Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭދެމޭ ވަކިވުމެއް-42

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
February 1, 2021 4 Mins Read
3 Comments

“ ހިނގާ ދާން..!” އައިވިން އަށް އޭނާގެ ރުޅިގަނޑު މައިތިރި ނުކުރެވޭނެހެން ހީވުމުން ޒޯޔާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އައިވިންގެ ޢަމަލުން ސިހިފައި ހުރި ޒޯޔާ ދެކޮޅު ހަދާކަށް މަސައްކަތެއް ނުކުރެއެވެ. އައިވިން އޭނާގެ އަތުގައި ހިފައިގެން ގެންދާ ދިމާއަކަށް ދިޔުމަށް ދޫކޮށްލައިގެން ހުރީއެވެ.

ގޭތެރެއަށް ވަދެވުމާއެކު ޒޯޔާގެ އަތުން އައިވިން ދޫކޮށްލިއެވެ. ޒޯޔާ އޭނާގެ އަތުގައި ފިރުމާލިތަން ފެނި އައިވިން އަށް ޒޯޔާގެ އަތުގައި ހިފަހައްޓައިގެން ހުރެވުނީ ނުހަނު ބާރަށްކަން އިޙްސާސްކުރެވުނީ ދެނެވެ. ދެއަތުން އައިވިން އޭނާގެ އިސްތަށިގަނޑާއެކު މޫނުގަައި އަތް ހިންގާލީ ކަމެއް ހަޖަމް ކުރަން މަސައްކަތް ކުރާ ބީދައިންނެވެ.

“ޒޯޔާ ކީއްކުރަންތަ މަންމަ ބުންޏަސް އެހުރިހާ ކަމެއް ކުރަންވީ..؟” އައިވިން ފަހު އަކުރުތަކަށް ދަމާލަމުން ބުނެލީ ޒޯޔާއަށް ކަމެއް ވިސްނައިދޭން މަސައްކަތް ކުރާ ބީދައިންނެވެ.

“އެއީ އައިވިންގެ މަންމަ އެންނު.. ކީއްވެ އެގޮތަށް ކަންތައް ކުރީ..؟” ޒޯޔާ ދެއްކީ މުޅިން އެހެންވާހަކައެކެވެ.

“ކުރެވުނު ވަރު އަދިވެސް ކުޑަ.. ބަދިގޭގަ ދެން ހުރި ތަށިތައްވެސް ތަޅާލެވުން ނަމަ ރަނގަޅުވާނީ.. ޒޯ އަށް ހަމަ ނޭނގެނީތަ އެމީހުންގެ މަޤުސަދު.. އަހަންނަށް އިވުނޭ އެތާ އިން މީހާ ޒޯއާ ދިމާއަށް ކީ އެއްޗެހި..” އައިވިންގެ އަޑުގައިވާ ހިތްހަމަނުޖެހުން އިޙްސާސްކުރެވި ޒޯޔާ ހަނުހުއްޓެވެ. މިވަޤުތު ކިތަންމެ ވަރަކަށް އައިވިން އަށް ވިސްނައިދޭން މަސައްކަތް ކުރިޔަސް އެކަމެއް ނުވާނެކަން ޒޯޔާއަށް ވިސްނުނެވެ.

“އައިވިން..!” ފަޒްލާގެ އަޑާއެކު ދެމީހުންނަށް އެއްފަހަރާ އެދިމާ ބަލާލެވުނެވެ. އޭރު ފަޒްލާ ގޭތެރެއަށް ވަދެގެން އަންނަނީއެވެ.  ފަޒްލާގެ މޫނުމަތީގެ ކުލަވަރު ފެނުމާއެކު ޒޯޔާއަށް އިސްޖަހާލެވުނެވެ.

“ ޒޯ ދޭ ކޮޓަރިއަށް..” އައިވިން މަޑު މަޑުން ބުނެލިއެވެ. ޒޯޔާއައިވިން އާ ދިމާ ބަލާލެވުނީ ކަންބޮޑުވެ ހުރެއެވެ. އައިވިން މިވަޤުތު އެހުރީ އެކަނި ދޫކޮށްލަން ޖެހިލުންވާ ފައްތަރެއްގައެވެ. ނަމަވެސް އައިވިން ދެފަނަ ފަހަރަށް ތަކުރާރު ކުރުމުން އިތުރަށް މަޑު ކުރާކަށް ޒޯޔާއަކަށް ނުކެރުނެވެ.

ޒޯޔާ ގޮސް ކޮޓަރިއަށް ވަތް އަޑު އިވުމާއެކު އައިވިން އޭނާގެ މަންމައާ ކުރިމަތިލިއެވެ.

“އައިވިން ކީއްވެ ކުރި ކަމެއް އެއީ..؟ އެނގޭތަ މަންމަގެ ރަޙުމަތްތެރިން ކުރިމަތީ މަންމަ ލަދުގަންނާނެ ވަރު…؟ “ ފަޒްލާ ހިތްހަމަ ނުޖެހިފައި ހުރި ވަރުން އޭނާގެ އަޑުވެސް ބާރުވަމުން ދިޔައެވެ.

“މަންމަ ލަދުގަތް ވާހަކަ ދައްކާއިރު އެންމެ ފަހަރަކުވެސް ވިސްނާލިންތަ ޒޯޔާ ގަންނާނެ ލަދު..؟ މަންމަ އެންމެ ކުޑަ މިނުން އަހަންނާއި މެދު ވިސްނާލިންތަ..؟ ގޭގެ ނޯކަރެއްހެން ޒޯޔާ ލައްވާ މަސައްކަތް ކުރުވި އިރު އެއީ އަހަރެންގެ އަނބިމީހާއޭ ހިތަކަށް ނާރާތަ…؟” އައިވިން ވެސް ވަކި ދޫކުރާކަށް ބޭނުމެއް ނުވިއެވެ. ހިތުގައިވާ ހުރިހާ ޝަކުވާއެއް ނުރުހުންތެރިކަމާއެކު ފަޒްލާގެ ކުރިމައްޗަށް ބަންޑުން ކޮށްލިއެވެ.

“އައިވިން އަށް މިހާރު މަންމަ މީ އެއްވެސް މީހެއް ނޫންދޯ.. ތިހުރީ ހަމަ ރަނގަޅަށްވެސް ވާވަދެފަ.. އެހެންނޫންނަމަ މަންމައާ ތިގޮތަކަށް ވާހަކަ ދައްކާކަށް ނުކެރޭނެ.. “ ފަޒްލާ އޭނާގެ ކުށް ޤަބޫލު ކުރާކަށް ބޭނުމެއްނުވިއެވެ. ރުޅިވެރިކަމާއެކު ގުންފައި ޖަހާފައި އެ ބައިން ނިކުމެގެން ދިޔައީއެވެ.

އައިވިން ކޮޓަރިއަށް ވަދެގެން އައިސް އެނދުގެ ފައިލާ ކޮޅުގައި އިށީނދެ ދެއަތުން މޫނު ފޮރުވާލިއެވެ. އޭނާ ފަޒްލާއަށް ވިސްނައިދޭން މަސައްކަތް ކޮށް ވަރުބަލިވެއްޖެއެވެ. މަންމަގެ ބޯ ހަރުކަމާމެދު ވިސްނާ ވަރަކަށް އައިވިންގެ ސިކުނޑި ދަނީ ސުމަކަށެވެ.

”އައިވިން..” ޒޯޔާ އައިވިންގެ ކުރިމަތީ ހުއްޓެމުން ބޮލުގައި ފިރުމާލިއެވެ. އެހިނދު އައިވިން މޫނުން އަތް ދުރުކޮށްލަމުން ޒޯޔާގެ ބަނޑާ ދިމާލުން މޫނު ފޮރުވާލަމުން ޒޯޔާގެ އުނަގަނޑުގައި އަތް ވަށާލިއެވެ.

“އައިމް ސޮރީ ޒޯ..” އައިވިންގެ އަޑު ކުރެހިފައިވާކަން ޒޯޔާއަށް އިޙްސާސްކުރެވުނެވެ.

“އަހަންނަކަށް ނޭނގެ މަންމައަށް ވިސްނަދޭނެގޮތެއް.. އައި ފީލް ސޯ ހެލްޕްލެސް…” ޒޯޔާގެ ގައިގާ ވަކިން ބޮޑަށް މޫނު ފޮރުވާލަމުން އައިވިން ބުނެލިއެވެ.

“އެއީ އައިވިން ގެ ކުށެއް ނޫނެންނު.. މަންމައަށް އަދި ވިސްނޭނެއޭ.. އަހަރެން ޝަކުވާއެއް ނުކުރަމެންނު.. ދެން އައިވިންވެސް އެކަމާ ނުވިސްނާ..” ޒޯޔާ ލޯތްބާއެކު ގުދުވެލަމުން އައިވިންގެ އިސްތަށިގަނޑުގައި ތުންފަތް ޖައްސާލިއެވެ.
***********

އެދުވަހަށްފަހު ފަޒްލާ އައިވިން އަކާ ވާހަކައެއް ނުދައްކައެވެ. އައިވިން ވެސް އިތުރަށް މަންމަ ރުއްސާކަށް މަސައްކަތެއް ނުކުރެއެވެ. އޭނާ ހީކުރީ ދުވަސްކޮޅަކުން އޭނާއާއި ޒޯޔާގެ އުފާވެރި ދިރިއުޅުން މަންމަ ބަލައިގަންނާނެ ކަމަށެވެ. އެހެނަސް ދޮޅު އަހަރު ވެގެން ދިޔައިރުވެސް ފަޒްލާ އޭނާގެ ގޮތް ދޫކުރާފަދަ އަސަރެއް ނުފެނެއެވެ.

ޒޯޔާ ހުއްޓިލައިގެން ހުރީ ލޯގަނޑު ކުރިމަތީގައެވެ. ބިސް ކުލައިގެ ނިޓް ރިބްޑް ފޮތީގެ މިޑީ ޑްރެސް އާއެކު ކަޅު ޖިންސެއް ލައިފާ ހުރި އިރު ކޮނޑާހަމައަށް ފޯރާ ފަށުއި ކޮޅެއްފަދަ އިސްތަށިގަނޑު އޮތީ މިނިވަންކަމާއެކު  ދޫކޮށްލާފައެވެ. އެނދުގައި އުއްޑުން އޮވެގެން ކުޅޭ އެއްޗެއް ހިރުގަނޑުން ހަފަން މަސައްކަތް ކުރަމުންދާ ޒައިކް އަށް ބަލައިލަމުން ޒޯޔާއަށް ހިނިތުންވެވުނެވެ. ދެވަނަ ސިކުންތުގައި ޒައިކް އުރާލައިގެން އައިސް ލޯގަނޑު ކުރިމަތީ ހުއްޓި މިރޯ ސެލްފީއެއް ޒޯޔާ ނެގިއެވެ. އައިވިން އަށް ފޮޓޯ ފޮނުވާލުމަށްފަހު ޒޯޔާ އެނދުގައި ހަމަޖެހިލީ ޝަބާ އަންނާނެ އިރެއްގެ އިންތިޒާރުގައެވެ.

މާ ގިނަ އިރު މަޑު ކުރާކަށް ޒޯޔާއަކަށް ނުޖެހުނެވެ. ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމާއެކު ޒޯޔާ ގޮސް ހުޅުވާލިއެވެ.

“ހިނގާ އަވަހަށް ދަމާ..” ޝަބާ ކޮޓަރި ތެރެއަށް ވަންނަމުން ލޯގަނޑު ކުރިމަތީ ހުއްޓި ފަރިބަލައިލިއެވެ.

“ދާން ހިނގާށޭ ކިޔާ މީހާ އަދިވެސް ފަރިބަލާ ނުނިމެ.. ދެން ކިހިނެތް.. ނަޔޫ ހުރިނަމަ މިހާރު ހުންނާނެ ކަންތަކެއް..” ޒޯޔާ ހެމުން ބުނެލިއެވެ.

ޝަބާވެސް ޒޯޔާގެ ވާހަކައަށް އެއްބަސް ވަމުން ޒޯޔާގެ އުރުގައި އިން ޒައިކް ނަގާ އުރާލަމުން ކޮލަށް ދޮނެއް ދިނެވެ.

“އައިވިން އަށް ނުދެވޭތީ މުޅިން ސަކަރާތެންނު.. ޑީ ބުނަންވެސް ބުންޏޭ ޒޯގެ ހަޒްބެންޑް ދައްކާލަން ގެންނައްޗޭ..” ޝަބާގެ ވާހަކައާއެކު ޒޯޔާ ހީލިއެވެ.

“ކީއްކުރާނީ.. މިގަޑިއަށް ހަމަ ބިޒީވީ.. ޑީ އަހަރެން ކައި ނުލައިފިއްޔާ ވެދާނެ..” ދެމީހުން އެކުގައި ގެއިން ނިކުންނަން ހިނގައިގަންނަމުން ދީނާ މަތިން ހަނދާން ކުރަމުން ޒޯޔާ ބުންޏެވެ. ދީނާ އަކީ ޒޯޔާއާއި ޝަބާ އާއި އެއް ކިލާހެއްގައި ކިޔެވި ދެމީހުންގެވެސް އެކުވެރިއެކެވެ. އެކުވެރިން ކުރުކޮށް ކިޔަނީ ޑީ އެވެ. ޒޯޔާ އާއި ޝަބާ އެދަނީ ދީނާގެ އަލަތު ކަައިވެނީގެ ހަފްލާއަށެވެ. އައިވިން ކުޑަކަމެއް ދިމާވެގެން ހަފްލާއަށް ދެވޭގޮތެއް ނުވިއެވެ.

ދަރުބާރުގޭގައި ބޭއްވޭ ކައިވެނީގެ ހަފްލާއަށް އެތައް ބަޔަކު އައިސް އުޅުނެވެ. މާޙައުލުގެ ބައިބޯކަމުން އުނދަގުވީ ނަމަވެސް ޒޯޔާ އެކަމެއް ނުދައްކައެވެ. ނަސީބަކުން ޒައިކްވެސް ބަސް އަހައިގެން ޝަބާގެ އުރުގައި އިނެވެ. ދީނާ އާއި ސަލާމް ކުރުމަށްފަހު ކައިވެނީގެ ޖޯޑާއެކު ފޮޓޯ ނެގިގެން ދިޔައެވެ. ދީނާގެ ފުރަތަމަ ސުވާލަކަށް ވީވެސް ޒޯޔާގެ ފިރިމީހާ ކޮބާތޯއެވެ. ކަމެއް ދިމާވެގެން ނާދެވުނީ ކަމަށް ބުނެ ޒޯޔާ މައްސަލަ އަވަހަށް ނިންމާލިއެވެ.

ކެއުމަށް އިންސާފުކޮށް ނިންމުމަށްފަހު ޒޯޔާ ޝަބާ ނިމެންދެން މަޑުކުރިއެވެ. ފޯނަށް އައި ނޮޓިފިކޭޝަން އާއެކު ޒޯޔާ ފޯނު ހުޅުވާލަމުން ބަލައިލިއެވެ. އޭނާ ފޮނުވި ފޮޓޯއަށް ރައްދުދީ އައިވިން މެސެޖެއް ފޮނުވާފައި އިނެވެ. “މައި ވޯލްޑް” ޖެހުމަށްފަހު ހާޓް އައި އިމޯޓިކޯން އެއް ފޮނުވާފައި އިނެވެ. ޒޯޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

“އެބަ އަންނަން އެނގޭ ފާޚާނާއަށް ވަދެލާފަ.. ޒައިކް ބަލާލަދެއްޗޭ..” ޝަބާ ކައި ނިމުމުން ޒޯޔާ ޝަބާ އަތަށް ޒައިކް ލައިދެމުން ބުނެލިއެވެ. ޝަބާ ބޯ ޖަހާލުމާއެކު ފާޚާނާ ހުރި ދިމާއަށް ޒޯޔާ މިސްރާބު ޖެހިއެވެ.

ފާޚާނާ ކޮށް އަވަދިވެގެން ޒޯޔާ ހިނގައިގަތީ އެމީހުން އިށީނދެ ތިބި މޭޒާ ދިމާއަށެވެ. އެހެނަސް އެތަނުން ޝަބާ އާއި ޒައިކްގެ ހިލަމެއް ނުވުމުން ޒޯޔާ ވަށައިގެން ނަޒަރެއް ދިނެވެ. އެބައިބޯ މާޙައުލުން މީހެއް ފެންނަ ވަރެއްވެސް ނުވެއެވެ. ފޯނުން ޝަބާއަށް ގުޅައިގެން ހުރެ ޒޯޔާ ކުރިއަށް ދަމުން ދިޔައެވެ. ރަޙުމަތްތެރިއަކާ އެކު ފޮޓޯ ނަގަން ހުއްޓިލައިގެން ހުރި ޝަބާ ޒޯޔާގެ ލޮލުގައި އަޅައިގަތީ ދެނެވެ. އެހެނަސް ޝަބާގެ އަތުގައި ޒައިކް ނެތްތަން ފެނުމުން ޒޯޔާ ކުޑަކޮށް ހާސްވާގޮިތްވިއެވެ.

ޝަބާގެ އަތުގައި ހިފާލަމުން ޒައިކް ކޮބާތޯ ޒޯޔާ ސުވާލު ކުރިއެވެ. ތަނުގަައި އަޑު ގަދަ ކަމުން ޒޯޔާއަށް ވާހަކަ ދައްކަންވެސް ޖެހުނީ އާދައިގެ ވަރަށް ވުރެ ބާރަށެވެ. ޝަބާ ފަހަތަށް އިނގިލި ދިއްކޮށްލާފަައި ބަލައިލިއެވެ. އެހެނަސް ހައިރާން ކަމާއެކު ދެވަނަ ސިކުންތުގައި ޝަބާ އަތް ތިރިކޮށްލިއެވެ.

” މިތާ ހުރި ގާލް އެއް ބުނީ.. ދީބަލާށޯ އުރާލަން ހާދަ ކިއުޓް ކުއްޖެކޯ.. އެކަމަކު މިހާރު ނެތް ފެންނާކަށް..” ޝަބާ ފަރާތް ފަރާތް ހޯދަމުން ވާހަކަ ދެއްކިއެވެ. ޒޯޔާއަށް ހާސްކަން ލިބުނީ އެހިސާބުންނެވެ. ނުބައި ޚިޔާލު ތަކާއި ވަސްވާސްތަކުން ސިކުނޑި ފުރިގެން ދިޔައެވެ.

”ޝަބާ.. އަހަރެން އެބަ ބިރުގަނޭ…” ދެމީހުން އެކި ދިމާހޯދަމުން ގޮސް އެންމެފަހުން ޒޯޔާއަށް ކެތްނުވެގެން ބުނެލިއެވެ. ހަޤީޤަތުގައިވެސް ޒޯޔާއަށް އެތާ ހުންނަން ކެތްވަނީކީވެސް ނޫނެވެ. އަހަރެންގެ ދަރިފުޅު ގެންނާށޭ ކިޔާ މުޅިތަނަށް އަޑު އިވޭވަރަށް ހަޅޭއްލަވައިގަންނަން ޒޯޔާ ބޭނުންވިއެވެ.

ޒޯޔާގެ ފެންކަޅިވެފައިވާ ދެލޯ ފެނުމާއެކު ޝަބާގެ ހިތްވެސް ނުބަައި ގޮތަކަށް ތެޅިލިއެވެ. އަމިއްލަ މޮޔަކަމާމެދު ހިތް އަޑުލާން ފެށިއިރު އަމިއްލަ ނަފްސު ކުށްވެރި ކުރެވެން ފެށުނެވެ.

”ޒޯ އަދި އުންމީދު ކަނޑާލާކަށް ނުވެއެންނު…އޭނަ ތަންކޮޅެއް ދުރަށް ދިޔައީ ކަމަށްވާނީ.. އަހަރެން ދެންމެ މިކީ ސިފަތައް ހުރި މީހެއް ހޯދަން ޓްރައި ކޮށްބަ.. ދެމީހުން ދެތަން ބަލާނީ..” ޝަބާ ރަނގަޅު ގޮތަށް ވިސްނަން މަސައްކަތް ކުރަމުން ބުނެލީ އެކުވެރިޔާއަށް ހިތްވަރު ދެމުންނެވެ. ޒޯޔާވެސް އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވަން މަސައްކަތް ކުރަމުން ޒައިކް ފެނޭތޯ މަސައްކަތް ކުރަން ފެށިއެވެ.

އެތައް މަސައްކަތަކާ އެކުވެސް ޒައިކް ފެންނަގޮތެއް ނުވިއެވެ. އެންމެ ކުޑަ މިނުން ޝަބާ ކިޔައިދިން ފަދަ އަންހެން ކުއްޖެއްވެސް ފެންނަ ގޮތެއް ނުވިއެވެ. ޒޯޔާއަށް އިތުރަކަށް ކެތެއްނުވިއެވެ. ޒޯޔާއަށް ވަމުން ދިޔަ ގޮތް ފެނި ޝަބާ ޒޯޔާ އަތުލަފިކޮށްގެން ގެނެސް ދަރުބާރުގޭގެ ބޭރަށް ނިކުމެ ގަސްތަކުގެ ހިޔަލުގައި ހުރި ބެންޗެއްގައި ބޭންދިއެވެ.ަ

ހަދާނެ އިތުރު ގޮތެއްނުވިސްނުމުން ޝަބާ އެންމެފަހުން ގުޅީ އައިވިން އަށެވެ. ހާސްވެފައި ހުރި ޝަބާގެ އަޑު ޖެހުމާއެކުވެސް އައިވިން އެލާޓަށް އައި ފަދައެވެ. ޒައިކް ނުފެނިގެން އުޅޭވާހަކަ ބުނެވުނު އިރު ޝަބާގެވެސް އަޑު ކުރެހިއްޖެއެވެ. ވަޤުތުން މިދަނީ ކަމުގައި ބުނެ އައިވިން ފޯނު ކަނޑާލިއެވެ.

އިރުކޮޅެއްނުވެ ކާރުގައި އައިސް އައިވިން ދަރުބާރުގެ ކުރިމަތީ މަޑުކޮށްލިއެވެ. އޭރުވެސް އައިވިން ފޯނުން މީހަކާ ވާހަކަ ދައްކަމުން ދިޔައެވެ. ހާސްވެފައި ހުރި އައިވިން އަށް ޝަބާއާއި އެކު އިން ޒޯޔާ ފެނުމުން އެދިމާއަށް އައެވެ. ފޯނު ކަނޑާލުމަށްފަހު ދުރު ފިޔަވަޅުތަކުގައި އައިސް އައިވިން މަޑުކޮށްލީ ޒޯޔާ ކުރިމަތީގައެވެ. ރޮވިފައި އިން ޒޯޔާއަށް އައިވިން ފެނުމާއެކު އިތުރަށް ހިތުގަ ޖެހޭގޮތްވިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

އިމްތިޙާން 54

Next

ހިރާސް 10

Next
February 2, 2021

ހިރާސް 10

Previews
February 1, 2021

އިމްތިޙާން 54

3 Comments!

  1. sahoo says:
    February 1, 2021 at 11:57 am

    Wow very nice waiting for the next part of the story

    1. Wonder says:
      February 1, 2021 at 6:31 pm

      Thank u so much sahoo. V ufaavejje mi bai dear ah kamudhiyaeema. Next part In sha Allah coming sooon☺️❤️

  2. ?Ril? says:
    February 1, 2021 at 10:51 pm

    Salaam sis♥️♥️
    How are u ♥️♥️
    Btw first of all swry ingey kuree 2 or 3 varakah parts ah cmnt eh nukohlevuny maa since I have been busy with my studies ehn ve I really feel bad aslu ♥️???
    Btw vrh vrh Sali mi part ♥️
    Aivin uleny de anbah indegen dhw and Zoya was the first one♥️
    I am waiting to know keeve baa eyy zoyaa as aivin vakivee♥️
    Waiting for the next part sisooo♥️
    Love u sooo much ♥️
    Stay safe ♥️

Comments are closed.

Next Episodeނޭދެމޭ ވަކިވުމެއް-43←


All Right Reserved!