Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އެކުއްޖާ 2 – 5

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
December 14, 2020 7 Mins Read
4 Comments

* އިޒްކާން ވަށައިގެން ހޯދާލިއިރަކު ނީޝަލް ފެންނާކަށް ނެތެވެ. ދެކޮނޑު އަރުވާލާފައި އަދިވެސް ނީޝަލް ފެނޭތޯ ކުޑަކޮށް ހޯދާލާފައި އިޒްކާން ވެސް ކްލާހަށް ވަންނަން ދިޔައެވެ. ނީޝަލް އިސްތަށިގަނޑާއި ކުޅެމުން ކްލާސް ފެނޭތޯ ހިނގަހިނގާ ހުއްޓާ މީހެއްގެ ގައިގައި ލައިގަތެވެ. ބޮލަށް ވީ ތަދުން ބޮލުގައި އަތް ޖައްސާލާފައި ނީޝަލްއަށް ކުރިމައްޗަށް ބަލާލެވުނެވެ. *

އޭރު ނީޝަލްގެ ކުރިމަތީގައި ހުރި އަންހެން ކުއްޖާވެސް ބޮލުގައި އަތް ޖައްސާލައިގެން ހުއްޓެވެ. އެ އަންހެން ކުއްޖާވެސް ނީޝަލްއަށް ބަލާލީ ހައިރާންވެފައި ހުރެއެވެ. އެކުއްޖާގެ ލޮލުގައިވެސް ނީޝަލްގެ ދިގު އިސްތަށިގަނޑު އަޅައިގަތީ ތޯއްޗެކެވެ. ނީޝަލް ކުޑަކޮށް ދުރު ބަލާލީ ބޮލުގައި ފިރުމާލަމުންނެވެ. “މާފު ކުރޭ..” އެއަންހެން ކުއްޖާ އަވަހަށް ބުނެލިއެވެ. “އިޓްސް އޯކޭ..” ނީޝަލްވެސް އަވަހަށް ޖަވާބު ދިނެވެ. އެކުއްޖާ ހިނިތުންވެލާފައި ހިނގައިގަންނަން އުޅުނެވެ. ނަމަވެސް ނީޝަލް މަޑުމަޑުން އެ އަންހެން ކުއްޖާގެ ކޮނޑުގައި ޖަހާލިއެވެ. “އެކްސްކިއުޒް މީ.. އެކަމް ކޭން ޔޫ ހެލްޕް މީ..؟” ނީޝަލް ކުޑަކޮށް ފަސްޖެހިފައި އެއަންހެންކުއްޖާގެ ގާތުގައި އެއްސެވެ. “ޝުއަރ.. ވަޓް ކޭން އައި ޑޫ..؟” އެކުއްޖާ ނުހަނު ރީއްޗަށް ހީނލާފައި އެއްސެވެ. “ކްލާސް ބީ-ފޯ އަށް ދެވޭނީ ކިހިނެތް ލާފައި..؟” ނީޝަލް އެއްސެވެ. އޭރުވެސް ހާސްވެގެން ގޮސް ނީޝަލްއަށް ނިޔަފަތިތަކާއި ކުޅެވެމުން ދިޔައެވެ. އެ އަންހެން ކުއްޖާގެ ހިނިތުންވުން ފުޅާވެގެން ދިޔައެވެ. “ދިވެހި އިނގޭތަ..؟” އެކުއްޖާ ކޮށްލި ސުވާލުން ނީޝަލްގެ ގާތަށް ކުޑަކޮށް ހިނިއަންނަގޮތްވިއެވެ. “އަހަރެން މީ ރާއްޖެ ކުއްޖެކޭ..” ނީޝަލް އެހެން ބުނެލުމުން އެ އަންހެން ކުއްޖާވެސް މަޑުމަޑުން ހީނލި އަޑު އިވުނެވެ.

“އާދޭ އަހަރެންނާ އެކީގައި.. އަހަންނާއި އެއް ކްލާހެއްގައި ތި ހުންނަން ޖެހުނީ.. މާ ހާސް ނުވައްޗޭ.. ފިރިހެން ކުދިން ބައެއްފަހަރު ބެހިލަފާނެ..” އެކުއްޖާ ރަކި ހީލުމަކާއެކީ ގައި ބުނެލިއެވެ. ނީޝަލް އެ އަންހެން ކުއްޖާ އާއި ދިމާލަށް ބަލާލިއެވެ. އަޅައިގަންނަގޮތެއް ލިބިފައިވާ ކުއްޖެކެވެ. އުނަގަނޑާއި ހަމައަށް އަންނަވަރުގެ ރާޅުބާނި އިސްތަށިގަނޑުގައިވަނީ ބްލޮންޑްކުލަ ޖައްސާލާފައެވެ. ދޮން ކުއްޖެކެވެ. ލައިގެން ހުރި ޖިންސާ އެކީ ހުރީ ފިޔާތޮށި ކްރީމް ކުލައެއްގެ ކްރޮޕްޓޮޕެއް ލައިގެންނެވެ. ކުޑަކުޑަކޮށް ލިޕްސްޓިކްކޮޅެއް ޖެއްސުން ފިޔަވާ އިތުރު މޭކަޕެއް ކޮއްފައެއް ނުވެއެވެ.

”އޯހް އޯކޭ.. ތެންކިއު… އަހަރެންނަށް ކިޔަނީ ނީޝަލް..” ފުރަތަމަ ތައާރަފްވީ ނީޝަލްއެވެ. ”އޯވް.. އަހަރެންމީ ހޫރީން… އަވަހަށް ކްލާހަށް ދާން ދަމާ.. ފުރަތަމަ ވެސް އޮތީ އެންމެ ރުޅިގަދަ ލެކްޗަރާގެ ގަޑި.. އަހަރެމެން ގަޑި ޖެހުމުގެ ކުރިން ކްލާހަށް ނުވަދެފިއްޔާ ވަރަށް ބަވާލާނެ..” ހޫރީންގެ ވާހަކަ ހުރިގޮތުން ހޫރީންއަކީ ކޮލެޖަށް އާ ކުއްޖެއް ނޫން ކަން އެނގިގެން ދިޔައެވެ. ދެމީހުން ބާރުހިނގުމެއްގައި ކްލާހަށް ވަތްއިރު ކްލާހުގައި ލެކްޗަރާއެއް ނެތެވެ. އެންމެން ވެސް އޮލަ ވާހަކައި ގައި ޖެހިފައި ހުއްޓެވެ. ހޫރީން އާއި ނީޝަލް ވަނުމާއެކީ އެންމެން އެދިމާލަށް ބަލާލިއެވެ. “ސަރ އަދި ނާދޭތަ..؟” ހޫރީން އެންމެންނާއި މުޚާތަބުކޮށް އެއްސެވެ. “ނޫން..” އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ޖަވާބު ދިނެވެ. ނީޝަލް ރަނގަޅަށް ކްލާސްތެރެއަށް ބަލާލިއެވެ. ތިން މޭޒު ކައިރި ކައިރީގައި ބަހައްޓާފައިވާއިރު ކްލާހުގައި ތިބީ ތިރީހަކަށް ކުދިންނެވެ.

ކުޑަދޮރާއި އެންމެ ކައިރީގައި ހުރި ގޮނޑީގައި އިޒްކާން އިށީނދެލައިގެން އިނީ ފޯނަށް ހެޑްސެޓް ޖަހާލައިގެންނެވެ. އިވެމުންދިޔަ މަޑުމައިތިރި ލަވައިގެ ރާގަށް ގެނބެމުން ދިޔަ އިޒްކާން އިނީ ދެލޯ މަރާލައިގެންނެވެ. ހޫރީން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އިޒްކާންގެ ކައިރީގައި ހުއްޓުނެވެ. ނީޝަލް ހޫރީންގެ ފަހަތުން ގޮސް މަޑުކޮށްލިއެވެ. “އޭތް އިޒްކާން ތަކުރުފާނު..” ހޫރީން އިޒްކާންގެ ކަންފަތަށް ޖަހާފައިވާ ހެޑްސެޓް ނައްޓާލަމުން ގޮވާލިއެވެ. “ކިހިނެތްވީތަ ހޫރު ކަނބުލޭގެ..؟” އިޒްކާން އެއްސެވެ. “ކްލާސް ފެށޭއިރުވެސް ނިދާފައި އޮތީމައި ހިތަށްއެރީ ގޮވާލާނީއޭ..” ހޫރީން ހީނލާފައި ބުނެލިއެވެ. “މަށެއް ނުނިދަމޭ..” އިޒްކާން ފޯނު ދަބަހަށް ލަމުން ބުނެލިއެވެ. “އެކަމެއް ނޭނގޭ.. އަހަރެމެން އައިއިރު އޮތީ ނިދާފަ…” ހޫރީން ބުނެލިއެވެ. އިޒްކާން އެއްމިޔަކަނަކަށް ހީނލާފައި ބަލާލިއެވެ. ކުރިމަތީ ހުރި ނީޝަލް ފެނިފައި އިޒްކާންގެ ދުލުން ބަސްހުސްވީ ކުއްލިއަކަށެވެ. ހޫރީންއަށް ރައްދު ދޭންވެސް ހަނދާންނެތުނެވެ.

މި ނުދަންނަ ފިރިހެން ކުއްޖާ އާޝޯހުވެފައި އޭނާއަށް ބަލަހައްޓައިގެން އިނުމުން ނީޝަލްއަށް ހަދަންވީ ގޮތެއް ނޭނގުނެވެ. ކުޑަ ހިނިތުންވުމަކުން ނީޝަލް އެ ފިރިހެން ކުއްޖާއަށް ހީނލިއެވެ.

“އަހަރެމެން މި އިށީންނަނީ އިނގޭ މިތަނުގައި..” ހޫރީން ގޮނޑީގައި ދަބަސް ބަހައްޓާފައި އިށީނެވެ. ނީޝަލްއަށް ބާކީ ހުރީ އިޒްކާން އާއި ހޫރީންގެ މެދުގައި ހުރި ގޮނޑިއެވެ. “ކޮޅަށްތަ ހުންނަނީ..؟” ހޫރީން އެހެން ބުނެލި އަޑު އިވުމުން ނީޝަލް އަވަހަށް ގޮސް އިށީނެވެ. “އެހުރީ މަގޭ ދޮންބެގެ ބެސްޓް ފްރެންޑް… އިޒްކާން ތަކުރުފާނު..” ހޫރީން އިޒްކާންއަށް އިޝާރާތް ކޮށްލާފައި ބުނެލިއެވެ. “އެއީ ހަމަ ފުލް ނޭމް ތަ..؟” ނީޝަލް އެހެން އަހާލުމުން ހޫރީން ހީނގަތެވެ. “ނޫން.. އެއީ އިޒްކާން.. މަގޭ ބޭބެގެ ބެސްޓީ… ދެން މަގޭ ދޮންބެއަށް ކިޔާނީ ހިޔާން… އެކަމަކު ދޮންބެ އަދި ނާދޭ ކްލާހަކަށް…” ހޫރީން ތައާރަފް ކޮށްދިނެވެ.

ނީޝަލް އިށީނުމުންވެސް އިޒްކާންއަށް ބެލެމުން ދިޔައީ ނީޝަލްގެ މޫނަށެވެ. ނުތަނަވަސްވެގެން އެ ރަތް ތުންފަތުގައި ދަތްއަޅާލައިގެން އިންއިރު ނީޝަލްއަށް ބަލަހައްޓައިގެން އިޒްކާންއަށް އިނދެވުނީ ފޫހިކަމެއް ނެތިއެވެ. ނީޝަލް އައިސް ވަނީ ހޫރީންއާއި އެކީގައި ކަމުން އއިޒްކާންއަށް މޮޅު ޚިޔާލެއް ލިބުނެވެ. ހޫރީން ކުރެން ނީޝަލް އާއި ބެހޭގޮތުން އަހާލެވިދާނެއެވެ. “އޭތް ހޫރީން..” އިޒްކާން ގޮވާލިއެވެ. “ހޫން.. ކީކޭ..؟” ކްލާސް ފެށުމުގެ ކުރިން ފޮތްތައް ނަގަން އިން ހޫރީން އެއްސެވެ. “ދޮންބެ ކޮބާ..؟” އިޒްކާން އަހާލީ ހިޔާންގެ ވާހަކައެވެ. ސީދާސީދާކޮށް ނީޝަލްގެ ވާހަކަ އަހަން ނުކެރިގެންނެވެ. “އަދި ނާދެއެއްނު.. ގަޑި ޖެހުނީމައި އަންނަން އެނގޭނީ…” ހިޔާންއަށް ހޫރީން ޕިސްޕިސް ކިޔާލިއެވެ. “ހައިނާ ދައްތަ މިއަދު ޔާންއަށް ނުގޮވަނީތަ..؟” އިޒްކާންއަށް އެހެން އެހުނީ އެހެންޏާ ހިޔާން ނުހޭލައިފިނަމަ ކޮންމެވެސް ގޮތަކުން ހައިނާ ހިޔާން ހޭލައްވާތީއެވެ. “މަ ގޮސް ދޮންބެ ހޭލައްވާލަން ބެލިއިރު ހުރީ އެ ކޮޓަރި ދޮރު ތަޅުލާފައި.. މަ ކޮލެޖަށް އަންނަންވެސް މިޖެހުނީ ހިނގާފަ..” ހޫރީން ބުނެލިއެވެ. އިޒްކާން އެހެންހެއްޔޭ ބުނެލާފައި ނީޝަލްގެ މޫނާއި ދިމާލަށް ބަލާލިއެވެ.

“އާ ކުއްޖެއްތަ..؟” ސިއްރުސިއްރުން ހޫރީންގެގާތުގައި އިޒްކާން އަހާލިއެވެ. ”އާނ.. ނީޝަލް މި ކޮލެޖަށް އަލަށްދޯ ތިއައީ..؟” ހޫރީން އެއްސެވެ. ހޫރީންގެ ވާހަކަތަކުގައި ހުރި އެކުވެރި ގޮތްގަނޑުގެ ސަބަބުން ނީޝަލްއަށް ހޫރީން އާއި އެކުވެރިވާން ފަސޭހަވިއެވެ. “އާނ.. ފްރާންސްގައި އުޅެއުޅެފައި ކޮއްކޮއާއި އެކީގައި މި ރަށަށް މިއައީ..” ނީޝަލް ޖަވާބު ދިނެވެ. “ނީޝަލް..” ހިތާހިތުން އިޒްކާންއަށް އެ ނަން ކިޔާލެވުނެވެ. “ފްރާންސް ކުއްޖެއް ނޫންދޯ އެއްވެސް ގޮތަކުން..؟” ހޫރީން އެއްސެވެ. “ނޫން.. ރާއްޖެ ކުއްޖެއް ހަމަ.. އެކަމަކު ކުޑައިރުއްސުރެ ވެސް އުޅުނީ ފްރާންސް ގައި..” ނީޝަލް ޖަވާބު ދިނެވެ. ނީޝަލް ދިން ޖަވާބުން އިޒްކާންގެ ކަޅިނޭރީ ކިރިޔާއެވެ. މިއީ ހަމަ އެދުވަހު އޭނާ އާއި ހޮސްޕިޓަލުން ދިމާވި ނީޝަލް ހެއްޔެވެ.؟ “އޯހް.. ފްރެންޗް ބަސް އިނގޭތަ..؟” ހޫރީން ސުވާލަކަށް ފަހު ސުވާލެއް ކުރަމުން ގެންދިޔައެވެ. “ޔެސް އިނގޭ..” ނީޝަލް ބުނެލިއެވެ. ހޫރީން ހީނލާފައި ތިމަންނައަށްވެސް ފްރެންޗް ބަސް ކޮންމެވެސް ވަރަކަށް އެނގެޔޭ ބުނެލިއެވެ.

ކުއްލިއަކަށް ދެ ފިރިހެންކުއްޖަކު އައެވެ. އެތަނުން އެކަކު ނީޝަލްގެ މޭޒުމައްޗަށް ފުންމައިގެން އަރާ އިށީނެވެ. ސިއްސައިގެން ގޮސް ނީޝަލްއަށް ހަޅޭއްލަވައިނުގަނެވުނީ ކިރިޔާއެވެ. ”ހާދަހާ ރީއްޗޭ.. ކޮން ނަމެއްތަ ކިޔަނީ..؟” އެތަނުން އެކަކު އެއްސެވެ. ނީޝަލްއަށް ޖަވާބެއް ދޭން ނޭނގިފައި ހުރެވުނެވެ. “ބެކް އޯފް..” ހޫރީން ދެލޯ ވަށްކޮއްލާފައި އެހެން ބުނުމުންވެސް އެ ދެފިރިހެން ކުދިން ފެށީ ހޭށެވެ. “ހޫރީން.. ދެންވެސް މަށަށް އާއެކޭ ބުނާކަށް ނުވޭތަ..؟ މިހިރަ ރީތި ކުއްޖާވެސް ދެން ބުނެބަލަ.. މާ ލަދުން ތިއުޅެނީ ކީއްވެގެންތަ..؟” އެތަނުން އެކަކު ނީޝަލްއާއި ގާތްވެލިއެވެ. ނީޝަލްއަށް އުނދަގޫވިއެވެ. ކުޑަކޮށް ބުމަ މައްޗަށް އަރުވާލެވުނެވެ.

ނީޝަލްއަށް އެމީހުންނާއި ހެދި އުނދަގޫވާކަން އެނގުނީއްސުރެ އިޒްކާން ހުރީ ހިތްހަމަނުޖެހިފައެވެ. އަނެކަކު ނީޝަލްގެ ކޯތާފަތުގައި އަތް ބީއްސާލުމުން އިޒްކާން ހަމައިން ނެއްޓިއެވެ. މޭޒުގައި ބަންލާފައި ޖެހުނެވެ. އެއާއެކީ އެދެ ފިރިހެން ކުދިންނާއި ޚުދު ނީޝަލްވެސް ސިއްސައިގެން ދިޔައެވެ. “ކަލޭމެން ދެ މީހުން ހަމަ މިހާރު އިށީންނަންދޭ..!” އެ ދިމާލަށް ބަލާވެސް ނުލާ އިޒްކާން އެހެން ބުނެލުމުން އަނގަ ހަދާލާފައި އެ ދެމީހުން އަނބުރާ ގޮނޑި އާއި ދިމާލަށް ދުއްވައިގަތީ ބިރެއް ފެނުނު ފަދައިންނެވެ. “އަމްމް ތެންކިއު..” ނީޝަލްގެ ދުލުން ބޭރުވި ޖުމްލައިން އިޒްކާންއަށް ބަލާލެވުނެވެ. އިޒްކާން އެމީހުން ދުރަށް ފޮނުވާލީ ނީޝަލްގެ ޝުކުރިއްޔާ ލިބޭނެ ކަމަކަށެއް ނޫނެވެ. އިޒްކާން އެމީހުން ދުރަށް ފޮނުވާލީ އޭނަގެ ހިތަށް އުނދަގޫވީ ވަރުންނެވެ.

“އިޓްސް އިޒްކާން.. ނައިސް ޓު މީޓް ޔޫ.. ނީޝަލްދޯ ކިޔަނީ..؟” ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ނުކޮށް ދޫކޮއްލާކަށް އިޒްކާން ބޭނުމެއްނުވިއެވެ. ”އާނ.. މިތާ މިއުޅޭ ފިރިހެންކުދިން ހާދަހާ ފްލާރޓީއޭ.. ވާވް..” ނީޝަލް ހުރީ ރާއްޖެތެރޭގައި ކަންތައް ހިނގާގޮތުން ޝައުގުވެރިވެފައެވެ. ”އެމީހުން ބައިންދާ.. ރީތި އަންހެން ކުދިންނަށް އެމީހުން ވަރަށް ވަރު ހުންނާނެ..” އިޒްކާން ނުގޮތަށް ނީޝަލްގެ ރީތިކަމަށް ތައުރީފު ކޮއްލިއެވެ. ނީޝަލް ކުޑަކޮށް ލަދުގަތެވެ. ކޯތާފަތަށް ރަތްކަން ފާއްދާލައިފިއެވެ.

އިޒްކާންއަށް ނީޝަލް ރަކިވީމައި ހުންނަ ގޮތް ވަރަށް ކަމުދިޔައެވެ. ރަކިވެފައިހުރެ އިޒްކާންއާއި ދިމާ އަށް ބަލާލާ ކޮންމެއިރަކު ނީޝަލްގެ މޫނަށް ފާއްދާލާފައިވާ ކުލައިން އިޒްކާންގެ ސިކުނޑި ތާޒާވެގެން ދެއެވެ. ހަމަރަނގަޅަށްވެސް އިޒްކާންއަށް ނީޝަލްއާއި ރުހެވިއްޖެއެވެ. “އައި ލައިކް ހާރ..” އިޒްކާން އަށް ހިތާހިތުން ބުނެލެވުނެވެ. ދެން އެއްމިޔަކަނަކަށް ހީނލެވުނީ އަމިއްލަ އަމިއްލައަށް އެކަމަށް އިގުރާރު ވެވުމުންނެވެ. އިޒްކާން ހޭތަން ފެނުމުން ވާނުވާ ނޭނގި ހުރެ ހޫރީންވެސް ހީނލިއެވެ.

ކުއްލިއަކަށް ބަން ކިޔާފައި މީހަކު ކްލާހުގެ ދޮރު ހުޅުވާލި އަޑަށް އެންމެންއެކީގައި ކަހަލަ ގޮތަކަށް މަޑުވެ ހަމަހިމޭންވިއެވެ. “ކަލޭމެންނަށް ކާކުތަ ހުއްދަދިނީ މަ ނެތް ވަގުތުތަކުގައި ސަކަރާތް ގަންނަން..؟؟” ލޯވަށް ކޮއްލާފައި އެތަނުގައި ހުއްޓިލައިގެން ހުރި ފިރިހެންކުއްޖާ އެއްސެވެ. ނީޝަލް ހުރީ ސުވާލު އުފެދިފައެވެ. އެތަނުގައި ހުރި ކުއްޖާއަށް ބަލާލާފައި ވާނީ އެމީހުންނާއި އެއްވަރެކެވެ. އެވަރުގެ ކުއްޖަކު ލެކްޗަރާއަކަށް ވެގެން އަންނާނެކަމަށް ނީޝަލް ހިޔެއް ނުކުރެއެވެ. ސުވާލު އުފެދިފައިހުރެ ނީޝަލް އަތް މައްޗަށް ހިއްލާލަމުން ހޫރީންގެ މޫނު މައްޗަށް އަރާފައިވާ ކުލަވަރަށް ބަލާލިއެވެ. އެ ފިރިހެންކުއްޖާ ގެ މޫނަށް ހޫރީން ކަޅި އަޅާލައިގެން އިންގޮތުން ހީވަނީ ދެން ކަލޭ މިކަން ހުއްޓާލަން ވެއްޖެއްނޫންހޭ ބުނާހެންނެވެ.

“އަމް ސަރ..؟ މިއީ ކޮން ގަޑިއެއްތޯ..؟” ނީޝަލް އަހާލިއެވެ.

**************

ލޯންޗުން ފައިބައިގެން އެރަށުގެ މަގުތަކުން ހިނގާލާފައި ދިޔަ ރޫހާންއަށް މީހުންގެ ބެލުންތައް އަމާޒުވަމުން ދިޔައިރު އޭނާ ކުޑަކޮށް ވެސް ޖެހިލުންވެފައި ހުރިހެންނެއް ހިޔެއް ނުވެއެވެ. ހަފޫޓަށްވުރެ ދިގު އިސްކޮޅެއް ލިބިފައިވާ ރޫހާންގެ ގަދަ މުށިކުލައިގެ އިސްތަށިގަނޑާއި ފުންކަމުން އަޑި ނޭނގޭހާ ކަޅު ދެލޮލަށް ބަލާލާ މީހަކަށް ރޫހާންގެ މޫނު ނަޒަރު ވަކިކޮށްލެވޭ ކަމަކަށް ނުވިއެވެ. ރާއްޖެ އައުމަށް ފަހު ރޫހާންގެ ހިތް ވަނީ އާދަޔާޚިލާފަށް ހަމަޖެހިފައެވެ. “އީވެން އިފް އައި އޭމް ހިއަރ ޓު ގެޓް ރިވެންޖް ފޯރ މައި މޮމް، އައި ވިލް މޭކް ޔޫ މައިން ނީޝް…” ރޫހާން ހަމައެކަނި އޭނާއަށް އިވޭވަރަށް އެހެން ބުނެލިއެވެ.

ހުއްޓުމެއް ނެތި ފޯނުން މީހަކަށް މެސެޖް ކުރަމުން ކުރިއަށް ދިޔަ ރޫހާން ހުއްޓުނީ ކުޑަ ކުއްޖެއް ރޯން ހުރިތަން ފެނުމުންނެވެ. އިސްތަށިގަނޑު އެއް އަރިއަކަށް ހުޅިއެއް ޖަހާލާފައި ވާއިރު ލައިގެން ހުރި ހެދުމަށް ބަލާލާފައި ރޫހާންގެ ޚިޔާލަށް އައީ ނީޝަލްއެވެ. މަޑުމަޑުން ހިނގާލާފައި ގޮސް އެ ކުޑަ އަންހެން ކުއްޖާގެ ކައިރީގައި ހުއްޓުނެވެ. އަދި އެކުއްޖާ އުރާލިއެވެ. “މަންމަ ކޮބާ..؟” ރޫހާން އެއްސެވެ. “ނޭނގެ..” ރުއިން ހުއްޓާލާފައި އެކުއްޖާ ބުނެލިއެވެ. “ބައްޕަ..؟” ރޫހާން އެހެން އަހާލުމުން އެ ކުއްޖާ ނޭނގެޔޭ ބުނެލިއެވެ. “ކޮން ނަމެއް ކިޔަނީ..؟” ފަރުވާ ކުޑަ ގޮތަކަށް ރޫހާން އެއްސެވެ. “ރުހާ.. ރު..ހާ..ޝަ..ލް.. ރުހާޝަލް..” އެކުޑަ އަންހެން ކުއްޖާ ރޫހާންއަށް އޮޅިދާނެތީ ނަން ބުނެލީ ވަރަށް ލަސްލަހުންނެވެ. އެ އަންހެން ކުއްޖާ ރޫހާން ފަދަ ނުދަންނަ މީހަކާއި ވާހަކަ ދައްކަން ފަސް ނުޖެހުމުން ކުޑަކޮށް ހައިރާންވި ނަމަވެސް ރޫހާން ހައިރާންވިކަން ނުދައްކާވޭތޯ ބެއްޔެވެ.

“ވަރަށް ރީތި ނަމެއް.. ރުހާޝަލް… ރުހާ ދޯ ކުރުކޮށް…؟” ރޫހާން އެހެން ބުނެލުމުން ރަކި ގޮތަކަށް ރުހާޝަލް ހީނލާފައި ބޯ ޖަހާލިއެވެ. “ބޭބެ ދަނީ އިނގޭ…” މިކޮޅަށް އައި މަގްސަދު ހަނދާންވުމާއި އެކީގައި ރޫހާން ރުހާޝަލް ތިރީގައި ބެހެއްޓިއެވެ. ރޫހާން ހިނގައިގަތުމުން ބިރެއް ނެތި އަށްވަރަކަށް އަހަރުގެ ރުހާޝަލް ވެސް ހިނގައިގަތީ ރޫހާންގެ ފަހަތުންނެވެ.

**************

ނީޝަލް އެހެން އެހުމާއެކީ އެންމެން އެއްފަހަރާ ކަހަލަގޮތަކަށް ހީގަތެވެ. އިޒްކާން ފިޔަވައެވެ. އިޒްކާން ހުރީ ކަންބޮޑުވެފައެވެ.

“އަލަށް އައި ކުއްޖެއްދޯ..؟ އަހަރެން މީ ހިޔާން.. މިކްލާހުގެ ވެރިޔާ..” ހިޔާން އޭނާގެ ތައާރަފް ދިނީ އެހެންނެވެ. “އޯވް..!” ވީގޮތް އެނގުމުން ނީޝަލް ލަދުން އިސްތަށިގަނޑު ކުރިމައްޗަށް ގެނެސް ކުޅެން ފެށިއެވެ. ވަރަށް ކެރިގެން އެއްޗެކޭ ބުނުމުގެ ކުރިން ހޫރީންގެ ގާތުގައި އަހހާލެވުނު ނަމައޭ ނީޝަލްގެ ހިތަށް އެރިއެވެ. ލަދުން ހުރެ ހިތާހިތުން އަމިއްލަ ނަފްސަށް ނީޝަލްއަށް އަޑުލެވުނީ ކިތައްފަހަރުކަމެއް ނޭނގެއެވެ.

ލެކްޗަރާގެ ޑެސްކު މަތީގައި އިށީނދެގެން އިން ހިޔާންއަށް ނީޝަލްއަށް ރަނގަޅު ނަޒަރެއް ދެވުނީ މާލަހުންނެވެ. “ވާވް…” ހިތާހިތުން ހިޔާންއަށް ބުނެވުނެވެ. ހުރިތަނުން ފުންމާލައިގެން ހިޔާން ސަޅި ހިނގުމެއްގައި ނީޝަލްގެ ޑެސްކުގެ ގާތުގައި ހުއްޓުނެވެ. “ނިއު ބިއުޓިފުލް… ކޮންނަމެއްތަ ކިޔަނީ..؟ އަހަރެންނަށް ނަންނޭނގޭ ކުއްޖަކު މިތާ ހުރެގެންނެއް ނުވާނެއްނު..؟” ހިޔާން މަތި އޮމާން ކޮއްލިއެވެ. “އަހަރެންނަށް ކިޔަނީ ނީޝަލް.. ވަރަށް އުފާވެއްޖެ ކްލާހުގެ ވެރިޔާއާއި ބައްދަލުވީމައި..” ނީޝަލް ހީނލަމުން ބުނެލިއެވެ. އެ އެންމެން އޭނާއާއި ދޭތެރޭ ބަހައްޓަމުން ދިޔަ ގާތްކަމުން ނީޝަލްގެ ބިރު ކޮންމެވެސް ވަރަކަށް ކެނޑިއްޖެއެވެ.

“ތިއީދޯ ހޫރީންގެ ބޭބެއަކީ..؟” ނީޝަލް އެހެން އަހާލުމުން ހިނިއައިސްފައި ހިޔާން ބޯ ޖަހާލިއެވެ. “މަގޭ ހޫރުޕަރީ އާއި ދިމާވީތަ މިހާރު..؟” ހޫރީންއަށް އިޝާރާތްކޮށްފައި ހިޔާން އެހެން އެހުމުން ހޫރީން ތިނަމުން ނުގޮވާށޭ ކިޔާ ހިޔާންގެ ގައިގައި ބޮނޑިއެއް އަޅައިފިއެވެ. “ޔެސް ދިމާވެއްޖެ ހޫރީން އާއި..” ނީޝަލް ބުނެލިއެވެ. “ޔާން..” އިޒްކާން ގޮވާލިއެވެ. “އާނ ކީކޭ..؟ ކަލޭ މިއަދު މަ ހޭލައްވަން ނުވެސް ގުޅައޭ.. ކަލޭވެސް މިއަދު ގަޑި ޖެހިގެންތަ އައީ..؟ ކޮބާތަ އެއުޅޭ އައިރީން..؟” ހިޔާންގެ އެސުވާލުން އިޒްކާންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަނެއްކާ ހިޔާން އައިރީން ހޯދަން އެ އުޅެނީ ކީއްވެގެންހެއްޔެވެ.؟ “އެބައުޅޭ… ސްކޫލަށް ލާފައި މިއަދު މަ މިއައީ… ކިހިނެތް ވީތަ..؟” އިޒްކާން އަހާލިއެވެ. “ކަމެއްނުވޭ..” ހިޔާން ރީތިގޮތަކަށް ހީނލާފައި ބުނެލިއެވެ.

“ނީޝަލް…” ހިޔާން ވައިއަޑަކުން ކިޔާލިއެވެ. “އަހަރެންނަށް ގޮވިންތަ..؟؟” މީހަކު އޭނާގެ ނަން ކިޔާލިހެން ހީވެގެން ނީޝަލްއަށް އަހާލެވުނެވެ. “ނޫން ނުގޮވަން..” ހިޔާން ބުނެލިއެވެ. “އެކަމަކު ދެން މީގެފަހުން ވަރަށް ގިނައިން ގޮވާނަން…” ހިޔާން ނީޝަލްއަށް ބަލަން ހުރީ ޝިކާރަވެރިޔާ އޭނާގެ ޝިކާރައަށް ބަލަން ހުންނާނެ ފަދަ ގޮތަކަށެވެ. ލަސްތަކެއް ނުވެ ލެކްޗަރާ އައިސް ކްލާހަށް ވަނެވެ. ލެކްޗަރާ އޭނާ އަޅައިގެން ހުރި އައިނު ރަނގަޅު ކޮށްލާފައި ހިޔާންއަށް ލޯ އަޅާލިއެވެ. ހިޔާން ދެކޮނޑު އަރުވާލާފައި ގޮސް ފަހަތު ބަރީގެ އެންމެ ކަނުގައި ހުރި ގޮނޑީގައި އިށީނެވެ. ދެވަނަ ބަރީގެ ކަނުގައި އިޒްކާން ހުރެފައި ނީޝަލް ގާތުގައި ހުރެއެވެ. ނީޝަލްއާއި ޖެހިގެން ހޫރީން އިނެވެ. ލެކްޗަރާ ފައިލްތަކެއް ނަގާފައި ނީޝަލްގެ ގާތުގައި ތައާރަފްވުމަށް އެދުނެވެ.

ނީޝަލް ޖެހިލުންވެފައިހުރެ ބޯޑުގެ ގާތުގައި ހުއްޓުނެވެ. “އަޅުގަނޑަށް ކިޔަނީ ފާތިމަތު ނީޝަލް… ހުރިހާ އެންމެންނާއި އެކުވެރިވެ އެއެކުވެރިކަން ދެމެހެއްޓޭނެކަމަށް އަޅުގަނޑު އުންމީދުކުރަން..” ނީޝަލް ބުނެލިއެވެ. “ކޮންތަނަކުން އައީ..؟” ކުއްޖަކު އެއްސެވެ. “ފްރާންސް އިން.. އެކަމަކު އަޅުގަނޑު މިއީ ދިވެހިރާއްޖެގެ ކުއްޖެއް..” ނީޝަލް ޖަވާބު ދިނެވެ. “ޔުއަރ ސޯ ހޮޓް…!!” އެދިމާއިން ގޮވާލިއަޑު އިވުނެވެ. އެބަސްތަކަކީ ނީޝަލްއަށް އާ ބަސްތަކެއްނޫނެވެ. ނަމަވެސް ތަފާތަކީ އެބަސްތައް އޭނައަށް ދުވަހަކުވެސް ރައްދުވެފައި ނުވާކަމެވެ. ހާސްވެފައި ހުރެވުނީ އެހެންވެއެވެ.

“އިށީންނަން ދިޔަސް އެންމެ ރަނގަޅު..” ލެކްޗަރާ ބުނެލިއެވެ. ނީޝަލް ޝުކުރު އަދާކޮއްފައި އިށީންނަން ދިޔައެވެ. ނީޝަލް އައިސް އިށީންނަންދެން އިޒްކާން ހުރީ ހިނިތުންވެލައިގެންނެވެ. “ޔޫ ޑިޑް ގްރޭޓް..” އިޒްކާން ތައުރީފު ކޮއްލިއެވެ. “ރިއަލީ..؟ ތޭންކްސް..” ނީޝަލްވެސް ހީނލިއެވެ. ހޫރީން ފާޑަކަށް އިޒްކާންގެ މޫނަށް ބަލާލިއެވެ. އިޒްކާންގެ މޫނުމަތީގައިވާ އުފާވެރިކަމުގެ ފަހަތުގައި ދެވަނަ މަގުސަދެއް ވާކަމަށް ހޫރީންއަށް ހީކުރެވުނެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

މި ހިތުން މަޤާމޭ މި ދެނީ 15

Next

ހިތި ނިމުން ( ފަހު ބައި )

Next
December 15, 2020

ހިތި ނިމުން ( ފަހު ބައި )

Previews
December 14, 2020

މި ހިތުން މަޤާމޭ މި ދެނީ 15

4 Comments!

  1. Xem says:
    December 14, 2020 at 2:02 pm

    Sorry for not commenting daily ?
    But yoon this part was also breathtakingly awesome ❤❤❤
    Loved it ❤❤
    Hiyaan is so bad >:-(
    Ruhaashal hee vanee roohaan and nyshal ge nan gulhuvaagen hadhaa fa in name eh hen
    But I support Izkaan & Nyshal ❤❤❤❤❤❤
    They are so cute ❤
    Also yoon mi faharu ves 8th part ga dho new cover eh fen naany?? ❤❤❤
    Can’t wait because I know it would look really amazing ❤❤
    Also can’t wait for the next part ❤❤
    Finallt hooreen aa ves dhimaa vee dho??
    She seems like a nice person.. ekamaku does dhe have a crush on izkaan???
    Eyrah kada vane dho???
    And nysh thought Hiyaan was a teacher lol
    hee hee halaaku e baa kiyaaha
    Alhe izkaan and nyshal so cute… ❤❤
    Dhen kihineyba vaany dho?? Roohaan ves raahhje aee
    Roohaan nyshal dheke lowbi vey dho????
    Subuhaanallah…
    This is so exciting ❤❤❤
    waiting for the next part
    Lysm yooon ❤❤❤❤❤❤❤❤❤❤❤❤❤❤
    Your the best author I know ❤❤❤

  2. Emm says:
    December 14, 2020 at 4:06 pm

    Why they don’t recognise her…. I mean France ga ulhunas bff’s obviously face time vx kuraane dhw… I don’t understand…. And btw who is zeesh? Maa nan thah Gina v ma handhaan nethenii ? anyways story vrh salhi ♥️

  3. Nafha says:
    December 14, 2020 at 4:40 pm

    Maasha allah yoon mi episode ves varah reethi.. Much loves uwu

  4. ?Ril? says:
    December 14, 2020 at 4:59 pm

    Heyyy Yoooon
    Vrh Sali mi part vxxx
    Masha Allah
    Hama best
    Ohhh hooreen men vxx eba uley dhww Eheheh aslu hadhaan nethuny heheh
    Izkaan and neeshal vxx dhimaavee dhw hehe
    Roohaan aee dhw omg❤️?? ehehhe neeshal beynunvegen dhw roohaan vxx uleny izkaan vxx hiyaan vxx ?????
    Neeshal enme guleny izkaan aa☺️☺️❤️❤️????? dhn ekamku neyge dhw neeshal libeyne meehe ❤️❤️☺️☺️☺️☺️☺️☺️☺️
    Stry vrh Sali vaane hen heevany kuri ah ❤️❤️❤️dhaavarakah❤️❤️❤️
    Waiting for the next part ❤️❤️❤️
    Love uuu sooo much yoooon❤️❤️❤️
    Stay safe and take gudd care❤️❤️❤️

Comments are closed.

Next Episodeއެކުއްޖާ 2 – 6←


All Right Reserved!