އެކުއްޖާ 2 – 3
* ކުއްލިއަކަށް މީހަކު ދޮރުގައި ޓަކި ޖެހިއެވެ. “އަހަރެން ދޮރު ހުޅުވަން މިދަނީ..” އައިން ތެދުވާން އުޅުނުތަން ފެނުމުން ނީޝަލް އަވަސްއަވަހަށް ތެދުވިއެވެ. އަދި ގޮސް ދޮރު ހުޅުވާލިއެވެ. “ނީޝް..!!!” ދޮރު ހުޅުވާލުމާއި އެކީގައި މީހަކު އޭނާގެ ނަމުން ގޮވާލުމުން ނީޝަލްގެ ހިތް ތެޅިލައިގެން ދިޔައެވެ. ލަސްލަހުން ކުރިމަތީގައި ހުރި މީހާގެ މޫނަށް ނީޝަލްއަށް ބަލާލެވުނެވެ. *
“ކުޑާ..!!” ނީޝަލްއަށް ކުރިމަތީގައި ހުރި ޒީޝްގެ ގައިގައި އޮޅުލައިގަނެވުނެވެ. “ނީޝީ..” ޒީޝް ވެސް ނީޝަލްގެ ގައިގައި ހަމަ އެހާ ބާރަށް ބައްދާލިއެވެ. ކުއްލިއަކަށް ޒީޝް ފެނިފައި ނައިލް އިން ގޮތުން ހީވަނީ ހުތް ކާއެއްޗެއް ކެވިގެން އިންހެންނެވެ. އެހާވެސް ފާޑަކަށް އަނގަ ހަދައިގެން ނައިލް އިނެވެ. “ޒީޝް.. ތިއްތަގެ ބޭބީ.. ކޮންއިރަކުތަ މިކޮޅަށް އައީ..؟” ޒިވީން އަވަހަށް ޒީޝް ގެންގޮސް ސޯފާގައި ބޭންދިއެވެ. ޒީޝް ހިނިތުންވެލުމުން ކޮލަށް އަޑިކޮޅު އެޅިގެން ދިޔައެވެ. “ތިއްތަބެއަށް އިނގޭނެ މިއަދު އަހަރެން އަންނާނެކަން.. އެކަމް އަހަރެން ބުނީމައި ތިއްތަމެންގެ ކައިރީ ނުބުނެ ހުރީ ލޮލް..” ޒީޝް ހީނލިއެވެ. “އެކަމަކު ތިއްތަބޭ ނުބުނޭ ކުޑާ ކައިރިއަކު ނީޝޫމެން މިކޮޅުގައި އުޅޭ ވާހަކައެއް…” ޒީޝް ބުނެލިއެވެ. “ނީޝްމެން ވެސް މިއަދު އެ އައީ…” ޒިވީން ބުނެލިއެވެ. “ކޮބާ އަލާން..؟” ޒިވީން އެއްސެވެ. “އެބަ އާދޭ… ޓެން އާއި އެކީ ކުޅެން އެބަހުރި ބޭރުގައި..” ޒީޝް ބުނެލިއެވެ. “ޓެން އެއީ..؟” ނައިލް އެއްސެވެ. ”އެއީ ކުޑާ ގެންގުޅޭ ބުޅާ..” ކުޑަ ހިނިތުންވުމަކާއި އެކީގައި ޒީޝް ބުނެލިއެވެ.
އެންމެން ހާލުއަހުވާލު އޮޅުންފިލުވަން ހުއްޓާ އަލާން އައިސް ވަނެވެ. އޭރު އަލާންގެ އަތުތެރޭގައި އޮތް ކަޅު ކުލައިގެ ކުޑަކުޑަ ބުޅާ ފެނިފައި ނީޝަލް އެ އުރާލާހިތްވިއެވެ. ނަމަވެސް ނީޝަލްއަށް އެކަން ކުރަން ފުރުސަތެއް ލިބުމުގެ ކުރިން ނައިލް ގޮސް އެބުޅާ އަލާންގެ އަތުން ނެގިއެވެ. “ވާއު… ޓެންގެ ދެލޯ… ރީނދޫކުލަ.. ވަރަށް ބޮޑު ދެލޯ… މިއީ އަނެއްކާ ހަންޑި ބުޅަލެއްތަ..؟” ނައިލް ޓެންއަށް ބަލަން ހުރިގޮތުން ހީވަނީ އެއްޗެއް ތަހުގީގު ކުރަން ހުރި ފުލުހެއް ހެންނެވެ. “ޓެން ތީ ކުޑާގެ އުފަން ދުވަހު އަމްމް.. ފްރެންޑެއް ދިން ހަދިޔާއެއް…” ޒީޝް އެކުވެރިޔެކޭ ބުނިއިރު ބަހުގައި އަޅައިގަތުމުން ނީޝަލް ޒީޝްގެ މޫނަށް ބަލާލާފައި ލޯހަނިކޮށްލިއެވެ. ޔަގީނުންވެސް ޒީޝްގެ އެ އެކުވެރިޔާ އަކީ ވަރަށް ޚާއްސަ މީހެކެވެ.
“ޒީޝް އަދިވެސް ހީވަނީ ބޭބީއެއް ހެން.. ތީ އެކާވީސް އަހަރުގެ ކުއްޖެކޭ މީހަކު ނުވެސް ބުނާނެ..” އައިން ބުނެލިއެވެ. ނީޝަލްގެ ގާތަށް ވެސް ހިނިއައެވެ. “މާލެ ކިހިނެތް..؟ ތިއްތަ ހީކުރީ މާލެ ގޮސް ދެން މިރަށުގެ ފަސްގަނޑުގައި ފައިވެސް ބީއްސާލަން ނާންނާނެކަމަށް..” ޒިވީން އެއްސެވެ. “ދެން އަހަރެން މިރަށަށް ނައިސް ހުންނާނެ..؟ ކޮބާ ދޮންބެ އަދި އަވްދައްތަ..؟” ޒީޝް އެއްސެވެ. “ދޮންބެ އަދި ސަންތި މަރިޔަނބު މިކޮޅަކަށް ނާދޭ… އަވްއަށް ޗުއްޓީ ނުލިބިގެން އަދި ކައިދޮންބެ ވެސް ވަރަށް ބިޒީކޮށް އުޅެނީ އެހެންވެގެން..” އަލާން ކިޔައިދިނެވެ. “ޓެން ގެނޭ ކުޑާ އަތަށް..” ޒީޝް އަތް ދިއްކޮށްލުމުން ނައިލް ޒީޝްއާއި ޓެން ހަވާލު ކުރިއެވެ. “ކުޑާ ދެން އަނބުރާ މާލެއަށް ދާން ޖެހެނީ ކޮންއިރަކުން..؟” ނައިލް އެއްސެވެ. “ކުޑާ ފޮނުވާލަންތަ ތިއުޅެނީ..؟ ކުޑާ ދެން މިކޮޅުގައި ހުންނަ ގޮތަށް މި އައީ…” ޒީޝް އެހެން ބުނެ ނުނިމެނީސް ނީޝަލްއަށް ޒީޝްގެ ގައިގައި އޮޅުލައިގަނެވުނެވެ.
“ދޮންތަ ކަންނޭނގެ ކުޑާ މަތިން އެންމެ މިސްވީ..” ނައިލްގެ ގާތަށް ހިނިއައެވެ. “މީ ދޮންތިގެ ކުޑާ އެކޭ…” ޒީޝް ފްރާންސްގައި އުޅެއުޅެފައި ނީޝަލްއަށް ސޯޅަ އަހަރުގައި ޒީޝްގެ އެދުމމަށް ކައިޔަން ޒީޝް މާލެއަށް ފޮނުވިއެވެ. އެއީވެސް ކައިޔަންގެ އެކުވެރިޔެއްގެ ގޭގައި ބަހައްޓާ ގޮތަށެވެ. އެފަހުން ނީޝަލް އާއި ޒީޝް އަދި އެއްފަހަރު ވެސް އިންޓަރނެޓްގެ ޒަރިއްޔާއިން ނޫނީ ދިމާވެފައެއްނުވެއެވެ. ދެއަހަރު ފަހުން ބައްދަލުވުމުން ނީޝަލް ހުރީ ބުނެދޭން ނޭނގޭހާ އުފާވެފައެވެ. ކުޑައިރުއްސުރެވެސް ޒީޝްއަކީ ނީޝަލްގެ އެއްބަނޑުއެއްބަފާ ކުއްޖެއް ފަދަ ކުއްޖެކެވެ. ނީޝަލްގެ އެންމެ ސިއްރެއް ވެސް ޒީޝްއަށް ނޭނގިއެއް ނުހުންނާނެއެވެ. ނީޝަލް އާއި ޒީޝް އެހާވެސް ގާތެވެ. ދެމީހުންގެ އުމުރުވެސް ގާތްވުމާއިއެކީ ގިނަފަހަރު ދެމީހުންނަށްވެސް އެކަކު އަކެކަކުގެ އިހުސާސްތައް ރަނގަޅަށް ދެނެގަނެވުން އެއީ އެ ގުޅުން ވަރުގަދަ ކޮށްދޭ އެއް ކަމެވެ.
“އޯކޭ.. ޒީޝް އަދި ނީޝް އުޅޭނީ އެއް ކޮޓަރިއެއްގައި” އައިން އެހެން ބުނެލުމާއި އެކީގައި ޒީޝް ކޮޓަރި ބަލާލުމުގެ ބަހަނާގައި ނީޝަލް ގޮވައިގެން އައިން ދެއްކި ކޮޓަރިއަށް ވަނެވެ. “އަދި ކާން ނުކުންނާތި އިނގޭ…” ކޮޓަރިއަށް ވަތް ޒީޝްއަށް އަޑުއިވޭވަރަށް ޒިވީން ބުނެލިއެވެ.. “ނީޝީ ބަލާބަ..” ނީޝަލް އެނދުގައި ބައިންދާފައި ޒީޝް އޭނާގެ ފޯނު ނަގާ ފޮޓޯއެއް ނަގާ ދައްކާލިއެވެ. “ތީ ކާކު..؟” އެ ފޮޓޯއިން ފެންނަން ހުރި ފިރިހެން ކުއްޖާއަށް ބަލާލާފައި ނީޝަލް އެއްސެވެ. ޒީޝް ދެކޮލަށް އަޑިކޮޅު އަރުވާލާފައި ހީނލި ރަކި ހީނލުމުން ނީޝަލްއަށް އެއީ ކާކުކަން ފަހުމުވިއެވެ. “ވާއު ކުޑާ… ސީރިއަސްކޮށް ވެސް..؟” ނީޝަލް އެއްސެވެ. “މިސްޓަރ ރައިޓް..” ޒީޝް އެނދަށް ވެއްޓިގަންނަމުން ބުނެލިއެވެ. “މީހުން އަދިވެސް މިސްޓަރ ރައިޓްއޭ ކިޔާ އުޅޭތަ..؟” ނީޝަލް އެއްސެވެ. “ދެން ހެވޭ.. ނަމެއް ވެސް ނާހާނަންތަ..؟” ޒީޝް އެއްސެވެ. “ހްމްމް ދެން ބުނެބަލަ..” ނީޝަލް ހީނގަނެފައި ބުނެލިއެވެ.
“ރައިހާން..” ޒީޝް އެހެން ބުނެލުމުން ނީޝަލްގެ ހިނިތުންވުން އިރުކޮޅަކަށް ފިލައިގެން ދިޔައެވެ. “ރައިހާން..” ނީޝަލްއަށް ވިސްނާލެވުނެވެ. މިނަން އޭނާ ދަންނަ ނަމަކާއި ހާދަހާ ވައްތަރެވެ. ހަނދާންކުރަން އުޅުމާއި އެކީގައި ނީޝަލްގެ ބޮލަށް ތަދެއް އެރިއެވެ. އިރުކޮޅަކު ދެލޯ މަރައިގެން އިނދެވުނީވެސް އެހެންވެއެވެ. “ނީޝޫ..؟” ޒީޝްއަށް ނީޝަލް އިންގޮތް ފެނިގެން ގޮވާލިއެވެ. “ކީކޭ ކުޑާ..” އިރުކޮޅެއްގެ ތެރޭގައި ރިހުން ފިލައިގގެން ދިޔުމުން ނީޝަލް ބަލާލިއެވެ. “ބަލީތަ..؟” ޒީޝް އެއްސެވެ. “ނޫން.. ބޮލުގައި ރިއްސައިގަތީ.. މާބޮޑުކަމެއް ނުވޭ..” ނީޝަލް ބުނެލިއެވެ. “އޯކޭ.. ނީޝޫ ވެސް އަންޕެކް ނުކުރަންދޯ..؟ ހިނގާ އަންޕެކް ކޮށްގެން ކާން ދާން..” ޒީޝް ބުނެލިއެވެ. “އަހަރެން ކައިފިން… ކުޑާ އެކަނި ނުކައި ތީނީ..” ނީޝަލް ބުނެލިއެވެ. “އޯކޭ އެހެންވިއްޔާ އަންޕެކް ކުރަން އާދޭ… ދެން ކުޑާ ކާން ދާއިރު ނީޝް ވެސް ކުޑާ އާއި އެކީގައި އާދޭ..” ޒީޝް އެހެން ބުނެ އޭނާގެ ލަގޭޖް ނެގިއެވެ. “އެއީ ކީއްވެގެން..؟ އަހަރެން ކައިފީމޭ…” ނީޝަލް ހިނިއައިސްފައި ބުނެލިއެވެ. “ނީޝީ މި ގެންދަނީ ކުޑާ އެކަނިވާނެތީއޭ..” ޒީޝް ހެދުންތައް ނަގަމުން ބުނެލިއެވެ. “އޯވްވް.. އޯކޭ އޯކޭ… ތިއްތައާއި އައިންދައްތަވެސް ހުންނާނެ ވާހަކަ ދައްކަން..” ނީޝަލް ބުނެލިއެވެ. ނީޝަލް ހީވަނީ ނުދާންވެގެން ބަހަނާ ހަދަނީހެންނެވެ. ޒީޝް ލޯއަޅާލާފައި ހިނިތުންވެލިއެވެ. “ތިއީ ކުޑާގެ ބެސްޓް ނީސްއެއްނު..؟ އެހެންވެ އަންނާތި.. އެނޫނީ ކުޑާ ނުވެސް ކާނަން..” ހިނިތުންވެގެން ހުރެ ޒީޝް ޖުމްލަ ނިންމާލީ އިންޒާރަކުންނެވެ. “އޯކޭ އޯކޭ އޯކޭ ފައިން..” ނީޝަލް ބަލި ގަބޫލުކުރިއެވެ.
“ދޮންބޭ..!” އައިރީން ގޮވާލިއެވެ. އެނދުމަތީ ހަރަކާތެއް ނެތި ސީލިންގ އާއި ދިމާލަށް ބަލަހައްޓައިގެން އޮތް އިޒްކާން ގުޑާވެސް ނުލާ އައިރީން އާއި ދިމާލަށް ބަލާލިއެވެ. “ޝޮޕިންގ..؟؟” އައިރީން ހުރީ ތައްޔާރުވެސް ވެގެންނެވެ. ފަންކޮށްލާފައިވާ ކަޅުކުލައިގެ އިސްތަށިގަނޑު އައިރީންގެ ކޮނޑަށްވުރެ ތިރިއަށް ދިގުވެފައި ހުއްޓެވެ. އޮރެންޖް ކުލައިގެ ޝިފޯން ޓޮޕްއަކާއި އައިސްބްލޫ ޖިންސެއް ލައިގެން ހުރިއިރު އައިރީން ނުހަނު ރީއްޗެވެ. “ނުވައެއް ޖެހީ..؟ އެކަމަކު މާދަމާ އައި ސްކޫލްއަށް ވެސް ދާން ޖެހޭނެ.. ދޮންބެ މާދަމާ ކޮލެޖަށް ދާން ޖެހޭނެ.. އެހެންވެ މާ ލަސްނުކޮށް ނިދަން އޮށޯންނަންވާނެއްނު..؟” މޫދަށް ދިޔަފަހުން ކަންނެތްވެފައި އޮވެ އިޒްކާން ބުނެލިއެވެ. “އެކަމަކު ދޮންބޭ..” އައިރީން ދެރަވާ މޫނެއް ދައްކާލިއެވެ. “އައި ދޭބަ ދޮންބެ އުރާލލައިގެން ސައިކަލާއި ހަމައަށް ޕްލީޒް..” ކަންނެތްވެފައި އޮވެ އިޒްކާން އެދުނެވެ. ވަގުތު އައިރީން އިޒްކާންގެ ފައިގައި ހިފާ ދަމާ އެނދުން ވައްޓާލިއެވެ. އަދި އިޒްކާންގެ ދެފައިގައި ހިފާ ދަމަމުން ކޮޓަރިން ބޭރަށް ނުކުންނަން ހިނގައިގަތެވެ. އޭރު އިޒްކާން އެހެން ބުނެވުނުކަމުގެ މޮޔަށް ހިތަށް އަރައިގެން ބިންމަތީގައި އޮތެވެ.
“އައިރީން..؟” ކާމޭޒު ދޮށުގައި އިށީނދެގެން އިން ލިޔާން ވަގުތުން ކޮށިއެރިއެވެ. “ކީކޭ ބައްޕާ..؟” އައިރީން އެއްސެވެ. “ދޮންބެއަށް ތިކީއްކުރަނީ..؟” ލިޔާން އެއްސެވެ. “ދޮންބެ ބުނީ އައިގެ ކައިރީގައި ދޮންބެ ސައިކަލާއި ހަމައަށް ގެންގޮސްދޭށޯ..” އައިރީން ވަގުތުން ޖަވާބު ދިނެވެ. ލިޔާން ރުޅި ނާންނާނެކަން އެނގޭތީއެވެ. “ސާބަސް.. ދެކުދިންކުރެ އެކަކަށް އަނިޔާއެއް ވެދާނެ.. އައި އަވަހަށް ދޮންބެގެ ފައިން ދޫކޮށްލާ… އިޒްކާން.. ބިންމަތިން ތެދުވޭ..” ލިޔާން ބުނެލިއެވެ. “އެކަމަކު ބައްޕާ..” އިޒްކާންއަށާއި އައިރީންއަށް އެހެން ބުނެލެވުނީ އެއް އަޑަކުންނެވެ. “އެކަމަކު ކަމަކު ނުކިޔާ އަވަހަށް ދޫކޮށްލާ..” ލިޔާން ބުނެލިއެވެ. ނަމަވެސް އައިރީން ފެށީ އަނެއްކާވެސް އިޒްކާންގެ ފަޔަށް ދަމާށެވެ. ލިޔާން ތެދުވިއެވެ. ޕިސްޕިސް ކިޔަމުންނެވެ. “ދޫކޮށްލާ..” ލިޔާން ގޮސް އައިރީންގެ އަތުގައި ހިފިއެވެ. “ނޯ ދެން ބައްޕާ…” އައިރީން ގަދަ ހަދާލިއެވެ. ކުއްލިއަކަށް ބޭރުން ފިޔަވަޅުތަކެއްގެ އަޑު ޖެހޭއިރަށް ތިން މީހުންނަށް ވެސް ދޮރާއި ދިމާލަށް ބަލާލެވުނެވެ. އެއްފަހަރާ ކަހަލަ ގޮތަކަށެވެ. “މަންމަ…” އައިރީންގެ ދުލުން އެ ރީތި ލަފްޒު ބޭރުވިއެވެ. މިފަދަ ގަޑިއެއްގައި ރަނާ ނޫން ދެވަނަ މީހެއް ނާންނާނެ ކަން ޔަގީންވާތީއެވެ.
ގަޔަށް ކައްޓެއް ޖެހި ފަދައިން އިޒްކާން އަވަހަށް ތެދުވެ ސޯފާގައި އިށީނެވެ. އައިރީން އިޒްކާންގެ ގާތުގައި ވާހަކަ ފޮތެއް ހިފައިގެން އިށީނދުނުއިރު ލިޔާން ކާމޭޒު ދޮށުގައި އިށީނދެ ލެޕްޓޮޕަށް ބަލަން އިނެވެ. ރަނާ ގެއަށް ވަނެވެ. އަދި ވަކިވަކިން ތިން މީހުންގެ މޫނަށް ބަލާލިއެވެ. އިޒްކާން ދުރުބަލާލި އިރު އައިރީން ފޮތަށް ބަލާލަނީއެވެ. ލިޔާންވެސް ހިންދިރުވާލާފައި ކުރިމަތީގައި ހުރި ލެޕްޓޮޕްގެ ސްކްރީނަށް ނަޒަރު ހުއްޓާލިއެވެ. ތިންމީހުން އިންގޮތުން ހީވަނީ ވައްކަން ކުރަން ހުއްޓާ އަތުލައިގަތް ތިން ވަގުން ހެންނެވެ. “ތިންމީހުންވެސް ހާދަ ހިމޭނުން…؟ ކިހިނެ……..” “މަންމާ.. ދޮންބެއާއި އަޅުގަނޑު މި ދަނީ ފިހާރައަށް ދާން އިނގޭ..” ރަނާއަށް ޖުމްލަ ފުރިހަމަ ކުރަން ވަގުތުކޮޅެއް ނުދީ އައިރީން ބުނެލިއެވެ. “އެންމެރަނގަޅު.. އެކަމަކު މާ ލަސް ނުކުރައްޗޭ..” ވަރުބަލިވެފައި ހުރެ ރަނާ މިސްރާބު ޖެހީ ފްރިޖާއި ދިމާލަށެވެ. ފެންފޮދެއް ބޯލާށެވެ. ލިޔާން ވަށްކަޅިން ރަނާއާއި ދިމާލަށް ބަލާލާފައި އަނެއްކާވެސް ލެޕްޓޮޕަށް ސަމާލުކަން ދިނެވެ. ތެދުވެފައި އައިރީން ލިޔާންގެ މޫނަށް ބަލާލިއެވެ. ލިޔާން ހިނިތުންވެލާފައި ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލިއެވެ. ރަނާގެ ގާތުގައި އެތިން މީހުންވެގެން ދެންމެ ޖެހި ސަކަރާތުގެ ވާހަކަ ނުބުނާނެކަން ޔަގީން ކޮށްދެމުންނެވެ. އައިރީން ދަތްކޮޅު ފެންނަވަރަށް ހީނލާފައި އިޒްކާންގެ އަތުގައި ހިފައިގެން ބޭރަށް ދުއްވައިގަތްއިރު ހީވަނީ މީހަކަށް ދެން އައިރީންއަށް ވުރެ ބޮޑަށް އުފަލެއް ނުވެވޭނެހެންނެވެ.
“އާދެބަލަ ފިހާރައަށް ދާން ނީޝް..” ކައި ނިންމައިގެން ތެދުވެފައި ޒީޝް ބުނެލިއެވެ. “ކޯޗެއް ގަންނަން..؟” ނައިލްގެ ގާތުގައި އިނދެފައި ނީޝަލް އެއްސެވެ. “ލޯޝަން ފުޅިއެއް… ކުޑާ މާލެއިން މިކޮޅަށް ފުރިއިރު އެ ގެންނާކަށް ހަނދާނެއް ނެތް…” ޒީޝް ބުނެލިއެވެ. “ތިއްތަ ދީފާނަން ލޯޝަން ފުޅިއެއް…” ޒިވީން ބުނެލިއެވެ. “ނޫނޭ.. އެއީ އެހެން ވައްތަރެއްގެ ލޯޝަން ފުޅިއެކޭ.. މަގޭ ހަންގަނޑު ސެންސިޓިވް ކަމުން ޑޮކްޓަރު ބުނީ ހަމައެކަނި އެވައްތަރުގެ ލޯޝަން ބޭނުންކުރިއްޔާއޭ ރަނގަޅުވާނީ.. އެހެންވެ އެކަހަލަ ލޯޝަން ހުރިތޯ ބަލާލަންވެގެން..” ޒީޝް ބުނެލިއެވެ. “އަވަހަށް އަންނާތި.. މިހާ ލަސްވީމައި ދެކުދިން އަސްލު ނުވެސް ވާނެ ނުކުންނާކަށް… ޒާންބެ ފޮނުވަންތަ ތިކަހަލަ ފުޅިއެއް ގަންނަން..؟” ކަންބޮޑުވެފައި އައިން އެއްސެވެ. “ނޫނޭ އައިންދައްތާ.. ވީ ވިލް ބީ ފައިން..” ނީޝަލް ބުނެލިއެވެ. “އެންމެ ރަނގަޅު… ލަސް ނުކުރައްޗޭ.. ދެކުދިންކުރެ އެއް ކުއްޖަކަށް ވެސް ކަމެއް ވިއްޔާ ދޮންބެ ފުރަތަމަވެސް ނޮޅާލާނީ ތިއްތަކަން ޔަގީން…” ޒިވީން މޫނުމައްޗަށް ވައްތަރުތަކެއް ޖައްސާލާފައި އެހެން ބުނުމުން ޔަގީނުންވެސް އެއީ ދޮގެއް ނޫނޭ ނައިލް ބުނެލިއެވެ.
“މާ ރީތި ނުވިޔަސް ހެޔޮވާނެ.. ރޭގަނޑު ގަޑިއެއްނު..؟ އޯކޭވާނެ..” ޒީޝް ކަޅުކުލައިގެ ޓައިޓަކާއި ރަތްކުލައިގެ ހެދުމެއް ލާފައި އިސްތަށިގަނޑުގައި އާދައިގެ ގޮތަކަށް ހުޅިއެއް ޖަހާލިއެވެ. ނީޝަލް އެއްޗެހި ބަދަލު ކުރާ ހިތެއް ނުވިއެވެ. ނަމަވެސް އަލަމާރިން ބޮޑު ވޫލެއް ނަގާ އިސްތަށިގަނޑުގައި ބޮޑު ހުޅިއެއް ޖަހާލިއެވެ. “ކީއްވެގެން ތި ހުޅިއެއް ޖަހަނީ..؟” ޒީޝް އެއްސެވެ. “މީހުން ވަރަށް ބަލާ މަށާއި ދިމާލަށް… ވަރަށް އުނދަގޫވޭ..” ނީޝަލް ބުނެލިއެވެ. “ކުޑާގެ ޕްރިންސެސް ނީޝީ ރީތިވީމައި އެމީހުން ބަލާނެއެއްނު..؟” ޒީޝް ބުނެލިއެވެ. “އަދި މިރަށު ކުއްޖަކާ ފްރެންޑެއް ވެސް ނުވަން… ފްރާންސްގެ ގިނަ ކުދިންހެން ރާއްޖެ ކުދިންވެސް އަހަރެންނަށް އިގްނޯރ ކުރިއްޔާ ރަނގަޅު ވާނީ… ނޫނީ ވަރަށް އުނދަގޫ ވާނެދޯ..؟” ނީޝަލް ހުރީ ހާސްވެފައެވެ. “އާދޭ ދާން.. ރާއްޖެ ކުދިންނާއި ފްރާންސް ކުދިން އުޑާ ބިމާހާ ތަފާތުވާނެކަން ހަމަ ޔަގީން..” ޒީޝް ނީޝަލްގެ އަތުގައި ހިފަމުން ބޭރަށް ނުކުތެވެ.
ނީޝަލް އޭނާގެ އަތުގައި ކެވެލިކޮޅެއް އަޅަމުން ނުކުތެވެ. އެއީވެސް ރާއްޖެއަށް ދިޔުމުގެ ކުރިން އަވްލީން އޭނާއަށް ދިން އެއްޗެކެވެ.
“ދޮންބޭ.. އޭތި ގަނެދީބަ..” އައިރީން ބުނެލިއެވެ. އިޒްކާން ބޯ ހޫރާލާފައި އެ ސެންޓުފުޅި ނެގިއެވެ. “އޯކޭ ދެން މި ލިޕްސްޓިކް އެންޑް އައިލައިނަރ އެންޑް ނެއިލް ޕްރިންޓް އަދި ނެއިލްޕޮލިޝް އެންޑް އޭގެ ރިމޫވަރ ނެގީމައި ނިމުނީ..” އައިރީން ބޮޑު ލިސްޓެއް ކިޔާލާފައި އެ އެއްޗެހި ނަގަންދިޔައެވެ. “އެހުރީ އެ ލޯޝަންފުޅި..” އެންމެ އަވަހަށް ޖެހުނު ފިހާރައިގެ ތެރެއިން ޒީޝްގެ ތޫނު ދެލޮލަށް އެ ލޯޝަން ފުޅި ފެނުނެވެ. “ދެން އަވަހަށް ހިނގާ ގަނެގެން ގެއަށް ދާން..” މީހުންގެ ފަރާތުން އަމާޒު ވަމުން ދިޔަ ބެލުންތަކުން ނީޝަލް ހުރީ ހާސްވާގޮތްވެފައެވެ. ޒީޝް ފިހާރައަށް ވަނެވެ. ނީޝަލްވެސް ޒީޝްގެ ފަހަތުން ފިލައިގެން ކަހަލަ ގޮތަކަށް ވަންނަންދިޔައެވެ. މީހުންގެ ބެލުންތަކުން ސަލާމަތްވާން ވެގެންނެވެ. “ދޮންބެ ހުންނާނަން ސައިކަލުގައި މިކޮތަޅުތައް ހިފައިގެން… އައި ބާކީ ހުރި އެއްޗެއްސަށް ރުފިޔާ ދައްކާފައި އާދޭ..” ކޮޅަށް ހުރެހުރެ ވަރުބަލިވެގެން އިޒްކާން ބުނެލިއެވެ. މައްސަލައެއް ނެރޭ ކިޔާފައި އައިރީން ދިޔައެވެ. އިޒްކާން ފިހާރައިން ނުކުންނަން ހިނގައިގަތެވެ.
“އައުޗު..” މީހަކު ނީޝަލްގެ ގައިގައި ޖެހުމުން ނީޝަލްއަށް އެހެން ބުނެލެވުނީ ބޭއިޚްތިޔާރުގައެވެ. “އައިމް ސޮރީ…” އިޒްކާންއަށް ބުނެވުނެވެ. “އިޓްސް އޯކޭ..” ނީޝަލް ވައިއަޑަކުން އެހެން ބުނުމުން އިޒްކާންގެ ކަންފަތާއި ހަމައަށް ފޯރީ ކިރިޔާއެވެ. އިޒްކާން ފުންކޮށް ކުރިމަތީގައި އެހުރި ކުއްޖާއަށް ބަލާލިއެވެ. “ނީޝަލް… އާދޭ ގެއަށް ދާން..” ފިހާރައަށް ވުމާއި އެކީގައި ޒީޝް ނީޝަލްއަށް ގޮވާލީ ނަމުންނެވެ. އިޒްކާން ސިހުނެވެ. އަދި އެކުއްޖާގެ މޫނަށް ބަލާލިއެވެ. އެކުއްޖާގެ އެއް ކަންފަތުގައި ހުރި ކަންފަތުލާ އެތިކޮޅު ފެނިފައި އިޒްކާން ހައިރާންވިއެވެ. ޔަގީން ކުރަންވެގެން އިޒްކާން އެކުއްޖާގެ އަނެއް ކަންފަތަށް ވެސް ބަލާލިއެވެ. އެއް ކަންފަތުލާއެތިކޮޅު މަދުވުމުން އިޒްކާންއަށް ދެލޯ ބޮޑު ކޮށްލާފައި އެކުއްޖާގެ މޫނަށް ބަލާލެވުނެވެ. “ނީޝަލް..” އިޒްކާންއަށް ހިތާހިތުން އެ ނަން ކިޔާލެވުނެވެ. “އެކްސްކިއުޒް މީ..” ނީޝަލް އެހެން ބުނެލުމުން އިޒްކާންއަށް ހިޔާލީ ދުނިޔެއިން ބޭރަށް އާދެވުނެވެ. “ސޮރީ..” އިޒްކާން އަވަހަށް ނީޝަލްއަށް ނުކުންނަން ތަން ދެއްކިއެވެ. ނީޝަލް އާއި ޒީޝް ނުކުމެގެން ދަންދެން އިޒްކާންއަށް ބަލަހައްޓައިގެން ހުރެވުނެވެ.
ގެއަށް ދެވުނުހާ އަވަހަކަށް ނީޝަލް އާއި ޒީޝް އޮށޯތީ ނިދާށެވެ. މާދަމާ ކޮލެޖަށް ދާން ނުޖެހުނަސް ގޭތެރޭގެ ކަންކަމުގައި ޒިވީންއަށް އެހީވާން ނީޝަލް ބޭނުންވެއެވެ. ޒީޝް އެނދަށް އަރާ ހަމަޖެހިލުމާއި އެކީގައި ޓެން ވެސް އެނދަށް އަރާ ޒީޝްގެ ކައިރީގައި އޮށޯތީ ޒީޝްގެ ހަށިފާރަވެރިޔެއް ފަދައިންނެވެ.
“އާހިލޫ… ކަލޭގެ ލޮލުގައި ތިއޮތީ ކޯޗެއް..” ފައިލަމް ހުއްޓުމެއް ނެތި އާހިލަށް ޖެއްސުން ކުރަމުން ގެންދިޔައެވެ. “މަގޭ ދެ ކަޅި..” ފޫހިވެފައި އޮވެ ނަމަވެސް އާހިލް ބުނެލިއެވެ. “ނޫން.. އެޔަށް ކިޔާނީ ގަމާރުކަން..” ފައިލަމް ބުނެލިއެވެ. އާހިލް ފުންނޭވާއެއް ދޫކޮށްލާފައި ހިޔާންގެ މޫނަށް ބަލާލިއެވެ. “މަ މިތަނުން ގެންގޮސްދީބަލަ ހެޔޮނުވާނެ.. މިހިރަ ގުރާ މަގޭ ބޯ ފަޅާލައިފި..” ފައިލަމަށް އިޝާރާތް ކުރަމުން އާހިލް ހިޔާން ގާތު އެދުނެވެ. އޭރު އިޒްކާން، ހިޔާން އަދި އައިހަމް ހުރީ ފޯނުން ކޮންމެވެސް ގޭމެއް ކުޅުމުގެ ފޯރީގައެވެ. “އިޒްކާން.. ކަލޭ ތިހާ އަންހެން ކުދިންގެ ސާމާނަށް ޝައުގުވެރިވާ ކަމެއް މަށަކަށް ކުރިންނެއް ނޭނގޭ..” އިޒްކާން ޖޯލީގައި އޮވެ އަރިއަކަށް ޖެހިލިތަނާ ފެނުނު މަންޒަރުން ފައިލަމް ބުނެލިއެވެ. ގޭމް ނިމުމުން އިޒްކާން ފައިލަމަށް ބަލާލިއެވެ.
“ދޮގެއްވާ ނޫން..” އާހިލް އިޒްކާންގެ ޓީޝާޓަށް އިޝާރާތް ކޮށްލިއެވެ. “ސީރިއަސްލީ… މި ފަހަރުވެސްތަ..؟ މަގޭ ބޯ ހަލާކު..” އިޒްކާން ޓީޝާޓާއި ދިމާލަށް ބަލާލާފައި ބޯ ހޫރާލިއެވެ. “ކަލޭ އަނެއްކާ ތި އެއްޗެހިތަކުން ވިޔަފާރިއެއް ފަށަންވެގެންތަ ތިއުޅެނީ..؟ ޖުވެލެރީ ފިހާރައިގެ ވެރިޔާ އިޒްކާން…” އައިހަމްވެސް އެއްސެވެ. ހިނިގަނޑެއް ޖަހާލާފައެވެ. އިޒްކާން ޓީޝާޓު ގައި ހަރުލާފައިވާ ކެވެލިކޮޅަށް ބަލާލާފައި މޫނުމަތީ އަތްއެޅިއެވެ. “މަށަކަށް ދެން ނޭނގެ..” އިޒްކާން ބުނެލިއެވެ. “ކަލޭ ތީ އަނެއްކާ ދަގަތްފާނެއް ނޫންބާ..؟” އާހިލް އެއްސެވެ. ”އެހެހެ ނޫނޭ..” އިޒްކާން ބުނެލިއެވެ. “ގެއަށް ދަމާ..؟” އިޒްކާން ތެދުވިއެވެ. “މާދަން ކަލޭ ހޭލާތި.. ކޮލެޖަށް އަންނަންވާނެ..” ފައިލަމް ހިޔާންގެ ކޮނޑަށް އަތް ވައްޓާލާފައި ބުނެލިއެވވެ. “ހޭލާނަމޭ.. ނޫނީ ހޭލައްވާތި..” ސައިކަލަށް އަރަމުން ހިޔާން ބުނެލިއެވެ.
އިޒްކާން ތެދުވެ އުޑުމަތީގައި ތަރުތީބެއް ނެތި އުކާލެވިފައިވާ ތަރިތަކަށް ބަލާލިއެވެ. “ނީޝަލް..” އިޒްކާންއަށް ވައިއަޑުން އެ ނަން ކިޔާލެވުނެވެ. އަދި ޓީޝާޓުގައި ހަރުލާފައި އޮތް ކެވެލިކޮޅު ވަރަށް ބަލައިގެން ޓީޝާޓާއި ވަކިކޮށްލިއެވެ. “އިޒް ދެޓް ރިއަލީ ޔޫ..؟” އިޒްކާންއަށް އަހާލެވުނެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.





Wow Hama vrh Sali mi part vsss❤️❤️❤️❤️❤️
Masha Allah❤️❤️❤️❤️❤️???
Ahahahahahhaahahaahaahahahaha mi part kiyaafaa Hama heeehee balivehje ????????????????adhi vakin izkaan as aireen ge baa that was so fun ??
Hama heveny hahahahha???????????
Liyaan mena vee goi vrh majaa ranaa anan Hedy maa hehehhe????????????????????
Ohhh anehkaa vss izkaan and neeshal dhimaa vee dhw hahaha mifaharu keveli kolu dhw ??????❤️❤️❤️❤️❤️❤️❤️❤️❤️
Izkaan ge frnds vss vrh majaa hhahaha?????????????
Heehee lolun fenvss aisi ???????
Hehehhe?????????????
Btw waiting for the next part ????????????❤️❤️❤️❤️❤️
Love uuu yoooon❤️❤️❤️❤️❤️
Stay safe and take gud care❤️❤️❤️
Hahahahahh serously adhi vxxx heveyn?????????????????
Alheii thank u so much Ril dear ?✨? Ahahah I am so glad that you enjoyed it dearlingss ?? ahaha yesh this time kevelikolhu ?✨? Vrh bodah swry for hthe delay.. yoon kurin dhuvahu had to go somewhere so ehnve upload nukolladhevunee.. Aww love u more Ril dear ?✨? Rlly happy to see your comments ?✨? U stay safe too nd take care dear ?✨? ahahahaha lol dear 😀
Mi bai kiaa nimunee hee hee gos rovenikoh. haadha majaey assukohves… Yoon varah molhu ingey.. hama satheyka.. waiting for the next part..
Aleyy issoke free vee maa upkohliyas ok vaane
Awwwwnnnn false that u became happy by seeing my cmnt
Ril vxx vrh happy
Hehehehhe