Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިން ލަފްޒުން (25)

Dheem&Eekku Level 410 Stories100 Login500 Login
December 3, 2020 12 Mins Read
6 Comments

އާޒިމްއާއެކު ހޯލުން ނުކުތް ސުހާންގެ ފައިން ވަރު ދޫވެ ތިރި ވެވުނެވެ. މޭގައި އަތް އަޅާލެވުނީ ނޭވާ ލާން ދަތި ވެގެންނެވެ.

“ސުހާން؟ ކިހިނެއްވި؟” އާޒިމް ހާސްވެފައި ބުނެލިއެވެ.

ސުހާންގެ ބޮލަށް ބަރުވެ ރިއްސަން ފެށިއެވެ. ނާށިގަނޑު ފަޅާލާފައި ސިކުނޑި ނުކުންނަން އުޅޭ ހެން ހީވާން ފެށިއެވެ. ސުހާން އަތުލަފިކޮށްގެން ތިރިއަށް ފޭބުނީ ކިރިޔާއެވެ. ނަމަވެސް ކާރާ ހަމައަށް ދެވެން ވާއިރަށް ސުހާންގެ ހަބަރު ހުސްވެގެން ބިންމައްޗަށް ވެއްޓުނެވެ.

****

އެމާޖެންސީ ރޫމުގެ ބޭރުގައި އާޒިމް ދެފަރާތަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ސުހާން އެތެރެއަށް ވެއްދިފަހުން މިހާރު ގަޑީރެއް ވެދާނެއެވެ. ސުހާންގެ ހާލަތު ސީރިއަސްކަމަށް އާޒިމްއަށް ޝައްކުވާން ފެށިއެވެ.

ސުހާން އާއި އާޒިމް އަކީ ކުޑައިރުގެވެސް ދެ އެކުވެރިންނެވެ. ސުހާން އެނބުރި ކެނަޑާއަށް ދިއުމުން އާޒިމްވެސް ކިޔެވުން ނިންމާލާފައި ކެނެޑާއަށް ދިޔައީ ސުހާންއަށް ކުރެވިފައިވާ ވައުދެއް ފުއްދުމަށެވެ. ކުޑަ އިރުންސުރެވެސް ދެމީހުން އެކީ ވިޔަފާރިއެއް ހިންގުމަކީ އެދެމީހުންގެ ހުވަފެނެކެވެ. ހުރި ހަމައެކަނި ރަހްމަތް ތެރިޔާއަށް ދެރަ ގޮތެއް ވެދާނެތީ އާޒިމް ހުރީ ހާސްވެފައެވެ.

އޭގެ ބައިގަޑީރު ފަހުން އެމާޖެންސީ ރޫމު ދޮރު ހުޅުވާލާފައި ނުކުތެވެ.

“ޑަކްޓަރު.. ސުހާން ކިހިނެއް؟” އާޒިމް އަހާލިއެވެ.

“މިވަގުތަށް ކޮންޓުރޯލް ކުރެވިއްޖެ.. އިތުރު އެއްޗެއް އެނގޭނީ ޕޭޓިއެންޓުގެ ސީޓީ ސްކޭންއެއް ހައްދާފަ” އެމީހާ ބުނެލިއެވެ. ވަގުތުން ސުހާން ސީޓީ ސްކޭން ރޫމަށް ވެއްދިއެވެ.

“ޕޭޓިއެންޓުގެ އާއިލާ އާ ބައްދަލު ކޮއްލަން ބޭނުން” ޑަކްޓަރު ބުނެލިއެވެ.

“މިވަގުތު ސުހާންގެ ހުރީ ހަމައެކަނި އަޅުގަނޑު.. ސުހާންއަށް ކިހިނެއްވީ؟” އާޒިމް އަހާލިއެވެ.

“ޕޭޓިއެންޓުގެ ހާލު ވަރަށް ސީރިއަސް. ޕޭޓިއެންޓުގެ ސިކުނޑީގެ ނާރެއްގައި ލޭގަނޑުވެފަ.” ޑަކްޓަރު ބުނެލިއެވެ. އާޒިމް ހުރީ ނޭވާ ހިފަހައްޓާލައިގެނެވެ. ޑަކްޓަރުގެ ބަސްތަށް އޭނާގެ ކަންފަތް ބުޑުގައި ގުގުމާކަހަލައެވެ.

“ސުހާން ސަލާމަތްކުރަން ކިއެއް ކުރަންވި؟” އާޒިމްއަށް އަހާލެވުނެވެ.

“ޕޭޓިއެންޓު ސްޓުރޯކެއް ނުޖެހި ސަލާމަތް ވެވުނީ ކިރިޔާ.. ނަމަވެސް ދެވަނަ ފަހަރަށް މިފަދަ ކަމެއް ދިމާ ވެއްޖެނަމަ ސްޓުރޯކެއް ޖެހުމުގެ ޗާންސް ބޮޑު. އެހެންވީމަ ވީހާވެސް އަވަހަކަށް ސާޖަރީ ހެދުން މުހިންމު” ޑަކްޓަރު ބުނެލިއެވެ.

“ސާޖަރީ އެއް ހަދާހާ ސީރިއަސްތަ؟” އާޒްމް ހާސްވިއެވެ.

“އާން.. ސިކުނޑީގެ ލޭ ނާރެއްގަ ލޭގަނޑުވެފަ ހުރީ.. ރަނގަޅަށް ލޭ ދައުރު ނުވާތީއާ އޮކްސިޖަން ނުފޯރާތީ ނާރުތަށް މަރުވުމުގެ ފުރުސަތު އޮންނާނެ.. އޭރުން މީހާ ކޯމާއަކަށް ދިއުމުގެ ފުރުސްތުވެސް ބޮޑު.. “ބުލަޑް ކުލޮޓޫ” އެއްކޮށް ނައްތާލަން ޖެހޭނީ” ޑަކްޓަރު ބުނެލިއެވެ.

 

ސުހާން އޮޕެރޭޝަން ރޫމަށް ވެއްދުމުގެ ކުރިން އާޒިމް އޭނާގެ ހާލު ބަލާލަން ވަނެވެ. އެއްވެސް ހަރަކާތެއް ނެތި އެނދުމަތީ ސުހާން އޮތް އިރު ހީވަނި އޭނާގެ އެންމެ ފަހު ދުވަސްތަށް ގުނަމުން ދާ ހެނެވެ. އަތަށް ގުޅާފައިވާ ކެނިއުލާއިން އައިވީ ދެމުން ދިޔައެވެ. ހިތުގެ ވިންދާ ޕުރެސަރު ބަލާ މެޝިނުތަށް ގުޅާފައި ހުރިއިރު ނޭވާލުމަށްވެސް ވަނީ އޮކްސިޖަން މާސްކު ގުޅާފައެވެ. މަރުގެ ހަމަ ހިމޭންކަމެއްވާ އެ ކޮޓަރިން އިވެނީ މެޝިންތަކުގެ އަޑާއި މާސްކުގެ އެހީގައި ސުހާން ނޭވާ ލަމުން ދިޔަ އަޑެވެ.

އާޒިމް އެނދު ކައިރީ ގޮނޑިއެއްގައި އިށީންދެ ބޮލުގައި އަތް އަޅާލިއެވެ. އޭނާގެ އެއްބަނޑު އެއްބަފާ ބޭބެއެއް ފަދަ އެކުވެރިޔާ އޮތް ހާލު ފެނި އާޒިމްގެ ހިތަށް ފުން އަސަރުތަކެއް ކުރިއެވެ. ސުހާންގެ ދިރިއުޅުމުގެ ކަންތައް އެންމެ ގާތުން ދެކެފައިވާ އެކަކީ އާޒިމްއެވެ. އަމިއްލަ ބައްޕަ ކައިރީ ސުހާން ބޮޑުވި ހާލުވެސް އެންމެ ރަނގަޅަށް އެނގޭނީ އާޒިމްއަށެވެ. ކެނެޑާއަށް ގޮސް ބަލި މަންމަ ބަލަމުން ވިޔަފާރީގެ ކަންތަށް ބަރާބަރަށް ބަލަމުން ސުހާން އުޅުނު ހާލު އެންމެ ރަނގަޅަށް އެނގޭނީވެސް އޭނާއަށެވެ. އަމިއްލަ ހައްޓަށާ ސިއްހަތަށް ފަރުވާލެއް ނެތި އުޅެމުން އައި ސުހާންގެ މޫނުމަތިން ދުވަހަކުވެސް ވަރުބަލި ކަމެއް ނުވަތަ ފޫހިކަމެއް ފެނިފައެއް ނުވެއެވެ. ނަމަވެސް ފާއިތުވި ދުވަސްތަކު ސުހާންގެ މޫނު ފެނި އާޒިމްވެސް ހަމްދަރުދީ ވެއެވެ. އަބަދުވެސް ވަރަށް ގަދަވެގެން އުޅޭ ސުހާން މިހާރު އޮތް ހާލު ފެނި އާޒިމް ހިތާމައިން ފުރުނެވެ. އާޒިމްގެ ދިރިއުޅުން ފަދައިން ސުހާންގެ ދިރިއުޅުން އުފާވެރިވެފާ ފަސޭހަ ނުނީ ކީއްވެބާއޭ އާޒިމް ހިތަށް އެރިއެވެ. ސުހާންގެ ދިރިއުޅުމަށް ހިތާމައަކަށް ފަހު ހިތާމައެއް އަންނަނީ ސުހާންގެ ކޮން ކުށެއް އޮވެގެން ހެއްޔެވެ.

 

 

ވިޝާމް އޮފީހުން އައިރު އަހްމަދު އޭނާގެ އިންތިޒާރުގައި ހުއްޓެވެ. ވިޝާމް އެތެރެއަށް ވަނުމާއެކު އޭނާގެ މޫނަށް މަރުހަބާ ކީ އަހްމަދުގެ ބާރުގަދަ އަތް ތިލައެވެ. އަހްމަދު ކަމަކާ ނުލާ އޭނާގެ މުނުމަތީގައި ޖެހުމުނެ ވިޝާމް ހައިރާންވިއެވެ.

“ބައްޕާ!” ވިޝާމްއަށް ގޮވާލެވުނެވެ.

“އަހްމަދު.. ކިހިނެއްތަ ވީ؟ ކީއްވެ ތި ޖެހީ؟” ވަސީމާވެސް ދުވަމުން ކަހަލަ ގޮތަކަށް އައެވެ.

“ވަސީމާ މަޑުން ހުރޭ.. ވިޝާމް ތިހުރީ ހަމަ ހޭގަތަ؟” އަހްމަދު ހަޅޭ ލަވައިގަތެވެ. އަހަމްދަކީ ރުޅިގަދަ މީހަކަސް މިހެން ބާރަށް ޒުވާބުކޮށް އަނިޔާވެރިވާ މިހެއް ނޫނެވެ.

“އަޅުގަނޑަކަށް ނޭނގޭ ބައްޕަ ތި ކިޔާ އެއްޗެއް” ވިޝާމް އޭނާގެ މޫނުގައި ފިރުމާލަމުން ބުނެލިއެވެ.

“އެނގޭނެ.. ބަލަ އަހަރެން ވިޝާމްއަށް ވިޔަފާރި ހަވާލު ކުރީ ހާދަ އިތުބާރެއް ކޮއްފައޭ.. ވިޔަފާރީގެ ދެބައި ކުޅެ އެއްބައި ވިޝާއަށްވެސް ދިނީ ތިއީ އަހަރެންގެ ދަރިއެއް ވީމަ.. އެކަމު މިއަދު އެ ހުރިހާ އެއްޗެއް ހަމްޒާގެ ނަން މައްޗަށް ދިޔައީ ކީއްވެ.. މިހާރު އަހަރެންގެ ވިޔަފާރީގެ ބޮޑުބައެއް ވަނީ އޭނާގެ އަތުގަ” އަހްމަދު ބުނެލިއެވެ.

ވިޝާމް ބުނާނެ އެއްޗެއް ނޭގިގެން އިސްދަށަށް ޖަހާލިއެވެ.

“އެ ހަމްޒާ އޭނާގެ ދަރިފުޅު ވިޝާމް އާ ދެވަން އެއްބަސްވި ކީއްވެކަން މިހާރު އެނގިއްޖެ.. އަންހެނަކަށް ޓަކައި ހުރިހާ އެއްޗެއް ހަމްޒާއަށް ދިން އިރު އަހަރެމެންނާ ދޭތެރޭ ވިސްނާލިންތަ” އަހްމަދުގެ އަޑު ބާރުވިއެވެ.

“ދަރިފުޅާ.. ބައްޕަ އެބުނީ ތެދު ވާހަކައެއްތަ.. ބުނެބަލަ.. އެއީ ތެދެއްތަ؟” ވަސީމާ ވިޝާމްގެ އަތުގައި ހިފާ ތަޅުވަން ފެށިއެވެ.

“އާން.. އާން ހުރިހާ އެއްޗެއް ހަމްޒާ އަށް ދިނިން. މިހާރު އަހަރެމެންގެ ވިޔަފާރީގެ ބޮޑު މީހާއަކީވެސް ހަމްޒާ.. ދެން ކޮބާ މައްސަލައަކީ.. އަހަރެން ބޭނުން އެއްޗެއް ހޯދަން އަހަރެން ކޮންމެ ކަމެއްވެސް ކުރާނަން” ވިޝާމްވެސް ހަޅޭ ލަވައި ގަތެވެ.

“ކަލޭ ލަދެއް ނުގަނޭތަ.. އެ ހަމްޒާ އަކީ ލާރިއާގެން ބޫތު ކައިފަ ހުންނަ މީހެއް. އޭނާއަކީ އަހަރެމެންގެ ވިޔަފާރިއަށް އަބަދުވެސް ދަހިވެތިވާ މީހެއްކަން ހަމަ ރަނގަޅަށްވެސް ވިޝާމްއަށް އެނގޭ.. ވިޝާމް ތިކުރި ކަމަކުން އަހަރެމެން މަގަށް ގިނަވެ މީހުން ކައިރީ ސަލާން ޖަހަން ޖެހިދާނެ ކަމެއް ނޭނގޭތަ. ތިއީ އަމިއްލަ އެދުން ބޮޑު މީހެއްކަން މިހާރު އެނގިއްޖެ.” އަހްމަދު ރުޅި މައިތިރި ކުރަން ފުން ނޭވާއެއް ލަމުން ބުނެލިއެވެ.

“އަހަރެންތަ އަމިއްލަ އެދުން ބޮޑީ.. އެންމެ ކުރިންވެސް ހަމްޒާ އަހަރެންނާ ލަމްހާ ދެވަން އެއްބަސްވީ ލާރިއާގެން، ހަނާއާ އަހަރެން ދެވަން ބައްޕަ ބޮލާށް އެރުނީވެސް އެހެންވެ.. އަހަރެން މިލާރިއެއް ބޭނުމެއް ނޫނޭ.. އަހަރެން ބޭނުންވަނީ ލަމްހާ. ހަމައެކަނީ ލަމްހާ.. ބައްޕަމެން އަހަރެންނާ ދޭތެރޭ ނުވިސްނާއިރު ކީއްކުރަން އަހަރެން އެކާމާ ވިސްނަންވީ” ވިޝާމް ބުނެލިއެވެ.

“ވިޝާމް!!” އަހްމަދު އަނެއްކާވެސް ވީޝާމްގެ މޫނުމަތީގައި ޖެހިއެވެ. އަހްމަދު ޖެހިލެ ބާރުކަމުން ވިޝާމްއަށް ފަހަތަށް ޖެހިލެވުނެވެ.

“ބައްޕަ އަކީ އަހަރެން ދެކެ ލޯބިވާ މީހެއް ނޫން.. އަހަރެން މިއީ ބޭކާރު މީހެއް.. ކަލެމެންނަށް ހުރި ހަލާކެއް އެހެއްނު.. ކުޑައިރުން ސުރެވެސް އަހަންނަކީ އެއްވެސް ކަމަކަށް މޮޅު މީހެއް ނޫން. ބައްޕަގެ ދޮށީ ދަރި ސުހާންހާ އަހަރެން މޮޅު ނުވުން އެއީ އަހަރެންގެ ކުއްތަ.. ދެން ކީއްވެ އަހަރެންގެ ބަދަލުގަ ސުހާން ބަލައި ނުގަތީ.. ސުހާންގެ ބަދަލުގަ އަހަރެން ފޮނުވާލިނަމަ މިހެނެއް ނުވީހެއްނު” ވިޝާމް އެހެން ބުނެފައި ތެދުވިއެވެ.

އަދި ބޭރަށް ދިޔުމަށް ހިނގައި ގަތެވެ.

“ވިޝާމް ކުރިއަކުން ތިހެނެއް ނޫޅޭ.. ވިޝާމް ލަމްހާއާ އިންނަން އެހާ ބޭނުންވާ ސަބަބު މިހާރު އެނގިއްޖެ.. ލަމްހާ ލޯބިވަނީ ސުހާން ދެކެ ވީމަ.. ވިޝާމްގެ ހިތަކީ ހަސަދައިން ފޯވެފައިވާ ހިތެއްކަމެއް އަހަރެން ކުރިއަކުން ނުދެނަ ހުރިން” އަހްމަދު އެހެން ބުނުމުން ވިޝާމް ހުއްޓުނެވެ. ނަމަވެސް ދެވަނަ ސިކުންތު ބާރު ހިނގުމެއްގައި ގޮސް މަގުގައި އޮތް އޭނާގެ ކާރަށް އެރިއެވެ.

ބާރު ދުވެއްޔެއްގައި ކާރު ދުއްވަމުން ދިޔައިރު ވިޝާމްގެ ލޮލުން ކަރުނަ އޮހެމުން ދިޔައެވެ. އިރު އިރުކޮޅަ ދެލޮ ފުހެލާ ނޭފަތް ދަމާލައެވެ. ތެދެކެވެ. ވިޝާމްގެ ހިތް ވަނީ ހަސަދައާ ދަހިވެތިކަމުން ފޯވެފައެވެ. އެކަމުގެ އަސްލަކީ ސުހާންއެވެ.

ސުހާން އެއާއިލާއަށް ގެނައި ފަހުން އެންމެވެސް އެދެމީހުން އަޅާ ކިޔައެވެ. ކުޑައިރުވެސް ސުހާން އަކީ ވިސްނުން ތޫނު ކުއްޖެކެވެ. ހުރިހާ ކަމެއްގައިވެސް ސުހާން ވިޝާމް އަށްވުރެ އެތައް ތަނެއް މޮޅެވެ. ސުހާންއަށް އުނދަގޫކޮށް ޖެއްސުން ކުރަން ފެށުނީ އެހެންވެއެވެ. ސުހާން ނުކުރާ ކަންތަކަށް ދާންދެން ވަސީމާއާ އަހްމަދު ކައިރީ ކިޔަމުން ދިޔައީ އެމީހުންގެ ހިތުގައި ސުހާން އާ ދެތެރޭ ނަފްރަތު އުފައްދާށެވެ. ސުހާން އޭނާގެ މައިންބަފައިވެސް އޭނަ އަތުން ޖަހާ ގަނެދާނެ ކަމުގެ ބިރުންނެވެ. އެއީ އޭނާގެ ޅަސިކުނޑި ވިސްނަ ދޭ ގޮތެވެ. ސުހާން ފޮނުވާލުމަށް ފަހު މީހުންގެ އަޅާލުމާ ސަމާލުކަން ވިޝާމްއަށް ލިބުމުން އެހިތުގައިވާ ހަސަދަ ކުޑަ މިންވަރެއް ނަމަވެސް ކުޑަވިއެވެ.

ނަމަވެސް ކޫބެކުން ސުހާން ފެނުނު ފުރަތަމަ ދުވަހުންވެސް އެހިތުގައިވި ހަސަދައާ ނަފްރަތުގާ އަލުން ހުޅު ހިފީއެވެ. ވިޝާމް މަންމަމެން ދޭ އެއްޗެހި ކައިގެން އުޅޭއިރު ސުހާން އަމިއްލަ ފައިމައްޗަށް ތެދުވެ އެހާ މޮޅު މީހަކަށް ވުމުން އޭނާ ހަސަދަ ވެރިވީއެވެ. ހަސަދަ ވެރި ކަމަކީ މީހާ ހަލާކު ކޮއްލާ ހާދަ ނުބައި ސިފައެކެވެ.

ސުހާންއާއި ލަމްހާގެ ގުޅުން އެނގުމުން އެހިތަށް ކެތް ވާނި ކިހިނެއް ހެއްޔެވެ. ވިޝާމް ފުރަތަމަ ލޯބި ވި ކުއްޖާ ސުހާންގެ އަތުތެރޭ ވަނިކޮށް ދެކޭނީ ކިހިނެއް ހެއްޔެވެ. ލަމްހާ ލޯބިވާ މިހާއަކީ ސުހާން ނޫންނަމަ ވިޝާމް ގަދަކަމުން ލަމްހާ އެމީހަކާ ދުރެއް ނުކުރީހެވެ. އޭނާ ލަމްހާ ދެކެ ލޯބި ވިނަމަވެސް އެހެނެއް ކަންތަކެއް ނުކުރީހެވެ. ވިޝާމްގެ ރޭވުމަކީ ލަމްހާ ދެރަ ކުރުމެއް ނޫނެވެ. ސުހާން ދެރަ ކުރުމެވެ. ނަމަވެސް އޭނާގެ ނުވިސްނޭ ސިކުނޑި ރާވަމުން ދިޔަ ކުޅިގަނޑުން ހަލާކުވެގެން އެދަނީ އަމިއްލަ ދިރިއުޅުން ކަމެއް އޭނާއަށް އެނގޭނީ ކިހިނެއް ހެއްޔެވެ.

 

އެއް ރެއެވެ. ކުއްލިއަކަށް ދިމާވި ޓުރެފިކު އެކްސިޑެންޓެއްގެ ސަބަބުން ހަމްޒާ ހޮސްޕިޓަލުގައި އެޑު މިޓު ކުރެވުނެވެ. ހަމްޒާއަށް މާބޮޑު އަނިޔާއެއް ނުލިބުނަސް އޭނާގެ ފައިގެ ދެތަނެއް ވަނީ ފުރެކްޗާ ވެފައެވެ. ލުވޭޒާ ހަމްޒާ ގާތު މަޑު ކުރުމުން ލަޔާން އާއި ލަމްހާ އެނބުރި އޮފީހަށް ދިޔައެވެ.

މިއަހަރުގެ ސޭލްސް ކުރިއަށްވުރެ ދައްވުމުގެ ސަބަބުން ބޭއްވުނު ކުއްލި މީޓިންގައި ލަމްހާ އިންއިރު ލަޔާން ދައްކަމުން ދިޔަ ވާހަކައަކަށް މާބޮޑު ސަމާލުކަމެއް ނުދެވެއެވެ. އޭނާއަށް ވިސްނެމުން ދަނީ ސުހާންއާ ދޭތެރޭގައެވެ. އެރެއަށް ފަހު ސުހާންގެ ހަބަރެއް ނުވާތީ ލަމްހާ ހުރީ ހާސްވެފައެވެ. ސުހާން ހިތަށް އަރާނެ އެއްޗެއްވެސް އަދި އޭނާ އުޅޭނެ ހާލެއްވެސް ލަމްހާއަށް ހިތަށް އަރާލަންވެސް ދަތިވާނެއެވެ. ސުހާންގެ މަގާމުގައި ލަމްހާ ހުރިނަމަވެސް އޭނާއަށްވެސް ކެތެއް ނުވާނެއެވެ. ލަމްހާ ހީކުރީ އޭނާ ކައިރިން އެވާހަކަ އޮޅުން ފިލުވަން ސުހާން އަންނާނެ ކަމަށެވެ. ނަމަވެސް ސުހާން ނުފެންނަތާ ގުޅާވެސް ނުލައެވެ.

“އަނެއްކާ ސުހާން ދިޔައީބާ؟ އަހަރެމެން ދެމީހުންގެ ގުޅުން މިހާ ހިތިކޮށް ނިމިގެން ދިޔައީބާ؟ ” ގަލަމު ފޫހަފަން އިންއިރު އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ.

މީޓިން ނިމުމުން ލަމްހާ އޭނާގެ ކެބިންނަށް ދިޔައެވެ. ލަމްހާގެ އާދަޔާ ހިލާފު މިޒާޒު ލަޔާންއަށް ފާހަގަ ކުރެވުނެވެ. ލަމްހާ އަމިއްލަ ހިޔާލަކަށް ގެއްލިފައި އިންދާފެނުމުންވެސް އަޅާނުލީ މިހާރު ލަމްހާ އުޅެމުން ދާ ހާލު އޭނާއަށް އަންދާޒާ ކޮއްލެވޭތީއެވެ. ކައިވެނި ކުރަން ހަމަޖެހިފައިވާ ދުވަސް ކައިރިވި ވަރަކަށް ލަމްހާ އެކަމާ ވިސްނާނެކަން ލަޔާންއަށް އެނގެޔެވެ.

ކެބިންނަށް ވަދެފައި ލަމްހާ ގޮނޑީގައި އިށީނެވެ. ފޯނު ނަގާފައި ލަމްހާ ނަންބަރުތަށް ބަލަން ފެށިއެވެ. ސުހާންގެ ނަންބަރަށް ގުލާލަން އޭނާ ބޭނުންވިއަސް އޭނާ ފިނޑިވިއެވެ. މިހާރު ގުޅުމުގެ ބޭނުމެއް ކޮބާ ހެއްޔެވެ. ސުހާން މަތިން ހަނދާން ނައްތާލަން މިއީ ރަނގަޅު ފުރުސަތެއް ނޫން ހެއްޔެވެ. އޭނާގެ އަމިއްލ ސިކުނޑިއަށް ވިސްނަދޭން އުޅުމުންވެސް އޭނާގެ ހިތް އެކާމާ ދެކޮޅު ހަދަނީއެވެ. ސުހާންގެ ހާލުބަލަން އޭނާ ބޭނުމެވެ. ސުހާން ގޯސް ފިޔަވަޅެއް އަޅާފާނެތީ ލަމްހާ ބިރުގަންނަނީއެވެ.

އެންމެ ފަހުން އޭނާ ތެދުވެގެން ގޮސް ލަޔާންގެ ކެބިންނަށް ވަނެވެ.

ދޮންބޭ.. ދޮންބެ ރައްޓެހި އާޒިމްގެ ނަބަރު ދީދަނަންތަ؟” ލަމްހާ ބުނެލިއެވެ.

“އާން.. ކިހިނެއްވީ؟” ލަޔާން އަހާލިއެވެ.

“އަނޭ.. އަމް.. ސުހާންގެ ހާލު ބަލާލަން.. އަހަރެން އެބަ ވަރަށް ކަންބޮޑުވޭ” ލަމްހާ ބުނެލިއެވެ.

“މަޑުކުރޭ ބަލާލާނަން” ލަޔާން އެހެން ބުނެފައި ފޯނު ނެގިއެވެ. އިރުކޮޅަކު ފޯނަށް ބަލަން އިނދެފައި ލަމްހާއަށް އާޒިމްގެ ނަންބަރު ފޮނުވާލިއެވެ. އެއީ ލަމްހާގެ ނަންބަރު ހޯދަން އާޒިމް ގުޅި އޭނާގެ މިހާރުގެ ނަންބަރެވެ.

“ތެންކްސް ދޮންބޭ” ލަމްހާ ހީލާފައި އެތަނުން ނުކުތެވެ.

އިމާރާތުގެ ޓެރެސް މައްޗަށް އެރުމަށްފަހު ލަމްހާ އާޒިމްގެ ނަންބަރަށް ގުޅާލިއެވެ. އިރުކޮޅަކު ރިންގުވިތަނާ އާޒިމް ފޯނު ނެގިއެވެ.

“އާޒިމް.. މިއީ ލަމްހާ” ލަމްހާ ބުނެލިއެވެ.

“ލަމް ދޯ.. ކިހިނެއްވީ.. ކަމަކުތަ؟” އާޒިމް ބުނެލިއެވެ.

“ސުހާން ކޮބާ؟ އޭނަ ކޫބެކަށް ދިޔައީތަ؟” ލަމްހާ އަހާލިއެވެ.

“ލަމްގެ ތިސުވާލަށް ޖަވާބު ދިނުމުގެ ކުރިން އަހަރެންވެސް ބޭނުން ވާހަކައެއް އަހާލަން.. އެރޭ ޕާޓީގަ ވީ ކިހިނެއް؟ ސުހާން މާ ދެރަވެފަ ހުރީ ލަމްހާ ކީކޭ ބުނީމަ” އާޒިމް އަހާލިއެވެ.

“އާޒިމް.. އަހަރެން އެވާހަކަ ދައްކާކަށް ބޭނުމެއް ނޫން..” ލަމްހާ ބުނެލިއެވެ.

“ނޫން.. އަހަރެން އެވާހަކަ އަޑުއަހަން ބޭނުން.. ސުހާން ކިހިނެއްތޯ ބަލަން ބޭނުމިއްޔާ އާދޭ ހޮސްޕިޓަލަށް.. އަހަރެން މިހުރީ ހޮސްޕިޓަލުގަ” އާޒިމް ބުނެލިއެވެ.

“އެކީއްވެ ހޮސްޕިޓަލުގަ.. ސުހާންއަށް ކަމެއްވީތަ؟” ލަމްހާ ހާސްވެފައި އަހާލިއެވެ.

“އައީމަ އެނގޭނެ” އެހެން ބުނެފައި އާޒިމް ފޯނު ކަނޑާލިއެވެ. ފޯނު ޖީބަށް ޖަހާލާފައި ލަމްހާ އަވަހަށް ތިރިއަށް ފޭބިއެވެ. ކޮންޕެނީ ކައިރިން ކާރެއް ނަގައިގެން ލަމްހާ ހޮސްޕިޓަލާ ދިމާއަށް މިސްރާބު ޖެހިއެވެ. އޭނާގެ މޭ ގޮތްނޭގޭ ގޮތަކަށް ތެޅެނީއެވެ. އޭނާގެ ހިތް ބިރުގަންނަމުން ދަނީއެވެ. އޭނާއާ ހުރެ ސުހާންއަށް ކަމެއް ވެއްޖެ ނަމަ ލަމްހާ އޭނާގެ ނަފްސަކަށް މާފެއް ނުކުރެވޭނެއެވެ.

އާޒިމް ބުނި ކޮޓަރިއާ ހަމައަށް ދެވުނުއިރު ލަމްހާއަށް މައި ނޭވާ ލެވެމުން ދިޔައެވެ. ދުވެފައި އައުމުން ލަމްހާ ހުރީ ވަރުބަލި ވެފައެވެ.

ސުހާން ބާއްވާފައި އޮތް ކޮޓަރި ބޭރުގައި ގޮނޑިއެއްގައި އިށީންދެ އާޒިމް އިނެވެ. ލަމްހާ އައުމުން އާޒިމް ކޮޅަށް ތެދުވިއެވެ.

“ސުހާން ކޮބާ؟” ލަމްހާ އަހާލިއެވެ.

“ވަދޭ އެތެރެއަށް” އާޒިމް އެހެން ބުނެފައި ދޮރު ހުޅުވައި ދިނެވެ. ދޮރުން އެތެރެއަށް ވަދެގެން ދިޔަ ލަމްހާއަށް އެނދުމަތި އޮތް ސުހާން ފެނިފައި ފިޔަވަޅު ހުއްޓުނެވެ. މެޝިންތަކެއް ގުޅާފައި އޮތް ސުހާންގެ ބޮލުގައި ވަނީ ބެންޑޭޖު ކުރެވިފައެވެ. ސުހާންގެ މޫނު ހުދުވެފައި އެއްވެސް ދިރުމެއް ނެތެވެ. ސުހާންގެ ހިތްގައިމު މޫނުމަތި ވަނީ މޯޅިވެފައެވެ. ދެލޯ މަރާލައިގެން އޮތް ސުހާން އަދިވެސް ހެޔެއް ނާރައެވެ.

ލަމްހާ ބަރު ފިޔަވަޅު ތަކެއްގައި ސުހާންގެ އެނދު ކައިރިއަށް ދިޔައެވެ. ކެނިއުލާ ގުޅާފައިވާ އަތް ނޫން އަނެއް އަތުގައި ލަމްހާ ހިފާލިއެވެ. އެއަތުގައި މަޑު ތުރު ތުރެއް އުފެދުނެވެ. ކޮޓަރީގައިވީ ހަމަ ހިމޭންކަން ނަގާލީ ލަމްހާގެ ގިސްލުމުގެ އަޑެވެ.

ސުހާން ހިތް ރޮއްވާލުމަށްފަހު އޭނާއަށް ރުއިމުގެ ހައްގުވެސް ނެތްކަމަށް ނިތްމައިގެން ނުރޯން ހުރި ލަމްހާގެ ކަރުނަތަށް ހިފަހައްޓައެއް ނުލެވުނެވެ. އެނދު ކައިރިއަށް ތިރި ވެފައި ލަމްހާ ސުހާންގެ އަތުގައި މޫނު ޖައްސާލިއެވެ. ލަމްހާގެ ވޭނީ ގިސްލުމުގެ އަޑު އިވުމުން އާޒިމްގެ ހިތަށްވެސް ތަދުވިއެވެ. ނަމަވެސް ލަމްހާ ކައިރިއަށް ދާކަށް އޭނާ ބޭނުމެއް ނުވިއެވެ. ލަމްހާ އަށް ވަގުތު ކޮޅެއް ދީފައި އާޒިމް ނުކުތީ ބޭރަށެވެ.

“ސުހާން.. ލޯހުޅުވަބަލަ.. ކީއްވެ ތިހެން ތިއޮންނަނީ.. އަހަންނަށް މާފްކުރޭ.. އައިމް ސޮރީ ސުހާން” ލަމްހާ ގިސްލުމުގެ ތެރެއިން ބުނަމުން ދިޔައެވެ.

ސުހާންގެ އަތުގައި މޫނު ޖައްސާލައިގެން ހުރެ އޭނާ ރޮމުން ދިޔައެވެ.

“ސުހާން ޕުލީސް އަހަރެންނަށް ތިހެން ނުހަދާ.. ސުހާންއަށް ކަމެއް ވެއްޖެއްޔާ އަހަރެން ދިރި ހުންނާނި ކިހިނެއް.. “ލަމްހާ އޭނާގެ ނަފްސު ކުއްވެރި ކުރެވުނެވެ.

އިރުކޮޅެއް ފަހުން ކޮޓަރި ދޮރު ހުޅުވާލާފައި ވަތް މީހުނަށް ލަމްހާ ބަލާލިއެވެ.

ހިތާ ދެކޮޅަށް ސުހާންގެ އަތުން ދޫކޮއްލާފައި ލަމްހާ ބޭރަށް ނުކުތީ ޑަކްޓަރު ބަލަން އައުމުންނެވެ.

“ލަމް.. އިށީންދެބަލަ މިތާ” އާޒިމް ބޭރުގައި ހުރި ގޮނޑި ދައްކާލަމުން ބުނެލިއެވެ.

“ލަމް.. އެރޭ ސުހާން އެހާ ޝޮކެއް ޖެހޭވަރުގެ ކޮންކަމެއްތަ ވީ.. ސުހާން ބުރެއިން ސްޓުރޯކެއް ޖެހުނީ ބޮޑަށް ދެރަވެ ޝޮކެއް ޖެހުނީމަ” އާޒިމް ބުނެލިއެވެ.

“އަހަރެމެން ބުރޭކަޕްވީ.. އަހަރެން ވިޝާމްއާ އިންނަން އުޅޭކަން ސުހާންއަށް އެނގުނީ” ލަމްހާ އިސްދަށަށް ޖަހާލައިގެން ހުރެ ބުނެލިއެވެ.

“ކީކޭ؟ ވިޝާމްއާ އިންނާށޭ؟ ސުހާން ކިޔައެއް ނުދޭތަ ވިޝާމް ކުރި ކަންތަކެއް؟” އާޒިމް އަށވެސް ލިބުނީ ޝޮކެކެވެ.

“އެނގޭ.. އަހަރެމެން ދުރު ކުރީ ވިޝާމް ކަންވެސް އެނގޭ.. ސިއާ އާއި ސުހާންގެ ދެމެދު އެކަހަލަ ގުޅުމެއް ނެތް ކަންވެސް އެނގޭ” ލަމްހާ ބުނެލިއެވެ.

“ދެން ކީއްވެ؟ ސުހާންއަށް ތިވަރު ބޮޑު އަނިޔާއެއް ދިނުމުގެ ބޭނުމަކީ ކޮބާ؟ ލަމް ވިޝާމްއާ އިންނަންވީ ކީއްވެ؟” އާޒިމް އަށް ރުޅިއާދެވުނެވެ. ސުހާން ލަމްހާ އާއި ލީންދެކެ ލޯބި ވާވަރު އާޒިމްއަށް އެނގެޔެއެވެ.

“މިއީ ހައްތަހާވެސް އަހަރެންގެ ކުށް.. އަހަރެން ސުހާންއާ ރައްޓެހި ނުވިނަމަ މިހެނެއް ނުވީސް.. އަހަރެންނަށް ސުހާންދެކެ ލޯބި ނުވެވުނު ނަމަ” ލަމްހާއަށް އަނެއްކާ ވެސް ރޮވުނެވެ.

“ލަމް.. އަހަރެން ވަރަށް ހިތްހަމަ ނުޖެހިއްޖެ.. ލަމް ވިޝާމްއާ އިންނަން ތިއުޅެނީ ބައްޕަގެ އެދުމަށް. ހަމްޒާދެކެ ބިރުން. އެކަމު އަހަރެން ހިޔެއް ނުކުރަން ލަމް ތިހާ ސެލްފިޝް ވާނެ ކަމަކަށް. ލަމް ތިގޮތަށް ކަންތަށް ކުރީމަ ސުހާންއަށް އޮތީ ކޮން އިންސާފެއް. އެއްވެސް ކުށެއް ނެތީސް އޭނާގެ ހިތް ތިހަލާކު ކޮއްލީ. ނުވިތާކަށް ސުހާންއާ ރުޅި ވެފަ އިންނަން ތިއުޅެނީ ސުހާންގެ އެއްބަފާ ކޮއްކޮއާ” އާޒިމް ބުނެލިއެވެ.

“ވިޝާމް އަކީ އަބަދުވެސް ސުހާންގެ އުފާތަކަށް ހުރަސް އަޅާ މީހެއް. ކުޑައިރުން ސުރެވެސް ވިޝާމް ކަންތަށް ކުރަނީ އެހެން. ވިޝާމް ލަމްހާ އާ އިންނަން އެއުޅެނީ ލޯތްބަކުން ނޫން. ސުހާންގެ ދިރުއުޅުން ހަލާކު ކޮއްލަން. އެއީ އޭނާ ބޭނުންވާ ކަމަކީ. ވިޝާމްއާ އިނދެގެން ސުހާންގެވެސް އަދި ލަމްހާގެވެސް ދިރިއުޅުން ހަލާކުވާނީ.. ލަމް މިކަމާ ވިސްނާނެ ކަމަށް އުންމީދު ކުރަން” އާޒިމް ބުނެލިއެވެ. އަދި ގޮނޑިން ތެދުވިއެވެ.

“އާޒިމް.. އަހަރެންނަށް އެނގޭ ސުހާންގެ ހާލު ބެލުމުގެ ހައްގެއްވެސް އަހަރެންގެ ނެތްކަން.. އެކަމު ސުހާންގެ ބައްޔާ ބޭހޭ ގޮތުން ހުރިހާ ވާހަކައެއް އަހަންނަށް ކިޔައިދީ.. ޝޮކެއް ޖެހުނަސް ސިކުނޑީގެ ސްޓުރޯކެއް ޖެހެންވީ ސަބަބެއް އޮންނާނެ” ދެލޯ ފުހެލަމުން ލަމްހާ ބުނެލިއެވެ.

އާޒިމް ސުހާންގެ ބައްޔާ ބެހޭގޮތުން ހުރިހާ ވާހަކައެއްވެސް ކިޔައި ދިނެވެ. ލަމްހާއަށް ސިއްރު ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ.

“ސާޖަރީ ހެދި ފަހުން އަދި ހެޔެއް ނާރާ.. ސުހާން ހޭއެރުމުން ނޫނީ އެއްޗޭކޭ ބުނާކަށްވެސް ނޭނގޭނެ” އާޒިމް ބުނެލިއެވެ.

އާޒިމްގެ ބަސްތަކުން ލަމްހާ މާޔޫސްވިއެވެ. ސުހާންއަކީ ބަލިމީހެއްކަން އެނގޭނަމަ ލަމްހާ މިހެނެއް ކަންތަކެއް ނުކުރީހެވެ. މުޅި ދުނިޔެ އޭނާއާ ދެކޮޅަށް ހުރިނަމަވެސް އޭނާ ސުހާންއާ އެކު ވާނެއެވެ. ހަގީގަތުގައިވެސް ލަމްހާ އޭނާގެ މި ނިންމުމާ ދޭތެރޭ ދެރަވާން ފެށިއެވެ.

 

“ބޭބޭ.. ކިހިނެއް މިހާރު” ހަމްޒާ އޮތް ކޮޓަރިއަށް ވަންނަމުން ވިޝާމް ގޮވާލިއެވެ. ދެލޯ މަރާލައިގެން އޮތް ހަމްޒާ ލޯހުޅުވާލިއެވެ.

“އަހަން ވިޝާމް.. އާދޭ އާދޭ” ހަމްޒާ ހިނިތުން ވެލިއެވެ.

“މިއައީ ބޮޑު ވާހަކައެއް ދައްކާލަން” ވިޝާމް ބުނެލިއެވެ.

“ކޮންވާހަކައެއް” ހަމްޒާ އަހާލިއެވެ. ވިޝާމް ހަމްޒާ ގާތު އިށީނެވެ.

“އަޅުގަނޑުގެ ހުރިހާ ހިއްސާއެއް ބޭބެއަށް ދިންކަން ބައްޕައަށް އެނގިއްޖެ.. އެކަމާ ބައްޕަ އެހުންނަނީ ވަރަށް ރުޅި ދުރުވެފަ. ބައްޕަ އަޅުގަނޑުގެ ކައިވެންޏަށް ނުގަބޫލު ވެދާނެތީވެސް ކަންބޮޑުވޭ” ވިޝާމް ބުނެލިއެވެ. ވިޝާމް ދައްކަން ފެށީ ރަނގަޅު ވާހަކައެއް ނޫންކަމުން ހަމްޒާ ނުރުހުންވިއެވެ.

“ތީގެ މާނައަކީ އެ ހިއްސާތަށް އަނބުރާ ދޭށޭތަ؟” ހަމްޒާ ބުނެލިއެވެ.

“އަޅުގަނޑު ލަމްހާ އާ އިނދެވެންދެން އަޅުގަނޑު ބޭނުން އެ ހިއްސާތަށް އަޅުގަނޑުގެ ނަން މައްޗަށް އަނބުރާ ބަދަލުކުރަން.  ކައިވެންޏަށް ފަހު އަޅުގަނޑުގެ ހުރިހާވެސް އެއްޗަކީ ހަމަ ބޭބެގެ އެއްޗެއް” ވިޝާމް ބުނެލިއެވެ. ހަމްޒާ ކައިރީ މިދެއްކެނީ ބޭކާރު ވާހަކަ ތަކެއްކަން އޭނާއަށް އެނގެޔެވެ.

“ހަހަ.. އަހަރެން މިއީ ތިހާ ގަޅި މިހެއް ނޫނޭ.. އަހަރެން ވިޝާމްއަށް ލަމްހާ ދޭން އެއްބަސްވީ އޭގެ ބަދަލުގަ ވިޝާމްގެ ހުރިހާ ހިއްސާއެއް ލިބޭގޮތަސް.. މިކައިވެންޏަށް ލަމްހާ ނުގާބޫލު އިރުވެސް އަހަރެން ގަދަކަމުން މިކަމެއް މިކުރަނީ މިސަބާބާ ހުރެ. ދެން ވިޝާމް ބުނާގޮތަށް ކަންތަ ކޮއްދިނީމަވެސް އަހަރެން ބޭނުންވާ އެއްޗެއް ވިޝާމް އަހަންނަށް ދޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތެއްނު” ހަމްޒާ ބުނެލިއެވެ.

“ބޭބޭ.. އަޅުގަނޑަށް އިތުބާރު ކުރޭ.. އަޅުގަނޑު ލަމްހާ އާ އިނދެވުނީމަ ބޭބެ ބުނާ ހުރިހާ ކަމެއްވެސް ކޮއްދޭނަން. ބޭބެ ބޭނުންވަނީ ވިޔަފާރި އެއްކޮށް ކަމަށްވިއަސް އެކަންވެސް ކޮއްދޭނަން” ވިޝާމް ބުނެލިއެވެ.

“ހަހަ.. ތިހާ ގަޅި ސިކުނޑިއަކުން ވިޔަފާރިއެއް ނުކުރެވޭނެ. އަހަރެމެން ދެމީހުންވެސް ކުރަން މިއުޅެނީ ކުޑަ ވިޔަފާރިއެއް” ހަމްޒާ ބުނެލިއެވެ.

“އަޅުގަނޑު ބައްޕައާ އަދި ވާހަކަ ދައްކާނަން.” ވިޝާމް ގޮތް ހުސްވެފައިވާ މީހެއް ފަދައިން ތެދުވިއެވެ.

ބޭރަށް ނުކުންނަން ދިޔައިރު ދޮރުމަތީ ހުރި ލުވޭޒާ ފެނިފައި ވިޝާމް ސިހުންވެ. އެނދުމަތީ އޮތް ހަމްޒާވެސް ހާސްވިއެވެ..

“ލުވޭޒާ.. އަހަރެން ހީކުރި އަދި ނާންނަ ކަމަށް” ހަމްޒާ މޫނު މަތީވި ހާސްކަން ފޮރުވަމުން ބުނެލިއެވެ

“ހަމްޒާ ތިހާސްވަނީ ތިދެމީހުން ދެއްކި ވާހަކައެއް އަހަންނަށް އިވުނު ކަމަށް ވަންޏާ ތި ހީވި ރަނގަޅަށް. އަހަރެން ހިޔެއް ނުކުރަން ހަމްޒާ ތިއީ ތިހާ ހިތް ހަރު ގޯސް މީހެއް ކަމަކަށް. ފައިސާއާ މުއްސަނދި ކަމަށް ދަހިވިއަސް ތިއީ ބޮޑު ވަރު. ލަމްހާއަށް މިކަން އެނގުނީމަ އެ ފަކީރު ހިތަށް އަރާނީ ކީކޭ..” ލުވޭޒާގެ ނުރުހުމުގެ ބަސްތަށް އިވުމުން ހަމްޒާ ތެދުވެ އެނދުގައި އިށީނެވެ.

 

ސުހާންގެ ކައިރީ އިނދެފައި ގެޔަށް ދިއުމުގެ ކުރިން ހަމްޒާގެ ހާލު ބަލާލަން ދާން އެކޮޓަރިއާ ދިމާއަށް އައި ލަމްހާއަށް ލުވޭޒާގެ ބާރު އަޑު އިވުނެވެ. ހުޅުވިފައިވާ ދޮރު ކައިރިއަށް ހުއްޓުނު ވަގުތު އިވެމުން ދިޔަ އަޑުން ލަމްހާ ހުއްޓުނެވެ.

“ލުވޭޒާ.. ތިހީވީ މުޅިން ގޯސްކޮށޭ.. އަހަރެން ދައްކާ ވާހަކަ އަޑު އަހާބަލަ” ހަމްޒާ ބުނެލިއެވެ.

“އަހަރެން ނޫޅެން އަޑު އަހާކަށް. ހަމްޒާއާ ވާހަކަ ދައްކާކަށްވެސް ބޭނުމެއްނޫން. ހަމްޒާގެ ހިތުގަ ލަމްހާ އައްޓަކައި ކުޑަވެސް ކުލުނެއް ވާނަމަ ތިހެނެއް ކަންތަކެއް ނުކުރާނެ. ފައިސާ އައްޓަކައި އަމިއްލަ ދަރިފުޅު ވިއްކާލިއިރު ހަމްޒާ ހަމަ އެކައްޗެއްވެސް ހިތަކަށް ނާރާތަ..” ލުވޭޒާ ބުނެލިއެވެ.

“ލުވޭޒާ ކީކެ ތިކިޔަނީ.. އަހަރެން މިއީ ތިކަހަލަ ވިޔާ ނުދާ މީހެއް ނޫނޭ.. އަހަރެން ލަމްހާ ކައިރީ ވިޝާމްއާ އިންނަން ބުނީ ވިޝާމް ލަމްހާ ދެކެ ލޯބިވާތީ” ހަމްޒާ ބުނެލިއެވެ.

“ހަމްޒާ ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ނިއްމަމުން ދިޔައިރު އެންމެ ފަހަރަކުވެސް އެ ދަރިފުޅާ ދޭތެރޭ ވިސްނާލިންތަ.. އެދަރިފުޅުގެ އުފާތަކަށް ވިސްނާލިންތަ. ހަމްޒާގެ އެދުމަށް ލަމްހާ ވިޝާމްއާ އިންނަން އެއްބަސްވީ އޭނާގެ ހިތުގައިވާ ލޯބި އެންމެނަށްވެސް ވަންހަނާ ކޮއްފަ. ލަމްހާ އިންތިހާއަށް ލޯބިވާ ކުއްޖަކު ހުރީރުވެސް އަމިއްލަ އުފާތަށް ގުރުބާން ކޮއްލީ ހަމަ ހަމްޒާއަށް ޓަކައި.. އެކަމު އޭގެ ބަދަލު ހަމްޒާ ތިދިނީ ކިހިނެއް.” ލުވޭޒާ ބުނެލިއެވެ.

ހަމްޒާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އިސް ދަށައް ޖަހާލީ ލަދުންކަމެއް ނޫނީ ދެރަވެގެން ކަމެއް ނޭނގެއެވެ.

ހަމަ ރަނގަޅަށްވެސް ލުވޭޒާ ހަމްޒާދެކެ ރުޅިއައެވެ. އެތަނުގައި ނުހުރެ ނުކުންނަން ދޮރާ ދިމާއަށް އެނބުރުނު ވަގުތު ލަމްހާ އެތެރެއަށް ވަނެވެ.

“ދަރިފުޅާ.. ލަމް” ލަމްހާ އާ ދިމާއަށް ބަލާލަމުން ލުވޭޒާއަށް ގޮވާލެވުނެވެ.

“ކީއްވެ؟ ބައްޕަ ކީއްވެ އަޅުގަނޑަށް ތިގޮތަށް ތި ކަންތަށް ކުރަނީ؟” ލަމްހާގެ އަޑު ކުރެކުނެވެ. ލަމްހާ ހަމަ ރަނގަޅަށްވެސް ހިތުގައި ޖެހުނެވެ. ބައްޕައާ މެދު އޭނާގެ ހިތް ޝަކުވާއިން ފުރުނެވެ.

“ދަރިފުޅާ..ބައްޕަ” ހަމްޒާ އިސްއުފުލާ ލަމްހާއާ ދިމާއަށް ބަލާލި ވަގުތު އޭނާގެ ދޫ ބަންދުވިއެވެ. އޭނާ ލަމްހާ ގާތު ދައްކަން އޮތީ ކޮން ވާހަކައެއް ހެއްޔެވެ.

“ކީއްވެތަ އެންމެންވެސް އަހަންނާ ދޭތެރޭ މިގޮތަށް ކަންތަށް ކުރަނީ؟ ކީއްވެތަ އަހަރެންގެ އިހްސާސްތަކަށް އެކަކުވެސް އަޅާ ނުލަނީ.. އަހަރެންވެސް މިއީ އިންސާނެކޭ.. އަހަރެންވެސް ދެރަވެއޭ.. ކީއްވެ ބައްޕަ އަހަރެންނަށް ތިހެން ހެދީ. އަހަރެންގެ ކުށަކީ ކޮބާ؟” ލަމްހާ އެހެން ބުނަމުން ދިޔައިރު ހިފެހެއްޓުމެއް ނެތް ކަރުނަ އޭނާގެ ކޯތާފަތް ތެންމަމުން ދިޔައެވެ.

“ލަމް.. ބައްޕައަށް މާފް ކުރޭ..” ހަމްޒާ ބުނެލިއެވެ. ހަމްޒާގެ މާނައެއް ނެތް އެ ފަރުވާ ކުޑަ ބަސްތަކުން ލަމްހާ ރުޅިއައެވެ.

“ބައްޕަ މާފް ކުރާށޭ ބުނީމަ އަހަންނަ މާފް ކުރެވޭނެތަ.. އަހަރެންގެ މަގާމުގަ މިއަދު ބައްޕަ ހުރިނަމަ ބައްޕައަށް މާފް ކޮށްދެވޭނެތަ.. ބައްޕަ ކުޑަކޮށްވެސް އަހަރެން ދެކެ ލޯބި ވަންޏާ ވިޝާމް ދިން ފައިސާ އަނބުރާ އޭނާއަށް ދީ. އަހަރެން ވިޝާމްއަކާ ނިންނާނަން. އަހަރެންވީ ގުރުބާން ބައްޕައަކަށް ހައްގެއް ނޫން” ލަމްހާ އެހެން ބުނެފައި ކޮޓަރިން ނުކުތެވެ.  ދުވެފައި ކަހަލަ ގޮތަކަށް ލަމްހާ ހޮސްޕިޓަލުން ނުކުމެގެން ދިޔައެވެ.

ފުރަތަމަ ފަހަރަށް ލަމްހާގެ ހިތުގައި ހަމްޒާއާ ދޭތެރޭ ފޫހިކަމެއް އިހްސާސް ކުރެވުނެވެ. އެމީހުންނަށްޓަކައި ލަމްހާގެ އުފާތަށް ގުރުބާން ކުރެވުނީތީ އޭނާ އަމިއްލަ ނަފްސަށް މަލާމާތް ކުރެވުނެވެ.

 

ލަމްހާ ދިޔުމުން ލުވޭޒާވެސް ހަމްޒާ އެކަނި ކޮށްފައި ދިޔައެވެ. އެދުވަހުގެ ކެއުން ގެނެސް ދިނީ ލަޔާންއެވެ. ހަމްޒާ ކަންތަށް ކުރިގޮތް އެނގުމުން ލަޔާންވެސް އޭނާގެ ބައްޕަ ދެކެ ރުޅި އާދެވުނެވެ. ފުރަތަމަ ފަހަރަށް ހަމްޒާގެ ވާހަކައަށް ބީރު ކަންފަތެއް ދީފައި ލަޔާން އޭނާގެ ކުރިމަތީން ގެއްލުނެވެ. ހަމްޒާއަކީ ދަހި މީހަކަސް އޭނާ އޭނާގެ އަންހެނުންނާ ދަރިންދެކެ ލޯބިވެއެވެ. ހުރިޙާ އެންމެން އޭނާ އެކަނި ކޮއްފައި ދިއުމުން އަމިއްލަ ނިކަމެތިކަން އިހްސާސް ކުރެވުނެވެ. މިވަގުތު ހަމްޒާ އަތުގައި ފައިސާ އެބަ ހުއްޓެވެ. ކިތަންމެ ވަރަކަށް ހަރަދު ކުރިނަމަވެސް ހުސް ނުވާހާ ގިނައިންނެވެ. ނަމަވެސް އޭނާގެ ދިރިއުޅުމުގެ ބޮޑުބައެއް ގެއްލިއްޖެކަން އޭނާއަށް އިހްސާސް ވަނީ ކީއްވެ ހެއްޔެވެ.

މަރުގެ ހަމަ ހިމޭން ކަމެއް ވެރިވެފައިވާ ކޮޓަރީގައި ހަމްޒާ އޮތް އިރު ވިސްނަމުން ދިޔައެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި ލަމްހާ އަށާ ލަޔާންއަށް ބައްޕައެއްގެ ފުރިހަމަ ލޯބި އޭނާއަށް ދެވުނެވެ. އަގު ބޮޑެތި އެއްޗެހި ހޯދާ މަތީ ފެންވަރުގައި ބޮޑު ކުރެވުނެވެ. ނަމަވެސް އެ ދަރިންގެ އަސްލު އިހްސާސްތަކާ ބޭނުނެތަށް އޭނާއަށް ނޭނގޭކަން އޭނާއަށް ވިސްނުނެވެ. ލަމްހާއާ ދޭތެރޭ ކަންތަށް ކުރެވުނު ގޮތް ވިސްނުމުން ހަމްޒާ ދެރަވިއެވެ. ލަޔާންއާ ދޭތެރޭ ކަންތަށް ކުރެވިފައިވާހާ ރަނގަޅަށް ލަމްހާއަށް ކަންތައް ނުކޮށްދެވުމުން ހަމްޒާ އޭނާގެ ނަފްސު ކުށްވެރި ކުރިއެވެ. ހަމްޒާ އަމިއްލަ އެދުމުގެ ބޮޑުކަމުން ލަމްހާ އާ ދޭތެރޭ ކަންތަށް ކުރެވުނީ ވަރަށްވެސް ހިތި ކޮށެވެ. އޭނާގެ ފަރާތުން ލަމްހާ އަށް ލިބިފައިވަނީ ހަމައެކަނި ބަރުދާސްތު ކުރަން ދަތި ވޭނާ ހިތާމައެވެ.

ފުން ވިސްނުމެއްގައި އިންދާ ހަމްޒާ ސިހުނީ މީހަކު ގުޅުމުންނެވެ.

“ހަލޯ..” ހަމްޒާ ފޯނަށް ޖަވާބު ދިނެވެ.

“ގުޅާލާފަ އޮތީމަ؟ ކަމަކު ތޯ؟” އެކޮޅުން ވިޝާމް ބުނެލިއެވެ.

“އާން..މާދަން ވަގުތެއްގަ ބައްޕައާއެކު މިކޮޅަށް ޖައްސާލަބަލަ” ހަމްޒާ ބުނެލިއެވެ.

 

ލީން ފެންވަރުވާލުމަށް ފަހު ލީން ގޮވައިގެން ލަމްހާ ފާހަނައިން ނުކުތެވެ. އެނދުމަތީގައި ބޭންދުމަށް ފަހު ލަމްހާ ލީންގެ ގައި ހިއްކުވައި ދިނެވެ.

ލީން ރީތި ކުރުވަމުން ދިޔައިރުވެސް ލަމްހާ ވަނީ ފުން ވިސްނުމެއްގެ ތެރޭގައެވެ. ހަމްޒާ ދެކެ އައިސްފައި ހުރި ރުޅިން ލަމްހާ ހުރީ ބަސްމަދުވެފައެވެ. ލީން އަކާވެސް މާބޮޑަކަށް ސަމާސާއެއް ނުކުރެއެވެ.

“މަންމި ސޭޑު ވެފަތަ؟” ލީން އޭނާގެ ކުޑަ އަތުން ލަމްހާގެ ކޯތާފަތުގައި ފިރުމާލިއެވެ.

“ނޫން.. މަންމިގެ ދޫނި ހުއްޓާ ކީއްވެ މަންމި ސޭޑު ވާންވީ” ލަމްހާ ލީންގެ ކޮލުގައި ލޯބިން ހިފާލިއެވެ.

“ދެން ކީއްވެ މަންމި އަބަދު ރޮނީ؟ މަންމި ކޮއްކޮ ނިންދަވަން އޮވެފައިވެސް އަބަދު ރޯތަން ފެނޭ.. މަންމި ރޮންޏާ ލީންވެސް ރޯނަން” ލީން ލަމްހާގެ ގައިގައި ބައްދާލިއެވެ.

“މަންމި ދެން ދުވަހަކުވެސް ނުރޯނަން.. އޯކޭ.. މަންމި އަބަދުވެސް ހުންނާނި ހެޕީވެފަ” ލަމްހާ އެހެން ބުނީރު އޭނާގެ ދެލޯ ފެންކަޅިވިއެވެ. ކެއްސާއި މަކަރުން ފުރިފައިވާ މިދިރި އުޅުމުގައި ލަމްހާގެ ހަމައެކަނި އުފަލަކީ ލީންއެވެ. ލީން ނެތްނަމަ މިހާރު އޭނާ އުޅޭނެ ހާލެއްވެސް ނޭނގެއެވެ.

“މިހާރުވެސް މަންމި ރޮނީނުން” ލަމްހާގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ފުހެލަ ދެމުން ލީން ބުނެލިއެވެ.

“އެއީ މަންމި މާބޮޑަށް ހެޕީ ވީމަ ވީގޮތެއް. ދެން ހިނގާ އަވަހަށް ނިދަން.. ” ލަމްހާ ބުނެލިއެވެ.

ފިޔާތޮށި ކުލައިގެ ނިދަން ލާ ހެދުން ލައްވާލާފައި ލަމްހާ ލީން އެނދުމަތީ ބޭއްވިއެވެ. ލީންގެ މަގަތުގައި ލަމްހާވެސް އޮށޯންނަން އުޅެނިކޮށް އޭނާގެ ފޯނު ރިންގުވިއެވެ.

“ކީކޭ އޭޝްލީ؟” އޭޝްލީ ގުޅުމުން ލަމްހާ ކުޑަކޮށް ހައިރާން ވިއެވެ.

“ލަމް.. އާދެބަލަ ވަރަށް އަވަހަށް.. ސުހާން” އޭޝްލީ އަޑު އައީ ކެނޑިގެންނެވެ.

“ސުހާންއަށް ކިހިނެއްވީ؟” ލަމްހާގެ ހާސްވެ ބިރުގަތް ވަރުން އޭނާގެ މޫނު ހުދުވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dheem&Eekku

Level 410 Stories100 Login500 Login

Other Articles

Previous

ނޭދެމޭ ވަކިވުމެއް-31

Next

މި ހިތުން މަޤާމޭ މި ދެނީ 12

Next
December 3, 2020

މި ހިތުން މަޤާމޭ މި ދެނީ 12

Previews
December 2, 2020

ނޭދެމޭ ވަކިވުމެއް-31

6 Comments!

  1. shark_shaya says:
    December 3, 2020 at 4:23 am

    Wow this part was wery nice . When would you Post the next part .I can’t wait to read the next part . love this story

    1. Dheem&Eekku says:
      December 3, 2020 at 3:31 pm

      THANK YOU shaya ❤️❤️❤️
      Insha allah tomorrow next part up kolla dheynan.
      Glad that you like this story ??❤️❤️❤️

  2. RrYn says:
    December 3, 2020 at 8:04 am

    OMG??.. Alhey.. suhaan ah kihinehvy..???.. BTW mi baives.. varah.. varah varah .. Reethi❤???.. And suhaan ah dhera.. gotheh.. nahadhahchey…???
    And varah.. bodah.. SORRY ingey kurybaiga coment.. nukurevunyma.. curiously waiting for the.. next part…
    love ya??..
    stay safe and take care..❤?

    1. Dheem&Eekku says:
      December 3, 2020 at 3:34 pm

      Thank you so much ❤️❤️❤️❤️❤️??
      And its okay RrYn ??✌️
      You too stay safe. TC ❤️

  3. YEOJA says:
    December 3, 2020 at 9:08 am

    Wow wow Hama vrh Sali mi part vss??
    Masha Allah keep it up sis???
    Aleyy suhaan dhw hope avaha eyna heyaraathoo?????❤️❤️❤️
    Vrh dera veyy lam ah veegothun vss???
    Pis hamzaa aa vishaal vsss dhw pis pis???????????
    Suhaan ah kihineh vee baa????
    So curious❤️❤️❤️❤️
    Waiting for the next part curiously❤️❤️❤️
    Stay safe and take gud care sis ❤️❤️❤️

    1. Dheem&Eekku says:
      December 3, 2020 at 3:36 pm

      ??
      Awwwn thank you YEOJA ❤️❤️❤️
      You too stay safe ingey ???

Comments are closed.

Next Episodeތިން ލަފްޒުން (26)←


All Right Reserved!