Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދުވެސް…6

luvza Level 310 Stories100 Login
March 28, 2021 2 Mins Read
0 Comments

ވެއްޓިފަ އޮތް މާހިލްގެ ބޮލުން ވެރެމުން ދިޔަ ލެއިން އެތަނުގައި ލޭގެ ކޯރެއް އުފައްދާލައިފިއެވެ. މާހިލްގެ ކައިރި ހުރި ނިހާލް އަށް ދޮރުކައިރި މީހަކު ހުރިކަމުގެ އިހުސާސް ކުރެވުމުން އެދިމާލަށް އެނބުރިލިއެވެ.

މައިޝާ ވަރަށް ހުށިޔާރުވެލާ ފާރާ ނިވާވެލިއެވެ. އަދި ނިހާލް އައިސްދާނެތީ ލުއި ފިޔަވަޅު ތަކެއްގައި ދުވެފައި ގޮސް ސޯފާގައި އޮށޯ ވެލާ ނިދާކަމަށްހެދުނެވެ. މިހެން ކަންތައް ކުރެވެނުކަން އެއީ މައިޝާގެ ނަސީބު ކަންނޭގެއެވެ. މާހިލްގެ ކޮޓަރި ދޮރުހުޅުވާފައި އެނުކުތީ ނިހާލްއެވެ. މައިޝާ ތުން ފިއްތާލުމަށްފަހު ދެލޯމަރާ ތަގުޅި ކޮށްފައި ހަމަޖެހިލިއެވެ.

ނިހާލްގެ ބަރު ފިޔަވަޅުތަކުގެ އަޑު އައިސް ހުއްޓުނީ މައިޝާ އޮތް ސޯފާގެ ބޯލާދިމާލުގައެވެ. މައިޝާގެ ނިތްކުރިއަށް ވަރަށް ލޯބިން ބޮސްދިނުމުން މައިޝާ ވަރަށް ނުކެރި ހުރެ ދެލޯ ހުޅުވާލިއެވެ.

” ނިހާލް ކިހިނެއް ވީ ހާދަ ލަހުން ތި އައީ…” މައިޝާ ނިހާލް ގެ އަތުގާ ހިފާލާފައި އޭނާގެ ފޯނު ނަގާ ގަޑި ބަލާލާފައި ނިހާލް އާ ޝަކުވާ ކޮށްލިއެވެ.

” ހުމްމް…އެއީ ވަރަށް ބިޒީ ކޮށް އުޅުނީ މިއަންނަ ހަފްތާއަށް ޑިއު ވާ ޕރޮޖެކްޓު ކުއްލިއަކަށް މާދަމައަށް ބަދަލު ކުރީ އެހެންވެ.. ސޮރީ….” ނިހާލް މައިޝާ އަށް ހަގީގަތް އޮޅުވާލިއެވެ.

“އެކީތްވެ؟…” މައިޝާ ނިހާލް އާ ސުވާލު ކޮށްލިއެވެ.

“ކޯއްޗެއް!.. މާދަމައަށް ޑިއު އަވަސް ކުރީ؟” ނިހާލް އަށް މައިޝާ ބުނިއެތި ނަގައިނުގަނެވުމުން އަހައިލި އެވެ.

“ޕްޗިސް… މައި މިބުނީ އެއީ ކީތްވީ ހެއްޔޭ ސޮރީއޭ ތިބުނީ… ހެހެހެ….” މައިޝާ ކައިރިއަށް ފާޑަކަށް ހިނި އައެވެ. އެހެން ނަމަވެސް ސިކުނޑީ ގައި ވަނީ ދެންމެ ހިނގައިދިޔަ ކަންތައްތަކެވެ.

ނިހާލް އާއި މާހިލް ދެއްކި ވާހަކަ އެވެ. މާހިލް އަށް ވާހަކަ ދެއްކޭ ކަމެވެ. ނިހާލް މައިޝާ އަށް އޮޅުވައި ލުމެވެ. ނިހާލް އާއި މާހިލް އާ ދެމެދު އޮތް ގުޅުމެވެ. މާހިލް ބަނޑު ބޮޑުވުމެވެ. އެ ދަރިފުޅުގެ ބައްޕަ ނިހާލް އަށް ވުމެވެ. ނިހާލްގެ އަނިޔާވެރިކަމެވެ. އަދި މިކަންކަމުގެ ތެރެއިންވެސް މައިޝާ އެންމެ ހައިރާން ވީ މާހިލް އަށް ވާހަކަ ދެއްކޭ ކަން ނިހާލް އޮޅުވައިލީމައެވެ.

“އޭ! ކޮން ވިސްނުމެއްގަ؟” ނިހާލް މައިޝާގެ ދަތްދޮޅީގައި ހިފާ އެ ރީތި ދެލޮލަށް  ބަލައިލަމުން އަހާލިއެވެ.

“އުހްމް… މާ ވަރުބަލި ވެފަ ހުރީމަ… ހިނގާ ނިދަން ދާން…” މައިޝާ ކޮޓަރި އާ ދިމާލަށް އެނބުރިލާ ހިނގައިގަތެވެ.

ކޮޓަރިއަށް ވަދެވުމާއި އެކު މައިޝާ ހައިރާންވިއެވެ. އަދި ލުއި ހިނިތުންވުމެއް ތުންފަތް މައްޗައް ވެރިވިއެވެ. ފަހަތުން އައި ނިހާލް އަށް ވެސް ވީ މައިޝާ އަށް ވީ ވަރެވެ. ކޮޓަރި ދޮރުމަތީގައި ގަބުވެފައި ހުރެވުނީއެވެ.

~ ނުނިމޭ ~

……ވަރަށް ބޮޑަށް ސޮރީ މި ބައި ލަސް ވީމަ……. ހޯޕް ޔޫ ނޯ ދަ ރީޒަން

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

luvza

Level 310 Stories100 Login

Other Articles

Previous

މާތް އަޚްލާގު

Next

އަބަދުވެސް ލޯބިވާނަން އިއުލާނު

Next
March 28, 2021

އަބަދުވެސް ލޯބިވާނަން އިއުލާނު

Previews
March 28, 2021

މާތް އަޚްލާގު



All Right Reserved!