“އައިވިން ކިތަންމެ ނޫންކަމަށް ހަދާފަ ތިހެން އޮތަކަސް ހެވޭ.. އައި ނޯ ބޭބީ.. ޔޫ ކާންޓް ރެސިސްޓް މީ..” ޖޫންގެ ހޫނު ނޭވާ އައިވިންގެ ކަންފަތަށް އެޅިގެން ދިޔައެވެ. އައިވިންގެ ފުރަގަހުން އެދެއަތް ވަށާލި އިރު ޖޫންގެ ގައިގާ އެއްވެސް ފޭރާމެއް ނެތްކަން އިޙްސާސްކުރެވި އައިވިންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
ޖޫން..” އައިވިން އަށް ލަސްލަހުން ގޮވާލެވުނު އިރު އެ އަޑުގައިވަނީ ނުތަނަވަސްކަމެވެ. ޖޫންގެ އަތް އޭނާގެ ހަށިގަނޑާ ދުރުކުރެވޭތޯ އައިވިން މަސައްްކަތް ކުރިއެވެ. އެހެނަސް ޖޫން އިތުރަށް އައިވިންގެ ގައިގާ އޮޅުލަައިގަތެވެ. ދެހަށިގަނޑު ފިތި ބާރުވަމުން ދިޔައެވެ.
“ޖޫން ތީ ކޮން ކަމެއްތަ..!” އައިވިން ފުންމައިގެން ތެދުވަމުން ޖޫން އޭނާގެ ގައިން ފޮޅާލިއެވެ. އައިވިންގެ އަޑުގައިވާ ރުޅިވެރިކަން ދެނެ ގަނެވުނު ނަމަވެސް ފަސް ޖެހޭކަށް ޖޫން ބޭނުމެއް ނުވިއެވެ.
“ކޮބާތަ މައްސަލައަކީ..؟ އައިވިން ޤަބޫލު ކުރަން ބޭނުން ނުވިޔަސް މިހާރު އަހަރެން މީ އައިވިންގެ އަނބިމީހާ.. އަންބެއްގެ ހައްޤުތައް އައިވިން އަށް ނޭނގެނީތަ…؟ ޖޫންވެސް ރުޅި އަންނަކަން ދެއްކެން މަސައްކަތް ކުރިއެވެ. ބޭނުމަކީ އައިވިން އޭނާ އަށް ބޯލެންބުވުމެވެ. އެކަން ކާމިޔާބުވެސް ވިއެވެ. އައިވިން އަށް އިސްޖަހާލެވުނީ ޖޫންގެ ވާހަަކަތަކުގައި ބުރަދަން އެކުލެވިފައި ވާތީއެވެ. އޭނާއަކަށް ޖޫން އަށް އިންކާރު ކުރެވޭކަށް ނެތެވެ. އެހެނަސް އޭނާގެ ބަސް ނާހާ ހިތުގެ މައްޗަށް ބާރުފޯރުވޭނީ ކިހިނަކުންހެއްޔެވެ؟ އެހިތުގައި އަދިވެސް ވަނީ ޒޯޔާގެ ހަނދާން ތައް ރައްކާތެރި ކުރެވިފައެވެ. އެ ލޭގައި ދައުރު ވަމުން ދަނީ ޒޯޔާގެ ބީހުންތަކުގެ ހޫނުކަމެވެ. އެހުރިހާ ކަމެއް އޭނާގެ ސިކުނޑިން ނެރެ އެއްލައިލާނީ ކިހިނެއް ހެއްޔެވެ؟
“އައި ނޯ ބޭބީ.. އަހަންނަށް އެނގޭ އައިވިން އަށް އުނދަގޫ ވާނެކަން މޫވް އޮން ކުރަން.. އެކަމަކު އަހަރެން އެކަން ކުރަން ހެލްޕް ވާނަމޭ..” ޖޫން ކުޑަކުއްޖެއް ރުއްސާ ބީދައިން އައިވިން އާ ވާހަކަ ދައްކަމުން އޭނާގެ އުނގުގައި އިށީނެވެ.
“ޓްރަސްޓް މީ.. ހުރިހާ ކަމެއް ހަނދާން ނެތިގެން ދާނެ…” އައިވިން ގެ މޭގައި އަތް ހިންގާލަމުން މަސްތީ އަޑަކުން ޖޫން ބުނެލިއެވެ. އައިވިންގެ މޫނާ ކައިރި ވެލަމުން ތުންފަތުގައި ޖޫން ބޮސްދިނެވެ. އެ ޢަމަލަށް ނޫނެކޭ ބުނެ ޖޫން ދުރުކޮށްލަން އައިވިންގެ ހިތް އަޑުލައިގަތެވެ. އެހެނަސް ޖޫންގެ ބީހުންތަކުން އޭނާގެ ހަށިގަނޑަށް އެނގުން ވަމުން ދިޔައެވެ. ދެލޯ މަރާ ބާރުކޮށްލެވުނީ އޭނާގެ ހަށިގަނޑު ޖޫންގެ އަތްމައްޗަށް ދޫކޮށްލަމުންނެވެ. އޭނާގެ ހިތް ލޭކަރުނަ އަޅަމުން ދިޔައިރު އެކަން އިޙްސާސްނުވާކަމަށް ހެދެމުންނެވެ.
********
“ކީއްކުރަނީ…؟”ކައިރިން އިވިގެން ދިޔަ އަޑާއެކު ޒޯޔާ އަށް ސިހުން ލިބިގެން ދިޔައެވެ. ކިޔަން އިން ޚަބަރު ނުފެންނާނެހެން ފޯނު ނިއްވާލަމުން ޒޯޔާ އިސްއުފުލާލިއެވެ.
“ޒައިކް ހޭލައިގެން އެބަ ރޮއެ.. ޒޯ އަކަށް އަޑެއް ނީވޭތަ..؟ ކަމެއް ވެފަތަ ތީނީ..؟ ޝަބާ ކަންބޮޑުވުމާއެކު ސުވާލުކުރިއެވެ. ސިޓިންގް ރޫަމަށް ޒައިކް ރޯ އަޑު ރީއްޗަށް އިވެމުން ދިޔަ އިރު ޒޯޔާއަށް ނީވެން ވީ ސަބަބެއް ޝަބާ އަކަށް ނުވިސްނުނެވެ.
ދެފަރާތަށް ބޯ ހޫރުވާލަމުން ޒޯޔާ އަވަސް އަވަހަށް ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ކުޑަ އެނދުގައި އޮތް ޒައިކްް އުރާލި އިރު އޭނާއަށް ގިސްލެވިގެން ގޮސް މުޅި މޫނު ވެސް ވަނީ ރަތްވެފައެވެ. ނާނާ ކިޔާލަމުން ދެފަރާތަށް ހިނގާލިތަނާ ޒައިކް ރުއިން ހުއްޓާލައިފިއެވެ. ޒޯޔާއަށް ހިތްހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނީ ދެނެވެ.
ޒައިކް އަނެއްކާވެސް ނިދުމާއެކު ޒޯޔާ ދަރިފުޅު ގެނެސް އެނދުގައި ބާއްވާލަމުން ހިންދެމިލިއެވެ. އެ މަޢުސޫމު މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު ޒޯޔާއަށް ހުރެވުނެވެ. އެ ދަރިފުޅަކީ މިހާރު އޭނާގެ ދިރިހުރުމުގެ ހަމައެކަނި މަޤްސަދެވެ. އެވަޤުތު ޚިޔާލަށް ވެރިވެގެން ދިޔައީ ދެންމެޔަކު ފޯނުން އޭނާ ކިޔަން އިން ޚަބަރެވެ. އައިވިން އާއި ޖޫންގެ ކައިވެނީގެ ޚަބަރެވެ. ހިތަށް ލިބިގެން ދިޔަ ތޫނު ތަދާއެކުވެސް ޒޯޔާ ހިނިތުންވެލިއެވެ. ކަރުނަތައް ހިފެހެއްޓުމައްޓަކައި ތުންފަތުގައި ދަތް އަޅާ ބާރުކޮށްލެވުނެވެ. އައިވިން އަށް އެކަށީގެންވަނީ ޖޫން ކަހަލަ ކުއްޖެއްކަން ހިތުން ރުހުމުންވެސް ޒޯޔާ ޤަބޫލު ކުރިއެވެ. އައިވިން އަށް ދިރިއުޅުމައިގެން ކުރިއަށް ދާން ޖޫން އެހީވެދޭނެކަން ޔަޤީނެވެ. އެންމެ ކުޑަމިނުން އޭނާފަދައިން އައިވިން ދޫކޮށްލާފައި ދާނެ މީހަކަށް ޖޫން ނުވާނެއެވެ.
*****
އެސްފިޔަތައް ތަޅުވާލަމުން ލަސްލަހުން އައިވިން ލޯ ހުޅުވާލިއެވެ. ބޮލުގައި މަޑު ރިހުމެއް އުފެދިފައިވާކަންވެސް އިޙްސާސްވީ ދެނެވެ. ކޮޓަރީގައިވާ އަނދިރި ކަމުގެ ތެރެއަށް ލޯ ހާނަމުން ފޯނު އަތުޖެހޭތޯ އައިވިން މަސައްކަތް ކުރިއެވެ. އެނދުގެ މަގަތުގައި ނިދިފައި އޮތް ޖޫން އަށް އައިވިން އަށް ބަލައިލެވުނެވެ. އެހެނަސް ދެވަނަ ސިކުންތުގައި ނަޒަރު ވަކިކޮށްލަމުން ފޯނު ހުޅުވާލިއެވެ. އޭރު ގަޑިން މެންދަމު ތިނެއް ޖަހަނީއެވެ.
އެނދުގައި އޮންނަން ބޭނުންނުވުުމުން ތެދުވެ ސޯޓަކާއި ޓީ ޝާޓު ގަޔަށް މަހާލަމުން އައިވިން މިސްރާބު ޖެހީ ތިރިއަށެވެ. ޖޫން ހޭލަފާނެތީ މަޑު މަޑުން ދޮރުލެއްޕުމަށްފަހު ލަކުޑި ސިޑިން އޭނާ ތިރިއަށް ފޭބިއެވެ.
ދެބުރިއަށް ހެދިފައިވާ ކެބިންގެ ތިރީ ފަންގިފިލައަށް އައިވިން ފޭބިއެވެ. މޫދު ފެންނާނެހެން ހަދާފައި ހުރި ޑެކުގެ ލަކުޑި ފެންސު ކުރިމަތީގައި އައިވިން މަޑުކޮށްލިއެވެ. މަޑު މަޑު ވައިރޯޅިތަކާއެކު ރާޅު ބީއްސާ އަޑު އިވި އިވި ހުއްޓެވެ. ހިތްތަކަށް އުފާވެރިކަން ލިތްބައިދޭފަދައިން ހެދިފައިވާ މާޙައުލެކެވެ. އެހެނަސް އެއިން އެއްވެސް ކަމަކުން އެހިތަށް ހިތްހަމަޖެހުމެއް ނުލިބޭފަދައެވެ. ޖީބަށް އަތް ކޮށްޕާލުމަށްފަހު އައިވިން ނެގީ ސިނގިރޭޓު ފޮށްޓެކެވެ. އެއިން ސިނގިރޭޓެއް ނަގަމުން ފޮށީގައި ލައިޓަރު ލާން ޙާއްސަކޮށްފައިވާ ބައިން ލައިޓަރު ނަގަމުން އެ ސިނގިރޭޓު ރޯކޮށްލިއެވެ. ފޮށި އަނބުރާ ޖީބަށް ލަމުން ސިނގިރޭޓު އަނގައިގާ ޖައްސާލަމުން އެތެރެއަށް ދަމާލިއެވެ. އެއާއެކު އަނގައިންނާއި ނޭފަތުން ބޭރުކޮށްލި ދުންތައް ވަޔާ އެކުވެގެން ދިޔައެވެ.
“ވައި..؟ “ އައިވިންގެ ދެތުން ފަތް ދޭތެރެއިން ބޭރުވިއެވެ. އަތުގައި އޮތް ސިނގިރޭޓު އަތުގެ ކޮޅަށް ހޫރާލިއެވެ. އެއިންވެސް އެހިތަށް ހިތްހަމަ ޖެހުމެއް ނުލިބުނީކަންނޭނގެއެވެ.
“ޒޯޔާ ކީއްވެ އަހަންނަށް ތިހެން ތިހަދަނީ..؟” ބޮލުގެ އިސްތަށިގަނޑުގައި އަތުން ހިފަހައްޓާ ދަމާލަމުން ކުޑަފައި މައްޗަށް އައިވިން ތިރިވިއެވެ. އެހަށިގަނޑުގައި ކޮޅަށް ހުންނާނެ ވަރު ނެތްފަދައެވެ. ކަކުލުގައި ބޯ ޖައްސާލި އިރު ބޮލުގެ ރިހުން ގަދަވަމުން ދާކަމުގެ އިޙްސާސް އައިވިން އަށް ކުރެވެމުން ދިޔައެވެ. އެހެނަސް އޭނާގެ ޖިސްމުގައި އުފެދިފައިވާ ހައިޖާނުގަނޑަކަށް ނިމުމެއް ނާދެއެވެ.
ދެލޯ މަރާލަމުން ވެސް ސިފަވަމުން ދިޔައީ ޒޯޔާ އާއެކު ހޭދަވި އުފާވެރި ވަޤުތުތަކެވެ. ޖޫން އާއެކު ކައިވެނި ކުރެވުނު ވަޤުތުވެސް އެހިތުގައި ވީ ޒޯޔާގެ ނަމެވެ. ސިފަވަމުން ދިޔައީ ޒޯޔާއެވެ. ޒޯޔާ އާ ކައިވެނި ކުރެވުނު ވަޤުތެވެ. ޤަސްތަކާ ނުލާ ޖޫން އާއި ކައިވެނި ވެވިގެން ދިޔައީވެސް އެހެންވެއެވެ. ހަމަހޭވެރިކަން ވީ އިރު ހުރިހާކަމެއްވެ ނިމިއްޖެއެވެ.
އައިވިން އަށް ދެއަތް މުށްކަވާ ބާރުކޮށްލެވުނެވެ. އަދިވެސް އޭނާ ޒޯޔާ ދުލެއް ނުކޮށްލައެވެ. އެހަނދާންތައް އޭނާއަކާ ވަތްކެއް ނުވެއެވެ. ވަކިވީ ޒޯޔާއެވެ. އެހެނަސް ޒޯޔާގެ ވަކިވެދިޔުމުގެ ފަހަތުގައިވާ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. ހުރިހާކަމެއް ބަދަލުވީ ކުއްލިއަކަށެވެ. ކީއްވެހެއްޔެވެ؟
************
ހޭލެވުމާއެކު ޖޫން އެނދަށް ނަޒަރު ހިންގާލިއެވެ. އައިވިން ނެތުމުން ޖޫން ދެން ބަލައިލީ ގަޑިއަށެވެ. ހެނދުނު ދިހައެއް ޖަހާ ގޮއްސިއެވެ. އައިވިން އެހާ ގިނަ އިރު ނިދަން ނޯންނާނެކަން ޖޫންއަށް ކުރިންވެސް އެނގެއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވީ ރޭގެ ހަނދާންތައް އާވުމުންނެވެ. އޭނާ ބޭނުންވާ ކަންތައް އެންމެ ފަހުން ވުމުން ހިތަށް ހިތްހަމަ ޖެހުން ލިބުނެވެ. ތާޒާ ވެލައިގެން އައިވިން ހޯދަން ނިކުތުމަށް ޖޫން އަވަސްވެ ގަތެވެ.
*******
ޖޫން އަށް އައިވިން ފެނުނީ އަތިރިމަތީގައި ހުރި ބީޗް ޗެއަރ އެއްގައި އޮށޯވެގެން އޮތްތަނެވެ. އަވި އައިނުން ލޯ ނިވާކޮށްލައިގެން އޮށޯވެ އޮތް އައިވިންގެ ފިރިހެންވަންތަކަމަށް ބަލަހައްޓައިގެން ޖޫން އަށް ހުރެވުނެވެ. ތުންފަތުގައި ދައި ގަންނަމުން ހިތުގެ ހިނގުން މަޑުޖެހޭތޯ ޖޫން މަސައްކަތް ކުރިއެވެ. މަޑު މަޑުން ހިނގާފައި އައިސް އައިވިން އާއި ޖެހިގެން ހުރި ބީޗް ޗެއަރގައި ޖޫން ހަމަޖެހިލިއެވެ. އޭނާ އުންމީދު ކުރި ގޮތާ ޚިލާފަށް ޖޫން އިށީނުމުންވެސް އައިވިން ގެ ސަމާލުކަމެއް ނުލިބުނެވެ. ބަލާ ނުލިތާ މީހާ ގުޑިވެސް ނުލިއެވެ.
“ހިނގާ ސައިބޯން ދާން.. އަހަރެން ވަރަށް ބަނޑުހައި..” އައިވިންގެ އިޝާރާތެއް ނުލިބުމުން އިސްވެ ވާހަކަ ދައްކަން ޖެހުނީ ޖޫން އަށެވެ. ރޭއްސުރެ އެއްޗެއް ނުކައި ހުރުމުން އޭނާ ހުރީ ނުހަނު ބަނޑުހައިވެފައެވެ.
“އަހަރެން ސައިބޮއެފިން.. ޖޫން ދޭ ކާން..” އައިވިން ތެދުވެ ޖޫން އާ ދުރަށް ހިނގައިގަތެވެ.
“އައިވިން..!”އައިވިން ދުރަށް ދާތަން ފެނި ޖޫން ގޮވާލިއެވެ. އައިވިން ހުއްޓުނު ނަމަވެސް އޭނާއާ ދިމާ ބަލައެއް ނުލައެވެ.
“މީ އަހަރެމެން ދެމީހުންގެ ހަނީ މޫނެއް ނޫންތަ..؟ އަހަންނަށް އެކަނިތަ ކައިވެނި ކުރެވިގެން މިއުޅެނީ…؟ ގަދަކަމުން ނޫނީ އައިވިން ލައްވާ އެއްވެސްކަމެއް ނުކުރުވެ.. ތިވަރު ވަންޏާ އަހަންނަށް ހެޔޮ..! ހަމަ މިހާރު މާލެ ދާން ލޯންޗް ހަމަޖައްސާ.. ހުރިހާ ކަމެއް އަހަރެން އެކަނި ކުރަން މިތާ ހުންނާކަށް ބޭނުމެއް ނޫން..!” ޖޫން ނުރުހުންވެ ހުރެ ވާހަކަ ދެއްކިއެވެ. އޭނާ ހީކުރީ އެވާހަކަތަކުން އޭނާގެ ކޮޅު ގަދަވާނެ ކަމަށެވެ. ނަމަވެސް ކަންތައްވީ ހީކުރި ގޮތާ ޚިލާފަށެވެ.
”އެންމެ ރަނގަޅު..ފުރަން ތައްޔާރުވޭ..”އައިވިން ޖޫންގެ އަނގަ ބަންދުކޮށްލުމަށްފަހު އެތަނުން ދާން ހިނގައިގަތީއެވެ. ހުއްޓުން އަރާފައި ހުރި ޖޫން އަށް ބުނާނެ އިތުރު އެއްޗެއްވެސް ނޭގުނެވެ. އަނގަ ސަކަރާތްވެފައި ހުރެވުނީއެވެ. އައިވިން ގޮސް އޮބާލުމާއެކު ޖޫން އައި ރުޅީގައި ވެލިގަނޑުގައި ފައިން ޖަހާ ފަސްތައް ދުރަށް ބުރުވާލިއެވެ.
*********
ލޮނުގަނޑު ކަފަމުން ލޯންޗު އައިސް މާލޭގެ ފަޅަށް ވަނެވެ. ފާލަން ކައިރީ ލޯންޗު މަޑު ކޮށްލުމާއެކު އައިވިން އާއި ޖޫން ފޭބިއެވެ. ކާރުގައި ގެޔަށް ދިޔައިރުވެސް ދެމީހުންގެ ދެމެދަށް ވަނީ މަރުފަދަ ހަމަހިމޭންކަމެއް ވެރިވެފައެވެ. މާލެ އަންނަން ނިންމި ހިސާބުން ޖޫން އައިވިން އަކާ ވާހަކައެއް ނުދައްކައެވެ. އޭނާ އަދިވެސް އިނީ އެކަމާ ނުހަނު ހިތްހަމަނުޖެހުފައެވެ. އޭނަ ދިން ޚިޔާލެއް ނަމަވެސް އައިވިން އެކަން ސީރިއަސްކޮށް ނަގާނެކަމަކަށް އޭނާ އުންމީދެއް ނުކުރުއެވެ. އައިވިން އާއެކު އުފާވެރި މާމުއި ހަނދެއް ވޭތުކުރުމުގެ ހުވަފެންތައް ބިލާހަކަށްވުން އޭނާއަކަށް ބަރުދާސްތެއް ނުކުރެވުނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.







Salaam readers. Furathama ves kiyuntheringe faraathun v bodah ma’aafah edhen mihaa lahun vaahaka up kohlevunyma. In sha Allah kuriyah huri baithah gavaaidhun hafthaa aku thin dhuvahu genes dheveythoa masahkaih kuraanan. Mi bain kiyuntheringe baeh suvaaluthakah javaabu libeyne kamah unmeedhu kuran. Adhi e javaabu thakaa eku ithuru suvaaluthah ves ufedheyne kan yageen. Kuriyah huri baithakah inthizaaru kuraane kamah unmeedhu kuran.
-wonder-☺️?
Heiiii sisooo
Vrh miss vi vrh vrh miss’s vi
Vrh happy vi mi part kiyaalan libuny maa
Vrh Sali mi part vxxx Masha Allah
Aley aivin iny Joon aa dhw vrh sad
Dhn oi part ah waiting ingey sisoo
Love u
Stay safe
Wow this part is very nice too
I love it
And I really miss you
Waiting for the next part