ފަދަ ނުރައްކާތެރި ހާލަތްތައްވެސް އޮޅުން ފިލުވައި ދެއްވިއެވެ.

އެ ހުރިހާ ކަމެއް އޮޅުން ފިލުވައި ދިނުމަށް ލިޔެފައިވާ ފޯމްތަކުގައި އަހަރެން ސޮއެކުރަމުން ދިޔައިރު އަހަރެންގެ އަތް ތުރުތުރު އަޅައެވެ. ނަމަވެސް ﷲގެ އިރާދަފުޅާއިއެކު އިޖާޒް ގަދަވެ ސަލާމަތުން އަންނާނޭކަމުގެ އުންމީދު ކިތަންމެހާވެސް ބޮޑެވެ.

އެރޭ ވަރަށް ލަސްވަންދެން ދެމީހުން އެކި ވާހަކަތަކުގައި ތިބީމެވެ.

“އަހަރެންނަށް ކަމެއް ދިމާވެއްޖެއްޔާ އީރާއަށް އެއްވެސް ކަމެއް އުނި ނުވާނޭހެން ބަލާދޭތި. އާޔާ ވެސް ދިރިއުޅުމެއް ފަށާތި. އެކަމަކު އަހަރެންމަތިން އަބަދުވެސް ހަނދާން ކުރާތި!” އިޖާޒްގެ އެ ބަސްތަކުން އަހަރެންވެސް ދެރަވިއެވެ.  ދިރިއުލުމގެ މިހާހިސާބުން އިޖާޒް ގެއްލޭކަށް އަހަރެންނޭދެމެވެ.

“ތި ކަހަލަ ވާހަކަ ނުވާނެ ދައްކާކަށް. އިޖާޒް ހޭ އަރާއިރު އަހަރެންނާ އީރާ ހުންނާނަން ކުރިމަތީގަ. ﷲ އިރާދަކުރެއްވިއްޔާ އަހަރެންނަށްވުރެ ދިގު އުމުރެއް އިޖާޒްއަށް މިންވަރުކޮށްދެއްވާށި” އިޖާޒް ގެ އަނގަމަތީގައި އަހަރެން އަތް އެޅީމެވެ. އިޖާޒް ވަރަށް ލޯބިން އަހަރެންގައިގައި ބައްދާލިއެވެ. އަހަރެންނަށްވެސް ނިދުނީ އިޖާޒް ކައިރީ އެ އެނދުގައި އޮއްވައެވެ. ދެން ހޭލެވުނީ ނަރުސް ކުށްޖަކުއައިސް ގޮވުމުންނެވެ. ތިއޭޓަރަށް ގެންދަންވާއިރަށް ތައްޔާރު ވެލުމަށް އެދުމަށްފަހު ނަރުސްކުއްޖާދިޔައެވެ.

އިޖާޒް ފެންވަރާލައިގެން ނުކުތްތަނާ މަންމަމެންވެސް ހޮސްޕިޓަލަށް އައެވެ. އީރާގައިގައި ނުހަނު ލޯބިން ބައްދާ ދޮންދީ ހެދި އަދަދުވެސް މީހަކަށް ނޭގޭނެއެވެ. ހުރިހާ އެންމެންވެސް އިޖާޒްއަށް ހިތްވަރު ދެމުން ދިޔައެވެ. ތިއޭޓަރަށް ވައްދަމުން އެންމެ ފަހުންވެސް އިޖާޒް ހިފީ އަހަރެންގެ އަތުގައެވެ.

“ނިކަން ލޯބިވޭ” އިޖާޒް އެހެން ބުނެލެވުނު އިރު އެތެރެއަށް ވައްދައިފިއެވެ. އަހަރެމެން މަޑުކުރީ ބޭރުގައެވެ.

އޮޕަރޭޝަން ފެށުނުކަން  9 ޖެހިއިރު ނަރުސް ކުއްޖަކު އައިސް އަޕްޑޭޓް ކޮށްދިނެވެ. އެ އާއިއެކު އަހަރެން އީރާ ގޮވައިން ކޮޓަރިއަށްވަދެ ސައިދީ ހަދައިގެން ގެނެސް އަހަރެންގެ މަންމަ އަތަށް ދިނުމަށްފަހު ކަމެއް ބޭނުންވެއްޖެއްޔާ  ގޮވައި ދިނުމަށް އެދި އަހަރެންގޮސް ކޮޓަރިއަށް ވަދެ ވުޟޫކޮށްލައިގެން ނަމާދަށް އެރީމެވެ. ސަޖިދާގައި އިވެގެންވެސް އަދި ނަމާދުން އަވަދިވުމަށްފަހުވެސް އޮޕަރޭޝަން ކާމިޔާބުވޭތޯ ﷲ ގެ ހަޟްރަތުގައި ދުޢާ ދެންނެވީމެވެ. އެ ގޮތުގައި ވަގުތު ދިޔަގޮތްވެސް ނޭގެއެވެ. ގަޑި ބަލާލަންވެސް ހަނދާންވީ މަންމަ އީރާއަށް މެންދުރުކާންދޭން ކޮޓަރިއަށް ވަނުމުންނެވެ. އޭރު ގަޑިން 12:30 ވަނީއެވެ.

” ޚަބަރެއްވިތަ މަންމާ” މަންމަ ފެނުމާއިއެކު އަހާލެވުނެވެ. އޭރުވެސް އަހަރެންގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވާނެއެވެ.

“ނޫން. އަދި ނުބުނޭ އެއްޗެއް. ބުންޏެއްނު 4 ގަޑިއިރު ވެދާނެއޭ. ދަރިފުޅު އެއްޗެއް ކާންވީނު.” މަންމަ އަހަރެންނާއި ވާހަކަ ދެއްކިއެވެ. އަހަރެން ތެދުވެގެން ގޮސް އީރާ އުރާލުމަށްފަހު ގާތުން ދިނީމެވެ. އަދި މަންމަ އާއި އީރާ ހަވާލުކުރުމަށްފަހު އޮޕަރޭޝަން ތިއޭޓަރު ކައިރިއަށް ގޮސް ބެލް އަޅާލީމެވެ. ނަރުސް ކުއްޖެއް ނުކުތުމުން އިޖާޒް ނަން ބުނުމަށްފަހު އަޕްޑޭޓްއަކަށް އަހާލީމެވެ. އަދި ނުނިމޭ ކަމާއި ނިމުމުން ޑޮކްޓަރު ގޮވާލާނޭ ކަމުގައި ބުންޏެވެ. އަހަރެން ގޮސް އެތާ ގޮނޑިއެއްގައި އިށީނެމެވެ. އެހެން އިންނައިރުވެސް ދޭތެރެއަކުން އަހަރެންނަށް ރޮވެއެވެ.

އޮޕަރޭޝަން ނިމުނުކަން އެންގީ ހަވީރު ހަތަރެއް ޖަހަނިކޮންނެވެ. އޮޕަރޭޝަން ކާމިޔާބުކަމާއި ނަމަވެސް އުންމީދު ކުރިވަރަށްވަރަށް ވުރެ އުނދަގޫވިކަމުގައި ޑޮކްޓަރު މަޢުލޫމާތު ދެއްވިއެވެ. އިތުރަށް އެއްޗެއް ބުނަން އެނގޭނީ ހޭ އެރުމުންކަމުގައި މައުލޫމާތުދިނެވެ. އަދި އައިސީޔޫއަށް ބަދަލުކުރުމުން އާއިލަގެ އެކަކަށް ދެކިލުމުގެ ފުރުސަތު ދޭނެކަމުގައި ބުނުމުން އަހަރެން އެ ފުރުސަތު އިޖާޒް ގެ ބައްޕައަށް ދިނުމަށް އެދުނީމެވެ. އަހަރެންނަކީ އިޖާޒް ގެ އަންހެނުން ނަމަވެސް އެއީ ދެމަފިރިއެއްގެ ހުރި ހަމަ އެކަނީ ފުރާނައެވެ. އިޖާޒް ގެ މައިން ބަފައިން އޭނާ ދެކިލަން ބޭނުންވާނޭ ވަރު އަހަރެންނަށް އިހްސާސްކުރެވެއެވެ.

އިޖާޒް އައިސީޔޫއަށް ބަދަލު ކުރިތާ 6 ގަޑިއިރު ވީއިރުވެސް ހެއެއް ނާރައެވެ. އެހެންކަމުން އަހަރެންގެ ހިތަށް ނުތަނަވަސްކަން ވެރިވާން ފެށިއެވެ. އިޖާޒް ހެޔޮ ހާލުގައި ލެއްވުންއެދި ދުޢާ ކުރެވުނު ވަރުވެސް ނޭގެއެވެ. އިޖާޒްގެ މައިންބަފައިންގެ މޫނުމަތިންވެސް ފެންނަނީ އުދާސްކަމެވެ. ރޭގަނޑު ވުމުން އަހަރެން މަންމަ އާއި އީރާ ގެއަށް ފޮނުވާލީމެވެ ނަމަވެސް ބައްޕަ ދިޔުމަށް އެއްބަހެއް ނުވިއެވެ.

އެރޭގެ 11 ޖަހަނިކޮށް ޑޮކްޓަރު އައިސް އަހަރެމެންނާ ބައްދަލު ކުރިއެވެ. ޑޮކްޓަރު ވިދާޅުވީ ލޭއައުން ނުހުއްޓޭކަމަށާއި މިއީ ވަރަށް މަދުން ނޫނީ ދިމާނުވާފަދަ ހާލަތެއްކަމަށެވެ.އޮޕަރޭޝަންގެ ފަހުންވެސް 3 ޕައިންޓް ލޭ އެޅިއްޖެކަމަށާއި އިތުރަށް 3 ގަޑިއިރު ބެލުމަށްފަހު އަލުން އޮޕަރޭޝަން އެއް ކުރަން ޖެހިދާނެކަމެވެ. އޮޕަރޭޝަން ކާމިޔާބުވުމުން މަދު ގަޑިއިރުތަކަކަށް ލިބުނު ހިތްހަމަ ޖެހުމުން ބިރުވެރިކަމަކަށް ބަދަލުވި ކަހަލައެވެ. އިޖާޒްގެ މަންމަ ކުރަމުން އައި ހިތްވަރުވެސް ދޫވެ އެ ދެލޮލުންވެސް ކަރުނަ ހިލެން ފެށިއެވެ.

އިޖާޒް  ގެ ދެވަނަ އޮޕަރޭޝަން ކުރަން ވެއްދީ ފަތިހު 4 ޖެހިއިރުއެވެ. ކެތްމަދުވެފައި ތިއޭޓަރު ބޭރުގައި ދުޢާކޮށްލަކޮށްލަ ތިބުން ފިޔަވާ ކުރެވޭނެ އިތުރުކަމެއް ނެތެވެ. އިޖާޒް ތިއޭޓަރަށް ވެއްދިތާ ތިން ގަޑިއިރުފަހުން އިޖާޒްގެ އެހީތެރިއަކު އެތެރެއަށްވަނުމަށް ގޮވާލލިއެވެ. އޭރު ބޭރުގައި އިންނަ މޮނިޓަރުން އޮޕަރޭޝަންކޮށް ނިމުންކަން ދައްކައެވެ. އަހަރެންނާއި އިޖާޒްގެ ބައްޕަ އެތެރެއަށްވަނީ ތެޅިތެޅި އޮތް ހިތަކާއިއެކުއެވެ. އެތެރެއަށް ވަނުމަށްފަހު އެތާއިން ވަށް މޭޒު ކައިރީ އަހަރެންނާއި އިޖާޒްގެ ބައްޕަ އިށީނީމެވެ. ކުޑައިރުކޮޅެއް ފަހުން ޑޮކްޓަރު އައިސް އިށީނެވެ. އަވަސް އަވަހަށް އިޖާޒް ކިހިނެއްތޯ އަހާލިމެވެ. ޑޮކްޓަރު އިޖާޒް ގެ ވާހަކަ އަހަރެމެންނަށް އޮޅުން ފިލުވައިދިނީ އިނގިރޭސިންނެވެ. މާ ބޮޑަށް އިނގިރޭސި ނޭގުނު ނަމަވެސް ޑޮކްޓަރު ދެއްކި ވާހަކަތައް ކޮންމެވެސް ވަރަކަށް ބައްޕައަށް ސާފުވިއެވެ.

” ދިސް އިޒް އަ ވެރީ ރެއަރ ކޮންޑިޝަން. ވީ ވާރ އަންއޭބަލް ޓު ސްޓޮޕް ދަ ބްލީޑީން. ހީ ވެންޓް އިންޓު ޝޮކް އެންޑް ވީ ކުޑް ނޮޓް ސޭވް ހިމް. ވީއަރ ވެރީ ސޮރީ” ( މީ ވަރަށް މަދުން ނޫނީ ދިމާ ނުވާކަމެއް. ލޭއައުން ނުހުއްޓުވެނީސް ޝޮކަށް ދިޔައީ. އޭނާގެ ފުރާނަ އަހަރެމެންނަށް ސަލާމަތެއް ނުކުރެވުނު).

އަހަރެންގެ މޫނުމައްޗަށް އަނދިރި ވިއެވެ. މުޅިތަން ފުސްވިއެވެ. ފަހުން ޑޮކްޓަރުކީ އެއްވެސް އެއްޗެއްވެސް ސާފެއް ނުވެއެވެ. ނަމަވެސް ބައްޕަ ރޯންފެށި އަޑު އަހަރެންނަށް އިވުނުވެ. ޖެހިބުދެއްހެން ހަރަކާތެއް ގެންނަންވެސް ނޭނގިފައި އަހަރެންނަށް އިނދެވުނެވެ.ލޮލުން ކަރުނަވެސް ހުސްވެފައި ވާކަހަލައެވެ. ޑޮކްޓަރު ހުރިހާ އެއްޗެއް ކިޔާދީނިމުމުން އެއްވެސް އެއްޗެއް ނުބުނެ މަޑުމަޑުން އެތަނުން ނުކުތީމެވެ. އޭރު ހުރިހާ އެންމެންވެސް އަހަރެމެންގެ އިންތިޒާރުގައި ތިއޭޓަރު ދޮރުމަތީގައި ތިއްބެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ މަޑުމަޑުން ނުކުމެ މަންމަ އަތުގައި އިން އީރާ އުރާލީމެވެ. އަދި ފަސް ބެލުމެއް ނެތި ދެވޭނުދެވޭ ތަނެއްވެސް ނޭގޭ ހާލު ކުރިއަށް ހިނގަން ފެށީމެވެ. ބައްޕަ އެ ހިތާމަވެރި ޚަބަރު އެހެން މީހުންނަށް ދިން ގޮތެއް އަހަރެންނަކަށް ނޭގެއެވެ. އީރާ ގޮވައިގެން ހޮސްޕިޓަލުން ނުކުތުމަށްފަހު ކުރިމަތީ އޮތް ބަގީޗާއަށް ދިޔައީމެވެ. އެތަނުގައި ހުރި އުނދޯންޔަކަށް އީރާ ލައިގެން އުނދޯލި ހެއްލާލަދޭން އިނީމެވެ.

އަހަރެންނަށް ހަމަ ހޭވެރިކަން ވީ އަހަރެންގެ މަންމަ ނުކުމެ އުނދޯލި ހުއްޓުވާ އީރާ އުރާލުމުންނެވެ.

“ދަރިފުޅާ. ނިއުމާ ހޭނެތިގެން އެމެޖެންސީ ކޮޓަރިއަށް ވައްދައިފި. ހިނގާ އެތަނަށް” އަހަރެން މަންމަގެ މޫނަށް ބަލާލުމަށްފަހު މަންމަގެ ފަހަތުން މަޑުމަޑުން ހިނގަން ފެށީމެވެ. އަދި އެމެޖެންސީ ކޮޓަރިއަށް ވަނީމެވެ. އެތަނުގައި އިޖާޒްގެ މަންމަ އަށް ފަރުވާ ދިނުމަށް ޑޮކްޓަރުން އުޅެއެވެ.

މައިދައިތަ ގާތުގައި މަންމައާއިއ އަހަރެން މަޑުކުރީމެވެ.ބައްޕަ އާއި ބަފައިބެ ދިޔައީ އިޖާޒްގެ ކަށުކަމާ ކެމީގެ ކަންކަން ނިންމުމަށެވެ. އިޖާޒްގެ މަރުގެ ޚަބަރު ގާތްތިމާގެ މީހުންނަށް ދިނީ އަހަރެންގެ ބައްޕައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

SomeOne

Level 210 Stories

Other Articles

Previous

ވަކި ދިޔަޔަސް

Next

ކައު ސާހިބާ

Next
April 1, 2021

ކައު ސާހިބާ

Previews
March 30, 2021

ވަކި ދިޔަޔަސް

2 Comments!

  1. Mar Sha Marsha says:
    April 1, 2021 at 1:03 pm

    Mi vaahaka kiyan, ekamaku comment eh mi noony nukuran. Mi bai kiyaafa comment nukoh dhookosheh nulevunu. V vv dhera vejje. Dhen Laith ah Aaya libeyne hen hyvany, ekamaku ves ufaleh nulevunu Marsha akah. Someone thiee v kulhadhaana liyuntheri eh. Vaahaka varah rythi.

  2. sahoo says:
    April 1, 2021 at 4:17 pm

    Wow very nice this part also and very emotional ??? and waiting for the next part of the story.

Comments are closed.

Next Episodeނިކަން ލޯބިން-31←


All Right Reserved!