Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

މަންޒިލް 30

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
February 13, 2021 5 Mins Read
3 Comments

އެރިކްގެ ވޭނީ ރުއިން ފެނި ހިތްކުދިކުދި  ވިހެން މިންހާއަށް ހީވިއެވެ. ހިތަށްވީ ތަދުން މޭގައި އަތް އަޅައިލެވުނެވެ. މިހާރުން މިހާރަށް ގޮސް އެރިކް ގައި ބައްދައިލަން އޭނާ ބޭނުންވިއެވެ.

 

***

 

އެރިކް އެކޭ އެއްފަދައިން އާސެނަލް އެހެން ކުޅުންތެރިންގެ ލޮލުން ވެސް ކަރުނަ އޮހޮރެމުން ދިޔައެވެ. ތަށްޓާ އެހާ ގާތަށް އައިސްފައި ވެސް އަތުގައި ނުޖެހި ބީވެގެން ދިޔުމުންނެވެ. ސަޕޯޓަރުން ވެސް ތިބީ މުޅިން މާޔޫސްވެ ދެރަވެފައެވެ.

 

އިޝަލްއަށް މަރުހަބާ ކިޔައިފައި އެރިކް އާސެނަލް ކުޅުންތެރިން ގާތަށް ދިޔައެވެ. އޭރު ޓީމުގެ ކެޕްޓަން ހިތްވަރުކޮށްފައި އެހެން ކުޅުންތެރިންނަށް ހިތްވަރުލައިދެމުން ދިޔައެވެ. އެކުވެރިންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަ ފެނި ކުށްވެރިކަން އެރިކްއަށް އިޙްސާސް ކުރެވުނެވެ. އެއިން އެއްވެސް ކުޅުންތެރިއަކާ ހަތަރު ކަޅި ހަމަކުރަން ނުކެރުމުން އެރިކް އިސްޖަހައިލިއެވެ.

 

 

ކުޅުންތެރިންނާއެކު އުފާފާޅު ކުރަން އެ ކުޅުންތެރިންގެ އާއިލާ މެންބަރުން ދަނޑަށް އެރިއެވެ. އާއިލާ ތެރެއިން އެންމެ ފުރަތަމަ ގޮސް އިޝަލް ގައިގައި ބައްދާލީ މިންހާއެވެ. ދަނޑުގެ ވިނަ ގަނޑުގައި ފައި ޖެއްސި ގޮތަށް ދުވެފައި ގޮސް އިޝަލް އަތުތެރެއަށް މިންހާ ވަނެެވެ. “އައި އޭމް ސޯ ޕްރައުޑް އޮފް ޔޫ ކަޒް” މިންހާ ހިނިތުންވެގެން ހުރި އިރު އޭނާގެ ދެލޮލުގައި ކަރުނަ ވިދަމުން ދިޔައެވެ.

 

މިންހާ ގޮސް އިޝަލް ގައިގައި ބައްދައިލި ގޮތް ފެނި އެރިކްގެ ހިތަށް އިތުރު ވޭން ލިބިގެން ދިޔައެވެ. އިޝަލްގެ ބަަދަލުގައި އެއީ އޭނާނަމައޭ ހިތަށް އެރިއެވެ.

“ރިކް؟” ނުހަނު ގާތުން މަންމަގެ އަޑު އިވުމުން އެރިކް ފަހަތް ބަލާލިއެވެ. އޭރު މަންމަ އައި ބައްޕަ އަދި ކޮއްކޮމެން އޭނާގެ ފަހަތުގައި މަޑުކޮށްލައިގެން ތިއްބެވެ. އެންމެ ސިކުންތެއް ވެސް ބޭކާރު ކުރުމެއް ނެތި އެރިކް ގޮސް މަންމަ އަދި ބައްޕަ ގައިގައި ބައްދާލިއެވެ.

 

ކާރާ ދަރިފުޅުގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. އެރިކް އަނެއްކާ ވެސް ރޮނީކަން އެނގުމުން ކާރާ ހިތަށް އުނދަގޫވިއެވެ. ފުރާ ފުރިހަމަވެފައި ހުރި ދަރިއަކު ކަރުނަ އަޅައި ރޯތަން ބަލަން ކެއްވާނީ ކޮން މަޔަކަށް ހެއްޔެވެ؟

 

އާއިލާ އަދި ޓީމު ކުޅުންތެރިންގެ ފަރާތުން ލިބުނު އަޅާލުމާއި އޯގާތެރިކަމުން އެރިކް ހަމައަކަށް އެޅުނެވެ. މެޗުން ބަލިވި ކަމުގައި ވިއަސް މަންމަ އާއި ބައްޕަގެ އިތުރަށް އާސެނަލްގެ މުޅި ކޯޗިން ސްޓާފް އަދި ސަޕޯޓަރުން ވެސް އޭނާއާ މެދު ފަޚުރުވެރިވާކަން އެތައް ފަހަރަކު އަންގައިދިނެވެ. އޭގެ އިތުރަށް ވަގުތު ހޯދައިގެން މިންހާ އައިސް އޭނާގެ ކުޅުމަށް ތަޢުރީފު ކުރިއެވެ. ބޭނުންވި ފަދަ ފުރުސަތެއް ނުލިބުނު ކަމުގައި ވިއަސް ހަމައެކަނި މިންހާގެ ހިނިތުންވުން ފެނި ވެސް އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.

 

 

“ހުރިހާ ސަޕޯޓަރުންގެ ކިބައިން އަހަރެން މާފަށް އެދެން. އަހަރެންގެ ސަބަބުން އާސެނަލަށް މި ފަހަރު ތަށި ގެއްލިގެން ދިޔައީ. އެކަމުގެ ފުރިހަމަ ޒިންމާ އަހަރެން ނަގަން. އާސެނަލްގެ ސަޕޯޓަރުންނަށް ޓަކައި ވެސް ޗެމްޕިއަންސް ލީގު ތަށި ހޯދައިދޭނަށް. އާސެނަލްއާ އެކު ކާމިޔާބު ކުރެވެން ހުރި ހުރިހާ ތަށްޓެއް ކާމިޔާބު ކޮށްފައި ނޫނީ އިންޝާ ﷲ ހުއްޓާނުލާނަށް. މިއީ އަހަރެން ސަޕޯޓަރުންނަށް ވާ ވަޢުދެއް”  މެޗަށް ފަހު ދިން އިންޓަވިއުގައި އާސެނަލްއަށް ޗެމްޕިއަންސް ލީގު ތަށްޓެއް ހޯދައިދޭނަން ކަމަށް އެރިކް ވަޢުދުވިއެވެ.

 

 

ފުޓުބޯޅަ ސީޒަން އިޝަލް ނިންމާލީ ކާމިޔާބު ކަމާއެކުއެވެ. ޑޯރޓްމަންޑާއެކު ޔޫސީއެލްގެ އިތުރަށް ނެޝަނަލް ޓްރެބްލް ކާމިޔާބު ކޮށްފައެވެ. ވާދަވެރި ބަޔާން މިއުނިކް ފަހަތަށް ޖައްސާލުމަށްފަހު ޓްރެބްލް ހޯދި ފުރަތަމަ ޖަރުމަނު ޓީމަށް ޑޯރޓްމަންޑު ވިއެވެ. އޭގެ އިތުރަށް އިޝަލްއަށް ވަނީ ބުންޑަސް ލީގާ އަދި ޗެމްޕިއަންސް ލީގުގެ ރަން އަންގު ލިބިފައެވެ. ޔޫރަޕުގައި ކުޅޭ ކުޅުންތެރިންގެ ފުރަތަމަ އެގާރައިގައި އިޝަލް ހިމެނުނެވެ.

 

ޗެމްޕިއަންސް ލީގު ނާކާމިޔާބު ވިއެއް ކަމަކު އެރިކްއަށް ވެސް ސީޒަން ނިންމާލެވުނީ ވަކި ދެރަކޮށެއް ނޫނެވެ. އާސެނަލާއި އެކު އެރިކް ވަނީ އެފްއޭ ކާމިޔާބުކޮށްފައެވެ. އަދި ޕްރިމިއާރ ލީގުގާއި ޗެމްޕިއަންސް ލީގުގެ ދެވަނަ ހޯދާފައެވެ. ޕީއެލްގެ އަދި ޗެމްޕިއަންސް ލީގުގެ ގަދަ އެގާރަ ކުޅުންތެރިންގެ ތެރޭގައި ވެސް އެރިކް ހިމެނުނެވެ. އޭގެ އިތުރަށް ޕްރިމިއާރ ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަޤާމު ވެސް އެރިކްއަށް ލިބުނެވެ.

 

 

ސީޒަން ނިމުމުން އެރިކް އާއި މިއާ އެނބުރި ފްރާންސަށް ދިޔައެވެ. އެރިކް އާއި މިއާ އެނބުރި އައުމުން އެ ދެމީހުންގެ ކޮއްކޮމެންނަށް ޢީދެއް އައި ފަދައެވެ. ގިނަ ދުވަސްތަކަށް ފަހު ބައްޕަ ބެހްރަދް ވެސް އެ ވަނީ އެނބުރި އެމީހުން ގާތަށް އައިސްފައެވެ.

 

 

 

ސާފު ދޮންވެލި ގަނޑު މަތީ އިށީންދެލައިގެން މިންހާ އާއި އިޝަލް ތިއްބެވެ. އަނބު މަޖާތަށްޓެއް ހިފައިގެން އެ ކާން މިންހާ އިނެވެ. އަނގަޔަށް ލާ އެތިކޮޅު ހުތްވެފައި ކުޅި ވުމުން މޫނަށް ހަދަލާ ގޮތުން އެންމެ ހިނދުކޮޅަކަށް ވެސް އެ މޫނުުން ނަޒަރު ވަކި ކޮށްލަން އިޝަލްގެ ހިތެއް ނޭދެއެވެ. މިންހާގެ ކުދިކުދި އަމަލުން އިޝަލްގެ ހިތަށް ބަޔާން ކުރަން ދަތި އުފާ ލިބިގެން ދެެއެވެ.

 

 

ރާއްޖެ އައިން ސުރެ ޒާޔާގެ ޠަބިޢާތު ރަނގަޅެއް ނޫނެވެ. އަބަދުވެސް ހުންނަނީ ކޮންމެސް ބޮޑު ފިކުރެއްގައެވެ. ގިނަ ވަގުތު އޭނާ ހޭދަކުރަނީވެސް އެކަންޏެވެ. ނަވްޔާ ސުވާލުކޮށްގެން ވެސް އެދެވޭ ޖަވާބެއް ޒާޔާގެ ފަރާތުން ނުލިބުނެވެ.

 

“މަށަށް ހީވަނީ ރިއަންއާ ދެކުދިން މައްސަލަ ޖެހުނީހެން. ވަރަށް ފާޑަކަށް ހުންނަނީ” ޒަޔާއާ މެދު ކަންބޮޑުވެގެން އެ ވާހަކަ ނަވްޔާ އިސްރާއާ ޙިއްސާ ކުރިއެވެ. “ވެދާނެ އެހެން ކަމަށްވެސް ނޫނީ ވެދާނޭ ގިނަ ދުވަސްވަންދެން ލަންޑަންގަ އުޅެފަ ރާއްޖެ އައިމަ ވީ ގޮތެއްހެން ވެސް” އިސްރާ އާއި ނަވްޔާ ދެއްކި ވާހަކަ އަހާންއަށް އަޑު އިވުނެވެ. އަހާންއަށް ވެސް ޒާޔާގެ އުޅުމަށް އައި ބަދަލު ފާހަގަ ވަމުން ދިޔައެވެ. އެނާ ވެސް އެ ހުންނަނީ އެކަމާ ކަންބޮޑުވެފައެވެ. ވަކިން ޒާޔާއާ ވާހަކަ ދައްކާނެ ރަނގަޅު ފުރުސަތެއް އަދި އަހާންއަކަށް ނުލިބެއެވެ.

 

 

ޔޫސުފް އާއި ނަވާރް އެމީހުންނަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން އާއިލާއަށް އިއުލާނު ކުރިއެވެ. އެއާއެކު މުޅި އާއިލާއިން އެމީހުންނަށް މަރުހަބާ ކިޔެވެ.

 

ޔޫސުފް އާއި ނަވާރް އުޅޭ ގޮތް ފެނުމުން އެ ފަދަ ދިރިއުޅުމެއް މިންހާ ވެސް ބޭނުންވިއެވެ. މިންހާގެ ހިތަށް ފުރަތަމަ ވެސް އައީ އެރިކްގެ ނަމެވެ. އެރިކް ފްރާންސަށް ދިއުމުގެ ކުރިން އެ ދެމީހުން ވެސް ވަނީ ދެ އާއިލާއަށްވެސް އެމީހުންގެ ގުޅުން އަންގަން އެއްބަސް ވެފައެވެ. ދެ މީހުން އެނބުރި ލަންޑަނަށް ގޮސްފައި އެންމެ ފުރަތަމަ ވެސް ކުރާނެ ކަމަކީ އެއީއެވެ. އަދިވެސް އިޝަލް ގާތު ނުބުނެވިގެން އުޅެނީ ދެމީހުންވެސް އެކީ ބުނަން ބޭނުންވާތީއެވެ. އިޝަލްއަކީ މިންހާ އަދި އެރިކްއަށް ވެސް ޚާއްސަ ފަރާތެކެވެ.

 

 

އެރިކް ނުބުނި ކަމުގައި ވިއަސް އޭނާގެ ޙަޔާތަށް ކުއްޖަކު އައިސްފިކަން ކާރާއަށް އެނގުނެވެ. ދަރިފުޅު އުޅުމަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެ ކުއްޖަކީ ކޮންކަހަލަ ކުއްޖެެއްކަން ނޭންގޭތީވެ ކާރާ ކަންބޮޑުވިއެވެ. އެރިކް ޙަޔާތަށް ގޯސް ކުއްޖެއް ނުގެންނާނެ ކަން އެނގުނު ނަމަވެސް އެ ކުއްޖަކީ ކޮންކަހަލަ ކުއްޖެއްކަން ނޭންގެނީހެއް އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ.

 

“މަންމަ ކަންބޮޑުނުވޭ. އެއީ ވަރަށް ރަނގަޅު ކުއްޖެއް. މުސްލިމު ކުއްޖެއް. އަހަންނަށް ކަމުދިޔަ ފަދައިން މަންމައަށް ވެސް އެ ކުއްޖާ ކަމުދާނެކަން ޔާޤީން” ކާރާ އެރިކްއާ ސުވާލު ކުރުމުން އެރިކް ހިނިތުންވެލާފައި ދިން ޖަވާބަކީ އެއީއެވެ. އޭނާގެ މަންމައަށް މިންހާ ކަމުދާނެ ކަމުގެ ސަތޭކަ ޕަސެންޓް ޔަޤީންކަން އެރިކްއަށް އެބައޮތެވެ.

 

 

ޑޯރޓްމަންޑުން އިޝަލް ގަންނަން ބޭނުންވި ނަމަވެސް އެ ފުރުސަތެއް އާސެނަލަކުން ނުދިނެވެ. އޭގެ ބަދަލުގައި އިޝަލް ލޯނު އުސޫލުން ވެސް އެނބުރި ޑޯރޓްމަންޑަށް ނުފޮނުވަން ޓީމު މެނޭޖުމަންޓުން ނިންމިއެވެ. އާސެނަލްގެ ނިންމުން އަންނާނީ އެ ގޮތަށްކަން މާ ކުރިންވެސް އިޝަލްއަށް އެނގެއެވެ. ޑޯރޓްމަންޑުގައި ހޭދަވި މަދު ދުވަސްކޮޅުގައި އޭނާއަށް ރަނގަޅު އެކުވެރިން ލިބުނެވެ. އާސެނަލްއެކޭ އެއް ފަދައިން ޑޯރމަންޑާއި މެދު ވެސް އޭނާގެ ހިތުގައި ލޮތްބާއި ކުލުނު ވަނީ ޖެހިފައެވެ. އެ ޓީމާއި ގުޅުން ވެގެން ދިޔައީ އޭނާގެ ކެރިއަރުގައި ކުރިއަށް ދާން ލިބުނު ރަނުގެ ފުރުސަތަކަށް ވެގެން ދިޔައެވެ. ޑޯރޓްމަނޑުގެ މެނޭޖުމެންޓަށާއި ކޯޗިން ސްޓާފު އަދި ކުޅުންތެރިންނާއި ސަޕޯޓަރުންނަށް މުޅި އުމުރަށް ވެސް އިޝަލް ޝުކުރު ވެރިވާނެއެވެ.

 

 

“ރިއަން މަށާ ރުޅިވީ. ކީއްވެ ކަމެއް ވެސް ނުބުނޭ. ބުނީ ރިއަންއަށް ވުރެ ރަނގަޅު މީހަކަށޯ އަހަރެން ޑިސާރވީ” ކޮންމެހެން ސިއްރު ކުރަން ނޫޅެ ޒާޔާ ވެގެން އުޅޭ ގޮތް އަހާންއަށް ކިޔައިދިނެވެ. އެއްވެސް ކަމަކާ ނުލައި ރިއަން އޭނާގެ ހިތްހަލާކުކޮށްފައި ރުޅިވީއެވެ. ރުޅިވިއިރު އެންމެ ކުޑަމިނުން ވެގެން އުޅޭ ގޮތް ވެސް ބުނެނުދެއެވެ. “ޝްޝްޝް ޔޯޔޯ. ވެދާނެ އެއީ ކަމަށް އެންމެ ރަނގަޅު ގޮތަކީ. މަށަށް އިނގޭ ޔޯޔޯ ދެރަވާނެކަން ހިތަށް ވެސް ވަރަށް ތަދުވާނެ ކަން. އެކަމަކުވެސް ޒާޔާ ވާނެ ހިތްވަރު ކުރަން. އަބަދު ތިހެން ހުރީމަ މަންމަ ވެސް ކިހާ ދެރަވާނެ. މިންނުއާ އެލެކް ވެސް ވަރަށް އެބަ އުޅޭ ޒާޔާއަށް ވީ ގޮތް ނޭންގިގެން. ރާއްޖެގަ ތިބެން އަހަރުމެންނަށް ދެން އޮތީ އެންމެ ދެ ހަފްތާ. ވީ ޝުޑް އެންޖޯއި އަވާރ ސެލްވްސް. ޕްރޮމިސް ކުރޭ އެ ދެ ހަފްތާ ނިމެންދެކަށް ޔޯޔޯ ރިއަންއާ މެދު އެއްވެސް ވަރަކަށް ނުވިސްނާނަން ކަމަށް. ރިއަން މަތިން ހަނދާން ކޮށްފަ ނުރޯނަން ކަމަށް” ޒާޔާ ލޮލުން އައިސް ފައި ހުރި ކަރުނަތައް ލޮތްބާއެކު އަހާން ފުހެ ދިނެވެ. އަހާންގެ ބަސްތަކުން ޒާޔާގެ ހިތަށް ކޮންމެސް ވަރަކަށް ހަމަޖެހުން ލިބުނެވެ. އަހާން އެދެނު ފަދައިން އެ ގޮތަށް ޢަމަލު ކުރަން އަހާންއަށް ޒާޔާ ވަޢުދުވިއެވެ.

 

ނަވާރް އާއި ލައިޝާ ނިދާފައި ތިބުމުން ޔޫސުފް ސިޓިން ރޫމަށް ނުކުތެވެ. އެ ގަޑީ އަދި މިންހާ އުޅޭނީ ނުނިދާކަން އެނގޭތީވެ ކޮއްކޮއާ ވާހަކަ ދައްކާލަން ޔޫސުފް ބޭނުންވިއެވެ. ޔޫސުފް ހީކުރި ފަދައިން މިންހާ ނުނިދައެވެ. އޭނާ އިނީ ބެލްކަނީގައި އިންނަ އުނދޯލީގައި އިށީންދެލައިގެން މާނީގެ ޑައިރީ ކިޔާށެވެ. އެ ކިޔަމުން ދިޔައިރު ހެމުން އަދި ރޮމުން ވެސް ދިޔައެވެ.

 

“ޕޮއް” ޔޫސުފް ގޮސް މިންހާ ސިއްސުވާލިއެވެ. މިންހާ ދެލޯ ބޮޑުކޮށްލަމުން ހަޅޭއްލަވައިގަތެވެ. “ދޮންބެގަނޑާ ކުރާ ކަންތައް. ކިރިޔާ ބިރުން ހަލާކު ނުވީ” ޔޫސުފްއާ ދިމާއަށް މިންހާ ދެލޯ އަޅައިލިއެވެ. “މަމް ލަވްޑް ޑޭޑް ސޯ މަޗް” އަތުގައި އޮތް ޑައިރީ ލައްޕާލަމުން ކުޑަކޮށް ހިނިތުންވެފައި މިންހާ ބުނެލިއެވެ. “އެންޑް މައި ލިޓްލް ސިސް ލަވްސް އެރިކް ސޯ މަޗް” އެއާ ވިއްދާފައި ޔޫސުފް ބުނެލިއެވެ. އޭރު ޔޫސުފްގެ ތުންފަތް މަތީގައި ލާނެއް ހިނިތުންވުމެއް ވިއެވެ. މިންހާ ފާޑަކަށް ގަނޑުގައި ބުނާނެ އެއްޗެއް ނޭންގިފައި އިނެވެ. “ދޮންބެ ނޭންގެ ކަމަށް ހެދިގެން ހުރީމަ އޭގެ މާނައެއް ނޫނޭ ދޮންބެއަށް ނޭންގެއެކޭ. ދޮންބެ ގާތު ނުބުންޏަސް ދޮންބެއަށް އެނގޭ މިންނުގެ ކަންތައްތައް. ޔޫ އާރ މައި ލިޓްލް ސިސް. އެހެންނޫނަސް އެރިކްއާ ދެމީހުން އެކަކު އަނެކަކު ފެނުނީމާ އެއޮށް އުޅޭ ގޮތެއް. ހީވަނީ ލޯބީގަ ދީވާނަވެފަ ތިބޭ ބައެއްހެން” ޔޫސުފް އޭނާގެ ކޮއްކޮއާ ސަމާސާ ކުރިއެވެ. ލަދުން ގޮސް ރައްދުގައި އެއްޗެކޭ ބުނާކަށް މިންހާއަކަށް ނުކެރުނެވެ. ދެއަތުން މޫނު ފޮރުވައިގެން އިނދެ އަނގައިން ތޫލި އަޑެއް ނެރެމުން ދިޔައެވެ.

 

 

“ދޮން އައި ލަވް ހާރ. އެކަމަކު ބުނާނެ ގޮތެއް ނޭންގެ. އަހަރެން ލޯބިވާ ފަދައިން މިންހާ އަހަރެންދެކެ ލޯބިނުވެދާނެތީ ބިރުގަނޭ. އެހެންވެއްޖެ ނަމަ މުޅި އުމުރަށް މިންހާގެ އެކުވެރިކަން ގެއްލޭނެ. އެހެންވާކަށް ބޭނުމެއް ނޫން” އިޝަލް އޭނާ ހިތުގެ ހާލު އަލައިކާ ގާތު ހާމަކުރިއެވެ. އޭނާއަށް އެހީވެވޭމެ މީހަކީ ދޮންތި އަލައިކާއެވެ. “އައި ނޯ” ކުޑަކޮށް ހިނިތުންވެލާފައި އަލައިކާ ބުނެލިއެވެ. އިޝަލް ބުނުމުގެ މާ ކުރިންވެސް އިޝަލް މިންހާދެކެ ލޯބިވާކަން އަލައިކާއަށް އެނގެއެވެ. އެހެނަސް ކޮއްްކޮ އަމިއްލައަށް ނުބުނަނީސް އެނގޭ ކަމަށް ނުހަދާ އޭނާ އެ ހުންނަނީއެވެ. “ޔޫ ހޭވް ޓު ޓެލް ހާރ. ލަންޑަނަށް ދިއުމުގެ ކުރިން ބުނޭ. މިންނުގެ ލައިފްގަ ސްޕެޝަލް މީހަކު ހުންނަހެންނެއް ދޮންއަކަށް ހިއެއް ނުވޭ. ގައިމުވެސް މިންނު ގާތު ބުނެވުނީމަ އިޝަލްގެ ހިތަށް ލުއިވާނެ” އޭނާއަށް ފެންނަ ގޮތުގެ ވާހަކަ އަލައިކާ ކޮއްކޮ ގާތު ބުންޏެވެ. ލޯބި ވެއްޖެނަމަ އެންެމެ ރަނގަޅު ގޮތަކީ ސިއްރުނުކޮށް ލޯބިވާ ފަރާތާ ޙިއްސާ ކުރުން ކަމަށް އަލައިކާ ޤަބޫލު ކުރެއެވެ.

 

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ލޯބިވާ ވަރު ކަލާޔަށް އަންގައިދެމޭ 2

Next

ބޭޤަރާރު

Next
February 14, 2021

ބޭޤަރާރު

Previews
February 13, 2021

ލޯބިވާ ވަރު ކަލާޔަށް އަންގައިދެމޭ 2

3 Comments!

  1. redlailacrose says:
    February 13, 2021 at 9:33 pm

    Nice.??dhn vaanee kihineh baa.ishal ❤️minhaa tha?nooney minha❤️erick tha.i want minnu n eeick.i love that couple. Eshal ❤️ mia arick ❤️ minhaa ahaan❤️zayaa. This is how I want it to be. But i know kiya ge planing maa furihama vaane kan.thnks for the fast update.n Eric crying scene kiyaalafa hama rovunu.you are a great writer kiya❤️❤️❤️ love the stry ?? stay safe ?? bye

    1. Kiyara says:
      February 13, 2021 at 10:32 pm

      Thanks dear:3 lets see how everythings gonna end.

  2. Kiyara says:
    February 13, 2021 at 10:30 pm

    Salam all here is the 30th episode of Manzil. hope u all enjoyed reading this episode too. Here comes the beginning of the real battle. what will happen to Minha when her cousin/bestfriend confeses his feelings for her? or when Ishal gets to know his Best fried the love of his life is together and they didint even tell him? Will Eric and Ishal’s frindship be same after the truth? Can Minha cope with the fact she might loose one of the most important person in her life?

Comments are closed.

Next Episodeމަންޒިލް 31←


All Right Reserved!