Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ބަދު ނަސީބުގެ ހިޔަނި އެޅުމުން (5)

Dheem&Eekku Level 410 Stories100 Login500 Login
January 27, 2021 6 Mins Read
3 Comments

“ޔީޝް.. ހުސާމް އެކްސިޑެންޓުވީ ނުގަވާދުން ބާރަށް ސައިކަލު ދުއްވީމަ.. އަހންފައަށް އެހެން ދިމާވި އޭނަގެ އީމާންތެރިން ކުޑަވީމަ.. އެއީ ޔީޝްގެ ކުށެއް ނޫނެއްނު.. ޑޯންޓު ބުލޭމް ޔުއަރ ސެލްފް.. ހިނގާ ދާން ދެން.. މިތަނުގަ ހުންނަން ވެއްޖެއްޔާ ޔީޝް އަނެއްކާ ބޑަށް ވިސްނާނީ.” އަފާ އެހެން ބުނެ ސައިކަލަށް އެރިއެވެ. ޔީޝާއާ އެކު އެތަނުގައި ހުންނާކަށް އަފާ ބޭނުމެއް ނުވިއެވެ.

ޖެހިގެން އައި ދުވަހުގެ ރޭގަނޑެވެ. ލޯގަނޑު ކުރިމަތީ ހުރެ ޔީޝާ ތައްޔާރު ވަމުން ދިޔައީ މަލަކާގެ ގެޔަށް ދާށެވެ. ރީތިވާ މޭޒުމަތީ ހުރި ސެންޓު ފުޅި ނަގާ ގަޔަށް ޖަހާލަމުން ޔީޝާ އަދި އެއްފަހަރު އަމިއްލަ ސޫރަ ބަލާލިއެވެ. ތުންފަތުން ބޭރުވެފައި ހުރި ލިޕް ގުލޮސް ކޮޅު ފުހެލަމުން ކޮޓަރިން ނުކުންނަނިކޮށް އަތުގައި އޮތް ފޯނު ރިންގުވިއެވެ. އެއީ ޔީޝާ ނައިސް ލަސްވެގެން މަލަކާ ގުޅި 5 ވަނަ ފަހރެވެ.

“މިދަނީ މިދަނީ މިހާރު މިހުރީ މަގުމަތީގަ” ފޯނު ނެގުމާއެކު ޔީޝާ ބުނެލިއެވެ.

“ތިހެން ބުނި ދެންމެ ގުޅީމަވެސް.. މަށަކަށް ހިޔެއް ނުވޭ މިރޭ 10 ޖަހާއިރުވެސް ޔީޝް އަކަށް އާދެވިދާނެހެނެއް” މަލަކާ ޝަކުވާ ކޮއްލިއެވެ.

އަދި އެއްފަހަރު ސޮރީ އޭ ބުނެ ޔީޝާ ފޯނު ކަނޑާލާފައި ޖީބަށް ލަމުން ރަޝީދާ ކައިރީ ދަނީއޭ ބުނެ ބޭރަށް ނުކުތެވެ.

އިޝާ ނަމާދުން ފައިބައިގެން ނުކުއްތަނާ ދިމާވި ކުޑައިރުގެ އެކުވެރިއަކާ ވާހަކަ ދައްކަން ހުރެފައި ދާނިޝް ގެޔާ ދިމާއަށް ހިނގާގަތް އިރު 8 ޖަހަން އުޅެއެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވާ މަގަކުން ހިނގާފައި ދަނިކޮށް ގޯޅިއަކުން ނުކުތް އަންހެން ކުއްޖާ ދާނިޝްގެ ލޮލުގައި އަޅައި ގަތެވެ. އެއީ މިދެދުވަހު އޭނާގެ ހިތުގެ ހަމަ ޖެހުން ނަގާލި އަންހެން ކުއްޖާކަން އެނގުމުން ދާނިޝްގެ ފިޔަވަޅު މަޑުވިއެވެ. އެކުއްޖާއާ ވާހަކަ ދައްކާލަން އެ ހިތް އެދެމުން ދިޔަނަމަވެސް ކުރިއަށް އެންމެ ފިޔަވަޅެއްވެސް އަޅައެއް ނުލެވުނެވެ.

“ތިހާ ފިނޑިވެގެން ކަމެއް ނުވާނެ އިނގޭ. ތިހެން ހުއްޓާ ތެޔޮ ނާށި ކާޅު ޖަހާ ގަނެ ދާނެ” ހުސެންގެ ޖުމްލަތަށް ސިކުނޑި ވަށާލުމުން ދާނީޝް ގަދަކަމުން ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. ހަލުވި ފިޔަވަޅު ތަކުގައި  ދާނިޝް އެކުއްޖާއާ ހަމަ ކުރިއެވެ.

 

ފޯނަށް ގެއްލިހުރެ ހިނގަމުން ދިޔަ ޔީޝާ ސިހުނީ މީހަކު އައިސް ކައިރީގައި ހުއްޓުމުންނެވެ. ފޯނުން ދެލޯ ނައްޓާލާފައި ބަލާލިއިރު ކައިރީ ހުރި ފިރިހެން ކުއްޖާ ފެނި ޔީޝާ ކުޑަކޮށް ހީލިއެވެ. އެއީ ތުނޑިމަތިން ފެނިގެން އޭނާގެ ފޮޓޯ ނެގި ޒުވާނާކަންވެސް ޔީޝާއަށް ދެނެ ގަނެވުނެވެ. ޔީޝާ ހީލުމުން ދާނިޝްވެސް ރަކިގޮަތަކަށް ހީލާފައި ބޯކަހާލިއެވެ. އެހާ ހިއްވަރު ކޮއްފައި އައިރު ދައްކާނެ ވާހަކައެއްވެސް އޭނާއަކަށް ނޭނގުނެވެ.

ދާނިޝްގެ ހިނިތުންވުން ފެނިފައި ޔީޝާ ކުޑަކޮށް ހުއްޓުން އެރިއެވެ. ނޫން ކަމަށް ހެދިފައި އަނެއްކާވެސް ފޯނަށް ބަލާލީ އޭނާގެ ތެޅެމުން ދިޔަ ހިތް މައިތިރި ކުރަން މަސައްކަތް ކުރަމުންނެވެ. މަލަކާއާއި ހައިފާ ބުނީ ތެދެކެވެ. މިޒުވާނާ އަހްނަފް އާ ވަރަށް ވައްތަރެވެ. ދާނިޝް ހީލުމުން ޔީޝާގެ ހިތަށް ގޮތެއްވި އެހެންވެއެވެ.

“އަހަންނަށް ކިޔަނީ ދާނިޝް.. ކޮން ނަމެއް ކިޔަނީ؟” ޔީޝާގެ މޫނަށް ބަލާލަމުން ދާނީޝް އަހާލިއެވެ.

“ޔީޝާ..” އުނދަގޫ ކުރަމުން ދިޔަ ދެތިން އިސްތަށި ކޮޅު ކަންފަތު ދަށަށް ލަމުން ޔީޝާ ބުނެލިއެވެ.

“އަހަރެން ބޭނުން ޔީޝާއާ ވާހަކަ ދައްކާލާ އެކުވެރިވާން.. އޯކޭ ދޯ؟” ދާނިޝް އެހެން ބުނުމުން ޔީޝާ ބޯޖަހާލީ ރަހްމަތްތެރިއެއް ގޮތުގައި ފިރިހެން ކުއްޖަކާ ވާހަކަ ދައްކާލުމަކީ އެހާ ބޮޑު މައްސަލައަކަށް ނުވާނެތީއެވެ.

“އަހަރެން ހީކުރީ ޔީޝާ ހުންނާނީ އަހަރެން ދެކެ ރުޅި އައިސްކަމަށް” ދާނިޝް އެހެން ބުނުމުން ޔީޝާ ނިތްއަރުވާލާފައި ކިއްވެހޭ އަހާލިއެވެ.

“އެންމެ ފުރަތަމަވެސް ފެނުނު ދުވަހު އަހަރެން ކުއްޖަގެ ފޮޓޯ ނެގީމަ.. ދެން ބަލާލާފަވެސް ހީވަނީ ވަރަށް އަންފުރެންޑުލީ ހެން” ދާނިޝް ބުނެލިއެވެ.

“ތިއީ އެހެން މީހުންވެސް ވަރަށް ގިނައިން ބުނާ އެއްޗެއް. އަހަރެން ހުންނަ ގޮތުން ހީވަނީ ވަރަށް ރޫޑް އަދި މީން ކުއްޖެއް ހެނޭ ބުނާނީ.. އެކަމު އަސްލު އަހަރެން މިއީ އެއާ އިދިކޮޅު.. އެކަމު ނުދަންނަ މީހުން އަތުގަ އަހަރެންގެ ފޮޓޯ ހުރުމަކީ އަހަރެން އެހާ ރުހޭ ކަމެއް ނޫން” ޔީޝާ ބުނެލިއެވެ.

“ސޮރީ.. އަސްލު ފޮޓޯ ނެގުމަކީ އަހަރެން ވަރަށް ކުރާ ހިތްވާ ކަމެއް.. ދެން ތިކަހަަ ރީތި ކުއްޖަކު ފެނުނީމަ އޮޓޯއިން ފޮޓޯއެއް ނެގުނީ.. އެކަމު ދެން ޔީޝާ ހިތް ހަމަ ނުޖެހެންޏާ އަހަރެން އެފޮޓޯ ޑިލީޓު ކޮއްލަ ފާނަން” ދާނީޝް ބުނެލިއެވެ.

ދާނިޝް އެހެން ބުނުމުން ޔީޝާ ކުޑަކޮށް ރަކިވިއެވެ. ދިމާލަށް ހުރެފައި މީހަކު ރީއްޗޭ ބުނުމުން ޔީޝާ ކުޑަކޮށް ލަދުގަތީއެވެ.

“އަހަރެން ދެން މިވަންނަނީ އެތެރެއަށް” މަލަކާގެ ގެއާ ކައިރި ވުމުން ޔީޝާ އެހެން ބުނީ ދާނިޝްއާ ވަކިވާންޖެހޭ ގަޑި ޖެހިއްޖެ ކަން އެންގުމަށެވެ.

“ދެން ކޮން ދުވަހަކުން ބައްދަލު ވާނީ..” ދާނިޝް އަހާލިއެވެ.

“ނޭނގެ.. ދެން ބައްދަލު ވާނެ ކަމެއްވެސް ނޭނގޭނުން” ޔީޝާ ބުނެލިއެވެ.

“އެއީ..؟ އިން ޕާސަން ކޮށް ބައްދަލު ނުވިއަސް އެހެން ގޮތް ގޮތްވެސް ހުންނާނެއްނު” ދާނިޝް ބުލިއެވެ.

“ޔީޝް..” ޔީޝާ ދާނިޝްގެ ހިޔާލަށް ޖަވާބެއް ދޭން އަނގަ ހުޅުވާލިތަނާ އޭނާގެ ނަމުން މީހަކު ގޮވާލިއެވެ. ޔީޝާ އެދިމާއަށް ބަލާލިއިރު ދޮރާށިން ބޭރަށް ބޯދިއްކޮއްގެ ހުރި މަލަކާއާއި ހައިފާ ފެނުނެވެ.

“އަމްމް.. އަހަރެން ދެން އެތެރެއަށް ވަންނަނީ. އެމީހުން އެގޮވަނީ އަހަރެން ލަސްވެގެން” ޔީޝާ އެހެން ބުނެފައި ހިނގައި ގަތީ ދާނީޝްގެ ޖަވާބަކަށް އިންތިޒާރު ނުކޮށެވެ.

ފޯނު ނަބަރު ނޫނީ ފޭސްބުކް އައިޑީވެސް ބުނެނުލާ ޔީޝާ ދިޔުމުން ދާނިޝް މާޔޫސްވިއެވެ. ދާނިޝް އެނބުރި ރަށަށް ދިޔުމަށްފަހު ދެން ޔީޝާ އާ ވާހަކަ ދައްކާލާނެ ފުރުސަތެއްވެސް ނުލިބޭނެތީ ދާނިޝް ދެރަވިއެވެ.

“ކޮންކަމެއް ކޮންކަމެއް؟” ޔީޝާ ކައިރިއަށް އައުމުން ހައިފާ ބުނެލިއެވެ.

“ކޮން ކަމެއްތަ؟ ނޭނގުނު މަށަކަށް” އެމީހުން އެ ދިމާކުރާ ސަބަބު ނޭނގޭ ކަމަށް ހެދެމުން ޔީޝާ އެތެރެއަށް ވަދެގެން ދިޔައެވެ.

“އަހަރެމެން އެހީވެދެންހޭ ބުނީމަވެސް އިންކާރުކުރީ އަހަރެމެން އެ ސޮރު ޖަހާގަނެ ދާނެތީތަ.. ދެން އޯކޭއޭ ކޮންވާހަކައެއްތަ ތިދެމީހުން ދެއްކީ؟ އަހަރެމެން ކައިރީވެސް ބުނެލާގެން އުޅެބަލަ” ހައިފާއާ އެއްބައިވެގެން މަލަކާވެސް ދިމާކުރަން ފެށިއެވެ.

“ފިރިހެން ކުއްޖަކާ ވާހަކަ ނުދައްކައިގެން ކަލޭމެން ކުރަނީ ޝަކުވާ.. މިހާރު ކުއްޖަކާ ވާހަކަ ދައްކާތީވެސް ކަލޭމެނަކަށް ކަމަކު ނުދޭ” ޔީޝާ ބުނެލިއެވެ.

“ކާކު ބުނީ އަހަރެމެނަށް ކަމު ނުދަނީއޭ.. ދެންތީގެ މާނައަކީ ތިދެމީހުން އެކަކު އަނެކަކު ދެކެ ލައިކް ވާތީ ޓޯކު ކުރަނީއޭތަ” ހައިފާ ބުނެލިއެވެ.

“ސާބަސް.. އޭނަ އަހަރެން ކައިރީ އެހީ ފުރެންޑު ވެވިދާނެތޯ. ދެން އަހަރެން ބުނީ އާންއެކޭ..” ޔީޝާ ބުނެލިއެވެ.

“އޯ.. އެހެންވީމަ ވަރަށް ސްމޫތު ބޯއީއެއްތާ ދޯ.. ކޮންމެ މީހަކުވެސް ހިތާވާ ވާހަކަ ބުންނަ ނުކެރޭތީ ފުރަތަމަ ބޭނުންވާނީ އެކުވެރިވާން..” މަލަކާ ހޭން ފެށިއެވެ.

“ބޭކާރު އަނގަ ނުތަޅުވަބަލަ.. އަހަރެން މިއުޅެނީ މާދަން ފުރަން.. ދެން އަހަރެމެން ދެމީހުން ބައްދަލެއްވެސް ނުވާނެ. ފޯނު ނަންބަރެއްވެސް އެކްސްޗޭންޖެއް ނުކުރަން” ޔީޝާ ބުނެލިއެވެ.

 

ފުރާގަޑި ކުޑަތަންވަމުން ދިޔަވަރަކަށް ފާލަން ކައިރިއަށް މީހުންތަށް ގިނަވަމުން ދިޔައެވެ. ފުރާ މީހުންގެ އާއިލާއާއި އެކުވެރިންނެވެ. ފުރަން ތައްޔާރުގައި އޮތް ފެރީ އަށް އެރުމުގެ ކުރިން އެންމެނަށް ސަލާމް ކޮއްލާފައި އެންމެ އަވަހަށް ލިބޭ ޗުއްޓީގައި ރަށަށް އަންނާނެކަމަށް ޔީޝާ ބުންޏެވެ. ފެރީއަށް އަރާ އަދި އެއްފަހަރު އެންމެނަށް ހަނާ އަޅާލިއެވެ. އާއިލާއާ ދުރަށް ދާން ޔީޝާ ދެރަވިނަމަވެސް އެންމެ ގާތް އެކުވެރިޔާ ގާތުގައި ހުރުމުން ހިތްހަމަ ޖެހުނެވެ.

އަމާން ދަތުރަކަށް ފަހު އެއަތޮޅުގެ ވެރިކަން ކުރާ ރަށަށް ފެރީ ގާތް ކޮއްލިއިރު ފާލަން މަތީގައި މީހުން ގިނަވެފައި އޮތެވެ. ޓެކްސީއަކަށް ގުޅާފައި އެހެން މީހުނަށް އުނދަގޫ ނުވާނެ ގޮތަށް ދުރުގައި މަޑުކޮއްލިއެވެ. 10 ވަރަކަށް މިނެޓު ފަހުން ޓެކްސީ އައުމުން ދެމީހުން ކާރަށް އެރިއެވެ. ގޭގެ ނަން ބުނުމުން ކާރު އެމީހުންގެ މަންޒިލަށް ދަތުރު ފެށިއެވެ.

ހުރިހާ ފޮށިތަ ދެވަނަ ފަންގިފިލާގައި ހުރި ބަޔަށް އެރުވީރު ދެމީހުންވެސް ތިބީ ވަރުބަލިވެފައެވެ. އައިސް އަލަމާރީން ފިނި ފެން ފުޅިއެއް ނަގައިގެން އައިސް އަފާ ސޯފާއަށް ވެއްޓިގަތެވެ.

“އަމިއްލައަށްތަ ކައްކަނީ؟” ސިޓިން ރޫމުގައި ހުރި ބަދިގެޔަށް ބަލާލަމުން ޔީޝާ އަހާލިއެވެ.

“އާން.. އެކަމު ހާއްސަ ދުވަސްދުވަހު މިގޭ ދައްތަ އެމީހުންގެ ބަޔަށް ކާންދާން ދައުވަތު ދޭނެ.. ބައެއް ހުކުރުގަވެސް ކަނީ އެބައިން..” އަފާ ބުނެލިއެވެ.

“ދައްތަ ވަރަށް ރަނގަޅު ދޯ.. ކޮންބައެއްތަ މިގޭގަ އުޅެނީ..” ޔީޝާ އަހާލިއެވެ.

“ތިރީގަ އުޅޭނީ މިގޭ ވެރިމީހުން.. އެއީ ދެމަފިރިންނާ 4 ކުދިން.. ދެން އަހަރެމެން އުޅޭ ބައިގެ ކުރިމައްޗަށް އޮތްބާގަ ކުރިން އުޅުނު ބީރައްޓެހި ބަޔެއް.. މިހާރު އެކަމު ހުންނަނީ ހުހަށް” އަފާ ބުނެލިއެވެ.

“އެހެންތަ؟.. އަފާ ރެސްޓު ކޮއްލާ އިނގޭ.. އަހަރެން މިދަނީ އެއްޗެހިތަށް ތަރުތީބު ކޮއްލަން” ޔީޝާ އެހެން ބުނެފައި ސޯފާއިން ތެދުވިއެވެ.

“އިހަށް މިތާ މަޑުކޮއްބަލަ.. ކޯސް ފެށުމުގެ ކުރިން ހަމަ ޖެހިލާގެވެސް މިކަންތަށް ކުރަން ތިންދުވަސް އެބޯތެއްނު..” އަފާ ބުނެލިއެވެ. ނަމަވެސް އަވަހަށް ހުރިހާ ކަމެއް ނިއްމާލުމުން ފަސޭހަ ވާނޭ ކިޔާފައި ޔީޝާ ހެދުންތަށް ހުރި ފޮށި ދަމަމުން ދަމަމުން ކޮޓަރިއަށް ދިޔައެވެ.

 

“ކޮބާ ކިހިނެއްތަ ޗުއްޓީ؟ އެރަށް މަޖާތަ؟” ފެންވަރާ ތާޒާ ވެލައިގެން ނުކުއް ދާނިޝް ފެނިގެން ނާޒިޔާ އަހާލިއެވެ.

“އުމް.. ވަރަށް ސަޅި.. ލިބުނު ޗުއްޓީވެސް ކުޑަވީ.. ދެން އަންނަ ޗުއްޓީގަވެސް ދާހިއްވަނީ” ދާނިޝް އެހެން ބުނީރު ކުއްލިއަކަށް ސިކުނޑީގަައި ޔީޝާގެ ސޫރަ ސިފަވެގެން ދިޔައެވެ. ޔީޝާގެ ރީތި ސޫރަ ސިފަވުމުން ދާނީޝްގެ ތުންފަތް މަތީ ރަކި ހިނިތުންވުމެއް ފަވާލިއެވެ.

“އަޅުގަނޑަށް ހީވަނީ ދޮންބެއަށް ކުއްޖަކު ފެނުނީހެން. އެހެންވެ އެހާވަރަކުން ދެވަނަ ފަހަރަށް އެރަށަށް ދާހިތުން އެއުޅެނީ” ސޯފާގައި ގޭމެއް ކުޅެން އިން ދާނިޝްގެ އެއްބަފާ ކޮއްކޮ ނަހުވާން ބުނެލިއެވެ.

“އެކީއްވެ ތިހެން ތިބުނީ؟” ނަހުވާންގެ ކޮނޑަށް އަތް ވައްޓާލަމުން ދާނިޝް އަހާލިއެވެ.

“އެރަށަށް ދާހިއްވާ ވާހަކަ ބުނެފަ ކިބުލެއްހެން ހެވިފަ އިނީމަ.. އަޅެ ބުނެބަ އެރަށު ކުދިން ރީތިތަ؟” ނަހުޥާން ބުނެލިއެވެ.

“ހަޑިއެއް ނޫން.. އެކަމު ނަހޫ އަދިނުވޭނުން ކުދިންނާ ރައްޓެހި ވާވަރެއް.. ނަހޫ ބޮޑުވީމަ ބޭބެ ނަހޫވެސް ގެންދާނަމޭ” ދާނިޝް އެހެން ބުނެފައި ގޭގެ ދޮރާ ދިމާއަށް ހިނގާގަތެވެ.

“ދަރިފުޅާ ނުކައިތަ ބޭރަށް ތިދަނީ؟” ނާޒިޔާ ބުނެލިއެވެ.

“އާން.. މިދަނީ އާދިލް ގުޅާފަ އައިސްބަލާށޭ ބުނީމަ.. ފަހުން ކާނީ” ދާނިޝް އެހެން ބުނެފައި ގެއިން ނުކުމެގެން ދިޔައެވެ.

އެރެއެވެ. ނަހުވާން އާއި ދާނިޝް ނަމާދުން ފާބައިގެން އަންނަން ވާއިރަށް ނާޒިޔާ މޭޒުމަތީގައި ތަށިތައް އަތުރާލިއެވެ. ދާނިޝް އަކީ އޭނާ ބަނޑުއަޅާ ވިހޭ ދަރިއަކަށް ނުވި ނަމަވެސް ދެން ތިބި ކުދިންނާ އެއްވަރަށް ނާޒިޔާ ދާނިޝް ދެކެ ލޯބިވެއެވެ. ނާޒިޔާގެ ހަގު ދަރިފުޅު އުމުރުން އަހަރެއްވެސް ނުވަނީސް ދިމާވި އެކްސިޑެންޓެއްގައި ދާނިޝްގެ ބައްޕަ އެނދުމަތި ވުމުން އެގޭގެ ހުރިހާ ހަރަދުތަކެއް ބަލަހައްޓަނީވެސް ދާނިޝްއެވެ. ދާނިޝްއަށް ނާޒިޔާ ފެނުނީ އުމުރުން 10 އަހަރުވެފައި ވަނިކޮށް ނަމަވެސް ދާނިޝްވެސް ދެކެނީ ނާޒިޔާއަކީ އޭނާގެ މަންމަ ކަމަށެވެ.

“އާދޭ އަވަހަށް.. ހަމަ ކާން ހެދުނު ތަނާ ތިއައީ” ގޭގެ ދޮރުން އެތެރެއަށް ވަދެގެން އައި ދާނިޝްއާއި ނަހުވާން ފެނިގެން ނާޒިޔާ ބުނެލިއެވެ.

“ހާދަ ވަސް ރަނގަޅޭ.” ނޭފަތް ދަމާލަމުން ދާނިޝް ބުނެލިއެވެ.

ދާނިޝް އާއި ނަހުވާން އަދި 5 އަހަރުގެ ނަޝާ މޭޒު ކައިރީ އިށީނުމުން ނާޒިޔާގެ ދޮށީ ދަރިފުޅު ނިހާ ތައްޓަށް ފެން އަޅައި ދިނެވެ.

“ދަރިފުޅާ ނިހާ.. ކައި ނިމިގެން އަލަމާރީގައި ހުރި ޕުޑިން ތަށި މަތީ ބަޔަށް ގެން ދާތި އިނގޭ.. މަންމަ މިދަނީ ބައްޕައަށް ކާން ދޭން..” ނާޒިޔާ އެހެން ބުނެފައި ތަބަށް ހިފައިގެން ވަނީ ކޮޓަރިއަށެވެ.

“އަފާ އައީތަ؟” ދާނިޝް އަހާލިއެވެ.

“އާން.. އަދި އެހެން ކުއްޖެއްވެސް އެބައުޅޭ އެބައިގަ.. އަފާގެ ފުރެންޑެއް..” ނިހާ އެހެން ބުނުމުން ދާނިޝް އެހެންހޭ ބުނެފައި ބޯޖަހާލިއެވެ.

 

ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. ކުލާސްތައް ފެށުމުގެ ކުރިން ރަށުތެރެ ބަލާލާ ހިތުން ޔީޝާއާއި އަފާ ދުއްވާލަން ދިޔައެވެ. ރަށުގެ ފުއްޓަރާ ދިމާލުގައި އޮންނަ ކުޑަ ޕާކުގައި ދެމީހުން ތިބީރު އެހެން ލާފައި ދާ ކޮންމެ މީހެއްގެ ދެލޯ އެދެމީހުންނަށް ހުއްޓެމުނެ ދެއެވެ. ހެއްލޭ ތިރި އުނދޯއްޔެއްގައި ޔީޝާ ބާރަށް ހެއްލަމުން ދިޔައިރު އުނދޯލީގެ ދަނޑިގަނޑުގައި ލައްވެގަނެގެން އަފާ އިނީ ނިދި ޖެހި ޖެހިއެވެ. ކޮންމެ ދެ ސިކުންތެއްގައި ހާފުރިލައެވެ. އަފާއާ ހިލާފަށް ޔީޝާގެ މޫޑު ހުރީ ރަނގަޅަށެވެ. އުނދޯލި ހެއްލަމުން ދިޔައިރު އޭނާގެ ތުންފަތް މަތީ ނުފިލާ ހިނިތުންވުމެއް ވެއެވެ.

“އަފާ ހިނގާބަލަ އެހެރަ ސީސޯ އަށް އަރަން.. ހަނދާންވޭ ދޯ ކުޑައިރު ޕާކަށް ދިޔައިރު އަހަރެމެން އުޅުނު ގޮތް” އުނދޯލިން ތެދުވެ ސީސޯއާ ދިމާއަށް ހިނގާ ގަންނަމުން ޔީޝާ ބުނެލިއެވެ.

“ތިއީ ކުޑަ ކުއްޖެއްތަ؟ މަށެއް ނާރާނަން” އަފާ ބޯ ހޫރާލަމުން ބުނެލިއެވެ.

“އަދިވެސް ނިދާފަތަ ތި ހުރީ.. އެހެންނޭ ވާނީ ރޭގަ ހަތަރު ދަމު ފިލްމު ބަލަންވިއްޔަ އޮތީ.. އަހަރެން ބުނީމަވެސް މައިރާ ނިދީކީ ނޫންވިއްޔަ” ޔީޝާ އެނބުރި އައިސް އުނދޯލީގައި އިށީނެވެ.

“މަށެއްވެސް ހިޔެއް ނުކުރަމޭ މިހާ މައިރާ ޔީޝާ ގޮވާފާނެކަމެއް.. އިރު ނާރާ ޔީޝް ހޭލައިގެން އުޅުނުއިރު” އަފާ ބުނެލިއެވެ.

“ދެން ހިނގާ ދޯ ގެޔަށް ދާން.. އަފާ އަދި ޖެހޭނެއްނު ޑިއުޓީއަށްވެސް ދާން” ޔީޝާ އެހެން ބުނުމުން ދެއެކުވެރިން ގެޔާ ދިމާއަށް ދާން ހިނގާގަތެވެ. ސައިކަލަށް އަރާ ދުއްވާލާފައި ގޯޅި އަޅަން އުޅެނިކޮށް ކުއްލިއަކަށް ކުރިމައްޗަށް އެރީ ނުގަވާދުން އައި ސައިކަލެކެވެ. ކުއްލިއަކަށް އެހެންވުމުން އަފާ އަށް ބުރެކި ޖައްސާލެވުނީ ކިރިޔާއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dheem&Eekku

Level 410 Stories100 Login500 Login

Other Articles

Previous

މަންޒިލް 28

Next

ކަށަވަރޭ އަންނާނަމޭ

Next
January 28, 2021

ކަށަވަރޭ އަންނާނަމޭ

Previews
January 26, 2021

މަންޒިލް 28

3 Comments!

  1. shambbx says:
    January 27, 2021 at 10:05 pm

    Yeyeyy sooooo cutteeeeee mi baii n am the first commenter itss soo bestt m so glad to read this and to comment first v interesting mi baii loabi characters thakeh is it yeeshaa n dhaanish ???

    1. Dheem&Eekku says:
      January 28, 2021 at 11:16 pm

      Awn thank you so much shambbx..
      hope you will enjoy reading this story.

  2. Taengoo says:
    January 28, 2021 at 6:42 pm

    Wooow. V reethi mi part ves. ??
    V bodah sorry kureege parts thakah comment eh nukollevunyma. ??
    V interesting ninmaali goeh ves.
    Waiting for the next part
    Keep it up darling ❤❤❤

Comments are closed.

Next Episodeބަދު ނަސީބުގެ ހިޔަނި އެޅުމުން (6)←


All Right Reserved!