Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

އަބަދުވެސް…5

luvza Level 310 Stories100 Login
March 12, 2021 2 Mins Read
1 Comment

ހައެއް ޖަހަނީއެވެ. ނިހާލް އައުން ލަސްވުމުން އެތަކެއް ފަހަރު ގުޅައިފިއެވެ. އެހެންނަމަވެސް ފޯނު ވަނީ ނިއްވަލާފައެވެ. މައިޝާ ހުރީ މިވާގޮތެއް ނޭގިފައެވެ. އަނެއްކަ ނިހާލް އަށް ކަމެއް ވިބާއޭ ހިތާ ހިތް ބިރުގަންފައެވެ.

*******

މައިޝާ އަށް ހިތް ނުތަނަވަސް ވާން ފެއްޓުމުން ކުރެވޭ ނުކުރެވޭ ކމެއް ވެސް ނޭނގެ އެވެ. ގަޑިން ދިހައެއް ޖަހަން ފަސް މިނިޓެވެ. ނިހާލްގެ އެއްވެސް ޚަބަރެއް ނުވެވެ. މައިޝާ އަދިވެސް ނިހާލް އަށް ގުޅޭތޯ މަސައްކަތް ކުރަނީއެވެ. އެތައް މެސެޖެއް ކުރެވިއްޖެއެވެ. ހާސް ވަނީއެވެ. ކުރާނެ ނުކުރާނެ ކަމެއް ނޭގުމުން މައިޝާ އިށީންނީ ސިޓިންރޫމް ސޯފާގައެވެ. ފުން ނޭވާއެއް ދޫކޮށްލުމަށް ފަހު ސޯފާގައި ލެނގިލާ ހަމަޖެހިލިއެވެ. އިރުކޮޅެއްތެރޭ އެދެލޯ މެރެން ފައްޓައިފިއެވެ. ނިދިގެން ތާއްޔާ ޖެހެން ފެއްޓުމުން މައިޝާ ސޯފާގައި އޮށޯވެލިއެވެ.

ގަޑިން ބާރަގަޑި ބައި އެކެއް ޖަހަނީއެވެ. ނިދިފައި އޮތް މައިޝާގެ ދެލޯ ހުޅުވިގެން ދިޔައީ ސިހުމަކާއި އެކުގައެވެ. ހުޅުވުމާއިއެކު ފުރަތަމަ ވެސް ބަލައިލެވުނީ ކައިލީގައި އޮތް ފޯނަށެވެ. މައިޝާ ތެޅި ތެޅި އޮތް ހިތަކާއި އެކު  ފޯނު ހުޅުވާލިއެވެ. އެހެންނަމަވެސް އެދެލޯ ފެންކަޅި ވެގެން ދިޔައީ ނިހާލްގެ އެއްވެސް މެސެޖެއް ނުވަތަ މިސް ކޯލެއް ވެސް ނެތުމުންނެވެ. ވަގުތުން މައިޝާގެ ރީތި ދެލޯ ފެންކަޅީ ވެގެނ ދިޔައެވެ. ދެވެނަ ސުކުންތުގައި އެހުރިހާ ކަރުނަތަކެއް ލޯތެރެއަށް ހިނދިގެން ދިޔައީ ފަހަތުން އިވުނު އަޑަކުންނެވެ. މައިޝާ ދެއަތް މޮޑެމުން ސޯފާއިން ތެދުވި ގޮތަށް ހިނގައިގަތީ މާހިލްގެ ކޮޓަރި އާ ދިމާލަށެވެ.

މާހިލްގެ ކޮޓަރި ދޮރު އެއްކޮން ނުލުނެއްޕި ހުރުމުނ އެކޮޓަރިތެރޭ ހިނގަމުންދާ ކަންތައްތައް އެނގޭހާ ވަރު ވެއެވެ. އެކޮޓަރި ތެރޭ ތިބި ނިހާލް އާ މާހިލް ދައްކަމުން ދިޔަ ވާހަކަ އާއި ވަމުން ދިޔަ ހުރިހާ ކަމެއް މައިޝާ އަށް ފެންނަމުން ދިޔައެވެ.

“ދެން މަކީތްތަ ކުރަންވީ..؟ މަށޭއް ނޫޅެން މައިޝާ ދޫކޮށްލާފަ އައިސް ކަލެއާ އިންނާކަށެއް!… ދެން އަދި ބުނަން ކަލޭގެ ތި ބަނޑުގަ އޮތް ދަރިއަކީ މަގޭ ދަރިއެއް ކަމަށް އަހަންއެއް ގަބޫލެއް ނުކުރާނަން…” ”އެކަމަކު މީ ނިހާގެ ދަރިއެކޭ…!” ” އަހަރެން މިބުނީއެއްނުން ތީ އަހަރެންގެ ދަރިއެއް ނޫނޭ!… މަށެއް މަގޭ އަނބެއް ހުއްޓާ އެހެން މީހެއްގެ ބަނޑުގަ އަހަރެންގެ ދަރިއެއް އޮތީއޭ ކިޔާފަ ކިހިނެއް ދާނީ،.. ނޯވޭ ނޯ ” “ނިހާ ޕްލީޒް، އަހަންނެއް މިދަރިފުޅު އެބޯޓެއް ނުކުރާނަން!…” ” މަށަށް ހެޔޮ އެކަމަކު މަށެއް ތި ދަރީގެ ބައްޕަގެ ޒިންމާއެއް ނުނަގާނަން..!” “ނިހާލް!… ޕްލީޒް ނިހާލް… އާހް މަންމާ….!”

މާހިލް ވާހަކަ ދައްކަމުން ދަނިކޮށް ނިހާލް މާހިލްގެ ބޮލުގައި ޖެހީ އެބުރުން އަރާހާ ބާރަށެވެ. މި މަންޒަރު ބަލަންހުރި މައިޝާ އަށް ނިހާލްގެ އަނިޔާވެރިކަން އިހުސާސް ކުރެވި ސިހުންވެސް ގެނުވިއެވެ.

ވެއްޓިފަ އޮތް މާހިލްގެ ބޮލުން ވެރެމުން ދިޔަ ލެއިން އެތަނުގައި ލޭގެ ކޯރެއް އުފައްދާލައިފިއެވެ. މާހިލްގެ ކައިރި ހުރި ނިހާލް އަށް ދޮރުކައިރި މީހަކު ހުރިކަމުގެ އިހުސާސް ކުރެވުމުން އެދިމާލަށް އެނބުރިލިއެވެ.

ގައިޒް މިވާހަކައިގެ މި އެޕިސޮއިޑް ކުދަކޮށް ކުރުވެދާނެ އިންޝާﷲ އަބަދުވެސް މިވާހަކައިގެ 6 ވަބައި ދިގު ކޮށްލެވޭތޯ ބަލާނަން އެންޑް ތެންކިޔު އޯލް ރީޑާސް ފޯ ޔުއާ ސަޕޯޓް

މިވާހަކަ ނުވަތަ އެހެން ކަމެއްގައިވެސް ތިބެފުޅުން ހިންހަމަ ނުޖެހޭ ކަމުގައި ވަނީނަމަ ކޮމެންޓޫގައި އެކަން ހިއްސާ ކޮށްލާ!!✌????

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

luvza

Level 310 Stories100 Login

Other Articles

Previous

ތިޔަ ލޯތްބަށް އެދެމޭ – 7

Next

ޑައިރީ

Next
March 13, 2021

ޑައިރީ

Previews
March 12, 2021

ތިޔަ ލޯތްބަށް އެދެމޭ – 7

One Comment

  1. redlailacrose says:
    March 12, 2021 at 7:09 pm

    Nice ?? im wondering what will happen next ??? curiously waiting for next part ??? stay safe ??

Comments are closed.

Next Episodeއަބަދުވެސް…6←


All Right Reserved!