Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނިކަން ލޯބިން-3

SomeOne Level 210 Stories
March 7, 2021 4 Mins Read
0 Comments

“ވަރަށް ހޯދިން ރޭގަވެސް ފެނޭތޯ. އެންމެ ފަހަރަކު ފެނުނީ އެވެސް އެންމެންނާ އެކީ ހުއްޓާ. އެހެންވެ ނުކެރުނީ ވާހަކަ ދައްކާލަން.” އަހަރެންގެ ހިތް އުފަލުން ނަށަންފެށިއެވެ

“ކިހިނެއްވީ އެއްޗެއް ނުބުނީ؟ އަނެއްކާ ވާހަކަ ދެއްކީމަ ހިތްހަމަ ނުޖެހުނީތަ؟” އަހަރެންވާހަކަ ނުދެއްކުމުން އެޒުވާނާ އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ.

“ނޫނެކެވެ. އަހަރެންގެ ހިތް އުފަލުން ނަށަނީއެވެ. ތިޔަ ޒުވާނާ ދެކިލާ ހިތުން ކެތްމަދުވެފައި ހުންނަތާ ކޮން އިރެއް ހެއްޔެވެ” އަހަރެންގެ ހިތް ވާހަކަ ދައްކަމުން ދިޔަނަމަވެސް އަހަރެންގެ ދުލުން އެންމެ ބަހެއްވެސް ބޭރެއް ނުވެއެވެ.

އަހަރެމެންނަށް ހިނގަމުން ގެ އިންނަ މަގާއި ހަމައަށް އާދެވިއްޖެއެވެ.

” އޮންނާނެ ޓީޝާޓް ނުދޮވެ ބާއްވާފަ. އެދޮވެދޭންވާނެ އެނގޭ! މެންދުރު އަދި ލަޒާނިޔާވެސް ހަދައްޗޭ” ސަކަރާގެއްގައި އެހެން ބުނެލުމަށް ފަހު އަހަރެންގެ “ޓޮމް ފޯޑް” ފަހަތަށް އެނބުރި އައި ދިމާލަށް ހިނގަންފެށިއެވެ. އަހަރެންވެސް އަވަސް އަވަހަށްގޮސް ގެއަށް ވަނީމެވެ. އޭރު ގޭ އެންމެންވެސް ތިބީ ސައި ބޯށެވެ.

“ތުއްތު ހިއެއްނުވޭ 10 ގެކުރިން ހޭލާނެހެން. ރޭގަ ވަރަށް ލަސްވިއިރުވެސް އިވޭ އެއުޅޭ ހުސެންމެންނާ އެކީ ޕީއެސް ކުޅެން އުޅޭ އަޑު”  ކާގެއަށް ވަތް އިރު ފަހަރި ގެ ވާޙަކައިން އަހަރެންނަށް އެއްބައި އިވުނެވެ.

“ފަހަރި ތުއްތު އެއްހުރޭތަ؟ މީގެ ކުރިން ނޭގެ ފަހަރިގެ ތުއްތުއެއް ހުންނަކަމެއް. ސަޅި ބިޓެއް ވިއްޔާ ނިކަން ދައްކާލަބަލަ! އާއިލީ ގުޅުން ހަމަ ބަދަހިވެދާނެ އެއްނު” އަހަރެން ވެސް އިށީންނަމުން މަޖާ ރާގެއްގައި ބުނީމެވެ.

“އާނ! މަގޭ ހަގު ފިރިހެންދަރި އެއީ.. އެހާމީހުންނަކާ ނުގުޅޭނެ. އޭނަ އެ ގެންގުޅޭ ރަށްޓެހި ދެތިން ސޮރެއް އޭނާގެ ދިރިއުޅުމަކީ. ޝާއިރާ މީހަކާ އިންއިރުވެސް ލައިތް އުޅުނީ މެލޭޝިޔާގައި ޕައިލެޓްކަން ކިޔަވަން. މާގިނަ ދުވަހެއް ނުވޭ އަދި ރާއްޖެ އައިފަހުން. މަށަކަށް ހިއެއްނުވޭ މީހަކާވެސް އިންނާނެހެން. އަންހެނެއްގެ ވާޙަކަ ދެއްކިއަސް އެތަނަކުން ތެދުވެގެން ދާނެ” ފަހަރިގެ މަންމަ އިތުރަށް އޮޅުން ފިލުވައި ދިނެވެ.

“ހަހަހަ.. އެހެންތަ.. ދެން ތިކަންވެސް ތި ނުވީއެއްނު. އަހަރެން އަދި މި އުޅުނީ އާއިލާ ގާތްކޮށްލަންކަމަށް” ހެމުންހެމުން އަހަރެން އެހެންބުނިއިރު އެންމެންވެސް ތިބީ ހޭށެވެ.

ސައިބޮއެ ނިމިގެން ޢީދު ކުޅިވަރު ބަލަން އެންމެން ނުކުތް އިރު އަހަރެން ބޭނުންވީ ގޭގައި މަޑުކޮށްލާށެވެ. ގޭތެރޭގައި އެލުވާލާފައިވާ އުނދޯލީގައި އޮށޯވެލައިގެން އޮތީ އަހަރެންގެ “ޓޮމްފޯޑް” އާއި ދޭތެރޭވިސްނާށެވެ. ޔަޤީންވާ އެއްކަމެއް އެބައޮތެވެ. “ޓޮމްފޯޑް” އެއީ ހަމަގައިމުވެސް ލައިތް ގެ ރަށްޓެހިންތަކުގެ ތެރެއިން އެކަކެވެ.

އަހަރެން ސިއްސައިގެންދިޔައީ ކާގެ ތެރޭގައި ބަޔަކު އުޅޭއަޑު އިވިގެންނެވެ. އަހަރެން ކާގެއާދިމާލަށް ބަލާލީމެވެ.

ލައިތް އާއި އަހަރެންގެ “ޓޮމްފޯޑް” ސައި ބުއިމަށް ތައްޔާރުވަނީއެވެ. ގޭގައި އިތުރު މީހަކު ނެތުމާއި އަހަރެންވެސް ނުހަނު ބޭނުންވެފައިހުރުމާއިއެކު ސައިތައްޔާޜުކޮށްދިނުމަށް އަހަރެންގޮސް ކާގެއަށް ވަނީމެވެ. އޭރު އެ ދެމީހުން ބަތްކާދެތަށި ހިފައިގެން އައިސް އިށީންނަނީއެވެ. އަހަރެން އަލަމާރި ތެރޭގައި ހުރި މަސްހުނި ތަށި ނަގާ މޭޒުމާތީ ބެހެއްޓުމަށްފަހު ބަދައިގެން ރިހަ ބޯތަށްޓެސް މޭޒުމައްޗަށް ލައިދިނީމެވެ. އަދި 2 ސައިތަށި ހިފައިގެން އައިސް ދެމީހުންކައިރީ ބެހެއްޓުމަށްފަހު ބަދިގެތެރެއަށް ދިޔައީމެވެ. ދެ މީހުންވެސް އަހަރެންނަށް ބަލާކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. އަދި އަހަރެންގެ ހިތް ހިފެހެއްޓުމެއްނެތި ބާރަށް ތެޅެމުންދިޔައެވެ.

ބަދިގެއަށް ވަނުމަށްފަހު މައި ނޭވާއެއްލާ ހަމަޖެހެލީމެވެ. ދެމީހުންވެސް ތިބީ ބަދިގެއަށް ފުރަގަސް ދީގެންކަމުންނާއި ބަދިގެ ދޮރުކުޑަކޮށް ލެއްޕިފައި ހުރުމުން އެދެމީހުންގެ ނަޒަރުން އަހަރެން ސަލާމަތްވިއެވެ. ދެން އިތުރަށް ކުރާނޭ ނުކުރާނެ ކަމެއް ނޭގި އެމީހުން ސައިބޮއެ ނިމެންދެން ބަދިގެ ތެރޭގައި ހުރީމެވެ. އަދި ދެ މީހުން ދިޔުމުން ކާގެއަށްވަދެ ތަށިތައް ނަގާ މޭޒުމަތި ސާފުކޮށްލުމަށްފަހު ތަށިތައް ދޮންނަން ސިންކާ ކައިރިވެލީމެވެ.

“ލަދު ގަތީމަ ވަރަށް ރީތި! އަދި އެއްފަހަރު ކުލަކޮޅެއް އުނގުޅާލާތޯ މިހިރީ” އަހަރެން ސިސއްސައިގެން ދިޔައި ކަންފަތްބުޑުން އަހަރެންގެ “ޓޮމްފޯޑް” ގެ އަޑު އިވުމުންނެވެ. ސިހިފައި ފަހަތަށް އެނބުރެލި ވަގުތު އަހަރެންގެ މޫނު އެ ޒުވާނާގެ މޫނުގައި ޖެހުނެވެ! ލޮލާއި ލޯ ދިމާވެ އެ ލޮލުގެ ތެރެއަށް އަހަރެންނަށް ފީނައިގަނެވުނު ކަހަލައެވެ. އާހް! އެވަގުތުކޮޅު އެ ކުރެވުނު އިހްސާސްއަކީ ގަލަމަކުން ބަޔާންކުރެވޭފަދަ އިހްސާސްއެއް ނޫނެވެ.

‘ލޮލާ ލޯ ދިމާވާ ގޮތުން ދެން މަގޭ ޖާނު ދޭނަން”

“ފިދާވާށެ މިހުރީ ތިޖަޒުބާތުގާ އުމުރު ދަންދެން”

އަހަރެންގެ ހިތުގެ ގިޓައިން އެވަގުތު ކުޅެމުންދިޔަ އިޝްގީލަވައަށް ނިމުމެއް ގެނައީ މޭޒުމަތީ އޮތް ފޯނު ހިފައިން އޭނާ ކާގެއިން ނުކުތުމުންނެވެ. އަދި ނުކުންނަންދަމުންވެސް ފަހަތަށް އެނބުރި ބަލާލިއެވެ. އަހަރެން މައި ނޭވާއެއްލީމެވެ. ދާ ހިއްލަން ފެށިއެވެ. ތަށިތައް ދޮވެ ނިންމާލުމަށްފަހު އަހަރެން ގޮސް ގޮނޑީގައި އިށީނީމެވެ.އެ ވަގުތު އީދު ކުޅިވަރު ބަލަން ދިޔަ އެންމެންއައިސް ގެއަށްވަނެވެ. ނުދެވުނުކަން ނަސީބެވެ. އެންމެން އައީ ކުލައިން ތަތްތެޅިގެންނެވެ. އެންމެން ފެނުމާއިއެކު އަހަރެން ހޭންފެށީމެވެ.

އެ ދުވަސްވެސް ނިމިގެން ދިޔައީ އަހަރެންނަށް އިތުރަށް “ޓޮމްފޯޑް” ނުފެނިއެވެ. ގޭ އެހެންމީހުންނާއިއެކު އީދުގެ އެކިކުޅިވަރުތަށް ބެލުމުގައި ފޯރިއާއިއެކު އަހަރެންވެސް ބައިވެރިވީމެވެ. ބައެއް ފަހަރު ފޯރި ގަދަވެ ހަޅޭލެވޭ ފަހަރުވެސް އާދެއެވެ. ކޯޑިއާއި އެކު ބޮޑުބެރު ޖަހަމުން އައި އިރު އެންމެންތެރޭ ހުރެ އަހަރެންނަށް ނެށުން އިރު މިއީ އަމިއްލަ ރަށްނޫން ކަމެއްވެސް ހަނދާނެއް ނެތެވެ. ޝިއުނާ އާއި ޝައުމާ އަދި އަހަރެންގެ ގުޅުން އިތުރަށް ބަދަހިވީވެސް މިކަހަކަ ހުރިހާ ސަކަރާތެއްގައި ތިން މީހުން އެކުގައި ބައިވެރިވާތީއެވެ. އެއީވެސް އަހަރެން ކަހަލަ މަޖާ ސަކަރާތް ބޮޑު ދެމީހުންނެވެ. މި ހުރިހާ ސަކަރާތުގައި އަހަރެން އުޅުނު އިރުވެސް އަހަރެންނަށް ފާރަލަމުން އަހަރެން ކުރާކަންކަން ބަލަމުން ފޮޓޯނަގަމުން މީހަކު ދާކަމެއް އަހަރެން ނުދެނެހުރީމެވެ.

އީދުގެ ދެވަނަ ދުވަސް ވެސް ނިމި އެރޭގެ ކެއުން 7 ޖެހިއިރު ތައްޔާރުކުރީ އެރޭވެސް ޢީދު ޝޯއޮތީމައެވެ. އެރެއަކީ ހަރުބީ ގެނެސް ބޮޑުބެރު ޖެހުންވެސް ކުރިއަށް ދާނޭ ރެއެއްކަން ރަށު އޮފީހުން އޮތީ އިއުލާންކޮށްފައެވެ. ހުރިހާ އެންމެން އެއްކޮށް ކާންއެރިއިރު އަހަރެންގެ “ޓޮމް ފޯޑު” ވެސް ލައިތްމެންނާއިއެކު ކާން އިނެވެ. ދުރު ދުރުން ނަމަވެސް “ޓޮމް ފޯޑް” ފެނުނީތީ އަހަރެން އުފާވިއެވެ.

އެރޭގެ ފޯރިގަދަ ޝޯ ބަލަން ގޭ ހުރިހާ އެންމެންވެސް ތިބީ އެއް ސަރަހައްދެއްގައެވެ. ޝޯދެމުން ދިޔަ ސަރަހައްދަކީ ގެއާއި  ދިމާލުން އަތިރިމަތިކަމުން ޝޯގެ އަޑު ގޭތެރެއަށް ވެސް އިވެއެވެ. ކުޑަކުޑަ އާލީވެސް ނުނިދާ ބޮޑާހާކާތީ ޝޯބަލަން ފަހަރި ދިޔައީ އާލީވެސް ގޮވައިގެންނެވެ. ޝޯގެ އެންމެ ފޯރިގަދަވި ވަގުތު އަހަރެން ފާހާނާއަށް ދާން ޖެހިއްޖެއެވެ. އަހަރެން ދޮންދައްތަ ކައިރީ ފާހާނާއަކަށް ދާން ބޭނުންވާވަހަކަ ބުނުމުން ދޮންދައްތަ އަހަރެންގޮވައިގެން ގެއަށް ދިޔައެވެ.

“ޔާ ދޭ ފާހާނާކޮށްލައިން އަންނަން!ނިމުނީމާ ގޮވާލާ! ދޮން އެބަ އިނިން މިތާ އަށިމަތީގަ! ޝާމް އެބަ ގުޅާ!” ޝާމް އަކީ އަހަރެން ދޮންދައްތަ އިންނަން އުޅޭ ކުއްޖާއެވެ. އެހެން ބުނުމާއިއެކު އަހަރެން ކޮޓަރިއަށް ވަދެ ފާހާނާ ކޮށްލައިން ނުކުމެ ބަދިގެ ފަރާތަށް ދިޔައި ފިނި ފެންތަށްޓެއް ބޯލުމުގެ ބޭނުމުގައެވެ. އަހަރެންނަކީ އެހާ ބިރުގަންނަ ކުއްޖެއް ނޫންކަމުން ބަދިގެ ފަރާތަށް ނުކުތީ ލައިޓް ނުދިއްލައެވެ. ފަނޑު ހަނދުވަރެއްގެ ދީފައި އޮތުމުން ކޮންމެވެސް ވަރަކަށް އަލިކަންވެއެވެ.

ކާގެއަށް ވަދެ ފެން ބޮއެގެން ބޭރަށް ނުކުންނަށް ހިނގައިގަތް ފިޔަވަޅުގެ މިސްރާބު ބަދަލުވީ މީހަކު އަހަރެންގެ އަތުގައި ހިފައި ދަމާގަތުމުންނެވެ. އެމީހަކު އަހަރެން ކުއްލިއަކަށް ގޭފާރާއި ދިމާއަށް ދަމާގަތުމަށްފަހު އެއްއަތުން ފާރުގައި އަތް އެޅިއެވެ. އަހަރެން ހުރީ އެ ޒުވާނާއާއި ފާރާދެމެދު ހައްޔަރުވެފައެވެ. އެ ޒުވާނާގެ އަނެއްއަތް ހުރީ އަހަރެންގެ އަނގަމަތީގައި ކަމުން އަހަރެންނަށް ހަޅޭ ލަވައިވެސް ނުގަނެވުނީއެވެ. ހަމަ އެވަގުތު އެޒުވާނާގެ ގައިން ދުވި ވަހުން އެއީކަކުންކަން އަހަންނަށް ދެނެގަނެވުނެވެ. އަހަރެން އިސްނަގާ އޭނާގެ މޫނަށް ބަލައިލީމެވެ. ހަނދުވަރުގެ އަލިން އެ ޒުވާނާގެ މޫނު އިތުރަށް އުޖާލާ ކުރުވާ ކަހަލައެވެ.

ދެމީހުންވެސް ބަހެއް ނުބުނެ އެކަކު އަނެކަކު މޫނަށް ބަލަން އިރުކޮޅަކު ތިބެވުނެވެ. ދިން އިވުނީ އަހަރެން ދޮންދައްތަ ބޭރުން ގޮވާލި އަޑެވެ.

“ޔާ! ނުނިމޭތަ”

އަހަރެން މަޑުމަޑުން ކުކުރާލީމެވެ. އަހަރެން ގެ އިށާރާތް އެ ޒުވާނާއަށް އެނގުނީ ކަންނޭގެއެވެ. ވަގުތުން އަތްނަގައިފިއެވެ.

“ނިމިއްޖެއޭ! މި އަންނަނީ!”އަހަރެން އަޑުގަ ނެތް ކޮޅަށް އެހެން ބުނުމަށް ފަހު ޒުވާނާގެ އަތްދޮށުން ދެމެގަނެވޭތޯ މަސައްކަތް ކުރީމެވެ.

“ވަރަށް ގަޔާވޭ!” އެ ޒުވާނާގެ އަނގައިން ބުނީ އެންމެ 2 ލަފްޒެވެ. އަހަރެން ދޫކޮށްލުމަށްފަހު އެއްއަރިއަކަށް ޖެހި ދާންތަން ދެއްކިއެވެ.

އަހަރެން ދުވަމުން ބޭރަށް ނުކުތް އިތު ދޮންދައްތަ މަގުމަތީ ހުއްޓެވެ.

“ޔާ! ހާދަ ހާސްވެފަ؟ ކަމެއް ވީތަ”

“އުނހު! ފެން ބޯން ދިޔަތަނާ ބުޅަލެއް ކުރިމައްޗަށް ފުންމާލީ!” މާނޭވާލަމުން އަހަރެން ބުނީމެވެ.

“ސާބަސް ޔާ!” ދެމީހުން އެކީގައި ޝޯ ބެލުމަށް ހިނގައި ގަތީމެވެ. އޭރުވެސް ފޯރީގައި ޝޯ ކުރިއަށް ދެއެވެ.އެހެންނަމަވެސް އަހަރެން ކަންފަތުގައި ގުގުރަނީ އެންމެ ދެ ލަފްޒެވެ “ވަރަށް ގަޔާވޭ”. ހީވަނީ ކެސެޓް ރޯލެއް ރިޕީޓަށް ޖައްސާފައިވާހެނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

SomeOne

Level 210 Stories

Other Articles

Previous

ތިޔަ ލޯތްބަށް އެދެމޭ – 5

Next

ލައުރާ 2

Next
March 8, 2021

ލައުރާ 2

Previews
March 7, 2021

ތިޔަ ލޯތްބަށް އެދެމޭ – 5



All Right Reserved!