Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދުވެސް…4

luvza Level 310 Stories100 Login
March 8, 2021 2 Mins Read
1 Comment

ދަންވަރުގެ ވަގުތެވެ… ނިދިފައިއޮތް މައިޝާ އަށް ހޭލެވުނީ ފެންބޮވައިގަނެގެންނެވެ. ބޭރަށް ނުކުމެ ފެންބޮއެގެން ކޮޓަރިއަށް ވަންނަން ދިޔަ ވަގުތު މާހިލްގެ ކޮޓަރިން މީހަކު ވާހަކަ ދައްކާ އަޑު  މައިޝާ އަށް އިވުނެވެ.

****

“މަށަށް ކޮން ކަމެއް އޭނަ އެހެން މީހަކާ އިނިއްޔާ.. މަ މީ އޭނަގެ ދިރިއުޅުމުން ބޭރު މީހެއް. މަނުޖެހޭނެ އޭނަ އެހެންމިހަކާ އިނީޔެކޭ ކިޔާފަ ކަރުނަ އަޅާ ރޯކަށެއް.. އަދި މަ ވަރި ކޮއްފާ ކޮބާ ސަލާމަތެއް މިނިވަން ވީޔޯ، ފުރަތަމަ އަނބެއް، ދެން މިހާރު ގޭގާ ގެންގުޅޭ ނޯކަރު އެވެސް އަދި މަންމަނެއް، ކެރެކްޓާ ކަޑާ ނުލާށޭ އަދި ބުނެފިއެއްނުން… ސަހާދެ މަވެސް މިކަހަލަ މީހަކާ ވިއްޔާ މި އިނީ… ބޮލާ ނުކުޅަދާނަ ހުވާ މިކުރީ….” މައީޝާ އެކޮޓަރި ދޮރާ ކައިރިވެލުމުން ކިޔަމުން ދިޔަ އެއްޗިހި ސާފު ވާވަރު ވިއެވެ. އެހެންނަމަވެސް މަންމަނަކަށް ވާހަކއެއް ނުދެއްކޭނެއޭ ހިތާ އެކަމާ އަޅާ ނުލީއެވެ.

“މަހިލް ކާކާ ބާ މިވާހަކަ ދައްކަނީ؟ ހަމަ ގައިމުންވެސް މަންމަނު ކުއްޖަކަށް އެހާ ރީތި ކޮންނެއް ވާހަކައެއް ނުދެއްކޭނެ.. ވެދަނެ މަ ނިދިބުރާންތި ކައިފަ ހުރީމަ ކަމަށް ވެސް.. އެވާނީ ހީއަކަށް….” މައިޝާ އެކޮޓަރި ދޮރުކައިރިން ދުރަށް ހިނގައިގަންނަމުން ހިތަށް އަރުވާލިއެވެ.

ދުވަސްތައް އޭގެ ހަލުވި ކަމާއި އެކު ފާއިތުވަމުން ދިޔަ އެވެ. މިއަދަކީ މައިޝާ އާ ނިހާލްގެ ކައިވެންޏަށް އެއްމަސް ފުރޭ ދުވަހެވެ. ހަޔާތުގަ ކުރެވުނު ފުރަތަމަ ކައިވެނީގެ ފުރަތަމަ އެއްމަސް ފުރުނު ދުވަސް މައިޝާ ބޭނުންވީ ވަރަށް ކުލަގަދަކޮށް ފާހަގަ ކުރާށެވެ. ނިހާލް އޮފީހަށް ދިޔުމުން ކޭކެއް އަޅާ ރެޑީ ވެލަން އޭނާ އަވަސް އަރުވާލިއެވެ. ވެނީލާ ޗީޒް ކޭކް ފިހަން ލުމަށް ފަހު އައިސިންގަނޑު ތައްޔާރު ކުރަން ހުރި މައިޝާ ފަހަތް ބަކައިލީ ދޮރެއް ހުޅުވުނު އަޑަށެވެ.

“މާހިލް ކޮބަކިހިނެއްވީ މިއަދު ލަހުން ތި ނުކުތީ؟” މައިޝާ އުނދަގުލުން ނަމަވެސް މާހިލް އާ ވާހަކަ ދެއްކޭތޯ ބަލައެވެ. މާހިލް އޭނާގެ ޖަވާބުގައި ނުހޭލެވުނީއޭ ބުނުމުން އެއީ ކަމަކަށް ނުހަދަ އެދުވަހުގެ ކުޑަ ތަފްސީލެއް މާހިލް އަށް ދިނެވެ.

“މާހިލް، މިއަދަކީ އަހަންނާ ނިހާލްގެ ކައިވެންޏަށް އެއްމަސް ފުރޭ ދުވަސް އެހެންވެ އަހަރެން މިއުޅެނީ ކޭކެއް އަޅަން ވެގެން… ދޭބަ އަވަނުގަ އިން ކޭކު އިނީ ރީއަޗަށް ތޯ ބަލާލަން..!” މައިޝާ މިހެން ބުނުމުން ބަސްއަހާ ކުޑަކުއަޖެއް ފަދައިން މަހިލް ހިނގައިގަޓީ އަވަނާ ދިމާލަށެވެ. މަޑު ހިނގުމެއްގަ ގޮސް އަވަން މަތީ އޮތް އަތް ދޮއް ނަގާ އަވަނުގެ އެތެރެއްށް ބަލައިލި ވަގުތު ދުވި ވަހުން މާހިލް މޭ ނުބައި ކުރަ ގޮތަ ވިއެވެ. އަނގަ މަތި އަތް އަޅާލަމުން މާހިލް ދުއްވައިގަތީ އޭނާގެ ކޮޓަރި އަށެވެ. މާހިލްގެ މި ހަރަކާތުން ހައިރަންކަމެއް ލިބިފައިހުރި މައިޝާ އަށް ހިނގައި ގަނެވުނީ މާހިލްގެ ކޮޓަރި އާ ދިމާލަށެވެ. މާހިލްގެ ކޮޓަރި ދޮރު ހުޅުވައިލުމާއިއެކެ މައިޝާގެ ކަންފަތުގައި ގުގުމާލީ އެކޮޓަރި ފާހާނައިން މާހިލް ހޮޑުލާ އަޑެވެ. ބޭއިޙްތިޔާރުގައި މައިޝާ އަށް ދުއްވައިގަނެވުނީ ބަދިގެ އަށެވެ. އައިސް އަލަމާރިން ފެންފުޅިއެއް ނެގުމަށް ފަހު ފެންތައްތެއް އަޅައިގެން ދުއްވައިގަތީ މާހިލް އަތަށް އޭތި ދޭށެވެ. އޭރު މާހިލް ފާހާނައިން ނުކުންނަނީއެވެ. ފެންތަށި މަހިލްގެ އަތަށް ދެމުން މައިޝާ އޭނަ ކައިރި އަރާމް ކޮއްލަން ބުންޏެވެ.

“މާހިލް، ދެން އަރާމް ކޮއްލާ އަހަރެން ހުރިހާކަމެއް ކޮއްލާނަން ދެން މިއަދު މާހިލް  އަރާމް ކޮއްލާ އިނގޭ…” މައިޝާ މާހިލް އެނދުމަތީގައި ބޭއްވުމަށް ފަހު އެކޮޓރިން ނުކުމެ ނިހާލް އަށް ޝައްކު ނުވާނެހެން މާހިލް ބަލިކަން ބުންޏެވެ. އަދި ގެއަށް އަންނާނީ ކޮން އިރަކުންތޯ އަހާ އޮޅުނފިލުވާލިއެވެ.

“ހަލޯ، ނިހާލް މިއަދު ގެއްސް އަންނާނީ ކޮންއިރަކުން އެއީ އަހަރެން މިއަދު މަހިލް މާބަލިވީމަ ބަދިގޭގަ ކައްކާތީވެ.” “މިއަދު ތަނކޮޅެއް ލަހުން ދެވޭނީ ގާތްގަޑަކަށް ބުނަންޏާ ހަވިރު ދެން ދެވޭވަރު ވާނީ.” ” އޮކެ، ލަވް ޔޫ ހަބީ..” ” ހުމްމް ބައީ”

ހަވީރު ހަތަރުގަޑި ބައި ވަނީއެވެ. މައިޝާ ހުރިހާ ތައްޔާރީ އެއްވެގެން ނިހާލްގެ އިނތިޒާރުގައި ސޯފާގައި އިންނަތާ މިހަރު ގަޑިއެއްގެ އިރު ވަނީއެވެ. ނިހާލްގެ އެއްވެސް ޙަބަރެއްނުވެއެވެ. އިރުއިރުކޮޅަކާ ތެދުވެ ހިނގާލާ ބޭރު ބަލާލާ އެކި ކަންކަން ކުރެއެވެ. ހައެއް ޖަހަނީއެވެ. ނިހާލް އައުން ލަސްވުމުން އެތަކެއް ފަހަރު ގުޅައިފިއެވެ. އެހެންނަމަވެސް ފޯނު ވަނީ ނިއްވަލާފައެވެ. މައިޝާ ހުރީ މިވާގޮތެއް ނޭގިފައެވެ. އަނެއްކަ ނިހާލް އަށް ކަމެއް ވިބާއޭ ހިތާ ހިތް ބިރުގަންފައެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

luvza

Level 310 Stories100 Login

Other Articles

Previous

އަބަދުވެސް… އިއުލާން 2

Next

ތީއޭ އުފަލަކީ…14

Next
March 8, 2021

ތީއޭ އުފަލަކީ…14

Previews
March 8, 2021

އަބަދުވެސް… އިއުލާން 2

One Comment

  1. redlailacrose says:
    March 9, 2021 at 8:30 am

    Nice stry ? waiting for next part nd could u please comment on my stry loibahtakai aharen huva maru vs vedhaanamey

Comments are closed.

Next Episodeއަބަދުވެސް…5←


All Right Reserved!