Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ބަދު ނަސީބުގެ ހިޔަނި އެޅުމުން (6)

Dheem&Eekku Level 410 Stories100 Login500 Login
February 2, 2021 5 Mins Read
1 Comment

“ދެން ހިނގާ ދޯ ގެޔަށް ދާން.. އަފާ އަދި ޖެހޭނެއްނު ޑިއުޓީއަށްވެސް ދާން” ޔީޝާ އެހެން ބުނުމުން ދެއެކުވެރިން ގެޔާ ދިމާއަށް ދާން ހިނގާގަތެވެ. ސައިކަލަށް އަރާ ދުއްވާލާފައި ގޯޅި އަޅަން އުޅެނިކޮށް ކުއްލިއަކަށް ކުރިމައްޗަށް އެރީ ނުގަވާދުން އައި ސައިކަލެކެވެ. ކުއްލިއަކަށް އެހެންވުމުން އަފާ އަށް ބުރެކި ޖައްސާލެވުނީ ކިރިޔާއެވެ.

****

“ތަންކޮޅެއް ބަލާލައިގެން ދުއްވަ ބަލަ” ސައިކަލު ރަނގަޅަށް ބެލެންސް ކޮއްލާފައި ކުރިމަތީ ހުރި ސައިކަލު ދުއްވަން އިންމީހާއާ ދިމާއަށް އަފާ ބުނެލިއެވެ. ނަމަވެސް ސައިކަލު ދުއްވަން އިނީ ކާކުކަން އެނގުމުން އަފާގެ ޖުމްލަ މެދުކެނޑުނެވެ. ޔީޝާއަށްވެސް އެޒުވާނާއާ ދިމާއަށް ބަލާލެވުނެވެ.

އަޅާފައިވާ އަވިއައިނުން މޫނުގެ ބޮޑުބައެއް ފަރުދާވެފައި ވީނަމަވެސް އެއީ ރީތި ޒުވާނެއްކަން ޔީޝާއަށް ފާހަގަ ކުރެވުނެވެ. ކޮނޑާ ހަމައަށް ދިގުކުރެވިފައިވާ އިސްތަށިކޮޅުގައި ދަބަރު ކުލަ ޖައްސާފައި ވީނަމަވެސް ބަލާލާކަށްވެސް ހުތުރެއް ނޫނެވެ. ހަށިގަނޑު ހިކި ހޯލިކޮޅެއްހެން ހުރި ނަމަވެސް ހަމުގެ ކުލަ އަނދިރިވެފައި ތުންބުޅި މަތިމަސް ހުރުމުން ފިރިހެން ވައްތަރު ޖަހައެވެ.

“ޕިސް ޕިސް.. ނުގަވާދުން ސައިކަލު ދުއްވާއިރުވެސް މަޑަކުން ނޫން ދުއްވާނީކީ.. ތާކު ލައިގަތަސް އެތަނެއް ނޫނީ މީހަކު ގޯސްވާނީ” އައިސްފައި ހުރި ރުޅިން އަފާ ކުދިކިޔަން ފެށިއެވެ.

“އަފާ.. ދެން ޒުވާބު ނުކޮށް ހިނގާ ދާން..” ސައިކަލު ދުއްވަން އިން ޒުވާނާއަށް ނަޒަރެއް ހިންގާލަމުން ޔީޝާ އެހެން ބުނީ އަފާ ރުޅި އައިސްފިނަމަ ކަންތަށް ބޮޑުކޮށްލާނެކަން އެނގޭތީއެވެ.

“މިމީހާ ކުރިމަތީގަ ހުއްޓަ ދެވޭތަ.. އަދިވެސް ތަން ދައްކާކަށް ދުރުވީކީ ނޫނޭ” އަފާ އަނެއްކާވެސް ބުނެލިއެވެ. އަފާ އެމީހާއާ ދިމާއަށް އެއްޗެހި ކިޔަމުން ދިޔަނަމަވެސް އެޒުވާނާ އަޅައެއް ނުލައެވެ. އަފާގެ ބަސްތަކަށް ބީރު ކަންފަތެއް ދީގެންހުރި އެޒުވާނާ ކަޅި ޖަހާނުލާ ބަލަހައްޓައިގެން ހުރީ ސީދާ ޔީޝާއަށެވެ. އެއްވެސް ގާތްކަމެއް ނޫނީ ދުރުކަމެއްވެސް ނެތް އެބެލުމުން ޔީޝާއަށް އުނދަގޫވިއެވެ.

“އަފާ… އެމިހާ އެހެން ހުއްޓަސް ސައިކަލު އަނބުރާލާފަ ދާން ހިނގާބަލަ “އަފާގެ ކޮނޑުގައި ކޮއްޓާލަމުން ކަންފަތް ބުޑުގައި ޔީޝާ ބުނެލިއެވެ.

އެ ފިރިހެނާއާ ދިމާއަށް ލޯ އަޅާލަމުން އަފާ ސައިކަލު އަނބުރާލާފައި ދުއްވާލިއެވެ. ދެން ހުރި ގޯޅިއަށް ލަނބާލި ވަގުތު ޔީޝާ ފަސް އެނބުރި ބަލާލި އިރުވެސް އެ ޒުވާނާ ހުރީ އެމީހުނާ ދިމާއަށް ބަލާށެވެ. ޔީޝާ ބަލާލުމުން އެ ފިރިހެން ކުއްޖާވެސް ލާނެތް ފާޑަކަށް ހީލިއެވެ.

“އަފާ ދަންނަ މީހެއްތަ އެއީ؟ ހާދަ ވަރަކަށޭ އެބަލަނީ އަހަރެމެނާ ދިމާއަށް” ޔީޝާ ބުނެލިއެވެ.

“އެއީ އަޒާން.. މިރަށުގެ އެންމެ ނުލަފާ ގުރޫޕުގެ އެކަކު.. ހަކުރުވެސް ބޯގޮލައެއް އެއީ.. ދެން އޭނަ ފެނުނަސް ޔީޝް އޭނައާ ވާހަކަ ނުދައްކާތި. އޭނަކޮށްފާނެ ކޮންމެ ފަދަ ކަމެއްވެސް” އަފާ އެހެން ބުނުމުން ޔީޝާ ވަކި އެއްޗެކޭ ނުބުނެ ބޯޖަހާލިއެވެ.

ަން.. ުނވުމެއް ވެއެވެ. ގެ ދަނޑިގަނޑުގައި ލައްވެގަނެގެން އަފާ އިނީ ކަންނެތް ވެފައެވެ. އެވެ.

ބާލިސް ދަށުގައި އޮތް ފޯނު އެލާމުވަމުން ދިޔަ އަޑަށް ޔީޝާއަށް ހޭލެވުނެވެ. އެލާމު ކަނޑާލާފައި ތެދުވެ އެނދުމަތީ އިށީނދެ ގައިމަތީ އޮތް ފޮތިގަނޑު ނަގާ ފައްޖަހާލިއެވެ. ބަންކު ބެޑުގެ ތިރީ އެނދުގައި ނިދާފައި އޮތް އަފާއަށް އުނދަގޫ ނުވާނެހެން މަޑުމަޑުން ފައިބައިގެން ގޮސް ފާހާނައަށް ވަނެވެ. ފެންވަރާ ތާޒާވެލައިގެން ނުކުމެ ހެދުން ހަރުގައި އަޅުވާފައި ހުރި ހެދުން ނަގާ ގަޔަށް ލިއެވެ. ލޯގަނޑު ކުރިމަތީ ހުރެ ރީތިވެލައިގެން ކޮޓަރިން ނުކުންނަމުން ނިދާފައި އޮތް އަފާއަށް ގޮވާލިއެވެ.

ޔީޝާ ކެމްޕަހަށް ލާދޭން ދާން ތައްޔާރުވެލައިގެން އަފާ ނުކުތް އިރު ޔީޝާ ހުރީ ކޮފީ ގިރައި ދީފައެވެ. ތެންކްސް އޭ ބުނެ ކޮފީތަށި ހިފައިގެން އައިސް ޔީޝާ ކައިރީ ސޯފާގައި އިށީނެވެ.

“ހާދަ ހާއޭ ފަރިވެފަ ތިހުރީ ދޯ” ޔީޝާއާ ދިމާއަށް ރީތިކޮށް ބަލާލަމުން އަފާ ބުނެލިއެވެ.

“ފަސްޓު އިމްޕުރެޝަން ވަރަށް މުހިންމު ވާނެ އިނގޭ.. އެހެންވީމަ ވަރަށް ރީތިވެގެން ދޯ ދާންވާނީ” ޔީޝާ ބުނެލިއެވެ.

“ތިހެން ވިއްޔާ ތިއީ ކިޔަވަން ދާމީހެއް ނޫންތާ.. ޔީޝް ތިދަނީ ފިރިހެން ކުދިންނަށް ތުއި ދެއްކޭށޭނުން” އަފާ ބުނެލިއެވެ.

“ހަ.. އަހަރެން މިއީ އަފާއެއް ނޫނޭ” ޔީޝާ އެހެން ބުނެފައި ހުސް ޖޯޑު ސިންކަށް ލާފައި ކޮޓަރިއަށް ވަނެވެ. ލިޔާ މޭޒުމަތީ ހުރި ދަބަސް ނަގާ ކޮނޑުގައި އަޅުވަމުން ޔީޝާ ނުކުމެ ދާން ހިނގާށޭ ބުނެލިއެވެ.

 

“ދަރިފުޅާ ސައި ތަށި ނަމަވެސް ބޮއެގެން ދައްޗޭ” ގަޑި ޖެހޭތީ ތެޅެމުން ފޮޅެމުން ކޮޓަރިން ނުކުތް ދާނިޝް ފެނިގެން ނާޒިޔާ ބުނެލިއެވެ.

“އާން.. މި ދަނީ އިނގޭ.. މާގަދަޔަށް ވިއްޔަ ރޭގަ ނިދުނީ” ދާނީޝް އެހެން ބުނެފައި ދަބަސް ކޮނޑުގައި އަޅުވަމުން ދޮރާ ދިމާއަށް ހިނގާގަތެވެ.

“ދޮންބޭ.. ބެގީ ރީއްޗަށް ނުޖެހި ތިހުރީ” ކާގެއިން ނުކުތް ނިހާ އެހެން ބުނުމުން ބެގީ ރީތިކުރަމުން ދާނިޝް ނުކުމެ މަގުމަތީގައި ޕާކު ކޮއްފައި ހުރި ސައިކަލަށް އަރާ ދުއްވާލިއެވެ.

ސައިކަލު ޕާކު ކުރާތާ ސައިކަލު ބަހައްޓާފައި ދާނިޝް ކެމްޕަސްގެ މައި ގޭޓުން އެތެރެއަށް ހިނގައި ގަތެވެ. ކަރުގައި އަޅުވާފައި އޮތް ކާޑު ވޮޗަރު މީހާއަށް ދައްކާލާފައި ސްޓާފުންނަށް ހާއްސަ ކުރެވިފައި ހުންނަ ބަޔަށް ދިޔައެވެ. އޭނާއަށް ހާއްސަ ކުރެވިފައި ހުންނަ މޭޒުމަތީ ދަބަސް ބަހައްޓާފައި ދާނިޝް ގޮނޑީގައި އިށީނެވެ. ވަތް ގަނޑުގައި ހުރި ފައިލު ތަކުން ދާނިޝްގެ ކުލާހުގެ އެޓެންޑެންސް ފައިލާ ޕުރިންޓު ކޮއްފައި ހުރި ނޯޓްސްތައް ހިފައިގެން ކުލާހާ ދިމާއަށް މިސްރާބު ޖެހިއެވެ.

ކުލާސް އޮންނަ އިމާރާތަށް ދިޔައިރު ކޮރިޑޯގައި ބައިވަރު ކުދިންތަށް ތިއްބެވެ. ދުވަހަކީ އަލަށް ކޯސްތަކާ އާ ސެމިސްޓާތައް ފެށޭ ދުވަސްކަަމުން އާ މޫނުތައް ގިނައެވެ. ކުދިން ތަކުގެ ތެރެއިން ހިނގާފައިގޮސް ކުލާހުގެ ދޮރު ހުޅުވާފައި ދާނިޝް އެތެރެއަށް ވަނެވެ. މުދައްރިސްއަށް ހާއްސަ ކުރެވިފައި ހުރި މޭޒުމަތީގައި އަތުގައި ހުރި އެއްޗެހިތަށް ބަހައްޓާފައި ގޮނޑީގައި އިށީންދެ ކޮމްޕިއުޓަރު ހުޅުވާ ލޮގިން ވެލިއެވެ.

ކުދިންތައް ވަދެ ހަމަ ޖެހުމުން ދާނިޝް ފަހަރަކު ކުއްޖެއްގެ ނަން ގޮވާލާ ހާޒިރީ ބަލަން ފެށިއެވެ. ފަހަރަކު ނަމެއް ކިޔަމުން އައިސް 27 ވަނައަށް އިން ނަން ކިޔާލާފައި ހުއްޓުން އެރިއެވެ.

“އާމިނަތު ޔީޝާ ޔާސިރް..” އެ ނަން ތަކުރާރު ކޮއްލަމުން ދާނިޝް ފަހަރަކު ކުއްޖަކު މޫނަށް ބަލާލިއެވެ.

ހައިރާންވެފައިވާ ނަޒަރަކުން ދާނިޝްއަށް ބަލަން ހުރި ޔީޝާ ފެނުމުން ދާނިޝްގެ ހިތް ތެޅިލިއެވެ. ދެވަނަ ފަހަރަށް ނުފެންނާނެ ކަމަށް ހީކޮއްގެން އުންމީދު ކަނޑާލާފައިވާ އަންހެން ކުއްޖާ މިގޮތަށް ފެނިދާނެ ކަމަކަށް ދާނިޝް އެއްގޮތަކަށްވެސް ހިޔެއް ނުކުރެއެވެ.

ދާނިޝް ހަތަރު ކަޅި ހަމަ ކޮއްލަމުން ހިނިތުން ވެލިގޮތުން ޔީޝާ ފާޑަކަށް ލަދުގަތެވެ. ދާނިޝްގެ ބެލުމަށް އަޅާނުލާ އިސްޖަހާލީ އެ ކުލާހުގައި ތިބި ކުދިންތަށްވެސް ފަސް އެނބުރިފައި އޭނާއާ ދިމާއަށް ބަލަން ފެށުމުންނެވެ.

“ސާރގެ ނަމަކީ ދާނިޝް މުހައްމަދު.. މި ސެމިސްޓާގަ ތިކުދިންގެ ހިސާބު ކުލާސްތަށް ނަގައި ދޭނީ ސާރ..” ދާނިޝް ފަޓުލޫނުގެ ޖީބަށް އަތް ޖަހާލަމުން ބުނެލިއެވެ.

ބޯޑު ކުރިމަތީ ހުރެ އެދުވަހަށް ނަގައިދޭން ހަމަ ޖެހިފައިވާ ސިލަބަސް ނަގައި ދެމުން ދާނިޝް ދިޔައިރު އެންމެންގެ ލޯތަށް ވަނީ އެދިމާއަށް ހުއްޓިފައެވެ.

އެ ކުލާހުގައި ތިބި ބައެއް އަންހެން ކުދިން ސިއްރު ސިއްރުން ދާނިޝްގެ ރީތިކަމަށް ތައުރީފް ކުރަމުން ދިޔައެވެ. ބޯޑުގައި ހުރި އެއްޗެހިތަށް ނޯޓު ފޮތުގައި ލިޔަމުން ދިޔަ ޔީޝާގެ ކަންފަތަށްވެސް އެއަޑުތަށް ފޯރަމުން ދިޔައެވެ. އެކުދިންގެ ސަމާލުކަން ހުރީ ބޯޑުގައި ނަގައި ދެމުން ދިޔަ ފިލާވަޅަކަށް ނޫނެވެ. މިވަރުން ދަންޏާ ކުލާހުގެ ގިނަ އަންހެން ކުދިން ފާސްވާނެ ބާއޭ ޔީޝާގެ ހިތަށް އެރިއެވެ. ނަމަވެސް ބޯޑު ކުރިމަތީ ހުރި ދާނިޝް އާމެދު ޔީޝާގެ ހިތުގައިވެސް ތައުރީފުގެ ބަސްތަށް އުދުހެން ފެށިއެވެ.

ކަޅު ފަޓުލޫނަކާ ކަނޑު ނޫކުލައިގެ އަތް ދިގު ގަމީހުގައި ދާނިޝް ވަރަށް ހިތްގައިމެވެ. ގަމީހުގެ އަތްކުރި އުޅަންބޯއްޓާ ހަމައަށް އޮޅާފައި ހުރުމުން ފެންނަން ހުރި ނާރުތަށް ފުފިފައިވާ ފިރިހެން ވަންތަ ދެއަތަކީ އަންހެން ކުދިންގެ ބަލިފައިކަން ގައިމެވެ.

ކުރުކޮށް ކޮށާލެވިފައިވާ ކަޅުކަން ގަދަ އިސްތަށިގަނޑާ ތުނިކޮށް ފަޅާފައި ހުރި ތުނބުޅި މަތިމަހުން ދާނިޝްގެ ރީތިކަން އަދި އިތުރަށް ފުރިހަމައެވެ.

 

ދޮޅު ގަނޑީރަށް ދެމިގެން ދިޔަ ކުލާސް ނިމުމަކަށް އައުމުން ކުދިންތަށް ކުލާހުން ނުކުންނަން ފެށިއެވެ. ކުދިންތަކުގެ ތެރެއަށް ވަދެ ނުގަންނަން ތަންކޮޅެއް ލަހުން ގޮނޑިން ތެދުވި ޔީޝާއަށް ކުލާހުން ނުކުމެވުނީ ގިނަ ކުދިން ނުކުތް ފަހުންނެވެ.

“ޔީޝާ..” ދެން އޮތް ކުލާސް ފެށުމުގެ ކުރިން އަދި ކުޑަ ވަގުތު ކޮޅެއް އޮތުމުން ބެންޗުތަކާ ދިމާއަށް މިސްރާބު ޖެހި ޔީޝާ ހުއްޓުން އެރީ ފަހަތުން ދާނިޝްގެ އަޑު އިވުމުންނެވެ.

ޔީޝާ ފަހަތަށް ބަލާލިއިރު ދާނިޝް ހުރީ ކުލާހުގެ ދޮރު ތަޅުލާފައެވެ. ދޮރު ތަޅުލެވުނކަން ޔަގީން ކޮއްލަމުން ދާނިޝް އަވަސް ފިޔަވަޅު ތަކެއްގައި ޔީޝާއާ ހަމަކުރިއެވެ.

“ހައި.. ވަރަށް އުފާވެއްޖެ އަނެއްކާވެސް ދިމާވީމަ.. އަސްލު އަހަރެން އެއްގޮތަކަށްވެސް އުންމީދެއް ނުކުރުން ދެން ޔީޝާ ފެންނާނެ ކަމަކަށް” ދާނީޝް ބުނެލިއެވެ.

“އަހަރެންވެސް ހިއެއް ނުކުރަން.. އަދި އެެވެސް އަހަރެންގެ ޓީޗަރެއްގެ ގޮތުގަ ” ޔީޝާ ބުނެލިއެވެ.

“ވެދާނެއްނު މިއީ ތަގުދީރު ކަމަށް..” ޔީޝާގެ މޫނަށް ބަލާލަމުން ދާނިޝް ބުނެލި ގޮތުން ޔީޝާގެ ތުންފަތް މަތީ ހިނިތުން ވުމެއް ފަވާލިއެވެ. އަދި ލުއި ހުނުމެއް އެތުނި ތުންފަތުން ބޭރުވެގެން ދިޔައެވެ.

“މިއީ އިއްތިފާގު.. ކޮންސިޑެންސް އަކީ ކޯއްޗެއްކަން އެނގޭ ދޯ ދާނިޝް ސާރ” ޔީޝާ އެހެން ބުނީރު “ސާރ” މިލަފްޒަށް ބާރުކޮއްލުމުން ދާނިޝްވެސް ހޭން ފެށިއެވެ.

“އަހަރެންގެ މަންމަ އަހަންނަށް ނަން ކީރު ނަމުގެ ފަހތަކަށް ސާރ އެއް ނުލާ” ދާނިޝް ބުނެލިއެވެ.

“އެކަމު ތިއީ އަހަރެންގެ މުދައްރިސް އޭނުން.. އެހެންވީމަ ވާހަކަ ދައްކަން ޖެހޭނީ އިހްތިރާމާ އެކު” ޔީޝާ ކޮނޑުގައި އޮތް ދަބަހު ވާގަނޑަށް ދަމާލަމުން ބުނެލިއެވެ.

“އަހަރެންގެ ސްޓޫޑެންޓަކަށް ވުމުގެ ކުރިން ޔީޝާ އަހަންނާ އެކުވެރިވާން އެއްބަސް ވީމެއްނު.. އެހެންވީމަ މިހާރުވެސް އަހަރެން ބޭނުން ވަނީ އަހަރެން މިއީ އެކުވެރިއެއް ގޮތުގަ ދެކެން.. އެހެން ނޫނަސް ކިޔަވާދޭ ކުލާހުގެ ބޭރުގަ އަހަރެން މިއީ އެއްވެސް މިީހެއްގެ މުދައްރިސް އެއް ނޫން” ދާނިޝް ބުނެލިއެވެ. ދާނީޝް އެހެން ބުނުމުން ޔީޝާ އޯކޭއޭ ބުނެ ހޭން ފެށިއެވެ.

ދާނިޝް އިތުރަށް ޔީޝާއާ ވާހަކަ ދައްކާލަން ބޭނުންވި ނަމަވެސް އެވަގުތަށް ވަދާއު ކިޔުމަށް ފަހު ވަކިވީ އެމީހުން ތިބި ދިމާއަށް އަންނަ ދާނިޝް ދަންނަ ދެ ސްޓާފުން ފެނިގެންނެވެ.

ދާނިޝް ދިޔުމުން ޔީޝާވެސް ތިރިީގައި ހުރި ބެންޗު ތަކާ ދިމާއަށް ހިނގާގަތެވެ. ބެންޗުގައި އިށީންދެފައި ފޯނު ނަގާ ފޭސްބުކަށް ވަދެލިއެވެ. ވަގުތު އަވަހަށް ދުއްވާލަން ފޭސްބުކު ޕޭޖު ހާވަން ފެށިއެވެ. އެހެން އިންދާ ޔީޝާ ކުއްލިއަކަށް ސިއްސައިގެން ދިޔައީ ކުރިމަތީގައި ހުރި މިހަކު ކަރުކެހިލި އަޑު އިވުމުންނެވެ. އިސް އުފުލާލާ ބަލާލިއިރު މޫނާ ޖެހޭ ނުޖެހޭ ހިސާބުގައި ހުރީ އަޒާންއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dheem&Eekku

Level 410 Stories100 Login500 Login

Other Articles

Previous

ކޮކާ ކުއްޖާ – 4

Next

ލޯބިވާއޭ 11

Next
February 2, 2021

ލޯބިވާއޭ 11

Previews
February 2, 2021

ކޮކާ ކުއްޖާ – 4

One Comment

  1. Taengoo says:
    February 3, 2021 at 9:10 pm

    Mi part ves hama varah varah salhi.???
    Love you ?❤
    Take care ?
    Stay safe

Comments are closed.

Next Episodeބަދު ނަސީބުގެ ހިޔަނި އެޅުމުން (7)←


All Right Reserved!